މެރިފައިވާ ލޯ ހުޅުވާލެވުނީ ހަމަ އެވަގުތު އެވެ.. މަންޒަރު ކިތަންމެ ވަރަކަށް ފުސް ކޮށް ފެނުނަސް އިޔާން އަކަށް އެ ސޫރަ ވަކި ނުވެ ނުދާނެއެވެ….ލޯ މަރާފައި އަނެއްކާވެސް ހުޅުވާލީ އޭނާގެ ލޯ އޭނާއަށް މިވަރުގެ ބޮޑު ދޮގެއް ނަހަދާނެކަން ޔަގީން ކުރަމުންނެވެ.. އާއެކެވެ… އެންމެންގެ ތެރޭގައި އޭނާ އަށް ބަލަހައްޓައިގެން އެހުރީ އޭނާގެ ހިތުގެ މަލިކާއެވެ.. ****** ލޮލު ތެރޭ ޖަމާވެފައި ތިބި ކަރުނަތައް އޭގެ މަގާމަށް ދޫކޮށްލަމުން ކިޔަމުން ދިޔަ ލަވަ އިހުނަށްވުރެ ބާރުކޮށްލިއެވެ.ބޭއިޙްތިޔާރުގައި […]
މިއީ “ކާމިޔާބު” ވާހަކަ ސިލްސިލާ އަށްފަހު އަޅުގަނޑު ލިޔާނެ ތިންވަނަ ވާހަކަ ސިލްސިލާ އެވެ. މިއީ އެއްވެސް އިރަކު ހިނގި، އަދި ހިނގައި ފާނެކަމަށް ލަފާކޮށް ލިޔެފައިނުވާ، އަޅުގަނޑުގެ ޚިޔާލަށް ލިޔެފައިވާ، މުޅިން ޚިޔާލީ ވާހަކަ އެކެވެ. “އައިނާ” ވާހަކަ ސިލްސިލާ އަދި “ކާމިޔާބު” ވާހަކަ ސިލްސިލާ އަށް ވުރެ ބޮޑު ތަރުޙީބެއް “އަހަރެންގެ ވާހަކަ” ވާހަކަ، ސިލްސިލާ އަށް ލިބުމަކީ އަޅުގަނޑުގެ އުއްމީދެކެވެ. މިވާހަކަ އަކީ ނޭވާ ހިފަހައްޓާލަންޖެހޭ އެތަށް ޙާދިސާއަކާއެކު ކިޔުންތެރިންނަ ކިޔާހިތްވާނެ ވާހަކައަކަށް […]
އެނބުރެމުން ދިޔަ ފަންކާއަށް ބަލަން އޮތް ޔާނާގެ ފޯން ރިންގް ވާން ފެށުމުން ގައިކައިރީގައި އޮތް ފޯން ނަގާބަލާލުމަށްފަހު ފޯނަށް ޖަވާބުނުދީ ފޯން ބޭއްވިއެވެ. ދެވަނަ ފަހަރަށް ވެސް ފޯން ރިންގް ވާން ފެށުމުން ޔާނާ އެކޯލަށް ޖަވާބު ނުދިނެވެ. ތިންވަނަ ފަރަށް ފޯން ރިންގް ވާން ފެށުމުން ތެދުވެ އެނދުގައި އިށީދެ ޔާނާ ފޯން ނަގާ ކަންފަތުގައި ޖައްސާލީ ރުޅިވެރި ކަމާއެކުއެވެ. ” ޔާނާ! ” ފަޒީލް ބުނެލިއެވެ. ” ކީއްކުރަންތަ މީހާރު ގުޅައިގެން އުދަގޫތަކެއް […]
އިޔާން އާއި ކިއާރާގެ ރަހުމަތްތެރިކަން އުފެދުނީ ދެމީހުން ވެސް އޭލެވެލް ހަދަމުން ދަނިކޮށެވެ…އޭލެވެލް ނިމުމާއެކު ހެން މި ދެ އެކުވެރިންވެސް ވަކި ވާން ޖެހުނެވެ….ކަން މިހެން ހުއްޓާ އަދި ދިމާވީ މާ ރަނގަޅު ގޮތެކެވެ..އިއްތިފާގުން މި ދެމީހުންނަށް ވެސް އެޕްލައި ކުރެވުނީ އެއް ކޯހަކަށެވެ..ކުރިއާ ހިލާފަށް ކޮންމެ ދުވަހަކު ދިމާވެއެވެ . އާދައިގެ މަތިން މިއަދުވެސް ބްރޭކް ގަޑި ލިބުމާއެކު އިޔާން ކިއާރާ ގާތަށް ދިޔައެވެ.. “ކިއާ….” ހިޔާލީ ދުނިޔެއަށް ގެއްލިފައި އިން ކިއާރާ ސިއްސައިގެން ދިޔައީ އިޔާންގެ […]
”އައިޝަތު އެލީޝާ ލާމިއު؟……” ޔުއާން އިރުކޮޅަކު ވިސްނަން ހުރެފައި އަހާލިއެވެ. އެލިޝާ ބޯ ޖަހާލަމުން ޔާނިއުއަށް ބަލާލީ އެނގުނީ ކިހިނެއްހޭ އަހާފަދައަކުންނެވެ. ” ސުބުހާނަﷲ……..” ޔާނިއުއަށް ފަށަންވީ ދިމާލެއް ނުވިސްނުމުން ބޮލުގައި ހިފަހަށްޓާލެވުނެވެ. ************ ………………..ހަމަސް ކުރި………………….. ”ދޮންތީ…… ހަމަ ތެދަށް ބުނެބަ…….. އީލުއާ ދޮންތިއާ އެއްވެސް ލޯބީގެ ގުޅުމެއް އޮވޭތަ؟…….” އެލީޝާ އެނދުމައްޗަށް ވެއްޓިގަންނަމުން ބުނެލިއެވެ. ”ދެން މި ލީޝް ގަބޫލެއް ނުކުރާނެ….. ދޮންތި ބުނެފީމެއްނުން ވީ އާ ބެސްޓް ފްރެންޑްސް އޭ…. އަނެއްކާ ލީޝްއަށް […]
ޔާޝާ ކިޔައިދިން ހުރިހާ ވާހަކަ އެށް ޔަނާލް އަށާއި އަފްރީން އަށް އަނުމް ކިޔައިދިނެވެ. * * * * * ހެނދުނު 9 ޖަހަނިކޮށް، ޔާޝާ އަށް ހޭލެވުނެވެ. މޯޅި އަކަށް ދެމިލާފައި، އެނދުން ތެދުވެގެން ގޮސް ފާހަނަ އަށް ވަނީ ފެންވަރާލުމަށެވެ. ރޭގަ ޔާޝާ އަށް އަށް ކަންްތައް ކުރެވުނީ ރަނގަޅަށް ބާވައޭވެސް ހިތަށް އަރައެވެ. އަނިޔާވެރިޔަކާ އިނދެގެން އުޅުމުގެ ބޭނުމަކީ ކޮބައިހެވެ؟ * * * ”މަންމާ” ރުޅިއައިސް ފުރިފައިވާ އަޑަކުން ޝަމްރާ […]
ކަޅުކުލައިގެ ފެރާރީ ކާރުން ނުކުތް ޒުވާނާއަށް އެތަކެއް ނަޒަރުތަކެއް ހުއްޓިފައިވެއެވެ. ބައެއް މީހުންގެ ދެލޯ އެ ރީތި ސޫރައަށް ތައުރީފުކުރަމުން ދިޔައިރު އަނެއްބައި މީހުންގެ ދަހިވެތި ނަޒަރު އެ ޒުވާނާގެ ރީތިކަމަށް ހުއްޓެމުންދިޔައެވެ. ނަމަވެސް މިއިން ކަމަކާ މި ޒުވާނާ އަޅާލިހެނެއް ހީޔެއްނުވެއެވެ. އާދަވެފައިވަނީ ކަންނޭގެއެވެ. ކާރުގެ ދޮރުޖަހާލަމުން އެޒުވާނާ ހިނގައިގަތީ ކުރިމަތީގައިހުރި ކަޅާއި ހުދުކުލައިގެ ފަންސަވީސްބުރީ އިމާރާތުގެތެރެއަށް ވަންނާށެވެ. އެހާދުރުންވެސް އެ އިމާރާތުގެ ދަޅަ ދުރަށް ވިދަމުން ދިޔުމުން އެއީ ބިއްލޫރިކަން ކޮންމެ މީހެއްގެ ހަވަނަ […]
” ތިހެން ހީވާއިރުވެސް ޔާނާ ތިހުންނަނީ ހަމަ ސުވާލުވެސް ކޮށްނުލާންތަ؟ ” ސީމާ ބުނެލިއެވެ. ” އެއްޗެއް އަހާލާ އިރަށް ފަޒީލް ރުޅި އަންނަނީ. އެހެންވެ ސުވާލު ނުކުރަނީ ” ޔާނާ ބުނެލިއެވެ. ” އެއްޗެއް ނުބުނެ ހުރެގެން ވަކި ރަނގަޅެއް ނުވާނެ. ތިކަހަލަ އެއްޗެއް ހީވާނަމަ ވާނުވާ ބަލަންވާނެ. އެހެން ނޫނީ ފަހުން ލިބޭ ލަނޑު ބޮޑުވާނެ ” ސީމާ ބުނެލިއެވެ. ” ގޮތް ބަލާލަން ވެސް ތިހެން ކިޔާފަ އަހަރެން ސުވާލު ކުރާއިރަށް ބުނާނެ […]
– ހަތަރު އަހަރު ފަސް – “ނޫން..އަންނަން ޖެހޭނެ..ތިމީހުން ނާންނަންޏަކާ ނޫޅެން ދެން..” ރުޅިގަދަވެފައިހުރެ ފޯނު ކަނޑާލާފައި އެނދުމައްޗަށް ފޯނު ހޫރާލިތަނާ އެކޮޅުން ގުޅަންފެށިއެވެ. “ނާންނަންޏާ ކީއްކުރަންތި ގުޅީ؟..” “ޝޭން..އައިލީން އެބަ އިން ޝޭން ނައިސްގެން ހާސްވެފަ..ޤޒީވެސް އަހައިފި ޝޭން ކޮބާހޭ..އަވަސް ކުރަންވީނު..މިހާރު އައިލީން ހާސްވެގެން ރޯންވެސް ފަށާފި..ޝޭ….” އިއްބާން ބުނަންއުޅުނު ޖުމުލަވެސް ނުނިމެނިސް ފޯނު ކަނޑާލާފައި އައިޝަމް އަވަސްފިޔަވަޅުތަކެއްގައި ކައިވެނިކުރަން ހަމަޖެހިފައިވާ ދިމާލަށް މިސްރާބުޖެހީ ބަންލާފައު ކޮޓަރީ ދޮރު ޖަހާލަމުންނެވެ. ހުދުކުލައިގެ ގަމީހުގެ މަތިން ކަޅުކުލައިގެ […]