“ނާއިމް މޮޔަ ވީތަ؟؟ މީހެއްގެ އަންބެއްގައިގައި އަތްލަން ލަދުވެސް ނުގަންނަނީތަ” ސިއާ ހުރީ ރުޅިއަރާ ރަތްވެފައެވެ. “ކޮބާ މައްސަލައަކީ ކިއާން އަށްވުރެ ކުރިން ސިއާ ދެކެ ލޯބިވެވުނީ އަހަރެންނަށް ކިއާން އަށް ވުރެ ކުރިން ސިއާއާ ކައިވެނި ކުރަންވެސް އުޅުނީ އަހަރެން” ނާއިމް އެބުނީ ކީކޭކަން ސާފުނުވުމުން ސިއާ ހުރިގޮތަށް ހުރީއެވެ. ސިއާ އާއި ނާއިމްގެ ވާހަކަތައް ފައްޓައިގެން ނާއިމް ކިޔާދޭން ފެށިއެވެ. ނާއިމްގެ އަނގައިން ނިކުތް ކޮންމެ ބަހަކުންވެސް ސިއާގެ ބޮލުގެ ރިހުން ދިޔައީ ގަދަވަމުންނެވެ………………….. […]
“ޒާރާ!” އަހުމަދު ވަރަށް ބާރަށް ބުންޏެވެ. “ދެން ހުއްޓާލާ! ހުއްޓާލާ!” ޒާރާ ބުނާ ވާހަކައެއް އެކެއްވެސް ގަބޫލެއް ނުކުރިއެވެ. ޒާރާއަށް އޭނާގެ ބައްޕައަށް ޝައްކު ކުރެވެން ފެށުނެވެ. ކިތަންމެ ކުރަން ބޭނުންނުވިޔަސް ކުރެވުނީއެވެ. އަހުމަދު ނާޔާގެ މަރާއި ދޭތެރޭ މާ ބޮޑަށް ސަމާލުކަމެއް ނުދިނުމާއި އެހާ ލަސްވަންދެން ބޭރު އުޅެފައި އައީމަ ޒާރާގެ ޝައްކުތައް ވީ އިތުރެވެ. އެހެން ތިއްބާ ދޮރު މަތީގައި ހުރި މީހަކު ފެނިފައި އަފިފާއާއި އަހުމަދު ހައިރާންވާ ކަމަށް ހެދިއެވެ. ދޮރު ކުރިމަތީގައި […]
ލައިޝް އެވާހަކަ ކިޔައިދީ ނިމުނުއިރު ޝަބާނާއާއި ޒާރާ ތިބީ ފެންކަޅިވެ ސުވާލުން ފުރިފައެވެ. “ދޮންތަ… ދަންޖެހިގެން މަރުވީއޭ؟” ޒާރާ އެހިއެވެ. “ފެނުނީ ދަންޖެހިފަ އޮއްވާ! އެކަމު ދޮންތަބެ އަކަށް ހިއެއްނުވޭ އެއީ ހަގީގަތެއް ހެނެއް!” ލައިޝް ބުންޏެވެ. “ބައްޕަ ކިތައްފަހަރު ބުނަންވީ؟ ލައިޝްވެސް ހުރިންދޯ އެތާ! ނުފެނުނީތަ އަޅެ ނާޔާ ދަންޖެހިފަ އޮއްވާ؟” ކޮޓަރިއަށް ވަންނަމުން އަހުމަދު ބުންޏެވެ. “އެކުދިންނަށް ތިކިޔައިދެނީ ކޯއްޗެއް؟ ބައްޕަ އުއްމީދެއް ނުކުރަން ލައިޝްގެ ފަރާތުން މިކަހަލަ ކަމެއް!” “ބައްޕާ؟ ތީ ބައްޕަތަ […]
ފަތިހުގެ ހިތްގައިމުވަގުތެވެ. އުޑުމަތިން ކޮންމެވެސް ވަރަކަށް ވިއްސާރައިގެ ނިޝާންތައް ފާޅުވާން ހުއްޓެވެ. ވައި ބާރުކަމުން ގޯތިތެރޭގައި ހައްދާފައިހުރި ގަސްތައް ހީވަނީ ދެންމެ ދެންމެ މުލުން ލުހިގެން ގޮސްދާނެހެންނެވެ. އިރުއަރާކަށް މާގިނަ ވަގުތެއް ނެތެވެ. ފަތިސް ނަމާދު ކޮއްލުމަށްފަހު އަހަރެން ގޯތިތެރޭގައި ކުނިކެހުމަށް ނިކުތީމެވެ. ވާރޭ ވެހުމުގެކުރިން ކުނިކަހައި ނިއްމުމަށްޓަކައެވެ. އެއީމީގެ ދިހައަހަރު ކުރިއެވެ. އަހަރެން ރަށުން ގުރޭޑް ދިހައެއް ކިޔަވައި ނިއްމުމަށްފަހު މާލެ ބަދަލްވީމެވެ. ދޮންބެ އިލާން ދިރިއުޅެނީ މާލޭ މީހަކާއި އިނދެގެން މާލޭގައެވެ. އެހެންކަމުން ދޮންބެގެ […]
“ޔޫ މަސްޓް ބީ ޑްރީމިންގ” ނޫރާ ރާކިން އާ ދިމަލަށް ލޯ އަޅާލިއެވެ. ނުރާ އުޅެއުޅެވެސް ހެދުމެއް ނުލެވުނެވެ. އެންމެ ފަހުން ނޫރާ ރާކިން އާ ދިމަލަށް ބަލާލިއެވެ. ރާކިން ބޮކި ނިއްވާލާފައި ނޫރާ ގާތައް ދިޔައެވެ. ރާކިންގެ މި އަމަލުން ނޫރާގެ ހިތުގައި ރާކިންގެ މަގާމު މަތިވިއެވެ. ރާކިން ހެދުމުގެ ޒިބު ނައްޓާލާފައި ނޫރާގެ ބޮލަށް އެރުވިއެވެ. “އޭއި!!!!!!!! ކޮންތާކު ތިއަތްލަނީ” އެތަށް މަސަތްކަތުން ރާކިން ނޫރާ ހެދުން ލެއްވިއެވެ. ބޮކި ދިއްލިގަޑީގައި ރާކިންގެ ކޯ […]
“އޯހް ގެޓް ޓުނައިޓް ދޯ. އެކަމަކު ހާދަ އަވަހޭ މިއަހަރު .” މާލް ބުނެލިއެވެ. މާލް މެން ސާރާމެނަށް ޕްރޮމް ނައިޓް އޮޅުން ފިލުވާ ދިނެވެ.” އެރެޔަކީ ކޮލެްގެ ކުދިން އެއްވެލާ މަޖާކޮށްލާ ރެޔެއް. ތަފާތު ކުޅިވަރުތަށް ކުޅެ ކައިހަދާނެ އެރޭ.އެއީ ކޮލެޖަށް އަލަށް އަންނަ ކުދިންނަށް ރައްޓެހިން ހޯދަ ދިނުމަށާއި އެއްކޮށް ބާއްވާ ހަރަކާތެއް. އާއްމުކޮށް ލޯބިވެރިންގެ ލިސްޓަށް ނަން އަރާނެ އެރޭ.” މާލް އެއްލޯމަރާލަމުން ބުނެލިއެވެ. “ތިހެން ވިއްޔާ މިހުރީ ތި ލިސްޓުގައި ހުރި […]
ޒައިކްގެ އަތް ގޮށްމުއްކެވިގެން ދިޔައެވެ. އަނެއްކާވެސް އޭނާއަށް އެއިވުނީ އޭނާ ރުޅިއަންނަ އެންމެ ނަފްރަތު ކުރާ އޭނާގެ ކޮއްކޮގެ ވާހަކައެވެ. އެންމެ މީހަކަށްވެސް ޔުނާންގެ ވާހަކަ ނުދައްކައި ނޫޅެވެނީބާއޭ ޒައިކްގެ ހިތަށް އަރަމުން ދިޔައެވެ. ”ޔޫހާ އަހަރެން ގާތު އޭނާގެ ވާހަކަ ނުދައްކަބަލަ. ގެޔަށް ވަދެއްޖާވެސް ޔުނާން. ޔުނާން. ޔުނާން. ބޯ ފަޅައިގެންދާ ވަރު ވެއްޖެ މިހާރު ތި ކަމަކާ ހުރެ. އާދޭސްކޮށްފަ މިބުނީ އެ ޔުނާންއެއްގެ ވާހަަކަ އަހަރެން ގާތު ނުދައްކާ.” ޔޫހާއާ ދިމާލަށް އެނބުރިލައި […]
” ދެން އަހަރެމެންގެ މިހާ އުފާވެރި ހަފްލާއަށް އަހަރެމެންގެ ކުޑައިރުގެ އެކުވެރިޔާއަށްވެސް ތިހުރީ ނޭނގިނަމަވެސް އާދެވިފައި.. ދެން ބައިވެރިވެލާފައި ދާންވާނީ..” ބައްރާ އެދުނެވެ. އެންމެން ވާހަކައިގައި ތިބެ އެރަށުގައި ކައިވެނި ފަދަ ހަފްލާތަށް ބޭއްވުމަށް ހަދާފައިވާ ބޮޑު ގަނޑުވަރަށް ދިޔައެވެ. ގަނޑުވަރު ވަނީއެކިކުލައިގެ ބޮކިތަކުން ޖަރީކޮށްފައެވެ. ގަނޑުވަރުގެ ބޭރުން ބަލާލިޔަސް އެއީ ކުޑަތަނެއްނޫން ކަން އެނގެއެވެ. ގަނޑުވަރަށް ވަންނަ ދޮރޯށިވަނީ ރީނދޫކުލައިގެ މާތަކުން ފުރާލާފައެވެ. އެއީ ހަދާފައިވާ ދޮރޯއްޓެއް ނޫނެވެ. އެއީ ވެލަށް ދުވެފައިވާ މާގަހަކުން ދޮރޯއްޓެއްގޮތަށް […]
‘ޒާޔާއަށް.. ދައްތަ މި ސިޓީ ޒާޔާއާއި މި ޙަވާލުކުރަނީ އަމާނާތެއްގެ ގޮތުގައެވެ. މީގަ ދައްތަ އެދިފައިވި ގޮތަށް ޒާޔާ ކަންތައް ކޮށްދީފިނަމަ ޒާޔާއަށް އެ އަމާނާތަކަށް އެ ރައްކާތެރިވެވުނީއެވެ. ދައްތަ އެދިފައިވި ގޮތާއި ދެކޮޅު ހަދައިފިނަމަ ހަމަ ގައިމުވެސް ޒާޔާއަށް އެ އަމާނާތަށް ޚިޔާނާތްތެރިވެއްޖައީހެވެ. ތީ ރަނގަޅުކުއްޖެއްނަމަ މި އަމާނާތަށް ރައްކާތެރިވާނެއެވެ. ދައްތައަށް އަޑުއިވިފައިވި ގޮތުން ޒާޔާ ތީ މިހާތަނަށް އައިއިރުވެސް ޒާޔާގެ މައިންބަފައިން ބުނާ ބަސް ޤަބޫލުކޮށްގެން ދިރިއުޅެމުން އައި ކުއްޖެކެވެ. ދުވަހަކުވެސް ޒާޔާ އަކީ […]