“ޝަޔޫ އަވަސްކޮއްބަލަ މިހާރު އެއޮށް ސުކޫލަށް ދާގަޑި ޖެހުނީނުން!” ޝާޔާ ގެ މަންމަ ލަމްޔާ ގޮވާލިއެވެ.” ލައްބަ މަންމާ އަޅުގަނޑު މި ނިމުނީ އޭ! މިހެން ބުނަމުން ޝާޔާ އޭނާގެ އިސްޓާކީނަށް އަރައިގެން ކޮޓަރިން ބޭރަށް ނިކުންނަން ހިނގައިގަތެވެ. ޝަޔާ ކާގެޔަށް ވަތް އިރު ޝާޔާގެ ބައްޕަ އިނީ ޝާޔާ އާއި އަމާން އަންނަން ދެން ސައި ބޯން ނުފަށައެވެ. ޝާޔާގެ ފަހަތުން ކަހަލަ ގޮތަކަށް އަމާން ވެސް އައިއްސް ކާގެޔަށް ވަނެވެ. އަދި ޝާޔާ ފެނުމުން […]
ޓެކްސީއިން ފައިބަމުން އަވަސް ފިޔަވަޅު ތަކެއްގައި ގޮސް ކުރިމަތީގައި ހުރި ދިހަބުރީގެ ޢިމާރާތަށް ނަޒަރު ހުއްޓާލީމެވެ. މެންދުރުގެ އެންމެ ހޫނުގަދަ ވަގުތުކަމުން، އެ ޢިމާރާތަށް ދަޅަ އަޅަމުންދިޔައިރު ކިތަންމެ ދުރުގައިހުރެ ބަލައިލިނަމަވެސް، އެ ޢިމާރާތުގައި ޖަހާފައިވަނީ ހުސް ބިއްލޫރިކަން ނުދަންނާނެ މީހަކު ނުހުންނާނެއެވެ. ފުން ނޭވާއެއް ދޫކޮށްލީމެވެ. ވަޒީފާއަށް ނުކުންނަ ފުރަތަމަ ދުވަހެވެ. ފާޑަކަށް ހިތް ނުތަނަވަސްވި ނަމަވެސް އެކަން މަޑުމަޑުން ފިލައިގެން ދިޔައެވެ. ފަރި ހިނގުމެއްގައި ޢިމާރާތުގެ ތެރެއަށް ވަދެގެން ގޮސް ރިސެޕްޝަނުގައި ހުއްޓިލީމެވެ. […]
އެހެނެއްކަމަކު ގައިގަ ނެތް ވަރުންވެސް ދުއްވާލާފައި އަހަރެން އަވަހަށް ސުކޫލަށް ދެވޭތޯބެލީމެވެ. މާހިންގޮވައިގެން ވަރަށް ވަރުން ތިންވަނަ ފަންގިފިލާއާ ހިސާބަށް އަރައި، ކްލާހާއި ހިސާބަށް ދެވުނުއިރު ފުރަތަމަ ގަޑިން ދެބައިކުޅަ އެއްބައިވަނީ ގޮސްފައެވެ. ނަމަވެސް ކްލާހުގައި ހުރި ޓީޗަރު އަހަންނާ އެއްވެސް ސުވާލެއް ނުކުރެއެވެ. އެއީ، އަހަރެންނަކީ ވަރައްގިނަ ޓީޗަރުންނާއި ދަރިވަރުންގެ ލޯތްބާއި އިޙްތިރާމް ލިބިފައިވާ އަޙްލާޤު ރަނގަޅު ދަރިވަރަކީމެވެ. އަދި މިނޫނަސް، ރަށު ރައްޔިތުންގެ ޤަދަރު ލިބިފައިވާ ނާރުތަކާބެހޭ ޑިޕާޓްމެންޓްގެ އެންމެ އިސް ޑޮކްޓަރުގެ މިހާރު […]
އަނެއް ދުވަހު މައިރާއަށް ހޭލެވުނު އިރު އަދުހަމް އޮތީ މައިރާއާ ދިމާއަށް ބަލާށެވެ.” ގުޑް މޯރނިންގ ސަންޝައިން…” މައިރާ ލޯ ހުޅުވާލުމުން އަދުހަމް ބުންޏެވެ.” ހްމްމްމް… މޯރނިންގ…” އަދުހަމްގެ އަތު ތެރޭ އިތުރަށް ބޮނޑިވެލަމުން މައިރާ ބުންޏެވެ.” ކިހާ އިރެއް ވެއްޖެ މިހާރު؟” އިރުކޮޅެއް ފަހުން މައިރާ އަހާލިއެވެ.” ހަތެއް ޖެހީ…” އަދުހަމް ބުންޏެވެ.” އަސްލުވެސްތަ؟” ކުއްލިއަކަށް ތެދު ވަމުން މައިރާާ އަހާލިއެވެ.” ކިހިނެއްވީ؟” މައިރާގެ އަތުގަ ހިފަހައްޓާފައި އަދުހަމް އެހިއެވެ.” މާ ލަސްވެއްޖެ… ދެން ދޫކުރޭ…” […]
“އަހަންނާ އިންނަންވީނު؟…” ޖެހިލުމެއްވެސް ނެތި ޔުނާން ބުނެލީ ވަރަށް ހަމަޖެހިލާފައި ބޯއަރިކޮއްލަމުން އިސްތަށިގަނޑުގައި އަތް ހިނގާލަމުންނެވެ. “ވަޓް؟…” ނަފްސަށް ލިބުނު ސިހުމާއެކު މިޝެލިންއަށް ބުނެވުނީ ބާރަށެވެ. “ވިލް ޔޫ މެރީ މީ؟..އައިމް ސީރިޔެސް އެނގެ..” ދެލޮލަށް ސީރިޔެސް ނަޒަރެއް ވެރިކުރުވަމުން ޔުނާން ބުނެލީ މިޝެލިންއާ ހަތަރުކަޅި ހަމަކުރަމުންނެވެ. މިޝެލިން ހުރީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. “ލޫކް..އައި ނޯ އިޓްސް ކްރޭޒީ..އެކަމު އަހަރުމެން ދެމީހުން މެރީ ކޮއްފިއްޔާ ބައިވަރު ކަންތައް ފަސޭހައިން ނިމޭނެ..މިޝެލިންއަށް އާއިލާއެއް ލިބޭނެ…އުޅޭނެ ގެއެއް ލިބޭނެ..ހަސްބެންޑްއެއް […]
އެ އަންހެންކުއްޖާ އޭނާގެ އަތް މައްޗަށް ދެމުނު ވަގުތު އެ ލޮލުން ފެނުނު އާދޭހާއި ހިތްދަތިކަމާއެކު ދެލޯމެރުނު ވަގުތު ކޯތާފަތްމަތިން ތިރިޔަށް ދެމެމުންދިޔަ ކަރުނަތިކި ޔުނާންއަށް ފެނުނެވެ. ޔުނާންގެ ހިތުގައި އަންހެނުންނަށް ދެވިފައިވާ ނަފްރަތާއި، ރުޅިވެެރިކަމާއި، ހަރުކަށިކަމާއިއެކުވާ އެ ހިލަ ހިތް މަޑު ކަފަކޮޅަކަށް ވިއިރުވެސް އޭނާއަށް ނޭނގުނެވެ. އޭނާގެ އުސޫލުތަށް ކުޑަ ހިނދުކޮޅަކަށް ނަމަވެސް ބިމާއި ހަމަކޮއްލީ މިއަންހެންކުއްޖާގެ ސަބަބުން އޭނާގެ އަމިއްލަ ނަފްސައްވެސް ނޭނގިއެވެ. އެވަގުތު ޔުނާންގެ ބައެއް ރައްޓެހިންނަށްވެސް ޔުނާންގެ އެހެން […]
ރައިހާން ޖަވާބުގައި އައި ލަވް ޔޫ ޓޫ ޖަހާފަ އިން ތަން ފެނުމުން އަަހަރެންގެ ދެލޯ ބޮޑުވިއެވެ.. ގަބޫލު ނުކުރެވިގެން އެތަށް ފަހަރަކު ބެލީމެވެ..”އާ ޔޫ ސީރިއަސް؟؟” ޔޫލީ އަނެއްކާވެސް ރައިހާން އަށް މެސެޖު ކުރިއެވެ.. “ހޫމް!!!” ރައިހާން ބުނެލިއެވެ … އަދިވެސް އަހަރެން އިނީ ގަބޫލު ކުރަން ދަތިވެފައެވެ……………………………………………… އެވަގުތަކީ ފައިހާ ފާހަނަ އިން ނިކުތް ވަގުތެވެ.. ޔޫލީ ސަޕްރައިޒް އޭ ކިޔާފަ ފައިހާ އަށް ދެންމެ ވީ ހުރިހާ ކަމެއް ކިޔާދިނެވެ.. ފައިހާ އުފަލުން […]
އަހަންނަށް ހޭލެވުނު އިރު ހުރީ ވަރަށް ލަސްވެފައެވެ. އަވަސް އަވަސް ކޮށްލައިގެން ސްކޫލަށް ދާން ތައްޔާރުވެގެން ގެއިން ނުކުތްއިރު ގަޑި ޖެހެން ވަނީ ފަސް މިނެޓަށް ވެފައެވެ. އަހަރެންގެ ނަލަނަލަ ދަބަސް ކޮނޑުގައި އަޅުވައިލައިގެން ނުހަނު ފަރި އަވަސް ހިނގުމެއްގައި މިސްރާބުޖެހީ ސްކޫލާދިމާލަށެވެ. އެހެނަސް މާދުރަށް ނުދެވެނީސް، ކޮރުގޮތަކަށް ފާރުގައި ހިފަހައްޓައިގެން ހިނގަމުންދިޔަ މީހެއް އަހަރެންގެ ހަލުވި ހިނގުމަށް ހުރަސް އެޅިއެވެ. ދަންނަ މީހެއްހެން ހީވި ހީވުން ޔަޤީން ވެއްޖެއެވެ. އެއީ އަހަރެންގެ އެކުވެރިޔާ މާހިނެވެ. އުމުރުން […]
“އެކްސްކިއުޒް މީ” ފަހަތް ބަލައިލިއިރު ދެޖީބަށް އަތްޖަހާލައިގެން ހުރެ އޭނާއާއި ދިމާލަށް ބަލަންހުރި އައިޝަން އަށް ޔާޝާ ހިތި ހިނިތުންވުމެއް ދިނެވެ. ޔާޝާގެ މޫނުމަތިން ފެންނަން ހުރި ހިތްދަތި ކަމުން އައިޝަން އަށް ހީވީ އޭނާގެ ހިތް ދެފަޅިވީ ހެންނެވެ. އޭނާއަށް ވެގެން ވާނަމަ ޔާޝާ އެ ހިތާމަތަކުން ދުރުކޮށްދޭނެއެވެ. ނަމަވެސް އޭނާގެ ހިތުގައި ޔާޝާ އޭނަ ބަލައިގަންނާނެ ކަމާއި މެދު ޝައްކު އުފެދުނެވެ. ____________________________________________ “އީމް! ވައި؟. އަދި މަންމަ […]