Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ތެދުވެރި ލޯބި 15

♡Maii♡ Level 310 Stories100 Comments100 Login
February 5, 2020 3 Mins Read
17 Comments

ގަޔަށް ބޮޑީ ސްޕްރޭ ބުރުވާލާފައި ކޮޓަރިން އީމާ ނުކުތެވެ. ނިކުމެފައި ނާއިޝް އަށް ގުޅިއެވެ. މާގިނައިރު ތަކެއް ނުވެ ނާއިޝް އައިސް އީމާ މެންގޭ ކައިރިއަށް މަޑު ކޮށްލިއެވެ.

__________________________

 

ނާއިޝް އާއި އީމާ ނާއިޝް މެންގެއަށް ގޮސްވަތް އިރު ނާއިޝްގެ މަންމަ ނަރީމާ އިނީ ސިޓިންގ ރޫމް ގައެވެ.

 

”އަހަނ! މިއޮއް އައީ ދޯ ނާއިޝް މެން، މީތަ ދަރިފުޅު ބުނި ކުއްޖަކީ؟”  ނަރީމާ ހިނިތުން ވެލަމުން އަހާލިއެވެ. ނާއިޝް ބޯ ޖަހާލިއެވެ.

 

”ވަދޭ އެތެރެއަށް” ސިޓިންގ ރޫމް އަށް ވަންނަން ނަރީމާ އިޝާރާތް ކޮށްލިއެވެ.

 

އީމާ ލަދުން އިސްޖަހާލައިގެން އެތެރެއަށް ވަނެވެ. އެމަންޒަރު ބަލަން ހުރި ކުޑަ ކުޑަ ނަޝްމާ އަށް ހުރީ ހިނިތުންވެވިފައެވެ. ނަޝްމާ އަކީ ނާއިޝް ގެ ދައްތަގެ ދަރިފުޅެވެ. ނާއިޝްގެ މާބޮޑު އާއިލާ އެއް ނޯވެއެވެ. ނަރީމާ އަށާއި އަލީ އަށް ލިބުނީ ދެކުދިންނެވެ. އެއީ ނައިމާ އާއި ނާއިޝް އެވެ. ނައިމާ އުޅެނީ އަހްމަދު ކިޔާ މީހަކާ އިނދެގެންނެވެ. އަހްމަދަކީ ނަޝްމާގެ ބައްޕައެވެ.

 

”މަންމީ، ޔާޝާ ދައްތަ މިއޮއް އައީ” 3 އަހަރުގެ ނަޝްމާ ބަދިގޭގައި ހުރި ނައިމާ އަށް ގޮވާލިއެވެ. އެއާއެކު އެއީ ތެދެއްތޯ ބަލާލަން ވެގެން ނަޝްމާ ފަހަތުން ނައިމާ ސިޓިންގ ރޫމް އަށް ނިކުތެވެ.

 

”ދަރިފުޅާ ނަޝް. އެއީ ޔާޝާ ދައްތަ އެއް ނޫނޭ އީމާ ދައްތަ އޭ” ނައިމާ ނަޝްމާ ކައިރީގައި މަޑުމަޑުން ބުނެލިއެވެ.

 

ކިތަންމެ މަޑުން ބުންޏަސް އެއަޑު އީމާ އަށް އިވުނެވެ. ”ކީއްވެބާ ޔާޝާ އޭ އެބުނީ؟ އަނެއްކާ އަހަރެން އޮފީހުގައި އުޅޭ ޔާޝާބާ؟ ނޫން އެވާނީ ނާއިޝް މެން ގޯތިތެރެ މީހެއްގެ ވާހަކަ ކަމަށް އެދައްކަނީ” މިކަހަލަ ޚިޔާލުތަކެއްގައި ހުރި އީމާ ސިހުނީ، ނަރީމާ ވާހަކަދައްކަން ފެށުމުންނެވެ.

 

“ދަރިފުޅާ!.ކަންދިމާކުރި ގޮތުން މިހާރު ބައްޕަވީ ތަނަކަށް ގޮސް..މަންމަ ބައްޕައަށް ގުޅާލާނަން. ނާއިޝް ދަރިފުޅު ދޭބަލަ އީމާއަށް ދަރިފުޅުގެ ކޮޓަރި ދައްކާލަން.” ނާއިޝް ބޯޖަހާލަމުން، އީމާ ކައިރީ އޭނައާއެކު އައުމަށް އިޝާރާތްކޮށްލިއެވެ. ނަރީމާއަށް ރީތި ހިނިތުންވުމެއް ދެމުން ނާއިޝް އާއެކު ހިނގައިގަތެވެ.

ކޮޓަރީގެ ދޮރުހުޅުވާލުމުން ނާއިޝްގެ ފަހަތުން އީމާ ކޮޓަރިތެރެއަށް ވަދެ ދޮރުލެއްޕިއެވެ. އެއަށްފަހު މުޅި ކޮޓަރިތެރެއަށް ނަޒަރެއް ދިނެވެ.

 

ހަތަރުފާރުގައި ލެވިފައިވަނީ ހުދުކުލައެވެ. ދޮރާއި އިންވެގެން ތަންކޮޅެއް ދުރުގައި ކިންގ ސައިޒް އެނދެއް ބެހެއްޓިފައި ހުރިއިރު އެނދުގެ ކައިރީގައި ބޮޑު އަލަމާރި އެއް ހުއްޓެވެ.

އެހެންހުރެފައި، ނާއިޝް އޭނާގެ ތުންފަތް އީމާގެ ކަރުދޮށުގައި ޖައްސާލިއެވެ. “ނާއި.މަންމަ އައިސްދާނެއްނު؟” ވައި އަޑަކުން އީމާ ބުނެލިއެވެ. ނާއިޝް އެއަށް ޖަވާބެއް ދޭކަށް ނޫޅުނެވެ. އަވަސްއަވަހަށް އޭނާގެ ތުންފަތް އީމާގެ ތުންފަތުގައި ޖައްސައި، ބާރުކޮށްލިއެވެ. އެއާއެކު ދެހިތުގެ ހިނގުން އަވަސްވެގެންދިޔައެވެ. ދެމީހުމްގެ ނޭވާ ކޮޅަށް ދިޔުމާއެކު އީމާއަށް ދުރަށް ޖެހިލެވުނެވެ.

_____________________________

މަނޫޅެން ދެން މޮޔަ ވާކަށް! މަށަށް ކީއް ޔާޝާ ކޮންމެ ތާކަށް ދިޔަސް. މަށާ ކޮން ބެހޭ ކަމެއް. ހޯދާކައް ވެސް ނޫޅެން” ޝާމް ކޮޓަރީގަ އިނދެ، އަމިއްލަ އަށް ވާހަކަ ދައްކަމުން ދިޔައެވެ.

އަދިވެސް ޝާމް އަކަށް ނުވިސްނެއެވެ. ޝާމް ހިތުން ޝާމް ވަރުގެ ފިރިހެެނެއް ނެތެވެ. ޝަމްރާ ވެސް ކަންތައް ބޮޑުވެފައި ހުންނަނީ ޝާމް އުޅޭ ގޮތާ މެދުއެވެ. ޝައިމަން އަކީ އެކަމް ޝާމްގެ އެއްބަނޑު އެއްބަފާ ބޭބެއެވެ. ޝައިމަން ޝާމް އަށް ވުރެއް އެތައް ހާސް ތަން ރަނގަޅެވެ. މިންހާ އަށް ވެސް އެހާ އަޅާލައެވެ. މަންމަ މެން ހިތްހަމަ ނުޖެހޭ ކަމެއް ދުވަހަކު ވެސް ކޮށްފަ އެއް ނެތެވެ.

* * * * * *

ފިހާރައިގައި އިން އާނިޝް ވިސްނަމުން ގެންދިއައީ ޔަނާލްގެ ލޯބި ވަރަށް އަވަހަށް ކާމިޔާބު ކުރާށެވެ. މިހާރު ކިހާ ދުވަހެއް ވަންދެން ކެތްކުރެވިއްޖެހެވެ؟ މިހާރު ކެތްތެރިކަން ކޮޅުން ލާ ހިސާބަށް ގޮއްސިއެވެ. އިންސާނަކަށް ކެތްކުުުުުުުުުުުުުުުުުުުުުުުުުުުުރެވޭނީ ވަކި ވަރަކަށެވެ.

ރޭގަނޑު ދިހައެއް ޖެހީމަ، ފިހާރަ ތަޅުލާފައި ގެއަށް ވަތްއިރު އަފްރީން އާއި ޔާޝާ އަދި އޭގެ އިތުރުން ޔަނާލް ރީތި ވެގެން ބޭރަށް ދާން ތައްޔާރު ވެގެން ހުއްޓެވެ. އާނިޝް އަށް ރީތިވީ އެތަނުން އާނިޝްގެ ޕްރިންސެސް އެވެ. އެއީ ޔަނާލް އެވެ. ޕެންސިލް ސްކާރޓް ހެދުމެއްގައި ޔަނާލް ހުރިއިރު ބަލާލަން ނުލާހިކު ރީއްޗެވެ.

”ކޮންތާކައް ތިދަނީ ކަލެމެން އެންމެން މާ ރީތި ވެލައިގެން؟” އާނިޝް ސުވާލު ކޮއްލިއެވެ.

”މިދަނީ ޑިނަރ އަކަށް!” އަފްރީން މިހެން ބުނެލަމުން ދޮރުން ނިކުންނަން ހިނގައިގަތެވެ.

 

ރެސްޓޯރެންޓް އަށް ވަދެވުމާއެކު ޔާޝާ ލޮލުގަ އަޅައިގަތީ އެތާ ކޮފީ ބޯން އިން އައިޝަން އެވެ. އައިޝަން ކައިރީގައި އިން ޝަމީން އަކީ ކާކު ކަމެއް ޔާޝާ އަކަށް ނޭނގުނެވެ.

”އޯހް، އެއިނީނުން ޔާޝާ އޮފީހުގަ އުޅޭ އައިޝަން ކައިރީގައި މީހެއް!  އެއީ އަހަރެން ކިޔަވަން ގޮސް އުޅުން އިރު ދިމާވި ވަރަށް ރަނގަޅު ފުރެންޑް އެއް!” އަފްރީން އަށް ހުރީ އުފަލުން ގޮސް ކިރިޔަ ކިރިޔާއެވެ.

ޝަމީން އާއި އަފްރީން ކިޔަވަން ގޮސް އުޅުނީ އެއްތާކުއެވެ. އެތަނުގައި އުޅެމުން އެކަކު  އަނެކަކަށް ދިމާވާ ހުރިހާ ވާހަކަ އެއްވެސް ދެމީހުން ދެމީހުނަށް ކިޔައިދެއެވެ.

”އަސްލުތަ؟ އަފޫ އާ ވަރަށް ގުޅޭ” ޔާޝާ ބުނެލިއެވެ.

”ހޭއި ގާރލް…. އަހަރެން ނާހަމެންނު ގުޅޭ ހެއްޔެކޭ. އެހެންނޫނަސް އަހަރެންނަށް ހީވަނީ އަހަރެން ހެން އެހެން ބުނަން ޖެހޭނީ،،،، ބިކޯޒް އައިޝަން ލަވްސް ޔޫ، ބަޓް ޔާޝާ ކީއްވެ ގަބޫލު ނުކުރަނީ އައިޝަން ލޯބިވާކަން؟؟؟؟ ހުރިހާ ބޯއީސް ނުވާނެ އެއްގޮތެއް” އަފްރީން ޔާޝާ އާ ދިމާ ކޮށްލިއެވެ.

”ހައްހައްހައް” ޔަނާލް އައްވެސް ހެވުނެވެ.

އަފްރީން ބުނި އެއްޗާ މެދު ޔާޝާ އަށް ވިސްނާލެވުނެވެ. ”އައިޝަން ހަޤީގަތުގައި ވެސް އަހަރެން ދެކެ ލޯބި ވަނީހެވެ؟ ނޫނީ އައިޝަން ވެސް އެއީ ޝާމް އަދި ނާއިޝް ކަހަލަ މަކަރު ވެރިއެއް ހެވެ؟ އައިޝަން އަހަރެން ދެކެ ވަނީ ހަޤީޤީ ލޯބިތޯ ސާބިތު ނުވަނީހެއް އަހަރެން ގަބޫލެއް ނުކުރާނަމެވެ.” އަމިއްލަ ހިޔާލަށް ގެއްލިފައި އިން ޔާޝާ ސިހުނީ ކުރިމަތީގައި ހުރި މީހާ ގޮވާލުމުންނެވެ.

”އެކްސްކިއުޒް މީ”

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

♡Maii♡

Level 310 Stories100 Comments100 Login

??

Other Articles

Previous

ހީވޭ ހިތް ބުނާހެން 4

Next

ނޭދެން ވަކިވާކަށް (8)

Next
February 5, 2020

ނޭދެން ވަކިވާކަށް (8)

Previews
February 4, 2020

ހީވޭ ހިތް ބުނާހެން 4

17 Comments!

  1. ShAaKkO Mi says:
    February 5, 2020 at 6:49 pm

    Maiii vv reeethi ingey

  2. Kairaa says:
    February 5, 2020 at 9:21 pm

    Woww…varah reethi mi part vx….waiting for the nxt part….btw first dhw…..nxt part dhigukohllahchey….ly maii

    1. ♡Maiii♡ says:
      February 6, 2020 at 8:40 pm

      Thanks kai. yh try kuraanan dhigu kureveythw. Keep waiting. Ly 2
      Yes your first…

  3. Yanaa says:
    February 5, 2020 at 9:43 pm

    Varah???varah???varah?Reethi???maa sha Allah??waiting❤❤for❤❤the❤❤next❤part❤❤❤lysm mai

    1. ♡Maiii♡ says:
      February 6, 2020 at 8:42 pm

      Thanksss yanaa… keep waiting. ly 2

  4. Izabell says:
    February 6, 2020 at 8:58 am

    Story hama varah reethi. مشاء الله Varah interesting. Next part avahah up kollahche.❤❤❤❤❤❤❤ can’t wait ???????? lwbx yuh.

    1. ♡Maiii♡ says:
      February 6, 2020 at 8:45 pm

      Thanks varah bodah… ya balaanan saturday ga noonee sunday ga up kohleveythw. ???? lwbsss u too

  5. chunky choc says:
    February 6, 2020 at 5:29 pm

    nice?

    1. ♡Maiii♡ says:
      February 6, 2020 at 8:45 pm

      thanks☺

  6. Cherry blossom says:
    February 6, 2020 at 5:30 pm

    Not bad…..n soooooo romantic.❤❤????…next vex mihaa Rom kohlaathii ingey :p

    1. ♡Maiii♡ says:
      February 6, 2020 at 8:46 pm

      hehe yeah.. thanks ingey

  7. mallu says:
    February 6, 2020 at 5:31 pm

    meege dhevana season eh gehnaathi handhaakoh

    1. ♡Maiii♡ says:
      February 6, 2020 at 8:47 pm

      Visnaanan dhevana season eh hadhan. Thanks?

  8. zinniyya says:
    February 6, 2020 at 5:33 pm

    mallu ebunihen 2 vana season eh varah beynunn?
    varah reethi vhk eh miyakee

    1. ♡Maiii♡ says:
      February 6, 2020 at 8:48 pm

      balaanan 2 vana season eh genesdheveythw?… thanks

  9. Yan♥️ says:
    February 6, 2020 at 8:45 pm

    Varah reethi Masha Allah ? waiting

  10. Quiiin? says:
    February 10, 2020 at 1:02 pm

    ….hey maiii
    Vrh salhi mi part vx
    ?Ma sha allah
    ?

Comments are closed.

Next Episodeތެދުވެރި ލޯބި -16←


All Right Reserved!