Skip to content
އެސްފިޔަ

މިދެލޯ ފުހެލަ ދޭށޭ ލޯބިން 11

“އޯހް ގެޓް ޓުނައިޓް ދޯ. އެކަމަކު ހާދަ އަވަހޭ މިއަހަރު .” މާލް ބުނެލިއެވެ.

މާލް މެން ސާރާމެނަށް ޕްރޮމް ނައިޓް އޮޅުން ފިލުވާ ދިނެވެ.” އެރެޔަކީ ކޮލެްގެ ކުދިން އެއްވެލާ މަޖާކޮށްލާ ރެޔެއް. ތަފާތު ކުޅިވަރުތަށް ކުޅެ ކައިހަދާނެ  އެރޭ.އެއީ ކޮލެޖަށް އަލަށް އަންނަ ކުދިންނަށް ރައްޓެހިން ހޯދަ ދިނުމަށާއި އެއްކޮށް ބާއްވާ ހަރަކާތެއް. އާއްމުކޮށް ލޯބިވެރިންގެ ލިސްޓަށް ނަން އަރާނެ އެރޭ.” މާލް  އެއްލޯމަރާލަމުން ބުނެލިއެވެ.

“ތިހެން ވިއްޔާ މިހުރީ ތި ލިސްޓުގައި ހުރި ކުއްޖެއް.” ނައިނާއަށް އިޝާރާތް ކޮށްލަމުން ސާރާބުނެލިއެވެ.

ޗީޑިއޭ ކިޔާފައި ނައިނާ ހިނގާގަތް ގޮތުން އެންމެންގެ ގާތަށްވެސް ހިނިއައެވެ.ހަފްތާއެއް ފާއިތުވެ ގެޓް ޓުނައިޓް އޮންނަ ރޭ އަތުވެއްޖެއެވެ.އުޑުމަތީގައި ހުރި ތަރި ތަތް ފިޔަ ޖަހަމުން ދިޔައިރު ހަނދު އޭގެ ރަސްކަން ކުރަމުން ދިޔައެވެ.މަޑު މަޑުން ޖެހެމުން ދިޔަ ރޯޅިތައް މަންޒަރު ފުރިހަމަ ކޮށްދެޔެވެ.ކޮލެޖަށް ސާރާމެން ވަދެގެން ދިޔައިރު ތަންތަން ކޮޅުގައި ކުދިން ތުންގުޅާލައިގެން ތިއްބެވެ.އެރެޔަށް ކޮލެޖުން ތައްޔާރު ވެފައި ވާކަން ވަރަށް ރަގަޅަށް ހާމަވެއެވެ.ދަމާފައިވާ ކުލަ ކުލައިގެ ދިދަ ތަކާއި ބޮކި ފަތިތަކުން މާހައުލު ޒީނަތް ތެރި ކުރުވައެވެޖަހާފައިވާ މަޑުމައިތި ލަވައިގެ ތެރެއިން ކުދިންގެ ވާހަކަ ދެއްކުމުގެ އަޑު މަޑު މަޑުން އިވިލަ އިވިލާ ހުއްޓެވެ.

މުޅި މާހައުލުގެ އަޑު މަޑުވީ މައިކު ޗެކް ކޮށްލި ހިސާބުންނެވެ. އެވަގުތު ޕްރޮފެސަރ ޖޮނަތަން އެރުމަށްފަހު ދެތިން އެއްޗެއްބުނެލިއެވެ. އެއައް ފަހު ކުޅިވަރުތައް ފެށުނީއެވެ.މާހައުލުގެ އަޑު އިހުނަށްވުރެ ގަދަވިއެވެ. ސާރާމެންވެސް މޭޒެއްގެ ގާތަށް ޖެހިލުމަށް ފަހު ކޯކުތައްޓެއް ނަގާ ބެންޗެއްގައި ހަމަޖެހިލީ ކުދިންގެ ކުޅިވަރުތައް ބަލާލުމަށެވެ.އެވަގުތު މާލްގެ ލޮލުގައި އަޅައިގަތީ ދުރުގައި ހުރި ފިރިހެނެކެވެ.މާލް ވަގުތުން ދެލޯ ބޮޑުކޮށްލިއެވެ.އަދި ބޮޑު ވާހަކައެއް ބުނަން ބޭނުންވާ ފަދައަކުން ޝުއާއަށް ގޮވުމަށް ފަހު އޭނަ ދައްކާލުމުން ޝުއާއަށް ވެސް ބޭއިޚްތިޔާރުގައި ކިހިނެއްހޭ އަހާލެވުނެވެ.ސާރާމެން ވީގޮތެއް އެހުމުން ކިޔާ ދޭން ފެށިއެވެ.” އެއީ މިދިޔަ އަހަރު ކޮލެޖްއިން ވަކިކޮށްފައިވާ ކުއްޖެއް.އެކަމަކު ކޮލެޖްގެ ޗާންސެލާގެ ދަރިފުޅު ވީމަ ކަންނޭގެ އެހުރީ އަލުން ވަދެވިފަ.އޭނަ އާއި ގާތް ނުވާތި އިނގޭ.”މާލް ދެލޯ ބޮޑު ކޮށްލަމުން ބުނެލިއެވެ.ސާރާމެން ކީއްވެހޭ އެހުމުން މާލް ގެ ޖަވާބަކަށް ވީ ހަމަހިމޭން ކަމެވެ.

“އޭނަ އެހާ ގޯސްނަމަ ކޮލެޖްގެ ޗާންސެލާއެއްކަމަކު ނުބަހައްޓާނެދޯ.”ނައިނާ ބުނެލިއެވެ.

އެވަގުތު ސާރާމެންނާއި ވަކިވެލުމަށް ފަހު ނައިނާ ފާހާނާތަކާއި ދިމާލަށް މިސްރާބުޖެހިއެވެ.

ފާހާނައިން ނުކުމެ މޫނު ރީތި ކޮށްލުމަށްޓަކައި ލޯގަނޑުގެ ކުރިމަށްޗަން ހުއްޓެން ދިޔަ ނައިނާގެ ބުރަކަށި ގޮސް ތަތްވީ ފަހަތުގައި ހުރި ފާރުގައި އެވެ. އެވަގުތު ވީތަދުން ދުނިޔެ އެނބުރި ގަތްހެން ހީވިއެވެއެހެންނަމަވެސް އަމިއްލަ ހަށިގަނޑު ހަމަޔަކަށް އަޅުވާ ނުލެވެނީސް ނައިނާ ލައިގެން ހުރި ކަކުލަށް ވުރެ ތިރިޔަށް އަރާ ސްކާޓް ބެލެން ފެށިއެވެ.ނައިނާއަށް ކުރިމަށްޗަށް ބަލައިލެވުނީ އަދި ކިރިޔާއެވެ.ކުރިމަތީގައި ހުރި މީހާ ފެނިފައި ނައިނާގެ ލޯބޮޑުވެގެން ދިޔައެވެ.ދެވަނަ ސިކުންތުގައި ހަޅޭއްލަވައިގަތުމަށް އަނގަ ހުޅުވާލިއެވެ. އެހެން ނަމަވެސް އެމީހަކު މާހުށިޔާރެވެ.ނައިނާގެ އަނގަމަތީގައި އަތްއަޅާ ނައިނާގެ ކަރުގައި ހިފާ މައްޗަށް އުފުލާލިއެވެ.ނައިނާއަށް ނޭވާ ނުލެވިގެން ރޯމަހެއް ތެޅޭ ހެން ތެޅެން ފެށިއެވެ.

( ނުނިމޭ )

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (12)

  1. Umkko

    Nice ekam vaahaka lasvaathee Ok eh noon BTW ginain saraa and saaif ge basthah genes bala

    1. vanteKTH
      Umkko

      Thankyou.. aslu alhugaduge vaahaka lasvanee alhugaduge kiyevun feshuneema.. ekm dhn avaskurevey thw balaanan inge.. inshallah..next part ga dhn genesdheynan… vv ufaavejje umkko ge hiyaalu faalhukohleema?

  2. Zaai

    Mashallah.. vv reethi..ekm vhk lasvaatheeve v dhera vey

    1. vanteKTH
      Zaai

      thankyou dear.. dhn ekamakulaheh nuvaane.. inshallah

  3. Shiyaa

    V reethi… alheyy avahah up kohladhehchey

    1. vanteKTH
      Shiyaa

      thankyou and labba dear

  4. naash

    vvvvvv salhi mi part vs maasha allah.. curiosly waiting for the nxt part..

    1. vanteKTH
      naash

      thank you

  5. ?Ril?

    Amazing
    Keep it up dear
    When next

    1. vanteKTH
      ?Ril?

      thankyou.. inshallah maadhamaa ingey

  6. Kairaa

    Varah varah reethi mi bai vx….waiting for the nxt part….nd whn nxt…

    1. vanteKTH
      Kairaa

      thankyou kairaa. miadhu up kohlaanan

Comments are closed.