
ހިތުގެ ކޮންމެ ވިންދެއްގައި – 8 –
“އައި ލަވް ޔޫ ޓޫ……” އެ ތިންބަސް ޔުނާންގެ ދުލުން ބޭރުވިއިރު މިޝެލިންގެ ގައިން ހީބިހިނަގައިގެންދިޔައީ ޔުނާން ބުނެލިއިރު އެ އަޑުގައިވި އަސަރަކުންނެވެ. ދެމީހުންގެ އަތް ލާމެހިގެން ދިޔައިރު ޔުނާން މިޝެލިންގެ އަޅިކުލައިގެ ދެލޮލަށް ނަޒަރުހުއްޓާލަމުން ހިނިތުންވެލުމާއެކު މިޝެލިންއަށްވެސް އެ ކަޅުކުލައިގެ ސިހުރެއްފަދަ ދަމާބާރުއެކުލެވޭ ދެލޮލުގެ އެންމެ އަޑިއަށް ފީނައިގަންނަމުން ހިނިތުންވެލިއެވެ. އެރެއިން ފެށިގެން ދެމީހުންގެ ހަޔާތުގެ އާ ބާބެއް ފެށިގެންދިޔައެވެ.
*****
އާ ދުވަހަކަށް މަރުޙަބާކިޔަމުން އިރު ފެނުންތޮޅިލިއިރު ޔުނާންއާ މިޝެލިންގެ ދިރިއުޅުމަށް ބަހާރު މޫސުމެއް އައިސްފައިވާފަދައެވެ. ފަތިސް ނަމާދުކޮށްލައިގެން ދެމަފިރިން އަތުގުޅުވާލައިގެން ބަގީޗާގައި ހިނގާލަންދިޔައިރު ދެކެވެމުންދިޔައީ ދެމީހުންގެވެސް ދިރިއުޅުމުގެ ވާހަކަތަކެވެ.
“އަސްލު މަންމަ ނިޔާވި ދުވަހު ވަޅުލެވުމާއެކުހެން ގެއަށްވެސް ނުދެވެނީސް އަވައްޓެރިއަކު އައިސް ބުނީ އެރޭ ފުރާ ދޯނިން މާލެ ދާން ޓިކެޓު ނަގާފަ އޮތް ވާހަކަ..ދެން އަޅުގަނޑު ޙައިރާންވެގެން ކާކުތޯ މަލެދަނީ އެހީމަ ބުނީ އަޅުގަނޑޭ…އެ އަންހެން މީހާ އަކީ ވަރަށް ހެޔޮ މީހެއް..އަޅުގަނޑާ މަންމަށް ހެޔޮހިތުން އެހީވި ހަމައެކަނި މީހަކީ އެކީ..ފުރަތަމަ އަޅުގަނޑު ވަރަށް ދެކޮޅު ހެދިން..އެކަމަކު އެ އަންހެންމީހާ ވަރަށް ވިސްނާދިނީމަ އަޅުގަނޑު އެއްބަސްވިން ދާން..އޭރު މަންމަ ނިޔާވުމަށްފަހު އަޅުގަނޑަށް މިދުނީޔޭގައިވެސް އަޅާލާނެ ހުރި މީހަކީ އެއީ..އެ ދައްތަ ގެވެސްބަލަހައްޓާ ހުރިހާ ކަމެއް ކުރާނެކަމަށްވެސް ބުނި..އެކަމު އަޅުގަނޑު މާލެ އަންނަން ބޭނުންނުވީ މަންމަގެ ހަދާންތަކާ ދުރަށްދާން ހިތްނޭދޭތީވެ..ދައްތަގެ ހިތްވަރާ އެކީ މިކޮޓަޅަށް އައީ..” އެ ދުވަހުގެ ހިތި ހަންދާންތައް އާކުރަމުން މިޝެލިން ބުނެލިއިރު އެ ދެލޯ ފެންކަޅިވިއެވެ. ނަމަވެސް ނިކަން އަވަހަށް ކަރުނަތައް ހިންދާލަމުން ހީނލީ ގަދަކަމުންކަހަލަ ގޮތަކެށެ. ޔުނާންވެސް ވާހަކަ ބަދަލުކޮށްލީ އިތުރަށް އެ މަޢުލޫއަށް ވާހަކަ ނުދެއްކުމަށެވެ. އޭނަވެސް މިޝެލިންގެ ހިތްވަރުގަދަކަން ފެނި އަންތަރީސްވެއެވެ.
ހެނދުނު ކެއުމަށް އިންސާފުކުރި ދަނޑިވަޅުގައި އެންމެންގެ ހާޒިރުގައި ޔުނާން ދުވަސްކޮޅަކަށް ބްރޭކެއް ނަގައި މި މާޙައުލާ ދުރައްދާން ބޭނުންވާ ވާހަކަ ބުންޏެވެ. ހަމަ އެ ވަގުތުގައި ޔާއިން އޭނާ އެކަން ހަމަޖައްސާނަން ކަމަށް ބުނެލީ ހިނިތުންވަމުންނެވެ.
“ދަރިފުޅު މިޔަދުން ފެށިގެން ދެ ހަފްތާގެ ބްރޭކެއް ނެގިޔަސް ބައްޕަގެ މައްސަލައެއް ނެތް..ޔައިޝް ވެސް އެ ހުރީނު..އެއްޗެހި ޕެކުކޮށްފަ ބަހައްޓާ..މާދަމައަށް ބައްޕަ ހުރިހާކަމެއް ހަމަޖައްސާނަން…” ޔުނާންއަށް ބަލާލަމުން ޔާއިން ބުންޏެވެ. ޔުނާން ބައްޕައަށް ޝުކުރުއަދާ ކުރިއެވެ.
****
“ޔަޝާ..ޔޫހާ…ދެން ތިހާވަރަށް ދިމާ ނުކޮށްބަދަ…ފަހަރި އެޔޮށް ރަތް ފިނިފެންމަލަކަށް ވަނީއޭ..އެހެ…” ޔަޝާ އާ ޔޫހާ މިޝެލިންއާ ދިމާކުރަމުން ދިޔުމުން މިޝެލިން ލަދުން މަރުވާ ވަރުވެފައި ހުރިއިރު ޔައިޝް ވެސް ބޭރަށް ގޮސްފައި ގެޔަށް ވަންނަމުން ބަގީޗާ ކައިރިޔަށް ދިޔަތަނާހެން އެ ދެމީހުންގެ ކުޅިގަނޑު ފެނި ޔަޝާގެ ކޮނޑަށް އަތްވައްޓާލަމުން ބުނުމާއެކުހެން މިޝެލިންގެ މޫނު ލަދުން ރަތްވިއެވެ. އެވަގުތު ފޯނަށް މީހަކު ގުޅުމުން މިޝެލިން ކޯލު ނަގަން އުޅުމާއެކުހެން ވަރަށް ހުޝިޔާރުވެހުރި ޔައިޝް މިޝެލިންއަތުން ފޯނު ދަމައިގަތީ ޔުނާންގެ ނަން އަރާފައި އިނުމުންނެވެ. އަދި ފޯނު ކަނޑާލިއެވެ. މިޝެލިންއަށް ޔައިޝްއާ ދިމާލަށް ބަލާލެވުނީ ދެލޯ ބޮޑުކޮށްލަމުންނެވެ. އޭރު ޔައިޝް ހުރީ ކޮންމެސް އެއްޗެއް މިޝެލިންގެ ފޯނުގައި ލިޔާށެވެ.
“ޔައިޝް..ކީއްތިކުރަނީ؟ ފޯނު ދީ..އަވަސް..” ޔައިޝްއަތުން ފޯނުއަތުލަން އުޅުނު މިޝެލިންއަށް ކާމިޔާބުވާ ގޮތް ނުވީ ޔައިޝް މިޝެލިންގެ އަތު ނުޖެހޭނެހެން މައްޗަށް އަތް ދަމާލުމުންނެވެ. ޔައިޝް ކުރާނެކަމެއް ކުރުމަށްފަހު ފޯނު ސްކްރީން ނިއްވާލާފައި މިޝެލިންގެ އަތަށް ފޯނުލައިދިންއިރު އެދެލޮލުން ފެނުނީ ލާނެތްވިދުވަރެކެވެ. ޔައިޝްއާ ދިމާލަށް ދެބުމަގޮތް ޖަހާލާފައި ބަލާލަމުން މިޝެލިން އޭނާގެ ފޯނު ބަލާލިއެވެ. ނަމަވެސް ޔައިޝް ކަމެއް ކޮއްފައި ނެތުމުން ފުން ނޭވާއެއްލިއެވެ.
“އޫޕްސް..އަހަރެމެންގެ ފަހަރިއަށް ރުޅިވެސް އަންނަން އެނގޭތަ..ހަމަ އެހާވެސް ޔުނާންގެ ކޯލް ނެގުން މުހިންމީތަ..” ލާނެތް ގޮތަކަށް މިޝެލިންގެ ކޮލުގައި ހިފާލަމުން ޔައިޝް ބުނެލިއިރު ޔަޝާ އާ ޔުހާވެސް އަނެއްކާ މިޝެލިންއާ ދިމާކޮށްލިއެވެ. އެވަގުތު އެތަނަށް ވަރަށް ހަލުވިކަމާއެކު އައިސްމަޑުކޮށްލި ޔުނާން މިޝެލިންގެ އަތުގައި ހިފާ ގަޔާ ކައިރިކޮށްލާފައި ކިހިނެއްތޯ އަހާލީ މިޝެލިންގެ ނިތުގައި ބޮސްދީފައެވެ. މިޝެލިން ލަދުގަތްވަރުން ނިކަން އަވަހަށް ޔުނާންއާ ދުރައްޖެހިލިއިރު އެތަނުގައި ގުގުމާލައިގެން ދިޔައީ ޔަޝާއާ ޔޫހާގެ އިތުރުން ޔައިޝްގެ އަޑެވެ. ޔުނާން ދެބުމަގޮށްޖަހާލަމުން އެމީހުނަށް ބަލާލުމާއެކު ޔަޝާ އާއި ޔޫހާގެ ހުނުން ހުއްޓުނެއްކަމަކު ޔައިޝް ދިޔައީ ބަނޑުގައި އަތްއަޅައިގެން ގުދުވެގެން އޮވެ ހެމުންނެވެ. މިޝެލިންއަށް ޔައިޝް އޭނަގެ ފޯނުން ކަމެއް ކުރިކަން އެނގުމާއެކު ޔައިޝް އޭކިޔާފައި ގޮވާލިއެވެ. އޭރު ޔުނާން ހުރީ ވާނުވާގައެވެ.
“އެހެ..އަހަހަ..ޔާން..އެއީ އޭނައެއް ނޫނޭ..އަހަރެން ދެންމެ ކުރި އެއްޗެއް…” އަދިވެސް ހެމުންކަހަލަ ގޮތަކަށް ޔައިޝް ބުނުމާއެކު ޔުނާންއަށް ދެލޯ ބޮޑުކޮށްލާފައި އިރުކޮޅަކުން އެހެން ރުރެފައި ޔައިޝްވެސް ކުރާ ކަންތަކޭ ބުނެލީ އިސްތަށިގަނޑުގައި އަތް ހިންގާލަމުންނެވެ. ކުޑަކޮށް ލަދުގަތީ ކަންނޭނގެއެވެ.
“ޔުނާން..ޔައިޝް ކީއްކުރީތަ؟..” ކަންބޮޑުވެފައިވާ މޫނަކާ އެކު މިޝެލިން އެހެން ބުނުމުން ޔުނާން ކުޑަ ހުނުމަކާއެކު އޭނާގެ ފޯނު މިޝެލިންއަތަށް ދިނެވެ. ޔައިޝް އޭނާގެ ނަމުގައި ވަރަށް ހަނދާންވާ ވާހަކައާ އި ލޯބިވާ ވާހަކަ ބުނެފައި ބަގީޗާ ކައިރިއަށް އައުމަށް ބުނެފައި އޮތެވެ. އަދި ވަރަށް ބޮލުގައި ރިއްސާވާހަކަވެސް ބުނެފައި އޮތެވެ. މެސެޖު ކިޔާލުމާއެކު މިޝެލިން ގަތް ލަދުން މޫނު ރަތްވިނަމަވެސް ޔައިޝް އާ ދިމާލަށް ބަލާލާފައި ދެބުމަ ގޮއްޖަހާލީ އެ އަސަރުތަށް މޫނުމަތިން ފޮރުވަމުންނެވެ.
“އަހަ…ފަހަރި ތިހާ ލަދުގަންނާކަށް ނުވާނޭ…ތިއްތިބެ ވެސް ފަހަރި ދެކެ ލައިކް ވީ މާ ލަދުގަންނާތީވެ ދޯ..” ހީލާފައި ޔަޝާ ބުނެލުމާއެކު ޔައިޝް ޔަޝާގެ ނިތުގައި ޝަހާދަތް އިނގިލި ޖައްސާލަމުން މަޝުމަޑުން ކޮއްޕާލިއެވެ.
“ކޮޔާ ލައިކް އެއް ނޫނޭ..ލޯބިން..” އެހެން ބުނެލުމާއެކު މުޅި ތަނުގައި ގުގުމާލާއިގެން ދިޔައީ އަނެއްކާވެސް އެމީހުންގެ ހުނުމުގެ އަޑެވެ. ޔުނާންއާ މިޝެލިން ފިޔަވައެވެ. ދެމީހުންވެސް ތިބި ދެލޯ ހަނިކޮށްލައިގެން އެ ތިންމީހުނަށް ބަލާށެވެ.
“އައްޗާ..ދެމީހުން ބަލާނީވެސް އެއް ގޮތަކަށް ދޯ…ވާއު..ސޯ ސްވީޓް..”
“ޔައިޝް..ޔަޝާ..ޔޫހާ..ދެން ކޮންކަމެއް..ކުޑަ ކުދިން ތަކަކަށްވުރެ ތި ތިންމީހުންގެ ކަންތައް ބޮޑޭ..އަހަރެންގެ މިޝެލިން ލަދުގަންނަވާކަށް ނުވާނޭ ރިވަރަށް…ބަލާބަލަ..މިހާރުވެސް އެއޮށް ލަދު ގަހެއްހެން ވިރެނީ..ދެން އަހަރެން މޮޔަވެދާނެއްނު ތިވަރަށް މިޝެލިން ލަދުންނަވަންޏާ..ދޯ ބިއުޓިފުލް؟..” މިޝެލިންގެ ކޮނޑަށް އަތް ވައްޓާލަމުން ޔުނާން ބުނެލީ މިޝެލިން ލަދުގަންނަވާލަން ބޭނުންވުމުންނެވެ.
“ޔުނާންން..” އޭ ކިޔާފައި މިޝެލިން ގެއަށް ވަންނަން ހިނގައިގަތުމުން އެ ހަތަރު ބެއިންގެ ހުނުމުގެ އަޑު މުޅި ތަނުގައި ގުގުމާލިއެވެ.
****
ދެ ހަފްތާ ފަސް
އެއަރ ޕޯޓުން ނުކުމެގެން އައި ދެ ޒުވާނުންނަށް އެތައް ބައެއްގެ ނަޒަރެއް ހުއްޓެމުންދިޔައެވެ. އެ ދެމަފިރިންގެ ރީތިކަންފެނި ބައެއް މީހުންގެ ހިތް ތައުރީފުކުރަމުން ދިޔައިރު އަނެއްބައި މީހުންގެ ދެމުންދިޔައީ ހަސަވެރިކަމުގެ ނަސަރުތަކެވެ. އެތަނުން ނުކުންނަމުން ދިޔަ އެހެން އަންހެން ކުދިން އެ ފިރިހެންވަންތަ ޒުވާނާގެ ސަމާލުކަން އަތުލެވޭތޯ މަސައްކަތް ކުރަމުންދިޔަ ނަމަވެސް އެކަން ވީ ފޫނެއްފަޔަށް ފެން ފުރުންފަދަ ކަމަކަށެވެ. ސަމާލުކަން ނުލިބުނުތާގައި ނަޒަރެއްގެ ހިސާބުވެސް ނުދިނެވެ. އޭނާގެ ސަމާލުކަން ހުއްޓިފައިވީ އޭނާ ކައިރީގައި ހުރި ލޯބިވާ އަނބިމީހާއަށެވެ. އެ އަޅިފެހިކުލަ އަރަމުންދިޔަ ދެލޮލުގެ ވިދުން ގަދަވެފައި ކަޅިރަވައިގެ ރީތިކަމާއެވެ. އެ ބޮޑު ދެލޮލުގެ ބިއްލޫރިކޮޅެއްފަދަ ކަޅި ހިމާޔާތްކުރުމުގައި ބޯ އެސްފިޔަތަށް ހަރަކާތްތެރިވަމުންދިޔައެވެ. މިނިވަންކަމާއެކު ދޫކޮށްލެވިފައިވާ ކަޅުރޭގަނޑެއްފަދަ ފަން އިސްތަށިގަނޑު ވައިގެ ސަމާސާތަކާއެކު ލޮލަށް ނިވާ އަޅާލުމާއެކު އެ ހިމަ ހޯލިކޮޅެއްފަދަ އިނގިލިތަކުން އެއްފަރާތް ކޮއްލައެވެ. އެ ޒުވާނާ ލާނެތް ހިނިތުންވުމަކާއެކު އެއްޗެކޭ ބުނެލުމާއެކު އެ އަންހެންކުއްޖާގެ ތުންފަތަށް ވީ ގޮތަކުންނާއެކު އެސްފިޔަތަށް ތިރިކޮށްލިވަގުތު މޫނުމައްޗަށް ވެރިވި ޖަންބުކުލައިން އެ އަންހެންކުއްޖާގެ މޫނުމަތިން އަމީރާއިންގެ ރީތިކަން ފެންނަން ހުއްޓެވެ.
“ޔުނާން…” މިޝެލިން ގޮވާލީ ‘ ދެން ތި ކިޔާއެއްޗެއް ހުއްޓާލާށޭ ‘ އެހެން ބުނާ ގޮތަކަށެވެ. ކުޑަ ހުނުމަކަށްފަހު ޔުނާން އެއްބަސް ވުމުން މިޝެލިންއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ.
ހިސާބަކަށް ދެވުނުތަނާހެން ޔުނާންގެ ގައިގައި އަޅައިގަތް ފުދޭވަރަކަށް ދުވަސްވެފައިވީ އަންހެނަކު އަރިއަޅާލިއެވެ. މުސްކުޅިއެކޭ ނުބުނެވޭނެއެވެ. ގާތްގަނޑަކަށް ސާޅީސް ދެއަހަރުވެދާނެއެވެ. އެ އަންހެންމީހާގެ ކޮނޑުގައި ހިފައްޓާލުމާއެކު ޔުނާންއަށް ލިބުނީ ސިހުމެކެވެ. މޫނުގެ އެއްފަޅި ވަނީ ހަލާކުވެފައެވެ. އަނދާފައިކަން ނޭނގެއެވެ. ނަމަވެސް އެ އަންހެން މީހާގެ މޫނުގެ އަނެއް ފަޅިއަށް ބަލާލުމުން އެއީ ނުހަނު ރީތި މީހެއްކަން އެނގޭނެވެ. އެ އަންހެން މީހާއާއި ހަތަރުކަޅި ހަމަކޮށްލެވުމާއެކު ޔުނާންގެ ހިތް ތެޅިލައިގެންދިޔައީ ކީއްވެކަމެއް ޙުދު އޭނާއަކަށްވެސް ނޭނގުނެވެ. ހަރަކާތެއް ގެންނަން ނޭނގިފައި އެ އަންހެން މީހާއަށް ބަލަހައްޓައިގެން ހުރެވުނީއެވެ.
– ނުނިމޭ –
11 Comments!
Comments are closed.
❤️
🙂 sukuran!
Yunaan mom kanneynge dhw??Yunaan are konmes gulhumeh onna meehei ehen noonnee???????????????
Btw mi part varah varah varah reethi.❤❤❤❤❤❤❤❤❤❤
maa sha Allah.???????
waiting waiting for the next part❤❤❤❤❤❤❤❤❤❤❤
❤❤❤❤❤Love you lysh???
DOn’t know yan..Mal vx jeheynee dhen onna bai thah kiyan eii kaakutho balanannya..heh..thankx.Ehe.Ly 2..nyyt
salam readers..Ummeedhukuran mi part kamudhaane kamah..dhen oii bai liyevunu emne avahakah up kohladheynan Insha Allah..kiyuntherinnah e anhen meehaa aki kaakuhen heevan? share ur viwes.
Good nyyt:)
Stay home, Be safe
lve ya all
v riythi but haadha kurey. thankolheh dhigu koh up kohba. I guess it’s Yunaan ge mom right.
Mal ge hurihaa vaahaka eh kiyan but this is my first comment. Love u and ur story’s keep it up will always support u???.
Awwn. thankx Aashh. Labba! next part dhigukoh liyeladhevytho try kuraanan nge:) varah ufaavehjje mal ge stories tha Aashh ah kamudhaakan enguneema. thankx for supporting me. lve ya 2
Yunaan mamma thr eii…varah heevey ekahala ehcheh…btw mi part vx hama varah varah reethi…waiting for the nxt…and whn nxt….lysm??
thankx kai. Neynge dhw. balamaa dhen vaagotheh vx. Insha Allah liyevunuhaa avahakah. lysm:)
A beautiful story Maasha Allah. ❤️❤️❤️??? Mal keep it up inge. Love you
thankx dhonthy! ly 2