Skip to content
އެސްފިޔަ

ވާލޯބި އެނގޭނަމަ…(18)

“ނާއިމް މޮޔަ ވީތަ؟؟ މީހެއްގެ އަންބެއްގައިގައި އަތްލަން ލަދުވެސް ނުގަންނަނީތަ” ސިއާ ހުރީ ރުޅިއަރާ ރަތްވެފައެވެ. “ކޮބާ މައްސަލައަކީ ކިއާން އަށްވުރެ ކުރިން ސިއާ ދެކެ ލޯބިވެވުނީ އަހަރެންނަށް ކިއާން އަށް ވުރެ ކުރިން ސިއާއާ ކައިވެނި ކުރަންވެސް އުޅުނީ އަހަރެން” ނާއިމް އެބުނީ ކީކޭކަން ސާފުނުވުމުން ސިއާ ހުރިގޮތަށް ހުރީއެވެ. ސިއާ އާއި ނާއިމްގެ ވާހަކަތައް ފައްޓައިގެން ނާއިމް ކިޔާދޭން ފެށިއެވެ. ނާއިމްގެ އަނގައިން ނިކުތް ކޮންމެ ބަހަކުންވެސް ސިއާގެ ބޮލުގެ ރިހުން ދިޔައީ ގަދަވަމުންނެވެ…………………..

ސިކުނޑިއަށް ކުރަމުންދިޔަ ޕްރެޝަރުގެ ސަބަބުން ސިއާ ހޭނެތިގެން ވެއްޓުނެވެ. މި މަންޒަރު ނާއިމް އަށް ފެނުމުން އަވަހަށް ސިއާ ނެގިއެވެ. ސިއާ އަށް މިހެން ވާނެ ކަން އެނގުނު ނަމަ ނާއިމް މިކަހަލަ ކަމެއް ނުކުރާނެއެވެ. ކުރެވުނު ކަންތަކާ މޮޔަ ހީވިއެއްކަމަކު އެކަން ނުކުރާކަމަކަށް ނެހެދޭނެއެވެ. ނާއިމް ބެލީ ވީހާވެސް އަވަހަކަށް ސިއާ މާލެ ގެންދެވޭތޯއެވެ. ސިއާ ހޮސްޕިޓަލުގައި އެޑްމިޓް ކުރެވުނެވެ. ނާއިމް އެކަން ހަމްދީ އަށާއި ސާނިޔާ އަށް އެންގުމުން ލަސްކުރުމެއްނެތި އެދެމީހުން ހޮސްޕިޓަލަށް ދިޔައެވެ. ކިއާން އަށް މިހަބަރު ލިބުމުން ހޭނުހުއްޓުނީ ހަމަ ކިރިޔާއެވެ. ނޫރާ އާއި ރާކިންވެސް ހޮސްޕިޓަލަށް ދިޔައެވެ. ކިއާން ދިޔަ ގޮތަށް ގޮސް އެންމެ ފުރަތަމަ ވެސް ހިފީ ނާއިމްގެ ކަރުގައެވެ. “ކަލޭ ކީއްކުރީ ސިއާއަށް ބުނޭ ހަމަމިހާރު” ނާއިމްގެ އަނގަޔަކުން އެންމެ ބަހެއްވެސް ނުނިކުތެވެ. ރާކިން ގޮސް ކިއާން ހުއްޓުވިއެވެ. 30 ހަކަށް މިނެޓް ފަހުން ޑޮކްޓާރ ނިކުތެވެ. “ސިއާގެ ސިކުޑިއަށް ކުރި ޕްރެޝަރެއްގެ ސަބަބުން ހޭނެތުނީ އިރުކޮޅަކުން ހޭއަރާނެ” ވީގޮތް ނުރާ އަށް ކޮންމެސް ވަރަކަށް ސާފުވިއެވެ. ނޫރާ ނާއިމްއާ ދިމަލަށް ބަލާލީ ނަފްރަތުން ފުރިގެންވާ ނަޒަރަކުންނެވެ. ސިއާ އަށް އެހެންއެވީ ނާއިމްގެ ސަބަބުންކަން އެނގެއެވެ. ނާއިމް އެކަމާ ވަރަށް ދެރަވެއެވެ. ސިއާ މަޑުމަޑުން ދެލޯ ހުޅުވާލިއެވެ. އެވަގުތު ސިއާގެ ސިކުނޑި އެތަށް މައުލޫމާތެއް ދިނެވެ. ސިއާ ބޮލުގައި ދެއަތުން ހިފައްޓާފައި ހަޅޭލަވައިގަތެވެ. އެއަޑަށް އެންމެން ސިއާ ކައިރިއަށް ދިޔައެވެ. ސިއާ ހޭއެރުމުން ކިއާން އަވަހަށް ގޮސް ސިއާގެ އަތުގައި ހިފިއެވެ. ސިއާ ކިއަންގެ އަތް ފޮޅާލިއެވެ. ސިއާގެ މޫނު ހީވަނީ މެލާފަ އިން މަލެއްހެނެވެ. ސިއާގެ ނަޒަރު އަމާޒުވެފައި ހުރީ އިސްޖަހައިގެން އިން ނާއިމްއަށެވެ. “އަހަރެން ބޭނުން ނާއިމް އާ އެކަނި ވާހަކަ އެއް ދައްކާލަން” ސިއާގެ ބުނުމަށް އެންމެން އެތަނުން ނިކުތެވެ. ކިއާން އެެންމެ ބިރުން އުޅުނު ކަންތައް މިއޮތީ ވެފައެވެ. ސިއާގެ ހަނދާންތައް އަނބުރާ އައީއެވެ. ނޫރާ ކިއާން ކައިރިއަށް ދިޔައެވެ. “ކިއާން އިނގޭތަ ނާއިމް އަކީ ސިއާގެ ކާކުކަން؟؟” ނޫރާ ގެ އަޑަށް ކިއާން ބޯ ހިއްލާލިއެވެ. ސިއާ އާއި ނާއިމް ރައްޓެހިވި ވާހަކަ އާއި ހަމްދީމެން ނުގަބޫލު ވާހަކައާއި ކައިވެނީގެ ވާހަކަ ވެސް ނޫރާ ކިއާން އަށް ކިޔާދިނެވެ. މި ވާހަކަ ތަކުން ކިއާން އަށް ލިބުނީ ބޮޑު ޝޮކެކެވެ. އެޔަށްވުރެ ބޮޑަށް ސިއާ ކިއާން ދޫކޮއްފައި ނާއިމް އާ އެއްކޮށް ގޮސްދާނެތީ ބިރުގަތެވެ….

“ނާއިމް ” ސިއާ މަޑުމަޑުން ނާއިމް އަށް ގޮވާލިއެވެ. “ސޮރީ ވަރަށް ބޮޑަށް އަހަރެންނާ ހެދި ސިއާ..” “ނޫނޭ މީ އެކަކުގެވެސް މައްސަލަ އެއްނޫން ނާއިމް އެހެން ނެހެދިޔަސް ކޮންމެސް ދުވަހަކު އަހަރެންގެ ހަނދާންތައް އަނބުރާ އަންނާނެ އެހެންވީމަ އަމިއްލަ ނަފްސަށް ބްލޭމް ނުކުރޭ ސޮރީ ވަރަށްބޮޑަށް ވައުދާ ހިލާފު ވެވުނީމަ” “ނޫން އަހަރެންނަށް އެނގޭ ސިއާގެ ހަނދާންތައް ނުދިޔަ ނަމަ ސިއާ އަހަރެންނަށް ވައިޓް ކުރާނެކަން އަހަރެން ނޫން އެހެން މީހެއްދެކެ ލޯބިނުވާނެކަން މިވަގުތުވެސް ސިއާ އަހަރެންނާ އެކީ ދާންބޭނުންނަމަ އަހަރެން ސިއާ ގެންދާނަން ސިއާތީ ކިއާންގެ އަންބަކަސް ހެޔޮ ސިއާ ކިއާންގެ ދަރިއަކަށް ބަލިވެ އިނަސް ހެޔޮ އިޓްސް ނޮޓް ޓޫ ލޭޓް ޗަބީ” ނާއިމް ހިނިތުންވަމުން ސިއާގެ އަތުގައި ހިފާލިއެވެ. ސިއާ މަޑުމަޑުން ނާއިމްގެ އަތް ދުރަށްލިއެވެ. “ސޮރީ ނާއިމް ކޮންމެ އަކަސް ވީކަމެއް މިއޮތީވެފަ އެކަން ނުވާކަމަކަށް ނުހެދޭނެ އަހަރެންނަށް އެނގޭ އެއްޗަކީ އަހަރެން ކިއާންދެކެ ލޯބިވާކަން އަހަރެން މީ މިހާރު ކިއާންގެ ހައްގެއްކަން” ސިއާ އެހެން ބުނުމުން ނާއިމްގެ ހިނިތުންވުން މުޅިން ގެއްލުނެވެ. އެއަށްވުރެ ހިތުގައި އެޅި ވޭން މާ ބޮޑެވެ. “ކޮބާ މައްސަލައަކީ ސިއާ މިއަދު އަހަރެންނަކީ އެ ނިކަމެތި ފަގީރު ނާއިމް އެއްނޫނޭ މިއަދު އަހަރެންގެ އަތުގައި ފައިސާ އެބައޮތް ބާރު އެބައޮތް ވޭތުވެދިޔަ 2 އަހަރުތެރޭގައި އަހަރެން މިހާ ބުރަ ކޮށް މަސަތްކަތްކުރީ ހަމަ ސިއާ އަށް ޓަކާ އުނދަގޫކަމާއެކު ފިޔަވަޅަކަށްފަހު ފިޔަވަޅެއް ހިއްވަރުކޮއްފައި އެޅީވެސް ސިއާ އަށް ޓަކައި” “ނާއިމް ކުރިން ހުރި ގޮތަށް އަހަރެން ކައިރީ ހުރިނަމަ މިއަދު މިހެނެއް ނުވާނެ ނާއިމް އަތުގަ ފައިސާނެތަސް ހެޔޮ އަހަރެން ލޯބިވީ ނާއިމް ދެކެ ނާއިމްގެ ފައިސާގަނޑުދެކެއެއްނޫން އަހަރެން ބުނަންބޭނުންވަނީ ނާއިމް އަހަރެން މަތިން ހަނދާން ނައްތާލާށޭ އަހަރެން ބޭނުންވަނީ ކިއާންގާތުގައި ކިއާންގެ ލޯބިވާ އަނބިމީހާގެ ގޮތުގައި ހުންނަން އަހަރެންނާ ކިއާންއާ ދޭތެރޭ ކުރިން ކިތަންމެހާވެސް ނަފްރަތު އޮތް ނަމަވެސް މިއަދު އަހަރެމެން ދެމީހުން ދޭތެރޭ ވަނީ ފުން ލޯބި” ސިއާ ފަހު ބަސް ބުނުމުން ނާއިމް ގަދަކަމުން ހިނިތުންވެލިއެވެ. “އަހަރެން މިއުޅެނީ މާދަން ލަންކާ އަށް ފުރަން ދެން ނޭނގެ ދިމާވާނެ ދުވަހެއްވެސް އަހަރެން އަބަދުވެސް އެދެނީ ސިއާ އުފަލުގައި ހުރުމަށް ކިއާން ސިއާ އަށް ދެރަ ގޮތެއް ހަދާފިއްޔާމު ކުޅިދައްކާލާނަން އަހަރެންގެ ގޭގެ ދޮރު އަބަދުވެސް ހުންނާނީ ސިއާއަށް ހުޅުވިފައި ކަން ހަނދާން ބަހައްޓައްޗޭ” ސިއާ އަށް އުފަލުން ރޮވުނެވެ. ސިއާ ނާއިމް ގައިގައި މަޑުމަޑުން ބައްދާލީ ޝުކުރިއްޔާއޭ ބުނާފަދައިންނެވެ. ނާއިމްވެސް ސިއާގެ ބުރަކައްޓުގައި އަތްވަށާލިއެވެ. އެވަގުތަކީ ކިއާން އަށް އެތަނަށް އާދެވުނު ވަގުތެވެ. ސިއާ އާއި ނާއިމް ބައްދައިގެން ހުރި ތަން ފެނުމުން ކިއާން ދެލޯ މަރާލިއެވެ. އަދި އަވަސް އަވަހަށް އެތަނުން ނިކުތެވެ. ކިއާންގެ ހިތްވަނީ މުޅިން ކުދި ކުދި ވެފައެވެ. ސިއާ ކިއާންއަށް ގެއްލުނީއޭ ހިތަށްއަރަމުން ދިޔައެވެ. ކިއާންގެ ހިތުގައި ކިތަންމެ ވޭނެއް އެޅިއެއްކަމަކު ސިއާގެ އުފަލަކަށް އޭނާ ހުރަހެއް ނާޅާނެއެވެ. ސިއާ ބޭނުންވަނީ ނާއިމް އާއެކު އުޅެން ކަމަށްވާނަމަ އެކަން ވެސް އޭނާ ކޮއްދޭނެއެވެ. އެ ރޫމް އިން ނާއިމް ނިކުތްތަށް ފެނުމުން ކިއާންގެ ލޮލުން ފޭބި ކަރުނަތައް އަވަސް އަވަހަށް ފުހެލިއެވެ. “ކިއާން…” “ނާއިމް އަހަރެން ހީއެއްނުކުރަން މިހެން ކަންތައްވާނެ ކަމަކަށް އެކަމަކު މިއޮތީވެފަ ” “އާން އަހަރެން މިއުޅެނީ މާދަން ފުރަން.. ސިއާ ބޭނުންވަނީ އަހަރެންނާއެކު ދާން އެހެންވީމަ” ނާއިމް ބުނެލިއެވެ. “އެއީ ސިއާ ބޭނުންވާ ގޮތް ނަމަ އަހަރެން ތިކަން ކުރާނަން” “ޝުކުރިއްޔާ ” ނާއިމް ކިއާންގެ ބުރަކަށީގައި ޖަހާލަމުން ހޮސްޕިޓަލުން ނިކުންނަން ދިޔައިރު ތުންފަތްމަތީގައި ވަނީ ނުލަފާ ހިނިތުންވުމެކެވެ. އޭނާ ސިއާ ކޮންމެގޮތެއް ހަދައިގެން ވިއަސް ހޯދާނެއެވެ. ކިއާންގެ އިންތިޒާރުގައި އިނދެ އިނދެ ވެސް ކިއާންއެއް ނައެވެ. ކުއްލިއަކަށް ކޮންމެސް މީހެއް ރޫމްގެ ދޮރުހުޅުވާލުމުން ސިއާ އުފަލުން ގޮސް ކިއާންއޭ ކިޔާފަ ގޮވާލިއެވެ. ނަމަވެސް ދޮރުން ވަދެގެން އައި ނޫރާ ފެނުމުން ތުންދަމާލިއެވެ. “އަހަރެން ހީކުރީ ސިއާ ކިއާންދެކެ ރުޅިއަރާނެ ކަމަށް ސިއާ އަށް އޮޅުވާލީމަ” “ނޫނޭ ކުރިން އަހަރެންނާ ކިއާންއާ ދެމެދު ކަންތައް ކިތަންމެ ގޯސްކޮށް އޮތެއްކަމަކު މިއަދު އެކަން މިއޮތީ ބަދަލުވެފަ އޭރު އަހަރެން ނާއިމްދެކެ ކިތަންމެ ލޯތްބެއްވިއަސް މިހާރު އަހަރެންނައް އެނގޭ އެއްޗަކީ މި ހިތުގައި ވަނީ ހަމައެކަނި ކިއާންގެ ނަންކަން މީހުން ބުނެއުޅޭ ދެމީހެއްދެކެ ލޯބިވެވިއްޖިއްޔާ ދެވަނައަށް ލޯބި ވެވުނު މީހާ ނަގާށޭ ސަބަބަކީ ފުރަތަމަ ވީ ލޯތްބަކީ ހަގީގީ ލޯބިނަމަ ދެވަނަ ފަހަރަށް ލޯބި ނުވެވޭނެތީ” “އަހަރެން ވަރަށް އުފާވެއްޖެ ސިއާ އަށް ވިސްނުނީމަ އެކަމް ދެން ނާއިމް އޯ؟؟” “އަހަރެން ނާއިމް އާ ވެސް ރީއްޗައް ވާހަކަ ދައްކައިފިން ބުނި މާދަން ލަންކާ އަށް ދާންށޯ މިއުޅެނީ ތިއެއްނޫނޭ ކިއާން ކޮބާ؟؟؟؟؟؟؟؟؟؟؟؟؟ އައި ހޭވް ސޯ މަޗް ޓު ޓެލް ހިމް އައިއޭމް ގޮނަ ކިކް ހިޒް އޭސް” ސިއާ ތުންދިގުކޮއްލަމުން ބުނެލިއެވެ. “އަހަ އަހަ އަހަރެން ގުޅާވެސް ފިމޭ ފޯނު ނިއްވާލާފައޭ ބުނަނީ”

އާދުވަހަކަށް އިރުއަރައިފިއެވެ. މިއަދު މީ ސިއާ ގެއަށް ދޫކޮއްލި ދުވަހެވެ. ހަމްދީ އާއި ސާނިޔާގެ އެދުމުގެ މަތިން ސިއާ ދުވަސްކޮޅަކަށް އެގޭގައި އުޅެން ދިޔައެވެ. ކިއާން ގަލަމުގައި ހިފައްޓައިގެން ހުރިއިރު އަތް ތުރުތުރު ލައެވެ. ކުރިމަތީގައި މިއޮތީ ކިއާން އާއި ސިއާގެ ޑިވޯސް ފޯމެވެ. އޭތި ސިޓީ އުރަކަށް ލާފައި ލަންކާގެ އެއްކޮޅު ޓިކެޓެއްވެސް ލިއެވެ. މި ސިއާ އަށް ލިބުމުން ހާދަހާ އުފަލެއްވާނެޔޭ ކިއާންގެ ހިތަށް އެރިއެވެ. ސިއާގެ ކުރިމައްޗަށް އެރުމުގެ ހިތްވަރު ނެތުމުން ރާކިން ލައްވާ އެ ސިޓީއުރަ ސިއާ އަތަށް ދޭން ފޮނުވިއެވެ. ކޮޓަރީގައި ސިއާ އާއި ކިއާންގެ ވެޑިންގ ފޮޓޯތަކަށް ބަލަން އިން ސިއާގެ މޫނު އުޖާލާވެގެން ދިޔައި ދޮރުން ވަދެގެން އައި ރާކިން އާއި ނޫރާ ފެނުމުންނެވެ. “ކިއާން ބުނި ބިޒީކަމުން ނާދެވުނީއޯ ވަރަށް ބޮޑަށް ސޮރީ އޯ ދެން ބުނީ މީތި ދޭށޭ ސިއާގެ އަތަަށް” ރާކިން ސިއާ އަތަށް އެސިޓީ އުރަ ދިނެވެ. ކިއާން ދިން އެއްޗަކަށް ވުމުން ސިއާ އަވަސްއަވަހަށް އެ ހުޅުވާލިއެވެ. ފުރަތަމަ އޮތީ ސިޓީއެކެވެ. ސިއާ އެ ކިޔަން ފެއްޓިއެވެ. “އަހަރެންނަށް އެނގޭ އަހަރެންނަށް ސިއާ އާ ދޭތެރޭ ކަންތައް ކުރެވުނީ ރަނގަޅަކަށް ނޫންކަން ސިއާގެ ހަނދާންތައް ފުހެވިގެން ދިޔަކަމުގެ ނާޖާއިސް ފައިދާ ނަގައިގެން ސިއާ އަށް އޮޅުވައިލައިގެން އަހަރެން ސިއާ އާ ކައިވެނި ކުރީ ބަދަލުހިފުމުގެ ނިޔަތުގައި އަހަރެންގެ އަމާޒަކަށްވީ ސިއާ އާ ކައިވެނި ކޮއްފައި ހުރިހާ އުފަލަކުން ސިއާ މަހުރޫމް ކޮއްލަން އަހަ އަހަ މިއަދު އެކަން ކާމިޔާބު ވެއްޖެ އެހެންވީމަ ސިއާ އާއި އަހަރެން އެކުގައި އެޅެންވި އިތުރު ސަބަބެއްނެތް އަހަރެން ސިއާ ދެކެ އެއްއިރަކު ވެސް ލޯތްބެއް ނުވޭ އަދި ނުވެސް ވާނަން ތި ސޫރަ ފެނުނަސް އަންނަނީ ރުޅި އަހަރެން އަބަދުވެސް ސިއާ އަށް ކުރަނީ ނަފްރަތު އަހަރެންގެ ހަޔާތުން ދުރަށްދޭ”  އެސިޓީގެ ބައެއް އަކުރުތަށް ވަނީ ފެން ޖެހުމުގެ ސަބަބުން ފޭދިފައެވެ. ނަމަވެސް އޭގައި އޮތް ކޮންމެ ބަހަކުންވެސް ސިއާގެ ހިތް ދިޔައީ ކުދި ކުދި ވަމުންނެވެ. އޭގައި އެއޮތީ ތެދުކަމަކަށް ސިއާ ގަބޫލު ކުރާކަށް ބޭނުމެއްނޫނެވެ. އޭގެތެރޭގައި އޮތް ލަންކާ ޓިކެޓް ފެނުމުން ސިއާ ބަލާލީ ނޫރާ އާދިމަލަށެވެ. “އަހަރެން ކީއްކުރަން ލަންކާ އަށް ދާ ޓިކެޓެއް؟؟ ކިއާން ބޭނުންވަނީ އަހަރެން ނާއިމް އާއެކީ ދާން؟؟ އަހަ އަހަ މީ ކޮންކަހަލަ ސަމާސާއެއް” ލޮލުން ކަރުނަ ފައިބާ ހާލު ސިއާ ހޭން ފެއްޓިއެވެ. ނަމަވެސް އޭގެތެރޭގައި އޮތް ވަރީގެ ފޯމު ފެނުމުން ސިއާ އަށް ބާރަށް ރޮއެގަނެވުނެވެ. ރާކިން އާއި ނޫރާވެސް ހުރީ ހައިރާންވެފައެވެ. ކިއާން ސިއާ ދެކެ އެހާވަރަށް ލޯބިވާ އިރު މިހެން ކަންތައް ކުރަންވީ ސަބަބެއް ނޭނގުނެވެ. “ކިއާން ބޭނުންވަނީ އަހަރެންނާ ޑިވޯސް ވާން ދޯ އޯކޭ ކިއާން ބޭނުން ގޮތެއް” އެ ފޯމުގައި ކިއާން ސޮއި ކުރަންޖެހޭ ތަނުގައި އޮތީ ދެލި ތިއްކެކެވެ. ސޮއި ކޮއްފައެއް ނެތެވެ. ނަމަވެސް ސިއާ ސޮއި ކުރަންޖެހޭ ތާގައި ސިއާ ސޮއި ކުރިއެވެ. އެ ފޯމުގައި ކިއާން ސޮއި ކުރުމާއެކު އެދެމީހުންގެ ކައިވެނި ރޫޅޭނެވެ. ނޫރާ އަވަހަށް އެތަނުން ނިކުތެވެ. “ހުރެބަލަ ކިއާން އަށް ކުޅިދައްކާލާނަމޭ ސިއާގެ ކޮންކުށެއް އޮތީ ” ނޫރާ ދާންފެށުމުން ރާކިން ނޫރާ ހުއްޓުވިއެވެ. ރޮއެ ރޮއެ ސިއާގެ ދެލޯ ލޭކޮޅެއްހާ ރަތްވިއެވެ. މިހެން ކަންތައް ވާނެ ކަން އެނގުނުނަމަ ސިއާގެ ހަނދާންތައް އަނބުރާ ނައިނަމަ މާ ރަނގަޅެވެ. ކިއާން ސިއާގެ މޫނު ބަލާލަންވެސް ނާދެއެވެ. ކިއާން ސިއާދެކެ ހަމަ އެހާ ރުޅި އަންނަނީބާއޭ ސިއާގެ ހިތަށް އެރިއެވެ. ކިއާންގެ ހާލު އަދި ސިއާއަށް ވުރެ ދެރެވެ…………..

……….ނުނިމޭ………

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (29)

  1. Afu

    Yay me first dhww ???? yay finally…… Varaaaaaaaaah salhi mi baivx …. Alhey …. Kiaan n sia dhurunukurahchey siss …. Alhey no plx kiaan sign nukuraathi …. Siss 1 part dhww dhn inee …. Avahah up Kohladhehche …. Waiting 4 nxt
    Ur the awesome n best author igey …. Luv u varah bodu Koh ❤️❤️❤️❤️???
    Stay safe
    Lots and lots of love from afu❤️❤️❤️❤️❤️

    1. lilly
      Afu

      thank afu❤

  2. LAZY_QUEENY

    Vvvv reethi mi part vx… Whn is next is next part… Curiously waiting for next part ngey.. N lilly you are so talented.. Maashaallah… One of my favourite author… Lysm… Tc.. Stay home and Stay safe.. N Me second dhw.. ❤️❤️❤️❤️❤️

    1. lilly
      LAZY_QUEENY

      thank u lazy queeny❤

  3. V.

    Oh my God….. I don’t believe this…. This is my all time favourite….by the way this is my first comment….. But am looking forward to your other stories too….. Lillyy you’re talented…. Masha Allah….. Very nice… But kyhve ehaa avahah thi story ninmaalany?? Adhi e vx naaim gosse kohlaafa… In my opinion.. Naaim deserves siaa… But you’re the author???????????????????????????????????

    1. lilly
      V.

      thank u V ❤

  4. No one

    At the start I thought kiaan is the bad guy. But in reality naaim is the bad guy dhw. He’s so evil. Plx kiaan sia divorce nukurahchey. I wish sia would know that naaim is a monster. N kiaan is the one who truly deserves her. Sia plx dont forgive naaim. He’s a monster. Varah reethi mi prt ves. Lilly ge hurihaa stories eh ves keen. N it’s all so beau. Luv ya
    T c

    1. lilly
      No one

      thank no one❤

  5. autti_quin._

    Masha allah mi part vx vrh rythi…dhn alhe kiaan aa sia dhurunukurahche… Whn nxt????…. curiously waiting… Ur one of my fav author.. lilly liyefa hunna hurihaa stry thah vx vrh vrh vrh reethi…Keep it up?
    Stay safe❣️

  6. Queen

    yup… my nme is faiha?…. maybe thats the reason i love ur stories????

    1. lilly
      Queen

      ehehe vedhaane

  7. aphxxx

    Omggg no dont dooo that gohodoburiyaaaa naaim is soooo goaaas ?
    Cant wait for next part ly hippo?❤️

  8. !!!

    Vvvv reethi mi prt vx….but this is my first cmnt…..waiting for nxt prt….

    1. lilly
      !!!

      thank u !!!❤

  9. Kairaa

    Neynge bunaane ehcheh vx…haadha reehchey mi bai vx…curiously waiting for the.nxt part….lysm

    1. lilly
      Kairaa

      thank u❤

  10. Shaiiii

    Alheyy Vv salhi vhk… Btw kurin beynun v sea n naaim gulhen… Btw now naaim ge nulafaa kan mi enguny?…. Baaki 1 part dho…. CURIOUSLY WAITING FOR NXT PRT?❤️….unmeedhu kuran vrh salhi vaane kmh face prt?❣️….. All the best??….. LYSM?❣️?

    1. lilly
      Shaiiii

      thank shaii❤

    2. lilly
      Shaiiii

      kaii**

  11. Shaiiii

    SIA*???

    1. lilly
      Shaiiii

      thank shaii❤

  12. Nana??

    I’m crying right now????? kiaan and sia are going to get a divorce no this can’t happen anyway mi prt vx Varah Varah reethi dhen onnaany last prt dhw Lilly
    LYSM STAY HOME # STAY SAFE #

    1. lilly
      Nana??

      thank u nana❤

  13. ?Ril?

    Mi part ves varah sali ingey sis.
    Aley nimen baakee one part tha.
    And they are going to get Divorce omg
    When next lysm

    1. lilly
      ?Ril?

      thank u ril❤

  14. Lamko

    Alhey e v gothun maa dhera ehnnu??…vrh vrh emotional mi part….vrh vrh reethi masha allah…whn nxt????

    1. lilly
      Lamko

      thank u lamko❤

  15. SHARAN??

    Lilly Pls kiaan and sia dhuru nukurahchey Mi hurihaa kameh Mi vany hama E Naaim aa hedhi ???? any way last prt Dhigu kahlahchey ingey Sis
    LYSM
    STAY HOME # STAY SAFE #

  16. Nia

    Lilly pls dhn oii baa veehaa vc avahakah up kohladhyba❤️❤️

Comments are closed.