Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެން

މަޢާފް – އެކާވީސްވަނަ ބައި

Hafsath Noora Level 610 Stories100 Comments100 Login500 Comments
April 4, 2020 6 Mins Read
12 Comments

ދެލޯ މަރައި ބާރުކޮށްގެން ހުއްޓައި ފަހަތުން މީހަކު ޒައިންގެ ބުރަކަށީގައި އަޅައި ކޮށްޕައިލިއެވެ. ޒައިން މަގުމައްޗަށް ވެއްޓުމާއިއެކު އިވުނީ އަންހެނެއްގެ ބާރު ހަޅޭކުގެ އަޑެވެ. އެމީހަކު މަގުމައްޗަށް ވެއްޓި ޖެހިގަތް އަޑު ވަރަށް ބާރަށް އިވުނެވެ. ޒައިން ދުވެފައި ގޮސް ވެއްޓިފައި އޮތް އަންހެން މީހާ ކައިރިއަށް ދިޔައެވެ. ޒައިން ހީކުރީ އެ އަންހެން މީހާއަށް ވަރަށް ބޮޑުވަރު ވި ކަމަށެވެ. ނަމަވެސް ﷲ ގެ ހެޔޮ ރަޙުމަތްފުޅުން އޭގެން އެކަކަށް އެއްވެސް ގެއްލުމެއް ނުލިބެއެވެ. އެ އަންހެންމީހާ ޒައިން ކޮށްޕައިލި ގޮތަށް އޭނާވެސް ޕިކަޕާއި ދުރަށްދާންވެގެން ފައި އެޅުނުގޮތަކުން ހަށިގަނޑު ބެލެންސް ނުކުރެވިގެން ވެއްޓުނީއެވެ. ގިނަ ބައެއްގެ ނަޒަރު އެ ދިމާލަށް ހުއްޓިފައިވިއެވެ. “ދައްތާ! އެއްވެސް ތަނަކަށް ތަދުވިތަ؟” އަންހެންމީހާއަށް ތެދުވަން އެހީތެރިވެދެމުން ޒައިން އަހައިލިއެވެ. ކީއްވެ ކަމެއް ނޭނގެއެވެ. އެ އަންހެންމީހާއަށް ނުގޮތަކަށް ޒައިންއަށް ބަލައިލެވުނެވެ. “ތީ ޒައިދް ތަ؟ ހާދަ ތަފާތޭ.” ޒައިން އަށް ބަލަހައްޓައިގެން ހުރެ އެ އަންހެންމީހާ އެހިއެވެ. “ނޫން. މީ ޒައިން. ޒައިދްއަކީ އަޅުގަނޑުގެ ބައްޕަ. ދައްތަ ދަންނަންތަ އަޅުގަނޑުގެ ބައްޕަ؟” ޒައިން ވަރަށް ގާތް ގޮތަކަށް އެ މީހާއާއި ސުވާލުކުރިއެވެ. އެއީ ޒައިން އޭ ބުނުމުން އެ އަންހެންމީހާއަށް ހުރެވުނު ތަންވެސް ނޭނގުނެވެ. ޒައިންގެ ޢާއިލާއަށް ޒައިން ގެއްލުމުގެ ފަހަތުގައި އޭނާގެ އަތެއް ވާކަން އެނގުމުން އޭނާ އަވަސްއަވަހަށް ހިނިތުންވެލުމަށްފަހު އެތަނުން ދާން ހިނގައިގަތެވެ. ޒައިންވެސް މާ ބޮޑު ކަމަކަށް ނަހަދައި ކުރިމަތީގައި ހުރި އޮރެންޖް މާޓަށް ވަންނަން ދިޔައެވެ.

އަތުގެ އިނގިލި ތަކާއި ކުޅެމުން ހިތް ނުތަނަވަސްވެފައިހުރެ ޔޫނާ މަގުމަތީ ހިނގަމުންދިޔައެވެ. ޒައިންގެ ސޫރަ ފެނުމާއި އެކީ އޭނާގެ ފަޔަށް އެރި ތަދުވެސް ފިލައިގެން ދިޔައީ ކަންނޭނގެއެވެ. މާޒީގައި އޭނާ އާއި ޙަމީދާ އާއި ދެމީހުން ޒައިން އަތުލަން ކުޅުނު ކުޅިވަރު އިއްޔެ ވީ ކަމެއްހެން ޔޫނާގެ ހަނދާނަށް އަންނަން ފެށިއެވެ. އެ ޚިޔާލުތައް އޭނާގެ ސިކުނޑިއަށް އުނދަގޫކުރަން ފެށުމުން ދެލޯ މަރައި ބާރުކޮށްލައި ދެފަރާތަށް ބޯ ހޫރުވައިލިއެވެ.

“ކަލޯ ދުނިޔެ ވަށާ އުދުހިލާފަތަ ތިއައީ؟” ގެއަށް ވަތް ޒައިން ފެނި ޝަމީމް ސަމާސާ ރާގެއްގައި އެހިއެވެ. “ހެހެހެ… ނޫނޭ. އެއީ ކުޑަ ކަމެއް ދިމާވެގެން ލަސްވީ.” ގެނައި ކޮތަޅުތައް މޭޒުމަތީގައި ބަހައްޓަމުން ޒައިން ބުންޏެވެ. “ކޮންކަމެއްވީ؟” ޝަމީމްގެ މޫނުމައްޗަށް ސީރިއަސްކަން ވެރިވިއެވެ. ޒައިން އޭނާ ފިހާރައަށް ދިޔަ މަގުމަތީގައި ވީ ކަންތައްތައް ޝަމީމް އަށް ކިޔައިދިނެވެ. “ސުބްޙާނައްﷲ. ނަޞީބެއްނު ހަމަ. ޒައިން ސަލާމަތްވިކަން.” ޒައިންގެ އަތު މުލައްދަނޑީގައި ގޮށްމުށުގެ އެތިފަހަރެއް އަޅުވައިލަމުން ޝަމީމް ބުންޏެވެ. “މަށަށް ޔަގީން މަ މިއަދު އެކްސިޑެންޓް ވީނަމަވެސް މިހާ ވަރަށް ތަދުނުވާނެކަން. ތި އަތް ބަނދެފަ ބައިންދަބަލަ. ނާހަމަ ތިންއިރު އިރަކު ބަލިމީހަކު ބޭސްކާންޖެހޭހެން މީނަވެސް ތިންއިރު އިރަކު މަގޭ އަތުގަ އެބަ ޖަހާ.” އަތު މުލައްދަނޑީގައި ފިރުމައިލަމުން ޒައިން ބުންޏެވެ. “އެއްކަލަ ކޯޅެން ފެށީ ދޯ.” ކޮޓަރިން ނުކުތް ޝިމާޔާއަށް މި މަންޒަރު ފެނިގެން ރުންކުރު ރާގަކަށް ބުންޏެވެ. “މަށެއް ނޫނޭ. މީނައޭ. ޝިމް ނިކަން ޝިމްގެ ދޮންބެއަށް އެ އަތް ހިމޭނުން ބައިންދަން ދަސްކޮށްދީބަލަ. އެހާވަރަށް ހަމަލާއަރުވާލައޭ އެބަ އަހަންނަށް.” ޝަމީމް އާއި ދިމާލަށް ލޯ އަޅައިލަމުން ޒައިން ބުންޏެވެ. ޝިމާޔާ ދެ ފަރާތަށް ބޯ ހޫރުވައިލުމަށްފަހު ބަދިގެއަށްވަނެވެ. ޝަމީމް އެގޮތަށް މީހުން ގައިގައި ޖެހިޔަސް އޭނާގެ ގައިގައި އެތިފަހަރެއް ނުޖަހާކަން ނަސީބެކޭ ޝިމާޔާގެ ހިތަށް އެރިއެވެ.

ދުވަސްތައް އޭގެ ހަލުވި މިނުގައި ފާއިތުވަމުން ގޮސް އެއް ހަފްތާ ފާއިތުވެއްޖެއެވެ. ނިދައިފައި އޮތް ޒައިން ފޯން އެލާމްވީ އަޑަށް ފުންމައިގެން ތެދުވިއެވެ. މިއަދު މީ އޭނާ ވަޒީފާއަށް ނުކުންނަން ޖެހޭ ދުވަހެވެ. ފާޚާނާއަށްވަދެ ފެންވަރައި ރީތިވެލައިގެން ނުކުމެ ފަތިސް ނަމާދު ކޮށްލުމަށްފަހު ޒައިން ނުކުތީ ކޮފީތައްޓެއް ބޮއެލާށެވެ. ކޮފީ ބޮއެ ނިންމައިލުމަށްފަހު ޒައިން ނުކުތީ އެގޭގެ ގޯތިތެރެއަށެވެ. އަނދިރިކޮށް އޮތް ނަމަވެސް ޒައިން ބޭނުންވީ ކުޑަކޮށް މަގުތަކުގައި ހިނގައިލާށެވެ. މިއޮތްފަދަ ވަގުތުގައި މަގެއްގެ މަތިން މީހެއްގެ ހިލަމެއްވެސް ނުވެއެވެ. ހައެއް ޖަހަންދެން ޒައިން އުޅުނީ ބޭރުގައެވެ. ގެއަށް އާދެވުނުއިރު ހައެއްޖަހައި ފަނަރަ މިނެޓު ވެއްޖެއެވެ.

“ޒައިން؟ ކޮންތާކުން ތި އައީ؟” ސޯފާގައި ފޯނާއި ކުޅެން އިން ޝިމާޔާއަށް ޒައިން ގެއަށް ވަތްތަން ފެނުމުން ދެލޯ ބޮޑުކޮށްލައި އަހައިލެވުނެވެ. އެހެންޏާ ޒައިންއަކީ މިކަހަލަ ވަގުތުތަކުގައި ބޭރަށް ދާ މީހެއް ނޫނެވެ. “މީ ދެން ހަމަ ހިނގާލާފަ މިއައީ.” ޝިމާޔާ ކައިރީ ސޯފާގައި އިށީންނަމުން ޒައިން ބުންޏެވެ. “ދެން ހަމަ އަހަރެން ގޮވައިގެން ދާނެތީއޭ.” ތުން އޫކޮށްލަމުން ޝިމާޔާ ބުންޏެވެ. ޝިމާޔާ ތުންއޫކޮށްލި ތަން ފެނި ޒައިން އަށް ހެވުނެވެ. “މަޑުކޮށްލާ ދެން އެއްދުވަހަކުން ދާނީ ދޯ ދެމީހުން ފަތިހު ހިނގާލަން… އަހަރެންގެ ގަމީސް އިސްތިރި ކުރިންތަ ރޭގަ؟” ކަމެއް ހަނދާންވި ފަދައަކުން ޒައިން އެހިއެވެ. “އާނ އިސްތިރިކޮށްފަ ހުންނާނީ.” ފޯނަށް ނަޒަރެއް ދެމުން ޝިމާޔާ ބުންޏެވެ. ޒައިން ކޮޓަރިއަށް ދިޔުމުން ޝިމާޔާ ދިޔައީ ހެނދުނުގެ ސައި ހަދާށެވެ.

ޒައިން ފެންވަރައިލައިގެން ނުކުމެ އޮފީހަށް ދިޔުމަށްޓަކައި ތައްޔާރުވާން ފެށިއެވެ. ކޮނޑުގައި އަޅުވައިފައި އިން ރަތްކުލައިގެ ގަމީހާއި ކަޅުކުލައިގެ ފަޓްލޫނުލުމަށްފަހު ގަމީސް ބެގީކޮށްލިއެވެ. އެނދުމަތީގައި އޮތް ކަޅުކުލައިގެ ކަމަރު އެޅުމަށްފަހު ބެގީ ރީތިކޮށްލިއެވެ. އެއަށްފަހު އިސްތަށިގަނޑުގައި ޖެލްލުމަށްފަހު ރީތިގޮތެއް ހަދައިލިއެވެ. އެންމެ ފަހު ކަމަކަށް ޒައިން ގަޔަށް ބޮޑީސްޕްރޭ ޖެހިއެވެ. ކޮޓަރިން ނުކުތުމުގެ ކުރިން އަދި އެއްފަހަރު ލޯގަނޑުން އަމިއްލަ ސޫރައަށް ބަަލައި ހިނިތުންވެލުމަށްފަހު ކޮޓަރިން ނުކުތެވެ.

“އޭ އާދޭ ސައިބޯން.” ގޭ ދޮރާއި ދިމާލަށް ދިޔަ ޒައިން ފެނި ޝަމީމް ތަންކޮޅެއް ބާރަށް ބުންޏެވެ. ޝަމީމް ހީކުރީ ޒައިން މާ އަވަހަށް ދާން އުޅެނީ ކަމަށެވެ. ނަމަވެސް ޒައިން ދިޔައީ އޭނާގެ ބޫޓު ރީތިކޮށްލާށެވެ. ބޫޓު ރީތިކޮށްލުމަށްފަހު ޒައިން ބަދިގެއަށްވަނެވެ. ޝިމާޔާ ޒައިންއަށް ސައި ހަދައިދީގެން ގެނެސްދިނެވެ. އުފާވެރި މާޙައުލެއްގައި ތިން ޒުވާނުން ވެސް ސައި ބޮއެ ނިންމައިލިއެވެ. ސައިބޮއެ ނިންމައިގެން ޒައިން ގޭގައި މަޑުކުރީ އަދި އަށެއް ޖަހަން ތިރީސް މިނެޓް އިނީމައެވެ. “ބްރޯ. ގުޑް ލަކް އިނގޭ. ވަރަށް ބަލައިގެން އުޅޭތި. އެހެންނޫނީ އަނެއްކާ ކުރިން ދުވަހު ލިބުނު ކަހަލަ ލަނޑެއް ލިބިދާނެ.” މަޑު ހުނުމަކާއިއެކު ޝަމީމް ބުންޏެވެ. ޒައިން ބޯ ޖަހައިލުމަށްފަހު ގެއިން ނުކުންނަން ހިނގައިގަތެވެ. ޝިމަޔާ އާއި ޝަމީމް އަށް އަތުން ހަނާއަަޅައިލުމަށްފަހު ޒައިން ހިނގައިގަތީ ޓީވީ މޯލްޑިވްސް އިމާރާތާއި ދިމާލަށެވެ.

މިއީ ވަޒީފާގެ ފުރަތަމަ ދުވަސް ކަމުން ޒައިންއަށް މާ ގިނަ މަސައްކަތްތަކެއް ކުރާކަށް ނުޖެހުނެވެ. ފުރަތަމަ ދުވަހަށް ވިޔަސް މީޑިއާއިން ޒައިންއަށް ވަރަށް ގިނަ އެކުވެރިން ލިބުނެވެ. ޓީވީ މޯލްޑިވްސް އިން އަލަށް ފަށަން އުޅޭ ޕްރޮގްރާމެއް ކަމަށްވާ ‘ރާއްޖެތެރެއިން’ ހުށަހަޅަން ހަމަޖެހުނީ ޒައިންއަށެވެ. އެ ޕްރޮގްރާމް ނަގަން މީޑިއާއިން ހދ އަތޮޅަށް ދަތުރެއް ހަމަޖެއްސިއެވެ. ނަޞީބުކަން ދިމާކުރި ގޮތުން އެންމެ ފުރަތަމަ ދާންޖެހުނީ ޒައިން ކުޑައިރު ދިރިއުޅުނު ރަށަށެވެ. ޒައިން ވަރަށް ރަނގަޅަށް އެ ޕްރޮގްރާމަށްޓަކައި ތައްޔާރުވާން ފެށިއެވެ.

އެދުވަހުގެ ޑިއުޓީ ނިންމައިލުމަށްފަހު ޒައިން ގެއަށް އައީ ހަމަޖެހިފައިވި ހިތަކާއިގެންނެވެ. ވަޒީފާގެ ފުރަތަމަ ދުވަސް މިހާ ފުރިހަމަވެދާނެއެކޭ ޒައިންގެ ހިތަކަށް އެއްގޮތަކަށްވެސް ނާރައެވެ. ޒައިން ހީކޮށްގެން ހުރީ އެތައް ގޮންޖެހުންތަކަކާއި ކުރިމަތިވާނެކަމަށެވެ. ނަމަވެސް އެކަހަލަ އެއްވެސް ކަމެއް ނުވެއެވެ.

އޭގެ އަނެއްދުވަހެވެ. ބާޒާރުކޮށްލަން ދިއުމުގެ ބަހަނާގައި ނައިޒަކްމެން އެދުވަހު މެންދުރު ބޭރަށް ނުކުތެވެ. އަސްމާގެ އެކުވެރިންކޮޅެއް އެ ދުވަހު އެގެއަށް އައިސްއުޅޭތީއާއެކީ ނައިޒަކްމެނަށް ވަރަށް ފަސޭހައިން އަސްމާގެ އެއްވެސް ސުވާލަކާއި ކުރިމަތިނުވެ އެމީހުނަށް ގެއިން ބޭރަށް ނުކުމެވުނެވެ. އަސްލު ޙަޤީޤަތުގައި އެ މީހުން އެ ދުވަހު ބޭރަށް ނުކުތީ ޒައިން އާއި ބައްދަލުކުރުމުގެ ބޭނުމުގައެވެ.

ގޭދޮރުގައި ޓަކިޖަހާ އަޑަށް ޝިމާޔާ ދޮރު ހުޅުވިއެވެ. “ނައިޒަކް. ވަދޭ އެތެރެއަށް.” ނައިޒަކްމެން އެތެރެއަށްވަނުމުން ޝިމާޔާ ދޮރު ލައްޕައިލުމަށްފަހު އެމީހުން ގާތުގައި އިށީންނަން ބުންޏެވެ. ސޯފާގައި އެ އެންމެންނަށް އިށީންދެވޭވަރަށް ޖާގަ ނެތުމުން ބަދިގެއިން ދެ ގޮނޑި ޝިމާޔާ ގެނެސްދިނެވެ. ތިން އަންހެންކުދިން ސޯފާގައި އިށީންއިރު ނައިޒަކްއާއި އާރިޝް އިށީނީ ގޮނޑީގައެވެ. “އޭ ޝިމާޔާތަ މިއުޅެނީ؟” ބަދިގެއަށް ވަންނަން ދިޔަ ޝިމާޔާއަށް ބަލައިލަމުން ރިޝާނާ އަހައިލިއެވެ. ރިޝާނާގެ އަޑަށް ޝިމާޔާ ހުއްޓުން އެރިއެވެ. ސްކޫލުދުވަސްވަރުގެ އެކުވެރިއަކާއި މިގޮތަށް ބައްދަލުވެދާނެއެކޭ ޝިމާޔާގެ ހިތަކަށް ނާރައެވެ. “ރިޝާނާ؟ އަޅެ. ހާދަ ދުވަހެއް ފަހުންނޭ މި ދިމާވީ.” ކޮޅަށް ތެދުވެ އިން ރިޝާނާ ކައިރިއަށް ގޮސް އޭނާގެ އަތުގައި ހިފައިލަމުން ޝިމާޔާ ބުންޏެވެ. ލިބުނު އުފަލުގައި ދެ އެކުވެރިންވެސް ބައްދައިލިއެވެ. ފިނި ބުއިމެއް ހިފައިގެން އެބަ އަންނަމޭ ބުނެ ޝިމާޔާ ބަދިގެއަށް ވަންނަން ދިޔައެވެ.

“ކޮބާ ފަސްކުދިންކޮޅު އައީ ދޯ.” ކޮޓަރިން ނުކުތް ޝަމީމް އަށް ނައިޒަކްމެން ފެނި އެ މީހުން ގާތަށް ދިޔައެވެ. “ކޮބާ ބޭބެ؟” ގޭތެރޭގެ އެކި ދިމާލަށް ނަޒަރު ހިންގައިލަމުން މުނީޝާ އެހިއެވެ. “ޑިއުޓީގަވީ. މިހާރު ނިމެންވެދާނެ ކަންނޭނގެ. އަސްމާދައްތަ ނުގެންނަންތަ؟” ފަސްބެއިން ތިބި އިރުވެސް އެތަނުގައި އެމީހުންގެ މަންމަ ނެތްކަން ފާހަގަ ކުރެވުމުން ޝަމީމް އެހިއެވެ. “އާނ މަންމަ މިއަދު މަންމަގެ ފްރެންޑްސް ތަކަކާއެކީގަ އުޅެނީ. އެހެންވެ ނުގެނައީ.” އާރިޝް ބުންޏެވެ. އިރުކޮޅެއްނުވެ ތަބަކަކަށް ފަސް އަނބުޖޫސްތަށި ލައިގެން ޝިމާޔާ އައެވެ. ކުޑަ މޭޒުމަތީގައި ތަބައް ބެހެއްޓުމަށްފަހު ޝިމާޔާ އައިސް ރިޝާނާ ކައިރީ ސޯފާގެ އަތްގަނޑުގައި އިށީންދެލިއެވެ.

އެކިއެކި ވާހަކަދެއްކުމުގައި ޝަމީމްމެން ތިއްބެވެ. އެހެން އިނދެފައި އިރުކޮޅަކާ ހިނިގަނޑެއް ޖަހައިލައިފާނެއެވެ. ކޮންމެ މީހަކުވެސް އެމީހެއްގެ ޙަޔާތުގައި ދިމާވި މަޖާ ވާހަކަތައް ޚިއްޞާ ކުރަމުން ދިޔައެވެ. އެންމެން ވެސް ވާހަކަ މެދުކަނޑައިލީ ދޮރުގެ ތަޅުވަޅަށް ތަޅުދަނޑި ޖެހި އަޑު އިވުމުންނެވެ. “ޒައިން ބަލާބަ މިތިބީ ޒައިންގެ ކޮއްކޮތައް އައިސް ޒައިން ކައިރިއަށް.” ގޭތެރެއަށް ވަދެ ދޮރުލައްޕައިލި ޒައިންއަށް ޝިމާޔާގެ ދުލުން އެ ބުނި ޖުމުލަ އިވުމުން ހުއްޓުން އެރިއެވެ. ޒައިން އެނބުރި ބަަލައިލިއިރު އެމީހުންވެސް ތިބީ ޒައިންއަށް ބަލަހައްޓައިގެންނެވެ.

ނައިޒަކްމެން ކޮޅަށް ތެދުވިއެވެ. ޒައިން ހުރީ އަދިވެސް އެ މީހުނަށް ބަލަހައްޓައިގެންނެވެ. ދެ ފިރިހެން ކޮއްކޮއެއްގެ އިތުރަށް ތިން އަންހެން ކޮއްކޮވެސް އެބަހުއްޓެވެ. “ބޭބޭ.” ނައިޒަކްމެން އެއް އަޑަކުން ޒައިން އަށް ގޮވައިލިއެވެ. ހީވާގޮތުން އެމީހުން އެތިބީ އެކަމަށް ކުރިއައިލައި ތައްޔާރުވެގެންނެވެ. ޒައިންގެ ހިތަށް ވީ ބުނެދޭން ނޭނގޭ ފަދަ ގޮތެކެވެ. ހީވީ އަމިއްލަ ދަރިންތަކެއް ކުރިމަތީގައި ތިބިހެންނެވެ. ދެލޯ ކަރުނުން ފުރެން ފެށުމާއިއެކު އަވަސްއަވަހަށް ޒައިން ދެލޯ ފުހެލިއެވެ. ސޯފާ ކައިރީ ތިބި ތިން އަންހެންކުދިންނަށް ބަލައިލެވުމާއިއެކު ޒައިންގެ ހިތް ލޯބިން ބަންޑުންވާން އުޅޭހެން ހީވިއެވެ.

“ބޭބޭ!” މުނީޝާ، އުޝާ އަދި ރިޝާނާ ކުޑަކޮށް ދުވެލައިފައި ގޮސް ޒައިން ގައިގައި ބައްދައިލިއެވެ. ޒައިންވެސް އެތިންކުދިންގެ ގައިގައި އޭނާގެ އަތް ވަށައިލިއެވެ. ދުނިޔޭގައި އުޅެ ބޮޑުވިތާ ތިރީސްހަތަރު އަހަރު ފަހުން އޭނާގެ ކޮއްކޮމެން ހަމަ ލޮލަށް މިފެނުނީ އަދި ކިރިޔާއެވެ. ނައިޒަކް އާއި އެއްކޮށް ކިތަންމެ ގިނަ ދުވަހު އުޅެވިފައި ވިޔަސް ޙަޤީޤަތުގައި ނައިޒަކް ފެނުނީ މިއަދުއެވެ. ކޮއްކޮއެއްގެ ގޮތުގައެވެ. ޒައިން ވަރަށް ލޯބިން ތިން ކުދިންގެ ކޮލުގައި ފިރުމައިލިއެވެ. މުނީޝާމެނަށް ދުރުގައި ހުންނަން ކެތްނުވީ ޒައިން އެމީހުންގެ ބައްޕައާއި ވައްތަރުވީމައެވެ. ދުވެލައިފައި ގޮސް ޒައިން ގައިގައި ބައްދައިލެވުނީވެސް އެ ސަބަބާ ހުރެއެވެ. “ސޮރީ. ބޭބެއަށް ކުރިން ނޭނގުނީ.” ލޮލުން އޮހޮރުނު ކަރުނަ ފުހެލަމުން ޒައިން ބުންޏެވެ. ޒައިންއަށް އަދިވެސް ހީވަނީ އެފަސްބެއިންނާއި ދުރުގައި އުޅެވުން އެއީ އޭނާގެ ކުށެއް ގޮތުގައެވެ. “އެއީ ބޭބެގެ މައްސަލައެއް ނޫނެވެ. އަސްލު ބޭބެ ނުޖެހޭނެ ސޮރީ ބުނާކަށް. ސޮރީ ބުނަން ޖެހޭނީ އަހަރުމެންގެ ބޮޑުދައިތަ އާ ބޮޑުދައިތަގެ އެކުވެރިޔާއާ ދެމީހުން.” ނައިޒަކް ބުންޏެވެ. ނައިޒަކް އެ ދެއްކީ ޙަމީދާގެ ވާހަކަ ކަން ޒައިންއަށް ނަގައިގަނެވުނެވެ. “ބޮޑުދައިތަ މި ދުނިޔެއަކު ނެތް.” އެ ހުރިގޮތަށް ހުރެ ޒައިން ބުންޏެވެ. އެންމެންވެސް ޒައިން އާއި ދިމާލަށް ބަލަން ފެށުމުން ޒައިން އެ ދުވަހު ކަން ހިނގައިދިޔަ ގޮތް ކިޔައިދިނެވެ. އަދި ޒައިންއަށް މާލެ އަންނަން ޖެހުނީ ވެސް ޙަމީދާ މި ދުނިޔެ ދޫކުރުމުން ކަމުގައި ބުންޏެވެ.

އުފާވެރި ވަގުތުކޮޅެއް ބޭބެއާއިއެކީ ހޭދަކޮށްލެވުމުން ނައިޒަކްމެން ތިބީ ވަރަށް ހިތްހަމަ ޖެހިފައެވެ. ޒައިން ކުޑައިރުގެ ވާހަކަތައް ކިޔައިދިނުމުން ނައިޒަކްމެން ޒައިން އާއިމެދު ޙަމްދަރުދީ ވިއެވެ. ނަމަވެސް އެއީ މާޒީ ކަމާއި އެކަމާ ދޭތެރޭ އެއްގޮތަކަށްވެސް ނުވިސްނުމަށް ޒައިން ބުންޏެވެ. “ބޭބޭ. ހިނގާ ދާން އަހަރުމެނާއެކު ގެއަށް.” އުޝާ ބުންޏެވެ. ނަމަވެސް ޒައިން އެކަމާ ދެކޮޅު ހެދިއެވެ. މުނީޝާ އެއީ ކީއްވެހޭ އެހުމުން ޒައިން ބުނީ އޭނާ މަންމައަށް ސަރޕްރައިޒެއް ދޭން ބޭނުންވާކަމުގައެވެ. އަދި މަންމަ ގާތުގައި އޭނާގެ އެއްވެސް ވާހަކައެއް ނުދެއްކުމަށް ބުންޏެވެ. ޒައިންގެ އެ ޚިޔާލަށް އެންމެންވެސް ތާޢީދު ކުރިއެވެ. އަދި މިމަހުގެ ވިހިވަނަ ދުވަހުގެ ހަވީރު ޓީވީ ބަލަން އެންމެން ކައިރީ ޒައިން ބުންޏެވެ. “ބޭބެގެ ޕްރޮގްރާމެއް ވެއްޖެއްޔާ ނުބަލައެއް ނުހުންނާނަން ދޯ. މަންމައަށް ބޭބެ ފެނިއްޖެއްޔާ ރޮވޭނެ ހަމަ. މިހާރުވެސް ބޭބެ ގެއަށް ނުގޮސްގެން ކެތްމަދުވެފަ ހުންނަނީ.” އާރިޝް ބުންޏެވެ. ޒައިން އެ ވާހަކައަށް ހަމައެކަނި ހިނިތުންވެލީއެވެ. އެއްވެސް އެއްޗެކޭ ނުބުނެއެވެ. ޙަޤީޤަތުގައި ޒައިންވެސް އެ ހުންނަނީ އޭނާގެ އުފަން މަންމަ ދެކިލާހިތުން ކެތްމަދުވެފައެވެ. އެހެނެއްކަމަކު ޒައިން އަދި މަޑުކޮށްލައިގެން އެ ހުންނަނީ އޭނާގެ ޕްރޮގްރާމް ރެކޯޑްކޮށް ނިމެންދެނެވެ.

ނައިޒަކްމެން އެދުވަހު ގެއަށް ދިޔައީ ޢަޞްރު ނަމާދު ބަންގިގޮވަން ވެފައި ވަނިކޮށެވެ. ޝަމީމްމެން ގެއިން ނުކުމެ ފިހާރައަށްވަދެ އަތު ޖެހުނު އެއްޗެއް ގަނެލައިގެން އައީ އަސްމާގެ ސުވާލުތަކެއް އެމީހުނާއި ކުރިމަތިވެދާނެތީއެވެ. އެހެނީ އެމީހުން ބޭރަށް ނުކުތީ ބާޒާރުކޮށްލަން ކަމަށް ބުނެފައި ވާތީއެވެ.

ދުވަސްތައް ފާއިތުވަމުން ގޮސް ޒައިން ފުރާ ދުވަސް އައިސް ޖެހިއްޖެއެވެ. ޝަމީމް އަތުން ބޮޑު ދަބަހެއް ހޯދައިގެން އެއަށް އޭނާ ލާން ގެންގުޅޭ އަށް ވަރަކަށް ގަމީހާއި ހަތަރު ފަޓްލޫނާއި ދެ ޖީންސް ލިއެވެ. އަދި އެހެނިހެން ބޭނުންވާ ސާމާނު ދަބަހަށް އަޅައި ބަންދުކުރިއެވެ. ގެއިން ނުކުމެ ޒައިން އޭނާގެ ޓީމާއިއެކު ރެސްޓޯރެންޓަކަށް ސައިބޯން ދިޔައެވެ. އަށެއް ޖެހިއިރު އެންމެންވެސް ތިބީ ހަ ނަމްބަރު ޖެޓީ ކައިރީގައެވެ. ކޮންމެއަކަސް އެ ދުވަހު ލޯންޗް މާލެއިން ފުރީ އަށް ގަޑި ބައިވި އިރުއެވެ.

ޒަމާންތަކަކަށްފަހު ޒައިން އުޅެ ބޮޑުވި ރަށަށް އާދެވުމުން ބުނެދޭން ނޭނގޭ އިޙުސާސެއް ކުރުވިއެވެ. އެ ރަށަކީ އޭނާގެ މާޒީގެ އެތައް ހަނދާންތަކެއް ރައްކާކުރެވިފައިވާ ރަށެކެވެ. އެންމެންވެސް ހިނގައިގަތީ އެ ރަށުގައި ހުންނަ އޮފީހާއި ދިމާލަށެވެ. އެ ރަށު ކައުންސިލަރުންގެ ފަރާތުން ހުއްދަ ހޯދައިގެން އެ ޕްރޮގްރާމް ނަގަން ހަމަޖެހުނީ އެ ދުވަހުގެ ހަވީރު ވަގުތުއެވެ. އަދި އެ ޕްރޮގްރާމްގެ ބަސްދީގަތުމަށް އެ ރަށުގައި ދިރިއުޅޭ އެކިއެކި އިސްރަށްވެހިންނާއި ޒުވާން ކުދިން ކޮޅެއް ހޯދިއެވެ.

ކޮންމެއަކަސް އެދުވަހުގެ ހަވީރު ޓީމްގެ އެންމެން ރަށުގެ އަތިރިމައްޗަށް ދިޔައެވެ. ޒައިން އަތަށް މައިކް ދިނުމާއިއެކު އެ ހިފަހައްޓައިގެން ކެމެރާއާއި ކުރިމަތިލައިގެން ހުއްޓެވެ. ފައްޓަން ބުނުމާއިއެކު ބިސްމީގެ ބަރަކާތުން ޒައިން އޭނާގެ ވާހަކަ ފެށިއެވެ. ޕްރޮގްރާމްގެ ތަޢާރަފެއް ދިނުމަށްފަހު ދެން އެ ރަށާ ބެހޭގޮތުން އެކިއެކި ވާހަކަ ދައްކަމުން ޒައިން ދިޔައެވެ. ޚާއްޞަކޮށް އެ ރަށުގެ އެ ނަލަނަލަ އަތިރިމައްޗާބެހޭގޮތުންނެވެ.

ޓީވީ ބަލަން ތިބި ނައިޒަކްމެންގެ ތުންފަތުގައިވީ ހިނިތުންވުމެކެވެ. ބޭބެގެ އެ ހިތްވަރުގަދަކަމާއި ކެރުންތެރިކަން ފެނި އެމީހުން އުފާވިއެވެ. “މަގޭ ދަރި. ހަމަ ހީވަނީ ޒައިދްހެން. ހީފަ ހުންނައިރު އަދި ނިކަން ވައްތަރު.” ޓީވީ ސްކްރީނުން ފެންނަމުން ދިޔަ ޒައިންގެ ސޫރައަށް ބަލައިލަމުން އަސްމާ ބުންޏެވެ. ޙަޤީޤަތުގައި އަސްމާ މިއަދު ޒައިންއަށްޓަކައި ފަޚުރުވެރިވެއެވެ. ޒައިން މެދުވެރިވެގެން އެ ޢާއިލާއަށް ރީތިނަމެއް ލިބޭނެކަން މިހާރު އަސްމާއަށް ޔަޤީނެވެ.

– ނުނިމޭ –

Share Article

Follow Me Written By

Hafsath Noora

Level 610 Stories100 Comments100 Login500 Comments

Born on 13th April 2005. Always wants to write stories. Specially Dhivehi stories. Love to read stories too. Loves to read comments. Positive and negative comments are always welcome. Lots of loves to my readers from the bottom of my heart ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Other Articles

Previous

ތީ އޭ އުފަލަކީ…(2)

Next

ހިތުގެ ކޮންމެ ވިންދެއްގައި – 9 –

Next
April 5, 2020

ހިތުގެ ކޮންމެ ވިންދެއްގައި – 9 –

Previews
April 4, 2020

ތީ އޭ އުފަލަކީ…(2)

12 Comments!

  1. Lysh says:
    April 4, 2020 at 11:05 pm

    Wow dhonthy. Avas next..varah Curious vehjje..lve ya.

    1. Dhonthy says:
      April 5, 2020 at 2:06 pm

      Thank you so much Lysh. Yes dear v avahah next part genesdheynan inge. Love you too ❤️❤️❤️❤️❤️❤️❤️

  2. sama says:
    April 4, 2020 at 11:28 pm

    Oh my god
    vaahaka vvvvvvvv reethi
    ekam thankolheh kuree
    vedhaane vaahaka kiyaahithun hureema vee gotheh kamahves
    by the way when next part

    1. Dhonthy says:
      April 5, 2020 at 9:59 am

      Thank you so much sama dear. Ahaha ehenveema dhen anna part miauvure dhigukollan vee dhw. Next episode Insha Allah tomorrow or on Tuesday. Keep waiting dear.

  3. Liyaa says:
    April 5, 2020 at 7:48 am

    Love it ???

    1. Dhonthy says:
      April 5, 2020 at 2:07 pm

      Thank you Liyaa ???

  4. Dhonthy says:
    April 5, 2020 at 9:55 am

    Salaam. Here is the twenty first part of this story. Hope you all will like it. Everyone stay safe at home. Enjoy reading and leave a comment. Love you all❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  5. taetae says:
    April 5, 2020 at 6:09 pm

    thankyou dhonthy … your stories make us less bored…vvv reethi mibai vx..when is next

    1. Dhonthy says:
      April 6, 2020 at 8:10 am

      Awwwww welcome dear. Ow feel happy for that. Thank you so much taetae. Mihaaru next part kiyaaleveyne dear. ❤️

  6. Yanaa says:
    April 5, 2020 at 8:01 pm

    Varah varah reethi ❤❤❤❤❤❤
    maa sha Allah????????
    waiting waiting ❤❤❤❤❤❤❤
    ????Ly dhonthy?????

    1. Dhonthy says:
      April 5, 2020 at 8:26 pm

      Thank you so much Yanaa. ❤️❤️❤️❤️????? Yes dear keep awaiting inge. Love you too Yanaa ❤️❤️❤️❤️????❤️❤️❤️????

    2. Dhonthy says:
      April 6, 2020 at 12:01 pm

      Sorry not awaiting. Waiting

Comments are closed.


All Right Reserved!