” އޭ އަރީން! މިފަހަރު ގަމަށް އަންނަން ތި ހަމަޖެއްސީ ކީއްވެތަ؟ ” އިރުއޮއްސެމުން ދިޔަ އެ ވަގުތު ސ.ގަމު އެއާރޕޯޓުން ނިކުތް ގޮތަށް އަޝްވާން ދަބަސް ކޮނޑުގައި އަޅުވާލަމުން ދެން ތިބި ދެ އެކުވެރިންނާއެކު ޓެކްސީއެއް ލިބޭތޯ ޕޭމެންޓު މައްޗާއި ދިމާއަށް ހިނގައިގަތެވެ. އެ ތިންކުދިންނަކީ މެލޭޝިޔާގެ ކޮލެޖުގައި ކައުންސިލިން ކިޔަވަމުން އަންނަ ތިންކުދިންނެވެ. އެތިންކުދިންގެ މިޒާޖުގެ އެއްގޮތްކަމުންނާއި މެލޭޝިޔާގައި ކައުންސިލިން ކިޔަވަމުންދާ ދިވެހިކުދިން މަދުވުމުން ކޯސް ފެށުނީއްސުރެ އެކުދިން އުޅެނީ އަބަދުހެން އެކު އެކީގައެވެ. […]
ނޫރާ ދާންފެށުމުން ރާކިން ނޫރާ ހުއްޓުވިއެވެ. ރޮއެ ރޮއެ ސިއާގެ ދެލޯ ލޭކޮޅެއްހާ ރަތްވިއެވެ. މިހެން ކަންތައް ވާނެ ކަން އެނގުނުނަމަ ސިއާގެ ހަނދާންތައް އަނބުރާ ނައިނަމަ މާ ރަނގަޅެވެ. ކިއާން ސިއާގެ މޫނު ބަލާލަންވެސް ނާދެއެވެ. ކިއާން ސިއާދެކެ ހަމަ އެހާ ރުޅި އަންނަނީބާއޭ ސިއާގެ ހިތަށް އެރިއެވެ. ކިއާންގެ ހާލު އަދި ސިއާއަށް ވުރެ ދެރެވެ…… ސިއާ ނާއިމް އަށް ގުޅާފައި ނާއިމް އާއެކު ދާ ވާހަކަ ބުނުމުން ނާއިމް އުފަލުން ފޮޅުނެވެ. “ބޮސް […]
“ޒާރާ… ދެން ތިކަމާ ނޫޅޭ… ދޮންތަބެ ބޭނުމެއް ނޫން އިތުރަށް މިއާއިލާގައި މައްސަލައިގެ މުލަށް ވާކަށް… އެހެންވީމަ ތިކަން ހަނދާނުން ނައްތާލިއްޔާ މާ ރަނގަޅުވާނެ! އެއްވެސް ހެލްޕެއް ބޭނުމިއްޔާ ދޮންތަބެއަށް ގުޅާތި… އާން! އަދިއެއްވާހަކަ… ޒާރާއަކަށް ދޮންތަބެމެންގޭ ދޮރެއް ބަންދެއް ނުވާނެ!” ލައިޝް ހީނލަމުން ބުނެ ޝަބާނާ ގޮވައިގެން އަނބުރާ ގެއަށް ދާން ހިނގައިގަތެވެ. އޭރުވެސް ޒާރާގެ ލޮލުން ކަރުނަ ނުހިކެއެވެ. އެދުވަހަށް ފަހު ޒާރާގެ ދިރިއުޅުން އެއްކޮށް ބަދަލުވި ކަހަލައެވެ. ޒާރާގެ ބައްޕައާއި […]
”މޭމް.” ސާޔާ އާއި ރައުހާ އެ ދިމާލަށް ދުއްވައި ގަތް އިރު ފަހަތުން ހައްސާން އާއި ހަލަފްވެސް ދުވެފައި އެދިމާލަށް މިސްރާބު ޖެހިއެވެ. ~ ތިރީސް މިނެޓް ކުރި ~ ”ޔެސް. ޔެސް. ވީ ޑިޑް އިޓް. ވޯހޯ.” ޝިޔާމް އެތަނުގައި ތިބި އެންމެންގެ އަތުގައި އަތްޖަހަމުން ދިޔައީ އެކަން ކާމިޔާބު ވުމުންނެވެ. އާކިފްއަށް އިންސާފު ހޯދައި ދެވި ކުށްވެރިން ޖަލަށް ލެވުމުން އެންމެންގެ މޫނަށްވެސް ވަނީ އުޖާލާކަން ގެނުވާފައިއެވެ. އެންމެފަހުން ޝިޔާމް ނައިޝަމްގެ ކުރިމައްޗަށް އަރައި […]
ޖުޑާޑޯ ހުއްދަ ދިނުމުން ޖޭސިސް ހާތިބުމެން އުޅޭ ބަޔަށް އައެވެ. ހާތިބު އުޅޭ ކޮޓަރި ކައިރިއަށް އައިސް ޖޭސިސް ހާތިބުއަށް ގޮވާލިއެވެ. އަދި ރަށުތެރެ ބަލައިލަން އޭނާއެކު ދިޔުމަށް އެދުނެވެ. ހާތިބު އޭނާގެ ބައްޕަ ކައިރީ ބުނެފައި ނިކުންނަނީ ކަމުގައި ބުންޏެވެ. ވަރުދާން ލޮލުން އޭނާގެ ދަރިފުޅާ ވާހަކަ ދެއްކިއެވެ. އެމީހުންނާއެކު ދިޔަޔަސް ވާހަކަ ދައްކަންވާނީ ވަރަށް ވިސްނައިގެންކަމާ ކޮންމެ ކަމެއްވެސް ކުރާނީ ވިސްނައިގެން ކަން ހަނދާން ކޮށްދިނެވެ. ހާތިބުއާ ޖޭސިސް ގަނޑުވަރުން ނިކުތެވެ. ” ހިނގާ […]
އެ ކުއްޖާ ޕާރޓް 24 * އެއީ ރިހިކުލައިގެ ކުޑަކުޑަ ‘ކީ ޗެއިން’ އެކެވެ. އޭގައިވަނީ ކޮންމެވެސް އެއްޗެކޭ ލިޔެލާފައެވެ. އޭތި ކުޑަ ކަމުން ރަނގަޅަށް ނުފެންނާތީ އަވްލީން އާއި ކައިޔަން ބޯ ތިރިކޮށްލިއެވެ. “މަރިޔަމް އަވްލީން.. އައި ލަވް ޔޫ ސޯ މަޗް..” އެ ރިހި ކުލައިގެ ކުޑަ ކީ ޗެއިންގައިވާ އިބާރާތްކޮޅު ދެމީހުންނަށްވެސް ކިޔާލެވުނެވެ. ކައިޔަން ވަގުތުން ތެދުވިއެވެ. އެކުއެކީހެން އަވްލީންއަށް ވެސް ތެދުވެވުނެވެ. ”މަރިޔަމް އަވްލީން.. ތީ އެ ކުއްޖާ އަކީ..!!!!” ކައިޔަން […]
“ބައްޕާ! އެ ދައްތަ އަކީ ވަރަށް ރަނގަޅު މީހެއް. އަހަންނަށް ބައިވަރު އެއްޗެހިވެސް ހޯދަދީފަ އެބަހުރި. އެހެންމީހުނާ ވަރަށް ތަފާތު ދައްތައެއް އެއީ. އަހަރެންވެސް ވަރަށް ބޭނުން އެ ދައްތަ އަހަރެންގެ ކައިރީގަ މިގޭގަ އުޅެން. އަހަންނަށް ވަރަށް އަޅާލާ ވަރަށް އޯގާތެރިވާ ދައްތައެއް އެއީ. އެކަމަކު ބައްޕާ! ބައްޕައަށް ހީވޭތަ ތީ ރަނގަޅު ކަމެއްހެން؟” ޒާޔާ އާނއެކޭ ބުނާނެ ކަމަށް އުންމީދުކޮށްގެން ހުއްޓައިވެސް ޒާޔާގެ ފަރާތުން އިވުނީ އެހެން ވާހަކަތަކެކެވެ. ޒާޔާ ދެއްކި ވާހަކަތަކުންވެސް އޭނާ […]
“ކޮބާ މަންމި..؟” ނިދި އަޑުން އަހަރެން އާއިޝް އާއި ސުވާލު ކުރީމެވެ. “ނޭނގެ.. މާމަ އަށް އިނގޭނެ..!” މިހެން ކިޔާފައި އާއިޝް ނިކުމެގެން ދިޔައެވެ. އަހަރެން ވެސް ފެންވަރާ ރީތިވެލައިގެން ތިރިޔައް ފޭބީމެވެ. ސައި ބޮއެގެން ނިކުތް އިރު މަންމަ ގެޔައް ވަންނަނީއެވެ. *** މަންމަ ލައިގެން އިނީ ގަޔަށް ދޫކޮށް އިން ހެދުމެކެވެ. ކަކުލާ ހަމައަށް ނާރާ ދެއިންޗި ވަރު އިނެވެ. ބޮޑު މަލެއް މޭމަތީގައި އިން އިރު މޭމަތީގައި ކުދި ބައިވަރު ރޫތަކެއް ޖައްސާފައެވެ. […]
އީޝަލްއަށް އިދެވުނީ މަލަކް ދާތަން ބަލާށެވެ. ” މަލަކް އެހެންބުންޏަސް އީޝަލް ބޭނުމިއްޔާ ނަޔަސް އޯކޭވާނެ.” މާޒް ބުނެލިއެވެ. “އަހަރެން ދެން މިދަނީ. ދެން އޮތްބައި މާދަން ކުރިޔަށް ގެންދާނީ.” މިހެންބުނުމަށްފަހު އީޝަލް އެތަނުން ދިޔައެވެ. އީޝަލް ގޮސް އޮބާލަންދެން މާޒްއިނީ އީޝަލްއަށް ބަލާށެވެ. ****** ޓެކްސީ ގޮސް މަޑުކޮށްލީ ގްރީންވިލާ ކުރިމައްޗަށެވެ. ދޮރާށިންފެށިގެން އެބޮޑު ގެއާއި ދެމެދު ވިއްސަކަށްފޫޓުގެ ބޮޑު ހުސްޖާގައެއްވެއެވެ. ކަނާތްފަރާތުގައި ހުރީ ވަށައިގެން ގޮފިތައް އެލިފައިވާ، ފެހިކަންގަދަ ބިޔަ ގަހެކެވެ. މިމޫސުމަކީ އެގަހުގައި […]