Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިއެހެނިހެންމަޖާލޯބި

ޝަހަރު 10ވަނަބައި

kudhoo Level 310 Stories100 Comments
June 15, 2020 4 Mins Read
2 Comments

” ދެން އަހަރެމެންގެ މިހާ އުފާވެރި ހަފްލާއަށް އަހަރެމެންގެ ކުޑައިރުގެ އެކުވެރިޔާއަށްވެސް ތިހުރީ ނޭނގިނަމަވެސް އާދެވިފައި.. ދެން ބައިވެރިވެލާފައި ދާންވާނީ..” ބައްރާ އެދުނެވެ. އެންމެން ވާހަކައިގައި ތިބެ އެރަށުގައި ކައިވެނި ފަދަ ހަފްލާތަށް ބޭއްވުމަށް ހަދާފައިވާ ބޮޑު ގަނޑުވަރަށް ދިޔައެވެ.

ގަނޑުވަރު ވަނީއެކިކުލައިގެ ބޮކިތަކުން ޖަރީކޮށްފައެވެ. ގަނޑުވަރުގެ ބޭރުން ބަލާލިޔަސް އެއީ ކުޑަތަނެއްނޫން ކަން އެނގެއެވެ. ގަނޑުވަރަށް ވަންނަ ދޮރޯށިވަނީ ރީނދޫކުލައިގެ މާތަކުން ފުރާލާފައެވެ. އެއީ ހަދާފައިވާ ދޮރޯއްޓެއް ނޫނެވެ. އެއީ ވެލަށް ދުވެފައިވާ މާގަހަކުން ދޮރޯއްޓެއްގޮތަށް ރީތިކޮށްފައިވަނީއެވެ. އެތެރެއަށް ވަދެގެން އައިރު ދެފަރާތުގައި ހެދިފައިވާ ބޮޑެތިގަސްތަކުންވަނީ ގަނޑުވަރަށް ވަންނާނެ ރީތި މަގެއްވެސް ހެދިފައެވެ. އެކިކުލައިގެ މާތައް އަޅާ ގަސްތަކެއް ކަމުން ބިންމަތިވަނީ އެކިކުލައިން ޖަރީވެފައެވެ. ހީވަނީ ހަމަ މިރެއަށް ޚާއްސަކޮށް ބަޔަކު ކޮށްފައިވާ މަސައްކަތެއްހެންނެވެ. އާއިލާގެ އެންމެންވެސް ވަނީ ރަތްކުލައިގެ ހެދުންތަކުން އެއްކުލަވެގެންނެވެ. ކައިވެނިކުރުމަށް ހަމަޖެހިފައިވާ ދެކުދިން ތިބީ ކަޅާ ރަތުން ޖަރީކޮށްފައިވާ ހެދުންތަކުގައެވެ. ގަނޑުވަރަށް ވަންނަ ބޮޑު ހޯލު ނިމޭ ހިސާބުގައި އެތެރެއަށް ދެވޭނެހެން މަގެއް އޮތެވެ. ހޯލުގެ އެތެރޭގެ އެމަގުންވަންނައިރު ދެފަރާތުގައިވެސް ވަނީ ހުސް ކޮޓަރިތަށް ހަދާފައެވެ. އެއީ ރަށަށް ޒިޔާރަތް ކުރާ އެންމެނަށްވެސް ފަސޭހައިން ތިބެވޭނެ ގޮތް ހެދުމަށްޓަކައެވެ. އެތާނގައި ގާތްގަނޑަކަށް ސާޅިހަކަށް ކޮޓަރި ހުއްޓެވެ. އެތެރެއަށް ވަދެގެން ގޮސް ފަސްކޮޓަރި ދޫކޮށްފައި އިދުރީސް ހުއްޓުނެވެ. “މީ ވަރުދާންގެ ދެބަފައިން މިރޭ ތިބޭނެ ކޮޓަރި…” އިދުރީސް ބުންޏެވެ. ދެބަފައިންވެސް އެތެރެއަށް ވަނދެ އަވސްވެގަތީ އެރޭގެ ހަފްލާގައި ބައިވެރި ވުމަށް އެކަމާ ގުޅޭ ހެދުމެއް އެޅުމަށެވެ. ހާތިބުއަށް ބެލެމުން ދިޔައީ ކޮޓަރީގެ ރީތިކަމަށެވެ. ރީތި އުތްބަތިތަކުން އަލިކުރެވިފައިވާ އެކޮޓަރީގެ ފާރުތައް ހަދާފައިވާ ގޮތް އެހާވެސް ހިތްގައިމެވެ. ހުރިހާ ފާރުތަކެއްވެސް ނިވާވެފައިވަނީ ގަހުގެ ބުޑުތަކުންނެވެ. ކޮޓަރީގެ އެއްފާރު ވަނީ ގަހުގެ ހިމަ އޮފިތަކުން ހެދުން ފަދަ ތަކެތި އެޅުވުމަށްޓަކައި ޚާއްސަ ކުރެވިފައެވެ. އަރާމު ކުރުމަށްވެސް ގަހުގެ ބޮޑު ފަލަ ދެއޮފިގަނޑުން ވަނީ ރީތި އެނދެއް ހެދިފައެވެ. އެއޮފިގަނޑުގައިވެސް ވަނީ ކުޑަ ނިރުތަކެއްހެން ފަތްފަޅާ ކޮޓަރިތެރެއަށް އިތުރު ފުރިހަމަކަމެއް ގެނެސް ދީފައެވެ. މިރޭ ހާތިބުއަށް ފެންނަމުން މިދަނީ ހާތިބުގެ އުމުރުގައިވެސް ނުފެންނަފަދަ ރީތި ތަންތަނެވެ. ބައްޕަ ބޮޑު ގަނޑުވަރެއްގައި އުޅެ އެފަދަ މަންޒަރުތައް ފެނި ބާވެފައި ހުއްޓަސް  އޭނައަށް މިފަދަ މަންޒަރެއް މިފެންނަނީ އަލަށެވެ. ބައްޕަ ގަނޑުވަރުން ނިކުމެގެން އުޅޭ ސަބަބު ބައްޕަ އަދި ކިޔައި ނުދިނަސް ބައްޕަ ކޮންމެވެސް ދުވަހަކުން ކިޔައި ދޭނެކަމަށް ހާތިބު އުންމީދުކުރެއެވެ.

ކޮޓަރިން ނިކުމެގެން ދެބަފައިން އެންމެން ތިބި ހޯލަށް އައެވެ. އެކިކަހަލަ ބުއިންތަކާ ކެއުންތަކުން މުޅި ހޯލުތެރެވަނީ އެއްވަސްކުރުވާފައެވެ. ކައިވެނި ކުރުމަށްޓަކައި ހަމަޖެހިފައިވާ ދެ ޖޯޑު ކައިވެނި ކުރެވޭ މަޖުލީހަށް އައެވެ. އެމީހުނާއެކު އިދުރީސްއާ ބައްރާވެސް ހުއްޓެވެ. ގާޟީ ކައިވެނިގެ ޙިތުބާ ނިމުމުން ދެމީހުން ގެ ކައިވެނި ކޮށްނިމުނެވެ. އެހިސާބުން ހާތިބުގެ ހިތުގައި އަނެއް ސުވާލު އުފެދުނެވެ. ހާތިބުމެން ރަށުގައި ބައެއް މީހުން މިކަން ކުރާ ގޮތާ މިމީހުން މިކަން ކުރިގޮތް ހާދަ ތަފާތެވެ. އެއަށްފަހު ކާވެނީގެ އުފާފާޅުކުރުންތައް ފެށިގެން ދިޔައެވެ. މުޅި އެރޭ ހޭދަކުރަން ޖެހުނީ އެމީހުނާއެކު މަޖާކުރުމުގައެވެ. ދެބަފައިން ދާން އުޅުމުންވެސް އިދްރީސްމެން އެކަމާ ގަބޫލެއް ނުވިއެވެ. އެހާ ދުވަސްކޮށްފައި ދިމާވުމުން އެމީހުންނާއެކު ހޭދަކޮށްފައި ދިޔުމަށް އެދުނެވެ. އެރޭ ނިދާވަގުތު ޖެހުމުންވެސް ނިދަންވަނީ މަދު ބައެކެވެ. ގިނަ ރައްޓެހިންނާ އާއިލާގެ މެންބަރުން ނިދަންވެސް ނުވަދެ މަޖާކުރުމުގައި ވަގުތު ހޭދަކުރަމުން ދިޔައެވެ. ވަރުދާންގެ ދެބަފައިންވެސް ވަނީ ނިދާލުމަށެވެ. އެހެންނޫނީ ދަތުރުގެ ވަރުބަލިކަން ނުފިލާނެތީއެވެ. ނަމާދުވަގުތު ޖެހުމުން ދެބަފައިން ނަމާދުކޮށްލައިގެން އިދުރީސްމެންގެ އާއިލާއަށް އަލްވަދާއު ކިޔާފައި ނިކުތެވެ. ދެބަފައިން އެޝަހަރުގެ ބާކީ ހުރި ތަންތަން ބަލަން ނިކުތެވެ. ވަކި ހިސާބަކަށް ދެވުނުތަނާ ހާތިބުއަށް ހީވީ އެހެން ތަނަކަށް އާދެވިގެން އުޅެނީހެންނެވެ. ބޮޑެތި ހުރިހާ ގަސްތަކާ ވެޔޮހެން ދުވެފައި ހުރިގަސްތަކާ ހުރިހާގަހެއްގައިވެސް އެކިކަހަލަ އެކި ކުލައިގެ މާތަކުން ފުރިފައެވެ. ގަހުގެ ފަތްތަކަށްވުރެ ގިނައިން ފެނިގެން ދަނީ މާތަކެވެ. އެމަގުގެ ކޮޅަށް ދެވުނުއިރު މަގުވަނީ އަނެއްކާވެސް ދެކަފި އަށް ބެހިފައެވެ. އޭގެއިން ވަރުދާން އިޚްތިޔާރު ކުރީ ވައަތްފަރަތުގައިވާ ބޮޑު ފުޅާމަގެވެ. މުޅި މަގު ފުރިފައިވަނީ ގަސްތަކުން ވެރިފައިވާ މާތަކުންނެވެ. ކުރިއަށް ދަމުންގޮސް ނިކުމެވުނީ މަތިން ފެންފައިބަމުން އަންނަ ފެން ކޯރަކާ ދިމާލަށެވެ. ކޯރުގައި މަދުންނަމަވެސް އެކިވަރުގެ ކުދި މަސްތައް އުޅެމުންދިޔައެވެ. އެއްވެސް ކިލަނބުކަމެއްނެތް ހެދިފައިވާ ސާފުފެންކޯރެކެވެ . މަތީގައިވެސް ދޫނިތަކެއް އުޅެމުން ދިޔައެވެ. އެސޮރުމެން ލައްވާލަ އަޑުތަކުން އެތަނުގެ ހަމަހިމޭންކަން ކަނޑުވާލާ ހިތްގައިމުކަމެއް އެކުލެވިފައިވިއެވެ. އެކޯރުން ވަރުދާން ފެންބުޔެވެ. އަދި މޫނުވެސް ދޮވެލިއެވެ. ބައްޕަ ކަންތައް ކުރިފަދައިން ހާތިބުވެސް ކަންތައް ކުރިއެވެ. އެއީ ވަރަށް ފެންމީރު ކޯރެކެވެ. ފެންފައިބަމުން ދިޔަ އުސްފަރުބަދައަށް ހާތިބު ބަލާލިއެވެ. ހުއްޓުމެއްނެތި ފެންފައިބަމުންދާއިރު އެހިސާބުފެންނަނީ ވަރަށް ދުންގަދަ ވިލާތަކެއްހެންނެވެ. ނަމަވެސް އެވިލާތަކުގައިވަނީ އެކިކުލައިންނެވެ. ފަރުބަދައިން ފެންފައިބާތަނުގެ ދެފަރާތުގައިވެސް ވަނީ ކުދިގަސްތައްފަޅާ ރީތި މާތަކުން ފުރިފައެވެ. ” މިއީ މިޝަހަރުގެ އެންމެ ހިތްގައިމު މަންޒިލް… ހަފްލާތަކަށް އަންނަ ވަރަށް ގިނަމީހުންވެސް އަންނާނެ މިތަން ބަލާލަން.. މިތަނުން ފެންވަރާ ހަދަންވެސް un excelente sitio.. މިތާގެ ފެންގަނޑު އަބަދުއޮންނަ އެއްގޮތަކަށް ނޮއޮންނާނެ..އަބަދުވެސް ހުންނާނީ މިގޮތަށް ފެންފައިބަފައިބާ.. މިތަނަށް އައިސް އާންމުކޮށް މަސް ފިހެގެން ކާ ހަދާނެ…” ވަރުދާން ކިޔައިދިނެވެ. “ބައްޕާ..މިއީ އަޅުގަނޑަށް ހުވަފެނުގައި ފެންނަ ވައްތަރުގެ ތަނެއް  އެކަމަކު ހުވަފެނުގައި ފެންނަ ގޮތަށްވުރެ ތަފާތު…” ހާތިބު އޭނާގެ ބައްޕަޔަށް ހުވަފެނުގައި ފެންނަ ކަންތައްތަކުގެ ބައެއް ހިއްސާކޮށްލިއެވެ. އެތާނގައި ތިބެ މަސްފިހެގެން ކާން ހާތިބު ބޭނުންވުމުން އެމަސައްކަތް ވަރުދާން ހަވާލުކުރީ ހާތިބުއާއެވެ. އެއީ ހާތިބުއަށް ދަސްކޮށްދިން ކަންތައްތައް ހާތިބުގެ ހަނދާނުން ކައްސާލަ ނުދިނުމަށްޓަކައެވެ. ހާތިބު ފުރަތަމަވެސް ކޯރަށް އަމާޒުކޮށް ދެމަސް ހިފިއެވެ. އެއަށްފަހު މައްޗަށް އުދުއްސާގެންގޮސް ވަރަށް ފަސޭހައިން ތިން ދޫނިވެސް ހިފިއެވެ. ދޫނިއެކޭ ބުންޏަސް ފިސާރި މަސްޖަހާ ފަލަކޮށް ތިބި ދޫނިތަކެކެވެ. ދެބަފައިން އޭގެ މަސްފިހެގެން ކެއެވެ.

މެންދުރުވާންދެން އެތާގައި އުޅުމަށްފަހު އަނެއްކާވެސް އެނބުރިއައި ކޮޅަށް ވަރުދާންމެން ހިނގައިގަތެވެ. މިފަހަރު ކުރިންއައި މަގުގެ ކަނާތްފަރާތައް އޮތްމަގުން ދާން ހިނގައިގަތެވެ. އެއީ އެހާ ފުޅާ ނޫން މަގެކެވެ. އަދި ވަކި ހިސާބުތަކަކުން ފުޅާކޮށް ގޯޅިތައްވެސް ހެދިފައިވާލެއް ގިނަ މަގެކެވެ.  މިފަހަރު ވަކިހިސާބަކަށް ދެވުނުއިރު ބޮޑެތިގަސްތައް ހުސްވެ ފެހިކަންގަދަ ކުޑަގަސްތައް އެތުރިފައި ހުއްޓެވެ. އެހެންހުރެފަ ދޭތެރެ ދޭތެރެއިން ވަރަށް މައްޗަށް ދުވެފައި ހުންނަ ޒާތުގެ ވެޔޮގަސްތަކެއް ހުރެއެވެ. ވެޔޮގަސްތަކުގައި ހުންނަނީ މާތަށް އަޅާ ފުރިފައެވެ. މަގުގެ ކޮޅަށް ދެވުނު އިރި ފެންނަން ހުރީ އުސްފަރުބަދަތެކެވެ. ނަމަވެސް އެތާގައި އެކި ޒާތްޒާތުގެ މޭވާ އަޅާފައި ހުރިގަސްތައް ހެދިފައި ހުއްޓެވެ. ދެބަފައިން އެގަހުން މޭވާތައް ބިނދެގެން ދަބަހަށް އެޅިއެވެ. މުޅި އެސަރަހައްދު ބަލަން ތިބުމަށްފަހު އަނެއްކާވެސް އެނބުރި އައިކޮޅަށް ހިނގައިގަތެވެ. ކުރިންބުނި ވެޔޮގަސްތަކުން ގަސްބޮނޑިއެއް ވަރުދާން އަތުން ކުޑަކޮށްކަހާލިއެވެ. އެވެޔޮގައި އަޅާފައިވަނީ ހުސް ރަތްކުލައިގެ ކުދިމާތަކެވެ. މާތައް ގިނަކަމުން ގަހުގެ ފަތެއްވެސް ފެންނަނީ މާތަކުގެ ދޭތެރެއިން ވަރަށް ކުޑަކޮށެވެ. ވެޔޮގަސް ކުޑަކޮށް ކަހާލުމުން ފެންނަނީ އެތެރެ ހުސްކޮށް ހުއްޓައެވެ. އެއީ ހެދިފައި ހުރި ހޮހަޅައެއްކަހަލަ ކުޑަ ފަރުބަދައެކެވެ. އެފަރުބަދަ މަތި އަދި ދޮރުމަތިވެސް ވަނީ ވެޔޮގަސްތަކުން ނިވާވެފައެވެ. އެތެރެއަށް ވަނދެ ދެބަފައިން އިށީދެ އަރާމުކޮށްލުމަށްޓަކައި ޖައްސާލިއެވެ. އަދި ގަހުން ބިން މޭވާ ނަގާ ކާން ފެއްޓިއެވެ. ” ބައްޕާ މީހާދަ ފޮނި މޭވާއެއް.. އަހަރެމެން ދިރިއުޅޭ ހިސާބުގައި މިހާ ފޮނި މޭވާތަކެއް ނުހުރޭ..” އެފަރުބަދަ ތަކުން ފުރިފައިހުރި ތަނެއްގައި ފަޅާފައިވާ ގަސްތަކުގައި އަޅާފައިވާ މޭވާތަކުގެ ފޮނިކަމުން ހާތިބު ހައިރާންވިއެވެ. “އާނ ދަރިފުޅާ! މިއީ ބަޔަކު އައިސް ބަލަހައްޓައިގެން ފަރުވާދީގެން ހައްދާއެއްޗެއްސެއް ނޫން.. މީ މިތާގައި ﷲގެ އިރާދަފުޅަށް ހެދިފައި ހުންނަ އެއްޗެހި..މިހިސާބަށް އަންނަ ގިނަ މީހުންގެ ވަރުބަލިކަން ފިލުވާލާ ހައިހޫނުކަން ފިލުވާލުމަށްޓަކައި އެކަލާނގެ ދެއްވާފައިވަ ރިޒުގެއް… މިތަނަކީވެސް މީ ބައެއްގެ މަސައްކަތެއްނޫން މީވެސް އެކަލާނގެ އިރާދައަށް ހެދިފައިހުރި ތަންތަން.. ދަރިފުޅު ވިސްނަބާ ބޭރުތެރެ ކިހާ ހޫނު..އެކަމް މިތަން ފިނިވެފައި ނުލާހިކު އަރާމު…” ބައްޕަ ބުނިވާހަކައަށް ހާތިބުއަށް ވެސް ވިސްނާލެވުނެވެ. ފަރުބަދައިގެ އެތެރެވެސް އެހާ ހިތްގައިމެވެ. ގާތަށް ކަނޑައިގެން ގޮސްފައިވާ ގޮތުން ހީވަނީ ބަޔަކު ކަނޑައި ނަގައި ތިބެން ހަދައިފައިވާ ތަނެއް ހެންނެވެ.

އިރުއޮއްސެންދެން އެތާގައި އަރާމުކުރުމަށް ތިބުމަށްފަހު ދެބަފައިން އަނެއްކާވެސް އުދުއްސާލީ އެހެން ޝަހަރަކަށް ދިޔުމަށެވެ. ވަރުދާންމެން އަވަސް އަރުވާލައިގެން ތަންތަނަށް ދާން ގަސްތުކޮށްފައި ނެތުމުން ވަރަށް މަޑުން އުދުހެމުން ދިޔައެވެ. ވަރުދާން ދާން ނިންމި ޝަހަރަށް ދެވުނީ ލަސް އުދުހުމުގައި ތިންގަޑިއިރުންނެވެ. ދުރުން ރަށްތަށް ފެންނައިރު ރީތިކަން އެނގެނީ މަތިން ބަލާލުމުންނެވެ. ކޮންމެ ރަށަކަށްވެސް އެރަށަކަށް ވަކި ޚާއްސަ ބައްޓަމަކާ ރީތިކަމެއް ލިބިފައިވެއެވެ. އަލަށް ފެންނަމުން މިދާ ކަންތައްތަކަކީ ދުނިޔެ ބަލައިލަން ދާހިތުން އުޅުނު ހާތިބުއަށް ބައްޕަ ބުނިހެން ކުޑަކަންތަކެއްނޫނެވެ. މައްޗަށް އަރާ ބަލާލުމުން ދުރުންފެންނަން ތިބޭ ރަށްތަކާ ތަންތަން ފެނުމުން ދުނިޔޭގައި އަދި ވަނީ އޭނައުޅޭ ކަހަލަ ކުޑަ ތަންކޮޅެއް ނޫންކަން އިހުސާސްވަމުންދިޔައެވެ. ތިންގަޑިއިރުގެ ދަތުރަކަށްފަހު އައިސް މަޑުކޮށްލީ ރަށެއްގެ އަތިރިމައްޗަށެވެ.

( ނުނިމޭ )

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

kudhoo

Level 310 Stories100 Comments

I really appreciate people who correct me, because with out them, I might have been repeating mistakes. " The more that you read, The more things you will know "

Other Articles

Previous

ޒާޔާ (ދިހަވަނަ ބައި)

Next

އެކުއްޖާ 23

Next
June 15, 2020

އެކުއްޖާ 23

Previews
June 15, 2020

ޒާޔާ (ދިހަވަނަ ބައި)

2 Comments!

  1. thiththa says:
    June 16, 2020 at 10:16 pm

    this story is really intresting… good job kudhu ….

    1. kudhoo says:
      June 26, 2020 at 3:08 pm

      thank you thiththa

Comments are closed.

Next Episodeޝަހަރު 11ވަނަބައި←


All Right Reserved!