ކަޅުކުލައިގެ ފެރާރީ ކާރުން ނުކުތް ޒުވާނާއަށް އެތަކެއް ނަޒަރުތަކެއް ހުއްޓިފައިވެއެވެ. ބައެއް މީހުންގެ ދެލޯ އެ ރީތި ސޫރައަށް ތައުރީފުކުރަމުން ދިޔައިރު އަނެއްބައި މީހުންގެ ދަހިވެތި ނަޒަރު އެ ޒުވާނާގެ ރީތިކަމަށް ހުއްޓެމުންދިޔައެވެ. ނަމަވެސް މިއިން ކަމަކާ މި ޒުވާނާ އަޅާލިހެނެއް ހީޔެއްނުވެއެވެ. އާދަވެފައިވަނީ ކަންނޭގެއެވެ. ކާރުގެ ދޮރުޖަހާލަމުން އެޒުވާނާ ހިނގައިގަތީ ކުރިމަތީގައިހުރި ކަޅާއި ހުދުކުލައިގެ ފަންސަވީސްބުރީގެ ހޮސްޕިޓަލްތެރެއަށް ވަންނާށެވެ. އެހާދުރުންވެސް އެ ހޮސްޕިޓަލުގެ ދަޅަ ދުރަށް ވިދަމުން ދިޔުމުން އެއީ ބިއްލޫރިކަން ކޮންމެ މީހެއްގެ ހަވަނަ ހިއްސު ދެނެގަންނާނެކަން ގައިމެވެ.
ލައިގެންހުރި ކަޅުކުލައިގެ ޖިންސްގެ ޖީބަށް އެއް އަތް ޖަހާލަމުން އަނެއްއަތުން ހަނިކޮއްލެވިފައިވާ ކަޅުކަންގަދަ ކަޅިގެ ތޫނުވިދުވަރާއި، އެ ދެލޮލުން އެހެން މީހުންނަށް ކުރަމުންދިޔަ އަސަރުތަށް ނެތިކޮއްލީ ކަޅުކުލައިގެ އައިނަކުން އެ އަސަރުގަދަ ދެލޯ ފޮރުވާލެވުމުންނެވެ. ހުދުކުލައިގެ ގަމީހުގެމަތިން ކަޅުކަންގަދަ ކޯޓެއްލާފައިހުރުމުން އެޒުވާނާގެ ފިރިހެންވަންތަކަން އިތުރުކޮއްދީފައިވެއެވެ. ކަޅުދެލިކޮޅެއްފަދަ ފަން އިސްތަށިގަނޑު ލައިގެންހުރި އެއްޗީހާއި ގުޅޭގޮތަށް ސްޓައިލް ކޮއްލެވިފައިވުމުން ވަރަށްވެސް ފުރިހަމައެވެ.
ކަރުގައި އަޅާލެވިފައިވާ ކަޅު ޓައި ރަނގަޅުކޮއްލަމުން ބޯއަރިކޮއްލާފައި އިސްތަށިގަނޑުތެރޭގައި އެ ފިރިހެންވަންތަ އިނގިލިތައްހިނގާލިއެވެ. ތުނިކޮށް ނަމަވެސް، ތަރުތީބުކަމާއިއެކު ފަޅާފައިވާ ތުނބުޅިން އެޒުވާނާގެ ރީތިކަން އިންތިހާއެވެ. އެންމެ ރީތި ބައްޓަމަކަށްވާ ތުންފަތުގެ ކުލައިން މީހުން ހައިރާންކުރުވާނެތެވެ. އެޒުވާނާ ހިނގަމުންދިޔަ ފިރިހެންވަންތަ ހިނގުމަށްވެސް އެތައްބައެއްގެ ނަޒަރުހުއްޓުނެވެ. އެންމެހާ ނާދިރު ރީތި ސިފަތައްވެސް އެއްކޮއްލައިގެންހުރި ނުރައްކާތެރިދަރަޖައަކަށް ރީތި ޒުވާނެކެވެ.
ހޮސްޕިޓަލްތެރެއަށް ވަދެގެން ދިޔައިރު ހުރިހާ ސްޓާފުންނަކާ މުވައްޒަފުންގެ ނަޒަރުތައް މިރީތި ޒުވާނާއަށް ހުއްޓެމުން ދިޔަނަމަވެސް އެޒުވާނާގެ މޫނުމަތިން އަސަރެއް ފެނިނުލައެވެ. ފޮނިގޮތެއް ހުރީބާއެވެ. ހިނިތުންނުވިތާގައި އެންމެ ކުޑަމިނުން ބަލާވެސްނުލިއެވެ. މުޅި އޮފީހަށް ވެރިވެފައިވާ ފުން ހަމަހިމޭންކަމުގެ ތެރެއިން އިވެމުންދިޔައީ އެ ޒުވާނާ ފިޔަވަޅުނަގާ އަޑެވެ. އެ ޒުވާނާ ލިފްޓަށް އަރައި ދެފަރާތަށް ކެހިފައިވާ ދޮރު ލެއްޕުމާއެކު މުޅިތަން އަޑުގަދަވެގެން ދިޔައިރު ކޮންމެ މީހެއްގެ ދުލުކުރީގައިވެސް ވަނީ އެޒުވާނާގެ ރީތިކަމުގެ ވާހަކައެވެ.
ކެބިންއަށް ވަދެވުމާއެކު ބަންލާފައި ދޮރުޖަހާލިއިރު އެ ޒުވާނާގެ އަތްވަނީ މުއްކަވާލެވިފައެވެ. ނަމަވެސް ހަމަޖެހެން މަސައްކަތްކުރަމުން މޭޒު ވަށާލަމުންގޮސް އެ ޒުވާނާ ހުދުކުލައިގެ ގަމީހުގެމަތިން ލައިގެންހުރި ކަޅުކުލައިގެ ކޯޓު ބާލާފައި ބޮޑު ލެދާރ ގޮނޑީގައި އަޅުވާލިއިރުވެސް ހުރީ ކަޅުކަންގަދަ އެ ވަރުގަދަ ބުމަ ގޮއްޖަހާލައިގެންނެވެ. ގޮނޑީގައި އިށީންނަމުން އެއްއަތުން ކަރުގައި އަޅާލެވިފައިވާ ޓައީއަށް ކުޑަ ދޫކަމެއް ގެންނަމުން އެ ޒުވާނާ އެބޮޑު ގޮނޑީގެ ތެރެއަށް އޭނާގެ ހަށިގަނޑު ދޫކޮއްލަމުން އެދިގު އެހާމެ ބޯ އެސްފިޔަތައް ލައްޕާލީ ކަޅުދެލިކޮޅެއްހާ ތޫނުވިދުވަރުލީ ކަޅި ފޮރުވާލަމުންނެވެ. ނަމަވެސް ކުއްލިއަކަށް ދަތްތައް ކާރުވައިގަންނަމުން މުއްކަވާލެވިފައިވާ އަތުން ނިކަން ބާރަށް މޭޒުމަތީގައި ޖަހާލިއިރު މުޅި މޭޒުވެސް ގުޑިގެންދިޔައެވެ.
“ޔާން..ތި ރުޅިގަނޑު މައިތިރި ކޮއްބަލަ…އަދި މީ ފުރަތަމަ ދުވަހެއްނު ހޮސްޕިޓަލްއަށް އައި…މިހާރު ގޭގަކޮން ހަނގުރާމައެއް ކޮއްފަތިއައީ؟..” ހުއްދަހޯދުމެއްނެތި ޔުނާންގެ ކެބިންއަށް ވަތް ޒުވާނާ ދެފަރާތަށް ބޯހަލުވާލަމުން ރުޅިގަނޑު މައިތިރި ނުކުރެވިފައިއިން ޔުނާން ފެނުމުން އަހާލިއެވެ.
ބަލާބެލުމަށް މިޒުވާނާވެސް ވަކި ހުތުރެއްނޫނެވެ. އިސްތަށިގަނޑު ކުރުކޮށް މިޒަމާނުގެ ސްޓައިލަކަށް ކޮށާލެވިފައިވާއިރު ހުރީ މަޑު ބްރައުން ކުލައެއްގައެވެ. އެ ޒުވާނާއަށް ލިބިފައިވާ މަޑު މުށިކުލައިގެ ދެލޮލުންނާއި ހަމުގެ ކުލަ އެޒުވާނާއާ ވަރަށް ގުޅެއެވެ.
“މިޔަދުވެސް ދޮންމަންމަ ބުނެގެން ޑޭޑް އެއްކަލަ އަންހެންކުއްޖާ ގެއަށް ގެންނަން ދައުވަތުއަރުވައިގެން އެ އުޅެނީ…ދޮންމަންމަ ބުނެއްޖެއްޔާ ގުރުބާންވާން ވެސް ޑޭޑް ހުންނަވާނީ ތައްޔާރަށް…” ދަތްތައް ކާރުވައިގަތްއިރު ރުޅިގަނޑު މައިތިރިނުކުރެވިފައި އިނދެ ޔުނާން އެހެން ބުނިއިރު އަނެއްކާވެސް މުއްކެވިފައިވާ އަތުން މޭޒުމައްޗަށް އެތިފަހަރެއް ވީއްލާލިއެވެ.
ޔުނާންގެ ވާހަކަ އަޑުއަހަން ހުރި ނަހީކްގެ ގާތަށަ ނުލަފާ ހިންޏެއްއައި ނަމަވެސް ހިނިގަނޑު ހިނދާލަން މަޖުބޫރުވީ ޔުނާން އޭނާ ފަންސަވީސްވަނަ ފަންގިފިލާއިންވެސް ތިރިއަށް ހޫރާލަން ފަސްނުޖެހޭނެކަން އެނގޭތީއެވެ.
“އަދި ތިންދުވަސްވެސް ނުވެ މި އުޅެނީ ޔާން މާލެ އައިތާ…ހާދަ އަވަހަކަށް…” ސީރިޔެސް ގޮތެއް މޫނުމައްޗަށް ވެރިކުރުވަމުން ނަހީކް ބުންޏެވެ.
“ހެއި ޔާން..މަންމާ!!!..” ކުއްލިއަކަށް ކޮޓަރިއަށް ވަތް އިތުރު ޒުވާނަކު ބުނެލީ ދެލޯ ބޮޑުކޮއްލަމުންނެވެ.
ކޮނޑަށްވުރެ ކުޑަ ތަންކޮޅެއް މައްޗަށް ކޮށާލެވިފައިވާ ކަޅުކަންގަދަ ބުޅި އިސްތަށިގަނޑުވަނީ ރީތިގޮތަކަށް ފުނާއަޅާލެވިފައެވެ. ބޮޑު ދެލޮލަކާއި، ހެޔޮވަރުވަރެއްގެ ދިގުމިނަކާއެކު ބައިމަތިފުޅާ ހަށިގަނޑެކެވެ. އެދެލޮލުގައިވާ ވިދުވަރަކުންނާއި އެ ތުންފަތްމަތިން އަބަދުމެ ފާޅުވާ ފިރިހެންވަންތަ އެހާމެ ހިތްހެޔޮ ހިނިތުންވުން އެތައްމީހުންގެ ދުވަހެއް އުޖާލާކޮއްދެއެވެ.
“ކޮބާ މަންމަ؟…ޕިސް ޕިސް…އެއީ މަންމައެއް ނޫނޭ ދާން..އެއީ ޔާން އޭ..” އީދާން މަންމާއޭ ބުނުމުން ނަހީކް ކެބިންގެ ތެރެއަށް އަވަސް ނަޒަރެއްދިނެވެ. އެތަނުން އޭނާއާ އީދާން އަދި ޔުނާންގެ އިތުރުން އެހެން މީހެއް ފެންނަން ނެތުމުން ނަހީކް އީދާންގެ ނަޒަރު ޔުނާންއަށް ހުއްޓިފައިހުރުމުން ބުނެލިއެވެ.
“ސުބުހާނައް ﷲ..ޔާންގެ ކަންފަތުން ދުންއަރަން ފެށިތަ؟..” ތުންފަތުގައި ޝަހާދަތް އިނގިލި ޖައްސާލަމުން ދެލޯބޮޑުކޮއްލާފައި އަމިއްލަ ނަފްސާއި ސުވާލުކުރި ފަދައަކުން އީދާން ބުނެލީ ތަންކޮޅެއް މަޑުންނެވެ.
ނަމަވެސް ކައިރީގައިހުރި ނަހީކްއަށް ވަރަށް ސާފުކޮށް އެއަޑު އިވުނެވެ. ކޮންޓްރޯލުން ނެއްޓިގެންދިޔަ ނަހީކްގެ ހުނުމުގެ އަޑު މުޅި ކެބިން ތެރޭގައި ގުގުމާލައިގެންދިޔައެވެ. ނަހީކް ހޭން ފެށިއިރުވެސް އީދާންހުރީ އެސުވާލަށް ފެތޭނެ ޖަވާބަކާމެދު ވިސްނާންށެވެ.
“ދުންނާރާވަރުތަ…މިހާރު އޭނީ ގޮވަން ކައިރިވެފަ…އެއްކަލަ އަންހެންކުއްޖާ މިޔަދު ގެޔަށް ގެނެސްގެން އުޅޭތީވެ އޭނީ މުޅި ދުވަސް ހަރާބުވެފަ…” ނަހީކް ހިނިގަނޑު ކޮންޓްރޯލްކުރަމުން އީދާންއަށް ވާނުވާކިޔާދިނެވެ. ވާނުވާއެނގުމާއެކު ތަންކޮޅެއް ދަމާލާފައި އީދާންއަށް ބުނެވުނީ ” އޯވްްހް ” އެވެ. ޔުނާން ކައިރީގައި މަޑުކޮއްލަމުން އީދާން ޔުނާން ކޮނޑުމަތީގައި ޖަހާލިއެވެ.
“މޭން..އަޅާނުލާބަލަ..އެ އަންހެނާއަކީ އަދި އަޖައިބެއްކަހަލަ މީހެއް..ހަތް އަޖައިބަށް އިތުރުކޮއްލާނެ އިތުރު އެއް އަޖައިބެކޭ އަހަރެން ބުނާނީ..އެހެންނު ދޯ..” ވަރަށް ވިސްނަން ހުރެފައި އީދާން ބުނެލީ ދެލޯ ބޮޑުކޮއްލާފައެވެ. ނަހީކް ހޭންފެށިއިރު ޔުނާން އަޅާވެސްނުލާ އެއިންގޮތަށް އިނީ މޫނުމަތިން އަސަރެއްގެ ހިސާބުވެސް ދައްކާނުލައެވެ.
ހޮސްޕިޓަލްގައި ފުރަތަމަ ދުވަސް ކަމުން ޔުނާންއަށް އެހާ ގިނަ މަސައްކަތެއް ކުރާކަށް ނުޖެހުނެވެ. މިޔަދު ހަތަރުދަމުހެން ހޮސްޕިޓަލުގެ އަންހެންކުދިންގެ ތުންފަތްމަތީގައިވަނީ ޔުނާންގެ ނަމެވެ. އުމުރުން އެންމެ ފަންސަވީސްއަހަރުގައި އޮޕަރޭޝާން ޑޮކްޓަރަކަށް ވެފައި އެހުންނަ ނުރައްކާތެރި ރީތިކަމަކުން މިހާރު ޔުނާންވަނީ މި ހޮސްޕިޓަލުގެ ވިދާ ތަރިކަމުގައި ވެފައެވެ. މި ހޮސްޕިޓަލުގެ ވެރިމީހާގެ ދަރިއަށްވުމުން އެންމެންހެންވެސް ޔުނާންއަށް އިތުރުވެފައިވާ ޝައުގުވެރިކަން ބޮޑެވެ. ޔުނާންއަކީ މިޔަދު ހޮސްޕިޓަލަށްއައި އައު ޑޮކްޓަރަކަށްވުމުން މީޓިންގ އެއް ބާއްވަންޖެހުނެވެ.
ބްލޫމްސް ހޮސްޕިޓަލްއަކީ މުޅި ރާއްޖޭގައިވެސް އެންމެ ނަން މަޝްހޫރު އެއް ހޮސްޕިޓަލެވެ. “ބްލޫމްސް” އޭ ބުނުމުން އެ ހޮސްޕިޓަލާއި އެއީ ކޮންބައެއްކަން ނޭނގޭނީ ވަރަށްވެސް މަދުބަޔަކަށެވެ. އިނގިލިތަކުން ގުނާލެވޭހާ މަދުވާނެކަން ގައިމެވެ. ބްލޫމްސް ހޮސްޕިޓަލް އަކީ ރާއްޖޭ މީހުން ބުނާގޮތުގައި އަދި އަތްނުފޯރާ ފަށަށް އަރާނޭ އެއް ބައެކެވެ.
ތިންގަޑިއިރުގެ ދިގު މީޓިންގް އަކަށްފަހު ޔުނާން އޮފީހުގެ މައިދޮރުން ނުކުންނަމުން ކާރު ޕާކުކޮއްފައި އޮތް ދިމާލަށް މިސްރާބުޖެހީ ކާރު ތަޅުދަނޑިފަތި ޝަހާދަތް އިނގިތެރޭގައި އަނބުރަމުންނެވެ. އޭރުވެސް މަގުމަތީގައި ހަރަކާތްތެރިވަމުންދާ ގިނަބައެއްގެ ލޯތައް ޔުނާންއަށް ހުއްޓެމުންދިޔައީ އާއެއްޗެއް ލޮލަށް ފެނުމުންހެންހީވިއެވެ. މަގުމަތީގައި އޭނާއާދިމާލަށް މީހުންތައް ބަލަމުންދިޔަގޮތުން ހީވަނީ ލޮލުންކާލަފާނެހެނެވެ. ޔުނާން ގާތަށް ހިނިއައެވެ. ބަލަނާވަރަކަށް ބަލާލައިގެން ހިތްހަމަޖައްސައިލާށެވެ. އެއަށްވުރެ މައްޗަށް ދާންއުޅެއްޖެނަމަ އަނދާއަޅިއަށްވެދާނެއެވެ. ކަމެއް ހަނދާންވިފަދައަކުން ޖީބުން ފޯނުނަގާފައި ނަންބަރަކަށް ފިތާލިއެވެ. އެކޮޅުން ކޯލަށް ރިސީވް ކުރަންދެން ޔުނާން ހިނގަމުންދިޔައީ ފޯނާ ނަޒަރުވަކިކޮއްލުމެއްނެތިއެވެ.
ކާރާއި ފުދޭވަރަކަށް ކައިރިއަށް ދެވުނުފަހުން ޔުނާން ސިހުނީ މީހަކު ވަރަށް ބާރަށް ގައިގައި ޖެހިގަތުމުންނެވެ. އަތުގައި އޮތް ފޯނު މާދުރަށް ވިއްސައިގެން ދިޔައިރު އޭނާގެ ގައިގައި ޖެހިފައި ވެއްޓެންދިޔަ އަންހެންކުއްޖާ ވިއްސައިގެން ދިޔުމުގެ ކުރިން ޔުނާން އެ އަންހެންކުއްޖާގެ ހިމަ އުނަގަނޑުގައި އޭނާގެ ފިރިހެންވަންތަ އަތް ވަށާލަމުން އެ އަންހެންކުއްޖާ ޔުނާންއާ ގާތަށް ދަމާލިގޮތުން އެ ކުއްޖާގެ މޫނުޖެހުނީ ޔުނާންގެ ތަނަވަސް މޭމަތީގައެވެ. ހަމަ އެވަގުތު ޔުނާންގެ ތުންފަތްޖެހުނީ އެ އަންހެންކުއްޖާގެ އިސްތަށިގަނޑުގައެވެ. ޖެހުނުހެން ހީނުވެ އެ އަންހެންކުއްޖާ އަވަސް ހަރަކާތަކާއެކު ޔުނާންގެ އަތުތެރެއިން ނިކުންނަން އުޅުނުވަގުތު ފަސްއެނބުރި ފަހަތް ބަލާލަން ބޯ އަނބުރާލީ ފުދޭވަރެއްގެ އަވަސް ހަރަކާތަކާއެކުގައެވެ. އެވަގުތު އެ އަންހެންކުއްޖާގެ ބޯ ޖެހުނީ ޔުނާންގެ ދަތްދޮޅީގައެވެ. ނަމަވެސް ޔުނާންއަށް ތަދު އިޙުސާސް ނުވާފަދައެވެ. ނޫނީ ތަދުވިއެއްކަމަކު ޔުނާން އަޅާނުލީއެވެ. އެ އަންހެންކުއްޖާ އޭނާގެ އަތުތެރެއިން ނުކުންނަން ގަދަހަދަމުންދިޔައީ ފަސްއެނބުރި ފަހަތް ބަލަމުންނެވެ. އެބޮޑު ދެލޮލުގެ ތެރޭގައިވާ އަޅިކުލައިގެ ބިއްލޫރިކޮޅެއްފަދަ ކަޅި ހިމާޔަތްކުރުމުގައި ކަޅުކަންގަދަ ބޯ އެސްފިޔަތައް ހަރަކާތްތެރިވަމުންދިޔައެވެ. ބައްޓަން ރީތި ދިގު ނޭފަތްވަނީ ރަތްވެފައެވެ. ރީތި ބައްޓަމެއްގެ ދޮން މޫނުމަތީގައި ދާތިކިތައް ބަބުޅަމުންދިޔައިރު ކުޑަ ރަތްކަމެއް ވެރިވެފައިވާ މޫނުގެ އެއްފަޅި ފޮރުވާލެވިފައިވަނީ މިނިވަންކަމާއެކު ދޫކޮއްލެވިފައިވާ ކަޅުރޭގަނޑެއްފަދަ އިސްތަށިގަނޑުންނެވެ. އެއްވެސް މޭކަޕެއް ނެތް ރީތި ތުންފަތުގައި ކުދި އަންނާރުތަކެއްފަދަ ހުދު ދަތްތަކުން ތުންފަތުގައި ދަތްއަޅާލިލެއް ބާރުކަމުން އެ ތުންފަތުން ލޭތައް އޮހޮރިގެންފާނެކަހަލައެވެ.
އެ އަންހެންކުއްޖާ އަދިވެސް މަސައްކަތް ކުރަމުންދިޔައީ ޔުނާންގެ އަތުތެރެއިން ނުކުމެވޭތޯއެވެ. އެ އަންހެންކުއްޖާގެ އުނަގަނޑުގައި ވަށާލެވިފައިވާ ޔުނާންގެ އަތް އިތުރަށް ބާރުވެގެންދިޔައެވެ. ދެން ޔުނާން ހަދާލިގޮތަކުން ކާރުގައި އެ އަންހެންކުއްޖާގެ ބުރަކަށިޖެހިފައި ޔުނާންއާ ކާރާއި ދޭތެރޭގައި އެ އަންހެންކުއްޖާ ފިތިގެންދިޔައެވެ. ރުޅިވެރި ނަޒަރަކުން ޔުނާންއާ ދިމާލަށް ބަލާލިއިރު އެ ބޮޑު ދެލޮލުގައި ކަރުނަތިކިތައް ގިނަވެފައިވެއެވެ.
“ހަމަ މިހާރު ދޫކުރޭ! ” އެ އަންހެންކުއްޖާ ޔުނާންއަށް އަމުރުކުރީ ލޮލުން ވެއްޓުނު ކަރުނަތިކި ފޮހެލާފައި ޔުނާންގެ ކަޅުކަންގަަދަ ތޫނު ދެލޮލާ ހަތަރުކަޅި ހަމަކޮއްގެންހުރެއެވެ. ޔުނާންއަށް ހައިރާންކަމެއްލިބުނެވެ. އަންހެންކުއްޖަކަށް އިސްއުފުލާލައިގެންހުރެ އޭނާއާ ވާހަކަދައްކާކަށް ނުކެރޭނެއެވެ. ނަމަވެސް މި ނާޒުކު އަންހެންކުއްޖާ އޭނާއަށް އެ އަމުރުކުރީ އޭނާގެ ލޮލާ ހަތަރުކަޅި ހަމަކޮއްގެންހުރެއެވެ. އެ ދެލޮލުން ޖެހިލުންވުމުގެ އަސަރު ފެނުނުގެ ބަދަލުގައި ޔުނާންއަށް ފެނުނީ ރުޅިވެރިނަޒަރެކެވެ. ދުވަހަކުވެސް މީހަކު އޭނާއަށް އަމުރެއްކޮއްފައެއް ނުވެއެވެ. ނަމަވެސް މި އަންހެންކުއްޖާގެ މިކެރުންތެރިކަން ފެނިފައި ޔުނާން ހައިރާންކުރުވިއެއްކަމަކު މޫނުމަތިން އަސަރެއްގެ ހިސާބުވެސް ދައްކާނުލައެވެ
“މާފަށް އެދޭ!..” އެ އަންހެންކުއްޖާގެ ކަންފަތާދިމާލަށް ގުދުވެލަމުން ޔުނާން ބުނެލިއެވެ. ބޮޑަށް ހީވީ ހަރުކަށި އަމުރެއްކޮއްލި ހެންނެވެ. ޔުނާން އެހެން ބުނުމުން އެ އަންހެންކުއްޖާ ޔުނާންގެ ދެލޮލަށް ބަލާލީ އަސަރެއްނެތް ގޮތަކަށެވެ.
“ނޫން..”
“މާފަށް އެދޭ!..” ޔުނާން އަނެއްކާވެސް ތަކުރާރުކޮއްލިއެވެ. އޭރު ޔުނާންގެ ގޮތް އެގޭ، އޭނަގެ ބައެއް ރައްޓެހިން ތިބީ ޔުނާން ރުޅިއައިސްދާނެތީވެ ނޭވާ ހިފަހައްޓާލައިގެން މަންޒަރުބަލާށެވެ.
“އަޑު ނީވެނީތަ…ނޫންން..” މިފަހަރުވެސް އެ އަންހެންކުއްޖާ ބުނެލިއެވެ.
ދެފަރާތަށް ބޯ ހަލުވާލަމުން އިސްތަށިގަނޑުގައި އަތުން ފުނާއަޅާލިއިރު ކަތުރުކަށިގަނޑަށް ވާންވެގެން ދިޔުމުން ޔުނާންގެ ފިރިހެންވަންތަކަށް އިތުރުވެގެންދިޔައެވެ. ފުންނޭވާއެއްލަމުން އެ އަންހެންކުއްޖާގެ ކޮނޑާ ގާތުން ކާރުގައި ދެއަތް ވިއްދާލަމުން ޔުނާން އެ އަންހެންކުއްޖާގެ މޫނާ އެއްވަރަށް ގުދުވެލިއިރު އެ ދެލޮލުން ފެނުނީ ނުރައްކާތެރިވިދުވަރެކެވެ. ނަމަވެސް އެ އަންހެންކުއްޖާ ޔުނާންއާ ހަތަރުކަޅިހަމަކޮއްލީ ޖެހިލުމެއްވެސްނެތިއެވެ.
ޖެހިލި ފިނި ވައިރޯޅިއަކާއެކު އެ އަންހެންކުއްޖަގެ މޫނުގެ އެއްފަޅި ފޮރުވުމުގައި އެހީވަމުންދިޔަ ކަޅުރޭގަނޑެއްފަދަ ފަން އިސްތަށިގަނޑު ވިހުރިލައިގެން ދިޔަ ވަގުތު ޔުނާންއަށް އެ މޫނު ރީއްޗަށް ފެނުމުން އެދެލޮލުން ހައިރާންކަމުގެ އަސަރުފެނިގެންދިޔައެވެ. އެ އަންހެންކުއްޖާގެ ކޯތާފަތްމަތީގައި އިން ފަސް އިނގިލީގެ ނިޝާން ޔުނާންއަށް ވަރަށް ރީއްޗަށް ފެނުނެވެ. އެ އަންހެންކުއްޖާ އަވަސް ހަރަކާތަކާއެކު އިސްތަށިގަނޑުން މޫނުގެ އެފަޅި ފޮރުވާލަމުން ޔުނާންއާ ދިމާލަށް ބަލާލަމުން ދެބުމަގޮއްޖަހާލިއިރު އެ ދެލޮލުން ރުޅިވެރިކަމުގެ އަސަރު ފެންނަންހުއްޓެވެ.
“ދޫކުރޭ!!!..”
“މާފަށް އެދޭ!!.” ދެލޮލުގައިވާ ހައިރާންކަން ނައްތާލަމުން ޔުނާން ބުންޏެވެ. ނޫނެކޭ ބުނަމުން އެ އަންހެންކުއްޖާ ޔުނާންގެ ފަހަތް ބަލާލިވަގުތު އެމޫނުމަތިން ފެނުނު ހާސްކަމުގެ ކުލަވަރުންނާއި ޔުނާންގެ އަތުތެރެއިން ނުކުންނަން ތެޅިގަތްގޮތުން ކަމެއް ގޯސްވެއްޖެކަން ޔުނާންގެ ވިސްނުންތޫނު ސިކުނޑިއަށް ނަގައިގަނެވުނެވެ. ފަސްއެނބުރި އެ އަންހެންކުއްޖާގެ ނަޒަރު ހުއްޓިފައިވާ ދިމާލަށް ނުބެލިއެއްކަމަކު ކާރުގެ ކަޅުކަންގަދަ އޮފު ބޭރުބަލާ ބިއްލޫރިގަނޑުން އޭނާއަށް އެ މަންޒަރު ވަރަށް ސާފުކޮށްފެނުނެވެ.
އެ އަންހެންކުއްޖާ ގަދަހަމުންދިޔަވަރަކަށް ޔުނާންއަށް ޖެހުނީ އެ އަންހެންކުއްޖާ އޭނާގެ އަތުން ވީއްލިގެން ނުދާވަރަށް ހިފަހައްޓާށެވެ.
“ދޫކޮއްބަލަ..އެ މީ..” ބުނަން އުޅުނު ޖުމުލަ ހުއްޓަމުން އެ އަންހެންކުއްޖާ ޔުނާންގެ އަތުތެރެއިން ނުކުންނާން ގަދަހަދަމުންދިޔައީ މަރަށް ތެޅިފޮޅެމުންދިޔަ މީހަކުފަދައިންނެވެ.
ޔުނާންއަށް އެ އަންހެންކުއްޖާ ހިފެހެއްޓުންވީ އުނދަގޫކަމަކަށެވެ. ކުއްލިހަރަކާތަކާއެކު ޔުނާން ކާރުގެ ކުރީ ސީޓު ދޮރުހުޅުވާލުމާއެކު އެ އަންހެންކުއްޖާއަށް އެތެރެއަށް ވަނުމަށް ހަރުކަށިކަމާއެކު އަމުރުކުރިއެވެ. އެ އަންހެންކުއްޖާ ކާރަށް އެރުމަށް ދެކޮޅުހެދުމާއެކު ޔުނާންގެ ރުޅިގަނޑު ހަމައިންނައްޓައިގެންދިޔައެވެ. އެ އަންހެންކުއްޖާގެ އަތުގައި ހިފަމުން ކާރުގެ ފަހަތު ސީޓައް އަރާށޭ ބުނެލިއިރު ހުރީ ދަތްކުނޑި ވިކާލައިގެނެވެ. ނަމަވެސް އޭނާ ސިހުނީ އެ އަންހެންކުއްޖާ ހަރަކާތްހުއްވެގެން އޭނާގެ އަތް މައްޗަށް ދެމުމުންނެވެ.
އެ އަންހެންކުއްޖާ އޭނާގެ އަތް މައްޗަށް ދެމުނު ވަގުތު އެ ލޮލުން ފެނުނު އާދޭހާއި ހިތްދަތިކަމާއެކު ދެލޯމެރުނު ވަގުތު ކޯތާފަތްމަތިން ތިރިޔަށް ދެމެމުންދިޔަ ކަރުނަތިކި ޔުނާންއަށް ފެނުނެވެ.
ނުނިމޭ –
ނޯޓް: މިއީ އަޅުގަނޑު މި ސައިޓްއަށް އަޕް ކުރާނެ ދެވަނަ ދިގު ވާހަކައެވެ.
21751 Comments
Comments are closed.
malsamalkkomal
February 13, 2020 at 8:54 pmSalaam readers..mi othey mal ge 2nd long story ge first part up kollaafa..mi vaahakaige nan meenee change kohfa nge..kureega innaanee “heyvey kalaa dheke loabivevyhen” mihaaru change kuree ” hithuge konme vindhehgai” hope you all will like this part too..feel free to comment your viwes..positive and negative comments are welcomed..mi story ah vx Waanan Umurah ah libunu gothah tharuheebu libyne kamah ummeedhukuran
love ya all
nyts:)
nash
February 13, 2020 at 9:01 pmyeyyyyyyyyyy me first dhw
v reethi keep it up mallooooooooo
malsamalkkomal
February 13, 2020 at 9:07 pmYes. Thanks nash!
AR
February 13, 2020 at 9:09 pmV reethi maashaa Allah dearii.. ❤❤
Malsa Moosa
February 13, 2020 at 10:25 pmThankx AR
RASH
February 13, 2020 at 9:18 pmvvvvvvvvvv salhi hama habeys keep it up dhn konndhuvahakun next part up kuraanee
Malsa Moosa
February 13, 2020 at 10:26 pmthanks rash..dhen anna honihiruga
yaash
February 13, 2020 at 9:26 pmvvv reethi…❤❤❤❤ im waitting 4 next part..keep it up…
Malsa Moosa
February 13, 2020 at 10:26 pmthankx yaash
Yanaa
February 13, 2020 at 10:03 pmvarah varah varah reethi💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕 maa sha Allah❤❤❤❤❤❤❤
❤❤❤❤❤❤❤❤❤❤❤❤❤
waiting for the next part💞💞💞💞💞💞💞💞💞💞💞💞💞💞💞
ly mal💋💋💋💋💋💋💋💋💋💋
Malsa Moosa
February 13, 2020 at 10:27 pmthankx yanaa
Kairaa
February 13, 2020 at 10:09 pmVarah varah varah reethi😘😘😘😘😘😘😘😘😘😘😘😘whn nxt….waiting..miss u nd ly mal…aslu keehve yo name change kuree mal….ehchekey hee nukurahchey hama ahaalee ingey mallu…
malsamalkkomal
February 13, 2020 at 10:30 pmthankx kai..dhen anna honihiruga..miss u 2..heh..hama change kohllaa hiyy vi…personal kan kan fiyava u can ask me anything enge..mal ehcheky heenukuraanan ;).
💗P-I-N-K__😍__M-O-N💗
February 13, 2020 at 11:36 pmMalsa . V reethi ❤️❤️🧡💜💙💚💜💚❤️❤️❤️🧡💛💛💚💚💙💜💙💜💙💜💚💜💜🧡💜💙💕💙💚💙💜💙 Hama habeys 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍. Alhe dhen Anna part mi ahvure than kolheh dhigunkohlahchey. Aslu vaagothaky kiyaa hihvefa innaleh bodukamun . Ingey . Good luck with this story
Malsa Moosa
February 14, 2020 at 2:10 pmThankx pink..heh..yupe..I’ll try enge..tc😊
Meekkomee
February 14, 2020 at 12:30 amWow 😍😍😍😍 story feshun omg it’s awesome 😍😍😍😍 waiting 4 the next part 😊😊 luv yeahhhh ❤️😘😘❤️❤️❤️😘🥰🥰🥰😍
Malsa Moosa
February 14, 2020 at 2:11 pmThankx meekk..ly😘
magnumm
February 14, 2020 at 7:50 amOh malangandu😘vrh vrh salhi ngeyy feshun💕😊waiting for the nextu moyayaa😛lav yaaaa❤
Malsa Moosa
February 14, 2020 at 2:12 pmThankx bro..malangandhu nukiyaba 😂😂..its soo funny..ly 2😘
Dhonthy
February 14, 2020 at 10:07 amAwlhey malloo. V reethi😍😍😍❤️❤️❤️ kondhuvahakun mi vaahaka genesdheynee dear??? Dying to read this. Feeling sad that I cannot upload my own story😢 But I feel happy for you Mallu. Waiting for the story dear. Love you so much. ❤️❤️❤️❤️
Malsa Moosa
February 14, 2020 at 2:13 pmThankx dhonthy..insha allah dhen anna honihiruga..owwn..insha allah varah avahah libeyne lap dhonthi ah..aww.thankx sisiy..ly 2 😘
Haiiiii
February 14, 2020 at 10:16 amWelcome back malko😊❤
Vvvv reethi starting of the story maasha allah
Keep it up dear
Malsa Moosa
February 14, 2020 at 2:15 pmThankx hai..😊
Lamko
February 14, 2020 at 12:54 pmAlheyy my good friend malluuu…this story is amazing….name change kollii dhw….n varah varah reethi….whn next part….waiting for the nxt part….miss yuh sooo muchh…ly😘😘😘❤️❤️❤️👐👏
Malsa Moosa
February 14, 2020 at 10:32 pmthankxl lam😘
♡Maiii♡
February 14, 2020 at 2:52 pmWowwww mal😍😍… story varah reethi. Mal haadha molhey👏👏👏👏❤❤❤❤…. sifa kurunthah vx hama heskiyaafa salhi😘😘. dhen inna bai avahah up kolla dhehchey mallu putty😝😝😜… waiting for it… lwbixx you😘❤❤💔
Malsa Moosa
February 14, 2020 at 10:32 pmawww..thankx maiikko…🖤🖤
Aashy
February 14, 2020 at 5:30 pmwc back mal……i read ur story vaanan umurah ..after that im a bigest fan of u mal❤❤❤and this story is really amaxingg😚😚😚😚waiting for next part………lysm❤❤❤❤
Malsa Moosa
February 14, 2020 at 10:33 pmomg…thank u soo much..🖤
😣
February 14, 2020 at 7:42 pmMishelin haadha faadehgge names eh varah undhagoo kiyan ves between varah salhi vaahaka
Malsa Moosa
February 14, 2020 at 10:34 pmname change kollaanan mishal ahh
Anonymous
February 14, 2020 at 9:35 pmAn udhagoo gotheh hurey dhw…
Mishel
Yashal
reethi 2 name hama.
malsamalkkomal
February 14, 2020 at 10:35 pmmishal ah name change kollaanan
naina
February 14, 2020 at 11:09 pmMishal name varah reethi ingey..
😆
February 14, 2020 at 10:41 pmEy noon mishelin k
Malsa Moosa
February 15, 2020 at 3:26 pmSame
💙
February 15, 2020 at 8:06 amMishal maa boyish
Malsa Moosa
February 15, 2020 at 3:26 pmMishel or mishelin..konmes ennameh..
??????
February 15, 2020 at 12:06 pmEhn viyiru Yashal..
Malsa Moosa
February 15, 2020 at 3:27 pmYashal eii ehen character eh mi vaahakaiga ulhey
ShAaKkO Mi
February 15, 2020 at 2:05 pmMal kihineh vaanee maaany or meesham
❤👌. Btw vv reethi mi part ves…when next seriuosly waiting..😘😘😘👌👌❤❤
malsamalkkomal
February 15, 2020 at 3:28 pmThankx ishh..next saturday ga..mishel or mishelin..konmes eh nameh choose kohbba emmen..i like those 2 names..
malsamalkkomal
February 15, 2020 at 3:29 pmEhemma mishelin okk tha? Or mishel?
Anonymous
February 15, 2020 at 6:15 pmMishelin nice
Kairaa
February 15, 2020 at 6:38 pmMishel….mi name varah reethi
Malsa Moosa
February 15, 2020 at 6:52 pmthanks
Lilly
February 15, 2020 at 10:08 pmMishel
malkko
February 15, 2020 at 6:55 pmthanks ..but i need more comments..than i’ll decide konme namehtho nagan vi..mal ah reethiy mishelin..mishel dhn kk..mi dhe namun emme ginain readers beynun vanee kon nameh tho comment kohleema mal gotheh nimmaanan..
malkko
February 15, 2020 at 7:27 pmSoo..final..mishelin ge badhalhu mishel..mihaa avahah decide mi kuree mirey next part up kollan enge..
Shahu
February 15, 2020 at 9:13 pmWoww vv rythi vaahka😍😍😍😍😍😍😍😍😍😍
malkko
February 15, 2020 at 9:47 pmThankx shahu