“ޔަނާހު…ޒީވާ ވެސް ލިއަމް ވެސް މަރާލީ އެކަކު. ހަމަ އެއްގޮތަކަށް. އެއީ ސީރިއަލް ކިލާރ އެއް. އޭނަ ބޭނުން ވަނީ ޝާޔަން. އެންޑް މިހާރު ޝާޔަން ގެއްލިގެން މިއުޅެނީ. ވީ ހޭވް ޓު ފައިންޑް ހާރ.” ޔަނާހު ގޮވައިގެން ކިނާން ދިޔައީ ޕޮލިސް ސްޓޭޝަނަށެވެ. “ޝާޔަން ޝާޔަން ޝާޔަން…” އިވިގެން ދިޔައީ ދަންނަ އަޑެކެވެ. ޝާޔަންގެ ހިތް ނެގި ނެގިފައި ޖެހެމުން ދިޔައެވެ. ހުމާމް ޝާޔަންގެ ކުރިމައްޗަށް އަރާލިއިރު އޭނާގެ މޫނުމަތީގައި ވަނީ މަކަރުވެރި ހިނިތުންވުމެކެވެ. “ހުމާމް […]
“ދޮންބޭ… ކިހިނެއްތަ ދޮންބެދައްތައަށް ވީ؟” ޝަބާނާ އެހިއެވެ. ލައިޝް ފުން ނޭވާއެއްލައިފައި ކަންހިނގި ގޮތް ފެށިގެން ނިމެންދެން ކިޔައިދިނެވެ. …………………………………………………”މަންމާ! މި ވަންނަނީ ފެންވަރާލަން ހިނގޭ!” ނާޔާ އޭނާގެ މަންމަ ގާތު ބުނެފައި ކޮޓަރިއަށް ވަނެވެ. “ނާޔާ.. ދަރިފުޅާ ނާޔާ… އާދެބަލަ މާމައާ އެކު ފިހާރައަށް ދާން!” އިރުކޮޅެއް ފަހުން ސަކީނާ ނާޔާއަށް ގޮވިއެވެ. “މަންމާ… ނާޔާ ވަނީ ފެންވަރަން ވަދެ” އައިންތު ސަކީނާ ގާތު ބުންޏެވެ. “މިހާރު ކޮންއިރެއް ފާހަނައަށް ވަދެ އުޅޭތާ” ސަކީނާ ސޯފާގައި […]
^3^ ކައިން މަޑުމަޑުން ހަރުގަނޑުން ފޮތެއް ނަގައިގެން މެޓްމަތީގައި އިށީނދެލިއެވެ. ލައިބްރަރީކަމުން ހަމަހިމޭނެވެ. ލައިބްރަރީގައި ހުރީ ލައިބްރޭރިއަންގެ އިތުރުން ދެތިންކުއްޖެކެވެ. އެއެންމެންވެސް ތިބީ އެމީހެއްގެ އަމިއްލަ ދުނިޔެއެއްގައެވެ. ވަގުލޮލަކުން ކައިން ޝަވާންއަށް ބަލަމުންދިޔައެވެ. “މާ ބަލާހިތުން ތިއުޅެނީ ކީއްވެހެއްޔޭ.؟ އެއީ މަގޭ ސުވާލަކީ.” ޝަވާން ކައިންއާއި ދިމާލަށް ބަލާވެސް ނުލާ އެއްސެވެ. “ހުނ.. އިޑިއޯޓިކް ޖަރކީ ޖަރކް ބޯއި..” ކައިން ޝަވާންއަށް މޫނުހަދާލަމުން ޝަވާންގެ އަތުގައިވާ ފޮތުގެ ބަނޑޭރިގަނޑަށް ބަލާލިއެވެ. “އާރް.އެލް.ސްޓައިންގެ ގޫސްބަމްޕްސް..؟ ކަލޭ ތިއީ ކުޑަކުއްޖެއްތަ […]
ރޭގަނޑު ބާރަ ޖަހަން އުޅެނިކޮށް ފެންބޮވައިގަނެގެން އަންޖަލްއަށް ހޭލެވުނެވެ. އޭރު އޭނާހުރީ މުޅި ދުވަހު އެއްޗެއް ނުކައި ހުރުމުން ބަޑުހައިވެސް ވެފައެވެ. ތެދުވެގެން ގޮސް މޭޒުމަތީގައި ހުރި ފެންޖަގު ނަގާލީ ތައްޓަށް ފެންއެޅުމަށެވެ. ނަމަވެސް ޖަގުގައި ފެންނެތުމުން އަންޖަލް ފޭބީ ކާގެއަށް ދިއުމަށް ތިރިއަށެވެ. މުޅި ގޭތެރެ ވަނީ ރަތް ބޮކި ދިއްލާފައެވެ. މިހާ ދަންވުމުން ގޭގެ މަސައްކަތުމީހުންވެސް ނިދާފައި ތިބޭނެކަމުން އަންޖަލް މަޑު ފިޔަވަޅުތަކެއް އަޅަމުން ގޮސް ކާގެއަށް ވަނެވެ. ޖަގަށް ފެންއަޅާލުމަށްފަހު ގޮސް ޕްރިޖް […]
މަލީކްއާއި އަފުނާންގެ ތިބެނީ ތިންކުދިންނެވެ. ދެފިރިހެން ކުދިންނާއި އެއް އަންހެން ކުދިންނެވެ. މަލީކްގެ ދެފިރިހެންދަރިން އުޅެނީ ކިޔެވުން ނިއްމާލުމަށްފަހު ވަޒީފާގައެވެ. ސާއިމް ވަޒީފާ އަދާކުރަނީ ޕޮލިހުގައެވެ. އަދި ޔައިޝް ވަޒީފާ އަދާކުރަނީ އައިޖީއެމްއެޗްގެ ލެބޯޓަރީ ޓެކްނީޝަން އަކަށެވެ. މަލީކްއާއި އަފުނާން އެދެމީހުންގެ ހުރި ހަމައެކަނި އަންހެން ދަރިފުޅު ރައިޝާ ދެކެ އިންތިހާޔަށް ލޯބިވެއެވެ. ޔައިޝް އަދި ސާއި މް ރައިޝާގެ ކޮންމެ އެދުމެއް އަބަދުވެސް ފުރިހަމަ ކޮއްދޭނެއެވެ. ރައިޝާއަކީ ބަސްމަދު ކިޔަމަންތެރި ކުއްޖެކެވެ. މަންމަ އަފުނާންގެ ބަސް […]
”އައިލީޝް.” އައިލީޝް ކުއްލިއަކަށް ސިއްސައިގެން ގޮސް ފަހަތަށް އެނބުރިލީ އޭނާއަށް މީހަކު ގޮވައިލުމުންނެވެ. ފަހަތަށް އެނބުރިލި އައިލީޝްގެ ދެލޯ ވަނީ ބޮޑު ވެފައިއެވެ. އަނގަވަނީ ތަންމިނަށް ހުޅުވިފައިއެވެ. ބަލާކަށް ނުހުރެ ދުވެފައި ގޮސް އެމީހާ ގައިގައި ނުހަނު ބާރަށް ބައްދައިލިއެވެ. އެދެލޮލުން އުފާވެރިކަމުގެ ކަރުނަ ނީރާލިއިރު ތުންފަތުގައި ވަނީ ފުރިހަމަ ހިނިތުންވުމެކެވެ. އައިލީޝްއާ އެމީހެއް ގާތްކަމުން ނައިޝަމް ހުރީ ވާނުވާގައިއެވެ. އެއީ އޭނާއަށް ދުވަހަކު ލޮލުން ފެނުނު މީހެއްވެސް ނޫނެވެ. އެހެންކަމުން އެދެމީހުން ކައިރިއަށް ހިނގާލާފައި ގޮސް […]
އެންމެންގެ ކުރީމަތީ، އީޝަލް އޭނާގެ ބައްޕައަކީ ދޮގުވެރިއެއް ނޫންކަން ހާމަކޮށްދެން ބޭނުންވެއެވެ. ނަމަވެސް އޭނާގެ ވާހަކަ އެއްވެސް މީހަކު ޤަބޫލު ނުކުރާނަމަ، ކުރާނީ ކީއްހެއްޔެވެ؟ އީޝަލްގެ ހަނދާނަށް ކުއްލިއަކަށް އައީ އެކޮމްޕެނީގައި ސީސީޓިވީ ހުންނާނެކަމެވެ. ޕޮލިހުން ގާތު އެވާހަކަ އީޝަލް އަވަހަށް ބުނީ އޭނާގެ ބައްޕަގެ ތެދުވެރިކަން ހާމަކޮށްދިނުމުގެ ގޮތުން ހެއްކެއް ހޯދުމުގެ ބޭނުމުގައެވެ. ސީސީޓީވީ އިން ވީޑިއޯ ހޯދުން ވެގެން ދިޔައީ ފޫނެއް ފަޔަށް ފެން ފުރުން ކަހަލަ ކަމަކަށެވެ. ޕޮލިހުން ޗެކް ކުރިއިރު އަޔާނަށް […]
“ބައްޕާ ކީއްވެ ސިއާ ހަންދާންތައް ގެއްލުނު ވާހަކަ ނުބުނީ ހަމަގައިމުވެސް ބައްޕަ ބުނީ ސިއާ އަށް އެއްގޮތެއްވެސް ނުވެޔޭ” ނާއިމް ސުވާލަކަށްފަހު ސުވާލެއް ކުރަމުން ދިޔައެވެ. ނަމަވެސް ހަމްދީގެ އަނގައިން އެންމެ ބަހެއްވެސް ނުނިކުތެވެ. ނާއިމް ރުޅިއަރައިގެން މޭޒުމަތީގައި އަތުން ޖެހިއެވެ… “ދަރިފުޅާ ދެންވީކަމެއް އެވީ ސިއާ މިހާރު އެއުޅެނީ ވަރަށް އުފަލުން ދެން ދަރިފުޅުވެސް ސިއާ މަތިން ހަނދާންނައްތާލަން މަސަތްކަތްކުރޭ ދަރިފުޅު ބޭނުންވަނީ ސިއާ އުފަލުގަ ހުންނާކަށް ނޫންތަ؟؟” ލޯބިން ފުރިގެންވާ ރާގަކުން ނާއިމްގެ ބުރަކަށީގައި […]
ފާއިތުވި 8 އަހަރުތެރޭ މާލެއަށް އައިސްފައިވާ ނުހަނު ބޮޑެތި ބަދަލުތަކެއް ބަލާލި ކޮންމެ ދިމާލަކުން ފެނެއެވެ. މީގެ 8 އަހަރުކުރީގައި ހަދާފައިވާ އިމާރާތްތައް ސުންނާފަތިކޮށް އޭގެ ބަދަލުގައި ހުރީ 10 ނުވަތަ 15 ބުރީގެ ކުލަކުލައިގެ އިމާރާތްތަކެވެ. ހަމައެގޮތުން ދިރިއުޅުމުގެ ވައްޓަފާޅިވެސް އެހާމެ ތަފާތެވެ. ހުޅުލެއިން މާލެއަށް ދިޔަ މަގުމަތީގައި އިއުފާގެ އަނގަ އެންމެ ހިނދުކޮޅަކަށްވެސް މައިތިރިއެއް ނުވެއެވެ. އެކަމާ ރިހާމާއި މިޖްދާދު އިނީ ހީލަހީލައެވެ. އިއުފާގެ ވާހަކަތައް އަޑުއަހާން ޔޫން އިނީ ވަރަށް ޝައުގުވެރިކަމާއި އެކުގައެވެ. […]