ފަތިހުގެ ހިތްފަސޭހަ ވަގުތު ހަށިގަނޑަށް ލިބެމުން ދިޔަ އަރާމާއި ފިނިކަމުގެ ތެރެއިން ޒައިނަބަށް އޭނާގެ ދެލޯ މަޑުމަޑުން ހުޅުވައިލެވުނީ ފަތިސް ނަމާދުގެ ބަންގީގެ އަޑަށެވެ. ޒައިނަބުގެ ގައިގައި އޮޅުލައިގަނެގެން ނިދާފައި އޮތް އޭނާގެ ފިރިމީހާ ހައިލަމް އާއި ދުރުވެލައި، ކަންނެތް ގޮތަކަށް އެނދުމަތީގައި ދެފަރާތަށް ފުރޮޅިލަމުން ޒައިނަބު އެނދުން ތެދުވެ ފޯނުން ގަޑި ބަލައިލި އެވެ.
” ހައިލަމް.. އޭ ބަލަ ހައިލަމް… ދެލޯ ހުޅުވާލަ ބަލަ… ފަތިހު 5 ޖަހަނީ…. ފަތިސް ނަމާދު ކުރަން ތެދުވޭ… ” ޒައިނަބު އޭނާގެ ފިރިމީހާއަށް ގޮވަމުން ގެންދިޔަ އެވެ.
” ޒައި… ” އާފުރެމުން ހައިލަމް ޒައިނަބުގެ އަތުގައި ހިފައިލި އެވެ.
” ދީބަލަ…. ” ހައިލަމް ކުޑަކޮށް އޭނާގެ ދެލޯ ހުޅުވާލަމުން ޒައިނަބަށް ބަލައިލި އެވެ.
” ކޯއްޗެއް؟؟ ” ޒައިނަބު ކުރީ ސުވާލެކެވެ.
” ހަމަ ނޭނގިގެންތަ؟؟ ” ޒައިނަބުގެ އަތުގައި ހިފައި ހައިލަމްގެ ގަޔާއި ގާތަށް އޭނާ ދަމައިލި އެވެ.
” ހޫނ ހޫނ… ދެން ދޭ ދަތް އުނގުޅަން… އޭރުން ދޭނަން ކިސް އެއް…. ” ޒައިނަބު ސަމާސާ ކޮށްލަމުން އެނދުން ތެދުވެ ކޮޓަރިން ނިކުތެވެ.
އިރުގެ އަލިކަން މުޅި ކަޢުނަށް ފެތުރިއްޖެ އެވެ. ޒައިނަބު ވަރަށް އަވަހަށް ހެނދުނުގެ ސައި ތައްޔާރު ކޮށްލައި ނިންމާލި އިރު ހެނދުނު 0730 ވަނީ އެވެ.
” ދަރިފުޅާ މީކާ… ކޮބާތަ ޑެޑީ؟؟؟ ” ތައްޓަށް ސައި އަޅަމުން ޒައިނަބު ބަލައިލީ ކޮޓަރިން ނިކުތް އޭނާގެ 8 އަހަރުގެ ދަރިފުޅަށެވެ.
” ޑެޑީ… އަވަސް ކުރޭ.. މަންމި އެބަ ގޮވާ… ” ސުކޫލަށް ދާން ތައްޔާރު ވެގެން ހުރި މީކާ އައި ގޮތަށް އައިސް ހެނދުނުގެ ނާސްތާއަށް އިންސާފު ކުރަން ފެށި އެވެ.
” ދަރިފުޅާ… ރަނގަޅަށް ކައްޗޭ…. މަންމި މިދަނީ ޑިއުޓީ އަށް ދާން ރެޑީ ވާން.. ކައި ނިމިގެން އަވަހަށް ޑެޑީ އާއި އެކު ސުކޫލަށް ދޭ އެނގޭ… ” މީކާގެ ކޮލަށް ބޮސް ދެމުން ޒައިނަބު އޭނާގެ ކޮޓަރިއަށް ވަނެވެ. ހެނދުނުގެ ނާސްތާ ނިންމުމަށް ފަހު މީކާ އަވަސްވެ ގަތީ އޭނާގެ ބައްޕަ އާއި އެކު ސުކޫލަށް ދިޔުމަށެވެ.
” ޒައި… މިދަނީ މީކާ ގޮވައިގެން… ރެޑީވެ ނިމުނީމަ ގުޅާ….” ފާޚާނާގައި ފެންވަރަން ހުރި ޒައިނަބަށް އަޑު އިވޭ ވަރަށް ހައިލަމް އެހެން ބުނަމުން އޭނާ ގެއިން ނިކުތެވެ.
ގަޑީގެ ސިކުންތު ކަށި އޭގެ އެންމެ ބާރު ދުވެލީ ގައި ދުވަމުން ގޮސް ހެނދުނު 9 ޖަހައިފި އެވެ. ޑިއުޓީއަށް ދާން ތައްޔާރު ވެގެން ޒައިނަބު އިނީ ސިޓިންގރޫމްގެ ސޯފާގައި ހައިލަމް އަންނާނެ އިރެއްގެ އިންތިޒާރުގަ އެވެ. ދެތިން ފަހަރަކު މިހާރު ޒައިނަބަށް ހައިލަމްއަށް ގުޅާ ވެސް ލެވިއްޖެ އެވެ. އަތުގެ ތެރެއަށް ފޯނު ލައިގެން ހައިލަމްގެ ފޯނު ކޯލެއްގެ އިންތިޒާރުގައި ޒައިނަބު އިނެވެ.
” އަޅޭ… އަހަރެން އޮފީސް ގަޑި ވެސް މިހާރު ޖެހިއްޖެ… މިފަދަ ލަސް ކަމެއް ދުވަހަކު ވެސް ހައިލަމްގެ ފަރާތުން ނުފެނޭ…. އޮފީހުގަ ބިޒީ ވިޔަސް އަހަރެން ބަލާ އަންނާނެ ގަޑިއަށް….. އަނެއްކާ ކިހިނެއް ވީބާ؟؟؟ ” ހިތަށް ހާސްކަން ވެރިވުމުން ސޯފާގައި ނީންދެވިގެން ޒައިނަބު ތެދުވި އެވެ. ސިޓިންގރޫމްގައި ދެކޮޅަށް ހިނގާލަ ހިނގާލަ ޒައިނަބަށް ހުރެވުނެވެ. އަތުގެ ތެރޭގައި އޮތް ފޯނު ނަގައި އިރުއިރު ކޮޅާއި ހައިލަމްއަށް ގުޅަމުން ދިޔަ އިރު ވެސް އެއްވެސް ޖަވާބެއް އޭނާގެ ފޯނުން ނުލިބެ އެވެ.
” ޕްލީޒް ހައިލަމް… މި ފޯނު ނަގާ ބަލަ…. ހެޔޮނުވާނެ… ” ޒައިނަބުގެ ހިތް ބާރަށް ތެޅެމުން ދިޔަ އެވެ. ހިތުގެ ވިންދު ދިޔައީ އަވަސް ވަމުންނެވެ. ކޮންމެވެސް ކަމެއް ވެއްޖެ ކަމުގެ އިޙުސާސް ޒައިނަބަށް ކުރެވެން ފެށުނެވެ. ކުއްލިއަކަށް ޒައިނަބަށް އޭނާގެ އެޕާރޓްމެންޓުގެ މައި ދޮރަށް ބަލައިލެވުނީ މީހަކު ދޮރުގައި ޓަކި ޖަހަން ފެށުމުންނެވެ. އަވަސް ފިޔަވަޅު ތަކެއް އަޅަމުން ޒައިނަބު ގޮސް ދޮރު ހުޅުވާލި އެވެ.
“އިޝްވާ” ދޮރު ކުރިމަތީގައި ހުރީ ޒައިނަބުގެ އެންމެ ގާތް ރަޙުމަތްތެރިޔާ އެވެ. އިޝްވާގެ މޫނު ފެނުމާއި އެކު ޒައިނަބުގެ ހިތުގެ ހަމަޖެހުން މުޅިން ގެއްލިގެން ދިޔަ އެވެ. އިޝްވާގެ މުޅި މޫނުމަތި ވަނީ މިލައި މޯޅިވެފަ އެވެ. އެ މޫނުމަތިން ފެންނަމުން ދިޔައީ ހާސްކަމާއި ނުތަނަވަސް ކަމެވެ.
“އިޝް… އިޝްވާ….” ވަރަށް އުނދަގުލުން ޒައިނަބުގެ އަރު ތެރެއިން އަޑު ނިކުތެވެ. އެއާއި އެކު އިޝްވާގެ ލޮލުގެ ތެރެ ކަރުނައިގެ ތިކިތަކުން ފުރި ބާރު ވެގެން ދިޔަ އެވެ.
” ޒައި…” އިޝްވާ ކުއްލިއަކަށް ހުރެފައި ޒައިނަބުގެ ގައިގައި ބައްދައިގަތެވެ. އެއާއި އެކު އިޝްވާގެ ބަޑި ފަޅައިގެން ދިޔަ އެވެ. ޒައިނަބުގެ މުޅި ހަށިގަނޑު ފިނިވި އެވެ. ޒައިނަބަށް ބޭއިޚުތިޔާރު ގައި އިޝްވާ އާއި ދުރަށް ޖެހެވުނެވެ. ދެލޯ ތަންމިނަށް ބޮޑުކޮށްގެން ޒައިނަބު އިޝްވާގެ މޫނަށް ބަލައިލި އެވެ.
” އިޝްވާ…. ކިހިނެއްވީ؟؟؟؟ ” ޒައިނަބުގެ ކެތްތެރިކަން ކޮޅުން ލިއެވެ. އިޝްވާގެ ރުއިމަށް އެއްވެސް ބަދަލެއް ނާދެ އެވެ. ޒައިނަބު ކުރި ސުވާލަށް ޖަވާބު ދޭނެ ހިތްވަރު ވެސް އިޝްވާއަކަށް ނުލިބުނެވެ.
” ކިހިނެއްވީ ހޭ؟؟؟؟ ” ޒައިނަބުގެ އަޑު ބާރުވާ ގޮތްވި އެވެ. އޭރު ޒައިނަބުގެ ލޮލުގެ ތެރެއަށް މަޑުމަޑުން ދިޔައީ ކަރުނަތައް ޖަމާވަމުންނެވެ.
” ޒައި…. ޒައި…. ” އިޝްވާ އޭނާގެ ލޮލުން ކަރުނަތައް ފޮހެލަމުން ޒައިނަބަށް ބަލައިލި އެވެ.
” ޒައި… ވަރަށް ބޮޑު ކަމެއް ވެއްޖެ… ވަރަށް ވަރަށް ބޮޑު ކަމެއް ވެއްޖެ….. ” އިޝްވާ ހިތްވަރުގަދަ ކުރެވޭތޯ މަސައްކަތް ކުރަމުން ދިޔަ އެވެ. ކޮންމެ ގޮތެއް ވިޔަސް އިޝްވާގެ އެހީތެރިކަން މިއަދު ޒައިނަބަށް ވަރަށް ބޭނުން ވާނެކަން ޚުދު އޭނާއަށް ވެސް އެނގެ އެވެ. ޒައިނަބު ހުރި ފިޔަވަޅު މަތީގައި ގުނޑާލަން ވެސް ނޭނގިފައި ހުރެވުނެވެ.
” މީކާ….. ހައިލަމް… ” އިޝްވާ ގެ ދެ އަތުން ޒައިނަބުގެ އަތުގައި ހިފައިލި އެވެ.
” ކިހިނެއްވީ އަހަރެންގެ ދަރިފުޅަށް..؟؟ ކޮބާ ހައިލަމް؟؟ ” ޒައިނަބަށް ބިރުން ފަހަތަށް ފިޔަވަޅެއް އެޅުނެވެ.
” މީކާ…. މީ.. ” އިޝްވާގެ ދެލޮލުން ހޯސްލާފައި އަނެއްކާ ވެސް ކަރުނަތައް އަންނަން ފެށިއެވެ.
” ހެޔޮނުވާނެ…. އަހަރެން ވަރަށް ބިރު ގަންނަން ފަށައިފި…. އިޝްވާ ޕްލީޒް.. ބުނެބަލަ… އަހަރެންގެ ދަރިފުޅަށް ކަމެއް ވީތަ؟؟؟ އާނއެކޭ ނުބާތި…. ނުބުނާތި… ” އިޝްވާގެ ގާތަށް އައިސް އޭނާގެ ކުރިމަތީގައި ހުއްޓި ޒައިނަބު ވަރަށް ވޭނީ ރާގެއްގައި ބުނެލި އެވެ.
” ޒައި… މީކާއަށް ކަމެއް ނުވޭ…. އެއްވެސް ކަމެއް ނުވޭ…. އެކަމު… ” އިޝްވާއަކަށް ޙަޤީޤަތާއި ކުރިމަތިލާކަށް ނުކެރުނެވެ.
” އެކަމު ކީއްވީ؟؟؟؟ ” ޒައިނަބަށް ކުރުކޮށް އަވަސްކޮށް ނޭވާ ލެވެމުން ދިޔަ އެވެ.
” ހިނގާ ހޮސްޕިޓަލް އަށް… ” އިޝްވާ އޭނާގެ ދެލޯ މަރައިލަމުން ހިންދުރުވާލި އެވެ.
***
” ސިނާން…. ޕްލީޒް ސްޓޮޕް….. ” ޒޯޔާގެ ގައިމަތީގައި އޮތް ސިނާން، އޭނާގެ ގަޔާއި ދުރުކޮށް ލަމުން ޒޯޔާ އެނދުމަތީގައި އިށީންނެވެ.
” އޯ މައި ގޯޑް.. އައިމް ސޯ ޓައަރޑް… ” ކުރުކޮށް އަވަސްކޮށް ނޭވާ ލަމުން ޒޯޔާ އޭނާގެ ލޯބިވެރިޔާ ސިނާންއަށް ބަލައިލި އެވެ. އެވަގުތު ސިނާން އޮތީ ދާހިތްލާ ތެމި ފޯވެފަ އެވެ. ވަގުތު ކޮޅެއްގެ ހަމަހިމޭން ކަމަކަށް ފަހު ޒޯޔާ އެނދުން ތެދުވެގެން ގޮސް ގަޔަށް ހެދުން ހެޔޮވަރު ކޮށްލި އެވެ.
” އަހަރެން ދާން ވެއްޖެ.. ” އެނދުމަތީގައި އެއްވެސް ފޭރާމެއް ނެތި އޮތް ސިނާނުގެ ހަށިގަނޑަށް ނަޒަރު ހިންގާލަމުން ޒޯޔާ ވާހަކަދެއްކި އެވެ.
” ހާދަ އަވަހަކަށް… ” ސިނާން ވެސް އެނދުން ތެދުވެ، ކޮޓަރީގެ ތަށިމުށިގަނޑު މަތީގައި އޮތް އޭނާގެ ބޮކްސާ ނެގި އެވެ.
” އަވަސްތަ؟؟ މިހާރު 3 ގަޑި އިރު ވެއްޖެ އަހަރެން ސިނާން އާއި އެކު ހުންނަތާ… ” ޒޯޔާ ގަޑިއަށް ބަލައިލުމާއި އެކު ސިނާންގެ މޫނަށް ބަލައިލި އެވެ.
” އެންމެ 3 ގަޑި އިރުތަ؟؟؟ ޒޯޔާ… އަހަރެން ބޭނުން އަހަރެންގެ މުޅި ޙަޔާތް ޒޯޔާ އާއި އެކު ހޭދަ ކުރަން…. އަހަރެންގެ ހުރިހާ ވަގުތެއް ވެސް އަހަރެން ބޭނުން ޒޯޔާއަށް ޙާއްޞަ ކުރަން… އަހަރެން ޒޯޔާ ދެކެ ވަރަށް ލޯބިވޭ…. ” ސިނާން ގެ ދެއަތުން ޒޯޔާގެ ހަށިގަނޑު ވަށައިލަމުން ސިނާން ގެ ކަޅި ސީދާ ޒޯޔާގެ ކަޅި އާއި އަމާޒު ކޮށްލި އެވެ.
” ސިނާން…. ” ޒޯޔާއަށް ބުނެވުނީ މިހިސާބަށެވެ. ޒޯޔާގެ އަނގަމަތީގައި އަތް އަޅައިލަމުން ސިނާން އޭނާގެ ތުންފަތުން، ޒޯޔާގެ އަނގަމަތީގައި އަޅާފައިވާ ސިނާން ގެ އަތުގައި ބޮސް ދިނެވެ. މިހާރު އެ ދެތުންފަތުގެ ހުރަހަކަށް ވެފައި ވަނީ ސިނާން އަތްތިލަ އެވެ.
” ޒޯޔާ… ހެޕީ ބާރތް ޑޭ ލަވް… ފައިނަލީ ޔޫ އާރ 18 ” ޒޯޔާގެ އަނގަމަތީގައި އަޅާފައިވާ ސިނާނުގެ އަތް ނަގަމުން ސިނާން ގެ ލޯބި ބޮސް ދިނުންތައް ސީދާ ޒޯޔާގެ ތުންފަތަށް ލިބެން ފެށި އެވެ.
***
” ނާޒް… ނާޒް…. ކޮބާތަ ޒޯޔާ؟؟ ” ގޭތެރޭގައި ޒޯޔާ ފެންނަން ނެތުމުން ޒާހިދު ނާޒްއަށް ގޮވަމުން ގެންދިޔަ އެވެ.
” އޯއި ޒާހިދު… ތަނެއްގަ ރޯވީތަ؟؟ ތިވަރަށް ތި ގޮވަނީ؟؟ ” ބަދިގެ ތެރޭގައި އިން ނާޒް ބާރު ހިނގުމެއްގައި ސިޓިންގރޫމަށް އައެވެ.
” ކޮބާތަ މަގޭ ދަރި ޒޯޔާ؟؟ މިއަދު މީ ޒޯޔާގެ އުފަން ދުވަސް… ޒޯޔާގެ އުފަން ދުވަސް ވާނެއްނު ފާހަގަ ކުރަން….؟ ދޯ ނާޒް؟؟ ” ސޯފާގައި ފޫކޮޅު ރަނގަޅަށް ޖައްސާލަމުން ޒާހިދު ބެނެލި އެވެ.
” އާނ.. އެ މަންޖެ ވަރަށް އުފާވާނެ… އިއްޔަ ވެސް އަހަރެން ގާތު ބުނަނީ މަންމާ އޭ.. ޒޯޔާ ބާރތް ޑޭ އެބަ އާދެޔޯ…” ހިނިގަނޑެއް ޖަހައިލަމުން ނާޒް ގޮސް ޒާހިދާއި ޖެހިގެން އިށީންނެވެ.
” އެހެންތަ؟؟ އެހެންވިއްޔާ ކޮންމެހެން ވެސް މިއަދު ވާނެ ޒޯޔާއަށް ސަޕްރައިޒެއް ދޭން.. މިހާރު ކޮބާތަ ޒޯޔާ؟؟؟ ” ނާޒްގެ މޫނަށް ޒާހިދު ބަލައިލި އެވެ.
” ދުވަން ގޮސްވީ ޒޯޔާގެ ރަޙުމަތްތެރި ބަޔަކާ އެކު…. ޒޯޔާ ބޭނުމީ ފިޓްކޮށް ހުންނަން ށޯ. އެއީ ހަމަ ރަންގަނޑެއް ފަދަ ދަރިއެއް…. ” ނާޒްގެ ތުންފަތުން ހިނިތުންވުމެއް ދުވެލި އެވެ.
” އެކަމު ނާޒް…. އެ މަންޖެއަށް ވަރަށް ސަމާލު ވާތި… ޒޯޔާގެ ސުކޫލު ކިޔެވުން ވެސް ނިމިފަ އެހުރީ…. މިފަދަ ދުވަސްތަކު ލިބޭ ހުސް ވަގުތުތަކު ދަރިން ކުރާ ކަންތަކަށް، މައިންބަފައިން ވަރަށް ފާރަވެރި ވާން ޖެހޭނެ… އަހަރެންމެންގެ ލޯ މަތިން ޒޯޔާ ގެއްލިގެން ދާކަށް އަހަރެމެން ނޭދެން… ” ޒާހިދު ފުން ނޭވާއެއް ދޫކޮށްލި އެވެ.
” މިހާރު ތިފެށީ ކޮން ވާހަކައެއް؟؟ އިރާދަކުރެއްވިއްޔާ އަހަރެމެންގެ ދެ ދަރިންނަކީ ވެސް ހެޔޮލަފާ ޚުލްޤުހެޔޮ ދަރިންގެ ގޮތުގައި ތާއަބަދު ވާނެ… ؟ ” ޒާހިދުގެ އަތުގައި ނާޒު ހިފައިލަމުން ވާހަކަދެއްކި އެވެ.
ޓެކްސީ އޭގެ އާދައިގެ ދުވެލީ ގައި ދުއްވާފައި ގޮސް އޭޑީކޭ ހޮސްޕިޓަލް ކައިރިއަށް މަޑުކޮށްލި އެވެ. ޒައިނަބުގެ އަތުގައި ހިފައިގެން އިޝްވާ ކާރުން ފެއިބުމާއި އެކު ހޮސްޕިޓަލްއަށް ވަނަންން ހިނގައިގަތެވެ.
” އިޝްވާ.. ” ޒައިނަބުގެ ފިޔަވަޅު ތަކަށް ހުއްޓުން އެރި އެވެ. މުޅި ހޮސްޕިޓަލްގެ ތެރެއިން ފެންނަނީ ހަލަބޮލި ކަމެވެ. ފުލުހުން ވެސް ގިނަ އަދަދަކަށް ހޮސްޕިޓަލްގެ ތެރޭގައި ހަރަކާތް ކުރަމުން ދިޔަތަން ފެނުމުން ޒައިނަބު އިންތިހާއަށް ބިރު ގަންނަ ގޮތްވި އެވެ. މުޅި އަތާއި ފައި ގަނޑު ވާން ފެށި އެވެ. މުޅި މާޙައުލުހުން ފެންނަމުން ދިޔައީ ވަރަށް ބޮޑު ކަމެއް ވެގެން އުޅޭ ކަމުގެ އަލާމަތްތަކެކެވެ.
“ޒައި..” ޒައިނަބުގެ އަތުގައި ހިފައި ކުރިއަށް ފިޔަވަޅެއް އަޅަން އިޝްވާ މަސައްކަތް ކުރި އެވެ. އެހެނަސް އެކަމެއް އޭނާއަށް ކާމިޔާބެއް ނުވި އެވެ. އިޝްވާ ހުރި ފިޔަވަޅުމަތީގައި ގުނޑާލަން ވެސް އޭނާ ބޭނުން ނުވި އެވެ.
” އިޝްވާ… އަހަރެންގެ ހިތަށް ތަދުވަނީ…. އިޝްވާ ބުނީ ހަމަ ރަނގަޅަށް… ވަރަށް ބޮޑު ކަމެއް ވެއްޖެ… ” ދަތި ގޮތަކަށް ޒައިނަބު ނޭވާ އެއް ދޫކޮށްލި އެވެ.
އިޝްވާއަށް އިތުރަށް އެއްޗެއް ބުނާނެ ހިތްވަރެއް ނުލިބުމުން އަނެއްކާ ވެސް ކުރިއަށް ހިނގަން ފެށި އެވެ. ފަހަތުން ޒައިނަބު ވެސް މަޑު ހިނގުމެއްގައި އައެވެ.
” ޒައި… އައިމް ސޮރީ….. އެތެރެއަށް ވަދެ ވަރަށް ހިތްވަރު ކުރާތި… ” ހޮސްޕިޓަލްގެ ވާރޑެއްގެ ކުރިމަތީގައި މަޑުކޮށްލަމުން އިޝްވާ ބަލައިލީ ޒައިނަބުގެ ދެލޮލަށެވެ. ހަމަ އެއާއި އެކު ޒައިނަބުގެ ލޮލުގެ ތެރޭގައި ބޮޑިވެފައިވާ ކަރުނަތައް އެކީ އެކައްޗަކަށް ފައިބައިގެން ދިޔަ އެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.


Varah reethi mi bai vx……whn nxt….
Varah reethi mi part vx???… Curiously waiting for next part???.. When next?
Varah ❤️❤️❤️ varah ❤️❤️❤️ reethi❤️.maa Sha Allah ❤️❤️curiously ❤️❤️waiting❤️❤️ for ❤️❤️the❤️❤️ next ❤️❤️part..❤️❤️
Please don’t make this story disgusting like most of your other stories.
I feel annoyed to read.
Be litte professional.