Skip to content
އެސްފިޔަ

އިޙްނާ (2)

ދެކުދިން ކްލާހާއި ހިސާބަށް ފޯރިއިރު އޭރު ދެތިން ކުއްޖެއް ކްލާސްތެރޭގައި އުޅެއެވެ. އިޙްނާ އަވަހަށް ކްލާސްތެރެއަށްވަދެ ޓީޗަރ އައުމުގެ ކުރިން ކްލާސް މޮނީޓަރެއްގެ ގޮތުން ކުރަންޖެހޭ ހުރިހާ ކަމެއްކޮށް ނިންމާލަން އަވަސްވެގަތެވެ. މޫނުމައްޗަށް ސީރިއަސް މޫނެއް ވެރިކޮށްގެން އިޙްނާ ރިކޯރޑް ފޮތް ހަދަން އިންދާ ފެނުމުން ޔޫން ޖެއްސުމެއް ކޮށްލާ ހިތްވިއެވެ.

ޔޫން އައިގޮތަށްއައިސް އިޙްނާ ލިޔަން އިން ގަލަން ދަމައިގަތެވެ.

“ޔޫން… ކިހާ ދެރަކަމެއް މީ.. ކްލާސްތެރޭ ތިކަހަލަ ޖެއްސުންތައް ނުކޮށްބަލަ!”

“މީދެންމެ އިހޫ އަހަންނަށްދިން ލަނޑުގެ ބަދަލު މިދިނީ”

“ޕިސްޕިސް ތީކުޑަކުއްޖެއްތަ މީހުން ކައިރިން ބަދަލު ހޯދަން.. ގެނޭ ގަލަން ހަމަ މިހާރު ނޫނީ ތުއްތަ ގާތު އެއްކަލަ ވާހަކަ ބުނާނަން”

“އުހުން ނުބުނާތި.. މަންމަ ގާތު އެވަހާކަ ބުނެފިއްޔާ ދެން 1 މަސް ވަންދެން ކުޅެން ދިޔުމުން މަނާކޮށްފާނެ”

“ހެހެހެ.. ތިއެއްނޫނޭ އިނގޭތަ މިކުލާހަށް އާކުއްޖެއް އަންނަން އުޅޭކަން؟”

“ތިބުނާ ކުއްޖެއް އަންނަން އުޅެއޭ ކިޔާތާ 1 މަސް ނިމިގެން ދިޔައިރުވެސް ހަބަރެއް ނުވޭ”

“މިހާރު ހަމަ އަސްލަށްވެސް އަންނަން އުޅޭ ވާހަކަ ކިޔަނީ.. ކުރީ ދުވަހު ސްޓާފްރޫމް ތެރޭގައި ޓީޗަރަކު ބުނާ އަޑުވެސް އެހިން”

މުދައްރިސް އިޙްނާއަށް ގޮވާލުމާއެކު އެދިމާއަށް ދިޔައެވެ. ޔޫންގެ ސިކުނޑީގެ އެއްކަނަކުން ޔޫންއަށް އިންޒާރުދިނެވެ. އަލަށް އަންނަން އުޅޭ ކުއްޖަކީ ފިރިހެން ކުއްޖަކަށްވާނަމަ އޭނާގެ އިޙްނާ ގެއްލިދާނެކަމެވެ. އަންހެން ކުއްޖެއްނަމަ އޭނާގެ ނުތަނަވަސްކަން ފިލައިގެން ދާނެއެވެ. ނަމަވެސް ޔޫން އަށް ނޭނގޭ ކަމަކީ އެދެމީހުންގެ ޙަޔާތަށް ލޮޅުންތަކެއް ގެންނަ މީހަކަށް އަލަށް އަންނަ ކުއްޖާ ވާނެކަމެވެ.

ގަޑިއަކަށްފަހު ގަޑިއެއްނިމި ހުރިހާ ކުދިން ގެއަށްދާ ވަގުތު އަތުވެއްޖެއެވެ. ދިވެހި ގަޑިއަށް ކުރީގެ ލިޔުންތަކުގެ މަޢުލޫމާތު ނަގަން ޖެހޭތީ އިޙްނާ ލައިބްރަރީއަށް ދިޔައެވެ.

އިޙްނާގެ ފަހަތުން މަޑުމަޑުން މީހަކު އައިސް “ޕޮއް” ގޮއްވާލިއެވެ. ފަހަތަށް އެނބުރި ބަލައިލިއިރު އަނގަމަތީ އަތް އަޅައިގެން ހޭން ހުރީ ރިހާމެވެ.

“ދެން އިއްކުވެސް އަހަރެން ސިއްސުވާލައިފައި އެބަހުއްޓެއްނު ހޭން..”

“އަޅޭ އިހޫ ސިއްސައިގެން ދިޔަގޮތުންނޭ އިއްކުއަށް ހެވެނީ..”

“ހޫނ ދެން ހެވޭ.. ކޮންއިރަކުތަ ކޮރެއާއިން އައީ؟ ކިހިނެއް ވަނީ އެތަން؟ ވަރަށް ސަޅިތަ ސިއޯލް؟ އެތަނުގައި ކާއެއްޗެހި ވަރަށް މީރުތަ؟ ޗޮޕްސްޓިކުންތަ ކެއީ؟ ހަން ކޯރުގާތަށް ދިޔައިންތަ؟” އިޙްނާ ހުރިހާ ސުވާލެއް އެއްފަހަރާ ކޮށްލާފައި ހުއްޓާލިއެވެ.

“ތިވަރަށް ސުވާލު ނުކުރިޔަސް އިހޫއަށް ކިޔާދޭނަމޭ އެތާ ހިނގި ކަންތައްތައް… ހިނގާބަލަ އެހަށް ލައިބްރަރީއަށްދާން އިޝްރާން މިސްއާ ހަވާލުކުރަންޖެހޭ އެއްޗެއް އޮތީމާ…”

“އިހޫވެސް މިދަނީ ލައިބްރަރީއަށް…”

*ނުނިމޭ*

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (15)

  1. Ihoo

    Asslamu alaikum readers.. v bodah maafah edhen saturday genes bunefa nugenes dhevunyma..huriha kudhin alhugandah maaf kuraane kamah ummedh kuran.. liyevunu haa avahakah up koh dhiny mi part vx.. in sha allah next part saturday ga..jazakillah khairan <3 <3

  2. ShAaKkO Mi

    Vv reethi ingey

    1. Ihoo
      ShAaKkO Mi

      Jazakillah khairan

  3. Shina

    ❤️❤️❤️❤️❤️the story and the background so much ???are u an army of Bts ???#bts

    1. Ihoo
      Shina

      im not.. jazakillah khairan

  4. Kim Taehyung/v/Tae tae

    No she is not an ARMY…. Btw story Hama Habeys.. waiting for next part…I purple u ???????????

    1. Ihoo
      Kim Taehyung/v/Tae tae

      jazakillah khairan

  5. Yan♥️

    Varah reethi Masha Allah ? waiting

    1. Ihoo
      Yan♥️

      jazakillah khairan

  6. Kim Taehyung/v/Tae tae

    It’s ok…I understand…

    1. Ihoo
      Kim Taehyung/v/Tae tae

      jazakillah khairan for understanding

  7. Bestie ?

    Wowwww.. ?? Ihoo haadha molhey dhw vaahaka liyan..?Masha Allah.. Meega library scene mee aslu scene eh hen heeveyey haadha.. Ikku mathin maa bodah miss vany tha Ikku ge vaahaka genesfa miohthy? ?? Dhn oiy part miah vure dhigu kollahchey dhoonyyy.. Anyways this part is also awesome ?? Love you Ihoo darling.. ?❤️ Mihaaru nuves aadheyey.. Vaahaka liyan onnany dhw abadhu.. ??

    1. Ihoo
      Bestie ?

      hehe..ikku mathin miss vegn hama.. jazakillah khairan

  8. Kim Taehyung/v/Tae tae

    I mean I said sorry right… Ehen ve mi bunee it’s ok yey… Btw I vex v busy koh mi ulhenee midhuvas kolhu…?????

    1. Ihoo
      Kim Taehyung/v/Tae tae

      gr 10 is the busiest year in our lives

Comments are closed.