ޒާޔާ (ދިހަވަނަ ބައި)
‘ޒާޔާއަށް.. ދައްތަ މި ސިޓީ ޒާޔާއާއި މި ޙަވާލުކުރަނީ އަމާނާތެއްގެ ގޮތުގައެވެ. މީގަ ދައްތަ އެދިފައިވި ގޮތަށް ޒާޔާ ކަންތައް ކޮށްދީފިނަމަ ޒާޔާއަށް އެ އަމާނާތަކަށް އެ ރައްކާތެރިވެވުނީއެވެ. ދައްތަ އެދިފައިވި ގޮތާއި ދެކޮޅު ހަދައިފިނަމަ ހަމަ ގައިމުވެސް ޒާޔާއަށް އެ އަމާނާތަށް ޚިޔާނާތްތެރިވެއްޖައީހެވެ. ތީ ރަނގަޅުކުއްޖެއްނަމަ މި އަމާނާތަށް ރައްކާތެރިވާނެއެވެ. ދައްތައަށް އަޑުއިވިފައިވި ގޮތުން ޒާޔާ ތީ މިހާތަނަށް އައިއިރުވެސް ޒާޔާގެ މައިންބަފައިން ބުނާ ބަސް ޤަބޫލުކޮށްގެން ދިރިއުޅެމުން އައި ކުއްޖެކެވެ. ދުވަހަކުވެސް ޒާޔާ އަކީ ގޯސް ކުއްޖެކޭ މީހަކު ބުނި އަޑު ދައްތައެއް ނާހަމުއެވެ.އެހެންކަމުން ދައްތަ ޒާޔާއަށް ވަރަށް ބޮޑަށް އިތުބާރު ކުރަމުއެވެ. އެހެންވީމަ ދައްތައަކީ ވަރަށް ގާތް މީހެއް ގޮތުގަ ދެކިގެން ޒާޔާ މި ސިޓީ ކިޔާލާށެވެ.
ދައްތައަކީ މިހާތަނަށްވެސް ދައްތަގެ ބޮޑުބެއެއްގެ އެހީތެރިކަމާއިއެކީ އުޅެމުން އައި މީހަކީމެވެ. ދައްތައަކީ އެހާ ތަނަވަސް މީހެއްވެސް ނޫނެވެ. ކިރިޔާވެސް މި އުޅެވެނީ ބޮޑުބެ ދޭ ލާރިކޮޅުން ފުދިގެންނެވެ. ދައްތައަކީ ދަރިއަކުވެސް ނެތް އެކަނިވެރި އަންހެނަކީމެވެ. ދަރިއަކު ލިބުމުގެ އުފަލުން މި ނިކަމެތި ދައްތަ މިވަނީ މަޙުރޫމްވެފައެވެ. ދައްތަ ކިތަންމެހާވެސް ބޮޑަކަށް ދައްތަގެ މި އެކަނިވެރިކަން ފިލުވާލަން ބޭނުންވެއެވެ. އެކަމަށް ދައްތަ ބޭނުންވަނީ ޒާޔާއެވެ.
ޒާޔާއެވެ. ޒާޔާ ތިއީ މިހާރު މަންމަ ނެތް ކުއްޖެއްކަން ދައްތައަށް އިނގެއެވެ. އަދިވެސް ޒާޔާ އެ ހިތާމައިގައި ދުވަސްތައް ވޭތުކުރަމުން ދާކަން ދައްތައަށް އެނގެއެވެ. ޒާޔާއެވެ. ޙަޤީޤަތަށް ބުނާނަމަ ދައްތައަށް ޒާޔާ ފެނުނު ދުވަހުން ފެށިގެން ދައްތަގެ ހިތުގައި ޒާޔާއާއި ދޭތެރޭ އެހެންޏާ ނުއުފެދޭ ފަދަ ލޯތްބެއް އުފެދުނެވެ. މަޔަކު ދަރިއަކު ދެކެ ވާ ލޯބި ފަދައިންނެވެ. ޒާޔާއެވެ. އާދޭހާއިއެކު ބުނަމެވެ. ދައްތައަށް މިކަން ކޮށްދޭށެވެ. ޒާޔާގެ މަންމައެއްގެ މަޤާމުގައި ހުންނަން ދައްތަ ވަރަށް ބޮޑަށް ބޭނުމެވެ. ދައްތައަށްޓަކައި މިކަން ކޮށްދޭށެވެ. ދައްތައަށްޓަކައި ޒާޔާގެ ތި މައުސޫމު ހިތުތެރޭގަ ޙަމްދަރުދީއެއްވާނަމަ ދައްތައަށް މިކަން ކޮށްދޭށެވެ. އަދިވެސް އެއްފަހަރު އާދޭހާއިއެކު ބުނަމުއެވެ. ދައްތައަށް މިކަން ކޮށްދޭށެވެ.’
އެ ކުޑަ ސިޓީ ކިޔައި ނިމުނުއިރު ޒާޔާ އަށް އިނދެވުނީ އަނގަ ތަންމިނަށް ހުޅުވައިގެންނެވެ. މީހަކު ކަމަކު ކިޔައިފިއްޔާ އެ ބުނާ ކަމެއް ކޮށްދޭން ޒާޔާ އަބަދުވެސް ހުންނާނީ ތައްޔާރަށެވެ. އެއީ ރަނގަޅުކަމަކަށް ވިއްޔާއެވެ. އެކަމަކު ޖަމީލާ އަށް މިކަން ކުރަން ޒާޔާއަށް އެހީތެރިވެވިދާނެހެއްޔެވެ؟ ޖަމީލާ ލިޔެފައި އޮތް އެ ސިޓީގައިވެެސް ނުސީދާކޮށް ބުނެފައި އެ ވަނީ ޒާޔާގެ ބައްޕައާއި އޭނާ ގުޅެން ބޭނުންވާ ވާހަކަކަން ޒާޔާއަށް އިނގެއެވެ. ޒާޔާ ދުވަހެއްގެ ކޮޅުންވެސް ދޮންމަންމައެއް ބޭނުމެއްނުވެއެވެ. އަނެއްކޮޅުން އެ ސިޓީގައި ބުނެފައިވި ފަދައިން އެއާއި އެއްގޮތަށް ކަންތައް ނުކުރެވިއްޖެނަމަ އޭނާއަށް އަމާނާތަކާއި ޚިލާފުވެވުނީއެވެ. އެހެންވާކަށް އެއްގޮތަކަށްވެސް ޒާޔާ ބޭނުމެއްނުވެއެވެ. ދުވަހަކުވެެސް ޚިޔާނާތްތެރިއެއްގެ ލަޤަބު އޭނާއަށް ލިބޭކަށް ޒާޔާ ބޭނުމެއްނުވެއެވެ. އެހެންނޫނަސް މިއީ މީހުން އަމާނަތަކަށް ޙަވާލުކުރާ ކަންކަން ހެއްޔެވެ؟ މިއީ އަދި ހާދަހާ އާދަޔާ ޚިލާފު އަމާނާތެއްތާއެވެ. އެ ދައްތަ އަކީ ކޮންތާކުން ކިޔަވައިގެން ހުރި މީހެއްބާވައެވެ؟ ޒާޔާގެ ހިތަށް އެންމެ ފަހަކަށް ވެރިވި ސުވާލުތަކުން އޭނާއަށް މަލާމާތުގެ ޒާތަކަށް ހިނިތުންވެވުނެވެ. ޒާޔާ އެ ސިޓީ ކަރުދާސްގަނޑު ވީދައިލުމަށްފަހު ޑަސްބިނަށްލިއެވެ. އަދި ޒާޔާ އެކަމާއިމެދު އަޅައިނުލުމަށް އޭނާގެ އަމިއްލަ ނަފްސަށް ވިސްނައިދިނެވެ.
“ކަލެއަށް އެނގުނީ އެވަރުގެ އެއްޗެއްތަ އެ ސިޓީގަ ލިޔަން….؟ ތި ސިޓީ ލިޔަން މަގޭ އަތަށް ދިން ނަމަވެސް އަހަރެން އެއަށްވުރެ ރީތިކޮށް އެ ލިޔުނީމުސްވިއްޔަ… އަމާނާތެކޭ ހިޔާނާތެކޭ އަދި ލިޔެފަ އެބަ ހުއްޓޭ!” ޖަމީލާ ގެއަށް ގޮސް އާލިޔާއަށް ގުޅައި އޭނާ ލިޔުނު ‘މޮޅު’ ސިޓީގެ ވާހަކަ ކިޔައިދިނުމުން އާލިޔާ ގާތަށް އައީ ރުޅިއެވެ. އޭނާ ރުޅިއައިސްފައިވީނަމަވެސް ވާހަކަދެއްކީ މަލާމާތުގެ ރާގެއްގައެވެ. “ކިހާ ދެރަ ކަމެއްތަ… އަހަރެން މިއުޅެނީ އެ ޒާޔާގެ ހިތުން ޖާގައެއް ހޯދޭތޯއެެއްނު. އެހެންވީމަ ހަމަ ހިތަށް އެރި އެއްޗެއް ލިޔެލީ. އަނެއްކާ އެގޮތަށް ލިޔުނީމަ އޭނަ ފަސްޖެހޭނެ އެކަމާ ނުގަބޫލުވާން. އާލިޔާ ތި ހުންނަނީ މާ މަތީގައޭ. ޗިލް ކޮށްލަބަލަ ދޯ!” ޖަމީލާ އާލިޔާގެ ހިތްހަމަޖައްސައިދޭން މަސައްކަތް ކުރިއެވެ. “ޖަމީލާއަށް ހީވޭތަ އޭނައަށް އޭގަ ލިޔެފަ ހުރި އެއްޗެހި ގަބޫލުކުރަން ފަސޭހަވާނެހެން؟” ފުން ނޭވައެއް ދޫކޮށްލައި ހަމަޖެހެމުން އާލިޔާ ސުވާލުކުރިއެވެ. “ގަބޫލުކުރަން ޖެހޭނީ. އެގޮތަށް އޭނަ ކަންތައް ނުކޮށްފިއްޔާ ދެން އަހަރެން ނިހާންއާ ކުރިމަތިލާނީ. އެއްގޮތް ނެތިއްޔާ އަނެއްގޮތް އޮންނާނެ. އާލިޔާއަށް ހީވަނީތަ އަހަރެން މީ ގަމާރެކޭ؟ މޮޔައެކޭ؟ ހެހެ.. އެހެނެއްނޫން. އަހަރެން މީ ބްރޭވް، ކްލެވަރ، އިނޮސެންޓް އެންޑް އިންޓެލިޖެންޓް ޖަމީލާ…. ހަހަހަ.” ޖަމީލާގެ އެ ހުނުމުގައި އާލިޔާވެސް ބައިވެރިވިއެވެ. “ހަހަހަ. ގްރޭޓް. ތީ ރައްޓެހިންނަކީ. ޔޫ އަރ އިނޮސެންޓް. އެ ޒާޔާ މާ އިނޮސެންޓް ކަމަށް ހެދިގެން އެއުޅެނީ. ނުލަފާ އެއްޗެއް. ކަލޭ ވާނެ ރަނގަޅަށް ޒާޔާ ތި މަޅިފަތީގަ ޖައްސަން.” ދަތްކުނޑި ވިކައިގަންނަމުން އާލިޔާ ބުންޏެވެ. ޖަމީލާއަށް ވުރެ ބޮޑަށް އާލިޔާ ޒާޔާއާއި މެދު ނަފްރަތުކުރާހެން ހީވެއެވެ. ޖަމީލާގެ ނިޔަތަށްވުރެ އާލިޔާގެ ނިޔަތް އަދި މާ ނުބައެވެ. އާލިޔާ ބޭނުންވަނީ ޒާޔާގެ ވަސްވެސް މި ދުނިޔެއިން ފުހެލާށެވެ. އޭނާ ޤަބޫލުކުރާ ގޮތުގައި ޒާޔާއަކީ ފަވާޝަތަށް ޖެހިފައި ހުރި ބޮޑު މުޞީބާތެކެވެ. “ގައިމެއްނު.” ނުލަފާ ހިނިތުންވުމަކާއިއެކީ ޖަމީލާ ބުންޏެވެ.
ދުވަސްތައް އޭގެ އެންމެ ހަލުވިމިނުގައި ފާއިތުވަމުން ގޮސް ދިރާސީ އަހަރުގެ ފުރަތަމަ ޓާމްގެ ކިޔެވުން ނިމިއްޖެއެވެ. ފަވާޝަތާއި ޒާޔާ ފުރަތަމަ ޓާމްގެ ކިޔެވުން ނިންމައިލީ ރަނގަޅު ނަތީޖާއަކައިގެންނެވެ. ނޫމާނާއި ހަސްނައިންވެސް މެއެވެ. މިއީ ނޫމާން އާއި ހަސްނައިން ކިޔަވާ އެންމެ ފަހު އަހަރަށް ވުމުން އެ ދެކުދިން ކިޔެވުމަށް ވަރަށް ބޮޑު ސަމާލުކަމެއް ދެއެވެ. ކުޅިވަރު ކުޅުމުގައި ވަގުތު ހޭދަކުރިޔަސް ކިޔެވުމަށްވެސް އެކުދިން ވަރަށް ގިނަ ވަގުތު ހޭދަކުރެއެވެ. އެކަންކަމާއި އެއްވަރަށް ދީނީ ކަންކަމަށްވެެސް ވަގުތުތަައް ހޭދަކުރެއެވެ. ޒާޔާއާއި ފަވާޝަތުވެސް އެކުދިންނެކޭ އެއްފަދައިން އެ ހުރިހާ ކަމަކަށް ބޮޑު ސަމާލުކަމެއް ދެއެވެ.
ރިޕޯޓް ފޯމް ހިފައިގެން ކުދިންތައް ސްކޫލުން ނުކުތްއިރު ގިނަ ކުދިންގެ ތުންފަތުގައި ކުޅެލައިފައިވަނީ އުފާވެރި ހިނިތުންވުމެކެވެ. އެކުދިންގެ ބެލެނިވެރިންގެވެސް މެއެވެ. އަނެއްބައި ކުދިންގެ މޫނުމަތި މިލައިފައި ވާއިރު އެކުދިންނަށް އެކުދިންގެ ބެލެނިވެރިން ހިތްވަރުދެމުން ދެއެވެ. އެއްބައި ބެލެނިވެރިން އެކުދިންނާއި ދިމާލަށް ހިތުހުރިހައި އެއްޗެއް ގޮވަމުން ދިޔައެވެ. އެކަހަލަ ކުދިން ކިޔަވާހިތްވެސް ކެނޑެނީ މި ސަބަބަށްޓަކައެވެ. ކުޑަމިނުން ދެން އަންނަން އޮތް ޓާމަށް ގަދައަޅައި މަސައްކަތްކުރުމަށް އިތުރަށް ހިތްވަރުދޭނަމަ އެކުދިންވެސް އިތުރަށް ކިޔެވުމަށް ލޯބި ޖެހިގެން ދާނެއެވެ. އެކަހަލަ ބެލެނިވެރިންނަށް ނުވިސްނޭ ތަންކޮޅަކީ އެއީއެވެ.
މިވޭތުވެ ދިޔަ ދުވަސްތަކުގެ ތެރޭގައި ހަސްނައިން އާއި ޒާޔާގެ ގުޅުންވެސް ވަނީ މަޑުމަޑުން ހަމައަކަށް އެޅެން ފަށައިފައެވެ. މީސްމީހުންގެ ތުންތުންމަތިން ދެކެވެމުން އަންނަ ވާހަކަތައް ހިނދި ގިނަ ބަޔަކު ވަނީ އެކަންތަކުގެ މަތިން ހަނދާންނެތިފައެވެ. މިހާރު އެންމެ ބާރަށް ރަށުތެރޭ ދެކެވެމުން ދާ ވާހަކައަކީ ޖަމީލާގެ ވާހަކައެވެ. ޖަމީލާ މޫނު ބުރުގާ އަޅައި އިސްލާހުވި ވާހަކައެވެ. އެއީ ޖަމީލާކަން ޒާޔާއަށް އެނގުމުން އޭނާ ޙައިރާންވިއެވެ. އޭނާ ގާތު އެ ދައްތައަށް ކިޔަނީ ޒީވާއޭ ބުނީ ކީއްވެގެން ހެއްޔެވެ؟ އޭނާއަށް އެ ސުވާލުގެ ޖަވާބުވެސް އިހަކަށް ދުވަހު ވަނީ ލިބިފައެވެ. ޖަމީލާ ބުނި ގޮތުގައި އެ ރަށުގައި މޫނުބުރުގާ އަޅައިގެން އުޅެނީ އޭނާކަން ނާންގަންވެގެން އޭނާ ނަން އޮޅުވައިލީއެވެ. އަދި އޭނާ އިޞްލާޙުވިކަން އެކަކުވެސް ޤަބޫލުނުކުރާނެކަން އިނގޭތީވެކަމަށް ޖަމީލާ ވަނީ ބުނެފައެވެ. ޖަމީލާ ޒާޔާ ގާތު އެ ހަދައިލި ފަށުވި ދޮގު ޒާޔާއަށް ނުލާހިކު ފަސޭހައިން ޤަބޫލުކުރެވުނެވެ.
ޒާޔާ އެންމެ ބޮޑަށް ދެރަވީ މި ވޭތުވެ ދިޔަ ދުވަސްތަކުގައި މަލައިކާ އާއި ދިމާ ނުވުމުންނެވެ. މަލައިކާއަށް މި ދުވަސްކޮޅު ވެގެން އުޅެނީ ކިހިނެތްވެގެން ބާވައޭ ޒާޔާގެ ހިތަށް އެރިއެވެ. އެހެންޏާ މަލައިކާ ކޮންމެ ރެއަކު އޭނާއާއި ބައްދަލުކުރެއެވެ. ކޮންމެ ހުކުރު ހޮނިހިރު ދުވަހެއްގެ ރޭ މަލައިކާ ގިނަ ވަގުތު ޒާޔާއާއި އެކީ ހޭދަކުރެއެވެ. އެކިއެކި ވާހަކަދެއްކުމުގައި ދެ މީހުން ކޮޓަރިތެރޭ ތިބެއެވެ. ޒާޔާ އޭނާގެ ޙަޔާތުގައި ދިމާވި ގިނަ ކަންކަން މަލައިކާއަށް އެ ރޭތަކުގައި ކިޔައިދެއެވެ. އެހެނަސް މަލައިކާ ޒާޔާއަށް ކިޔައިދީފައިވަނީ މަދު ވާހަކަތަކެކެވެ. ޒާޔާ ވަނީ މަލައިކާ ގާތު އެ ސުވާލުވެސް ކޮށްފައެވެ. އެ ސުވާލުގެ ޖަވާބު މަލައިކާ ޒާޔާއަށް ދިނީ ސަމާސާ ރާގެއްގައެވެ. އެއީ ޒާޔާ ބިރުގަނެފާނެތީވެ ކަމަށެވެ. މަލައިކާ ސަމާސަކުރަން މޮޅުކަމުން ޒާޔާއަށް އެއީ ޙަޤީޤަތެއް ކަމަކަށް ޤަބޫލެއްނުކުރެވުނެވެ. އޭނާ ހީކުރީ އެއީ ހަމަ މަލައިކާ އަދި އޭނާއާއި ހުރިހާ ކަމެއް ޚިއްޞާ ކުރަން ބޭނުންނުވާތީ ސަމާސައަކަށް އެހެން ބުނީ ކަމަށެވެ.
ހަނަފަސް ސަހަރާއެއްކަހަލަ ތަނެއްގައި ހުރި ބޮޑު ރަން ގަނޑުވަރެއްގެ ތަނަވަސް ކޮޓަރިއެއްގެ ތެރެއިން މަލައިކާގެ ބާރު ހަޅޭކުގެ އަޑު އިވެއެވެ. އޭނާގެ އަޑު ބާރުވާވަރަކަށް އެ ކޮޓަރީގައި ހުރި ކުޑަދޮރުން ނުކުންނަ ރަން އަލި އިތުރަށް ގަދަވެގެން ދެއެވެ. މަލައިކާ ހަޅޭއްލަވާ ގޮތުން އޭނާ ވަރަށް ބޮޑު ވޭނެއް ތަޙައްމަލު ކުރާހެން ހީވެއެވެ.
“ނޫން މަންމާ ހެޔޮނުވާނެ އަޅުގަނޑަށް ތިހެން ނަހަދާ.” މަލައިކާގެ ރީތި ދިގު އިސްތަށިގަނޑު ކޮށައިލުމުން މަލައިކާއަށް ރޮވިފައިވި އަޑަކުން އާދޭހުގެ ރާގަކާއިއެކު ބުނެވުނެވެ. “ކަލޭ އަހަރުމެންގެ ސަގާފަތް ދޫކޮށް އެހެން ދީނަކަށް އުޅެން ފެށީމަ މިހެން މި ހަދަނީ ކަލޭއަށް. ކަލޭ ތިހެން ހެދީމަ އަހަރުމެންގެ ސަގާފަތަށް އެ ލިބެނީ ކިހާ ހުތުރު ނަމެއް. ކަލޭގެ ތިހިރަ ހުރިހާ ބާރެއް ހަމަ މިހާރު ކަލޭގެ ކޮއްކޮއަށް ދީ. ކަލޭ ތި އުޅުން ދޫކޮށްލި ދުވަހަކުން ނޫނީ މަގޭ ރުހުމެއް ކަލެއަކަށް ނުލިބޭނެ. ކަލޭއަކަށް މަގޭ ފަރާތަކުން އެއްވެސް އެއްޗެއް ނުލިބޭނެ ދެނެއް. އަހަރެންގެ ފަރާތުން ކަލެއަށް ލިބިފަ ތިހިރަ ހުރިހާ ބާރެއް ކަލޭގެ ކޮއްކޮއަށް ދީ ހަމަ މިހާރު.” މަންމަގެ ފަރާތުން މަލައިކާއަށް އަމާޒުވި ބަސްތަކުގެ ސަބަބުން މަލައިކާގެ ހިތުގައި ޖެހޭގޮތްވިއެވެ. އޭނާ އަދި އެންމެ ބޮޑަށް ދެރަވީ އޭނާއަށް ލިބިފައި ހުރި ބާރުތައް އޭނާއަށްވުރެ ހަތަރު އަހަރު ހަގު ކޮއްކޮ މަލަކާއަށް ދޭން ބުނުމުންނެވެ. މަލައިކާ މަލަކާއާއި ދިމާލަށް ބަލައިލި ހިނދު މަލަކާ ހިނިތުންވެލިއެވެ. ނުލަފާ ހިނިތުންވުމެކެވެ.
“މަންމާ ހެޔޮނުވާނެ. އެއީ އަހަންނަށް ހައްގު އެއްޗިއްސެއްނު. އަހަރެން ކިހިނެތްތަ އެ ހުރިހާ އެއްޗެއް މަލަކާއަށް ދޭނީ؟ މަންމާ.. އާދޭސްކޮށްފަ މިބުނީ. އަހަރެން ބަލިވެދާނެ ތިގޮތަށް ކަންތައް ކޮށްފިއްޔާ. އަހަރެން ކުރަން ބޭނުންވާ ބައިވަރު ކަންތައްތައް އެބަ ހުުއްޓޭ އަދި. ކުއްޖަކު ސަލާމަތްވެސް ކުރަން އެބަ ޖެހޭ. އަޅުގަނޑަކަށް ހިއެއްނުވޭ މަލަކާއަށް މި ބާރުތައް ދީގެން އޭނަ މީގެ ބޭނުން ހެޔޮ ގޮތުގަ ބޭނުންކުރާނެހެނެއް. މަންމާ ހެޔޮނުވާނެ… ހެޔޮނުވާނެ މަންމާ…!” މަލައިކާ އެންމެ ފަހުން މަލްހާގެ ދެފައިގައި ހިފަހައްޓައި އާދޭސްކުރަން ފެށިއެވެ. އެވަރުންވެސް މަލްހާގެ ހިތަކަށް އެއްވެސް އަސަރެއް ނުކުރިއެވެ. “ކަލޭ ތި ބާރުތައް މަލަކާއަށް ދޭނިތަ ނޫނީ ގަދަކަމުން ދަމައިގަންނަންވީތަ؟” މަލްހާ ގުދުވެ މަލައިކާގެ އިސްތަށިގަނޑުގައި ހިފައި ދަމައިގަންނަމުން އެހިއެވެ. އެވަގުތު މަލައިކާއަށް އޭނާގެ ބަލިކަށިކަން އިހުސާސްކުރެވުނެވެ. އޭނާއަށްވުރެ އޭނާގެ ކޮއްކޮގެ ބާރު އަދި މާ ގަދަވާނެއެވެ. މަލަކާ ބޭނުމިއްޔާ މަލައިކާގެ ބާރުތައް އޭނާއަށް ގަދަކަމުންވެސް ނެގޭނެއެވެ.
މަލައިކާ އެއްވެކޭ ނުބުނެ އިސްޖަހައިގެން އިނދެ ރޮމުން ދިޔައެވެ. އޭނާއަށް ކުރެވޭނެ ހަމަ އެއްވެސް ކަމެއް ނެތީއެވެ. މާތް ރަސްކަލާނގެއަށް ވަކީލުކުރުން ނޫން ގޮތެއް ނޭނގެއެވެ. އޭނާއަށް އިސްލާމްދީނުގެ މަތިވެރި ޙިދާޔަަތް ލިބި އިސްލާމްވުމުން އޭނާގެ އެންމެ ގާތް މީހުން އެންމެ ފަހުން އޭނާގެ ދުޝްމިނުންނަކަށް ބަދަލުވީއެވެ. މަލްހާ މަލަކާއަށް ބަލައިލުމަށްފަހު ލޮލުން އިޝާރާތެއް ކޮށްލިއެވެ. އެއާއިއެކު މަލަކާ ބޯ ޖަހައިލުމަށްފަހު ކުރިއަށް ފިޔަވަޅެއް އެޅައިލިއެވެ. ބިންމަތީގައި އިސްޖެހިފައި އިން މަލައިކާއާއި ދިމާލަށް އަތް ދިއްކޮށްފައި އޭނާގެ އަތް މައްޗަށް އުފުލައިލުމުން މަލައިކާ އެދިޔަ ބާރުމިނުގައި ކޮޓަރީގެ ހަރު ސީލިންގުގައި ޖެހިފައި ބިންމައްޗަށް ވެއްޓުނެވެ. ބިންމަތީގައި އުޅަބޮށި ވިއްދައިގެންވެސް މަލައިކާ ތެދުވެވޭތޯ ބެލިއެވެ. އެހެންނަމަވެސް މަލައިކާގެ ހަށީގައި ތެދުވާނެހާ ބާރުވެސް ނެތެވެ. އޭނާ ސަލާމަތްކޮށްދިނުމަށް އެދި އާދޭސްކުރަންވެސް ބޭނުންވިއެވެ. އެހެނެއްކަމަކު ވާހަކަދައްކާނެހާ ބާރެއް އެ ދުލުގައިވެސް ނެތެވެ.
މަލަކާ އޭނާގެ ދެލޯ ދިއްލައިލުމަށްފަހު މަލައިކާގެ ލޮލަށް އޭނާގެ ނަޒަރު އަމާޒުކޮށްލިއެވެ. އެ ދެލޯ ހަނިކޮށްލުމާއިއެކު ރަން އައްޔެއް އެ ދެލޮލުން ނުކުމެ ރޮނގެއްހެން ގޮސް މަލައިކާގެ ލޮލުގައި ޖެހުނެވެ. އެއާއިއެކު މަލައިކާގެ ދެލޯ ދިއްލި ދެލޯ ބޮޑެވިއެވެ. އެދެލޮލުން ރަން އަލިތައް ނުކުމެ މަލަކާގެ ލޮލާއި ދިމާލަށް ރޮނގެއްހެން ދާތަން ނުލާހިކު ރީތިކޮށް ފެނެއެވެ. ދިހަވަރަކަށް މިނެޓް އެކަމަށް ހޭދަވެގެން ދިޔައެވެ. މަލައިކާގެ ލޮލުން ދިޔަ އަލިތަން އެއްކޮށްހެން ކެނޑުމުން މަލަކާ އޭނާގެ ދިއްލިފައިވި ދެލޯ ނިވައިލިއެވެ. މަލައިކާގެ ލޯ ނިވުމާއިއެކުހެން އޭނާގެ ޚަބަރު ހުސްވިއެވެ. “ސާބަސް މަންމަގެ ދަރިފުޅަށް. މަންމަ ފަޚުރުވެރިވަން ދަރިފުޅާމެދު.. ދެން އަނެއްކާވެސް އޭނަ ދުނިޔެއަށް ފޮނުވާލާ. މި ގަނޑުވަރުން އޭނާއަކަށް އެއްވެސް ޖާގައެއް ނޯންނާނެ. މި ޕްލެނެޓުންވެސް. އޭނަ ފޮނުވާލާ ދުނިޔެއަށް!” އެ ކޮޓަރީގެ އެއްފަރާތުގައި ކުޅި ބަލަން ތިބި ހަތަރު މީހުނަށް މަލްހާ އަމުރުކޮށްލިއެވެ. ބިޔަ ހަށިގަނޑެއް އެ މީހުނަށް ލިބިފައިވީއިރު އެމީހުން ތިބީ ނުބައި ސިފައެއްގައެވެ. އިންސާނަކަށް އެމީހުންގެ ސޫރަ ފެނުނިއްޔާ ހޮޑުލެވޭނެކަން ގައިމެވެ. ކަޅު އެންދެރިގަނޑެއްހެން އެމީހުންގެ ހަމުގެ ކުލަހުރިއިރު އެމީހުންގެ މޫނުގައި ބޮޑެތި ބިހިތަކެއް ނަގައިފައި ހުއްޓެވެ. އިންސާނެއްގެ މޫނުން ނަގާ ބިއްސަށްވުރެ އެމީހުންގެ މޫނުމަތީ ނަގައިފައި ހުރި ބިހިތައް މާ ބޮޑެވެ. އެ ބިހިތައް ހުރީވެސް ފެހި ކުލައެއްގައެވެ. އެ ހަތަރު މީހުން މަލައިކާ ގާތަށް އައުމަށްފަހު އޭނާ ނަގައިގަނެގެން އެ ކޮޓަރީގެ ކުޑަދޮރުން ބޭރަށް އުދުއްސައިގަތެވެ.
އޭގެ އަނެއްދުވަހެވެ. ފަތިހު ފަތިހާ ނިހާން ހޭލައިގެން ދިޔައީ އުސްމާންގެ ގެއަށެވެ. އޭނާއަށްވެސް މިހާރު ވަނީ ޖަމީލާގެ ‘ޙަޤީޤަތް’ އެނގިފައެވެ. ޖަމީލާ އިޞްލާޙުވި ވާހަކަ އިވެން ފެށުމުން އެވާހަކަ ފުރަތަމަ ނިހާން ޤަބޫލުކުރާކަށް ބޭނުމެއްނުވިއެވެ. އެހެންނަމަވެސް ފަހަކަށް އައިސް ޖަމީލާގެ ފަރާތުން ފެންނަ ރަނގަޅު އާދަތަކުގެ ސަބަބުން އޭނާގެ ނަޒަރިއްޔާތު ބަދަލުވާން ފެށިއެވެ. ޖަމީލާއަކީ ޖަވާހިރެއްފަދައިން ދެކެވެން ފެށިއެވެ. ދުވަހެއް ދުވަހަކަށް ޖަމީލާއާއި މެދު އެ ހިތުގައި އުފެދިފައިވި ޝައުޤާއި ލޯބި އިތުރުވަމުން ދިޔައެވެ. ނިހާންއަށް އެ ހުރިހާ ކަމެއް ވާއިރުވެސް އޭނާ ޒާޔާ މަތިން ހަނދާން ނައްތައެއްނުލައެވެ. ޒާޔާއަށް ދެރަވާނެފަދަ ގޮތަކަށް އެއްވެސް ކަމެއް ކުރާކަށް ނިހާން ބޭނުމެއްނުވެއެވެ.
“ހާދަ ހެނދުނަކާ ތި އައީ!” ޓީވީ ބަލަން އިން އުސްމާނަށް ނިހާން ދޮރުމަތީގައި ހުރިތަން ފެނުމުން ރާގަކަށް ބުންޏެވެ. ނިހާން ބޮލުގައި އަތް ފުނައި އަޅައިލަމުން އެތެރެއަށްވަނެވެ. “ދެން އުސްމާނަށްވެސް އެނގޭނެއެއްނު އަހަރެން މި އަންނަނީ ކީއްކުރަންކަން.” އުސްމާން ކައިރީ ސޯފާގައި އިށީންނަމުން ނިހާން ބުންޏެވެ. “އާނ އަހަންނަށް އިނގޭ…. އެކަމަކު ބުނަންތަ؟ ނިހާންގެ ދަރިފުޅަށް ދެރައެއް ލިބިދާނެ ތިހެން އުޅެން ހަދައިގެން.” ނިހާންއަށް ވަގުތުން އިސްޖަހައިލެވުނެވެ. އޭނާއަށް މިހާރަކަށް އައިސް އުޅެވޭ ގޮތާއިމެދު އޭނާއަށް ވިސްނެއެވެ. މިކަމާ ދުރުވާންވެސް އެއްބައިފަހަރަށް ނިހާންގެ ހިތަށް އަރައެވެ. އެހެންނަމަވެސް ޖަމީލާއާއި ދޭތެރޭ އޭނާގެ ހިތުގައި އުފެދިފައިވި ޝައުޤެއްގެ ބޮޑުކަމުން އޭނާއަށް އެކަމުން ދުރުނުވެވެނީއެވެ. ޖަމީލާ ވަނީ ހަމަ ރަނގަޅަށްވެސް ނިހާން އޭނާގެ ޖާދޫގައި ޖައްސައިފައެވެ.
“އަހަރެން މިހެން އުޅޭއިރުވެސް ވިސްނަމޭ ޒާޔާއާ ދޭތެރޭ. އަހަރެން އަހަރެންގެ ދަރިފުޅަށް ގެއްލުން ވާނެ އެއްވެސް ކަމެއް ކުރާކަށް ބޭނުމެއްނޫން. މަށަށް އިނގޭ މަ މިހެން އުޅޭކަން ޒާޔާއަށް އެނގިއްޖެއްޔާ އޭނަ ދެރަވާނެކަން.” އިސްޖަހައިގެން އިނދެ ނިހާން ވާހަކަ ދައްކަމުން ދިޔައެވެ. ކައިރީގައި އިން އުސްމާނަށް ކިތަންމެ ރަނގަޅަކަށްވެސް ނިހާންގެ ޙާލަތު ވިސްނެއެވެ. ނިހާން އެ އިންނަނީ ހަދާނެގޮތް ހުސްވެފައެވެ. އޭނާއަށް މިހާރު ޖަމީލާ ނުހަނު ބޭނުންވެއެވެ. އަނެއްކޮޅުން ޒާޔާއަށް ދެރައެއް ދޭކަށް ބޭނުމެއްނުވެއެވެ. ޒާޔާއަކީ އޭނާގެ މަންމަގެ މަޤާމުގައި ދުރު ހިލޭ މީހެއް ބަހައްޓަން ބޭނުންނުވާ ކުއްޖެކެވެ. ދެން އެހެންވީއިރު ނިހާންއަށް ޖަމީލާ ލިބިދާނެހެއްޔެވެ؟ ހަމަ ގައިމުވެސް އެނގޭ އެއްކަމަކީ ނިހާންއަށް އޭނާގެ ދަރިފުޅަށްވުރެ މުހިންމު އެހެން އެއްވެސް މީހެއް ނުވަތަ ކަމެއް އޮވެގެން ނުވާނެކަމެވެ.
“ޒާޔާއާ ވާހަކަ ދައްކާލަންވީއެއްނު އަނެއްކާވެސް.” އިރުކޮޅަކު ވިސްނައިލަން އިނުމަށްފަހު އުސްމާން ބުންޏެވެ. ނިހާން އެކަމާއިމެދު އެއްވެސް އެއްޗެކޭ ބުނާކަށް ބޭނުމެއްނުވިއެވެ. އަނެއްކާވެސް ޒާޔާއާއި އެ ވާހަކަތައް ދެއްކިޔަސް ޒާޔާގެ ފަރާތުން ލިބޭނީ ކުރިންވެސް ލިބުނު ޖަވާބުކަން ނިހާންއަށް އެނގެއެވެ. ޒާޔާގެ ރުހުން ނުލިބި މިކަން ކޮށްފިއްޔާ ޒާޔާ ދެރަވާނެވަރު ނިހާންއަށްވެސް އެނގެއެވެ. ކޮންމެވެސް ގޮތަކުން ޒާޔާގެ ރުހުން ހޯދަން އެވަގުތު ނިހާން ނިންމިއެވެ. އެކަމަކު ޒާޔާ ގާތުގައި ދޮގުހަދައިގެން ވާހަކަ ދައްކާކަށް ނިހާން ބޭނުމެއްނުވެއެވެ. ދޮގުހަދައިގެން ވާހަކަ ދައްކައިފިއްޔާ ފުރަތަމަ ޒާޔާގެ ރުހުން ލިބުނަސް ފަހުން ނިހާން ހެދީ ދޮގުކަން ފަޅާއަރާ ދުވަހު ދިމާވާނީ މާ ހިތްދަތި ގޮތެއްކަން ނިހާންއަށް ވަރަށް ރަނގަޅަށް އެނގެއެވެ. ދޮގު ހެދުމަށްވުރެ ރަނގަޅަށް ތެދަށް ހުރިހާ އެއްޗެއް ބުނެދީގެން ޒާޔާ ރުއްސިޔަސް މާ ރަނގަޅުވާނެއެވެ.
“ކޮބާ ސައެއް ކަހަލަ އެއްޗެއް ބޮއެ ނުލާތަ ދަނީ؟” ނިހާން ސޯފާއިން ތެދުވެ ދާން ހިނގައިގަތުމުން އުސްމާން ބުންޏެވެ. ނިހާން ބޯ ޖަހައިލުމަށްފަހު އެގެއިން ނުކުތެވެ. ގެއިން ނުކުމެ ކުޑަ ތަންކޮޅަކަށް ހިނގައިގަނެވުނު ވަގުތު އެއްވެސް ހުރަހެއް ނެތި ވާރޭވެހެން ފެށިއެވެ. ކަޅުފުސް ވިލާތަކުން އުޑުމަތި ވަނީ އެެއްކޮށް ފުރިފައެވެ. ނިހާން އެއްކޮށް ތެމި ފޯވެއްޖެއެވެ. ކައިރީގައި ހުރި ފިހާރައިގެ އަސްކަނި ދަށުގައި ބަޔަކު މަޑުކޮށްލައިގެން ތިބިއިރު ނިހާން އެތަނަށް ދާކަހަލަ ޚިޔާލެއް ނުކުރިއެވެ. އޭނާ އެވަގުތު ބޭނުންވީ ތެމިލާށެވެ. އެ އޮއްސައިގަތް ވާރެއާއި އޭނާގެ ކުރީގެ ފޮނި ހަނދާނަކާއި ގުޅިފައިވުމުގެ ސަބަބުންނެވެ.
މީގެ ކުރިން ހަމަ އެކަހަލަ ދުވަހެއްގައި ޒިޔާނާ އާއި ނިހާން ހިނގާލަން ބޭރަށް ނުކުތެވެ. ބޭރަށް ނުކުމެ ކުޑަތަންކޮޅަކަށް ހިނގައިލެވުނުތަނާ ބޯކޮށް ވާރޭ އޮއްސައިގަތީއެވެ. ނިހާން ހިޔާވާން ބޭނުންވިއިރު ޒިޔާނާ މިނިވަންވެފައިވި ދޫންޏެއް ފަދައިން ވާރޭތެރޭ ހުއްޓެވެ. “ޒީ އާދޭ މިތަނަށް. ޒީ ބަލިވެދާނެ ތިހާވަރަށް ތެމެންޏާ.” ނިހާން އެވަރަށް ކިޔުމުންވެސް ޒިޔާނާ އަޑުއިވޭ ކަމަށްވެސް ހަދައިނުލައި ހުރީއެވެ.
ޒިޔާނާ ދެއަތް އުފުލައިލައި ދެލޯ މަރައިގެން ހުރިގޮތުން ނިހާންއަށް ޒިޔާނާ ސިފަވީ ދުނިޔެމައްޗަށް ދޫކޮށްލެވިފައިވި ހޫރެއް ފަދައިންނެވެ. އެ ދޮންދޮން މޫނުގައި ޝަބްނަމް ތިކިތަކެއް ފަދައިން ވާރޭ ތިކިތައް ކޭއްތެމުން ދިޔައެވެ. ލައިގެން ހުރި ގަޔަށް ދޫ ކަޅު ހެދުންވެސް ހުރީ ގަޔަށް ހިފައިލައިފައެވެ. ނިހާން އެންމެ ބިރުގަތީ އެކަމާއެވެ. މަގުތަކުގެ އެއްފަރާތުގައި ތިބި ބައެއް މީހުންގެ ކަތިނަޒަރުތައް ޒިޔާނާއަށް ހުއްޓިފައިވިތަން ފެނި ނިހާން ވާރޭތެރެއަށް ނުކުމެ ޒިޔާނާ ކައިރިއަށް ދިޔައެވެ. “ޒީ ބަލާބަލަ. މީހުންތައް އެއޮތް ބަލަނީ. ތިހިރީ ހެދުންވެސް ގައިގަ ތަތްލަވާފަ. ހިނގާ ދާން އަވަހަށް.” މީސްމީހުންގެ ކަތި ނަޒަރުން ޒިޔާނާ ސަލާމަތްކުރަން ބޭނުންވާތީ ނިހާން ޒިޔާނާގެ ހެދުން ރީތިކޮށްދެމުން ކިރިޔާ ޒިޔާނާއަށް އަޑުއިވޭނެވަރަށް ބުންޏެވެ. ޒިޔާނާ ލޯ ހުޅުވައިލައި ބަލައިލިއިރު އެތައް ބައެއްގެ ނަޒަރު އޭނާއަށް ހުއްޓިފައިވިއެވެ. ޒިޔާނާ އަވަސްއަވަހަށް ތަތްލަވައިފައިވި ހެދުން ގަޔަށް ދޫކޮށްލަމުން ނިހާންއާއިއެކީ ހިނގައިގަތެވެ.
ނިހާން ވާރެއާއި ތެމިގެން ހިނގަމުން ދިޔައިރު އޭނާގެ ސިކުނޑިތެރޭ އެނބުރެނީ އޭނާ އެދުވަހު ޒިޔާނާ ގާތު ވި ވަޢުދެކެވެ. “ޒީ. އަހަރެން ދުވަހަކުވެސް އަހަރުމެންގެ މި ދަރިފުޅަށް ގެއްލުމެއް ލިބުނަކަ ނުދޭނަން. އަހަރެން ވަރަށް ލޯބިވޭ މި ދަރިފުޅު ދެކެ. މިއީ އަންހެން ކުއްޖަކަށް ވެއްޖެއްޔާ އަހަރެން ވަކިން ބޮޑަށް މި ދަރިފުޅު ރައްކާތެރިކަމާއިއެކީ ބަލަހައްޓާނަން. ޒީ. މީ އަހަރެން ޒީ ގާތުގަވާ ވަޢުދެއް. އަހަރެން ދުވަހަކުވެސް އަހަރުމެންގެ މި ދަރިފުޅަށް ދެރައެއް ނުދޭނަން. ދަރިފުޅު ދެރަވާފަދަ އެއްވެސް ކަމެއް ނުކުރާނަން. ދަރިފުޅު ރަނގަޅުގޮތުގަ ބަލައި ބޮޑުކުރާނަން. ދަރިފުޅަށް ބޭނުންވާ ހުރިހާ ޚަރަދެއް އަހަރެން ކުރާނަން. ޒީ އެއްވެސް ކަމަކާ ހާސްވާކަށް ނުޖެހޭނެ. ތި ދެމައިންދެކެވެސް އަހަރެން ވަރަށް ވަރަށް ވަރަށް ލޯބިވޭ.” އެދުވަހު ގެއަށް ގޮސް ނިހާން ޒިޔާނާގެ ބޮޑުވެފައިވާ ބަނޑުގައި ފިރުމަމުން ބުންޏެވެ. އެދުވަސްތައް ހަނދާންވުމާއިއެކު ނިހާންއަށް ރޮވޭގޮތްވިއެވެ. ލޮލުން ފޭބި ކަރުނަ ތިކި ވާރެއާއި އެކުވެގެން ދިޔުމުގެ ސަބަބުން އޭނާ ރޯކަމެއް އެކަކަށްވެސް ނޭނގެއެވެ.
ގެއާއި ހަމައަށް އާދެވުމުން ނިހާން އޭނާގެ ލޮލުން އޮހޮރެމުން ދިޔަ ކަރުނަތައް ފުހެލައިފައި އެތެރެއަށް ވަނެވެ. ކޮޓަރިއަށް ގޮސް ތެތް އެއްޗެހި ބައިލައި ފެންވަރައިލައިގެން ނުކުމެ ރީތި ގަމީހަކާއި ފަޓްލޫނެއް ލައިގެން ނިހާން ކޮޓަރިން ނުކުތެވެ. ގޯތިުތެރެއަށް ނުކުމެލަން ބޭނުންވިއެއްކަމަކު ބޯކޮށް ވާރޭ ވެހޭތީ ނިހާން ސޯފާގައި އިށީނދެލިއެވެ. ސިޓިންގް ރޫމުގައި އިންނައިރު ގޯތިތެރެ ރީތިކޮށް ފެންނާތީ ވާރޭ ވެހޭ މަންޒަރުވެސް ރީތިކޮށް ފެންނަމުން ދިޔައެވެ. ކުރިމަތީ ހުރި މޭޒުމަތީ އޮތް ރިމޯޓު ނަގައި ޓީވީ ހުޅުވައިލީ ނިހާން ސިކުނޑި ތާޒާ ކޮށްލަން ބޭނުންވިވަރުންނެވެ.
ޒާޔާ ފެންވަރައިގެން ނުކުތްއިރު އޭނާ ހުރީ ހީކަރުވައިގަނެގެން ތުރުތުރު އަޅާވަރުވެފައެވެ. ބޯކޮށް ވާރޭ ވެހޭ ދުވަސްދުވަހު ޒާޔާ ނުލާހިކު ފެންވަރާހިތްވެއެވެ. އިސްތަށިގަނޑު ތެންމައިލައިގެން ނުކުތްއިރު އިސްތަށިގަނޑުގައި ލާން ބޭނުންކުރި ޕާމް އޮލިވް ޝޭމްޕޫގެ ލުއިލުއި މީރު ވަސް ވަނީ މުޅި ކޮޓަރިތެރޭ ހަރުލައިފައެވެ. މަޑު ފިޔާތޮށިކުލައިގެ އަތްދިގު ޓީޝާޓަކާ ހަމަ އެކުލައިގެ ދޫ ހަރުވާޅެއް ލައިގެން ޒާޔާ އޭނާގެ އެނދުގައި ބަންޑުން އޮށޯވެލިއެވެ. ފޯނު ނަގައި ބަލައިލިއިރު ފަވާޝަތު ދެތިން ފަހަރަށް ގުޅައިފައި އިނެވެ. ފަވާޝަތުގެ ނަމްބަރަށް ޑައިލް ކޮށްލަމުން ޒާޔާ ފޯނު ކަންފަތުގައި ޖައްސައިލިއެވެ. “ހެލޯ.” ޒާޔާ ހީކުރި ގޮތާއި ޚިލާފަށް އޭނާއަށް އިވުނީ އާލިޔާގެ އަޑެވެ. އެއްޗެކޭ ބުނަން ނުކެރިފައި ހުރެވެސް ޒާޔާ ފަވާޝަތު ކޮބައިތޯ އެހިއެވެ. “އޭނަ ހޯދަން ކަލޭ ގުޅާކަށް ނުޖެހޭނެ. ކަލޭ އަހަރުމެންގެ ފަވާ އެއްކޮށް ހަލާކުކޮށްލާފަ ތިހުރީ. އަހަރެންނަކަށް އިތުބާރެއް ނުކުރޭ. އެވެސް ކަލެއާ ހެދި. އޭނަ އަހަ…” އާލިޔާ އެއްޗެހި ގޮވަން ފެށުމުން ޒާޔާ ފޯނު ކަނޑައިލިއެވެ. އާލިޔާ އެ ދައްކާ ބޭކާރު ވާހަކަތައް އަޑުއަހަން އެއްގޮތަކަށްވެސް ޒާޔާ އޭނާގެ ވަގުތު ބޭކާރުކޮށްލާކަށް ބޭނުމެއްނުވެއެވެ. ކިތަންމެ ބަނޑުހައިވިއެއްކަމަކު ޒާޔާ ބޭނުންވީ އަދި އިރުކޮޅަކު އޮވެލާށެވެ. މިހާ ފިނި ދުވަހެއްގައި އޭނާއަށް އިޙުސާސްކުރެވެނީ ކަންނެތްކަމެވެ. ވާރޭ ވެހޭހާ ހިނދަކު ޒާޔާއަށް އެގޮތަށް އޮވެވިދާނެއެވެ.
އެހާ އަރާމުކޮށް އޮށޯވެލައިގެން އޮއްވައި އޭނާގެ ކޮޓަރި ދޮރުގައި މީހަކު ޓަކި ޖަހަން ފެށުމުން ޒާޔާއަށް ޗޮކެއް ކަނޑައިލެވުނެވެ. ޒާޔާ ނުތެދުވެ އޮތީ އެއީ ލިލިއަން ކަމަށް ހީކުރެވުމުންނެވެ. އެހެންނަމަވެސް ބޭރުން އޭނާގެ ބައްޕަ ގޮވައިލި އަޑު އިވުމުން ޒާޔާ ތެދުވެ ގޮސް ދޮރު ހުޅުވިއެވެ. “ދަރިފުޅު ކީއްކުރަނީތި؟” ކޮޓަރިތެރެއަށް ބަލައިލަމުން ނިހާން އަހައިލިއެވެ. “ފެންވަރައިގެން ނުކުމެ އޮތީ ހަމަ.” ނިހާން ވަންނަން ތަން ދައްކަމުން ޒާޔާ ބުންޏެވެ. “ހެހެ. ދަރިފުޅު ތިގޮތަށް އުޅޭތީ ބައްޕަ ވަރަށް ބޮޑަށް ދަރިފުޅުގެ މަންމަ މަތިން ހަނދާންވޭ. ދަރިފުޅުގެ މަންމަވެސް މިކަހަލަ ފިނި ދުވަސްދުވަހާ ރޭތަކުގަ އޮންނާނެ އަރާމުކޮށް. ތެދުވާނީވެސް ގަދަކަމުން ހިފައިގަނެގެން އުޅި ނެގިއްޔާ. ހަހަހަ.” ނިހާން ހުނުމާއިއެކު ޒާޔާއަށް ވެސް ނުހީއެއް ނުހުރެވުނެވެ. “ދަރިފުޅާ! ބައްޕަ ދަރިފުޅާ ވަރަށް ބޮޑު ވާހަކައެއް ދައްކަންވެފަ އެބައޮތް. އާދެބަލަ މިތާ އިށީންނަން.” ނިހާން އެނދު ކައިރީ ހުރި ގޮނޑީގައި އިށީންނަމުން އެނދަށް އިޝާރާތް ކުރިއެވެ. ޒާޔާ މަޑުމަޑުން ހިނގައިލައިފައި ގޮސް އެނދުގައި އިށީނެވެ. އަނެއްކާ ބައްޕަ ދައްކަން މިއުޅެނީ ކޮންކަހަލަ ވާހަކައެއްބާއެވެ؟ ބައްޕަގެ މޫނުމަތީގެ ކުލަވަރުން ހީވަނީ ދައްކަން ނުޖެހޭވަރުގެ ވާހަކައެއް ދައްކަން އުޅޭހެންނެވެ.
ނިހާން އެންމެ ފުރަތަމަވެސް ވާހަކަ ފެއްޓުމުގެ ކުރިން ޒާޔާގެ މޫނަށް ބަލައިލީއެވެ. އެ މޫނުމަތިން އެއްޗެއް ދޭހަކުރަން އުޅޭ ފަދައަކުން ނިހާން އިރުކޮޅަކު ޒާޔާއަށް ބަލަހައްޓައިގެން އިނެވެ. ނޭނގޭ ސަބަބަކާ ހުރެ ޒާޔާ އޭނާގެ އެދުމަކަށް ނޫނެކޭ ނުބުނާނެކަން ނިހާންއަށް އެ ވަގުތު ހީވީ ކީއްވެކަމެއް ނޭނގެއެވެ. އަނެއްކާވެސް މިޖެހެނީ ކުރިން ޒާޔާ ކައިރިން އެދުނު އެދުން އެދޭށެވެ. ނަމަވެސް ކުރިއާއި ޚިލާފަށް މިފަހަރު ނިހާން އެ ވާހަކަ ދައްކަން އެއުޅެނީ އޭނާ އަމިއްލައަށް ބޭނުންެވެގެންނެވެ.
“ދަރިފުޅު ބައްޕަ ދެކެ ލޯބިވޭތަ؟” އެ ސުވާލުގެ ޖަވާބު އިނގިހުރެމެވެސް ނިހާން އެ ސުވާލު ޒާޔާ އާއި ކުރިއެވެ. ޒާޔާ މަޑުމަޑުން ބޯ ޖަހައިލިއެވެ. “ދަރިފުޅު ބައްޕައަށް އިތުބާރު ކުރަންތަ؟” އަނެއްކާވެެސް ނިހާން އަހައިލިއެވެ. ޒާޔާއަށް ކުއްލިއަކަށް އޭނާގެ ބައްޕައާއި ދިމާލަށް ބަލައިލެވުނެވެ. ބައްޕަ މިކަހަލަ ސުވާލުތަކެއް މި ކުރަނީ ކީއްވެގެން ހެއްޔެވެ؟ ނިހާން ބުމަ އަރުވައިލުމުން ޒާޔާ އަނެއްކާވެސް ބޯ ޖަހައިލިއެވެ. “ހްމްމް. ދަރިފުޅު ބައްޕަ ދެކެ ލޯބިވޭ. އިތުބާރު ކުރޭ. ދެން ދަރިފުޅު ބައްޕަ މި އެދޭ އެދުމަށް އާނއެކޭ ބުނާނަންތަ؟” ޒާޔާ އަނެއްކާވެސް ނިހާންއާއި ދިމާލަށް ބަލައިލިއެވެ. ސުވާލުގެ ނަޒަރަކުންނެވެ. ބައްޕަ މި އެދެން އުޅެނީ ކޮން އެދުމެއްހެއްޔެވެ؟ ބައްޕަ ބޭނުންވެގެން މިއުޅެނީ ކޮންކަމެއް ހެއްޔެވެ؟ “ބައްޕަ ފުރަތަމަ އަޅުގަނޑު ކައިރީ ބުނީމައެއްނު އަޅުގަނޑަށް އިނގޭނީ އާނއެކޭ ނޫނީ ނޫނެކޭ ބުނަން.” އިސްޖަހައިލަމުން ޒާޔާ ބުންޏެވެ. އޭނާ އިނީ ހިސާބަކަށް ލަދުގަނެފައެވެ. ބައްޕަ މިހާ ދުރުދުރުން ފަށައިގެން މިދައްކާ ވާހަކައެއް އެއްގޮތަކަށްވެސް އޭނާއަކަށް ނަގައެއް ނުގަނެވުނެވެ.
“ބައްޕަ ބޭނުންވަނީ އުސްމާންގޭ ޖަމީލާއާ ކައިވެނި ކުރަން. ދަރިފުޅު މިކަަމަށް އެއްބަސްތަ؟” ނިހާންގެ ފަރާތުން އެއިވުނު ޖުމުލަ ޒާޔާގެ ކަންފަތަށް އިވުނީ ހޮނު ގުގުރިއެއްގެ ސިފައިގައެވެ. ޒާޔާ ވަގުތުން އެކަމާ ދެކޮޅު ހަދަން ބޭނުންވިއެވެ. އެހެންނަމަވެސް އޭގެ ދެވަނަ ސިކުންތުގައި އޭނާ ހަނދާންވީ ޖަމީލާ މީގެ ހަތަރު ވަރަކަށް މަސް ކުރިން އޭނާއަށްދިން ސިޓީގެ މަތިންނެވެ. އޭގައިވެސް ޖަމީލާ ނުސީދާކޮށް އޭނާ ޒާޔާގެ ބައްޕަ އާއި ކައިވެނިކުރަން ބޭނުންވާ ވާހަކަ ވަނީ ލިޔެފައެވެ. އަދި އެ ސިޓީގައި އޮތް ‘އަމާނާތް’ އެ ލަފްޒު ހަނދާނަށް އައުމުން އޭނާއަށް އެކަމާ ދެކޮޅު ހަދާކަށް ނުކެރުނެވެ. އެކަމާ ދެކޮޅު ހަދައިފިނަމަ އާޚިރު ނަތީޖާ ނުކުމެގެން ދާނެގޮތެއް ނޭނގެއެވެ. ޒާޔާއަށް އެކަމާމެދު ވިސްނަން އިރުކޮޅަކު އިނދެވުނެވެ. މިނެޓްތަކެއް ވަންދެން އޭނާ ވިސްނަން އިނުމަށްފަހު އޭނާއަށް ވިސްނުނު އެންމެ ރަނގަޅު ގޮތް ބައްޕައާއި ޚިއްޞާ ކުރަން ތައްޔާރުވިއެވެ. ޒާޔާ ނިހާންއަށް ބަލައިލުމާއިއެކު ނިހާންއަށް ކުޑަވަރެއްގެ އުންމީދެއް ލިބިގެން ދިޔައެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
31 Comments!
Comments are closed.





…Dhonthy
Vrh vrh vrh vrh rythi mi part vx… usmaan r jameela r marry kohfiyya zaaya ge dhuvas dhiya e?♀️
Dhonthy ur so talented.. ma sha allah.. malaika ah kihineh baa vaanii?
Vrh curiouse vefa mihuriii next part kiyaalan?♥️
Subhaanallah!!! Usmaan aa Jameelaa ey??? Hehe. Nihaan aa Jameela marry koffiyyaamunnennu. 😛 😛 🙂 Anyways thank you so much dear 🙂 🙂 It really means a lot for me. Aan Malaikaa au kihineiybaa vaanee dhw??? Balamaa. 🙂 🙂 🙂 Hehe. Hama curious kollaa hiyvee 😛 😛 Keep waiting inge 🙂 <3 <3 <3
Alhey… usmaan ey dhw eynii bunevifa.. crazy me..?♀️?
Aslu nihaan mibunii olhigenn??
Salaam dear readers ? ? Miothee dhihavana bai upload vefa. Unmeedhukuran hurihaa kiyuntherinnau es kamudhaanekamau. Next episode iraadhakurevviyyaa Thursday ga submit kollaanan. Noonee e episode avahau liye nimijjeyyaa Thursday ge es kurin submit kollaanan. So, enjoy reading dears. Looking forward for your comments. Love you all <3 <3 <3 <3 <3 <3 <3 <3 <3
Thank u finally the one thing I’ve been waiting for is here??????
Welcome dear. Haadha ufaavefaey thihuree Maukko 🙂 🙂 Feel happy for that 🙂 🙂 🙂
Alhey malaika ah kihineh eveee. Malaikaa ah dhera gotheh nahadhahchey dhonthy..Btw mi part ves hama habeys.?♥️?. Waiting for the next part.stay safe and luv u dhonthy…♥️
Awlhey! Malaikaa au already dheragoiy vefa kanneynge eothee dhw. Sorry 🙁 🙁 Anyways thank you so much Anuahs 🙂 🙂 🙂 Yes! Keep waiting for the next episode. Love you too and stay safe <3 <3 <3
Varah varah varah reethi ❤️✨?✨? maa sha Allah ?? curiously waiting waiting waiting for the next part ?✨? ly dhonthy⚡?♥️???♥️
Awww thank you so much Livy dear 🙂 🙂 🙂 Yes keep waiting curiously for the next episode. Hehe. Love you too Livy <3 <3 <3 <3 <3 <3 <3 <3
Masha Allah dhonthii haadha molhey ??? kihineii baa dhw dhnn malaika ah vaany .. really curious to read next part …
Saty safe dhonthii ?love uhh ❤️
Awwww Thank you sooooo much Niuko 🙂 🙂 🙂 😀 vvv ufaavejje mi comment kiyaalaafa. 🙂 😀 😀 Yh kihineiybaa dhn Malaikaa au vaanee dhw!! Balamaa 🙂 🙂 Love you too and stay safe <3 <3 <3 <3 <3 <3
Masha Allah V reethi mi part vx.
Sifakurunthan hama????❤️❤️❤️
Dhonthy mint ge request eh mee mi story ge pic badalu kolevedaane tha if u can…
Stay Safe
Take Care
❤️❤️❤️
Awww thank you so much Mint ? ? ? Okay v masakkaiy kuraanan pic change kolleveythw inge dear. Stay safe and take care. <3 <3 <3 <3
mi bai vx vrh salhi…. furathama faharu miah mi comment kurevuny hehe:) btw, can i email have something to discuss about
hey dhonthy! mi bai vx vrh reethi. kurin comment nukurevunas mi vaahaka kiyan higey. can i drop a mail to you cuz i have something to talk about. hope you will reply soon 🙂
Hey Raaya dear ? ? ? Thank you so much dear. It really means a lot for me. Yes dear you can drop a mail okay ? ? mail fenunuhaa avahakau dhonthi reply kollaanan inge ? ? <3 <3 <3 <3
Thanks? innaane mail konlaafa. Balaalahchey. Thank you so much dhonthiii?
Alhey dhn kihinehbaa vaanee????….varah varah reethi mi bai vx…..waiting for the nxt part…lysm dhonthy
Kihineiybaa dhn vaanee dhw?? Balamaa ? ? ? Anyways thank you soooo much Kairaa. Yes dear keep waiting. Love you too <3 <3 <3
Salhi?
Thank you ?
Kobaa next part
.
??
ކޮންމެ ބައެއް ކިޔާލާފައި މިޖެހެނީ ދެން އޮތް ބައި ކިޔާލާ ހިތުން ކެތްމަދުވެފަ އިންނަން؛ ހެހެ.. މިވާހަކަ ކުރިއަށް މިދާގޮތް ވަރަށް އިންޓްރެސްޓިންގ.. އަދި ޔޫ ނޯ؟ އެހެންކުދިންނާ ޚިލާފަށް އައި ލައިކް ދަ ޖަމީލާގެ ކެރެކްޓަރ.. ޝީ އިޒް ސޯ ފަނީ..އަހަހަހަ… ވެއިޓިންގ ފޯ ދަ ނެކްސްޓް ވަން އިނގެ..މަޗް ލަވްސް ބްލޫ ބޭބީ
?????
Awww thank you so much mag ? ? ? jameelaa ge character dhonthi au es v kamudhey. Jameelaa ge bai liyan inna iru indhevidhaane rulhiaisfa noonee hevifa. Hehe ? ? ? ? Love you too mag baby ? ? ? ? ? ? ? ? <3 <3 <3 <3
Kobaa 11 vana bai..??
Dhonthii….Kobaatha part 11 ☹️??
Woww mi prt vx Vv reethi and nihaan and Jameela is going to get married oh poor Zaya I really hope Zaya will say no
Awww thank you so much dear ? ? ? Zaayaa no bunaane kamau hope kuraanee dhw dhn. Balamaa ? ? ?
Dhonthiii …next episode publish kurany kn irakun ..??
Naufal ? Dhonthi kurin bunigothau hama iyyega(Thursday) ga submit kollaifin next episode. So admin ebai publish kurandhen madukollamaa ? ? ?