Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހަޤީޤީހިތާމައެހެނިހެންލޯބި

ވާނަމޭ އުމުރަށް އެކީ ޖާނާ (1)

Maayu Level 2100 Login10 Stories
February 14, 2020 9 Mins Read
20 Comments

ނޯޓް: މި ވާހަކައަކީ އަޅުގަނޑު ކުރިން ލިޔަން ފަށާފަ ދިމާވި ކުޑަ ކަމެއްގެ ސަބަބުން ހުއްޓާލި ވާހަކައެއް… އެހެންނަމަވެސް އިތުރު ބަދަލު ތަކަކާއެކު އަޅުގަނޑު މިހާރު ކުރިޔަށް ގެންދަން ވިސްނާފައިވާނީ.. އަދި ގިނަ ދުވަސް ވުމުގެ ސަބަބުން އަލުން ވާހަކަ ފެށިގެން އަޕް ކުރަމުން ގެންދާނީ.. އިނގޭ ކުރިން ކިޔާފަ އޮތް ބައެއް ވީމަ އަލުން ކިޔަން ފޫހި ވާނެކަންވެސް.. އެކަމްއިރާދަކުރެއްވިއްޔާ  މާޔު މިފަހަރު މި ވާހަކަ ފުރިހަމަ ކޮށްދޭނަން .. ހުރިހާ ކިޔުންތެރިންގެ ފަރާތުން ކުރިންވެސް ލިބުން ކަހަލަ ތަރުހީބެއް ލިބިގެންދާނެކަމަށް މާޔު އުންމީދުކުރަން… އަދި މި ވާހަކަ ކިޔުންތެރިންނަށް ކަމުދާނެކަމަށް ވެސް އުއްމީދު ކުރަން

*****************************************************************************

މިރޭ މި ކުރެވުނު ކައިވެންޏަކީ މާލޭގެ މުއްސަނދި، ޤަދަރުވެރި ދެމަފިރިއެއްކަމަށްވާ އަބްދުލްޢަޒީޒްއާ އާމިނަތު ޝަފީގާގެ ދެކުދިން ކަމުގައިވާ އަދުހަމް އަބްދުލް ޢަޒީޒާ މިހުރާން އަބްދުލް ޢަޒީޒްގެ ކައިވެންޏެވެ. ކައިވެނީގެ ކަންތައް ޢަޒީޒުމެން ހަމަޖައްސާފައިވަނީ ރާއްޖޭގައި މިކަހަލަކަމެއް ކުރެވޭނެ އެންމެ ފުރިހަމައަކަށެވެ.

މުޅި ސަރަހައްދު ތައްޔާރުކޮއްފައި ވާލެއް ފުރިހަމަކަމުން ޕާޓީއަށް އަންނަމުން ދިޔަ މެހެމާނުން ތިބީ އާޝޯޚުވެފައެވެ. މުޅި ސަރަހައްދު ޒީނަތްތެރި ކޮއްފައިވަނީ ނޫކުލައިގެ އޯކިޑުމާތަކުންނެވެ. މީހުންތަށް އަންނަން ފެށުމުން ކައިވެނިކުރި ޖޯޑްތަށް އެމީހުން ތިބެން ހަމަޖެހިފައިވާ މާލަމުގައި ހުއްޓިލައިގެން ތިއްބެވެ. މިހުރާން ކްރީމްކުލައިގެ ކޯޓުފަޓުލޫނުގައި ހުރިއިރު ސަނާޝްހުރީ ގަދަ ނޫ ކުލައިގެ ކައިވެނި ހެދުމުގައި ހުދުކުލައިގެ  ބޭންޑެއް ބޮލުގައި އަޅާއިގެނެނެވެ. އަދުހަމްވެސްހުރީ އޯޝަންބްލޫކުލައެއްގެ ކޯޓު ފަޓުލޫނުގައެވެ. މައިރާވެސް ހުރީ އެޔާ އެންމެ ގުޅޭނެހެން ހަމަ އެކުލައިގެ ބޮޑު ހެދުމެއްގައެވެ. ނޫކުލައިގެ ތަފާތު ބައްޓަމަށް ހުރި އެސްތަކަކުން ހެދުމުގެ މޭމަތި  ޑިސައިން ކޮއްފައިވާއިރު ހެދުމާ އެއްކުލައެއްގެ ލޭސް ފޮތިން ފަހާފައިވާ ވެއިލްއެއް އޭނާގެ ބޮލުގައި އަޅާފައިވެއެވެ. ކޮންމެ ޖޯޑެއްގެވެސް ޗާލުކަމުގެ ވާހަކަތަށް މިރޭގައި ދައްކާ ހުސްނުވާނެކަން ގައިމެވެ. މިހުރާންމެންނާ އެކުގައި އަދުހަމްމެންވެސް ކައިވެނި ކުރުމަށް ނިންމީ ޝަފީގާމެން އެއީ އެންމެ ރަނގަޅު ގޮތްކަމަށް ދެކުމުންނެވެ. ވީހާވެސް އަވަހަށް ކައިވެނު ކުރުމަކީ މުހިންމު ކަމެއްގެ ގޮތުގައި އަޒީޒްއަށް ފެނުމުން އެންމެންވެސް އެކަމަށް ތާއީދުކުރިއެވެ. އެންމެން ތިބީ އަދުހަމްމެންވެސް ކައިވެނި ކުރާދުވަހުގައި ބައިވެރިވެލަން ކެއްމަދު ވެފައެވެ.

ހިތާމައިގެ އަހަރުތަކަކަށްފަހު މައިރާގެ ދިރިއުޅުމަށް އުފާވެރިކަން ލިބުމުން އޭނާ ހިތާހިތުން ހެއްދެވިފަރާތަށް ޝުކުރު ކުރިއެވެ. އަދުހަމްވެސް ދިޔައީ އޭނާގެ ނަސީބާމެދުގައި ހެއްދެވި ފަރާތަށް ޝުކުރު ކުރާހާލު އެ އުފާވެރިކަން ދަމަހައްޓަވާތޯ ދުޢާ ކުރަމުންނެވެ. މިއަދު އެދިރިއުޅުމުގައި އެވެސް ހިތާމައެއް ނެތެވެ. އެދެމަފިރިން ދުރުކުރާނެ އެކަކުވެސް ނެތެވެ.

” އިނގޭތަ.. މިރޭ މޭއީ ހީވަނީ ހަމަ ޕްރިންސަސްއެއްހެން…. ކުރިޔަށްވުރެ މާރީތީ މިރޭ….. އައި ލަވްޔޫ މައި ޕްރިންސަސް…. ވިލް އޯލްވޭސް ކީޕް ޔޫ ހެޕީ… އަބަދުވެސް ތިހެން ހެޕީކޮން ހުރެބަ… އޭރަށް އަދޫ ވަރަށް ހެޕީވާނެ…. ”  ހަފްލާއިން މީހުން މަދުވާން ފެށުމުން އަދުހަމްއަށް މައިރާއަށް ތައުރީފް ކޮއްލާނެ ވަގުތުކޮޅެއް ލިބުނެވެ. އަދުހަމްގެ އެލޮބުވެތި ބަސްތަކުން މައިރާ ލަދުން އިސްޖަހާލިއެވެ.

އެންމެންވެސް ތިބީ ވަރަށް އުފަލުންނެވެ. އެހެނަސް އެވަގުތު އައިސް ކުރިމައްޗައް އެހުއްޓުނު މީހާގެ ސަބަބުން އެންމެންގެ މޫނުމަތީގަވީ ހިނިތުންވުން ފިލާ ހިނގައްޖެއެވެ. އެވަގުތު އެންމެންގެ މޫނުމަތީގައިވީ ބިރުވެރިކަމެވެ. އަދުހަމްގެ މޫނުމަތިން ފެންނަމުންދަނީ ރުޅިވެރިކަމުގެ އަސަރުތަކެވެ. އެވަގުތު ސަނާޝްގެ ހިތައް އެތަކެއް ބިރުވެރި ޚިޔާލުތައް އަންނަމުން ދިޔައެވެ.

”  އޭނަ ކީއްކުރަންތަ މިތަނައް އެއައީ؟؟ އަދިވެސް ކުރެވުނު ވަރު މަދުވީތަ؟؟ ކިހާދުވަހެއްވެއްޖެ މިހާރު… ދެން ކީއްކުރަން މިއަދު މިތަނަށް އެ އައީ؟؟ އަނެއްކާ މޮޅު ޕލޭނަކާއިގެން އައީ ކަންނޭގެ. ކީއްވެތަ އަހަރެމެން އުފަލުގަ ހުރީމަ އޭނައަށް ހަޖަމް ނުވަނީ… އަހަރެމެން އޭނައަށް ކީއްކޮށްގެންތަ؟؟؟ އަހަރެމެންނަށް އެނގިހުރެ އޭނައަށް ހަމަ ގައިމުވެސް ދެރައެއް ގެއްލުމެއް ނުދެން…. ދެން ކީއްވެ؟؟ ”

އެއީ މިފަދަ ދުވަހެއްގައި އެތާނގައި ތިބި އެކެއްވެސް ދެކެން ބޭނުންވި މޫނެއް ނޫނެވެ. ސަނާޝްއެކޭ އެއްފަދައިން މައިރާވެސް ހުރީ ބިރުންނެވެ. އޭނާ އަދުހަމްގެ އަތުގައި ހިފާ ބާރުކޮއްލިއެވެ. އަދުހަމް މައިރާއަށް ބަލާލާ ލޮލުގެ އިޝާރާތުން ބިރުނުގަތުމަށް އެދުނެވެ. އެތާގައިތިބި އެހެންމީހުންނަށް ބެލުމެއްނެތި އެމީހާ އައިސް ހުއްޓުނީ މައިރާމެން ކުރިމަތީގައެވެ. ހީވާގޮތުން އެމީހާ އެތާހުރުން އެކެއްވެސް ނޭދޭކަން އޭނާއަށް އެނގުނީއެވެ.

” ދަރިފުޅާ މައިރާ….” އެމީހާއަށް މިހިސާބަށް ބުނެވުނުތަނާހެން އަދުހަމްއާ މިހުރާން އެކީ ކުރިއަށް ފިޔަވަޅެއް އަޅާލިއެވެ. ”  ޝަޓް އަފް…..މޭއީއާ ނާޝްއާ ގާތްވަން މަސައްކަތްކުރާނެކަމެއް ނެތް…  އެހެންނޫނަސް ކޮން ހައިސިއްޔަތަކުން މޭއީއަށް ދަރިފުޅުކިޔާކަށް؟؟؟ ބަލަ މޭއީއަށް އެހުރިހައި ގޮތެއް ހެދިއިރު ހިތަކަށް ނާރާތަ އެއީ ކަލޭގެ ދަރިއެއްކަމެއް.. އެދުވަހުވެސް ކަލެއަށް މުހިއްމުވީ ފައިސާއެއްނު.. ފައިސާގެ ބޭނުމުގަ އެދަރިފުޅު ވިއްކާލިއިރު ނޭގޭތަ އެކަމެއް… ދެން ކޮންމެހެން އަހަރެމެންގެ ދިރިއުޅުމާ ކުޅެން އަންނާނެ ކަމެއް ނެތް.. މޭއީއަށް އެވަރު ކޮއްފަ ނާޝް ވެސް ދޫކޮއްނުލާ… ނުވިތާކަށް އަހަރެންނާ މޭއީއާ ދުރުކުރުވަން ކަލޭ އެހާ މަސައްކަތްކުރި.. އެވެސް ނާޝްގެ ބޭނުންކޮއްގެން.. އޮޅުވާލައިގެން… ކަލޭކަހަލަ ޑީގްރޭޑް މީހެއް އަދި އަހަންނެއް ނުދެކެން… ހަމަމިހާރު މިތަނުންދޭ.. އަހަރެން ބޭނުމެއް ނޫން އަހަރެމެންގެ ހަޔާތަށް ކަލޭގެ ހިޔަނި އެޅޭކަށްވެސް.. ގެޓް އައުޓް ރައިޓް ނައު…” ޕާޓީއަށް އައިސްތިބި އެހެންމީހުންނަށް އަޑު ނީވޭނެހެން އަދުހަމް އެމީހާއާ ދިމާލަށް ބުނެލިއެވެ.. އޭނާ ހުރީ ނުލާހިކު ރުޅިއައިސްފައެވެ..

” ދަރިފުޅާ ބައްޕައަށް މާފްކުރޭ.. ބައްޕަ މިއައީ ދަރިފުޅުގާތުން މާފަށް އެދެން..” އެމީހާ އަދިވެސް އެއްފަހަރު ވާހަކަ ދައްކަން މަސައްކަތްކުރިއެވެ. ނަމަވެސް ވާހަކަ ކުރިއަކަށް ނުގެންދެވުނެވެ.. ” ބަލަ ބުނެފީމެއްނު މިތަނުން ދާށޭ.. ކަލޭ މިވަގުތު މިތަނުން ނުގޮސްފިނަމަ އަހަރެން ޖެހޭނީ ފުލުހުން ގެންނަން.. ޖަސްޓް ލީވް….” މިހުރާން ކުރިޔަށް ޖެހިލާފައި ބުނެލިއެވެ.

އެމީހާ އިސްޖަހާލައިގެން ހުރެ މަޑުމަޑުން އެތަނުން ދިޔުމަށް ހިނގައިގަތެވެ. ނަމަވެސް ސަނާޝްއަށް އެއްޗެއް  ނުބުނެ ހުންނަން އުނދަގޫވިއެވެ. ” ބޭބެ ކީއްވެތަ އެގޮތައް ކަންތައްކުރީ؟؟ އަހަރެން ބޭނުން ކަންތައް ހިނގާދިޔަގޮތް އޮޅުން ފިލުވަން… އެކަމަކު….” މައިރާ ވާހަކަ ދައްކަ ދައްކަ ހުއްޓާ މެދުކަނޑާލީ މިހުރާންއެވެ.

“ނާޝް.. އޭނާގެ ފަރާތުން ތެދު ހަގިގަތެއް އިނގޭނަކަމަށް ޤަބޫލުކުރަމޭ ނުބުނާތި ދެން.. ޔޫ ނޯ ހިމް ވެލް.. ދެން ކީއްކުރަން އޭނާއާ ވާހަކަ ދައްކާ ހިތުން ތިއުޅެނީ.. ޖަސްޓް ލެޓް ހިމް ގޯ.. މޭއި އަށްޓަކާ އޭނަ މިތަނުން ފޮނުވާލާ… ޕްލީސް…”

މައިރާ ހުރީ ފެންކަޅިވެފައެވެ. ޕާޓީ އަދި ނުނިމުމާއެކު މީހުންނަށް ފާހަގަވުމުގެ ކުރިޔަށް އަދުހަމް މަސައްކަތް ކުރީ މައިރާ ހަމައަކަށް އެޅުވޭތޯއެވެ. ” މޭއީ ދެން އޯކޭވާނެއޭ… އޭނަ އެ ދިޔައީނު… އަދޫ ހުއްޓާ އެއްވެސް މީހަކަށް މޭއީއަށް ގޮތެއް ނެހެދޭނެ.. ނުރޮއްޗޭ ޕްލީޒް… އަދޫ ބޭނުމީ މޭއީ އަބަދުވެސް އުފަލުގަ ހުންނަތަން ދެކެން… އަދޫ ވަރަށް ދެރަވޭ މޭއީ ތިގޮތަށް ދެރަވެފަ ހުރީމަ… މިއަދުމީ އަހަރެމެންގެ ދިރިއުޅުން އާފެށުމަކުން ފަށާ ދުވަސް.. ދެން ހީލަބަ ޕްލީޒް…”

” ހޫމް.. ދެން ނުރޯނަމޭ.. އޯކޭނު.. މޭކަޕްވެސް ހަޑިވީދޯ.. އަންނާނަން ވޮޝްރޫމްއަށް ގޮއްސަ އިނގޭ…. ދޮންތާ.. ހިނގާބަ އަހަންނާއެކު…” މައިރާ ދެލޯފޮހެލަމުން ބުނެލިއެވެ. ފަސްވަރަކަށް މިނެޓު ފަހުން މައިރާ ތައްޔާރުވެލައިގެން އައިސް އަދުހަމް ގާތު މެހެމާނުންނާ ސަލާން ކުރުމަށް ހުއްޓިލިއެވެ. މައިރާގެ މޫނުމަތި އަދިވެސް ވަނީ މުޅިން މިލާފައެވެ.. މެހެމާނަކު އަންނަ ވަގުތު ހިނުތުން ވެލައިގެން ހުއްޓަސް އޭނާ ހުރީ ވަރަށް ދެރަވެފައެވެ..

އަދުހަމްވެސް ހުރީ މައިރާގެ މިޒާޖަށް އެއައި ބަދަލުގެ ސަބަބުން ކަންބޮޑުވެފައެވެ. މިހުރާންއާ ސަނާޝްއަށް އެކަން ފާހަގަވުމުން އެދެމީހުން ހެއްވާލަން މަސައްކަތްކުރިއެވެ. ” މޭއީ ދެން ހީލަބަ.. އަދޫވެސް އެ ބުނީނު ހީލާށޭ.. މޭއީތިހެން ހުރެއްޖެއްޔާ އޭނަވެސް ރޯންފަށާފާނެ.. މިހާރުވެސް ބަލާބަ އޭނަ މޫނަށް.. ނުރޯން ވަރަށް މަސައްކަތްކޮއްގެން އެހުރީ…. ހަމަ ރޮވި ނުރޮވި އެވަރުވެފަ…”

“ތެދެއް މޭއީ.. ދޮންބެ ދެރަނުކޮއްބަލަ… ބަލާބަ މިހާރުވެސް އެހެންހުރެ ބަޑި ފަޅައިގެން ގޮސްދާނެ.. ނޭގޭނެ ދާއިރުވެސް… މިރޭ ދެން ދޮންބެއަށް ކަމެއް ނުވެސް ވާނެ މޭއީ ތިހެން ހުރިއްޔާ..” މިހުރާންއާ ސަނާޝް އަދުހަމްމެންނާ ދިމާކޮށްލިއެވެ.

މިހުރާން އެހެން ބުނެލުމުން އަދުހަމްއަށް އެކަންވީ މަޖާކަމަކަށެވެ. ” ތެދެއް މޭއީ ތިހެން މިރޭ ހުރެއްޖެއްޔާ ބޮޑު ޕަނިޝްމެންޓެއް ދޭން ޖެހިދާނެ އިނގޭ… ތިގޮތަށް އަދޫއަށް ހަދަންޏާ އަދޫވެސް ކަންތައްކުރާނީ ތިހެން އިނގޭ.. އަދޫދެން މޭއީއާ ވާހަކަ ދައްކާނީ ހަދިޔާއެއް ދިނީމަ… އެހެން ނޫނީ އަދޫވެސް ހުންނާނީ ތިހެން މޫނު ހަދާލައިގެން …” އަދުހަމް ވަރަށް ދެރަވެފަ ވާހަކަ ދެއްކިއެވެ. އަދުހަމް މިހުރާންމެން ކުރިމަތީ އެގޮތަށް ވާހަކަ ދެއްކުމުން މައިރާ ހިސާބަކަށް ލަދުގަތެވެ. ނަމަވެސް އެކަން ފޮރުވުމުގެ ގޮތުން އަދުހަމްގެ ސަމާސާގައި ބައިވެރި ވެލިއެވެ.

” ކޯއްޗެއްތަ އަހަރެންގެ ޕްރިންސް ޗާރމިން ބޭނުންވަނީ.. އަދޫ ބުނި އެއްޗެއް މޭއީ ދޭނަން.. އޯކޭނު.. ދެން ހީލަބަ.. މޭއީވެސް މި ހީލީނު..” މައިރާ އެހާ ލޯބިން ބުނުމުންވެސް އަދުހަމް ހުރިގޮތަށް ހުރީއެވެ. އޭނާ ބޭނުންވީ އަދިވެސް މައިރާ ތަޅުވާލާށެވެ. ” ދެން އަދޫ.. ޕްލީޒް.. އައިމް ރިއަލީ ސޮރީ… އައި ލަވް ޔޫ ސޯ ސޯ ސޯ މަޗް….. ޕާޓީ ވެސް ނިމުނީއޭ.. ދެން މޭއީ އާ ޓޯކް ކޮއްބަ… ޕްލީޒް… ދެން ހިނގާބަ ދާން.. ނާޝްއާ ރެއިން ވެސް އެދިޔައީއޭ ކާން.. އަދޫ އަދި ނުވެސް ކަމެއްނު މިއަދު.. ހިނގާބަ ދާން… ” މައިރާ އެހާ ލޯބިން އާދޭސް ކޮށްލުމުންވެސް އަދުހަމް ހަމަ ހުރީއެވެ. ނުވިތާކަށް މައިރާއާ ދިމާލަށް ބަލާވެސް ނުލިއެވެ. އޭނާ އަސްލުހުރީ އެތެރެއިން ހިނިގަނޑު ހިފަހައްޓާލައިގެންނެވެ. މައިރާ ތަޅުވާލަން ރުޅިއަންނަ ކަމަށް ހެދިގެންނެވެ.

ޕާޓީ ނިމުމާއެކު މިހާރު އެތާނގައި ތިބީ އާއިލާ މީހުން އެކަންޏެވެ. އެހެންކަމުން ލިބުނު ރަން ފުރުސަތުގެ ބޭނުން މައިރާ ހިފާލިއެވެ. މަޑުމަޑުން އައިސް އަދުހަމް ކުރިމަތީ ހުއްޓިލަމުން އަދުހަމް ގައިގައި ބައްދާލިއެވެ. އަދި އޭނާގެ ކޯތާފަތުގައި ބޮސްދިނެވެ. ” ދެން ހިނގާބަ.. މޭއީވެސް ވަރަށް ބަނޑުހައި ވެއްޖެ… މި ދިނީނު ގިފްޓެއްވެސް.. މޭއީއާ އެކު ގޮސްފިއްޔާ އަދި ފަހުން ގިފްޓެއް ދޭނަން.. ޕްލީޒް… ސޮރީވެސް ބުނެފީމެއްނު…”

މައިރާގެ މިއަމަލުން އަދުހަމް ހައިރާންވިއެވެ. މިކަހަލަ ތަނެއްގައި މިކަހަލަ ކަމެއް މައިރާއަށް ކުރަން ކެރޭނެކަމަކަށް އޭނާ ހިޔެއް ނުކުރެއެވެ. މައިރާ އެހާވެސް ލަދުރަތްކެވެ. ނަމަވެސް މައިރާގެ އެއަމަލުންވެސް މައިރާ އަދުހަމްދެކެ ލޯބިވާވަރު އަދުހަމްއަށް ހާމަވިއެވެ. ނަމަވެސް އޭނާ މިޔޮއްހުރިހާއިރު ހިފަހައްޓައިގެން ހުރި ހިނިގަނޑު ކޮންޓްރޯލް ނުވުމުން ޕަކަޕަކަލާފައި ހޭންފެށުނެވެ. އަދުހަމްއަށް ވީގޮތް ފެނިފައި މައިރާ ހައިރާންވިއެވެ. ” އަދޫ ކިއްވެ ތިހެނީ.. މޭއީއަށް މަޖާ އެއްޗެކޭ ބުނެވުނީތަ އަޅެ.. ބުނެބަލަ ދެން ވީގޮތެއް..”

” މޭއީއަށް ހަމަ ނޭގޭތަ އަދޫ މޭއީ ދެކެ ދުވަހަކުވެސް ރުޅި ނާންނާނެކަމެއް.. މޭއީ މޫޑް އޮފް ވެފަ ހުރީމަ އަދޫ މަޖާކޮއްލީއޭ… އަދޫ ހުރީ ރުޅިއަންނަކަމަށް ހަދައިގެންނޭ… ހެހެހެ.. އެކަމް ނުބުނަނިސް ގިފްޓެއް ލިބުނީނު… ދެން ގިނަގިނައިން ރުޅިއަންނަކަމަށް ހަދާނީ.. އޭރަށް އެކަހަލަ ލޯބިލޯބި ގިފްޓު ލިބޭނެނު…”

” ދެން އަދޫ… ވަރަށް ފޫހިވޭ… އައި ހޭޓް ޔޫ.. ދެން ނުދައްކާނަން ވާހަކައެއް.. މޭއީ އެހާ ވަރަށް އާދޭސްކުރިއިރުވެސް އެކްޓު ޖައްސާގެން   ހުރީ.. މޭއީ މި ދަނީ.. އަދޫ އެކަނިން ހުރޭ މިތާގަ..”

މައިރާ ރުޅިއައިއްސަހުރެ އެތަނުން ދިޔުމަށް ހިގައިގަތެވެ. ނަމަވެސް އަދުހަމް އެޔަށްވުރެ މާހުށިޔާރެވެ. މައިރާގެ އަތުގާ ހިފާ އޭނާއާ ދިމާލަށް ދަމާލައި އެދެއަތުތެރޭ މައިރާ ހައްޔަރުކޮއްލިއެވެ. ” ތިހާ ފަސޭހައަކުން މިހާރު ނުދެވޭނެ އިނގޭ.. ތީ މިހާރު އަދޫގެ ހައްގެއް… އަދި ބުނެފިޔޭ އައި ހޭޓްޔޫއޭ… ޔޫ ނޯ ޔޫ ޑޯންޓް ހޭޓް މީ ބޭބީ.. ޔޫ ލަވް މީ އެންޑް އައި ނޯ އިޓް…” އަދުހަމް ވަރަށް ލޯބިން އެހެން ބުނެލުމަށްފަހު މައިރާގެ ކޯތާފަތުގައި ބޮސްދިނެވެ.

” އަދޫ ގަނޑާ މީހަކަށް ފެނިދާނެއޭ… ދެން ދޫކުރޭ.. ދެން ނުބުނާނަމޭ އެހެނެއް… އައިމް ސޮރީ ބޭބީ… އައި ލަވް ޔޫ އޭ… ދެން ދޫކޮއްބަ..” އަދުހަމް އެތާނގައި އެންމެން ތިއްބަ އެގޮތަށް އަމަލު ކުރުމުން މީހަކަށް ފެނިދާނެތީ މައިރާ ހާސްވިއެވެ. ނަމަވެސް މައިރާ ގައިން ދޫކޮއްލާ ޚިޔާލެއް އަދުހަމް އެއް ނުކުރިއެވެ. ” ހެވޭ އެންމެންނަށް ފެނުނަސް.. އައި ޑޯންޓް ކެއަރ.. ބިސައިޑްސް.. ޔޫ އަރ މައި ލަވްލީ ވައިފް….. އައި ކެން ޑޫ ވަޓްއެވަރ އައި ވޯންޓް ވިތް ޔޫ.. އެންޑް ސޮރީ ނުބުނައްޗޭ ދެން.. އަދޫ ބުނީމެއްނު އެހެން ނުބުނާށޭ…”

އަދުހަމްއާ މައިރާ ތިބީ މުޅިން އަމިއްލަ ދުނިޔެއެއްގައެވެ. މައިރާމެން ސިހުނީ އަދުހަމްގެ ދޮންތަ ޝާޔާ ގޮވާލި އަޑަށެވެ. ” އަދޫ…. ދެން އާދެ މޭއީއާ ދެމީހުން ކާން.. އޭރަށް އަވަހަށް ގެޔަށްދެވޭނީ… މިހާރު އެޔޮއް އެގާރަޖަހަނީ… ރެއިންމެން ނުކައި އެތިބެނީ އަދޫމެން އަންނަންދެނެ… އަވަހަށް އާދެ… ދޮންތަ ދެމީހުންނަށް ކާން ގެންގޮއްސިން ރެއިންމެން ތިބި ޓޭބަލްއަށް… ރަނގަޅަށް ކައްޗޭ.. މިއަދު އަދި އެކައްޗެއްވެސް ނުކައި ދެމީހުން ތިއުޅެނީ…”

” ދޮންތާ… މި ދަނީ އިނގޭ…” މައިރާ އަވަހަށް ޖަވާބު ދިނެވެ. ” އަދޫ ދެންވެސް ހިނގާބަ ދާން… މިހާރު ލަސްވެގެން އެގޮވީ… ނާޝްމެންވެސް މިހާރު ތިބޭނީ ލަސްވެފަ… ނާޝް ނުކާނެ މޭއީ ނެތިއްޔަކާ… ހިނގާބަ ދެން ޕްލީޒް…”

” ހޫމް… ހިނގާދޯ ދެން ދާން… ދޮންތައާ ރެއިންއާ ހަދައިގެން ނޯވޭ އަދޫގެ ޕްރިންސަސްއާ އެއްކޮން ލޯބި ކޮއްލެވެންވެސް.. ވަރަށް ފޫހިވޭ..” އަދުހަމް އެންމެ ފަހުން ބުނި ތަންކޮޅު ބުނެލަމުން މޫނަށް ޖެއްސި ވައްތަރު ފެނިފަ މައިރާއަށް ހެވުނެވެ. މައިރާ ހަމައަކަށް އެޅުމުން އަދުހަމްވެސް ހުރީ އުފާވެފައެވެ. ” ހޭނެ ކަމެއް ނެތް މޭއީވެސް.. މިރޭ ރޫމްއަށް ގޮއްސަ ބޮޑު ޕަނިޝްމެންޓެއް ދޭނަން… މިރޭ ދެން ސަލާމަތެއް ނުވެވޭނެ އެހާ ފަސޭހައަކުން މިގަޑީގަ ވެވުނަސް… ލަވް ޔޫ މައި ޕްރިންސެސް…”

އަދުހަމްއާ މައިރާ އަވަސް ހިނގުމެއްގައި މިހުރާންމެން ތިބި މޭޒުކައިރިއަށް ގޮސް އިށީނެވެ. އަދި ކެއުމާއިގެން އެންމެން ކުރިޔަށް ދިޔައެވެ. ކައިނިމިގެން ގެޔަށްދާން އެންމެންއެކީ ގޮސް ކާރުތަކަށް އެރިއެވެ. އަދުހަމްމެންނާ މިހުރާންމެން އެރީ އެއްކާރަކަށެވެ….. ކާރުތެރޭގައިވަނީ ހިމޭންކަމެވެ. އެކަން މިހުރާން އަކަށް ކަމަކު ނުދިޔައެވެ. ބަލާބެލުމަށް މިހުރާން މަޑުމައިތިރިވާނެ ކަމަށް ހީވިޔަސް އޭނާގެ ހުންނަނީ ސަކަ މިޒާޖެކެވެ.  އަދި ކާރުތެރޭގައިވީ ހަމަހިމޭންކަން ދުއްވާލާކަށް މާގިނައިރެއް ނުނެގިއެވެ.

” ނާޝް.. މިރޭ ޕާޓީގަ ބައެއް ކުދިން ވަރަށް ރޮމް ކޮއްލިދޯ… ދެން ނޭގޭ އަދި މިރޭވާނެ ގޮތެއްވެސް… ރޮމް ކުރަންވެސް ވަކިތަނެއް ނޯވޭ…” ” އާނ ދޯ.. ނާޝްއަށް ވެސް ފެނުނޭ….. ރެއިން…. އަދޫއާ މޭއީ ކިހިނެތްވެފަ މި ތިބެނީ… މޭއި ހީވަނީ ލަދުން ގޮސް މޯޅި ވެދާނެހެން… އަދޫވެސް ހީވަނީ ވައްކަމެއް ކުރިކަން ފަޅާއެރީމަ އެކަމާ ބިރުން އުޅޭހެން… ” ސަނާޝްއާ މިހުރާން އެދިމާކުރަނީ މައިރާމެންނާކަށް އަދުހަމްއާ މައިރާއަށްވެސް އެނގުނެވެ.އަދި އެމީހުން އެވަގުތު ކުރި ހުރިހާކަމެއް މިހުރާންމެންނަށް ފެނުނު ކަންވެސް އިނގުނެވެ.

އަދުހަމްވެސް މިހުރާންއަކަށްވުރެ އަނގައިން ދެރައެއްނޫނެވެ. ” މޭއީ.. އިނގޭތަ ބައެއް ކުދިން ވަރަށް ޖޭވޭ ދޯ… އެމީހުންނަށް ކަމެއް ނުކުރެވުނީމަ އަހަރެމެންނާ ދިމާކުރަނީ… ނިކަން ކެރިގެންނޭ ކަމެއް ކުރެވޭނީ ދޯ… ރެއިން އަކަށް ނުކެރޭ ވިއްޔަ ކަމެއް ކޮއްލަންވެސް” ދެން ފެށުނީ އެކަކުއަނެކަކާ ދިމާކޮށް އެކިއެކި ސަމާސާ ކުރުމެވެ. ގެޔާ ހަމަޔަށް ދެވެންދެންވެސް ތިބީ އެކަމުގައެވެ. ގެޔަށް ދެވުމާއެކު އެންމެންވެސް މަސައްކަތްކުރީ އަވަހަށް ކޮޓަރިއަށް ގޮސް ތާޒާ ވެލުމަށެވެ. ޕާޓީގެ އެކި ކަންކަމުގައި އުޅުމުގެ ސަބަބުން އެންމެންވެސް ތިބީ ވަރަށް ވަރުބަލިވެފައެވެ.

 

ގެޔަށް ގޮސް ކޮޓަރިއަށް ވަދެ ހަމަޖެހިލެވުނު އިރު ބާރަ ޖަހައިފިއެވެ. ދެމަފިރިން ކޮޓަރިއަށް ވަނުމާއިއެކު ހުއްޓުން އެރިއެވެ. ކޮޓަރިވަނީ އެހާ ފުރިހަމައަށް ތައްޔާރުކޮށްލައިފައެވެ. މީރުވަސްދުވާ އުށްބައްތިތަކުގެ ހުޅުކޮޅުތައް ނަށަމުން ދިޔައިރު އެނދުވަނީ ފިނިފެންމާ ފިޔަތަކުން ބަރާވެފައެވެ. ސަނާޝް އެނދުމައްޗަށް ވެއްޓިގަންނަމުން ފިޔަތަކުގެ ދާނުގައި ފިޔަތައްމައްޗަށް އުކައުކާފައި އުޅުނުލެއް ލޯބިކަމުން މިހުރާންއަށް އިރުކޮޅެއްވާންދެން ބަލަހައްޓައިގެން ހުރެވުނެވެ.

” ރީތިކަމުން ބުނާނެ އެއްޗެއްވެސް ނޭގުނު…..” މިހުރާން އެނދުގެ މަގަތުގައި އިށީނެވެ. ރަތްއަލީގައި މިހުރާން ފެންނަލެއް ފުރިހަކަމުން ސަނާޝްގެ ހިތް ނެގިނެގިފައި ޖެހެންފެށިއެވެ. އެ ދެލިކޮޅެއްފަދަ ދެލޮލުގައި ހުރިބާރަކުން އިސްޖަހާލަން މަޖުބޫރުކުރުވިއެވެ. ހާދަ ތޫނުދެލޮލެވެ..

ސަނާޝްއަކަށް މިހުރާން ރީއްޗޭ އެބުނީ ސީދާ ސަނާޝްއަށް ކަމަށް ފުރަތަމަ ނުވިސްނުނެވެ. މިހުރާން އެނދުމަތީގައި ހުރި މާފިޔަތައް ސަނާޝްގެ މޫނަށް އޮއްސާލިއެވެ. އެ މަޑު ފިޔަތައް ލުއިކޮށް ސަނާޝްގެ މޫނުގައި ބޮސްދެމުން ދިޔައީ ލޯބިވެރިޔެއްގެ އޯގާތެރި ފިރުމުންތައް ފަދައިންނެވެ. ސަނާޝްއަށް މިހުރާންގެ ލޮލުގެ ބާރަށް ކެތްނުކުރެވިގެން ލަދުންގޮސް މޯޅިވާން ފެށުމުން ދެލޯމަރާ ތަގުޅިކޮށްލައިފިއެވެ. ހީވަނީ ސަނާޝްގެ މޫނަށްވެސް އެ ފިޔަތަކާއި ރަތް އުއްބައްތިތަކުގެ ހިޔަނި އެޅި އިތުރަށް ކުލަ ރީތިކޮށްލައިފިހެންނެވެ. ސަނާޝްވެސް ހީވަނީ ރަތްހުޅުކޮޅެއްހެންނެވެ.
” ރެއިން ތިވަރަށް ބަލާކަށްނުވާނެ…” ސަނާޝް އެންމެފަހުން އެނދުގައިވާ އެތައް ބާލީސްތަކުގެ ތެރޭގައި ފޮރުވިގަންނަމުން ރަކިގޮތަކަށް ބުންޏެވެ. މިހުރާންއަށް އޭނަ ޚާއްސަވަރު މިރޭ ސަނާޝްއަށް އިހުސާސްކުރެވެން ފަށައިފިއެވެ. އެބެލުމުގައިވާ ހިތްދަމައިގަންނަ ގޮތާއި، ޖާދޫއަކީ އެކަނި އޭނަގެއެވެ.

” މިރޭ ބޭނުންވަރަކަށް ބެލިޔަދީ ބޭބީ….” މިހުރާން ސަނާޝްގެ މޫނުގައިވާ ބާލީސްތައް ދަމައިގަންނަން އުޅުމުން ކުޑަ ބާލީސް ހަގުރާމައެއް ހިނގިއެވެ. އެންމެ ފަހުން އެ ސަކަރާތެއްގައި އުޅެމުންގޮސް ދެމީހުން އެކީގައި އެނދުގައިވާ އެތައް ބާލީހަކާއި، މާ ފިޔަތަކުގެ ތެރެއަށް ގެނބުނެވެ. އަދި ސަނާޝްގެ ނާޒުކް ހަށިގަނޑު މިހުރާންއާއި، އެނދުގެ ގޮދަޑިއާއި ދޭތެރޭގައި ފިތިގެން ދިޔައިރު ސަނާޝްއަށް ބުނަން ނޭގޭފަދަ އިހުސާސްތަކެއް ކުރެވުނެވެ. މިހުރާންގެ މޫނުގައި ދުވާ މިންޓު އަދި މަސްކް ގެ ލުއި ވަހާއި، ނޭވާގެ މީރުވަސް ސަނާޝްގެ ސިކުނޑި ތާޒާކުރުވިއެވެ. އަދި އެހާ ކާރިން އެ ރީތި ދެލޮލަށް ބަލާލެވުމުން، ސަނާޝް އެލޮލުގެ ތެރެއަށް ގެނބިގެން ދިޔައީ ބަސްބުނާހާ ކުޑަހިދުކޮޅެއްގެ ތެރޭގައެވެ. ޑްރަގަކާއި ނުލައިވެސް ސިކުނޑި ރަންވެދާނެ ފަދަ ވަގުތުކޮޅެކެވެ. ދެ ހަށިގަނޑުގައި ވަގުތުން ރޯވެގަތް އަލިފާން ނިވާލަން ދެހިތްވެސް ބޭނުންވީ އިންތިހާއަށެވެ.
މުޅި ރޭ ހޭދަވެގެން ދިޔައިރު އަލަތު ދެމަފިރިންގެ ލޮލުގައި ނިދީގެ އެއްވެސް އަސަރެއް ނެތެވެ. އެހެންނަމަވެސް އަރަމުން އައި އިރާއިއެކު ކުޑަކުޑަ ވަށްބެލްކަނީގެ ދޮރުފޮތިތަކުން ފުރޭނިގެން ކޮޓަރިތެރެއަށް އެޅެމުން ދިޔަ ރަންއަލީގައި މިހުރާންގެ މޫނުމަތިންނާއި އޭނާގެ މޭގައި ބޯއަޅާލައިގެން އޮތް ސަނާޝްގެ މޫނުމަތިން ފެންނަމުންދިޔައީ ވަރުބަލިކަމުގެ އަސަރެވެ. ދެމީހުންގެ ތުންފަތަށް ވެރިވެފައިވަނީ ފަނޑުވުމެއްނުވާ ހިނިތުންވުމެކެވެ. މިހުރާން އެއްފަރާތައް ސޮހިގެން ގޮސްފައި އޮތް ރަޖާނަގާ ދެމީހުންގެ ގައިގާ އަޅާލަމުން ދެލޯ މަރާލިއެވެ. އޭރު އޭނާގެ މޭގައި ބޯއަޅާލައިގެން އޮތް ސަނާޝް ވެސް ވަރުބަލިކަމުގެ ތެރެއިން ނިދީގެ ކަނޑަކަށް ގެނބެމުންދިޔައެވެ. ދުނިޔޭގެ އެއްވެސް ކަމަކަށް ޚިޔާލެއް ފިކުރެއްނެތް ފަދަ ގޮތަކަށެވެ. ލޯބިން ދެހިތްފުރިފައި ތިބި ހާލުގައެވެ.

މައިރާގެ ފަހަތުން ކޮޓަރިއަށް ވަދެ އަދުހަމް ދޮރު ތަޅުލާފައި މައިރާ ގައިގަ ބައްދާލިއެވެ. ” ވެޑިންގ ޕްރެޒެންޓެއް ބޭނުންތަ؟ ”  އަދުހަމް އަހާލިއެވެ. ” ކޯޗެއް؟ ” މައިރާ ވެސް ކޮށްލީ ސުވާލެކެވެ.” ކްލޯސް ޔުއަރ އައިސް…” އަދުހަމް މައިރާގެ ލޮލުގަ އަތް ޖައްސާލާފައި ބުންޏެވެ. މައިރާ ލޯ މަރާލިއެވެ. އަދުހަމް މައިރާގެ އަތުގަ ހިފާފައި މައިރާގެ ވައަތުގެ ކަށި އިނގިލީގައި އަނގޮޓިއެއް އަޅުވާލިއެވެ.” ދެން ލޯހުޅުވިޔަސް ހެޔޮ ” މައިރާ ބުންޏެވެ. މައިރާ ލޯ ހުޅުވާ އަތަށް ބަލާލިއެވެ.” އައި ލަވް ޔޫ މައި ޕްރިންސަސް…” އަދުހަމް ބުންޏެވެ. މައިރާ އަނގޮޓީގައި އިން ހުދު ކުލައިގެ ސަފަޔަރ އަށް ބަލާލާފައި އަދުހަމްއަށް ބަލާލިއެވެ.” އަދޫއަށް ދޭނެ އެއްޗެއް މޭއީ ނުވެސް ގަންނަން…” މައިރާ ބުންޏެވެ.” އަދޫ އެންމެ ބޭނުމީ މޭއީ… މިރޭ ދެން އިތުރު އެއްޗެއް ބޭނުމެއް ނޫން…” މައިރާގެ މޫނުގައި ދެއަތުން ހިފަހައްޓާލަމުން އަދުހަމް ބުންޏެވެ. މައިރާ އަދުހަމްގެ ކަރުގައި ދެއަތް އަޅުވާލާފައި އަދުހަމްއާ ކައިރި ވެލިއެވެ.

އެއާއިއެކު މައިރާއަށް ފެނިގެންދިޔައީ މީގެ ކުރިން އޭނާއަށް އަދި ފެނިފައިނުވާ އަދުހަމްއެކެވެ. އެބާރުގަދަ އަތުގެތެރޭގައި މައިރާ އުފުލާލައިގެން ގެނެސް އެނދުމައްޗަށް ވައްޓާލުމާއިއެކު ހީވީ ދޫނިފަތުގެ ތަންމައްޗަކަށް ވެއްޓެވުނުހެންނެވެ. މައިރާގެ ހަށިގަނޑު އަޑިއަށްވަދެގެން ދިޔަކަން އިޙުސާސްކުރެވުނެވެ. ކޮޓަރީގެ ފިނިކަމުގެތެރޭގައި އަދުހަމްގެ ހަރަކާތްތަކުން މައިރާގެ ހިތުގެ ހިނގުން އަވަސްވެ ނޭވާ ކުރުވާ ގޮތްވިއެވެ. އަދުހަމްގެ ކޮންމެ ހަރަކާތަކުން ވެސް އޭނާގެ ކެތްތެރިކަން ކުޑަވަމުންދާ މިންވަރު މައިރާއަށް ދެނެގަނެވުނެވެ. ދެޖިސްމު އެއްވެގެން ދިޔައީ ކުޑަހިނދުކޮޅެއްގެ ތެރޭގައެވެ. ހަށިގަނޑުގެ ވިންދު އަވަސްކުރުވާފައެވެ. އެކަކު އަނެކަކަށް ބޭނުންވާ މިންވަރު އިތުރުކުރަމުންނެވެ. އަދުހަމްގެ ފުންވެފައިވާ ނޭވާއާއެކު އޭނާގެ އަތުގެތޭރޭ މޫނު ފޮރުވާލައިގެން އޮތް މައިރާއަށް ބަލާލިއެވެ.

“މިރޭ އަހަންނަކީ ދުނިޔޭގައި ހުރި އެންމެ އުފާވެރި އިންސާނާކަން ޔަޤީން، މޭއީ… މޭއި އަހަނަންށް ތިދިނީ އަންހެންކުއްޖަކަށް އޭނާގެ ފިރިމީހާއަށް ދެވޭނެ އެންމެ ފުރިހަމަ އުފާވެރިކަން، މިރޭ އަހަންނަށް އެނގިއްޖެ، މޭއިގެ ހަޔާތައް އަހަރެން މިހިރަ މަޤާމަށް މިވީހާތަނަށް އެއްވެސް ފިރިހެނަކަށް އާދެވިފައި ނެތްކަން، ތެންކިއު ސޯ މަޗް، އައި ލަވް ޔޫ މައި ލަވްލީ ވައިފް…. ތީ އަދޫގެ ހިތުގެ ވިންދަކީ… އަ ލަވް ޔޫ ސޯ ސޯ މަޗް މައި ޕްރިންސަސް…” ހިނިއައިސްފައި އޮތް އަދުހަމް، މައިރާ ބޮޑަށް ގާތްކޮށްލުމާއިއެކު ރަތްވެފައި އޮތް ކޯތާފަތުގައި ބޮސްދިނެވެ. އެއާއިއެކު މައިރާ ލޯބިން ފުރިގެންވި ނަޒަރަކުން އަދުހަމްއަށް ބަލާލިއެވެ.

އަނެއް ދުވަހު މައިރާއަށް ހޭލެވުނު އިރު އަދުހަމް އޮތީ މައިރާއާ ދިމާއަށް ބަލާށެވެ.” ގުޑް މޯރނިންގ ސަންޝައިން…”  މައިރާ ލޯ ހުޅުވާލުމުން އަދުހަމް ބުންޏެވެ.” ހްމްމްމް… މޯރނިންގ…” އަދުހަމްގެ އަތު ތެރޭ އިތުރަށް ބޮނޑިވެލަމުން  މައިރާ ބުންޏެވެ.” ކިހާ އިރެއް ވެއްޖެ މިހާރު؟” އިރުކޮޅެއް ފަހުން މައިރާ އަހާލިއެވެ.” ހަތެއް ޖެހީ…” އަދުހަމް ބުންޏެވެ.” އަސްލުވެސްތަ؟” ކުއްލިއަކަށް ތެދު ވަމުން މައިރާާ އަހާލިއެވެ.” ކިހިނެއްވީ؟” މައިރާގެ އަތުގަ ހިފަހައްޓާފައި އަދުހަމް އެހިއެވެ.” މާ ލަސްވެއްޖެ… ދެން ދޫކުރޭ…” މައިރާ ބުންޏެވެ.” ލަހެއް ނުވެޔޭ އަދިއެއް” އަދުހަމް ބުންޏެވެ. ނަމަވެސް މައިރާ ގަދަ ކަމުން ކަހަލަ ގޮތަކަށް ތެދުވެގެން ގޮސް ފާހާނާއަށް ވަނެވެ.

************************************************************

 

Share Article

Follow Me Written By

Maayu

Level 2100 Login10 Stories

Other Articles

Previous

ނޭދެން ވަކިވާކަށް (10)

Next

މިނަން ތިހިތުން ފިލުވާލަނީހޭ…13

Next
February 14, 2020

މިނަން ތިހިތުން ފިލުވާލަނީހޭ…13

Previews
February 14, 2020

ނޭދެން ވަކިވާކަށް (10)

20 Comments!

  1. Lamko says:
    February 14, 2020 at 12:59 pm

    Me first thr….story varah reethi❤️❤️❤️whn nxt…..waiting for the nxt part

    1. Maayu says:
      February 15, 2020 at 10:30 am

      Yes dear You’re first..? Thnkiuu sooo much ingeyy Lamko..?❤❤❤❤❤ Insha Allah next part sunday ga??

  2. Yanaa says:
    February 14, 2020 at 2:51 pm

    Varah varah reethi.❤❤❤❤❤
    maa sha Allah ???????
    waiting for the next part???

    1. Maayu says:
      February 14, 2020 at 4:05 pm

      Thnkiuu Soo much Yanaaa ?❤❤❤
      Next part insha allah Sunday Ga up kuraanan?

  3. makku says:
    February 14, 2020 at 2:56 pm

    maayu varah rythi. keep it up dear lysm… waiting for next part…..

    1. Maayu says:
      February 14, 2020 at 9:18 pm

      Awwn thnkiuu makku lym dear ?❤❤

  4. Shahu says:
    February 14, 2020 at 2:58 pm

    Vvvvv rythi vaahka ..???????

    1. Maayu says:
      February 14, 2020 at 9:19 pm

      Thnkiu Shahu ?❤❤❤❤

  5. Kairaa says:
    February 14, 2020 at 3:13 pm

    Varah reethi..waiting for the nxt part….

    1. Maayu says:
      February 14, 2020 at 9:20 pm

      Thnkiuu sooo much Kairaa?❤❤

  6. Lamko says:
    February 14, 2020 at 3:23 pm

    Wooow….story varah reethi…whn nxt

    1. Maayu says:
      February 14, 2020 at 9:21 pm

      Awwwn Thnkiu Lamko?❤❤❤❤ Next part Insha Allah Sunday ga?

  7. Viyam says:
    February 14, 2020 at 4:17 pm

    Hangout use kuran tha???please email dhy bala???

    1. Maayu says:
      February 14, 2020 at 9:27 pm

      Lahba kuran.. [email protected]

  8. Anonymous says:
    February 14, 2020 at 11:17 pm

    Siss mi part varah salhi?????can’t waiting for the next????ly

    1. Maayu says:
      February 14, 2020 at 11:26 pm

      Awwn thnkiu dear.. Lym ?❤❤❤

  9. NooYas says:
    February 15, 2020 at 4:25 pm

    Woah. A beautiful story. Can’t wait for the next part ingey maayu. ?? Konirakunbaa dhen oiy bai genesdheynee?? V kiyaahihvey mi vaahaka. Its beautiful Maasha Allah?❤️?❤️

    1. Maayu says:
      February 15, 2020 at 5:09 pm

      Awwn Thnkiu Soo Much NooYas..?❤❤❤ Next part fonuvaafa inaany mihaaru.. Mirey noony Maadhamaage vaguthehga up vaane kanneyge… ?

  10. shamm❤ says:
    February 17, 2020 at 1:31 am

    dhenmeh mikiyaalee… vara furihama❤❤❤? umeedhu kuran vara avahaa ep up kohdheyneh kamah…?

  11. Maayu says:
    February 17, 2020 at 7:10 am

    Thnkiuu Shamm.. Mihaaru next part submit kohffa innaaany..

Comments are closed.


All Right Reserved!