Skip to content
އެސްފިޔަ

……ހަގީގީ ލޯބި؟؟؟؟؟؟

(ނޯޓް؛އަޅުގަނޑަކީ ވާހަކަލިޔުމަށް ވަރަށް ޝައުގުވެރިކަން ހުންނަ މީހެކެވެ. ނަމަވެސް މިގޮތައް ވާހަކަ ލިޔުމަށް ވަރަށް އައު ވާނެއެވެ. އެހެންކަމުން ވާހަކަތަކުގައި ހުންނަ ކުށްތައް ބުނެދިނުން އެދެމެވެ.)

މިއީ ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ…

1 ވަނަ ބައި

ލޯތްބަކީ ބައެއް މީހުންގެ ނަޒަރުގައި ވާއެއްޗެކެވެ. އަނެއްބަޔަކު ދެކެނީ އެއީ ވެވޭ އެއްޗެއް ކަމުގައެވެ. މިވާހަކައިގައި ވެސް މިވަނީ ކޮންމެވެސް ވައްތަރެއްގެ ލޯތްބެއްގެ ވާހަކައެކެވެ.

އަހަންނަކީ އުމުރުން 22 އަހަރުގެ އަންހެން ކުއްޖަކީމެވެ. އާއިލާގެ އެންމެ ދޮށި ކުއްޖާއެވެ. ގްރޭޑް 10 ނިންމާލުމަށްފަހު އަހަރެން މަސައްކަތް ކުރަމުން ދިޔައީ ފިހާރައެއްގައެވެ.އާއިލާގެ ހަގަށް ތިބި ކޮއްކޮމެނަށް ރަނގަޅު ތައުލީމެއް ދެވެން އޮތީ އަހަރެންވެސް މަސައްކަތް ކޮށްގެންނެވެ. ބައްޕައަކީ މަސްވެރިއަކަށް ވުމާއިއެކު ހަގަށް ކުދިންތަކެއް ތިބުމުގެސަބަބުންނެވެ. ފިހާރައިގައި ހޭދަކުރާ ގިނަވަގުތުތައް ހޭދަކުރެވެނީ ފޭސްބުކް ގައެވެ.

ޑިއުޓީ ވަގުތެވެ. އާދައިގެ މަތިން މިއަދުވެސް ފިހާރައިގައި ފޯނާއި ކުޅެން އިނީމެވެ. ފޯނަށް މެސެޖެއް އައެވެ. އެހެންކަމުން މެސެޖު ހުޅުވާލީމެވެ. މެސެޖު ފޮނުވިމީހާގެ ނަމަކަށް އޮތީ (ޒިމް އާޒިމް) އެވެ. އަހަރެން އޭނަގެ ޕްރޮފައިލް ހާވައިލީމެވެ. އެއީ މީހަކު މެސެޖު ފޮނުވުމުން އަހަރެން ހަދާގޮތެވެ. އޭނަގެ ރަށުގެ ނަމަކަށް އޮތީ ލާމު އަތޮޅު ގަމެވެ. އަހަންނަކީވެސް ގަމަށް ނިސްބަތްވާ މީހެއްކަމުން އެމީހަކާމެދު ވިސްނާލީމެވެ. އެއީ ކާކު ތޯއެވެ. އަހަރެންގެ ވިސްނުމަށް އެނަންކިޔާ މީހެއްގެ ސޫރަ ސިފަވިއެވެ.އެއީ އަހަރެން ކުޑައިރު ޓިއުޝަނަށް ދިޔަގޭގެ ކުއްޖެކެވެ. ޕްރޮފައިލް ހާވާލުމުން އެކަން ޔަގީން ވެއްޖެއެވެ. އެއީ އަހަންނަށް ވަރަށް ފަހުންވެސް އޭނަ ރަށުންވެސް ފެނިފައިވާތީއެވެ .އެހެންކަމުން  މެސެޖު ރަނގަޅަށް ބަލާލީމެވެ. ބަލާލިއިރު މެސެޖުގައި އޮތީ ހައި މިހެން ލިޔެލާފައެވެ. އަހަރެންވެސް ހައި ޖަހާލީމެވެ. އޭނަވީ އަހަރެން ހީކުރި މީހާއަށެވެ. އެކަން ކަށަވަރުވީއެވެ.އޭނަ އަހަންނަށްވުރެ އަހަރެއް ދޮށިވާނެއެވެ. ކިޔެވުން ނިންމާލުމަށްފަހު އޭނަ އުޅެނީ ރިސޯޓެއްގައެވެ.

މަދު ދުވަސްތަކެއްގެ ތެރޭގައި އަހަރުމެން ދެމީހުން ވަރަށް ގާތް ދެރަހުމަތްތެރިންނަށް ވިއެވެ.ދެމީހުންވެސް އެކިއެކި ވާހަކަތައް ހިއްސާކުރެވުނެވެ. އަހަރެންގެ ކުރީގެ ލޯބިވެރިޔާއަކީ ލާމު އަތޮޅު އިސްދޫ މީހެކެވެ. އަހަރުމެން ދެމީހުންވެސް 8،9،10 ކިޔެވީ ގަމުންނެވެ.ހަމަދު ބިން ޚަލީފާ އަލް ޘާނީ ސުކޫލުންނެވެ . ދެމީހުން ޓިއުޝަނަށް ދިޔައީ އެއްގެއަކަށެވެ. އެގޮތުން ދެމީހުނަށްވެސް އެކަކު އަނެކަކުދެކެ ގަޔާވެވުނީއެވެ. އަދި 10 ނިމުމުން ރައްޓެހިވީއެވެ. ނަމަވެސް 10 ނިމުމަށްފަހު އޭނަ އޭނަގެ ރަށަށް ދިޔަ ހިސާބުން “ބިޒީ” ވެއްޖެއެވެ. މެސެޖު ކުރިކަމުގައިވިޔަސް ރިޕްލައި ނުދެވެއެވެ. އެހެންކަމުން އޭނަގެ “ބިޒީ”ކަން ފިލާތޯ ދެއަހަރު ބެލުމަށްފަހު އަހަރެން އޭނައާއި ރުޅިވީމެވެ. މި ހުރިހާ ވާހަކައެއްވެސް އާޒިމް އަށް އަހަރެން ކިޔާދިނީމެވެ. އަހަރެން އިތުރަށް ކުއްޖަކާއި ގުޅެން ބޭނުންނުވާ ވާހަކައެވެ. އާޒިމް ބުނިގޮތުގައި އޭނަ ރައްޓެހިވާ ހުރިހާ ކުދިންވެސް އޭނައަށް “ދޯކާ” ދެނީއެވެ. އެވާހަކަ އޭނާ ކިޔާދިނީ ވަރަށް ދެރަވެފައި ހުރެއެވެ.

ވާހަކަދައްކަންފެށިތާ ތިން ހަފްތާ ވިތަނާ އާޒިމް  ބުނީ އާޒިމް އަހަރެންދެކެ “ލައިކް” ވާވާހަކައެވެ.އަހަރެން އެކަން ހެދީ މަޖަލަކަށެވެ.   އަދި ފަހުން ފަހުން އައިސް ލޯބިވާ ވާހަކަވެސް ބުންޏެވެ. އަހަރެން އެކަމާ އަޅާނުލުމުން ބުނީ އޭނަ ހަގީގަތުގައިވެސް އަހަރެންދެކެ ލޯބިވާ ވާހަކައެވެ. ވަރަށް ދެރަވެފައި ބުނީ އަހަންނަށް އޭނައަށް ޖަވާބެއް ނުދެވިގެން އުޅެނީ ކުރިން ކަންތައްތައް ވެފައި ހުރިގޮތުން ކަމުގައެވެ. އޭނައަށްވެސް ކަންތައްވެފައި ހުރީ ހަމަ އެކަހަލަ ގޮތަކަށްކަމުގައެވެ. ނަމަވެސް އޭނަ ބޭނުންވަނީ މުޅިން އައުފެށުމަކުން ފަށަންކަމުގައެވެ.އެއްގޮތަކަށްވެސް “ޓައިމް ޕާސް” އަކަށް ނޫންކަމުގައެވެ. އެހެންކަމުން އަހަރެން އަހަރެންގެ ބައެއް ރައްޓެހިން ގާތުގައި އާޒިމްގެ ވާހަކަ އެހީމެވެ. އެމީހުން ބުނިގޮތުގައި އެއީ ވަރަށް ރަނގަޅު މީހެކެވެ. ވުމާއިއެކު އަހަރެން އޭނައާއި ރައްޓެހިވީމެވެ. އަހަންނަށް މުޅިން އެހެން ދުނިޔެއަކަށް ދެވުނުފަދައެވެ. އޭނަ ވަރަށް ހެވެވެ. އަހަރެން ނުކައިފިނަމަ ރުޅިއާދެއެވެ. ބަރާބަރަށް ގުޅައެވެ. ނިދާނީވެސް އަހަންނަށް ގުޅައިގެން އޮވެއެވެ. ލޯބިވާވާހަކަ އަބަދުވެސް ބުނެއެވެ. އަހަރެން ފޭސްބުކަށް “އަޕްލޯޑް” ކުރާ ފޮޓޯ ތަކަށް ކޮމެންޓުކުރެއެވެ. ތަފާތު އެކި އެކި ޕޯސްޓުތަކުގައި އަހަރެން ޓެގު ކުރެއެވެ. އަހަރެންދެކެ އަބަދުވެސް ލޯބިވާ ވާހަކައާއި އަވަހަށް ކައިވެނި ކުރަން ބޭނުންވާ ވާހަކަ ބުނެއެވެ. އަހަރެން ވަރަށް އުފާވިވެވެ. އެހާ ލޯބިވާ އެހާ އަޅާލާ ބައިވެރިއެއް ލިބުމުމުންނެވެ. އަބަދުވެސް ހުރެވެނީ ހިނިތުންވެލައިގެންނެވެ. އަހަރެން ރައްޓެހިންނާއި އެކު ތަންތަނަށް ދިއުން މަނައެއް ނުކުރެއެވެ. އަހަރެން ފިރިހެން ކުދިންނާއި ވާހަކަ ދެއްކުންވެސް މަނައެއް ނުކުރެއެވެ. އަބަދުވެސް ބުނާނީ ބަލައިގެން އުޅުމަށެވެ.  އަހަންނަށް އިތުބާރު ކުރާވާހަކައެވެ.

Comments (19)

  1. Umny ???

    Nice and when is the next part

    1. manje
      Umny ???

      Thank u umny?
      In shaa allah Thursday ga next part..

  2. Za

    V reethi

    1. manje
      Za

      Thank u

  3. Someone❤️

    Wow.. Vrh reethi

    1. manje
      Someone❤️

      Thank u Za

    2. manje
      Someone❤️

      Thank u

  4. Yanaa

    Varah varah reethi❤?❤?❤?
    maa sha Allah ❤?❤?❤?
    waiting for the next part?❤?

  5. Ibsha

    Reethi

    1. manje
      Ibsha

      Thank u

  6. Yanaa

    Nice ❤❤❤
    maa sha Allah ?????

    1. manje
      Yanaa

      Thank u

  7. Anna

    Feshun vvv reethi ????? hope kuran kuriah huri bai thah vs v furihama vaane kamah ????? and vaahaka ekkoh kiyaalan libeyne kamah vs ☺️☺️☺️☺️☺️

    1. manje
      Anna

      Thank u

  8. ?aayis

    Varah reethi waiting for next part

    1. manje
      ?aayis

      Thank u..
      In shaa allah soon

  9. Unknown

    Kobaa next part??

    1. manje
      Unknown

      Mirey nuny maadhamaa hedhunuge vaguthehgai kiyaalan libeyne.. lasvi kamah takaa emmehaa kiuntheringe kibain maafah edhen alhugadu balive ulheythee lasvee

  10. haizal

    cabin crew azim tha

Comments are closed.