ޖައިޝް ބާރަކަށް ބޮޑު ދޮރު ލައްޕާލުމަށްފަހު އައިސް މައްޗަށް އަރާ އަންޖަލްގެ ކޮޓަރިއަށް ވަނެވެ. ” ތީ ބުދެއްތަ މީހަކު ކިޔާހާ އެއްޗަކާ ކުރާހާ ކަމެއް ބަލަން..” އަންޖަލްގެ ދެކޮޑުގައި ހިފާލަމުން ޖައިޝް ބުނެލިއެވެ. ” އައްދޯތް ތަދުވޭ..” ޖައިޝްއަށް ހިފިފައި ހުރީ ފުދޭވަރަކަށް ބާރަށް ކަމުން އަންޖަލްއަށް ތަދު އިހުސާސް ކުރެވުނެވެ. ޖައިޝް އޭނާގެ އަތް ދުރުކޮށްލީ އަންޖަލްއަށް އިތުރަށް ތަދުވެދާނެތީއެވެ. ” އަންޖަލްގެވެސް އަގައެއް އޮވޭނުން.. މީހުން ކިޔާހާ އެއްޗެއް ކިޔަން ނުހުންނާތި..” ޖައިޝް […]
ނޯޓު: މިއީ އަޅުގަނޑު މީގެ ދެތިން މަސްވަރަކަށް ކުރިން ލިޔަން ފަށާފައިވާ ވާހަކައެކެވެ. އަނެއްކާ އަލުން ބޮޑެތި ބަދަލް ތަކަކާއި އެކު މި ވާހަކަ ކިޔުންތެރިންނަށް ގެނެސްދެން އަޅުގަނޑު މިވަނީ ގަސްދުކޮށްފައެވެ. އަދި މި ވާހަކައިގެ ތެރެއިން އަޅުގަނޑުގެ ނުނިމި ހުރި ވާހަކަތަށް ‘ ހިތުގެ އުދާހުން ދުރުވާނެބާ! ‘ އަދި ‘ ނަމަވެސް..ތިޔަ ހަނދާނޭ ވަނީ ‘ ގުޅުވާލައިގެން ލިޔަން އަޅުގަނޑު މިވަނީ ނިންމާފައެވެ. بسم الله الرحمن الرحيم “ހުރިހާ ކަމެއް ނިމުނީތަ؟ ” […]
“ޝަބާނާ! ކޮން ހިޔާލެއްގަ؟” ޒާރާ އެނދުގައި އިށީންނަމުން އަހައިލިއެވެ. “ދޮންބެދައްތަގެ މަރާއި ދެތޭރޭ މި ވިސްނެނީ” ޝަބާނާ ބުންޏެވެ “ދޮންތަބެ ކިހިނެއް؟” ޒާރާ އެހިއެވެ. “ދޮންބެ މުޅިއަކުން އަދި ރަނގަޅެއް ނުވޭ… ދޮންބެއަކަށް އަދިވެސް ގަބޫލެއް ނުކުރެވޭ ދޮންތަ މަރުވި ކަމެއް” ޝަބާނާ ބުންޏެވެ. “ރޭގަ ވަރަށް ކަންތައްތައް އަހަންނަށް އެނގުނު… އެހެންވެ މިއައީ ޝަބާނާއަށާ ދޮންތަބެއައް އެވާހަކަތައް ކިޔާދޭން” ޒާރާ ބުންޏެވެ. “ޒާރާ… ކޮބާ ކިހިނެއް؟” ކޮޓަރިއަށް ވަންނަމުން ލައިޝް ޒާރާ ގާތު އެހިއެވެ. “ދޮންތަބޭ… […]
އެމީހާ އައިސް އަހަރެންގެ އަތުގައި ހިފާ ދަމާފައި ގޮސް ހަމަލާ ދީ ވައްޓާލާފައި އޮތް މީޙާގެ ކުރިމަތީގައި ބޭންދިއެވެ. އަދި އަހަރެންގެ ކުރިމަތީގައި ވަޅިން ދެވަނަ ހަމަލާ އޭނާގެ މެޔަށް އަރުވާލިއެވެ. މަންޒަރު ބަލަން ނުކެރިގެން އަހަރެން އިސްދަށަށް ޖަހައިލިނަމަވެސް ދެން ހުރި މީހާގެ އަތުގައި އޮތް ދަގަނޑު ހޮޅި ބުރިން އަހަރެންގެ ދަތްދޮޅީގައި އަޅުވާލައި ނަގައިލިއެވެ. އެހިސާބުން އަހަރެންނަށް އެމީހުން ކުރި އަދި ދެއްކި ކޮންމެ މަންޒަރެއް ބަލަން މަޖުބޫރުވިއެވެ. ތިންވަނަ ފަހަރަށް ވެސް ވަޅި […]
ފޮށިތައް ކޮންނަނިކޮށް ފެނުނު އެއްޗަކުން ސަނާއާ އަހަންނާދެމީހުން ދެލޯ ބޮޑު ކޮއްލުމައްފަހު އެކަކު އަނެކަކާދިމާލައް ބަލައި ލީމެވެ.އަދި އެއަސްފަހު ސޭމް އާދިމާލައް ބަލައިލިއިރު ސޭމްވެސް އިނީ އަހަރެމެންނާދިމާލައް ބަލައިން ދެލޯ ބޮޑު ކޮއްގެނެވެ. ތިދެމީހުންނަށް ތިނުން ފޮއްޓެއް ކޮނެން ނޭނގުނުތަ…. ސޭމް ބުނެލިއެވެ. އާން..ބަޓް..ދިސްއިސް ސޯ އެކްސްޕެންސިވް.. އެންޑް ފޯ ހޫމް އާ ދީސް ފޯ…. ސަނާ އަހަލިއެވެ. މީ ތިދެކުދިންނަށް ކުޑަބެ ގެނައި އެއްޗެއް… އަސްލު ކުޑަބެ އުޅުނީ އެންމެ ފަހުން ތި ގިފެޓު ދޭން […]
އިރުކޮޅަކުން އެމީހުން އަންނަތަން ފެނުމުން އާމިރުއާއި މޯޑް ތިރިއަށް ފޭބުމުން އަހަރެން އެތަނުގައި ހުރި ކޮންކްރީޓް ތަބެއްގައި ލެގިލަމުން އެތަނުގައި ވާނުވާ ބަލަން ހުރީމެވެ. އާނިޔާއާއި ޔާސިރު ގޭގެ ކުރިމަތީގައި ހުއްޓިލުމުން އާމިރުއާއި މޯޑް އެމީހުން ފަހަތުގައި ހުއްޓުނުތަންވެސް ފެނުނެވެ. އަހަރެން ބަލަން ހުއްޓާ ދެމީހުން އެއްފަހަރާ އެދެމީހުންގެ ބުރަކަށްޓަށް ވަޅި ހަރާލިއެވެ. އެއަށްފަހު ހުއްޓުމެއް ނެތި އެމީހުންގެ ގަޔަށް ވަޅި ހަރަމުން ދިޔައެވެ. އަހަރެން ދެން ބަލާލީ އެ މަގުގައި ހުރި ފިހާރައިގެ ކެމެރާއަށެވެ. އެކެމެރާ […]
އެހެންއެއްޗެއް ކައިންއަކަށެއް ނުފެނުނެވެ. “ކާކު..؟” ކައިން ގޮވާލިއެވެ. ޖަވާބުދާރީވާނީ ކާކުހެއްޔެވެ.؟ މޫދުގެ ލޮނުގަނޑުހެއްޔެވެ.؟ ނޫނީ ބެންޗުހެއްޔެވެ.؟ ކައިން ދެފަރާތަށް ބޯހޫރާލަމުން ޑްރޯވިންބްލޮކް ހިފައިގެން މޫދުން އެރިއެވެ. އެންކަލްއަށް އަރާފައި ކައިންއަށް ގެއަށްދެވުނުއިރު ދެގަޑިބައިވެއްޖެއެވެ. ހުޑީ އާއި ޖިންސުސޯޓު އަލަމާރީގެ އެންމެ ދަށަށްލާ ފޮރުވާލަމުން ކައިން ނިދާ އެއްޗެހި ލައިގެން އެނދު މަތީގައި އޮށޯވެލިއެވެ. ވީހާވެސް އަވަހަކަށް ނިދޭތޯއެވެ. ހެނދުނު ހޭލިގޮތަށް ކައިން ފެންވަރައިގެން ސްކޫލަށް ދާން ތައްޔާރުވިއެވެ. އިސްތަށިގަނޑު ފުނާއަޅަނި ކޮށް ކައިންގެ ލޮލުގައި އަލަމާރިދަށުން ޑްރޯވިންބްލޮކްގެ […]
އަލަށް ފެންނަމުން މިދާ ކަންތައްތަކަކީ ދުނިޔެ ބަލައިލަން ދާހިތުން އުޅުނު ހާތިބުއަށް ބައްޕަ ބުނިހެން ކުޑަކަންތަކެއްނޫނެވެ. މައްޗަށް އަރާ ބަލާލުމުން ދުރުންފެންނަން ތިބޭ ރަށްތަކާ ތަންތަން ފެނުމުން ދުނިޔޭގައި އަދި ވަނީ އޭނައުޅޭ ކަހަލަ ކުޑަ ތަންކޮޅެއް ނޫންކަން އިހުސާސްވަމުންދިޔައެވެ. ތިންގަޑިއިރުގެ ދަތުރަކަށްފަހު އައިސް މަޑުކޮށްލީ ރަށެއްގެ އަތިރިމައްޗަށެވެ. މަލިބު ޝަހަރު ” ބައްޕާ މީ ކޮންރަށެއްތަ…؟” ރަށުގެ ފެނުން ތަންކޮޅެއް ތަފާތުކަމުން ހާތިބު އަހާލިއެވެ. ” މިއީ މަލިބު ޝަހަރު.. މިރަށަށް މަލިބުއޭ ކިޔަނީ އެއީ […]
“އިތުރަށް އެންމެ ބަހެއްވެސް ބުނެގެން ނުވާނެ.. އަހަރެން އުޅޭނީ އަހަރެން ބޭނުންވާ ގޮތަކަށް.. އަދި އަހަރެން ބޭނުންވާ އެއްޗެއް އަހަރެން ބޭނުން މީހަކާ ދިމާލަށް ބުނާނަން.. އެހެންނޫނީ އަހަރެން ޔޫންއަށާއި މިލްނާއަށް އެރިޕޯރޓް ފޮނުވާނަން..” މިޙްރާން އިޙްނާގެ ކޮލުގައި ހިފަހައްޓައިގެން ހުރެފައި ދޫކޮށްލިއެވެ. މިހްރާން ކޮޓަރިން ނިކުމެގެން ދިޔުމުގެ ކުރިން ދޮރުމަތީގައި ހުރެފައި ބުންޏެވެ. “އަދި އެއްކަންތައް މާދަމާ މާލެދާން ފުރާން ތައްޔާރުވޭ..” އެހެން ބުނެފައި ހިނދުކޮޅަކުވެސް މަޑުކުރުމެއްނެތި ދިޔައެވެ. އެއަށްފަހު އެކޮޓަރީގެ ހިމޭންކަން ނަގާލީ އިޙްނާގެ […]