ނޯޓް: މި ވާހަކައަކީ އަޅުގަނޑު ކުރިން ލިޔަން ފަށާފަ ދިމާވި ކުޑަ ކަމެއްގެ ސަބަބުން ހުއްޓާލި ވާހަކައެއް… އެހެންނަމަވެސް އިތުރު ބަދަލު ތަކަކާއެކު އަޅުގަނޑު މިހާރު ކުރިޔަށް ގެންދަން ވިސްނާފައިވާނީ.. އަދި ގިނަ ދުވަސް ވުމުގެ ސަބަބުން އަލުން ވާހަކަ ފެށިގެން އަޕް ކުރަމުން ގެންދާނީ.. އިނގޭ ކުރިން ކިޔާފަ އޮތް ބައެއް ވީމަ އަލުން ކިޔަން ފޫހި ވާނެކަންވެސް.. އެކަމްއިރާދަކުރެއްވިއްޔާ މާޔު މިފަހަރު މި ވާހަކަ ފުރިހަމަ ކޮށްދޭނަން .. ހުރިހާ ކިޔުންތެރިންގެ ފަރާތުން ކުރިންވެސް […]
ކަޅުކުލައިގެ ފެރާރީ ކާރުން ނުކުތް ޒުވާނާއަށް އެތަކެއް ނަޒަރުތަކެއް ހުއްޓިފައިވެއެވެ. ބައެއް މީހުންގެ ދެލޯ އެ ރީތި ސޫރައަށް ތައުރީފުކުރަމުން ދިޔައިރު އަނެއްބައި މީހުންގެ ދަހިވެތި ނަޒަރު އެ ޒުވާނާގެ ރީތިކަމަށް ހުއްޓެމުންދިޔައެވެ. ނަމަވެސް މިއިން ކަމަކާ މި ޒުވާނާ އަޅާލިހެނެއް ހީޔެއްނުވެއެވެ. އާދަވެފައިވަނީ ކަންނޭގެއެވެ. ކާރުގެ ދޮރުޖަހާލަމުން އެޒުވާނާ ހިނގައިގަތީ ކުރިމަތީގައިހުރި ކަޅާއި ހުދުކުލައިގެ ފަންސަވީސްބުރީގެ ހޮސްޕިޓަލްތެރެއަށް ވަންނާށެވެ. އެހާދުރުންވެސް އެ ހޮސްޕިޓަލުގެ ދަޅަ ދުރަށް ވިދަމުން ދިޔުމުން އެއީ ބިއްލޫރިކަން ކޮންމެ މީހެއްގެ ހަވަނަ […]
އަހަރެން ނާއިމްގެ ފަހަތުން ހިނގާފައި ގޮސް ރެސްޓޯރެންޓުގެ އޭސީ ކޮށްފައިހުރި ބައިގެ ކަނެއްގައި ހުރި ކުޑަމޭޒެއް ކައިރީގައި އިށީނީމެވެ. އަހަރެން އިނީ ނާއިމް ކުރިމަތީގައި ހުރި ގޮނޑީގައެވެ. “ބޮސް ކޯއްޗެއް ބޭނުންވަނީ” އަހަރުމެން އިށީނުމާއި އެއްކޮށް ވޭޓަރު އައިސް ނާއިމްއަށް މުހާތަބުކުރިއެވެ. މަޑުކޮށްލާ އިރުކޮޅަކުން އޯޑަރުދޭނަން. ގެނެސްދީ މެނޫ.” ނާއިމް މިހެން ބުނުމުން ވޭޓަރު އައިސް ދެމީހުންގެ ކުރިމަތީގައި ދެމެނޫ ބޭއްވުމަށްފަހު ގޮސް ފެންނަހިސާބުގައި މަޑުކޮށްގެން ހުއްޓެވެ. ރެސްޓޯރެންޓު ތެރޭގައި ދިއްލާފައިހުރި މަޑު އޮރެންޖު ކުލައިގެ ބޮކީގެ […]
އަހަރެންގެ އުމުރުން އޭރުވާނީ ނަވާރަ އަހަރެވެ. ސުކޫލު ނިމުމަށްފަހުގަ ރަށުގައި ދުވަސްގަނޑަކު އުޅުމަށްފަހު މާލެ ބަދަލުވިތާ އޭރު އަދި ވާނީ ތިންވަރަކަށް މަހެވެ. މާލެ އައިސް އަހަރެން ހުރީ މަންމަގެ ތިމާގެ ދައްތައެއްގެ ގޭގަގައި ލާރި ދީގެންނެވެ. ދައްތަ އާއި އޭނަގެ ފިރިމިހާއާއި ދެ އަންހެން ދަރިން ނާއިއެކު އަހަރެން އެގޭގައި އުޅުނީ ދައްތަ އާއި ބޭބެގެ އަމިއްލަ ދަރިއެއްހެންނެވެ. ދައްތަގެ ދެކުދިންނަކީ ހަތަރުއަހަރުގެ އެއްމާބަނޑު ދެކުދިންނެވެ. ގޭގައި ތިންކޮޓަރި ހުންނައިރު ދަތްތަގެ ދެމަފިރިންނަށް އެކޮޓަރި، ލުބާ […]
(ނޯޓް؛އަޅުގަނޑަކީ ވާހަކަލިޔުމަށް ވަރަށް ޝައުގުވެރިކަން ހުންނަ މީހެކެވެ. ނަމަވެސް މިގޮތައް ވާހަކަ ލިޔުމަށް ވަރަށް އައު ވާނެއެވެ. އެހެންކަމުން ވާހަކަތަކުގައި ހުންނަ ކުށްތައް ބުނެދިނުން އެދެމެވެ.) މިއީ ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ… 1 ވަނަ ބައި ލޯތްބަކީ ބައެއް މީހުންގެ ނަޒަރުގައި ވާއެއްޗެކެވެ. އަނެއްބަޔަކު ދެކެނީ އެއީ ވެވޭ އެއްޗެއް ކަމުގައެވެ. މިވާހަކައިގައި ވެސް މިވަނީ ކޮންމެވެސް ވައްތަރެއްގެ ލޯތްބެއްގެ ވާހަކައެކެވެ. އަހަންނަކީ އުމުރުން 22 އަހަރުގެ އަންހެން ކުއްޖަކީމެވެ. އާއިލާގެ އެންމެ […]
ހަނދާން ކުރަން ބޭނުން ނުވިޔަސް އެހަނދާންތަކާ ދުރެެއްނުވެވުނެވެ. މާޒީވެގެންދިޔަ އެއުފާވެރި ދުވަސްތައް ހިތަކުން ފިލުވައެއްވެސް ނުލެވުނެވެ. ލޮލުން މިއޮހޭހާ ކަރުނައެއް ފޮހެފޮހެ މިހެން އިނދެވިދާނެއެވެ. އެހެނަސް ހިތުގައި މިވާ ފާރުގަނޑު އަދިވެސް ހެވެއްނުވެއެވެ. ހިނިތުންވާން މިކުރެވެނީ ކިހާ މަސައްކަތެއް ހެއްޔެވެ. އެހެނަސް މޫނުމަތިން ހިތުގައިވާ އުދާސްތައް ފޮހެލާނެ ގޮތެއް ނޭނގުނެވެ. މީ އަހަރެންނައް ހުރިގޮތް ހެއްޔެވެ؟ ލޯބި ވިޔަސް އެލޯބި އަނބުރާ ލިބެން އަހަރެންގެ ތަގުދީރުގައި ނެތީބާއެވެ. އިންތިޒާރު ކޮށްލައްވާ!
ލަޔާ ގޮސް އަމީން ކައިރީ އެހެން ބުނުމުން އަމީންގެ ރައްޓެއްސަކަށް ގޮވާލައިފައި އަހަރެން ގެއަށް ލާދޭށޭ ބުނިއެވެ.. އަހަރެން އަވަހަށް އެ ސައިކަލު ފަހަތަށް އެރީމެވެ.. ޔޫއާން އާއެކީ ދިއުމަށް ވުރެ އަހަރެންނަށް މިގޮތް ވެސް މާ ރަނގަޅެވެ.. އަހަރެން ދާ ތަން ބަލަން ހުރި ޔޫއާން އެތާހުރި ކާރެއްގެ ލޯނގެއްގައި ރުޅިއަރައިގެން ގުންމުށުން ޖަހާލި ތަން އަހަރެންނަށް ފެނުނެވެ………… އަހަރެންނަށް ގެއަށް ދެވޭ ވަރުވީ 10 ވެސް ޖެހި ފަހުންނެވެ.. އަހަރެން ގެއަށް ވެންނި އިރު […]
ގަޔަށް ބޮޑީ ސްޕްރޭ ބުރުވާލާފައި ކޮޓަރިން އީމާ ނުކުތެވެ. ނިކުމެފައި ނާއިޝް އަށް ގުޅިއެވެ. މާގިނައިރު ތަކެއް ނުވެ ނާއިޝް އައިސް އީމާ މެންގޭ ކައިރިއަށް މަޑު ކޮށްލިއެވެ. __________________________ ނާއިޝް އާއި އީމާ ނާއިޝް މެންގެއަށް ގޮސްވަތް އިރު ނާއިޝްގެ މަންމަ ނަރީމާ އިނީ ސިޓިންގ ރޫމް ގައެވެ. ”އަހަނ! މިއޮއް އައީ ދޯ ނާއިޝް މެން، މީތަ ދަރިފުޅު ބުނި ކުއްޖަކީ؟” ނަރީމާ ހިނިތުން ވެލަމުން އަހާލިއެވެ. ނާއިޝް ބޯ ޖަހާލިއެވެ. […]
ދެކުދިން ކްލާހާއި ހިސާބަށް ފޯރިއިރު އޭރު ދެތިން ކުއްޖެއް ކްލާސްތެރޭގައި އުޅެއެވެ. އިޙްނާ އަވަހަށް ކްލާސްތެރެއަށްވަދެ ޓީޗަރ އައުމުގެ ކުރިން ކްލާސް މޮނީޓަރެއްގެ ގޮތުން ކުރަންޖެހޭ ހުރިހާ ކަމެއްކޮށް ނިންމާލަން އަވަސްވެގަތެވެ. މޫނުމައްޗަށް ސީރިއަސް މޫނެއް ވެރިކޮށްގެން އިޙްނާ ރިކޯރޑް ފޮތް ހަދަން އިންދާ ފެނުމުން ޔޫން ޖެއްސުމެއް ކޮށްލާ ހިތްވިއެވެ. ޔޫން އައިގޮތަށްއައިސް އިޙްނާ ލިޔަން އިން ގަލަން ދަމައިގަތެވެ. “ޔޫން… ކިހާ ދެރަކަމެއް މީ.. ކްލާސްތެރޭ ތިކަހަލަ ޖެއްސުންތައް ނުކޮށްބަލަ!” “މީދެންމެ އިހޫ އަހަންނަށްދިން […]