ފުރުމުގެ ބައިގަޑިއިރުކުރިން އެއާރޕޯޓަށް ދިޔުމަށްޓަކައި އަހަރެން ދަތުރުފެށީމެވެ. ހިތްގައިމު އަވިދޭ ސާދާ ދުވަހެެކެވެ. ކާރުތެރޭގައި އިންއިރުވެސް ހޫނުގެ އަސަރުތައް އުޑުމަތިން ފާޅުވާން ހުއްޓެވެ. ޖީބުން ފޯނުނަގައި އެއާރޕޮޑް އާއި ކަނެކްޓު ކުރުމަށްފަހު އަހަރެންގެ ފެވެރެޓް ލަވަ ލިސްޓުގެ ތެރޭން ލަވައެއް ޖަހައިލީމެވެ. މިހާރު މުޅިގައުމުގެ ގައުމީ ލަވައޭ ބުންޏަށްސް އެއީ ދޮގަކަށް ނުވާނެއެވެ. އިންޑިޔާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޖުބީން ނައުޓިޔާލް ގެ “ލުޓް ގައީ” ލަވައެވެ. ލަވައިގެ ކޮންމެ ކަޑިޔެއް ގުޅުވާލެވުނީ އަހަރެންގެ ހަޔާތާއެވެ. ލޮލަށް ސިފަކުރަން […]
ހަނދު ބޮޑުވާ ދުވަސްވަރު ދުނިޔެ ވަށާ ބުރުޖެހުމަކީ އަހަރެންގެ އާދައެކެވެ. އެގޮތުން މި ރެޔަކީވެސް އެކަހަލަ ފުރިހަމަ ހަނދުވަރީރެޔެކެވެ. ބުރުހަމަ ހަނދާއެކު ތަރިތައް ދިއްލިފައިވާތަން ވަރަށް ގާތުން އަހަންނަށް ދިޔައީ ފެންނަމުންނެވެ. ދުވާލުގެ ހިތްގައިމު ކަމަށްވުރެ ރޭގަނޑު މާހިތްގައިމެވެ. އެހެން ރޭތަކެކޭ އެއްފަދައިން މިދަތުރުގައިވެސް އަހަރެންގެ ބައިވެރިޔަކީ އާކާން އެވެ. އާކާން އަކީ އަހަރެންގެ އެންމެގާތް މިތުރެވެ. ޖައްވުގައި ދަތުރުކުރަމުން އައިސް ވިއްސާރަވެ ދެވޭނުދެވޭ ނޭނގި މަގުއޮޅުނެވެ. އެހެނަސް މިރޭގެ އުފަލުން މަޙުރޫމުވުމަށް އަހަރެން ނޭދެމެވެ. ވުމާއެކު […]
ހަވާއެރުވުމާއި ބޮޑެތި މިއުޒިކް ޝޯތަކާއެކު އުފަލުން ފޮޅޭހާލު 2020 ވަނަ އަހަރަށް ގިނަބަޔަކު ބިސްމިކިޔައި ފައިނެގިއެވެ. ނިމުނު 2020ވަނަ އަހަރަށްވުރެ ފެށޭ އާއަހަރަކީ ހުރިހާ ގޮތަކުންވެސް ކާމިޔާބު އަހަރަކަށް ހެދުމަށެވެ. ކޮންމެޔަކަސް 2020 ވަނަ އަހަރު ފެށިގެންދިޔައީ ރަނގަޅަށެވެ. އެހެނަސް އުއްމީދާއި އަޒުމާއެކު ފެށި އާއަހަރު ވަޔަށް ބުރައިގެން ދިޔައީ ކޮވިޑް-19ޔަށް ދިވެހިރާއްޖެއިން ފަތުރުވެރިޔަކު ފައްސިވެގެންދިޔަ ހިސާބުންނެވެ. ވާނުވާބުނެދޭން ތިބި ސިއްހީދާއިރާގެ ފަރާތްތަކުުުުން ކޮންމެ ދުވަހަކު އެތައް ފަހަރަކު ޓީވީތަކަށް އަރައި ޕުުުުުުުރެސް ކޮންފަރެންސުތައް ދިޔައީ ހުއްޓުމެއް […]
“އަހަރެންގެ ދިރިއުޅުމަކުން އަބީން އަށް ޖާގައެއް ކުރިން ދެވިފައިވީ ނަމަވެސް މިހާރަކު އަހަރެން އަބީންގެ ލޮތްބާއި އަޅާލުމެށް ބޭނުމެ އްނޫން. ސޯ އަހަރެންގެ މަތިން ހަނދާންނައްތާލާ.” އެވަގުތު އަހަރެންގެ ލޮލުން ކަރުނަނުހިލުނު ކަމުގައިވިޔަސް އަހަރެންގެ ހިތް ރޯލިއެވެ. އަމާލްއަކީ ކުޑައިރުގެ އެންމެގާތް އެކުވެރިޔާއެެވެ. ގުރޭޑްހަތަކުން ފެށިގެން މިވީހާ ދުވަހަކު އަމާލްއަކީ އަހަރެންގެ ލޮތްބެވެ. އެހެނަސް މާލެ ބަދަލުވި ހިސާބުން އަމާލް ބަދަލުވާންފެށިއެވެ. އެހެނަސް އަހަރެން ކެތްކުރީމެވެ. ލޯބިވާތީއެވެ. އަހަރެންގެ ހަޔާތައް އަމާލް ނޫނީ އިތުރު އަންހެންކުއްޖަކު ނާދެއެވެ. […]
މަންމަގެ ރުހުންނެތަސް އަހަރެންގެ ދިރިއުޅުމުން ތާޝާ ބޭރުކުރާކަށް ނެތީމެވެ. އެއީ ތާޝާއަށްޓަކައި އަހަރެންގެ ހިތުގައިވަނީ ތެދުވެރި ލޮތްބެއް ކަމުގައިވާތީ އެވެ. އަހަރެމެންގެ އާއިލާއަކީ މާލޭގައި ނަންހިނގާ މުއްސަނދި އާއިލާއެކެވެ. ނަމަވެސް ތާޝާ އަކީ ވަރަށް ފަގީރު ދެމަފިރިޔަކަށް ލިބިފައިހުރި ހަމައެކަނި ދަރިފުޅެވެ. އަހަރެންފަދައިން ތަނަވަސް މީހަކަށް ތާޝާ ނުވިޔަސް އަހަރެންގެ ހަޔާތަށް ތާޝާ ނޫން އިތުރު އަންހެންކުއްޖެއް ގެނައުމަކީ ހަމަހޭގައިހުރެގެން އަހަރެން ކުރާނެ ކަމެށް ނޫނެވެ. ސާނަވީ އިމްތިހާނު ނިމި މަންމަމެން އިތުރަށް ކިޔަވައިދިނުމަށް އަހަރެން ޔޫކޭއަށް […]
އަހަރެންގެ އުފަން ރަށް ކަމަށްވާ ދ.ކުޑަހުވަދޫއިން ކިޔެވެން އޮތް އެންމެ މައްޗަކަށް ކިޔެވުމަށްފަހު މަތީތައުލީމް ހާސިލްކުރުމަށް އަހަރެން ބަދަލްވީ މާލެއަށެވެ. އަހަރެންގެ އުއްމީދަކީ ނޫސްވެރިކަމުގެ ދާއިރާއިން ކިޔެވުމަށްފަހު އެދާއިރާގައި މަސައްކަތްކު ރުމެވެ. މަންމައާއި ބައްޕަ އަހަރެންގެ ކޮންމެ ނިއްމުމަކާއި ރުހިގަބޫލެވެ. ސާނަވީ ތައުލީމް ނިއްމަމައި ނޫސްވެރިކަމުގެ ދާއިރާއިން ފުރަތަމަ ޑިގުރީ ހާސިލްކޮށް ރާއްޖޭގެގައުމީ މީޑިޔާގައި ނޫސްވެރިޔެއްގެ ހައިސިއްޔަތުން މަސައްކަތް ކުރަންފެށީމެވެ. މަންމަ އާއި ބައްޕަގެ އަބަދުވެސް އާދޭހަކީ ލިބޭ ޗުއްޓީތަކުގައި އަހަރެން އެމީހުންގެ ގާތަށްރަށަށް އައުމެވެ. އެހެނަސް […]
ނައުލް އާއި އަހަރެން ކައިވެނިކޮށް ހަޔާތެއްފެށީ ދިރިއުޅުމުގެ ނައު ހިންގޭނެ އެއްވެސް ލިޔެކިޔުމެށް ނޫނީ ތަޖުރިބާ އަކާއި އެކުގައެއް ނޫނެވެ. ލޯބިވާތީ އެވެ. އެކަކު އަނެކެއްގެ މައްޗަށް ކުލުނުވެރިކަމާއި އަޅާލުމާއި އިހުތިރާމާއެކު ހަޔާތުގެ ދަތުރު ކަނޑު ގަދަވިނަމަވެސް ބެހިނުދާނޭ ކަމަށް ޔަގީންކުރަމުންނެވެ. ކައިވެނިކުރީ މައިންބަފައިންގެ ރުހުމުގައެއް ނޫނެވެ. ކޮންމެޔަކަސް ނައުލް އާއި އަހަރެންގެ ކައިވެންޏަށް ތިންއަހަރު ފާއިތުވެ ގޮސްފިއެވެ. ހަތަރު ދަރިން އަހަރެމެންގެ އެބަތިއްބެވެ. ދަރިން ތިއްބަސް އަހަރެންނާއި ނައުލް އުޅުނީ ވަރަށްވެސް ހަމަޖެހޭ ދިރިއުޅުމެކެވެ. އެހެނަސް […]
މިކާންއަށް ކޮންމެ ދުވަހެއްވެސް ނިމިގެން ދަނީ ދާދި އެއްގޮތަކަށެވެ. ދުވާލުގެ ވަގުތު ނިދު މުގައެވެ. ރޭގަނޑުގެ ވަގުތު ރައްޓެހިންނާއެކީ ސަކަރާތުގައި ގެއިން ބޭރުގައެވެ. މިކާންގެ މަންމަ ސީމާ ކަންބޮޑުވަނީ ކިތަންމެ ނަސޭހަތެއް ދިނަސް މިކާންގެ އުޅުމަކަށް ކުޑަވެސް ބަދަލެއް އަންނަމުން ނުދާތީއެވެ. މިކާން ވަޒީފާއަކަށް ދޭތޯވެސް އެތައްތަނަކަށް ސިޓީވެސް ސީމާ ލައިފިއެވެ. އެހެނަސް މިކާންގެ ފަރުވާކުޑަކަމުން އިންޓަވިއުއަށްވެސް ގޮސްނުލައެވެ. މާތްﷲގެ ތަނަވަސް ރަހުމަތުން ސީމާއަކީ ތަނަވަސް މީހެކެވެ. އުފަން މާލޭ މީހަކަށް ވުމުން ވަންނާނެ ބޯހިޔާވެސް އެބަހުއްޓެވެ. […]
ޑޮކުޓަރުކަން ކިޔަވަން ޗައިނާއަށް އަހަރެން ދިޔައީ ހިތާދެކޮޅަށެވެ. ލޯބިވާ މައިރާއާއި ދުރުގައި ހުންނަންޖެހޭތީއެވެ. އެހެނަސް ހިތްވަރުލައި ކިޔެވުމަށް އަހަރެން ފުރީމެވެ. އުއްމީދަކީ ކިޔެވުން ނިއްމާލުމަށްފަހު މާލެއައިސް މައިރާ އަހަރެންގެ ހަޔާތުގެ ބައިވެރިޔަކަށް ހެދުމެވެ. މައިރާވެސް ބޭނުންވާގޮތަކީ އެއީއެވެ. ޗައިނާއަކީ އަހަންނަށް ވަރަށް އާގައުމެކެވެ. އެހެނަސް ކުޑަދުވަސްކޮޅެއްގެ ތެރޭގައި ޗައިނާގެ މާހައުލަށް މަޑުމަޑުން އަހަރެންދިޔައީ ހޭނެމުންނެވެ. ކިޔެވުން ފެށުމާއެކު އުޅެންޖެހުނީ ވަރަށްވެސް ބުރަކޮށެވެ. ދުވާލުދާ ހަތަރުދަމު ކޮލެޖުގައި ހޭދަކުރުމަށްފަހު ނިދާލަން ލިބެނީ ދެގަޑިއިރެވެ. ރޭގަނޑުގެވެސް ބޮޑުބައި ހޭދަވަނީ ފިލާވަޅު […]