ހާސިލް ވުމަށް އެދި 24
ހީވާ ގޮތުން އެއީ އެކަމުގައި އަބަދުވެސް އުޅޭ މީހެކެވެ. އާރިފާ އެމީހާއަށް ކުރަން ވީ ކަންތައް ހަވާލު ކޮށްފައި ދިޔައީ ދެން ވާން އޮތްގޮތް ނޭނގޭ ހާލުއެވެ. އެމީހާއަށްވެސް އާރިފާ އެތަނުން ދިޔުމުން ނުހަނު އުފާވެލާފައި އެތަނުން ދިޔައެވެ.
******
”އީނާޝް.. އަހަރެންނަށް ހީވަނީ ނަބާހު އެބުނީ ތެދުހެން.. އީނާޝް ފަސްއެބުރި ދިޔުމުންވެސް ހުރީ ވަރަށް ދެރަވެފަ.. އަހަރެންނަށް ފެންނަނި ނަބާހުއަށް މަޢާފު ކޮށްފަ ނަބާހުއާއި ފްރެންޑް ވާން.. އޭރުން އީނާޝްއަށް ވެސް ރަނގަޅުވާނެ..” ކައިޒީން އީނާޝްގެ މޫނަށް ސީދާ ބަލަން ހުރީ އީޏާޝްގެ ޖަވާބެއް ބޭނުންވެފައި ހުރިލެއް ބޮޑު ކަމުންނެވެ. ”ހޫމް.. އަހަރެންވެސް ބޭނުންވަނީ ތިގޮތް.. ހާސް ނުވޭ.. އަހަރެން މާދަން ނަބާހު އާއި ވާހަކަ ދައްކާނަން.. އެކަމު ކައި.. ކައި އާ ނަބާހު އާއި އޮތީ ކޮން ގުޅުމެއްތަ؟” އީނާޝް އޭނާގެ ހިތުގައި އުފެދިފައި އޮތް ސުވާލު ކައިޒީންއާއި ކުރީ ކައިޒީން އޭނާއަށް ހުރިހާ އެއްޗެއް ކިޔާދޭނެ ކަން އިނގޭތީއެވެ. ކަން ވީވެސް އެހެންނެވެ. ކައިޒީން އޭނާއާއި ނަބާހުއާއި އޮތް ގުޅުން ކިޔާދެމުން ދިޔައީ ނުހަނު އުފާވެފައި ހުރެއެވެ.
******
ޒިރާންގެ އަތަށް އައިވީ ގުޅާފައިވާއިރު އަނގަމަތީގައި މާސްކެއްވެސް އަޅާފައިވެއެވެ. ކައިރީގައި ކައިޒީން އިއްތާލާ އިން އިރު އޭނާގެ ދެލޮލުން ދިޔައީ ޒިރާންއާއި އެތައް ވާހަކައެއް ހިއްސާ ކުރަމުންނެވެ. ޒިރާން ނިދާފައި އޮތް އިރު ކައިޒީން އޮތްހާއިރު އެއިނީ ޒިރާންގެ ގާތު ހޭލައެވެ. ކައިޒީންއާއި ނިދިވެސް ރުޅިވެފައިވާ ފަދައެވެ. އެ ރޫމުގައި ކައިޒީން ނޫން އެހެން މީހަކު ފެންނާކަށް ނެތެވެ.
******
މަޑު އޮރެންޖު ކުލައިގެ ކުރު ޓޮޕް ކޮޅަކާއިއެކު ހުދު ކުލައިގެ ޕެންސިލް ސްކާޓެއް ލައިފައި އީނާޝް ހުރުމުން އޭނާ ނުހަނު ޗާލު ކަމަށް ދައްކައެވެ. އިސްތަށިގަނޑުގައި ރީތި ގޮތަކަށް ހުޅިއެއް ޖަހާފައި ވާއިރު ނިތްމައްޗަށް ވަނީ ކުރު އިސްތަށިތައް ވައްޓާލައިފައިއެވެ. އީނާޝްގެ ދޮން ހަންގަނޑާއި އެހެދުން ނުހަނު ގުޅެއެވެ. ނަމަވެސް މޫނުމަތީގައި އެއްވެސް އަސަރެއް ފެންނަން ނެތުމުން އީނާޝްއެކޭ ރޫހު މަރުވެފައި ހުރި މީހެކޭ އެއްވެސް ތަފާތެއް ނެތެވެ. އެންމެ ފަހުގެ ކަމަކަށް ގަޔަށް ސެންޓް ޖަހައިލުމަށްފަހު އަތަށް ފޯނު ލަމުން އީނާޝް ހިނގައިގަނީ ހޮސްޕިޓަލަށް ދިޔުމަށެވެ. އެވަގުތަކީ ޖަންނައާއި ނަޝްވާ ވެސް އެމީހުންގެ ކޮޓަރިން ހޮސްޕިޓަލަށް ދާން ނުކުތް ވަގުތުކަމުން އީނާޝް ދިޔައީ އެދެ މީހުންވެސް ގޮވައިގެންނެވެ.
******
”ދަރިފުޅާ ބައްޕައަށް ފެން ތައްޓެއް ދީބަލަ..” ކައިޒީންއަށް ހޭލެވުނީ ޒިރާން ގޮވައިލި އަޑަށެވެ. ކައިރީގައި ހުރި ޖަގުން ފެން އަޅާފައި ކައިޒީން ޒިރާންއަށް ފެން ފޮދެއް ދިނެވެ. ޒިރާންއަށް ފެންވެސް މިހާރު ބޮވެނީ ވަރަށް ހާލުންނެވެ. ދެ މީހުން އެތަނުގައި ވާހަކަ ދައްކަން ތިބެފައި ދެ މީހުންވެސް ވާހަކަ ދެއްކުން ހުއްޓާލީ އެތަނަށް މާހިލް އާއި ފަޒީލް ވަނުމުންނެވެ. އެދެ މީހުންގެ މޫނު މަތިންވެސް އެއްވެސް ކަހަަލަ އުފާވެރިކަމެއް ފެންނާކަާށް ނެތެވެ. ހާއްސަކޮށް ފަޒީލްއެވެ. އޭނާގެ ސިކުނޑީގައި އަބަދު އެބުރެމުން ދަނީ ޑޮކްޓަރު ދެއްކި ވާހަކައެވެ. އެކަމާ އޭނާއަށް ރޭގަނޑުގެ ހަމަ ނިދިވެސް ނުލިބެއެވެ. ކިތަންމެ ވަރަކަށް އެހިޔާލާ ދުރުވާން މަސައްކަތް ކުރިއެއް ކަމަކު ފަޒީލްއަކަށް އެކަމެއް ކާމިޔާބެއް ނުވެއެވެ. ”ކައި ދާން ވީނުން ދެން ގެޔަށް ގޮސް ފެންވަރާ ތާޒާ ވެލައިގެން އަންނަން..” މާހިލް ވަރަށް އޯގާތެރި ކަމާއިއެކު ކައިޒީންގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ. ކައިޒީންވެސް އެތަނުން ނުކުމެގެން އަވަަހަށް ދިޔައީ އޭނާވެސް ފެންވަރާ ތާޒާ ވެލަން ބޭނުންވެފައި ހުރުމުންނެވެ.
*****
”އަހަރެންނަށް ކަމެއް ކޮށްދީބަ ޑޮކްޓަރު.. ހަމަ އެންމެ ކަމެއް.. އެއީ ޒިރާން ކިޔާ މީހެއް އެބަ އޮތެއްނު އެމަޖެންސީ ރޫމްގަ.. ސާރޖަރީ ކުރަމުން ދާ ގަޑީ އޭނާ މަރާލަންވި.. އަހަރެން ކަލޭއަށް ބޭނުން ވަރަކަށް ފައިސާ ދޭނަން.. ވާނެތަ؟” މޫނުގައި މާސްކެއް އަޅައިގެން ކަޅު ކުލައިގެ ކޯޓް ފަޓުލޫނުގައި ހުރި މީހާ ވާހަކަ ދައްކަން ފެށީ އެއްވެސް ޖެހިލުމެއް ނެތިއެވެ. މީހެއް ކައިރީ މީހަކު މަރައިލަން ބުނި އިރު އޭނާގެ ހިތުގައި އެއްވެސް ބިރުވެރިކަމެއް ނެތް ކަން ޔަގީނެވެ. އެހެންނޫން ނަމަ އެކަހަލަ ވާހަކައެއް މީހެއްކައިރީ ބުނަންވެސް ނުކެރޭނެއެވެ. ”ކަލޭމެން ހީކުރަނީ އަހަރެމެން ޑޮކްޓަރުންނަކީ މީހުން މަރަން ތިބޭ ބައެއް ކަމައްތަ؟ އެހެން ހީކުރިއްޔާ ތި ހީކުރެވުނީ ރަނގަޅަކަށް ނޫން.. ކިތަންމެ ގިނަ ފައިސާއެއް އަހަރެންނަށް ދިނަސް ތިފަދަ ބޮޑު ފާފައަކަށް އަހަރެން ނާރާނަން.. އަހަރެން އެމީހާ ރަނގަޅު ކުރާނަން… އަހަރެންނަށް މިހާރު އެނގިއްޖެ ޕޭޝިއެންޓަށް ނުހިނގި މިހާ ބޮޑު ގެއްލުމެއްވެސް އެލިބުނީ ބައެއްގެ ރޭވުމުންކަން.. ހަނދާން ކުރާތި.. ދެން ތިފަދަ ކަމަކަށް އެދެފިއްޔާ އަހަރެން ކަލޭގެ ކަންތައް އެންމެންނަށް އަންގާލާނަން.. އަދި ޕޭޝިއެންޓަށް ބޭރުން ގެއްލުމެއް ލިބުނަސް…” ޑޮކްޓަރު އޭނާގެ ވާހަކަތައް ނިންމާލާފައި އެތަނުން ދިޔައީ އެމީހާ އެއްފަހަރުން ބިރު ގަންނުވާލާފައިއެވެ. އަދި އެމީހާގެ މޫނުމަތީގައި އަޅާފައި އޮތް މާސްކްވެސް ނަގައި އަތުގެ ކޮޅަށް ހޫރާލައިފައިއެވެ. ހަމަ ރަނގަޅަށްވެސް އެ ނުބައި މީހާ އެހުރީ ބިރުގަނެފައިއެވެ. އެކަން އެނގެމުން ދިޔައީ ތުރުތުރު އަޅަމުން ދިޔަ އެމީހާގެ ހަށިގަނޑުންނެވެ.
*****
ޓްރީ ޓޮޕްގެ މައިދޮރުން އީނާޝްމެން ވަދެގެން ދިޔައިރު އެތައްބައެއްގެ ލޯތަށް އަމާޒުވެފައި ވަނީ އެމީހުންނަށެވެ. ވަކިން ހާއްސަކޮށް އީނާޝްއަށެވެ. ނަމަވެސް އެކަމަށް އީނާޝްމެންގެ އެއްވެސް ފަރުވާލެއް ނެތް ފަދައެވެ. ހިނގަމުން ދިޔަ ގަޑީ އީނާޝް ޖަންނަމެންނަށް ކިޔާދެމުން ދިޔައީ އިއްޔެ ޑޮކްޓަރު ބުނި ވާހަކަތަކެވެ. އެވާހަކަ އިވިފައި އެމީހުންވެސް ތިބީ ހިސާބަކަށް ހައިރާންވެ ބަސްހުއްޓިފައިއެވެ. ނަމަވެސް ޒިރާން ރަނގަޅުވާނެ ކަން ނުހަނު އުންމީދާއެކު ޑޮކްޓަރު ބުނި ވާހަކަބުނުމުން އެމީހުން ނުހަނު ހިތްހަމަޖެހުނެވެ.
އީނާޝް މިހާރު ޖަންނައާއި ނަޝްވާއާއި ވެސް ނުހަނު ގުޅެއެވެ. އެދެމީހުންނަށް އީނާޝް ދިޔައީ އެތައް ވާހަކައެއް ހިއްސާ ކުރަމުންނެވެ. އަދި އީނާޝްގެ އެ އަނގަގަދަ އަނގަ ފެނިވެސް އެމީހުން ތިބެނީ ހައިރާންވެފައިއެވެ. ނަމަވެސް އީނާޝްގެ ކޮންމެ ކަމެއްގައި އެމީހުން ދިޔައީ އެންމެ ފުރިހަމައަށް ބައިވެރިވަމުންނެވެ. ޒިރާން ބައްވާފައި އޮތް ރޫމަށް ދިޔަ މަގުމަތީގައި ކައިޒީން އާއި ދިމާވުމުން އީނާޝް އަނެއްކާވެސް ކައިޒީން އާއި އެކު ގެޔަށް ދިޔައެވެ. އެއީ ކައިޒީން އެކަނި ގެޔަށް ދާން އީނާޝް އެހައި ހިތްހަމަ ނުޖެހުނީމައިއެވެ.
*****
ކައިޒީން ފެންވަރައި ތަޒާވެ ނިމުމުން ދެން އެދެ މީހުންވެސް ދިޔައީ ނަބާހު އާއި ބައްދަލުކުރަން ރަސްރަންޏަށެވެ. ހެނދުނުގަޑި ކަމުން އެތަނުގައި އެހައި ގިނަ މީހުން ފެންނާކަށް ނެތެވެ. ނަމަވެސް ހިތްގައިމުވެފައި ބޮލަށް ފަސޭހައިއެވެ. އީނާޝްމެންނަށް ބެންޗެއްގައި ނަބާހު އިށީންދެލައިގެން އިންތަން ފެނުމާއިއެކު އެތަނަށް އާދައިގެ ބާރުމިނެއްގައި ދިޔައެވެ. ނަބާހުގެ ކައިރިއަށް ގޮސް އޭނާގެ ކައިރީގައި އިށީން އިރުވެސް ނަބާހުއަށް އެތަނުގައި ބަޔަކު ތިބިހެންވެސް ހިނުވެއެވެ. އެއަށްވުރެ ބޮޑަށް އޭނާ އިނީ ފުން ހިޔާލަކަށް ގެއްލިފައިއެވެ. ”ނަބާހޫ…” ކައިޒީން ނަބާހުގެ ކަންފަތް ބުޑުގައި ހަޅޭލަވައިގަނުމުން އޭނާއަށް ހަމަ ބިމަށް އާދެވުނެވެ. ނަމަވެސް ފުރަތަމާނުންވެސް ނަބާހުއަށް ތައުރީފު ކޮށްލެވުނީ ކައިޒީންގެ ރީތި ކަމަށެވެ. ފަލަމަސްގަނޑާއި ހަމައަށް އަންނަ ވަރުގެ ގަދަ ޗޮކްލެޓް ކުލައިގެ އަތް ދިގު ހެދުމެއް ލާފައި ތިރިން ހުދު ކުލައިގެ ޖިންސެއް ލާފައި ހުރުމުން ކައިޒީން ނުހަނު ރީއްޗެވެ. އަދި އެހެދުމުގެ ބަނޑާއި ދިމާލުން ހަމަ ޗޮކްލެޓް ކުލައިގެ ގޫޗީ ބްރޭންޑްގެ ބެލްޓެއް އަޅާފައިވުމުން އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ. ރާޅު ބާނީ އިސްޓަށިގަނޑު އެއްވެސް ގޮތެއް ނުހަދައި ދޫކޮށްލާފައިވުމުން ކައިޒީންއާއި ނުހަނު ގުޅެއެވެ. އެއްވެސް މޭކަޕްއެއް ނުކޮށްވެސް ކައިޒީން ނުހަނު ޗާލެވެ. ފަށުވި ބަސްތަކުން ނަބާހު ކައިޒީންއަށް ތައުރީފު ކޮށްލުމާއިއެކު ކައިޒީންގެ ގާގައި ހުރި ހުރިހާ ލެޔެއް ހީވީ އޭނާގެ ކޮލަށް ޖަމާވިހެންނެވެ. ނަމަވެސް އެހުރިހާ އިރުވެސް އީނާޝް އެއްވެސް އެއްޗެކޭ ނުބުނެ ހުރީ ދެމީހުން ކުރާ ކަންތައް ބަލައިލުމަށެވެ.
ނަބާހު އާއި ކައިޒީން ވާހަކަ ދައްކާ ނިމުމުން އީނާޝް އޭނާގެ ވާހަކަ ފެށިއެވެ. އީނާޝް ނަބާހުއަށް މަޢާފު ކުރުމުން އޭނާ ހުރީ ނުހަނު އުފާވެފައިއެވެ. ދުވަހަކު އެވަރަށް އުފާވި ހެންވެސް ހީނުވެއެވެ. އުފަލުން ގޮސް ނަބާޙު އީނާޝްގެ ގައިގައި ބައްދާލިއެވެ. ނަމަވެސް އީނާޝް ނަބާހު ފަހަތަށް ކޮއްޕާލުމާއިއެކު ނަބާހަށް ހޭވެރިކަން ވުމުން ކުރެވުނު ކަންތަކާ ދެރަވެ އެކަމާ މައާފަށް އެދުނެވެ. ނަމަވެސް ނަބާހު ދެރަވެފައި ހުރި ވަރު ފެނިފައި އީނާޝް އާއި ކައިޒީންގެ ގާތަށްވެސް އައީ ނުލަފާ ހިންޏެކެވެ. އެހެންކަމުން ނަބާހު ބޮޑަށް ތަޅުވާލާނިއްޔޭ ހިތަށް އަރައި އީނާޝް އެކްޓް ކުރަމުން ދިޔައެވެ. އެތައް އިރަކު އެގޮތުގައި ތިބެފައި ތިންމީހުންވެސް ސައިބޮއެގެން ހޮސްޕިޓަލަށް ދިޔައީ އެދުވަހު މެންދުރު ޒިރާންގެ ސާރޖަރީ ކުރެވޭނެތީއެވެ.
*****
”ކީކޭ؟ އެ ޑޮކްޓަރު ކީކޭ އޭ ބުނީ.. އަލުން ބުނެބަލަ.. އަހަރެންގެ ކަންފަތަށް އިވުނި ރަނގަޅަށްތަ މި؟” އާރިފާ ހުރީ ފޯނުން އިވެމުން ދިޔަ ވާހަކަ ގަބޫލު ނުކުރެވިފައިއެވެ. އެޑޮކްޓަރު އެ ނުހައްދާލެވުނީ އޭނާގެ އަޒުމު ވަރުގަދަ ވީމައޭ އާރިފާގެ ހިތަށް އެރިއެވެ. ”އެހެންޏާ ކަލޭ ދެން އަމިއްލައަށް މިކަމާ އުޅެން ވީނުން.. އެހެން މީހަކަށް ބުރަނުވެ… އަހަރެން ބޭނުމެއް ނޫން މިކަން މާގިނަ މީހުންނަކަށް އިނގޭކަށް..” އާރިފާ ބުނި ކަންތަކާއި އެމީހާ ދިޔައީ ދެކޮޅުވަމުންނެވެ. އަދި ޑޮކްޓަރު އެންމެ ފަހުން ބުނި ވާހަކަވެސް އާރިފާ ގާތު އެމީހާ ބުންޏެވެ. އެހެންކަމުން އާރިފާގެ ރުޅިގަނޑު ދިޔައީ ހައްތާ ގަދަވަމުންނެވެ. އެރި ބާރުގައި ފޯނުވެސް މުށިތަކު މައްޗަށް ހޫރާލައިފައި އެނދުގައި އޮށޯތީއެވެ. ހީވަނީ ރުޅިގަނޑު މަޑު ކުރަން އުޅޭ ހެންނެވެ. ނަމަވެސް އޭނާއަކަށް އެރުޅިގަނޑު ކޮންޓްރޯލް ކުރެވޭ ގޮތެއް ނުވިއެވެ. އަނެއްކާވެސް އެރިބާރުގައި އެނދުގައި އަޅާފައި އޮތް ބެޑްޝީޓްވެސް ނަގައި އެއްލާލިއެވެ. އަދި ޑްރެސިންގ ޓޭބަލް މަތީގައި ހުރި ހުރިހާ ސެންޓް ފުޅިތަކާއި އެއްޗެހިވެސް މެއެވެ.
******
ހުޅުމާލޭ ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފުރަތަމަ ފަހަރަށް ކުރެވޭ ފައިގެ އޮޕްރޭޝަނަށް އެތަނުގައި މަސައްކަތް ކުރާ ގިނަ ނަރުހުންނާއި އެކަމަށް ހަމަޖެހިފައިވާ ޑޮކްޓަރުން ދިޔައީ ތައްޔާރުވަމުންނެވެ. ބައެއް ޑޮކްޓަރުން އެކަމާ ހާސްވެގެން އުޅުނު ކަމުގައި ވިޔަސް ޒިރާންގެ ކަންކަމުގައި އެންމެ އިސްކޮށް ހުރި ޑޮކްޓަރުގެ މޫނުމަތިން އެއްވެސް ހާސްކަމެއް ފެންނާކަށްނެތެވެ. އެދުވަހު މެންދުރުފަހު އެކެއްގައި ކުރެވޭ ސާރޖަރީއަށް އެޑޮކްޓަރު ހުރީ ވަރަށް ރަނގަޅަށް ތައްޔާރު ވެލައިގެންނެވެ.
ނަރުހުން ޒިރާން އޮޕްރޭޝަން ތިއޭޓާރ އަށް ގެންދަން އެތައް ބައިވަރު ތައްޔާރީ ތަކެއް ވަމުން ދިޔައިރު ބައެއް ޑޮކްޓަރުންވެސް އެކަމުގައި ބައިވެރިވަމުން ދިޔައެވެ. އެންމެންގެ ފަރާތުންވެސް ފެނިގެން ދަނީ އޯގާތެރިކަމެވެ.
ހޮސްޕިޓަލުގައި ކުރެވޭ ފުރަތަމަ ފައިގެ އޮޕްރޭޝަނަށްވުމުން ކައިޒީންމެން އެންމެން ވެސް ތިބީ ނުހަނަު ހިތް ބިރުގަނެފައިއެވެ. އޮޕްރޭޝަން ކާމިޔާބު ވޭތޯ އެންމެންވެސް ދިޔައީ ހިތުން މާތްﷲގެ ހަޟްރަތަށް ދުޢާ ދަންނަވަމުންނެވެ.
އެއްގަޑިއިރުގެ އޮޕްރޭޝަނަށްފަހު ޑޮކްޓަރު ތިއޭޓާރުން ނުކުތުމުން އެންމެންގެ ހިތް ނުހަނު ބާރަށް ތެޅެން ފެށިއެވެ. ވީ ކަމެއް އެންމެންވެސް ތިބީ ބަލައިލަން ކެތްމަދުވެފައިއެވެ. ޑޮކްޓަރުގެ މޫނުމަތިން އެއްވެސް އަސަރެއް ފާޅުވާން ނެތް އިރު ކައިޒީން ކުރި ސުވާލަށް ޖަވާބު ދެންވެސް ޑޮކްޓަރު ނޫޅުނެވެ.
~ ނުނިމޭ ~
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
29 Comments!
Comments are closed.







assalam alaikum.. miothy 24 vana bai.. unmeedhu kuran mi bai vs kiyun therinnah kamudhaane kamah.. and mistakes huriyyaa buneladhehchey… good nyt all.. LYSM
މާ ޝަ ﷲ ވާހަކަ ވަރަށް ރީތި.. އެކަމަކު ބުނެލަން ބޭނުން ވަނީ ،”އިއްތާ” ނޫނީ “އިއްތާލައިގެން” މި ގޮތައް ނުލިޔާނެ އޭ … “އިށީނދެގެން” އިށީނދެ ނުވަތަ ތިބި މިގޮތައް އެބަސްތައް ބަލަދު ކޮށްލައްޗޭ ނެސްޓް އެޕިސޯޑް ގަ… އަސްލު ކިޔާ އިރު ވަރަށް އުދަނގޫ އެކަހަލަ ބަސްތައް ހުންނަންޏީ
thanks aalaa… ya insha allah will try.. thanks for highlighting the mistake.. 🙂 🙂
Masha Allah??cant wait to ?read ?next part ?…when is next?varah varah reethi mi part vs?
thanks dear… next part insha allah tomorrow.. keep waiting dear
Haadha reechchey mibaives Maasha Allah 🙂 kurin nukuran mi vaahaka au comment evves. ekam keemu inge kurin nerunu episode thah. e hurihaa episode thakevves hama v reethi. Keep it up Nafu. Love you so much Nafu
thanks dhonthy.. its ok dhonthy.. btw thanks for the comment ingey… nafu vs dhonthyge vaahaka kiyan.. vr vr vr rythi.. ekam nafu vs adhi comment eh nukohlan dhonthy ge story akah.. ya thanks.. lysm
Mi part vx hama obi???…umm purple u???if u r a real army…hehe
thanks dear… heheh
Varah??? varah?? varah ?reethi ?????????
maa sha Allah.?? curiously waiting ??for ???the ??next ??part.???
thanks yanaa.. ya keep waiting ingey dear..
Maasha allah V reethi mi part vx…?????… Can’t wait to read nxt part…???????…. LYSM nafu sis……. ??????
thanks kylie.. but keep waiting ingey dear.. lysm.. 🙂 🙂
Cover picture change kuran veenu dhw sis…Mi part hama habbu ingey.??
yaa.. i’m trying.. reethi phto eh nulibigen miulheny.. ehnve lasavny.. but adhi change kuraanan.. btw thanks mailan..
Wow.. nafu mi baa Vs vr vr vr vr vr reethi…. Keep it up sis.. lysm
thanks naiha.. a lot ingey.. lysm
Nice story… When next part??
thanks reena.. insha allah tomorrow
Sarah Rythi mi Bai vs. btw nafu thy Korean series fav kuhjjeh tha? Just asking ingey. Hehe.
thanks king.. yeah… its ok.. 🙂 🙂
Masha Allah.. varah Rythi story eh.. keep it up dear.. love u so much
thanks shaashaa.. lysm
?????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????
wow… so many faces… 🙂 🙂 🙂 thanks dear
އަބަދު ކޮރެއާ ކަވާރ ހުންނަނީ ކިއްވެ؟ ރާއްޖޭގައި މި ހަރާރު ވަރަށް އާއްމު އެއްޗެއް ކޮރެއާ އެއްޗިއްސް. ތަފާތެއް ބޭނުން ދެން މިހާރު.
ya ok.. will try
އަހަރެންވެސް މިހާ މޮޅަށް ވާހަކަ ލިޔާހިޔް ވެއްޖެ! ސދ
hehhe thanks.. btw u can do it.. start