Skip to content
އެސްފިޔަ

ހުރިގޮތްހޭމީ؟ (1ވަނަ ބައި)

އަހަރެންގެ އުމުރުން އޭރުވާނީ ނަވާރަ އަހަރެވެ. ސުކޫލު ނިމުމަށްފަހުގަ ރަށުގައި ދުވަސްގަނޑަކު އުޅުމަށްފަހު މާލެ ބަދަލުވިތާ އޭރު އަދި ވާނީ ތިންވަރަކަށް މަހެވެ. މާލެ އައިސް އަހަރެން ހުރީ މަންމަގެ ތިމާގެ ދައްތައެއްގެ ގޭގަގައި ލާރި ދީގެންނެވެ. ދައްތަ އާއި އޭނަގެ ފިރިމިހާއާއި ދެ އަންހެން ދަރިން ނާއިއެކު އަހަރެން އެގޭގައި އުޅުނީ ދައްތަ އާއި ބޭބެގެ އަމިއްލަ ދަރިއެއްހެންނެވެ. ދައްތަގެ ދެކުދިންނަކީ ހަތަރުއަހަރުގެ އެއްމާބަނޑު ދެކުދިންނެވެ. ގޭގައި ތިންކޮޓަރި ހުންނައިރު ދަތްތަގެ ދެމަފިރިންނަށް އެކޮޓަރި، ލުބާ އާއި ލަބާ ނިންދަވަނީ ވަކި ކޮޓަރިއެއްގައެވެ. އަހަރެންނަށްވެސް ވަކިން ކޮޓަރިއެއްހުރެއެވެ. އެމީހުންނާއެކު މަޖާކޮށް ސަކަރާތް ޖަހާ ހެދުމަކީ ފުހި ފިލުވުމަށް ކުރެވޭ އެންމެ ބޮޑުކަންތަކެވެ. ދައްތަގެ ދެމަފިރިން އަހަރެންނަށް ވަރަށް ހެޔޮވެފައި އެހާ ލޯބިވެއެވެ. މާލެ އައިގޮތަށް އަހަރެން ވަޒީފާ އެއްހޯދިމެވެ. ގެއާއި ވަރަށް ކަރީގައި ހުންނަ ހެދުންވިއްކާ ފިހާރަ އަކަށް ދާންފެށީ މަހަހަކު ތިންހާސް ރުފިޔާގެ މުސާރައަކަށެވެ. ދައްތައަށް ފަނަރަސަތޭކަ ރުފިޔާ ދީފައި ބާކީއިން އަހަރެންގެ ހުރިހާ ކަމެއް ކުރެވެއެވެ. އޭރު އަދި މާލޭގައި އަހަރެންގެ އެއްވެސް ރައްޓެއްސެއް ނުހުންނާތީ އަހަރެން ވަޒީފާއަށްދާން ނޫންގޮތަކަށް ބޭރަކަށް ނުދަމެވެ. ގިނަވަގުތު ހޭދަ ކުރާނީ ގޭގަ އެވެ. ފިހާރައަކަށް ދިޔައަސް ދަނީ ދައްތައާއެކުގައެވެ. އަހަރެންގެ ދިރިއުޅުން ސާދާވެފައި މާގިނަ ކަންތައްތަކެއް ނޯވެއެވެ.

އާދައިގެ މަތިން އެދުވަހުވެސް ވަޒީފާއަށްދާން ނިކުތީ ގަޑިޖެހެން މިނެޓަކަށް ވީމައެވެ. އަހަރެން ވަޒީފާ އަދާކުރާ ފިހާރަ ގެއާއި އެހާ ކައިއިރި ވުމުން ވަރަށް ފަސޭހައެވެ. މަޑުމަޑުން ހިނގަމުން ދަނިކޮށް ކުއްލިއަކަށް މީހަކު ކުރިމައަޗަށް ހުއްޓުމުން އަހަރެންނަށް ހުއްޓެވުނެވެ. “ކޮން ނަމެއްތަ ކިޔަނީ؟” އޭނާ ފުރަތަމަވެސް ކޮށްލީ ސުވާލެކެވެ. އަހަރެންގެ މޫނަށް ބަލަހައްޓައިގެން ހިނިއައިސްފައި ހުރިގޮތުން ހީވަނި އަހަރެން ދަންނަ މީހެއް ހެންނެވެ. ” ވަރަށް ގިނައިން ފެނޭ މިހެން ހިނގާފަ ދާތަން، އޭނދަ ފިހާރައިގަ ދޯ އުޅެނީ؟” އަހަރެން އެއްޗެކޭ ނުބުނެ ހުންނަން ފެށުމުން އޭނާ އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ. އެއީ އިސްކޮޅުން ދިގު ކަޅު ފިރިހެނެކެވެ. ދިގުކޮށްފައި އޮތް ބުޅި އިސްތަށިގަނޑު ކޮނޑަށް ވުރެ ތިރިއަށް ފައިބައިގައި އޮތެވެ. ލާފައި ހުރީ ހުދުކުލައިގެ ޓީޝާޓަކާއި ނޫ ޖިންސެކެވެ. އަހަރެން ވަރަށް ރަނގަޅަން އޭނައަށް ބަލާލުމަށް ފަހު އެއްވެސް ބަހެއް ނުބުނެ ފިހާރައާއި ދިމާލަށް ހިނގައިގަތީމެވެ. ބާރަށްގޮސް ފިހާރަ އަށް ވަންނަމުން ފަސްއެނބުރި ބަލާލީ އެމީހާ ފަހަތުން އައިތޯއެވެ. އޭރު އޭނާ ހަމައެހުރި ތާނގައި ހުއްޓިގެން އަހަރެންނާ ދިމާލަށް ބަލަހައްޓައިގެން ހިނިއައިސްފައި ހުއްޓެވެ. ގަސްތުގައި ނޫނަސް އަހަރެންނަށްވެސް އޭނައަށް ހިނިތުންވުމެއް ރަށްދުކުރެވުނެ. އެދުވަހު ފިހާރައިގައި ގިނަވަގުތު ހޭދަވީ އެމީހާއާއި ދޭތެރޭގައި ވިސްނުމުގައެވެ. އެއީ ހާދަ ރީތި ފިރިހެނެކެ. އެހާ ރީތި މިހަކު އަހަރެންގެ ނަން ހޯދަން އުޅެފާނެ ބާއޭ އަހަރެން ހިތަށްއެރިއެވެ.

ދުވަސްތައް ފާއިތުވަމުންދެއެވެ. އޭގެ ފަހުން ކޮންމެ ދުވަހަކުވެސް އަހަރެން އޭނާދެކެމެވެ. ގެއާއި ވަރަށް ކައިރީގައި ހުންނަ ގެއެއްގެ ދޮރުމަތީ ކޮންމެ ދުވަހަކު އޭނަ ހުންނަތަން ފެނެއެވެ. ކޮންމެ ދުވަހަކުވެސް ދެމީހުން ދެމީހުންނަށް ހީލުމަކީ އާދައަކަށް ވެއްޖެއެވެ. “ނެއްތަ ރީތި ކަޅުގަމިހެއް؟ ” ކައުންޓރުކައީގައި ހުއްޓިގެން ހުރީ އޭނައެވެ. ” އެބަހުރި” އަހަރެން ކުރު ޖަވާބެއް ދިނުމަށް ފަހު ތެދުވެގެންގޮސް އޭނައަށް ހެޔޮވަރުގެ އަތްދިގު ކަޅު ގަމީހެއް ދިއްކޮށްލީމެވެ. އޭނަ އެގަމީސް ގައިގައި ޖައްސާލުމަށްފަހު މީ ބަރާބަރު ސައިޒޭ ކިޔައި އެގަމީސް ގަތެވެ. “އަހަރެންނަށް ކިޔަނީ ނާއިމް. ދެން ބުނެބަ ނަން” އޭނަ ހިނިއައިސްފައި ހުރެ އަނެއްކާވެސް އަހަރެންގެ ނަން އެހިއެވެ. “ސަނާ” އަހަރެންވެސް ހީލާފައި ނަންބުނީމެވެ. އަހަރެންނަށް ނޭގިނަމަވެސް އޭރު ނާއިމް ވަރަށް ކަމުގޮސްފިއެވެ. މިހާދުވަސްވަންދެން ފެނިފެނިވެސް ކަންނޭގެއެވެ. ދީބަލަ ކަރުދާސްކޮޅެއް. އަހަރެން އެއްވެސް ސުވާލެއް ނުކޮށް މޭޒުމަތިގައި އޮތް ފޮތުން ގަނޑެއް ނައްޓާލާފައި ދިއްކޮށްލީމެވެ. ނާއިމް ޖީބުން ގަލަމެއް ނެގުމަށްފަހު އެގަނޑުގައި އޭނަގެ ނަންބަރު ލިޔެލިއެވެ. ” ސަނާ ބޭނުން ދުވަހަކުން ގުޅާ، މަބޭނުން ސަނާއާ އެއްކޮށް ޑޭޓަކަށް ދާން” އަހަރެންގެ ޖަވާބަކަށް މަޑުކުރުމެއް ނެތި ހެވިފައިހުރެ ނާއިމް ފިހާރައިން ނިކުތެވެ. އަހަރެން އަވަސް އަވަހަށް މޭޒުމަޓިގައި އޮތްކަރުދާސްގަނޑު ނަގައި އަހަރެންގެ އަތްދަބަހަށް ކޮއްޕާލީމެވެ.

އެދުވަހުގެއްގޮސް އަވަހަށް ކޮޓައިއަށްވަދެ ދަބަހުން އެކަރުދާސް ގަނޑު ނެގުމަށްފަހު ފޯނުގައި ނަންބަރު ސޭވް ކޮށްލީމެވެ. ގުޅަންވެސް ހިތަށް އެރިއެވެ. އެކަމުވެސް އަދި ނުވެޔޭހިތައި އެހިޔާލު ދޫކޮށްލީމެވެ. ” އެކޮއި އުޅެބަލަ ކާން، މިއަދު ބަނޑުހައިވެސް ނުވަނީތަ؟ ތިހެން އަބަދު ނުކައި އުޅޭތީއޭ ހިކި ހިކިކޮށް ހުންނަނީ” ކޮޓަރި ދޮރުމަތީގައި ހުރެ ދައްތަ ޝަކުވާކުރަންފެށިއެވެ. “ހިނގާ ކާން، ކޯއްޗެއްތަ ކާންހުރީ” އަހަރެން ތެދުވެ ދައްތަގެ އަތުގައި ހިފާ ދަމައިގަތީމެވެ. ” މިއަދު ހާދަ އުފާވެފަ ހުރިހެން ހީވެޔޭ އެބަ. އަނެއްކާ ކިހިނެއްވީ؟” އަހަރެންނައް އައިބަދަލު ދައްތައަށް އެހާއަވަހަށް ފާހަގަވުމުން އަހަރެން ހައިރާންވިއެވެ. ” ނުވޭކަމެއް” އަހަރެން ހެވިފައިހުރެ ގޮސް ކާމޭޒުކައިރީގައި އިށީނދެ ތައްޓަށް ރޮށިކޮށަން ފެށިމެވެ. ” ނޫނޭ ކޮންމެވެސް ކަމެއް ވެއްޖެ. އަނެއްކާ ބިޓެއް ނެގީތަ؟” ދައްތަ އަކީ އަބަދުވެސް ސަމާސައަށް އަހަރެން ބިޓެއް ނަގަނީ ކޮންއިރަކުންތޯ އަހާ އަހަރެންނާ ދިމާކުރާ މީހެވެ. ދައްތަ އުޅޭލެއް ކޫލްކަމުން ހީވާނީ ރައްޓެއްސެއް ހެންނެވެ. އަހަރެން ވަރަށް ލަދުން ހުރެ ދައްތައަށް ނާއިމްގެ ވާހަކަ ކިޔައިދިނީމެވެ. ” ދެން ސަނާ ދޭބަލަ އެސޮރާ އެއްކޮށް ތިޔަކިޔާ ޑޭތް އަކަށް. ނަމަ ނަމަ ޑޭޓްއަށް ގޮސް އެސޮރު ސަނާ ގައިގައި އަތްލިޔަ ނުދޭތި. ދައްތަގެ މައްސަލަ އެއްނެތް ދުއްވާލަންގޮސް ކާންގޮސް ހެދިޔަސް. ތިއުމުރުގެ ކުދިން ބިޓުންގެންގުޅޭނެއޭ. އެއިކީ މައްސަލައެއް ނޫނޭ.” ދައްތަ އަހަރެންގެ ބޮލުގައި ފިރުމަމުން ވާހަކަ ދެއްކިއެވެ. ” ދާންވީ ދޯ؟ އެކަމަކު މަންމަ ކައިރީގަ ބުނާނީ ތަންކޮޅެއް ފަހުންދޯ.” ދަތްތަ ކައިރީގައި ބުނިނަމަވެސް މަންމައާއި އެކަހަލަ ވާހަކައެއް ހިއްސާކުރާކަށް އަހަރެންނަކަށް ހަމަހިލާނުކެރޭނެއެވެ. ނާއިމްއަކީ އެކަހަލަ ގޮތަކަށް އަހަރެންގެ ހިތުގައި ހާއްސަ ގޮތެއް ބެހެއްޓުނު ފުރަތަމަ މީހާ ކަމުން އަދި މިކަހަލަ ކަންކަމުގައި އަހަރެން ވަރަށް އާވެފައި ޖެހިލުންވެއެވެ.

އެދުވަހު ނިދެންދެން އަހަރެން ވިސްނީމެވެ. ނާއިމްއަށް ގުޅަންވީބާއެވެ. ކިތަންމެފަހަރަކު ފޯނުނެގުމަށްފަހުވެސް ގުޅާކަށް ނުކެރުނެވެ. އެގޮތަށް ހަފްތާއެއްވެގެންދިޔައިރުވެސް އަހަރެން އުޅުނީ އެހާލެއްގައެވެ. ކޮންމެދުވަހަކު މަގުމަތިން ނާއިމްފެނެއެވެ. ދެމީހުން ހަމަ އާދައިގެ މަތިން އެކަކު އަނެކަކަށް ހީލަމެވެ. އެކަމު ދެމީހުންކުރެ އެކަކުވެސް ވާހަކަ ނުދައްކައި ހަފްތާއެއްވީއެވެ. އެއީ ބުރާސްފަތި ދުވަހެކެވެ.  ހުކުރު ދުވަހަކީ އަހަރެންގެ އޮފްދުވަސް ކަމުން ތަންކޮޅެއް ލަހުން ނިދުނަސް އޮކޭވާނެއޭހިތައި، ފިހާރައިގައި އިނދެ ވަރަށް ގިނައިރު ވިސްނުމަށްފަހު ފޯނުނަގައި ނާއިމްއަށް މެސެޖެއް ކޮށްލީމެވެ. ” ހައި، މީ ސަނާ. މިރޭގަ ދެވިދާނެ” އަހަރެން ކުރުމެސެޖެއް ފޮނުވާލީމެވެ. ހަމަ އެމިނެޓުގައި ނާއިމްގެ ރިޕްލައި އައެވެ. “އޯ، ތޭންކްޔޫ ސަނާ. މިރޭގަ އަށެއްޖަހާއިރު ތިގޭ ދިރުމަތީގަ އިންނާނަން. ” ނާއިމްގެ މެސެޖު ކިޔާލުމަށްފަހު އަހަރެން އެއްކޮށް ފިނިވިއެވެ. އަނެއްކާ ކިހިނެއްވާނެބާއޭ ހިތަށްއެރިއެވެ. އަހަރެންނަކަށް ނާއިމް އެއީ ކާކު ކަމެއްވެސް ނޭނގެއެވެ. ކޮންރަށެއްގެ ކިތަށް އަހަރުގެ މީހެއްކަމެއްވެސް ނޭނގެއެވެ. އެދުވަހު ފިހާރަ ނިމެން ބައިގަޑިއެއްހާއިރަށް ވެފައި ހުއްޓައި ފިރިހެން ކުއްޖަކު އައިސް ކައުންޓަރުމަތީގައި ޕާރްސަލްކޮށްފައިއޮތް ކުޑަ ފޮއްޓެއް ބަހަހްޓާފައި މީ ސަނާއަށް ނާއިމް ފޮނުވި އެއްޗެކޭ ބުނެފައި ނިކުމެގެން ދިޔައެވެ. އެކުއްޖާ އިތުރު ވާހަކައެއް ނުދައްކައެއް. އަހަރެން ގެއަށްގޮސް އަވަހަށް އެޕާރަސަލް ކާނޑާލީމެވެ. އޭގައި އޮތީ ހުދު ކުލައިގެ ވަރަށް ރީތި ހެދުމެކާއި ކަޅުކުލައިގެ އަތުގައި އަޅާ ވަރަށް ރީތި ގަޑިއެކެވެ. އަހަރެން އެހެދުން ހެޔޮވަރުކޮށްލަން ލައިގެން ލޯގަނޑު ކުރިމަތީގައި ހުއްޓާ ކޮއްކޮމެން ގޮވައިގެން ދައްތަ އައިސް ކޮޓަރިއަށް ވަނެވެ. ” އާޗާ ހާދަ ލޯބި ޓޮޕެކޭ. ވަރަށް އަގުބޮޑުތަ؟” އަހަރެން ނަށް ބުނާނެ އެއްޗެއްނޭގިފައި ހުއްޓާ ފޯނަށް މެސެޖެއްއައުމުން ބަލައިލީމެވެ. ” މިރޭގަ ތި ހެދުން ލައިގެން ރެޑީ ވައްޗޭ. ސަނާ ހުދުކުލަ ލީމަ ވަރަށް ރިތިވާނެ” އެއީ ނާއިމްގެ މެސެޖެކެވެ. އަހަރެން ދައްތައަށް މެސެޖު ދައްކާލީމެވެ. ދައްތަ ހިނިގަނޑެއް ޖަހާލުމަށްފަހު ދިޔައީއެވެ.

ގަޑިން ހަތްގަޑިބައިވީރު އަހަރެން ހުރީ ރެޑީވެގެންނެވެ. ނާއިމްދިން ހުދުހެދުމާއި ކާލު ޖިންސަކާއި ކަޅު ބުރުގާއެއް އަޅައި އަތުގައި ގަޑިވެސް އަޅައިލީމެވެ. އަށެއްޖަހަން ވަގުތުކޮޅެއް ބާކީއޮތުމުން އެނދުމަތީގައި އިށީނދެ ވިސްނަންފެށީމެވެ. އަހަރެންނަށް ނާއިމްއާއި ވާހަކަ ދައްކަން ކެރޭނެބާއެވެ. އޭނާއެއީ ކޮންކަހަލަ މީހެއްބާއެވެ. އޭނާ އަހަރެން ގޮވައިގެން ދާނީ ކޮންތާކަށް ބާއެވެ. އެކި ހިޔާލުގައި އިންދައި ފޯނު ރިންގުވާން ފެށިއެވެ. ” ހަލޯ” އަހަރެން ފޮނުނެގީމެވެ. ” ކޮބާ، ދޮރުމަތީގަ މީނީ.” ނާއިމް އެހެންބުނެ ފޯނު ބޭއްވުމުން އަހަރެން ނިކުތީމެވެ. ދައްތަމެން މީހަކު ގޭތެރޭގައި ނެތްކަން އެއީ ނަސީބޭ ހިތަށް އެރިއެވެ. އެހެން ނޫންނަމަ ވަރަށް ދިމާކުރީހެވެ.

އަހަރެން ނިކުތްއިރު ނާއިމް ޖުޕިޓަރް ސައިކަލެއްގައި ގޭދޮރުމަތުގައި މަޑުކޮށްލައިގެން އިނެވެ. އޭނާ އިނީ އަހަރެން އުޅޭ ފިހާރައިން ގަތް ކަޅުގަމީސް ލައިގެންނެވެ. އެގަމީހުގައި އޭނާ އިތުރަށް ރީތިކަމަށް ފެނުނެވެ. ސައިކަލުކައިރީގައި އަހަރެން ހުއްޓިބަހެއްނުބުނެ ހުރީ ނާއިމް އަމިއްލައަށް ސައިކަލަށް އަރާށޭ ބުނަންދެވެނެ. ” އެރީމައެންނު ދެވޭނީ” ނާއިމް ވާހަކަ ދެއްކީ ހެމުންނެވެ. އަހަރެން ސައިކަލު ފަހަތުގައި އިށީނދެ ހަމަޖެހިލީމެވެ. ނާއިމް ޖަހާފައި ހުރި ސެންޓުގެ މީރުވަސް ނޭފަތުގައި ޖެހުމުން ފުންކޮށް ނޭވާ ދަމާލެވުނެވެ. ވަރަށް ފިރިހެންވަންތަ މީރުވަހެކެވެ. މަޑުމަޑުން ސައިކަލު ދުއްވާލާފައި ގޮސް ރާޅުގަނޑު ސަރަހައްދުގައި ހުރި ރެސްޓޯރެންޓެއް ކައިރީގައި ސައިކަލު ޕާކުކޮށް އެ ރެސްޓޯރެންޓަށް ވަނީމެވެ. އެހިސާބަށް ދެވެންދެންވެސް ދެމީހުންތެރެއިން އެކަކުވެސް ވާހަކައެއް ނުދައްކަމެވެ.އެކަމަކު ސައިކަލުގެ ލޯގަނޑުން ނާއިމް އަހަރެންގެ މޫނަށް ވަރަށް ބެލިކަން އަހަރެންނަށް އެނގެއެވެ.

-ނުނިމޭ-

Comments (15)

  1. samra

    Sissy.. mi prt vx hama obi ngey??

  2. Kim taehyung/v/tae tae

    Wow … story is amazing.. love it .. waiting for next part.. i purple u????????btw am i first…

    1. EYE-SH
      Kim taehyung/v/tae tae

      Awwwn thank you so much and yes you r 1st. Yeyyy ?
      ???

  3. Anonymous

    Mireyga eh noon kiyaany.. mirey is the correct way.. story very nice

    1. EYE-SH
      Anonymous

      Thank you dear. ♥️ Thank you for correcting the mistake. Next time I will be more careful ?

  4. Yan♥️

    Varah reethi Masha Allah ? waiting for the next part ? ?♥️?

    1. EYE-SH
      Yan♥️

      Thank you so much for the luv and support Yan♥️

  5. Kairaa

    Wowwwwww?????story is amazing…varah varah reethi…..whn nxt…waiting

    1. EYE-SH
      Kairaa

      Thank you Kairaa. Thanx for the luv and support ?

  6. Yan♥️

    Mee 19 aharuge anhen kuhjaage vaahaka modify kohfatha

    1. EYE-SH
      Yan♥️

      Hello Yan♥️
      Mee mihaaru 30 aharuge meeheh 19 aharugai hingaafai vaa kanthah thakeh ge mahchah liyaa story ey. Ekam modified ?

  7. Yanaa

    Varah varah reethi.??
    maa sha Allah???
    waiting for the next part ???

    1. EYE-SH
      Yanaa

      Thank you so much Yanaa ♥️
      Insha Allaah will upload the next part today or tomorrow ?

  8. Iyaadh

    Vrh reethi mi story.. Mi story nunimey iru ekyve lart 1 nujahaa einee.?

  9. Anonymous

    ❤️❤️?

Comments are closed.