އަހަރެން ނާއިމްގެ ފަހަތުން ހިނގާފައި ގޮސް ރެސްޓޯރެންޓުގެ އޭސީ ކޮށްފައިހުރި ބައިގެ ކަނެއްގައި ހުރި ކުޑަމޭޒެއް ކައިރީގައި އިށީނީމެވެ. އަހަރެން އިނީ ނާއިމް ކުރިމަތީގައި ހުރި ގޮނޑީގައެވެ. “ބޮސް ކޯއްޗެއް ބޭނުންވަނީ” އަހަރުމެން އިށީނުމާއި އެއްކޮށް ވޭޓަރު އައިސް ނާއިމްއަށް މުހާތަބުކުރިއެވެ. މަޑުކޮށްލާ އިރުކޮޅަކުން އޯޑަރުދޭނަން. ގެނެސްދީ މެނޫ.” ނާއިމް މިހެން ބުނުމުން ވޭޓަރު އައިސް ދެމީހުންގެ ކުރިމަތީގައި ދެމެނޫ ބޭއްވުމަށްފަހު ގޮސް ފެންނަހިސާބުގައި މަޑުކޮށްގެން ހުއްޓެވެ. ރެސްޓޯރެންޓު ތެރޭގައި ދިއްލާފައިހުރި މަޑު އޮރެންޖު ކުލައިގެ ބޮކީގެ […]
އަހަރެންގެ އުމުރުން އޭރުވާނީ ނަވާރަ އަހަރެވެ. ސުކޫލު ނިމުމަށްފަހުގަ ރަށުގައި ދުވަސްގަނޑަކު އުޅުމަށްފަހު މާލެ ބަދަލުވިތާ އޭރު އަދި ވާނީ ތިންވަރަކަށް މަހެވެ. މާލެ އައިސް އަހަރެން ހުރީ މަންމަގެ ތިމާގެ ދައްތައެއްގެ ގޭގަގައި ލާރި ދީގެންނެވެ. ދައްތަ އާއި އޭނަގެ ފިރިމިހާއާއި ދެ އަންހެން ދަރިން ނާއިއެކު އަހަރެން އެގޭގައި އުޅުނީ ދައްތަ އާއި ބޭބެގެ އަމިއްލަ ދަރިއެއްހެންނެވެ. ދައްތަގެ ދެކުދިންނަކީ ހަތަރުއަހަރުގެ އެއްމާބަނޑު ދެކުދިންނެވެ. ގޭގައި ތިންކޮޓަރި ހުންނައިރު ދަތްތަގެ ދެމަފިރިންނަށް އެކޮޓަރި، ލުބާ […]
ހަނދާން ކުރަން ބޭނުން ނުވިޔަސް އެހަނދާންތަކާ ދުރެެއްނުވެވުނެވެ. މާޒީވެގެންދިޔަ އެއުފާވެރި ދުވަސްތައް ހިތަކުން ފިލުވައެއްވެސް ނުލެވުނެވެ. ލޮލުން މިއޮހޭހާ ކަރުނައެއް ފޮހެފޮހެ މިހެން އިނދެވިދާނެއެވެ. އެހެނަސް ހިތުގައި މިވާ ފާރުގަނޑު އަދިވެސް ހެވެއްނުވެއެވެ. ހިނިތުންވާން މިކުރެވެނީ ކިހާ މަސައްކަތެއް ހެއްޔެވެ. އެހެނަސް މޫނުމަތިން ހިތުގައިވާ އުދާސްތައް ފޮހެލާނެ ގޮތެއް ނޭނގުނެވެ. މީ އަހަރެންނައް ހުރިގޮތް ހެއްޔެވެ؟ ލޯބި ވިޔަސް އެލޯބި އަނބުރާ ލިބެން އަހަރެންގެ ތަގުދީރުގައި ނެތީބާއެވެ. އިންތިޒާރު ކޮށްލައްވާ!