” އަހަރެން މި ދުނިޔޭގައި އުޅުމުގެ ބޭނުމަކީ ކޮބާ؟… އަހަންނަކީ ކާކު؟… ބޭކާރު މީހެއް… އަނިޔާވެރިއެެއް… ކުއްވެރިއެއް… ޤާތިލެއް…” ***************************************************************************************** “މިޝްކާ…އަހަރެން ދެން އިތުރަށް މި ވާހަކަ ސިއްރުކުރާކަށް ނެތިން… ސީދާ ސީދަލަށް މިބުނަނީ…ދާނިޔަލް މިޝްކާ ދެކެ ވަރަށް ބޮޑަށް ލޯބިވޭ..” *****************************************************************************************ު “ކީއްވެ އަހަރެން ފެންނަ ކޮންމެ ފަހަރަކު ބިރެއް ފެނިގެން އުޅޭހެން ތި އުޅެނީ؟.. މީހަކަށް ފެނިދާނެތީ ތަ؟..” ***************************************************************************************** “މިޝްކާ… ތިއީ މިރަށުގެ ފަޤީރެއް… ފަޤީރެއްގެ ދަރިއެއް… އެކަމަކު އަހަރެން މިއީ ކާކު؟.. ބޮޑު މުއްސަންޖެއްގެ ދޮށީ ދަރިފުޅު… ކަލޭ ކަހަލަ ނިކަމެއްޗަކަށް ކަމެއް ވިޔަސް އެއްވެސް މީހަކު އަޅައެެއް ނުލާނެ… ވީއިރު މިޝްކާ ލަދުގަންނަން ޖެހޭ އެއްވެސް ސަބަބެއް މަށަކަށް ނުވިސްނޭ..” ************************************************************************************************
“އާން ދެން ހެވޭ… އެން ވާހަކަ އެއް އަހާލަން…؟” ރިހާން ބުނެލިއެވެ.”ހުއްދަ ހޯދަށޭ މަ ބުނިންތަ ސުވާލު ކުރުމުގެ ކުރިން ޝައިހާން ފޯނަށް ގެއްލި އިނދެ ބުނެލިއެވެ.”އުނހުން ނުބުނޭ… ކޮބާ ޝިމާ؟ މިހާރު ޖަވާބެއް ދީފިތަ؟”ރިހާން ބުނެލިއެވެ.”އާން ދީފި…. ރިހާން އަށް ހީވޭތަ އެއީ ރަަނގަޅު ކުއްޖެއް ހެން…” ޝައިހާން ސުވާލު ކުރިއެވެ.”ޝިމާ ކީކޭ ބުނީ… އާން ޝިމާ އެއީ ބެސްޓެއްނު” ރިހާން ބުނެލިއެވެ. “މި އަހަރު 16 އަހަރު ވާނޭ. ތި ބޮލަށް އެ ކައްޗެއް […]
އަނެއް ދުވަހު ޒާޔާއަށް ހޭލެވުނީ ރާޔާ އައިސް އޭނާއަށް ގޮވުމުންނެވެ. އިރުކޮޅަކު ގޮވުމަށްފަހު ރާޔާ ދިޔައެވެ. ރާޔާ ދިއުމުން ޒާޔާ ކަންނެތްކަމާއި އެކު އެނދުން ތެދުވެ ގަޑިއަށް ބަލާލިއެވެ. އޭރު ގަޑިން ހަތެއް ޖެހީއެވެ. “އަޅެ ހާދަ އަވަހަކަށް އެ ގޮވީ…. ރަނގަޅަށް ނިދާ ވެސް ނުލެވޭ” ހެނދުނު ހެނދުނާ ހޭލަން އާދަވެފައި ނުވުމުން ޒާޔާ ޝަކުވާ ކޮށްލިއެވެ. އެކަމަކު ވެސް އެހެން މީހެއްގެ ގޭގައި އުޅޭއިރު ހިތަށް އަރާހާ ގޮތަކަށް ނޫޅެވޭނެ ކަން އެނގޭތީ ޒާޔާ […]
” ތައްޓެއްގަ ބާރަށް ހިފާނުލެވެން ތީ ކުޑަ ކުއްޖެއްތަ؟. ކޮންމެ ކަމަކުން ވެސް މިހާރު އުނދަގޫ ކުރަން ނޫނީ ވިދާނަށް ނޭންގެނީތަ؟ މިގޭގަ ހުންނާނީ އަހަރެން ހޯދާފަ ހުރި އެއްޗެހި. އެއްޗެހި ހަލާކު ކުރާކަށް ނުޖެހޭނެ ވިދާނަކަށް ” ސަލީމާ އެއްޗެހި ކިޔަންފެށިއެވެ. ” އަހަރެން ގަސްތުގަ ތަށި ތަޅާލީއެއްނޫން މަންމާ. އަހަރެންގެ އަތުން ތަށި ދޫވީ ” ސަލީމާ ޖެހިލެއް ބާރުކަމުން އެއްފަރާތަށް މޫނު އަނބުރާލައިގެން ހުރި ވިދާން ސަލީމާއަށް ބަލާލަމުން ބުނެލިއެވެ. ” ކޮންމެހެން […]
”މަންމާ. ބައްޕާ. އަހަރެންނަށް މަޢާފު ކުރޭ. އަހަރެން މިއަދު މިއައީ މަންމަމެން ބުނާ މީހަކާ ކައިވެނި ކުރަން. ބައްޕާ. އަހަރެންނަށް މަޢާފު ކުރޭ އެކަމަށް ދެކޮޅު ހެދުނީމަ. އަހަރެން ދެން ދުވަހަކުވެސް މަންމަމެން ނުގަބޫލުގަ އެއްވެސް ކަމެއް ނުކުރާނަން. އަދޭސް ކޮށްފައި މިބުނަނީ.” ރާޔާ އައިސް އެދެމީހުންގެ ކުރިމަތީގައި ބުނެލި ބަސްތަކުން ދެމީހުންނަށް އެކުއެކީ ހިނިތުންވެލެވުނީ ލިބުނު ހިނިތުންވުމެއްގެ ބޮޑުކަމުންނެވެ. ރިޝާންއާއި ހަމީދާ ހެޔޮހިތުން ރާޔާއަށް މަޢާފު ކުރިއިރު ރާޔާއަށްވެސް ލިބުނީ ބުނެދޭން ނޭނގޭފަދަ ބޮޑު އުފަލެކެވެ. […]
”ޑޮކްޓާ. ވަޓް ހެޕެން.” އިކާލްއަށް ހަމަހޭވެރިކަން ވެރިވީ ކައިރީގައި އިން ނަރުސް ކުއްޖާ ގޮވަމުން ދަނިކޮށެވެ. އެތަނަށް މީހުން އައިސްފައި ހުރިއިރުވެސް އިކާލްއަށް އެކަމެއް އެއްވެސް ވަރަކަށް ފަހުމްވެސް ނުވެއެވެ. އެހައިވެސް ބޮޑަށް އޭނާ ވަނީ މާއީގެ ހިޔާލުތަކަށް ގެއްލި ހުސްވެފައިއެވެ. ”ބޮޑަށް އަތްވަށް އެލާޖިކް ވެފައި ތިހުރީ. ދެން މާގިނައިން ޑިޓަޖެންޓް ކަހަލަ އެއްޗިއްސަށް އަތް ނުލުން ރަނގަޅުވާނީ. މިހިރީ ބޭސް. މީގައި އޮންނާނެ ސައިބޯންޏެއް. ރޭގަނޑު ނިދަން އޮށޯންނަމުން އޭގެން އަތް ދޮވެގެން ނިދާނީ. […]
ފޯނު ކަނޑާލި ދީނާގެ ލޮލުން އެއްވެސް ހިފެހެއްޓުމެއްނެތި ކަރުނަތަށް ފައިބަމުން ދިޔައެވެ. އެންމެ ގާތް އެކުވެރިޔާ އޭނާއާ މުހާތަބު ކުރިގޮތުން އެހިތުގައި އެތައް ވޭނެއް އަޅަމުން ދިޔައެވެ. ހިތަށް ކެތް ނުވުމުގެ ސަބަބުން އެނދަށް ވެއްޓިގަނެފައި ހުއްޓާނުލައި ދީނާ ރޮމުން ދިޔައެވެ. *** ”އާދޭ އަރަން. ދައްތަމެން ގެންގޮސްދޭނަން ގެޔަށް.” އިރާދާ ކާރުގެ ކުރީ ސީޓުގައި އިނެ އެހެން ބުނެލީ ދަބަސް ހިފައިގެން ހިނގައިގަތް އިކާލްއަށާއި ފާއިޒްއަށެވެ. ހިނގާފައި ދާހިތް ނުވެފައި ތިބުމުގެ ސަބަބުން ދެމީހުންވެސް ގޮސް […]
އަހަރެންގެ ހިތް ބުނާގޮތުގައި އަމީން ލަޔާ ކައިރީގައި ރައްޓެހިވާން އެހީ ޔޫއާންގެ އެދުމަކަށެވެ… ލަޔާ އަކީ އަހަރެންގެ އެންމެ ގާތް އެކުވެެރިޔާ ކަން ޔޫއާން އަށް އެނގޭނެއެވެ.. އަމީން ލަޔާ އާ ރައްޓެހިވުމުން ޔޫއާން އަށް އަހަރެންނާއެކު އުޅޭނެ ފުރުސަތުތައް ގިނަ ވާނެއެވެ.. ޔޫއާންގެ ސިކުނޑިއަށް މި ކަހަލަ ހިޔާލެއް އަންނާނެ ކަމަކަށް އަހަރެން ހިޔެއް ނުކުރަމެވެ.. މިކަމުގެ ސަބަބުން ލަޔާ އަހަރެންނާ ދުރުވާނެއެވެ… ލަޔާ ދެ ޖޫގޯ ހިފައިގެން އައެވެ.. އަހަރެންގެ އަތަށް އެއް ޖޫގޯ […]
ޝަހާދު އިނގިލި ނަގައި ަހަރެންގެ ލޮލުން ވެއްޓެން އައި ކަރުނަ ފުހެލީމެވެ. ފެންކަޅި ވެފައި ހުރެ އަހަންނަށް އަހރެންގެ އަތުގައި އޮތް ރިޕޯޓް ކާޑަށް ބަލައިލެވުނީ ގަބޫލް ކުރަން ދަތި ގޮތަކަށެވެ. އަހަރެން ދެފައި ގަނޑުވެފައި ހުރީއެވެ. އެ ވަގުތު އެހެން ކުދިން އެ މީހުންގެ ނަތީޖާ އަށް ފަހްރުވެރިވާ ވާހަކަ ބުނަމުން ދިޔަ އަޑު އަހަންނަށް އިވެމުން ދެއެވެ. ނަމަވެސް އަހަންނަށް މިއަދު ބުނެވޭނީ ކީކޭ ހެއްޔެވެ.؟ މަޑު ފިޔަވަޅު ތަކެއްގައި ކުރިޔަށް ހިނގަމުން ދިޔައީ […]