Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންމަޖާލޯބި

ސިއްރެއް 8

idontcare Level 110 Stories
April 3, 2020 2 Mins Read
1 Comment

އެންމެން ގޮސް ސިޓިންގްރޫމަށް ބޯދިއްކޮށްލިއިރު އިޝާންއޮތީ ސޯފާގައި ނިދާފައެވެ. ޓީވީން އޭރުވެސް ފިލްމު އަޅުވާފައި ހުއްޓެވެ. މިހުރާން އުޝާއާއި ޔަނާލާއި ދިމާލަށް ބަލާލަމުން އަޑުމަޑުކުރުމަށް އިޝާރާތް ކުރަމުން ދޮންތަމެންގެ ކޮޓަރިއަށްވަދެފަ އައީ މާކަރަކާއި ޕެއިންޓް ބައެއް ސާމާނު ހިފައިގެންނެވެ. އިޝާން ކައިރި މަޑުމަޑުން އިށީނދެލަމުން އޭނާ ފެށީ އިޝާންގެ މޫނުގައި ކުރަހާށެވެ. މިހުރާނަކީ މޮޅު ކުރެހުންތެރިއެކެވެ. އޭނާ ކުރަހާ ނިމިގެން އުޝާމެންނަށް ދައްކާލުމުން ދެމީހުންވެސް ބިރުން ސިހުނެވެ. މިހާރު އިޝާންގެ މޫނުން ސިފަވަނީ ދަ ކޮންޖަރިންގައި އުޅޭ ވަލަކްއެވެ. ނިދާފައި އޮތްއިރު މަޑުމަޑުން ނޭވާލަމުން ދިޔައިރު ވަރަށް ބިރުވެރި ވައްތަރު ޖަހައެވެ. އެހާވަރަށް މިހުރާން އޭނާގެ މޫނުގައި ޕެއިންޓްކުރިއިރުވެސް އިޝާނަށް ހިލަމެއްވެސް ނުވެއެވެ. ޕެއިންޓްތައް ހިކެންދެން މަޑުކުރުމަށްފަހު މިހުރާން ބަދިގެއަށް ވަދެފައި ނުކުމެގެން އައީ ލޮނު އަޅާފައި ހުރި ފުޅި ހިފާގެންނެވެ. އޭނާ ކުރަން އެއުޅޭ ކަންތައްތައް ރޭކާލުމުން އުޝާއާއި ޔަނާލް އަނގަމަތީ އަތްއަޅާލީ މާ ބާރަށް ހެވިދާނެތީއެވެ. އެއަށްފަހު ފާރުކޮޅު ފުރަގަހަށް ވަދެ ފިލީއެވެ.

މިހުރާން ނެގީ ބޮޑުސަމްސަލެއް ފުރާ ލޮނެވެ. އިޝާންގެ އަނގައަށް އެއްކޮށް އޮއްސާލިތަނާ މިނެޓެއްވެސް ނުވަނީސް އިޝާން ތެދުވެ ކުޅުޖެހުނީ މިހުރާންގެ މޫނަށެވެ. “އައްޗީޑި….” މިހުރާން ހަޅޭއް ލަވައިގަތްލެއް ބާރުކަމުން ދުރުގައި ފިލާ ތިބި އުޝާމެންވެސް ދިޔައީ ސިއްސައިގެންނެވެ. އުޝާން ދެބުމަ ގޮށްޖަހާލާފައި ބަލާލިގޮތުން މިހުރާންވެސް ފުރަތަމަ ގަތީ ބިރެވެ. “އަޅެ މަށެއް ނޫންތަ އައްޗީޑިއޭ ބުނަންވީ. އެއްފަހަރުވެސް ޖެއްސުމެއް ނުކޮށް ތެދުވާށޭ ބުނިނަމަވެސް ތެދުވެވުނީސް ދޯ؟” އިޝާން މިހުރާނަށްވުރެ ބާރަށް ހަޅޭއްލަވައިގަތެވެ. “އަޅެ ކްލާހަށް ދާގަޑި ޖެހުނީއޭ އެއޮށް.” މާ ހިނިއައިސް ހުރީމަ އިޝާނަށް ޝައްކު ވެދާނެތީ މިހުރާން ހުރީ އޭނާގެ މޫނު ފޮރުވައިގެންނެވެ. “ކޮން ކުލާހެއްތަ؟ ކޮންއިރަކު ޔަނާލާ ދެމީހުން އައީ؟” އަދިވެސް ރުޅިމަޑުނުވާތީ އިޝާން ވާހަކަދެއްކީ ވަރަށް ބާރަށެވެ. “ޒާހިދު ސާރގެ ކްލާސް” މިހުރާން މިހެން ބުނެލުމާއެކު އިޝާން ދެލޯ ބޮޑުކޮށްލިއެވެ. އަދި މީހާ ހުރިގޮތެއް ބެލުމެއްނެތި ކާމޭޒު މައްޗަށް އެއްލާލާފައި އޮތް ދަބަސް ހިފައިގެން ދުއްވައިގަތެވެ. ވާނީވެސް އެހެންތާއެވެ. ޒާހިދު ސާރ އަކީ ފޮރެންސިކް ގްރާފޮލޮޖީ ކިޔަވދޭ ޓީޗަރެވެ. އޭނާއަކީ ހަރުކަށިކަމުގައި އަރާހުރި މީހެކެވެ.  

އުޝާއާއި ޔަނާލް ފިލާހުރި ތަނުން ނުކުމެ އޭނާ ފަހަތުން ނުކުތީ އިޝާން ވީޑިއޯ ކުރަމުންނެވެ. އެ ވަގުތު އޭޖެންސީގައި މަސައްކަތްކުރާ އެތައް ބަޔަކު އެކި މަސައްކަތްތަކުގައި ކޮރިޑޯތެރޭގައި އުޅުނެވެ. އެއްބަޔަކު ހަޅޭއްލަވަމުން ދުރަށް ދުއްވައިގަތްއިރު އަނެއްބައި މީހުން ބިރުން ކައްސާލައިގެ ޓައިލްސް ތަކު މައްޗަށް ވެއްޓުނެވެ. އިޝާނަށް މީން އެއްވެސް ކަމެއްގެ ހިލަމެއްވެސް ނުވެއެވެ. އޭނާގޮސް ޒާހިދު ސާރ ކްލާސް ކުރިމައްޗަށް ހުއްޓުނުއިރު ޒާހިދު ސާރ ހުރީ އަންހެންކުދިންގެ ކްލާހަށް ކިޔަވާދޭށެވެ. އިޝާން ފެނުމާއެކު އެތާ ތިބިއްޔާ ތިބި ބަޔަކު ހަޅޭއް ލަވައިގަތެވެ. ޒާހިދު ސާރވެސް ފުރަތަމަ ބިރުން ހުރުމަށްފަހު އެއީ އިޝާން ކަން އެނގުމުން އިޝާނާއި ދިމާލަށް ހަޅޭއްލަވައިގަތެވެ. އިޝާން ވާނުވާ ނޭނގިފައިހުރެ ބަލާލެވުނީ ކްލާހުގައި ހުރި ލޯގަނޑަށެވެ. އިޝާނަށް އެއްޗެއް ބުނުމުގެ ކުރިން ޒާހިދު ސާރ ކްލާހުން ނުކުންނަން އެންގީ އަދަބު ލިބޭނެ ކަމަށް ބުނުމަށްފަހުއެވެ.

ރުޅިއައިސް ރަތްވެފައި ހުރެ އިޝާން އެނބުރެލިއިރު އުޝާމެނާއެކު ހީހީފައި ފޯނުން ވީޑިއޯކުރަން ހުރި މިހުރާން ފެނުމާއެކު އޭނާގެ ގަޔަށްބޮލަށް އަރައިގަތީ ތަނެއްދޮރެއް ބެލުމެއް ނެތިއެވެ. ހަމަ އެވަގުތު އުޝާގެ ފޯނަށް އީމެއިލްއެއް އައިސްގެން ބެލިއިރު އެއީ އޯޑިއޯއެކެވެ. ފުލުހުންގެ ތެރޭގައި މަސައްކަތްކުރާ އޭޖެންސީގެ މީހެއް އެ ފޮނުވީ ޖަލުގައި ތިބި އުޝާމެން މިއަދު ސުވާލުކުރި މީހުންގެ ތެރެއިން އެ ގޭންގު ލީޑަރު ޖަލުން މިއަދު ކޮށްފައިވާ ކޯލެއް ކަމަށް ލިޔެފައި އިނެވެ. އަވަސް އަރުވާލާފައި ޔަނާލަށް އެ ދައްކާލުމުން ޔަނާލް އެދުނީ ކޮޓަރިއަށް ގޮސް އަޑުއެހުމަށެވެ. މިހުރާނާއި އިޝާނަށް އެމީހުން ދިޔައީކަން އެނގުމުން އަންނާނެކަން އެނގޭތީ އެމީހުނަށް ގޮވާކަށް ނަހަދައެވެ.

އެޕާޓްމެންޓަށް ވަދެ ސޯފާގައި އިށީނދެލުމަށްފަހު އޯޑިއޯ ޕްލޭކޮށްލީ ނޯޓްފޮތަކާއި ފަންސޫރެއް ހިފައިގެންނެވެ. ގޭންގް ލީޑަރު: ކޮބާ؟ މިހާރު އެކޮޅަށް ދެވިއްޖެތަ؟

ފޯނުން ވާހަކަދައްކާ މީހާ: ނޫނޭ އެކޮޅަށް ދިޔުމުގެ މަގުމަތީގައި. އިރުކޮޅަކުން ފްލައިޓް ނައްޓާލާނެ. ކައެމެން ތިތަނުން ނެރުމުގެ ކަންތައްތަކާއިގެން މިހާރު މިއުޅެނީ.

ގޭންގް ލީޑަރ: ވަރަށް ރަނގަޅު! ބޮސްއަށް ހުރިހާ ކަމެއް ވަގުތުން ވަގުތަށް އަންގާތި. މަށާއި ދެން ގުޅާނީ މަޖުބޫރު ކަމެއް ދިމާވެގެން އެކަނި.

މިހާ ހިސާބުން ކޯލް ނިމުނު ވަގުތަށް މިހުރާނާއި އިޝާން އައިސް ވަތެވެ. އިޝާން ދިޔަގޮތަށް ފާހާނާއަށް މޫނުދޮންނަން ވަތުމުން މިހުރާން އައިސް ސޯފާގައި އިށީނުމުން ޔަނާލް ހުރިހާ ވާހަކައެއް ކިޔާދޭން ފެށުމުން އުޝާ ހުއްޓިލީ ޓީވީއާއި ޖެހިގެން ހުރި ބޮޑު ބޯޑާއި ދިމާލުގައި އެވެ. އެންމެ މަތީގައި އޭނާ ލިޔުނީ ‘ބޮސް؟’ އެވެ. އޭގެ ތިރީގައި ގޭންގު ލީޑަރު އޭނާގެ ނަން،އަހުމަދު ޝުހާން އަލީ އަދި އޭނާގެ އުމުރު29 ލިޔުމަށްފަހު އޭނާގެ ފޮޓޯ ހަރުކުރީ އޭނާއާއި ބެހޭގޮތުން ހޯދާފައިވާ މައުލޫމާތު ގަނޑާއިއެކުވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

idontcare

Level 110 Stories

Other Articles

Previous

މަޢާފް – ވިހިވަނަ ބައި

Next

ލޯ ފޮހެލާދޭށެ މަގޭޭ 1

Next
April 3, 2020

ލޯ ފޮހެލާދޭށެ މަގޭޭ 1

Previews
April 3, 2020

މަޢާފް – ވިހިވަނަ ބައި

One Comment

  1. Yan♥️ says:
    April 3, 2020 at 11:52 am

    Varah reethi Masha Allah

Comments are closed.

Next Episodeސިއްރެއް 9←


All Right Reserved!