ކާމިޔާބު 1 (އެއްވަނަބައި)

- by - 39- November 29, 2019

بسم الله

“ދަރިފުޅާ!.. ތައްޔާރު ވެއްޖައިންތަ؟” ނައިރާ އޭނާގެ ހުރި ހަމައެކަނި އަންހެން ދަރިފުޅަށް ގޮވާލަމުން ބުނެލިއެވެ. “ލައްބަ.. މަންމާ މިދަނީ..” އުމުރުން ސާދަ އަހަރުގެ ނާރާ އޭނާގެ ބުރުގަލަށް ފަހު ދަތި ޖަހާލަމުން ބުނެލިއެވެ. އަދި ލޯގަނޑު ކުރިމަތީގައި ދެފަރާތަށް އެނބުރިލަމުން ރަނގަޅުތޯ ބަލާލިއެވެ. ހިކި ކުއްޖެކެވެ. ވަށް މޫނަކާއި ހަންގަނޑު އަލި ރީތި ކުއްޖެކެވެ. އިސްކޮޅުން މާދިގު ނޫނަސް ކުރެކޭވެސް ނުބުނެވޭނެއެވެ. ކަނޑު ނޫކުލައާއި މަޑު ނޫކުލައިގެ ޔުނީފޯރމް ގައި ފެންނަނީ ވަރަށް ސާދާ ކޮށެވެ. ނާރާ ހިތްހަމަ ޖެހޭވަރު ވުމުން ލިޔާ މޭޒު މަތީގައި އިން ދަބަސް ހިފައިގެން ކާގެ އާއި ދިމާއަށް މިސްރާބު ޖެހިއެވެ.

“މަންމާ! ކޮބާ ދޮންތި؟” ކާގެއަށް އަވެގެން އައި އުމުރުން ބާރަ އަހަރުގެ ނަރާން އޭނާގެ މަންމަ ނައިރާ އަށް ގޮވާލަމުން އަހާލިއެވެ. “އޯހް މައި ލިޓްލް ބްރަދާރ.. ހާދަ ވަރަކަށް ދޮންތި މިސްވަނީ؟؟” ކާގެއަށް ވަދެގެން އައި ނާރާ އޭނާގެ ކޮއްކޮއަށް ގޮވާލަމުން ބުނެލިއެވެ. ނައިރާ އިނީ އޭނާގެ ދެދަރިންގެ ގުޅުނ ފެނިފައި ވަރަށް އުފަލުންނެވެ. ނަމަވެސް ފުރަތަމަ ފިރިމީހާ މަތިން ވަރަށް ހަނދާން ވެއެވެ.

ނާރާ އަކީ ނައިރާގެ ފުރަތަމަ ފިރިމީހާ ނާޝިދުގެ ކުއްޖެކެވެ. ކެންސާރ ބަލީގެ ޝިކާރައަކަށް ވެގެން ނާޝިދު މިދުނިޔެ ދޫކުރީ ނާރާ އަށް އުމުރުން އެއްމެ ފަސް މަހުގައި އެވެ. ދެން ދިމާވީ ވަރަށް ވެސް ދަތި ދުވަސް ކޮޅަކާއި އެވެ. ޙާލު ޖެހިގެން އޭނާ ދިޔައީ އޭނާގެ މައިން ބަފައިންގެ ގާތަށެވެ. އޭނާ ދިޔުމުން ނައިރާ ކިޔާ ކުއްޖަކު ތިމަންނަގެ ނުހުންނާނެއޭ ކިޔާ ގެއިން ނެރެ އެއްލައިލީ އަޅަކަށް ވެސް ކަންތައް ނުކުރާނެހާ އިހާނެތި ކޮށެވެ. އޭނާ ނާޝިދު އާއި އިނީ ލޯބިންނެވެ. މައިން ބަފައިން ނާޝިދު އާއި ނުރުހުނީ އެއީ ނާޝިދު އަކީ މެލޭޝިޔާ މީހަކަށް ވުމުންނެވެ. އޭނާ އަށް ނެތް ކުލުނެއް އޭނާާގެ ދަރިފުޅު ނާރާ އަށް ހުންނާނެ ކަމަށް ހީކުރި ކުރުންވީ ބިލާހަކަށެވެ. ޙާލުގައިި ޖެހި ބިކަވި ވަގުތު އެހީތެރިކަމުގެ އަތެއް ދިއްކޮށްލީ ރަށައް އައިސްގެން އުޅޭ ބީރައްޓެހި ޒުވާނެކެވެ. ނިހާން އޭނާ ގޮވައިގެން ދިޔައީ އޭނާގެ ރަށަށެވެ. ނިހާން އަކީވެސް އެކަނިވެރިއެވެ. މައިންބަފައިން ޔޫ އެސް އޭ ގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ވަނީ މިދުނިޔެ އާއި އަލްވަދާޢު ކިޔާފައި އެވެ. އެހެން ކަމުން ނައިރާގެ ރުހުމުގައި ނިހާން ނައިރާ އާއި ކައިވެނި ކުރީ އެެވެ. ނާރާ ވެސް ނިހާން ބަލައިގަތީ ހެޔޮ ހިތުންނެވެ. އެކައިވެންޏައް އަހަރެން ފަހުން ނަރާން ލިބުނީ އެވެ. ނިހާން ނައިރާގެ ދެމައިންނަށް ވަރަށް ހެވެ. އަދި ނަރާން ލިބުމުން ނާރާ އަށް ދޮށީ ދަރިފުޅުގެ މަޤާމް ދިނެވެ. ނައިރާ މިހާ ހިތްހެޔޮ ފިރި އެއް ދެއްވީތީ އަބަދުވެސް ޝުކުރު ކުރެއެވެ. ނިހާން އަކީ ރާއްޖޭގެ ކާމިޔާބު ބިޒްނަސް މޭން އެކެވެ. ބޮޑެތި ފިހާރަ ތަކާއި ގެސްޓް ހައުސްތަކާއި ތްރީ ސްޓާ ރިސޯޓެއްވެސް އޮވެއެވެ. މިކަމާ އެޢާއިލާ ބޮޑާވެއެއް ނުގަނެއެވެ. އަދި ޙާލުގައި ޖެހިގެން އަންނަ މީހުންނަށް އެހީ ވެދީ ހަދައެވެ. ބަޔަކު މީހުން ބޭސްފަރުވާއަށް އަޔަސް އަނބުރާ ބޭނުން ނޫން ކަމަށް ބުނެ ހެޔޮ ހިތުން އެކަމެއް ކޮށްދެއެވެ. ނިހާންގެ މިއިޙުސާންތެރި ކަމުން ވަނީ ގިނަ ބައެއްގެ ހިތްތަކުން ޖާގަ ހޯދާފައެވެ. މުޙައްމަދު ނިހާންއޭ ބުނުމުން ނުދަންނަ މީހަކު މަދު ވާނެއެވެ.

“މަންމާ… މަންމާ.. ކޮންޚިޔާލެއްގަ؟..” ނަރާން އެނާގެ މަންމަ އަށް ގޮވުމުން އިޖާބަ ނުދިނުމުން ދެތިން ފަހަރަކު ގޮވާލިއެވެ. “ކަމެއްނުވޭ.. ދަރިފުޅު މަންމަ އަށް ގޮވީ ކީއްވެ؟” ނައިރާ ނަރާންގެ ބޮލުގައި ފިރުމާލަމުން އަހާލިއެވެ. “އޯކޭތަ ފުޓުބޯޅަ ކުޅެން ދިޔަސް؟” ނަރާން އެނާގެ މަންމަ ކައިރިން ހުއްދަ އަކަށް އެދުނެވެ. “މަންމަ އަށް މައްސަލައެއް ނެތް… އެކަމަކު ދަރިފުޅާ.. ދިހައެއް ޖަހަންވާއިރަށް ގެއައް އަންނަން ވާނެ އިނގޭ.. އޭރުން ސްކޫލަށް ދާން ތައްޔާރު ވެވޭނީ.. އެއްވެސް ކުއްޖަކާ ތަޅާނުފޮޅާތި..” ނައިރާ ވަރަށް ލޯބިން ނަރާން އަށް ބުނަމުން ދިޔައެވެ. “ތެންކިއު މަންމާ.. ލަވް ޔޫ..” މިހެން ކިޔައިފައި ނަރާން ފުމެމުން ފުމެމުން މައްޗައް އަރައިގެން ދިޔައެވެ. “މަންމާ ދަނީއޭ އިނގޭދެން.. ނަޝް އަންނާނެ މިހާރު..” ނާރާ ޖުމްލަ ބާރަ މީހުންނަށް ކެވޭ އެބޮޑު ކާމޭޒުގެ އެއްމެ ކޮޅުގައި އިން ގޮނޑިގައި އިން ދަބަސް ނަގާ ކޮނޑުގައި އަޅުވާލަމުން ބުނެލިއެވެ. “އޯކޭ.. ބަލައިގެން ދާނީ..” ނައިރާ ދޮރުން ނިކުންނަން ދިޔަ ނާރާ އަށް ޖަވާބު ދިނީ ތަންކޮޅެއް ބާރަށެވެ. އޭރު ސިޑިން ފައިބައިގެން އަންނަ ނިހާން ފެނުނެވެ. “އާދޭ ސައިބޯން..” ނައިރާ ނިހާން ކާގެއަށް ވަދުމުން ބުނެލިއެވެ. “ކޮބާ ނަރާން؟ އަދިވެސް ނުހޭލަނީތަ؟” ނިހާން ނަރާން ނުފެނުމުން އަހާލިއެވެ. “ނޫން.. ހޭލައިގެން ވެއްޖެ ފުޓުބޯޅަ ކުޅެން ދާން ތައްޔާރު ވާން ގޮސް.. އަހަރެން ބުނެފިން މައްސަލައެއް ނެތޭ.. އެކަމު ގެއަށް އަންނަން ވާނޭ ދިހައެއް ޖަހާ އިރަށް..”

ނައިރާ ނިހާން ގާތު ކޮފީތަށި ބަހައްޓާލަމުން ތަފްސީލުކޮށް ކިޔައި ދިނެވެ. “ނައި.. އަހަރެން ނުބުނަމެއްނު ތަފްސީލު ދޭކަށް.. އަހަރެންނަށް ވެސް އިގެއޭ ނައި ނުނަގާނެކަން ގޯސް ޑިސިށަނެއް.. އަދި ނަރާން ވެސް ނޫޅޭނެ ގޯސްކޮށެއް.. އެއީ މައިން ބަފައިންގެ ބަސްއަހާ ވަރަށް ރަނގަޅު ދަރިއެއް.. މާޝާ ﷲ.. ހަމައެކަނި ނަރާން އެއް ނޫން.. ނާރާ ވެސް..” ނިހާން އޭނާގެ ދަރިންނަށް ކުރާ އިތުބާރު މިވާހަކަ އިންވެސް އިނގުނެވެ. މިވާހަކަތައް ދޮރު ކުރިމަތީގައި ހުރި ނަރާން އަށް ރީއްޗައްވެސް އަޑު އިވުނެވެ. ނިހާން އާއި ނައިރާ ތިބީ ދޮރާއި ފުރަގަސް ވާގޮތަށް ކަމުން އެދެމީހުންނަކަށް ނަރާން އެއް ނުފެނެއެވެ. ނަރާން އަށް ވިސްނާ ލެވުނީ މަންމަ އާއި ބައްޕަ އޭނާއަށް ކުރާ އިތުބާރު ފެނިފައެވެ. ޝައިޡާނާ އޭނާގެ ބޮލަށް އެރިގެން ނުބައި މަގަށް ވަރަށް ރަނގަޅައްވެސް ގެންގޮއްސިއެވެ. އެވަގުތު ޓީވީ އިން އިވުނު މަދަހައިގެ ތަންކޮޅު އެއީ ސީދާ އޭނާ އަށް ނިސްބަތް ކޮށް ބުނެލި ތަންކޮޅެއްހެން ހީވިއެވެ.

ނުދާށޭ ހެއްލިގެން ދުނިޔޭގެ ޒީނަތްތެރި މި ކުލަ ތަކުގާ

ސުބުޙާނަ ﷲ! އޭނާ އަށް މި އުޅެވުނީ ކޮން ގޮތަކަށް ހެއްޔެވެ؟ ކޮއްމެ ދުވަހަކު ފުޓުބޯޅަ ކުޅޭންށޭ ކިޔައިފައި މުޅި ރަށު ތެރެއަށް ގިނަވަނީ އެވެ. ވިޔާނުދާ ކުދިންނާ އެކު މަގުމަތިން ދާހާ މީހަކަށް އުދަނގޫ ކޮށް ހަދަނީ އެވެ. އަދި މުސްކުޅިންނަށް ވެސް އެހީތެރި ވުމުގެ ބަދަލުގައި ކުރަނީ ޖެއްސުމެވެ. އޭނާގެ އުޅުން އިސްލާހު ކުރަން އެބަޖެހެއެވެ. ލައިގެން ހުރި ހެދުމަށް ބަލާލެވުނެވެ. ޓީޝާޓަކާއި ކުރު ސޯޓެއް ލައިގެން ދާން ވުމުން ލަދު ގަންނަ ގޮތް ވިއެވެ. އޭނާ ބޭރަށްދާ ޚިޔާލެއް މިހާރަކު ނެތެވެ. ކޮޓަރިއަށް ވަދެ އެނދުމައްޗައް ވެއްޓިގަނެ ވަރަށް ގިނައިރު ވިސްނާން އޮތެވެ.

***

ނާރާ ގެއިން ނިކުތް އިރު އޭނާގެ އެއްމެ ގާތް އެކުވެރިޔާ ނަޝާ އޭނާ އާއި އެއްކޮށް ދާން މަޑު ކޮށްގެން އިނެވެ. “ކަމަނާ ފާނަށް އާދެވޭ ވަރު ވެއްޖެ ދޯ؟ މަހީކުރީ މިއަދު ނުދާނެ ކަމަށް.. ހަމަ ދާންވެގެން ހިގައިގަތީ ގްރީން ވިލެޖް ގޭ ރަނިކަމަނާ ވަޑަގަންނަ ތަން ފެނިއްޖެ..” ނަޝާ އަކީ އަނގަ ގަދަ ކުއްޖެކެވެ. ހިތުގައި އޮތް ކޮއްމެ އެއްޗެއް ބޭރު ކޮށްލާނެއެވެ. މިޒާޖުގައި ހުންނަނީ ކެރޭކަމެވެ. ނަމަވެސް ނަޝާ ދުވަހަކުވެސް ދީނުގެ އިމުގެ ތެރެއިން ބޭރަކަށް ނުނިކުންނާ ނެއެވެ. ނާރާ އަކީ އޭގެ އިދިކޮޅެވެ. މަޑުމައިތިރި ލަދުރަކި ކުއްޖެކެވެ. ހިތުގައި އޮތް އެއްޗެއް ކިތައްމެ ދުވަހެއް ވަންދެން ބޭރުނުކޮށް ހުރެދާނެއެވެ. ނާރާ އަކީވެސް ކަންކަމާ ކުރިމަތިލާން ކެރޭ ކުއްޖެކެވެ. ނަޝާ ދިޔައީ ހުއްޓާނުލާ އަނގަ ތަޅަމުންނެވެ. އެދެކުދިންނަކީ ވެސް ސްކޫލުގެ ޕްރިފެކްޓެކެވެ. ކުލާހައް ވަތް އިރު އެހެން ޕްރިފެކްޓް ކުދިން މަދުމަދުން އުޅުނެވެ. މިއަދުމީ ދެވަނަ ޓާރމްގެ ކިޔެވުން ފެށުނުތާ ދެވަނަ ދުވަހެވެ. ނާރާ އާއި ނަޝާ ކުލާހަށް ވަތްއިރު ގަޑިޖެހިގެން ހުރިހާ ކުދިން ހަމަ ވީ އިރުވެސް ޓިޗަރެއް ނާދެއެވެ. އެއްމެ ކުރީގައި ތިބި އަންހެން ކުދިން ސިމިސިމި ލައްވާ އަޑު ކުލާތެރޭ ހިފާލައިފައި ހުއްޓެވެ. “އެދައްކަނީ ކޮއްމެސް ފިރިހެން ކުއްޖެއްގެ ވާހަކަ.. އެކުދިންނަށްވާ ކުޅަދާނަ ދޯ؟” ނަޝާ ނާރާގެ ކަންފަތް ކައިރިއަށް ގުދު ވެލަމުން ބުނެލިއެވެ. “އާން.. އެހެރީނު ރީނާ… އެއީ އެގުރޫޕުގެ ލީޑަރު… އަބަދުވެސް ކޮއްމެސް ކުއްޖަކާއި ރައްޓެހި ވެގެން.. އެއީކީ މިއުމުރުގައި ކުރާ ކަންތަކެއްވެސް ނޫނެއްނު؟” ނަޝާ އާއި ނާރާ މިކަހަލަގެ އެކި ވާހަކަ ތަކުގައި ތިއްބާ ދެމަސައްކަތު މީހަކު ދެޑެސްކާއި ދެގޮނޑި ކުލާހަށް ވެއްދި އެވެ. އެއް ޑެސްކު ބެހެއްޓީ ނާރާ ގާތުގައި އެވެ. އަނެއް ޑެސްކު ގެންގޮސް ބެހެއްޓީ ފިރިހެން ކުއްޖެއް ކަމަށްވާ އަންޝް ގާތުއެވެ. އަންޝް އަކީ ކިޔެވުމަށް ވަރަށް މޮޅުު ، ޓީޗަރުންގެ ބަސްއަހާ އަޚްލާޤު ރަނގަޅު ކުއްޖެކެވެ. ހަމަ އެހެންމެ އަންޝް އަކީ ސްކޫލުގެ ޕްރިފެކްޓެއް ވެސްމެއެވެ. އަންޝް އަކީވެސް ކަޅު ކުއްޖެކޭ ނުބުނެވޭނެއެވެ. ހެޔޮވަރު އިސްކޮޅެއް ހުރިއިރު ކަޅު ކަންގަދަ ކަޅިއެއްގެ ވެރިއެކެވެ. ނަމަވެސް އޭނާ އުޅެނީ ގްރޭދުގެ އެހެން ކުދިން އުޅޭހެންނެއް ނޫނެވެ. އޭނާ ވާހަކަ ދަށްކާނީ އަންހެން ކުދިންގެ ތެރެއިން ހަމައެކަނި ނާރާ އާއި ނަޝާ އާއި އެވެ. އިރުކޮޅެއް ނުވެ ގްރޭޑް ކޯރޑިނޭޓާ އާއި ނުދަންނަ ދެކުއްޖަކު އައިސް ވަދުނެވެ. “މިއީ ތިކުދިންނާއި އެއްކޮށް އަލަށް ޖޮއިން ކުރާ ދެކުދިން.. ދެކުދިންވެސް އަމިއްލަ އަށް ތަޢާރަފު ވެލާ….” ސާރ މިހެން ކިޔާފައި އެދެކުދިންނަށް ފުރުސަތު ދިނެވެ. “އަޅުގަނޑުގެ ނަމަކީ ރައިހާ ބިންތު ރުހާމް.” ބުރުގާ އަޅައިގެން އިން ދޮން ރީތި އަންހެން ކުއްޖާ އިސްވެ އަމިއްލައަށް ތަޢާރަފު ވެލިއެވެ. ނާރާ އާއި ވައްތަރު ކަމެއްވެސް ހުރިހެން ހީވެއެވެ. “އަޅުގަނޑުގެ ނަމަކީ ރައިހަން ބިން ރުހާމް.” ރައިހާ ކައިރީގައި އިން ފިރިހެން ކުއްޖާ ބުނެލިއެވެ. އިސްކޮޅުން ރައިހާ އަށް ވުރެ ދިގެވެ. ދޮންވެފައި ހަށިގަނޑުވެސް ފިރިހިން ވައްތަރު ޖަހައެވެ. އަދި އެއްމެ އަޅައިގަންނަނީ ލޮލުގައި އަޅައިފައި އިން ނަންބައި އައިނުންނެވެ. އިސްތަށި ގަނޑުވެސް ވަނީ އެއްވަރަކަށް ކޮށާ ލެވިފައެވެ. ދެކުދިންނަށްވެސް ބަލާލުމުން އެއީ ޓްވިންސް އެއްކަން އިނގެއެވެ. އެހާވެސް ވައްތަރެވެ. ދެކުދިންވެސް ތިބެން ހަމަޖެހުނު ގޮނޑީ ގައި އިށީންދެލިއެވެ. “ހައި.. އައިމް ނާރާ.. ދެންމީ އަހަރެންގެ ބެސްޓީ ނަޝާ.. އެހާ ބީރައްޓެހި ނުވައްޗޭ..” ރައިހާ އިށީނދެ ހަމަޖެހި ލުމުން ނާރާ އަމިއްލަ އަށް ތަޢާރަފު ވެލިއެވެ. “ބައިދަވޭ.. ތީ ކޮއްކޮ ދޯ..” ނަޝާ ގާް ގަނޑަކަށް ޔަޤީން ކޮށްލަމުން އަހާލިއެވެ. “ނޫން.. އައި އެމް ހިޒް ސިސީ..” ރައިހާ ޖަވާބުގައި އެކުވެރި ހިނިތުން ވުމަކާ އެކީ ބުނެލިއެވެ.

“ހައި މީ ނައީޝް.. ދެންމީ އަހަރެންގެ ބެސްޓް ފްރެންޑް އަންޝް.. ތީ ރައިހާގެ ބޭބޭ ދޯ..” އަންޝްގެ ބިއްދޮރުގައި އިން ނައީޝް ރައިހަން އަށް ގޮވާލަމުން ތަޢާރަފު ވެލިއެވެ. “ހެހެ.. އެންމެން ވެސް ވަރަށް ގިނައިން އަހާ ސުވާލެއްތީ.. ނޯ.. ޝީ އިޒް މައި ސިސީ..” ރައިހަން ފުޅާ ހިނިތުން ވުމަކާ އެކީ ބުނެލިއެވެ. “އެހެރީނު އެއްމެ ބިއްދޮރުގަ ކުއްޖެއް.. އެއީ ނަޝާ.. ވީ ބޯތް އޯލްސޯ އާ ޓްވިންސް.. އެކަމަކު އަހަރެން ބޮޑުވާނީ.. ނަޝް ދުވަހަކުވެސް ނުގޮވާނެ ބޭބެ ކިޔާފައިއެއް.. އެހެންވެ އަސްލު އަހާލެވުނީ..” ނައީޝް ހެމުން ބުނެލިއެވެ. “ރައިހާ އާއި ނަޝާ އާއި ދެމެދު އެއިނީ ކޮންކުއްޖެއް.. ހާދަ ދަންނަ ހެން ހީވެއޭ..” ރައިހަން ނާރާ އަށް އިޝާރާތް ކުރަމުން ބުނެލިއެވެ. “އެއީ ނާރާ.. އެއީ ސްޓެޕް ސެކަންޑް ކަޒިން އެއް.. އޭނާގެ ސްޓެޕް ބައްޕަ އަކީ އަހަރުން މަންމަގެ ކަޒިން އެއް.. ނާރާގެ އަސްލު ބައްޕަ އަކީ މެލޭ މީހެއް.. ކެންސާރ ބަލީގަ ނާރާ އަށް ފައިވް މަންތްސް އިން ނިޔާވީ.. އޭނާގެ ހާރފް ބްރަދާ އަކީ ސެކަންޑް ކަޒިން.. ނާރާ ގްރޭޑް ހައެއްގެ އަަހަރުގައި އެވާހަކަ ނައި ދައްތަމެން ބުނީ.. ފަހުން އެހެން ގޮތަކުން އިނގިގެން މާބޮޑުވަރު ވެދާނެތީވެ.. އެކަމަކު ނާރާ ވަރަށް ހިތްވަރުގަދަ.. ނާރާގެ ޕޭރެންޓްސް އަސްލު ވަރަށް އަންޑަސްޓޭންޑިން..” އަންޝް ރައިހަން ވައްތަރޭ ބުނުމުން ނާރާގެ ޙަޤީޤަތް ކިޔާދިނެވެ. މުޅި ގަޑީ ގައިވެސް ވިސްނެނީ ނާރާ އާއި މެދުގައެވެ.

***

ނަރާން އެހެން އިރުގަނޑަކު އޮތުމަށް ފަހުތެދުވިއެވެ. އެއީ މިހާރު ކުރިގެ ނަރާން އެއް ނޫނެވެ. އެއީ ބަސްއަހާ އަޚްލާޤު ރަނގަޅު ކުއްޖެކެވެ. ނަރާން ވުޟޫ ކޮށްލައިގެން އައިސް ފަތިސްމާދު ކޮށްލިއެވެ. ކޮއްމެ ފަހަރަކު މަންމަ އެހީމައި ނަމާދު ކޮށްފީމޭ ކިޔާ ދޮގި ހަދަނީ އެވެ. އަދި ވަރަށް ގިނައިރު ދުޢާ ކުރަން އިނެވެ. އޭނާގެ ފާފަ ފުއްސަވާތޯ އާއި އެގޮތުގައި އަބަދުގެ އަބަދަށް ލެއްވުމުގައިއެވެ. އެގޮތުގައި އިރުކޮޅަކު އިނުމަށް ފަހު އެނދުގެ އެއްފަރާތުގައި އިށީދެލާފައި ސައިޑް ޓޭބަލް ހާވަން ފެށިއެވެ. ފުރަތަމަ ކަބަޑު ހުޅުވާލިއިރު ހުރީ ހުސް ލަވަ ސީޑީ ތަކެވެ. ދެވަނަ ކަބަޑު ހުޅުވާލިއިރު އޭގައި ވެސް އިތީ ހުސް ލަވަ ސީޑީ ތަކެވެ. ވަރަށް އަޑިން ހާވައިގެން އަތްތިލަ ވަރުގެ މަޑު ފެހިކުލައިގެ ފޮތެއް ނެގިއެވެ. “ހެނދުނާއި ހަވީރުގެ ދުޢާ” ނަރާން އެފޮތުގެ ބޭރުގަނޑު ކިޔާލިއެވެ. ހެނދުނުގެ ޛިކުރު ތައް ކިޔާ ނިންމާލިއެވެ. އަދި ލަވަ ސީޑީ ތައް ނަގައި ކޮއްމެ ސީޑީ އެއް ބިންދަންފެށިއެވެ. ބިންދާފައި ގޮސް ހުރިހާއެއްޗެއް ކުނި ގޯނި ތެރެއަށް އަޅާލިއެވެ. އަދި ގޭތެރެ އަށް ވަދެ ބަދިގެ އާއި ދިމާއަށް މިސްރާބު ޖެހިއެވެ. އޭރު ނައިރާ އުޅުނީ ނާރާ އަންނަން ވާއިރަށް ސައި ތައްޔާރު ކޮށެވެ. ނައިރާ އިންނަނި މޫނު ބުރުގާ އަޅައިގެންނެވެ. ގޭތެރޭ ގައިވެސް މޫނު ފޮތިކޮޅު އައްސައިގެން ނިޤާބް ނަގައިގެން އުޅެއެވެ. “މަންމާ! އުދަގުލެއް ނުވޭތަ؟ ނަރާން ބަދިގޭގައި އިން ފްރުޓް ބާސްކެޓުން އާފަލެއް ނަގައިގެން ކާން ފަށަމުން އަހާލި އެވެ. “އަސްލު ފުރަތަމަ ކޮޅު ކުޑަކޮށް އުނދަގޫވީ.. އެކަމު އެއީ ކިހާ މުހިންމު ކަމަކަށް ވުމުން ޖެހޭނެ ކެތްކުރަން.. އެކަމު މިހާރު ހަމަ ބަރާބަރު..” ނައިރާ ސަމާސާ ރާގެއްގައި ވާހަކަ ނިންމާލިއެވެ. “ކޮންއިރަކު ދޮންތި އަންނަނީ..” ނަރާން ނާރާ އަންނައިރެއް އޮޅުން ފިލުވިއެވެ. “މިހާރު އަށްގަޑި ބައިވީ.. ފަންސާހު ގައި އަންނާނެ..” ނާރާ ގަޑި ބަލާލަމުން ބުނެލިއެވެ. “އަދި ވިހި މިނެޓު..” ނަރާން ފޫހި ރާގެއްގައި މިހެން ކިޔާފައި މައްޗައް އަރައިގެން ދިޔައެވެ. އަދި ކޮޓަރިއަށް ވަދެ އެނާގެ ލެޕްޓޮޕް ނެގިއެވެ. ވައިފައި އޮން ކޮށްލާ އޭގެއިން އައްޝައިޚް ޢަލީ ޒައިދްގެ ދަރުހެއް އަޅުވާލިއެވެ. އޭނާގެ އަޑުގެ ޖާދޫގައި ޖެހިފައި ނަރާން އަށް އޮވެވުނެވެ. އެހާވެސް މީހަކު އަޑު އަހާހިތުން އޭނާގެ ދަރުސް ތައް އަޑު އަހާނެއެވެ. ކުއްލިއަކަށް އިވުނު އަޑުން ނަރާން ސިއްސައިގެން ގޮސް ހަޅޭއް ލަވައި ނުގަނެވުނީ ކިރިޔާ އެވެ. ކޮޓަރީގައި އޭސީ ޖައްސައިފައި ހުރުމުން އެއަޑު ވަރަށް ބާރަށް އިވުނެވެ. އެއީ ބެލްކަނީ އަށް ނިކުންނަ ދޮރުގައި ބާރަކަށް އެއްޗެއް ޖެހުނު އަޑެވެ. ނަރާން އަށް ފުންމާ ފައި ތެދުވެވުނީ އެނދުމައްޗައް ކޮޅަށެވެ. ދެވަނަ މިނިޓުގައި ނަރާން ދޮރު ހުޅުވާފައި އިނީ ބެލްކަނީ ގައިއެވެ. އެކިތަންތަން ހޯދިއިރު ކަރުދާސް ކޮޅަކަށް ގާކޮޅެއް ލައިފައި އެއްލައިފައި އޮތެވެ. އެހުޅުވާ ބަލާލި އިރު އެއީ އޭނާގެ ގުރޫޕުގެ ބޮޑުމީހާ އަފްރާހުގެ ނޯޓެކެވެ.

‘އޭ ކޮބާ ކައެ. މަގޭ މިހުރީ މައެ އެސިސްޓެންޓު ނާންނާތީވެ ވައި ވެފައި.. ހިނގާބައި ބުރެއް އަޅާލަން.. ކައެގެ އަމާ އުޅޭތީވެ ވަންނަން ލާހިކުނުވި.. ނާދެވެންޏާ ދިހަމިނިޓު ތެރޭ ހަމަ އެގާކޮޅަށް ނޯޓެއް ލިޔެފައި އެއްލައި ލަބާ ބުރޯ..’ އެނޯޓު ކިޔައި ނިމުނުއިރު ނަރާން ހުރީ ރުޅި ގަދަ ވެފައެވެ. އަވަހަށް އޭނާގެ ނޯޓު ފޮތް ނަގާ ނޯޓެއް ލިޔެފައި އެއްލާލިއެވެ. “އަލިފާނޯތް!” ނަރާން އެއްލި ނޯޓް ކޮޅު އައިސް ޖެހުނީ އަފްރާހުގެ ގައިގައެވެ. އަފްރާހުގެ އަނގައިން އަސްތަޣުފިރުﷲ ގެ ބަދަލުގައިވެސް ނިކުންނަނީ ނުބައި ބަސް ބަހެވެ. ‘އަފްރާހް.. އަހަރެން ދެން ތިޔަ ޤުރޫޕަކާ އެއްކޮށެއް ނުދާނަން.. އަހަރެންގެ މައިންބަފައިން އަހަންނަށް އިތުބާރު ކޮށްފައިދޭ ހުއްދަ ނަގާލާކަށް ބޭނުމެއްނޫން.. އަދި ބުނަން.. އަހަރެންގެ މަންމަ އާއި ބެހޭގޮތުން އެފަދަ ވާހަކަ އެއް ދެން ނުދައްކާތި.. އަހަރެން ތަޢުބާ ވެއްޖައިން.. އަފްރާހު ވެސް އަވަހަށް ތަޢުބާވޭ.. ނޫނީ ވަގުތު ފާއިތު ވެދާނެ.. ވެހޭތާ ފެންނަގާށޭ ބުނަނީ ކޮންމެވެސް ކަމެއް ވެގެނެއްނު؟ އަދިވެސް ވަގުތު އެބައޮތް.. ދެދުނީޔޭގެ ފަލާޙާއި ކާމިޔާބު ބޭނުންނަމަ.. މާތް ﷲ އަށް ބިރުވެތިވޭ..’ ނަރާންގެ ނޯޓު ކިޔައި ނިމުނު އިރު އަފްރާހު ހުރީ ރުޅި ގަދަ ވެފައެވެ. ދެން އޭނާ އަކަށް ސިނގެރޭޓު ރޮޑެއްވެސް ވިރުވާ ނުލެވޭނެ އެވެ. ދެންޖެހޭނީ އެހެން ކުއްޖެއް ވާވައްދާށެވެ. ނަރާން ނޭނގި ހުއްޓާ ގެއްލުނީ އެވެ.

***

ނަރާން އެއްލި ނޯޓު ކޮޅު އަފްރާހުގެ ބުރަކަށީގައި ޖެހުނު ގޮތުން ހިނިވެސް އައެވެ. އެވަގުތަކީ މަންމަ ދޮންތި އައިއްސިއޭ ކިޔާފައި ގޮވާލި ވަގުތެވެ. ނަރާން އަވަހަށް ތިރިއަށް ފައިބަން ދިޔައެވެ.

_ނުނިމޭ

 

39

A aaR

i am a girl who loves to read n write dhivehii stories.. luv to read comments frm readers.. study in dh.a.e.c gr. 7 dh. Kudahuvadhoo age 13 follow my insta acc @a.s.n.a______ _A aaR

You may also like...

5 Responses

ޚިޔާލީ ކުލަތައް ← އެޑްމިން ރެޖިސްޓަރ ކޮށްފައި ވާހަކައިގެ ލިޔުންތެރިޔާ ރެޖިސްޓަރ ނުކުރާ
  1. omg v salhi first episode also…gud luck… even I read ur other stry ainaa…but didn’t comment…hithah ery meege comment eh kohlaany…anyways dhn nerey episode kon dhuvahaku?

    ⚠Report!
    1. Thnk u v much Anonymous..😀😀 liyamun migendhanii.. insha Allah vv avah.. inthixaaru kohlahvaa😁😁

      ⚠Report!
  2. Varah v v reethi first part vx💟💟💟💟💟💟💟💟💟💟💟💟💟💟💟💟waiting f💟💟💟💟or next💟💟💟💟 part💟💟💟💟💟💟 when next?💟💟💟💟💟💟💟

    ⚠Report!

Leave a Reply

Your email address will not be published.