Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަކުރުވާހަކަލޯބި

އެދިއެދިހޯދީމޭ

Fathimath Athifa Hussain Level 210 Stories
June 15, 2020 4 Mins Read
3 Comments

ފަތިހުގެ ހިތްގައިމުވަގުތެވެ. އުޑުމަތިން ކޮންމެވެސް ވަރަކަށް ވިއްސާރައިގެ ނިޝާންތައް ފާޅުވާން ހުއްޓެވެ. ވައި ބާރުކަމުން ގޯތިތެރޭގައި ހައްދާފައިހުރި ގަސްތައް ހީވަނީ ދެންމެ ދެންމެ މުލުން ލުހިގެން ގޮސްދާނެހެންނެވެ. އިރުއަރާކަށް މާގިނަ ވަގުތެއް ނެތެވެ. ފަތިސް ނަމާދު ކޮއްލުމަށްފަހު އަހަރެން ގޯތިތެރޭގައި ކުނިކެހުމަށް ނިކުތީމެވެ. ވާރޭ ވެހުމުގެކުރިން ކުނިކަހައި ނިއްމުމަށްޓަކައެވެ.

އެއީމީގެ ދިހައަހަރު ކުރިއެވެ. އަހަރެން ރަށުން ގުރޭޑް ދިހައެއް ކިޔަވައި ނިއްމުމަށްފަހު މާލެ ބަދަލްވީމެވެ. ދޮންބެ އިލާން ދިރިއުޅެނީ މާލޭ މީހަކާއި އިނދެގެން މާލޭގައެވެ. އެހެންކަމުން ދޮންބެގެ ގޭގައި އިތުރުކިޔެވުމަށްޓަކައި ހުރީމެވެ. މަންމަ އަލީޝާގެ އުއްމީދަކީ އަހަރެން ނަރުހަކަށްވެ ރަށުގެ ސިއްހީމަރުކަޒުގައި މަސައްކަތްކުރަން އައުމެވެ.

މަންމަ އަލީޝާގެ އުއްމީދުތައް ހާސިލްކުރަން އަހަރެން މަސައްކަތް ފެށީމެވެ. ކޮލެޖައް ދާންފެށި ދުވަސްކޮޅު އަހަރެންގެ އެކުވެރިޔެއް ކުލާހުގައި ނޫޅެއެވެ. ނަަމަވެސް ދުވަސްތައް ފާއިތުވަމުން ދިޔަވަރަކަށް އަހަރެންނަށް ރައްޓެހިންވެސް ލިބުނެވެ. ކުލާހުން އަހަންނަށް ލިބުނު އެންމެގާތް އެކުވެރިޔަކީ މައިރީން އެވެ. މާލޭގެ މުއްސަނދި ދެމަފިރިޔެއްގެ ހުރި ހަމައެކަނި އަންހެން ދަރިފުޅެވެ.

މައިންބަފައިންނަކީ ކިތަންމެ ފޯރުންތެރި ބަޔަކަށް ވިޔަސް މައިރީންގެ ބޮޑާކަމެއް ކިބުރުވެރިކަމުގެ ސިފައެތް ނެތެވެ. މައިރީން އާއިއެކު ބަދަހިގުޅުމެއް އުފެދުނު މައިގަނޑު ސަބަބަކީވެސް އެއީއެވެ. އެއްދުވަހުގެ ހަވީރުވަގުތެވެ. ކޮލެޖް ނިއްމާލުމަށްފަހު އަހަރެން ގެއައްއައީ އެކަންޏެވެ. މައިރީން ހުންއައިސް ބަލިވެއުޅޭތީއެވެ. ގެއައް ގޮސް މައިރީންގެ ހާލުބަލަން މައިރީންއަށް ގުޅާލީމެވެ.

މައިރީން އޮތީ ހޮސްޕިޓަލުގައި ބާއްވާފައެވެ. މާބޮޑަށް ހުންގަދައީއެވެ. ދޮންބެ އިލާންގެ ހުއްދަ ހޯދުމަށްފަހު މައިރީންއަށް މޭވާކޮޅެއް ގަނެގެން އަހަރެން ހޮސްޕިޓަލަށް ދިޔައީމެވެ. ނަސީބަކުން މައިރީންގެ ހުންމަޑެވެ. މައިރީން ގާތުގައި ވާހަކަ ދައްކަން އިރުކޮޅަކު އިނުމަށްފަހު އަހަރެން އަނބުރާ ގެއައް ދިޔުމަށް މިސްރާބުޖެހީމެވެ. އިރުއޮއްސޭން މާގިނައިރުތަކެއްނެތެވެ. މަގުމަތީގައި ގިނަައަދަދެއްގެ ބަޔަކު ހޭލަމޭލަވެ އުޅެމުންދިޔައެވެ.

ދުއްވާއެއްޗެހީގެ އަޑުފަތްގަނޑުން އަހަރެންގެ ބޮލުގައި ރިއްސައިލިއެވެ. ޕޭމެންޓުމަތިން ހިނގަމުން އަހަރެން ދިޔައީމެވެ. ގެއައް އަވަހަށް ދިޔުމުގެ ބޭނުމުގައެވެ. ކުއްލިއަކަށް ކުރިމަތިންއައި މީހަކު އަހަރެންގެ ގައިގައި ޖެހުނެވެ. ވަރަށް ބޮޑަށް ސޮރީއޭބުނެ އެމީހާ ހިނގައްޖެއެވެ. ރީތި ފިރިހެނެކެވެ. ނޫކުލައިގެ ގަމީހަކާއި ކަޅުފަޓުލޫނުގައި ޓައި އަޅާފައި ހުރުމުން އެއީ އޮފީހެއްގައި މަސައްކަތްކުރާ މީހެއްކަން އަހަންނަށް އެނގުނެވެ.

އަހަންނަށް ގެއައް އާދެވުނުއިރު މަޢުރިބް ނަމާދަށް ބަންގި ގޮވަނީއެވެ. ގެއައްވަދެ ފެންވަރައި ވުޟޫކުރުމަށްފަހު ނަމާދުކުރީމެވެ. އަނެއްދުވަހު އަހަރެން ކޮލެޖަށް ދިޔައީ މައިރީން އާއިއެކު ކާރުގައެވެ. ބިޒުނަސް އެސައިމެންޓެއް ހެދުމަށް މައުލޫމާތު ހޯދުމަށްޓަކައި އަހަރެންނާއި މައިރީން އަދި ކުލާސް ދެތިން ކުއްޖަކު އަމިއްލަ އޮފީހަކަށް ދާންޖެހުނެވެ. މައިރީންގެ ބައްޕަގެ އޮފީހެއް ކަމުގައިވާ ޒެނިތަށް އަހަރެމެން ދިޔައީމެވެ .

އަހަރެމެން އެއޮފީހުގެ މައުލޫމާތުތައް ނޯޓުކުރަމުން ގެންދިޔައީމެވެ . އޮފީހުގެ ދެތިން މުއައްޒަފަކު އަހަރެމެންނަށް މައުލޫމާތު ދިނުމުގައި ތިއްބެވެ. އަހަރެންނަށް ސިހުންގެނުވީ ކުރިން ދުވަހު މަގުމަތިން ފެނުނު ޒުވާނާ އޮފީހަށް ވަން މަންޒަރު ފެނިފައެވެ. މައިރީން ކައިރީ ސިއްރުން އެއީ ކާކުތޯ އަހައިލީމެވެ.”ސާބަސް އެމީ އެހާ އަވަހަށް ހިތްކީތަ. އެއީ އަހަރެންގެ ތިއްތިގެ ފުރެންޑެއް. ގެއައްވެސް އަންނާނެ ދޭތެރެޔަކުން. އޭނަޔަށް ކިޔަނީ ކައިފް. ސެޓު ކޮއްދޭންވީތަ. އައިކޭން ޓުރައި އިފްޔޫ ރިއަލީ ވޯންޓު ހިމް” މައިރީން ވަގުތުން އަހަންނާއި ދިމާކުރަންފެށިއެވެ.

އެގާރަ ބާރައިގެ ކިޔެވުންނިމި ނާސިންގެ ދާއިރާއިން އަހަރެން ކިޔަވަންފެށީމެވެ. ކައިފް މަގުމަތިންވެސް އަހަންނަކަށް ނުފެނެެއެވެ. މައިރީންގެ އަށާރަވަނަ އުފަންދުވަހުގެ ޕާޓީއޮތީ މާބުލް ހޮޓަލުގައެވެ. އަހަރެން މައިރީންއަށް ގިފްޓެއް ތައްޔާރުކޮއް ޕާޓީޔަށް ދިޔައީމެވެ. އަންހެންކުއްޖެއްގެ އަތުގައި ހިފައިގެން ދޮރުން ވަދެގެންއައި ކައިފް ފެނި އަހަރެންގެ ހިތްރޯލިއެވެ.

ހިތައް އުދަގޫވާންވީ ސަބަބެއް އަހަންނަކަށް ނޭނގުނެވެ. އެހެނަސް އެހެން އަންހެނަކު ކައިފް އާއި ދާދިގާތުގައިވުމުން އަހަރެންގެ ހިނިތުންވުން ވަގުތުން ފިލައިގެން ދިޔައެވެ. މައިރީން އަހަރެންގެ ކަންފަތުގައި ސިއްރު ސިއްރުން ބުނެލިއެވެ. “އެމީ ހީއިޒް ނޮޓް ސިންގަލް އެނީމޯ. ހީހޭވްއަ ޖީއެފް.” މައިރީންގެ ބަސްތަކުން އަހަރެން ދެރަވިއެވެ. އެކަމަކު ކީއްވެގެންހެއްޔެވެ. ކައިފް ލޯބީގެ ގޮތުން ކޮންމެމީހަކާއި ގުޅުނަސް އަހަންނަށް އުނދަގޫ ވާންވީ ކީއްވެހެއްޔެވެ.

އޭގެފަހުން ފާއިތުވެގެން ދިޔަ ކޮންމެ ދުވަހަކީ ކައިފްގެ ހަނދާންތައް އަހަރެންގެ ސިކުނޑިޔަށް ވެރިވާ ދުވަހެކެވެ. އަހަރެން މައިރީންގެ އެހީތެރިކަމާއެކު ކައިފްގެ ފޯނުނަންބަރު ހޯދީމެވެ. “ކައިފް މީ އެމީ. މައިރީންގެ ބެސްޓުފުރެންޑު. ކޭންޔޫ މީޓްމީ. އައި ވޯންޓު ސޭ ސަމްތިން ޓުޔޫ. އިފް ނޮޓް ބިޒީ މީޓްމީ އެޓް ފޯތާޓީ. ކޮލެޖް ކައިރިން. ވިލާކޮލެޖް” އަހަރެން ކައިފްއަށް ބައްދަލުކުރަން ބޭނުންކަމުގައި ބުނެ މެސެޖްކުރީމެވެ.

އަހަރެން އިނީ ކުލާސް އަވަހަށް ނިމޭތޯ ދުއާކޮއްލަ ކޮއްލައެވެ. ނަސީބަކުން ހަތަރުގަޑި ވިހީގައި ކުލާސް ނިމުނެވެ. އަހަރެން ކޮލެޖް ދޮރުމަތީ މަޑުކޮއްލީމެވެ. ދެލޯ ދުށުމަށް އެދުނީ ކައިފްގެ ސޫރައެވެ. ކަޅުކުލައިގެ ޒޫމާއެކުސް ސައިކަލެއްގައި ކައިފް އައެވެ. އަހަރެންގެހިތް އުފަލުން ފޮޅުނެވެ. “ހޭ ކައިފް. އިޓިސްމީ އެމީ. ކައިފް ކައިރީ ވަރަށް ބޮޑުވާހަކައެއް ބުނަންވެގެން މިތަނަށް އަންނަން ބުނީ.” ލަސްލަހުން އަހަރެން ބުނީމެވެ.

“ތިބުނަން އުޅޭވާހަކައެއް ބުނެބަލަ. ވަގުތެއްނެތް . އޮފީހަށް ދާން ލަސްއެބަވޭ. އެމީ ކަޓް ދަ ކުރެޕް. އެންޑް ޓެލްމީ ވަޓް ޔޫވޯންޓު ޓެލް” ކައިފް އެއްނޭވާއިން ބަސްތައް ބުނެ ނިއްމާލިއެވެ. “އަހަރެންނަށް ކައިފް ވަރަށް ކަމުގޮސްފި. އައި ލައިކްޔޫ. ކައިފްގެ ލޯބިވެރިޔެއް ހުންނަކަން އަހަންނަށް މައިރީން އޮތީ ކިޔާދީފަ. އެހެނަސް އަހަރެންގެ ހިތުން ކައިފްގެ ސޫރަ ފިލައިގެން ނުދިޔަ. އަހަރެން ވަރަށް މަސައްކަތްކުރިން. އަހަރެންގެ ނިކަމެތި ހިތައް ވިސްނަދިނިން. ތީމީހެއްގެ ހައްގެއްކަަމަށް. އެކަމަކު އަހަރެންގެހިތް ރޮނީ ކައިފްގެ ލޮތްބައްއެދި. އަހަރެން ކައިފްގެ ލޮތްބައް އެދި ސަލާންޖަހަން. އައި ރިއަލީ ލަވްޔޫ. އައި ޓުރައިޑް ސޯހާޑް ޓު އަންލަވް ޔޫ. ބަޓް ސޭޑްލީ. އިޓް ޑަޒެންޓް ހެޕަންޑު. އައި ބެގްޔޫ. ޕުލީޒް އެކުސެޕްޓު މައިލަވް. ޕުލީޒް ކައިފް.” އަހަރެން ކައިފްގެ ލޮތްބައް އެދި އާދޭސް ކުރީމެވެ.

“އާޔޫ މޭޑް އެމީ. އައިކާންޓު ކަމްބެސް ޓުޔޫ. މީހެއްގެހިތް އެއްވެސް ކުށެއްނެތި ހަލާކުކޮށް އެމީ ކައިރިޔަށް ނުދެވޭނެ އަހަންނަށް. ސޮރީ އެމީ. އައި އޭމް ރިއަލީ ސޮރީ. އައިކާންޓް ޑޫ ދިސް” އަހަރެންގެހިތް ކުދިކުދި ކުރުމަށްފަހު ކައިފް އެނބުރިދިޔައީއެވެ. ކައިފް އަށް ގުޅައި އަހަރެން އާދޭސް ކުރީމެވެ. އެތައް މެސެޖެއްކުރީމެވެ. ލޯބިވާތީއެވެ. ކައިފް އަހަންނަށް އިންޒާރުދިނެވެ. މެސެޖްކުރުން ހުއްޓައިނުލައިފިނަމަ އަހަރެންގެ ދޮންބެއަށް އަހަރެންގެ ވާހަކަ ކިޔައިދޭނަން ކަމުގައި ބުނަމުންނެވެ. ނާސިންގް އިން ފުރަތަމަ ޑިގްރީ ހާސިލްކުރުމަށްފަހު މަންމަ އެދުނުފަަދައިން އަހަރެން ރަށަށް ބަދަލުވީމެވެ.

އެހެނަސް އަހަރެންގެ ހިތުން ކައިފުގެ ހަނދާންތައް ފިލައިގެން ނުދިޔައެވެ. ދަންވަރު ޑިއުޓީ ނިއްމާލުމަށްފަހު އަހަރެން މިސްރާބުޖެހީ އަވަހަށް ގެއައް ދިޔުމަށެވެ. ނުނިދާ ހުރުމުގެ ސަބަބުން ބޮލުގައިވެސް ރިއްސަންފެށީތީވެސް މެއެވެ. ގެއާހަމަޔަށް ދެވުނުތަނާ ފަހަތުން މީހަކު ގޮވާލިހެން ހީވެ ހުރިފިޔަވަޅުމަތީ މަޑުޖެހިލީމެވެ. “އެމީ އެނގިއްޖެތަ މީކާކުކަން. މީ އެމީ ލޯބިވި ކައިފް. އަހަރެން ރައްޓެހިވެގެން އުޅުނުކުއްޖާ ކާރު އެކުސިޑެންޓެއްގަ ނިޔާވެއްޖެ. އެމީގެ ހަނދާންހުރި. އެކަމަކު އެމީ ކުރިމައްޗައް އަންނާނެ ހިތްވަރުނެތީ . މައިރީން އަހަންނަށް ދިން ހިތްވަރުން އެމީ ކައިރިޔަށް މިއާދެވުނީ. އެމީ މެރީމީ ޕުލީޒް. އައި ނީޑްޔޫ. އަހަރެންނަށް ކުށެއް ކުރެވިފައިވާނަމަ މައާފަށްއެދެން. ޕުލީޒް މެރީމީ އެމީ . ސޭޔެސް. ޔޫނޯވަޓް އައި ލަވްޔޫޓޫ. އަހަރެންނަށް އެމީ ދެކެލޯބިވެވިއްޖެ. އަހަރެން ބޭނުން އެމީ އާއިއެކު އުފާވެރި ހަޔާތެއް ވޭތުކުރަން. ސޭޔެސް ބޭބީގާލް” ކައިފްގެ ވާހަކަތައް އަހަރެންނަށް ގަބޫލުކުރަން ދަތިވިއެވެ.

ކައިފްގެ ލޯބި އަހަންނަށް މިންވަރުކޮއްދެއްވުން އެދި ﷲގެ ހަޒުރަތުގައި އަހަރެން ހާސްފަހަރު ދުޢާ ދެއްނެވީމެވެ.” ކައިފް ދެކެ އަހަރެންވީ ތެދުވެރި ލޯބި. އޭރުވެސް މިހާރުވެސް އައިލަވްޔޫ ސޯމަޗް. ކައިފްއަށް އަހަރެން މާފްކޮއްފިން . ކައިފްގެ ލޯތްބައް އަހަރެން އާބަސް ބުނަން. ހިތުގެފުންމިނުން ކައިފް ދެކެ އަހަރެން ލޯބިވާތީވެ. މިދުވަސް ދައްކަވާތޯ ހާދަ އިންތިޒާރެއްކޮއްފީމޭ. ލެޓުސް ގެޓް މެރިޑް. ދެން ކައިފްގެ ލޮތްބާއި ނުލައެއް އަހަންނަށް ނޫޅެވޭނެ.” ކައިފްގެ ހުށަހެޅުމަށް އަހަރެން ރުހި އެއްބަސްވީމެވެ.

ކައިފްއާާއި އަހަރެންގެ ކައިވެނިކުރެވުނެވެ. ދުވަސްތަކަކަށްފަހު އަހަރެންގެދިގު އިންތިޒާރަށް އުފާވެރި ނިމުމެއް އައީއެވެ. އަހަރެން ހިޔާލީ ދުނިޔެއިން ނެރެލީ ކައިފް އަހަރެންގެ ގައިގައި ލޯބިން ބައްދާލުމުންނެވެ. ކުނިކަހައި ނިންމުމަށްފަހު އަހަރެން ގެއައްވަނީމެވެ. ކައިފްގެ އަތުގައި ހިފައިގެން ހިނިތުންވެ ހުރެއެވެ. މާގިނަ އިރުތަކެއްނުވެ ހޯސްލައިފައި ވާރޭވެހެން ފެށިއެވެ. އަހަރެން މިހިރީ ވަރަށްވެސް އުފަލުންނެވެ. ކައިފްގެ ލޯބި ހޯދުމަށް އެތަކެއް މަސައްކަތްތަކެއްކޮށް ސިއްކަޖެހުނު ލޯބި އަހަންނަށް އަނބުރާލިބިއްޖެއެވެ. އެދިއެދި ކައިފްގެ ލޯބި އަހަރެން ހޯދީމެވެ. އަހަރެންގެ ހަޔާތް ރޯޝަންވީއެވެ. ކައިފްގެ ލޮތްބާއި އަޅާލުންލިބޭ ހިނދަކު އަހަރެން ހުންނާނީ އުފަލުންނެވެ.

ނިމުނީ

Share Article

Follow Me Written By

Fathimath Athifa Hussain

Level 210 Stories

I Am 24 Years Old Girl? Work For Cause, Not For Applauses! Live Life To Express, Not To Impress!!

Other Articles

Previous

އެންމެގާތް މިތުރުންމިއީ

Next

އިންސާފު ލިބޭނެބާ؟-3

Next
June 15, 2020

އިންސާފު ލިބޭނެބާ؟-3

Previews
June 15, 2020

އެންމެގާތް މިތުރުންމިއީ

3 Comments!

  1. Raaya says:
    June 16, 2020 at 9:57 am

    Masha Allah vrh reethi adhi vrh thafaathu?

    1. Fathimath Athifa Hussain says:
      June 16, 2020 at 11:14 am

      Thankyou? Raaya

  2. Alfaalil Jaju says:
    June 16, 2020 at 2:16 pm

    މާޝަﷲ. ވަރަށް ރީތި ވާހަކައެއް. ވާހަކަ ރާވާލުންވެސް ވަރަށް މޮޅު. އިބާރާތްކުރުމާއި ޖަޒުބާތުތައްވެސް ގެނެސްފައި ހުރީ އެންމެ އެކަށީގެންވާގޮތަށްކަން ފާހަގަވޭ. އަޅުގަނޑުގެ އެދުމެއް އެބަ އޮތް ތިކުއްޖާގެ އަރިހުން. އަޅުގަނޑުގެ އަމިއްލަ ޕޭޖް އަކަށް ޝާއިރު ކުރަން ތިކުއްޖާ ވާހަކައެއް ލިޔެދީފާނަންތަ؟ 60 ޕޭޖުވަރު ދިގުމިނުގަ ހުންނަ ވާހަކައެއް އަޅޫގަނޑު ބޭނުންވަނީ. މިކަން ކޮށްދެވެންޔާ އަޅުގަނޑުގެ މެއިލް ދީފާނަން އިތުރު މަޢުލޫމާތު ސާފުކޮށްދެން. ޖަވާބެއް ދެއްވުން އެދެން

Comments are closed.



All Right Reserved!