ދާދ ދި އެކަކަށް ދުވަހު އަހަންނަށް ލިބުނު ވާހަކަ އަކުން އަހަންނަށް ހުރެވުނީ ތަނެއް ވެސް ނޭންގުނެއެވެ . ހީވީ ފައި ދަށުން ބިންގަނޑު ދެމިގެން ދިޔަ ހެންނެވެ …. އެއީ އުމުރުން 2 އަހަރު ނުފުރޭ ކުޑަ ކުއްޖެއް ރޭޕް ކުރި ވާހަކަ އިންނެއެވެ … އެ ކުޑަ ކުއްޖާ އަށް ހިމާޔައްކަން ދޭން ޖެހޭ ފަރާތުން އެ ކުއްޖާ ފަހަތް އެރި ވާހަކަ އަކުންނެއެވެ . ﷲ ގެ ކޯފާ އަކަށް ނުބަލާ އެ […]
ޝުހާދު ވިދާން ގޮވައިގެން މަޑުމަޑުން ގޭތެރެއަށް ވަނެވެ. ” ކާކު؟ ” ސިޓިންރޫމު ތެރެއަށް ވެފައިވާ އަނދިރިކަމުގެ ތެރެއިން ސަކީލާގެ އަޑު ޝުހާދާއި ވިދާންގެ ކަންފަތުގައި ޖެހުމާއެކު ދެމީހުންނަށް ވެސް ހުއްޓެވުނެވެ. ހަމަ އެވަގުތު ސިޓިންރޫމް ބޮކި ސަކީލާ ދިއްލާލިއެވެ. ނަމަވެސް މުޅި ސިޓިން ރޫމަށް އަލިވާވަރަކަށް ނޫނެވެ. ” ދަރިފުޅާ! އަދިވެސް ނުނިދަންތަ؟ ” ސަކީލާގެ ސުވާލާއެކު ޝުހާދު އެއްފަރާތަށް މޫނުއަނބުރާލިއެވެ. ” ނުނިދާ މިގަނޑީގަ ކީއްތިކުރަނީ ” ސަކީލާ ކުރިއަށް ފިޔަވަލެއް އަޅަމުން ދެވަނަ […]
“މިޝެލިން….އަހަރެން އިންނަން އުޅޭ ކުއްޖާ…” ޔުނާން އެހެން ބުނެލުމުން މުޅި ތަނުގައި ވަރުގަދަ ބޮމެއްގޮވިފަދައެވެ. ޔާއިންގެ މޫނުމަތިން ތަރުޖަމާކުރަންދަތި އަސަރެއްފެލިއިރު ޒީހާގެ މޫނުމަތިންވެސް ފެނިލީއެ އަސަރެވެ. ޔޫހާ ދެލޯބަޑުކޮއްލައިގެން އިނީ ދެން ވާނެގޮތް ހިތައްއަރުވަންވެސް ނޭނގުމުން އަތުގައި އޮތް ފޯނުގައި ބާރަކަށް ހިފަހައްޓާލައިގެނެވެ. “ދަރިފުޅާ..” ޔާއިން އެހެން ބުނެލިއިރު އެ އަޑުގައިވީ ހަރުކަށިކަމެކެވެ. ޔާއިންގެ ދެލޮލުގައިވީ ރުޅިވެރިކަމުން މިޝެލިންގެ ހިތް ތެޅިލައިގެންދިޔައީ ނުބައިގޮތަކަށެވެ. ބިރުގަތްވަރުން އޭނާއަށް ހިފަހައްޓާލެވުނީ ޔުނާންގެ އަތުގައެވެ. ޔުނާން މިޝެލިންއަށް ބަލާލަމުން ޔާއިންއާ ދިމާލަށް […]
ދެން ދިޔައީ ހަމަހިމޭންކަމުގެ ވަގުތުކޮޅެކެވެ. މައިރާ އަށް ވިސްނެނީ އޭނާގެ މާޒީގައި ހިނގި ކަންތަތްތަކާ މެދުގައެވެ. އެ ހާދިސާތަކަކީ ދުވަހަކުވެސް މައިރާގެ ހިތުން ފިލައިގެންދާނެ ކަންތައްތަކެއް ނޫނެވެ. އޭނާއަށް މިއަދު މިހުރިހާ އުފަލެއް ލިބުނަސް އޭނާގެ ހިތަށް ހިތްހަމަޖެހުމެއް ލިބޭނީ ކަންތައްތައް ހިނގާދިޔަ ގޮތް ރަނގަޅަށް އޮޅުންފިލީމައެވެ. އޭނާގެ ހިތުގައިވާ ހުރިހާ ސުވާލެއްގެ ޖަވާބުތައް ލިބުނީމައެވެ. ********************************************************** އެއީ ގާތްގަނޑަކަށް މީގެ ފަސްވަރަކަށް އަހަރު ކުރިއެވެ. މައިރާއަކީ ރާއްޖެތެރޭ ރަށަކަށް ނިސްބަތްވާ ކުއްޖެކެވެ. އޭނާ ހަނދާން ހުންނަން […]
4 ވަނަބައި އާދުވަހަކަށް އިރުއަރައިފިއެވެ. އަހަރެންހުރީ ރޭގެ ހަނދާންތަކުގެ ތެރޭގައެވެ. އަހަންނަށް އާޒިމްދެކެ ބޭއިންތިހާއަށް ލޯބިވެވިއްޖެކަން ޔަގީންވީ ރެއަށް ފަހުގައެވެ. ހެނދުނުގެ އެވަގުތު އަހަރެން ސައިބޯލައިގެން 7 ޖަހަންވާއިރަށް ފިހާރައަށް ދިޔައީމެވެ. ފިހާރަގެއާއި މާދުރުނޫންކަމުން ފިހާރައަށްދަނީ ހިނގާފައެވެ. އަހަރެން އިނީ ހިޔާލުތަކަށް ގެއްލިފައެވެ. އެއީ ކިތަންމެ ގޯސް ކަމެއްކަން ގަބޫލުކުރަން ބޭނުންވިޔަސް އަހަންނަށް އެހިޔާލުތަކާއި ދުރަށް ދިއުމަށްކުރި މަސައްކަތްވީ ފޫނެތްފަޔަށް ފެންފުރުން ކަހަލަ ކަމަކަށެވެ. އެހެންއިންދާ ސިއްސައިގެން ދިޔައީ މީހަކުއައިސް އަހަރެންގެ ލޯމަތީގައި އަތްއެޅުމުންނެވެ. ދުވި ސެންޓުގެ […]
“ދަރިފުޅު ދޭދެންގެޔަށް. ބައްޕަ މާހިންއާ ހަވާލުވާނަން.” ބައްޕަ އަހަރެންނާ ދިމާލަށް ހިނިތުންވެލާފައި ބުންޏެވެ. ނަމަވެސް މާހިންގެ މަންމަ އިރުކޮޅަކުން އަންނާނެއޭ ބުނެ އަހަރެން މަޑުކުރީމެވެ. “ހާދަ ރަނގަޅޭ ސަނާ! ޝުކުރިއްޔާ!” މާހިންގެ މަންމަ ރޫމް ދޮރު ހުޅުވައިލަމުން ހިނިތުންވެލާފައި ބުންޏެވެ. އަހަރެންގެ ބަރު ދަބަސް ކޮނޑުގައި އަޅުވައިލުމަށްފަހު މާހިން އަށް ރަނގަޅަށް ބަލައްޗޭކިޔާފައި ގެޔާއި ދިމާލަށްދާން ހިނގައިގަތީމެވެ. އެހެންނޫނީ އަހަރެންނަކީ ރޭގަނޑު އެކަނި ބޭރުގަ ހިނގަން ނުކެރޭ މީހެކެވެ. ނަމަވެސް މިރޭ އެއްވެސް ބިރަކާ ނުލައި ގެޔަށް […]
އިރުއަރާ މަންޒަރު ބަލާލާ ހިތުން އަހަރެން ގެއިން ނުކުތީމެވެ. އެންމެފުރަތަމަ އަހަރެން ދިޔައީ އިިިކްޝާާ މެން ގެެެެެެެއަށެވެ. އަހަރެންް އެ ގެ އަަަަށް ވަންތް ގޮތަށް ދުވަމުން ތެޅެެެމުން ފޮޮޅެެމުުންް ދާންފެށީމެވެ. އެތާ އޮޮޮތް ކުޅޭޭ އެއްްޗެަަަަަަކަށް އެރިފަ އަަހަަރެެންް ވެއްޓެން ދިޔަ އެވެ. އަހަންނަށް ދެ ލޯ މަރާ ބާރުކޮށްލެވުނެވެ. އަހަރެން ގައިގަ މީހަކު ހިފެއްޓިހެން އަހަންނަށް ހީވި އެވެ. ” އަރ ޔޫ އޯކޭ؟ ” އެ އަޑު އިވުމުން […]
2 ވަނަ ބައި “ވަން ނިއު މެސެޖު” އަހަރެން ސިއްސައިގެން ދިޔައީ ފޯނަށް މެސެޖެއް އައި އަޑަށެވެ. މެސެޖުގައި އޮތީ “ގުޑް މޯރނިންގ ލަވް” އެހެންނެވެ. އަހަންނަށް ހިނިތުން ވެލެވުނެވެ. އަވަސް އަވަހަށް މެސެޖުގެ ޖަވާބަކަށް “ގުޑް މޯރނިންގ ބޭބީ” މިހެން ފޮނުވައިލީމެވެ. އެއީ މިވީ ހަފަތާއެއްހާ ދުވަސްތެރޭގައި އަހަރެންގެ ދުވަސް ފެށޭގޮތެވެ.ބާއްޖަވެރި ހެނދުނަކަށް އެދި މެސެޖެއް ކޮށްލާނެއެވެ. ނުވަތަ ގުޅާނެއެވެ. އަދި ކޮންމެ ރެއަކު އޭނަ ނިދަން ބޭނުންވާނީވެސް ގުޅައިގެން އޮވެއެވެ.ދުވާލަކު 10ވަރަކަށް ފަހަރު ގުޅާނެއެވެ. […]
3 ވަނަބައި އެންމެފަހުން ހާސްވެ ބިރުގަތްނަމަވެސް އަހަރެން މަންމައަށް ހުރިހާ ވާހަކައެއް ތެދަށް ކިޔާދިނީމެވެ. މަންމަ ބުނީ އަހަންނަށް ކަމުދާނަމަ މަންމައަށްވެސް އެންމެ ރަނގަޅުކަމުގައެވެ.އަދި އެއާއިލާއަކީ ރަނގަޅު އާއިލާއެއް ކަމަށާއި އެހެންކަމުން އާޒިމްވެސް ގޯސްވާނެހެން ހީނުވާކަމުގައެވެ. އެހެންނަމަވެސް ގޯސްކޮށް ނޫޅުމަށް މަންމަ ނަސޭހަތްދިނެވެ. އަހަރެން އެވާހަކަ އާޒިމްގާތު ބުނުމުން އޭނަވެސް ހުރީ ވަރަށް އުފާވެފައެވެ.އަދި އޭނަގެ އާއިލާ މީހުނަށްވެސް އަހަރުމެންގެ ގުޅުން އެންގިއެވެ. އޭގެ ފަހުން ކޮންމެދުވަހަކުވެސް އޭނާ އަހަރެންގެގެއަށް އާދެއެވެ. އާޒިމްވީ އަހަރެންގެ މަންމަމެންނާއި ކޮއްކޮމެނަށްވެސް ވަރަށް […]