އާދައިގެ މަތިން އަހަރެން ޑިއުޓީ ނިންމާލުމަށްފަހު އަހަރެން ބަލި މީހުން ބަލަން ހަމަޖެހިފައި ހުންނަ ކޮޓަރިން ނިކުތީމެވެ. މަޑު ހިނގުމެއްގައި ހިނގަމުން މާހައުލުން ފެންނަމުން ދިޔަ އެތައް ބަޔަކަށް ނަޒަރު ހިންގަމުން އަހަރެން ގޮސް މަޑުކޮއްލީ ލިފްޓު ކައިރީގައެވެ. މިވަގުތުވެސް އެތައް ބަޔަކު އަހަރެންނަށް ބަލަމުން ދާކަން އަހަރެންނަށް އެނގެއެވެ. މާތް ﷲ ޤުދުރަތުން އަހަރެންނަށް ދެއްވި މިރީތި ސިފަތަކަކީ އެތައް ބަޔެއްގެ ލޯތައް އަމާޒުވާ ކަމެކެވެ. މުށި ދެލޮލާއި އާއްމުކޮށް ފިރިހެނުންގެ ނުހުންނަ ފަދަ ދިގު […]
ދުވަހަކީ އުޑުމަތި ބަނަ ދުވަހެއްގެ ހަވީރުގެ ވަގުތެވެ. ވާރޭ ނުވެހުނެއްކަމަކު އުޑުމަތި ބަނަކަމުން ހަމަ ހިނދުކޮޅެއްގެ ތެރޭގައި ވާރޭ ވެހިގެން ފާނެހެން ހީވާތީ މާލޭގެ މަގުތައްވަނީ ހަލަބޮލިވެފައެވެ. ވާރޭ ވެހުމުގެ ކުރިން އެކި މިސްރާބުތަކަށް ދަތުރު ކުރަމުން ދިޔަ މީހުންގެ ވެހިކަލްތަކުގެ އިންޖީނުގެ އަޑުންނާއި ބަރުގޮނުތަކުގެ އަޑުން މީހެއްގެ ކަންފަތް ބައްވާވަރު ފަހަރު ވެސް އާދެއެވެ. ނަމަވެސް ހުޅުމާލޭ ފެރީ ޓާމިނަލްގެ ޓިކެޓް ކައުންޓަރ ދޮށުގައި ހުރި ރަފްހާންއަށް މިއިން އެއްވެސް ކަމަކުން އުނދަގޫ ވާހެނެއް ހިޔެއްނުވެއެވެ. […]
އަހަރެން އެއަންހެންމީހާއަށް ދޭންވެގެން އެބަލައި ހިނގައިގަތީމެވެ. އަހަރެން އެދަބަސް ނަގަން ގުދުވެލި ވަގުތު މީހެއްގެ ހިލަން ފަހަތުން ވެގެން ތެދުވެ ފަސްއެނބުރި ބަލާލީމެވެ. އެވަގުތު ކުރިމަތީގައި ހުރި ޒުވާނާ ފެނިފައި އަހަރެންގެ ލާން އުޅުނު ނޭވާ ތާށިވި ކަހަލައެވެ. ބާމަތިފުޅާ ބިޔަ ހަށިގަނޑެއް ނޫނަސް ދިގު އިސްކޮޅެއް ލިބިފައިވާ އެރީތި ޒުވާނާގެ އެންމެ ފުރަތަމަ ފެނިލުމާއެކު ވެސް މާޒީގެ ސަފްހާތައް ލޯކުރިމަތީގައި ދުވެލިއެވެ. ” ކީއްކުރަން މިތަނަށް ތިއައީ؟ ” އަހަރެން ހަރުކަށި ރާގަކަށް ސުވާލުކުރީމެވެ. ” […]
” އަނާޔާ! އަހަރެން މެރީ ކުރަން މިއުޅެނީ!! ” ހުކުރު ދުވަހުގެ ހެނދުނު ނިދާފައި އޮއްވާ ފޯނު ރިންގުވާ އަޑަށް ނެގި އިރު ގުޅީ އަހަރެން ސުކޫލް ދައުރުއްސުރެ ގާތް ރައްޓެއްސެއްކަމަށްވާ ޝިއުރާއެވެ. ” ކީކޭ؟ ” ސިހިފައި އަހަރެންނަށް ވަގުތުން އެނދުން ތެދުވެވުނެވެ. ޝިއުރާ ޔެސް އޭ ކިޔާ ބާރަށް ޖަވާބުދިނެވެ. ” ސަހަލު އެއްޗެއްތަ ޝިއު ތި ކިޔަނީ؟ ކުރީ އަަހަރުވެސް ތިިހެން ކިޔާފަ އެންމެ ފަހު ވަގުތު ވެޑިން ކެންސަލްވީ.. ” ޝިއުރާގެ […]
” އޯހް.. ބަލާ އެއައީ… ޓީޓިވައިއެލް… ” ލުއި ހީލުމަކާއެކު ސާރަހް ސައިކަލުގައި އައިސް މަޑުކޮއްލި ޒުވާނާގެ ގާތަށް ދިޔުމަށް ހިގައިގަތެވެ. — ” ސަރ.. ވިތްނެސްއަކު އެބަހުރި…” ހައިޝަމްއަށް ހިޔާލުތަކުން ބޭރުވެވުނީ އިންވެސްޓިގޭޝަން ރޫމްގެ އެތެރެޔަށް އޭނަގެ ދަށުން މަސައްކަތްކުރާ ޕޮލިހެއް ވަނުމުންނެވެ. ” ވައްދާ.. ” ހައިޝަމް އެމޭޒުމަތީގައި ބާއްވާލެވިފައި އޮތް ލެޕްޓޮޕް ހުޅުވާލިއެވެ. ” ކޮން ނަމެއްތޯ ކިޔަނީ؟ ” އެތެރެއަށް ވަތް މެދު އުމުރުގެ ފިރިހެންމީހާ ހައިޝަމް ކުރިމަތީގައި އިން ގޮނޑީގައި […]
ދާއިންގެ ކަށުނަމާދަށްފަހު ފުލުސް އޮފީހަށް ވަތް ގޮތަށް ހައިޝަމް ދިޔައީ އިންވެސްޓިގޭޝަން ރޫމްއަށެވެ. އެއްވެސް އަޑެއް ބަޑެއް ނީވޭ އެތަނުގައި މީހާގެ ސިކުނޑީގައިވާ ހާސްކަން ފިލުވާލެވޭނީ އެތަނުން ކަމަށްވާތީއެވެ. ” ކީއްވެތަ؟ ކީއްވެތަ އަހަރެންނަށް ގޮތް ގޮތްވަނީ؟ ކީއްވެތަ ސާރަހްއަށް އެހެންވީމައި އަހަރެން ދެރަވަނީ؟ ކީއްވެތަ ސާރަހްއަކީ މީހެއްގެ އަންބެއްކަން އެނގުނީމައި މިހިތަށް އުނދަގޫވަނީ…؟ ” ހައިޝަމް ބޮލުގައި ހިފަހައްޓާލަމުން އަމިއްލަ ނަފްސާ ސުވާލުކުރަމުން ދިޔައެވެ. ” ސާރަހް އެހެންވީމައި ކީއްވެ އަހަރެން ދެރަވާންވީ؟ އަހަރެންމީ މިހާރު […]
ބޭރުގައި ހުރި ޖައިލަމްއަށް ސައިކަލު ޕާރކް ކޮއްފައި އައި ހައިޝަމް ފެނުމާއެކު ދެމިހުން އެތެރެޔަށް ވަންނަން ހިނގައިގަތެވެ. ” ފިރިހެންކުއްޖާއަކީ ދާއިން މުހައްމަދު ނާފިޒް ހުސައިން. އެއީ ނާފިޒްގެ ހަގު ދަރި. އަންހެންކުއްޖާއަކީ ސާރަހް އަޙްމަދު ފާއިޒް. އެއީ ފާއިޒްގެވެސް ހަގު ދަރި. ދާއިންއާ ސާރަހްއަކީ ދެމަފިރިންކަމަށްވަނީ. އެދެމިހުން ކައިވެނި ކުރިތާ އަދި މިވީ އެންމެ ފަހެއްކަ މަސް. އެހެންކަމަށް ފާއިޒްވެސް ނާފިޒްވެސް ބުނުއްވީ.. އެދެމިހުންނަށް އުނދަގޫކޮށް ހަދާ މީހަކު އުޅޭކަމަކަށް ދެއާއިލާއަކަށް ފާހަގަވެފައެއް ނެތް.. ” […]
ވެހެމުން ދިޔަ ވާރޭ ތިކި ތައް އައިސް ބުލޫވިންކް ރެސްޓްރޯރެންޓްގެ ބިއްލޫރި ގަނޑުގައި ޖެހެމުން ދިޔަ މަންޒަރު ބަލަން އަޅިކުލައިގެ އޮފީސް ހެދުމެއްގައި އިން އީނާގެ މޫނުމަތީގައިވީ ނުތަނަވަސްކަމެވެ. ދޭތެރެ ދޭތެރެއިން އަތުގައި އޮތް ޕީޗްބެރީ ގަޑިޔަށް ނަޒަރު ހުއްޓާލެވެއެވެ. ހީވަނީ މީހަކަށް އިންތިޒާރުކުރާ ހެންނެވެ. އެވަގުތު ރެސްޓުރޯރެންޓްގެ މައި ދޮރު ހުޅުވާފައި ވަތް ފުލުސް ޔުނީފޯމްގައި ހުރި ޒުވާނާ ފެނިފައި އެމޫނުމައްޗަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. ” ތެންކިޔު ފޯރ ކަމިން.. ” އީނާ އިން […]
ވެހެމުން ދިޔަ ވާރޭ ތިކިތައް އައިސް ‘ބުލޫވިންކް’ ރެސްޓުރޯރެންޓްގެ ބިއްލޫރި ގަނޑުގައި ޖެހެމުން ދިޔަ މަންޒަރު ބަލަން މުށިކުލައިގެ ޝޯލްއަކާއި އަޅިކުލައިގެ އޮފީސް ހެދުމެއްގައި އިން އީނާގެ މޫނުމަތީގައިވީ ނުތަނަވަސްކަމެވެ. ދޭތެރެ ދޭތެރެއިން އަތުގައި އޮތް ‘ޕީޗްބެރީ’ ކުލައިގެ ‘ކެޝިއޯ’ ގަޑިޔަށް ނަޒަރު ހުއްޓާލެވެއެވެ. ހީވަނީ މީހަކަށް އިންތިޒާރު ކުރާ ހެންނެވެ. ކުއްލިއަކަށް ރެސްޓްރޯރެންޓްގެ މައި ދޮރު ހުޅުވާފައި ވަތް ފުލުސް ޔުނީފޯމުގައި ހުރި ޒުވާނާ ފެނިފައި އީނާގެ އެމޫނުމައްޗަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. ދޮން ހަންގަނޑެއްގެވެރި […]