އެކުއްޖާ 24 & 25
އެ ކުއްޖާ ޕާރޓް 24
* އެއީ ރިހިކުލައިގެ ކުޑަކުޑަ ‘ކީ ޗެއިން’ އެކެވެ. އޭގައިވަނީ ކޮންމެވެސް އެއްޗެކޭ ލިޔެލާފައެވެ. އޭތި ކުޑަ ކަމުން ރަނގަޅަށް ނުފެންނާތީ އަވްލީން އާއި ކައިޔަން ބޯ ތިރިކޮށްލިއެވެ. “މަރިޔަމް އަވްލީން.. އައި ލަވް ޔޫ ސޯ މަޗް..” އެ ރިހި ކުލައިގެ ކުޑަ ކީ ޗެއިންގައިވާ އިބާރާތްކޮޅު ދެމީހުންނަށްވެސް ކިޔާލެވުނެވެ. ކައިޔަން ވަގުތުން ތެދުވިއެވެ. އެކުއެކީހެން އަވްލީންއަށް ވެސް ތެދުވެވުނެވެ.
”މަރިޔަމް އަވްލީން.. ތީ އެ ކުއްޖާ އަކީ..!!!!” ކައިޔަން އަޑަށް ބާރުލާފައި އެހެން ބުނެލިއިރު ދެ ލޮލުން ރޮނގަކަށް ކަރުނަ ފައިބައިފިއެވެ. *
“އަވް..!” ކައިޔަން ކުއްލިއަކަށް ބޮލުގައި އަތް އެޅިއެވެ. “ކައިޔަން..!” އަވްލީންއަށް ވަގުތުން ކައިޔަން އާއި ދިމާލަށް ދެވުނެވެ. ”ބޮލުގައި.. ބޮލުގަ… ރިއްސަނީ..!” ކައިޔަން ވޭނީ އަޑަކުން އެހެން ބުނެލުމުން އަވްލީންގެ ހިތް ހީވީ އިރައިގެން ދިޔަހެންނެވެ.
ކައިޔަން އަނބުރައިގަނެގެން ވެއްޓުނެވެ. އަވްލީން މަޑުމަޑުން ގުދުވިއެވެ. “ކައި.. އައިމް ސޯ ސޮރީ..” އަވްލީންއަށް ބުނެވުނެވެ.
“އަވްލީން.. ކީކޭ..؟؟” އިތުޤާލް އައިސް އެހެން ބުނެލުމުން އަވީނާ ހާސްވިއެވެ. “ނެތޭ ނެތޭ އެމް.ބީ ބިލްޑިންގ ތެރޭގައެއް..! އެތާ މަސައްކަތް ކުރާ އެކަކުވެސް ނޫޅޭ… އެއް ޕޭޝަންޓްވެސް މަދު… އާ މުވައްޒަފުން ހޯދަންވީ ކަންނޭނގެ.. މި މީހުން މާ ފަރުވާކުޑައީ..” އިތުޤާލް ބުނެލިއެވެ. “އެ އެއްގަޑި ބައި ވަނީ… މެންދަން ވެއްޖެ.. އަވް އަދިވެސް ނާދޭ ގެއަކަށް..” އަވީނާއަށް ރޮވޭގޮތް ވިއެވެ.
“މަންމާ ކިހިނެތްވީ…؟؟” އަލާން އައިސް އަވީނާ އާއި އިތުޤާލްގެ މެދުގައި ހުއްޓުނެވެ. “އަވް.. އަވް ގެއަކަށް ނާދޭ.. އެންމެ ފަހުން މެސެޖު ކުރިއިރު ބުނެފައި އޮތީ މިރޭ ބާރަ ޖެހުމުގެ ކުރިން ގެއަށް އަންނާނަމޭ.. މިހާރު މާ ލަސްވެއްޖެ.. އަވް ފޯނެއްވެސް ނުނަގާ..!” އަވީނާއަށް ރޮވިއްޖެއެވެ.
”ޒިވީމެންގެ ގޭގައިވެސް ހުރެދާނެއްނު..؟ އެގެ ބަލާލައިފިންތަ..؟” އަލާން އަހާލިއެވެ. “މާދަން ހެނދުނު ފުރަން ޖެހޭނެ… އަވްލީން ކޮބައިތަ..؟؟” އެންމެ ހާސްވެފައި ހުރީ އިތުޤާލްއެވެ. “ހިނގާބަލަ.. އަލާން ގޭގައި ހުރޭ… އައިން ހޭލައިފިއްޔާ މަންމަމެން ހޯދާނެ..” އަވީނާ އަލާން ގޭގައި ބަހައްޓާފައި އިތުޤާލް އާއެކީ ދާން ހިނގައިގަތެވެ.
“ރެޑީ..!” ލިޔާން ފޯނު ބޭއްވި އަޑަށް ރަނާ ލިޔާންގެ ގާތަށް ގޮސް ހުއްޓުނެވެ. “ލިޔާން.. ކީއްކުރަން ތި އުޅެނީ..؟” ރަނާ އަހާލިއެވެ. “މިއުޅެނީ އެއްކަލަ ޕްލޭން މަސައްކަތް ކުރޭތޯ ބަލާލަން..!” ލިޔާން އެހެން ބުނެލުމާއެކީ ރަނާއަށް ތުންފަތުގައި ދަތް އަޅާލެވުނެވެ. “ކިހިނެތްވީ ރަނޫވެސް ބުނީމެއްނޫންތަ ބައިވެރި ވާނަމޭ..؟؟” ލިޔާން ފާޑަކަށް އެހެން އަހާލުމުން ރަނާއަށް ހިންދިރުވާލެވުނީއެވެ.
“އްމްމް..މްމް..” ރަނާގެ އަޑު ނުކުތީ ކެނޑިކެނޑިގެންނެވެ. ”މިހާރު އަހަރެން އެމީހުންނާއި ވާހަކަ ދައްކައިފިން.. ފައިސާގެ ކަންކަމަކީ ރަނޫ ހަމަޖައްސަން ޖެހޭ ކަމެއް..” ލިޔާން ތަފްސީލްކޮށް ކިޔާދޭން ފެށިއެވެ.
“މިހާރު މާދަމާއަކީ އަވްލީން އާއި އަވްލީންގެ އާއިލާ މެލޭޝިޔާއަށް ދާން ފުރާ ދުވަސް..!” ލިޔާން ކޮންމެ ޖުމްލައެއް ނިންމާލަމުން ގެންދިޔައީ ރަނާގެ ހިތް ބިރުގަންނުވަމުންނެވެ.
“ދެން..؟” ރަނާ އެ ރޭވުމުގެ މަތިން ހަނދާންވެސް ނެތް ފަދައެވެ. “ދެން އަހަރެން ހުންނާނެ މީހުން ހަޔަރ ކޮށްފައި..!” ލިޔާން ބުނެލިއެވެ. “ހްމްމް..؟؟” ރަނާ ބުނެލިއެވެ. “އެމީހުން އަވްލީން ގެންނާނެ އަހަރެންގެ ބެލުމުގެ ދަށަށް..!” ލިޔާން އަނެއްކާވެސް ވަކި ހިސާބަކުން ޖުމްލަ ހުއްޓާލިއެވެ. “ތި ބުނަން ބޭނުންވާ އެއްޗެއް ސާފުކޮށް ބުނެބަލަ..!” ރަނާއަށް ރުންކުރު ވެވިއްޖެއެވެ. “ހްމްމް.. ދެން ހަމަ ރަނޫ ބޭނުން ގޮތެއް ހަދަންވީ… ކުރިން ފަހަރު ހެދިހެންވެސް ހަދާލެވިދާނެ..” ލިޔާން ޒާތަކަށް ހިނިތުންވެލިއެވެ.
އިތުޤާލް އެތައްއިރެއް ވަންދެން ކައިޔަންމެންގެ ގޭގެ ދޮރުގައި ޓަކި ޖެހިއެވެ. މިފަދަ ވަގުތެއްގައި ހޭލައިގެން ދޮރު ހުޅުވާނީވެސް މަދު މީހެކެވެ. ނިދީގެ އަރާމު ތަންމަތި ދޫކޮށްލާފައި ދޮރެއް ހުޅުވަން ދާން ބޭނުންވާނީ ފަހެ ކާކު ހެއްޔެވެ.؟
“އަދިވެސް އަވްއަށް ގުޅޭތޯ ބަލާބަލަ..!” އަވީނާ ހުރީ ހޭނެތޭވަރު ވެފައެވެ. “އަހަރެން އެބަ ގުޅަން އަފްލީންއަށް.. އެދިމާއިން އަވްލީންގެ ޚަބަރެއް ވީތޯ ބަލާލަން..” އިތުޤާލް އަފްލީންއަށް ގުޅިއެވެ.
ކައިޔަން ދެލޯ މަރާލައިގެން އޮންނަން ފެށުމުން އަވްލީން ކަންބޮޑުވާން ފެށިއެވެ. “ކައި..؟ ކައި..؟؟ ކައިޔަން..؟ ކައިޔަން..؟!؟!” އަވްލީން ކައިޔަންގެ ދެކޮނޑުގައި ހިފާ ތަޅުވަން ފެށިއެވެ. “ކައި..!!” އަވްލީންއަށް ރޮވިއްޖެއެވެ. “ކައި ޕްލީޒް ޕްލީޒް އަހަރެންނަށް މާފު ކުރޭ.. ކުރިން ކައިއަށް ދިމާވި އެކްސިޑެންޓްގެ ވާހަކަ ބުނެވުނުނަމަ.. ކައިގެ ހަނދާންތައް ވަކިވެގެން ދިޔައީ ކީއްވެގެން ކަން ބުނެވުނު ނަމަ..!” އަވްލީންއަށް ބޭކާރު އެއްޗެހި ކިޔެން ފެށުނެވެ.
ކައިޔަން ހަނދާންވަމުން ގެންދިޔައެވެ. ހީވަނީ ސިކުނޑީގެ ތެރޭގައި ފިލްމެއް ރިވައިންޑް ކޮށްލާފައި ވާހެންނެވެ.
ލަހުފާ އޭރު ކައިޔަންއާއި ޒިވީން ގެއިން ނެރެލި ދުވަސް މަތިން ހަނދާންވިއެވެ. އަވީނާ އާއި ބައްދަލުވި މަތިންވެސް ހަނދާންވިއެވެ. އަލުން ލަހުފާއާއެކީގައި މުޖާހިދުމެންގެ ގެއަށް ދިޔަ މަތިން ހަނދާންވިއެވެ. ފުރަތަމަ ކައިޔަންއަށް އެކުއްޖާ ފެނުނު ދުވަސް މަތިން ހަނދާންވިއެވެ. އަވީނާއާއި އަލުން ބައްދަލުވީ ވަގުތު މަތިންވެސް ހަނދާންވިއެވެ. ރަނާ ދުރު ކޮށްލެވުނު މަތި ހަނދާންވިއެވެ. މަރިޔަންގެ ނަމުގައި އުޅެފައި އަވްލީން ކައިޔަންއަށް ހަގީގަތް ކިޔާދިން ރޭ މަތިން ހަނދާންވިއެވެ. ޒާއިން އާއި ފުރަތަމަ ބައްދަލުވި ދުވަސް މަތިން ހަނދާންވިއެވެ. އަވްލީންއާއެކީ ސްކޫލްގައި މަސައްކަތް ކުރެވުނު މަތިން ހަނދާންވިއެވެ. ޓީޗަރުންގެ ދުވަހުގެ ކުޑަ ހަފްލާގެ ރޭގައި ކައިޔަން އޭނާގެ އިހުސާސްތައް ބަންޑުންޖެހި މަތިންވެސް ހަނދާންވިއެވެ. ރިސޯޓަށް ގޮސް އުޅުނު މަޖާ ދުވަސް މަތިން ހަނދާންވިއެވެ. ރަނާ އަވްލީންއަށް ކުރި ބޮޑު އަނިޔާއާއި ލިޔާންގެ ބަދަލު ހިފުމުގެ މަތިންވެސް ހަނދާންވިއެވެ.
“އަޅެ ކައިޔަން.. ކައިޔަން ސްކޫލަށް ވަޒީފާއަށް ދިޔަމަތި ހަނދާނެއް ނުވޭތަ..؟ ރިމެންބަރ ދަ ފަސްޓް ޑޭ ވީ މެޓް..؟ ސްކޫލްގައި ކިހާ ހަނދާނުން ނުފިލައިގެންދާނެހާ ކަންކަން ހިނގައިދިޔަ..؟ އަހަރެމެން ރިސޯޓަށް ދިޔަމަތި ހަނދާން ވޭތަ.؟ ކައިޔަންގެ ލޯބިވާ ކޮއްކޮ ޒާއިން މަތިން ހަނދާނެއް ނުވޭތަ..؟” ގިސްލަމުން ކަހަލަ ގޮތަކަށް އަވްލީން ކިޔަމުން ގެންދިޔައެވެ.
“އަހަރެމެން ސްކޫލްގެ ޓީޗަރސް ޑޭއަށް އައިސްކްރީމް ސްޓޯލްގައި މަސައްކަތްކުރި ހަނދާނެއް ނުވޭ..؟ ރޯލްޕްލޭ މަތިން ހަނދާނެއް ނުވޭތަ..؟ އެރޭ ކައިޔަން ކޮންފެސްކުރި މަތިން ހަނދާނެއް ނުވޭތަ..؟ ކައި އަވްއަށް ދިން ފަށުގެ މަތިން ހަނދާނެއް ނުވޭތަ..؟” އަވްލީން ކައިޔަންގެ ބޯ އޭނާގެ އުނގުމަތީގައި ބާއްވާލައިގެން އިނދެ ކިޔާދެމުން ކުރިއަށް ގެންދިޔައެވެ.
ފުލުހުންނަށް ގުޅަން ތައްޔާރުވިތަނާ އަފްލީން ދުވަމުން އަންނަތަން ފެނުނެވެ. “ކިހާއިރެއް ވަންދެން މަންމަ ދަރިފުޅަށް ގުޅައިފިން އަފް.. ކީއްވެގެން ފޯނު ނުނެގީ..؟ އެނގެއެއްނު މި ނާޒުކު ހާލަތު..؟” އިތުޤާލް ހުރީ ހިތްހަމަ ނުޖެހިފައެވެ. “ޗިލް މޯމް.. އަޅުގަނޑުގެ ފޯނުން ޗާރޖު ހުސްވީއޭ..” ނިވިފައި ހުރި ފޯނު ދައްކާލަމުން އަފްލީން ބުނެލިއެވެ. “ދެން ކީއްވެގެންތަ މިކޮޅަށް ތި އައީ..؟ މަންމަ ބުނީ އަވް ކޮއްކޮގެ ޚަބަރެއް ވަންދެން އެކޮޅުގައި މަޑު ކުރާށޭ..!” އިތުޤާލް ހުރީ ޑިޕްރެޝަންއަށް ދާވަރު ވެފައެވެ. “ހްމްމް.. ކަމެއް ފެނިގެންނޭ މިއައީ މަންމާ..” އަފްލީން އަވީނާގެ މޫނަށް ބަލާލިއެވެ.
“ކިހިނެތްވީ…؟” އަވީނާ ފާޑަކަށް އަހާލިއެވެ. “މަންމާ..! މިސިންގ ޕޭޝަންޓްގެ ފޮޓޯ މަންމަ ދެންމެ ފޮނުވީމެއްނު..؟” އަފްލީން އިތުޤާލްގެ ފޯނަށް އިޝާރާތް ކޮށްލުމުން ބުނެލިއެވެ. “ކައިޔަން ފްރޮމް ރޫމް ޓުވެންޓީ ފައިވް..؟” އިތުޤާލްގެ ވާހަކަ ދެއްކުން ގިނަ ފަހަރަށް ހުންނަނީ މެލޭޝިޔަން އެކްސެންޓް އަކަށް ގޮސްފައެވެ. “ހްމްމް އޭނަ.. މިއަދު އަޅުގަނޑު ދެކުނިން… މުޖާހިދުބޭއާއެކީ ފިހާރައަށް ދިޔަ ގަޑީގައި.. ކިރިޔާ އެކްސިޑެންޓް ނުވީ..!” އަފްލީން ބުނެލިއެވެ.
“ކައިޔަން..؟ ކައިޔަން އެގަޑީ ބޭރަށް ދާންޖެހޭނީ ކީއްވެގެން..؟؟” “ކާކު ހުއްދަ ދިނީ ޕޭޝަންޓުން ބޭރަށް ފޮނުވަން..؟” އަވީނާ ކުރި ސުވާލު ހިންދާލަމުން އިތުޤާލް އެހެން އަހާލީ ހަރުކަށިކަމާއެކީގައެވެ.
“އަޅުގަނޑަށް ކިހިނެތްތަ އެނގެނީ..؟” އަފްލީން ދެކޮނޑު އަރުވާލިއެވެ.
“މަށަށް ފެންނަނީ ފުލުހުންނަށް ރިޕޯޓް ކުރަން..” އަވީނާ ބުނެލިއެވެ. ”ފުރަތަމައަށް ތިކަން ކުރެވުނު ނަމަ މާ ރަނގަޅުވީސް..” އިތުޤާލް ފޯނު ނެގިތަނާ މީހަކު އައިސް އިތުޤާލްގެ އަތުގައި ހިފޭއްޓިއެވެ. މޫނު ފުސްކޮށްލާފައި އެމީހާއަށް ހަޅޭއްލަވައިގަންނަން އިތުޤާލް ހުޅުވި އަނގަ ލައްޕާލަން ޖެހުނީ އެއީ ކާކުކަން އެނގުމުންނެވެ. “ޑޯންޓް..! އަދިއެއްނޫން.. އަވްލީންއާއި ކައިޔަން…!” މުޒައިނާގެ ރާގު ހުރި ގޮތުން އެހުރީ ވަރަށް ވަރުބަލިވެފައި ކަން އެނގެއެވެ. “މުޒައިނާ….؟؟؟؟” އިތުޤާލް ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ.
ކައިޔަންގެ ބޮލަށް ކުޑަކޮށް ލުއިވިއެވެ. ކައިޔަން މަޑުމަޑުން އެސްފިޔަ ތަޅުވާލުމުން އަވްލީންއަށް އާ ދިރުމެއް އައި ކަހަލައެވެ. މިލާ މޯޅިވެފައިވާ އެ މޫނުމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ.
“އަ… އަވް….؟” ކައިޔަން ތެދުވަން މަސައްކަތް ކުރިއެވެ. “އައި ނިއު މައި ކައި ވިލް އޯޕެން ހިޒް އައިޒް..!” އަވްލީންއަށް އެހެން ބުނެލެވުނީ ބޭއިޚްތިޔާރުގައެވެ. ”އަ… އަވް..ލީން…!” ކައިޔަން އޮތީ ވަރަށް ވަރުދެރަވެފައެވެ. ބޮލުގެ ރިހުން އަދިވެސް އެކީގައި ކެނޑޭގޮތެއް ނުވެއެވެ. ހީވަނީ ބޯ ގައިގެ އެހެން ތަނަކަށް ވުރެ މާ ބަރު ހެންނެވެ. ވަށައިގެންވާ މާހައުލުވެސް ކައިޔަންއަށް ފެންނަނީ އެނބުރޭ ތަނެވެ. އެހާވެސް ބޮލަށް އެނބުރުން އަރާފައި ކައިޔަން އޮތެވެ.
”ކައިޔަން..” ދެ މީހުން އެކަކު އަނެކަކުގެ ނަމުން ގޮވަމުން ގެންދިޔައެވެ. “އަވްލީން..” ކައިޔަންއަށް ސީދަލަށް އިށީނދެވޭވަރުވީ އޭގެ ފަނަރަވަރަކަށް މިނެޓް ފަހުންނެވެ. އަވްލީން އަވަހަށް ކައިޔަންގެ ކޮނޑުގައި އަތް ޖައްސާލާ ސީދަލަށް ކައިޔަން ބެހެއްޓޭތޯ މަސައްކަތް ކުރީ ކައިޔަން ވެއްޓިދާނެތީއެވެ. “އަވްލީން…. އަވް.. ޒިވީ.. ޒާއިން ކޮބާ..؟” ކައިޔަން އެހެން ބުނެލުމާއެކީ އަވްލީންގެ ގަޔަށް މީހަކު ކަރަންޓު ޝޮކެއް ދިން ކަހަލައެވެ. ”ކައި… ޔޫ ރިމެމްބަރޑް..!” އަވްލީންއަށް ބޮޑަށް ރޮވުނީއެވެ.
“އަވް….” ކައިޔަން އަވްލީންގެ ގައިގައި އޮޅުލައިގަތެވެ. އަވްލީން ލައިގެން ހުރި ޓީޝާރޓް ތެމެމުން ދިޔައީ ކައިޔަންގެ ހޫނު ކަރުނަތަކުންނެވެ. ކައިޔަން ކުރިމަތީ ނުރޯން ހުރި އަވްލީންއަށް އެންމެފަހުން ޖެހުނީ ރޯށެވެ. ދެމީހުން އެކަކު އަނެކަކުގެ ގައިގައި ބައްދާލައިގެން ހުރެ ރުއެވެ. އެތައްއިރެއް ވަންދެން ދެމީހުން އެހެން ހުއްޓެވެ. އޭރު ހަނދުވެސް ވަނީ ހިނިތުންވެފައެވެ. ހަނދަށް އެޅިފައިވާ އެންމެ ކަޅު ވިލާގަނޑެއް ވެސް ނެތެވެ. ފިނިފިނި ވައިރޯޅިތައް ޖެހެމުން ދިޔައެވެ. ނަމަވެސް އަވްލީންއާއި ކައިޔަންގެ މެދުން ދާން އެންމެ ވައިރޯޅިއަކަށްވެސް ޖާގައެއް ނެތެވެ.
”ކައި އާއި ހެދި މިހާ ދުވަސް ވަންދެން އަވް ސަފަރ ކުރަން ޖެހުނީ… ހައު ޑިޑް ޔޫ ސަވައިވް..؟” ކައިޔަން ދެލޯ ފޮހެލާފައި އަހާލިއެވެ. ”ކައިޔަން އާއި ހެދި… ކައި.. އައި ހޭޑް ފެއިތު އިން ޔޫ….” އަވްލީން ފަސޭހައިން އެހެން ބުނެލިއެއްކަމަކު އެއީ މުޅިން ތެދެއް ނޫނެވެ. ކައިޔަންއާއި ރަނާގެ ކައިވެނީގެ ހަފްލާއަށް އަވްލީންއަށް ލިބޭނެ ދައުވަތު ކާޑުގެ މަންޒަރު ސިކުންތަކަށްވެސް އަވްލީންގެ ސިކުނޑިން ފިލައިގެންނެއް ނުދެއެވެ. ތެދަށް ބުނާނަމަ އޭރު އަވްލީންގެ އިތުރު އެއްވެސް އުންމީދެއް ނެތެވެ. “އަސްލު ކައިގެ މައްސަލައެއް ނޫން އެ އެކްސިޑެންޓް ކުރިމަތި ވުމަކީ… ކައިގެ އިންޓެންޝަން ކުރިންވެސް ރަނގަޅު.. ކައިގެ މަގްސަދަކަށްވީ އަވް ލިޔާންގެ އަތްދަށުން ސަލާމަތް ކުރުން.. އެކަމަކު އެ ދުވަހު ކައިޔަން އަވް ސަލާމަތް ކުރަން ނައިނަމަ…” އަވްލީން ޖުމްލަ ފުރިހަމަ ނުކުރަނީސް ކައިޔަން އަވްލީންގެ ތުންފަތްމަތީގައި ޝަހާދަތް އިނގިލި ޖައްސާ ބާރުކޮށްލިއެވެ.
”ދެން އިތުރަށް އެންމެ ބަހެއްވެސް ބުނެފިއްޔާ އަދަބު ދޭނަން..! އަޅެ އަވް ބުނެބަލަ.. އެ ދުވަހު ކައި އަވް ސަލާމަތްކުރަން ނުދިޔަނަމަ ކައި ވާނީ ކޮންކަހަލަ މީހަކަށް..؟” ކައިޔަން ރަނގަޅު ސުވާލެއް އެއްސެވެ.
”ތި ބުނަން އުޅުނީ ނުބައި މީހެކޭއެއްނު..؟؟ އެކަމް ކައި ތި ރަނގަޅު މީހެއް.. ކައިޔަން ކިހިނެތްތަ ނުބައި މީހަކަށް ވާނީ..؟؟” އަވްލީން ކައިޔަންގެ ޝަހާދަތް އިނގިލި ދުރަށްލާފައި އެހިއެވެ. ”އަވް ސަލާމަތް ކުރަން ކައި ނުދިޔަނަމަ އެދުވަހު ސުޕަރމޭން، ސްޕައިޑަރ މޭން، ކެޕްޓަން އެމެރިކާ ނޫނީ ފްލޭޝްގެ ތެރެއިން އެކަކުވެސް ނާންނާނެ އަވް ސަލާމަތް ކުރާކަށް.. ޖަސްޓް ކައިޔަން ސޭވްޑް ޔޫ…” ލޯތްބާއެކީ އަވްލީންގެ ދެލޮލުން ފައިބާފައިވާ ކަރުނަތައް ފޮހެލަދެމުން ކައިޔަން ބުނެލިއެވެ.
“ތޭންކްސް މައި ހީރޯ…” އަވްލީން ހީލަމުން ބުނެލިއެވެ. “އައި ވިލް އޯލްވޭސް ބީ ދެއަރ ފޯރ ޔޫ…” ކައިޔަން ހީލާފައި ދެލޯ މަރާލިތަނާ ކަރުނަ ތިއްކެއް ނީރާލިއެވެ. އަވްލީން އެ ކަރުނަ ތިކިވެސް ފޮހެލައިދިނެވެ. ކުއްލިއަކަށް އަވްލީން ގެނައި ކުޑަކުޑަ ހަރަކާތުން ކައިޔަންއަށް ހެވުނެވެ. އަވްލީންގެ ތުންފަތުން ކުޑަ ހަދިޔާއެއް ކައިޔަންގެ ކޮލަށް ލިބުނީއެވެ. އެއަށްފަހު ކައިޔަންގެ ގައިގައި ބައްދާލައިގެން އޮތްއިރު އަވްލީންއަށްވެސް ކުޑަކޮށް ހެވިއްޖެއެވެ.
“މިރޭ އަދި އަވީނާދައްތަމެންނަށް މި ޚަބަރު ދީގެންނެއް ނުވާނެ.. އެމީހުން ކުޑަކޮށް ތަޅުވާލަން ވާނެ..!!” ކައިޔަން ލާނެތް ހިނިތުންވުމަކާއެކީ ބުނެލިއެވެ.
“މަންމަމެން..! ގަޑިން ކިހާވަރެއް..؟” އެއުފާވެރި ވަގުތުކޮޅާއި ހެދި ގަޑި ދިޔަގޮތްވެސް އަވްލީންގެ ހަނދާނުން ކައްސާލާފައި ވުމުން އަވްލީންއަށް ތެޅިގަނެވުނެވެ. “ހަމަޖެހޭ އަވް.. މިރެއަށް އަހަރެން ހުންނާނީ އަވް ރިޒާރވްކޮށްފައި…” ކައިޔަންގެ ތޫނު ނަޒަރު އަވްލީންގެ މޫނަށް އަމާޒުވުމުން އަވްލީން ރަކިވިއެވެ. އިސްތަށިގަނޑާއި ކުޅެލެވިއްޖެއެވެ. “ފޯރ ޓުނައިޓް.. ޔުއަރ އޮންލީ މައިން..!” ކައިޔަން އަވްލީންގެ ގައިގައި ދެއަތް ވަށާލުމުން އަވްލީންއަށް ގަދައެއް ނުދެއްކުނެވެ. މުޅި އެތަން ގުގުމާލީ ކައިޔަން އާއި އަވްލީންގެ އުފާވެރި ހީނލުންތަކުގެ އަޑުންނެވެ.
”މުޒޭ.. އަވްއެއް ނެތޭ.. ކައިޔަންއެއްވެސް ނެތޭ..!” އިތުޤާލް ހީވަނީ ގައިން ތަނެއްގައި ރޯވެގެން އުޅޭހެންނެވެ. ”ހަމަޖެހޭ..!” މުޒައިނާ އޭނާގެ ސައިކޭޓްރިސްޓްކަމުގެ އުކުޅުތައް ބޭނުން ކުރަންފެށިއެވެ.
މުޒައިނާ އިތުޤާލް ހަމައަކަށް އަޅުވާލީ މަދު މިނެޓުކޮޅެއްގެ ތެރޭގައެވެ. “އަޅުގަނޑުގެ ކޮންޓްރޯލްގެ ދަށުގައި ހުރިހާކަމެއްވެސް ވާނީ.. މެޑަމްމެން ހަމަޖެހިލައްވާ..” މުޒައިނާ ބުނެލިއެވެ.
“އަވްލީން ވީ ތަން މުޒޭއަށް އެނގޭތަ..؟” އިތުޤާލް މައިނޭވާލަމުން އަހާލިއެވެ. ހުރިހާ ހަޅޭއްލެވުމަކާއި ހާސްވުމުން ނޭވާ ކުރުވީއެވެ. “އާނ.. އަވްލީން އާއި ޕޭޝަންޓް ވާނީ ރައްކާތެރި ހިސާބެއްގައި.. ދޭ ބޯތް އާރ ސޭފް.. ދެން ވަރަށް އަވަހަށް އައިސްފާނެ..!” މުޒައިނާ އޭނާގެ ފޯނަށް ކުޑަ ނަޒަރެއްދީފައި ހީނލަމުން ބުނެލިއެވެ. އިތުޤާލް ފުންނޭވާތަކެއް ބޭރު ކުރަމުން ގޮސް އަވީނާމެންގެ ގޭ ބޭރުގައި ހުންނަ އުނދޯލީގައި އިށީނދެލިއެވެ. އަފްލީންވެސް ގޮސް އިތުޤާލްގެ ގާތު އިށީނދެ އިތުޤާލްގެ އަތުގައި ހިފާ ބާރުކޮށްލިއެވެ. “އެ ދައްތައަށް އިތުބާރު ކުރަމާ.. އިރާދަކުރެއްވިއްޔާ ކޮއްކޮ އަދި އަންނާނެ..” އަފްލީން އެހެން ބުނެލާފައި އިތުޤާލްގެ ކޮނޑުގައި ބޯ ޖައްސާލިއެވެ.
“ދެން ހިނގާދާން.. މަންމަމެން ހަމަ އަސްލުވެސް މިހާރު ތިބޭނީ ބިރުންގޮސް ހަދާނެގޮތް ހުސްވެފައި ކަން ޔަގީން….” އަވްލީން ތެދުވަމުން ބުނެލިއެވެ. ”ހްމްމް.. އަވް ތިއުޅެނީ މިހާރު ކައިގެ ގާތުގައި ހުންނަން ލަދުންތަ..؟؟” ކައިޔަންގެ ހަނދާންތަކާއެކީ ލާނެތްކަންވެސް އަނބުރާ އައިސްފިކަމުގެ ހެކި ފެންނަން ފަށައިފިއެވެ. “އުހުމް.. މަންމަމެ…” ”ދެން މަންމައޭ ބުނެފިއްޔާ އެހެން ތާކުން ތި ތުންފަތް ތަތް ކޮށްލާނީ..!!!” ކައިޔަން އެއްލޯ މަރާލަމުން އެހެން ބުނެލުމުން އަވްލީންގެ ދެކޮލުގައި ޓޮމާޓޯ ޕޭސްޓް އުނގުޅާލި ކަހަލައެވެ. ލަދުންގޮސް މުޅި މޫނު ރަތްވެއްޖެއެވެ. “ދެޓްލް ބީ މައި ފަސްޓް…” އަވްލީން ކުޑަ ހިނިތުންވުމަކާއެކީ ބުނެލިއެވެ.
”ދެންތަ..؟؟” ކައިޔަން ހަރަކާތެއް ގެނައީ އަވްލީން ބަހެއް ނުބުނަނީހެވެ. އަވްލީންއާއި ދިމާލަށް އެހެން ގުދުވެލައިގެ އޮވެފައި ކައިޔަން އަވްލީން ދޫކޮށްލީ އިރުކޮޅެއް ފަހުންނެވެ. އޭރު އަވްލީންގެ މޫނެކޭ ދިއްލާފައިވާ ރަތްކުލައިގެ އަލިގަދަ ބޮތްކެކޭ ތަފާތެއް ނެތެވެ. ލަދުން ގޮސް މީހާ ވަނީ ރަތްވާވަރަކަށް ރަތްވެފައެވެ.
“ހިނގާ ދެން ގެއަށް ދާން.. އަވީނާދައްތަ ހަމައަސްލަށްވެސް ހުންނާނީ މިހާރު ވަރަށް ކަންބޮޑުވެފައި..” ކައިޔަން އަވްލީންގެ އަތުގައި ހިފާ ކޮޅަށް ނަގަމުން ބުނެލިއެވެ. ގެއަށް ދިޔަ މަގުމަތީގައި ދެމީހުންވެސް ދިޔައީ އަތު ގުޅުވާލައިގެންނެވެ. ގެއާއަރާ ހަމަވުމުން ކައިޔަން އަވްލީންގެ ނިތުގައި ބޮސްދިނެވެ.
“ތޭންކްސް…” އަވްލީން ހީނލިއެވެ. “ކޮންކަމަކަށް..؟” ކައިޔަން ގަސްތުގައި ނޭނގޭކަމަށް ހަދާލީ އަވްލީން ލައްވާ ބުނުވާށެވެ. “ފޯ އެވްރީތިންގ.. ފޯ ކަމިންގ ބެކް..” އަވްލީން އަނެއްކާވެސް ކައިޔަންގެ ގައިގައި ބައްދާލިގޮތުން ދުވަހަކުވެސް ނުދޫކޮށްލާނަމޭ ބުނި ކަހަލައެވެ.
“އަދި ޒިވީ އަވްއަށް ދިން ކައިޔަންގެ ތަޅުދަނޑި އެބައޮތް.. މި ހިފައިގެން އެތެރެއަށް ވަދެވޭނީ…” އަވްލީން އަތް ދަބަހުން ކައިޔަންގެ ތަޅުދަނޑި ނެގިއެވެ. “އޯހް މިއީ ދޯ މަގޭ ތަޅުދަނޑިއަށް ވީ ގޮތް އަދި ކިރިޔާއެއްނު މި އެނގުނީ…” ކައިޔަން ބޯ ކަހާލާފައި އެ ތަޅުދަނޑީގައި ހިފިއެވެ. އަދި އަވްލީންގެ މޫނަށް ބަލާލިއެވެ.
“ދެން ހީނލަބަލަ.. އެންމެ ހަތަރުވަރަކަށް ގަޑިއިރަށް އަވްއަށް ކެތް ކޮށްލެވޭނެއްނު..؟ މާދަން ހެނދުނު ކައި އަވްއަށް ފެންނާނެޔޭ…” ކައިޔަން ހީނލާފައި ބުނެލިއެވެ.
”މާދަމާ..!” އަވްލީންއަށް ނިތްކުރީގައި އަތް އަޅާލެވުނެވެ. “ކައި… މާދަން ހަޔެއް ޖަހާއިރުގައި….” އަވްލީން ގަޑި ކީ މާދަމާ ވާނީ ކައިޔަންއަށް މި އަހަރު ދެން އަވްލީން ފެންނާނެ ފަހު ދުވަސް ހެން ހީވުމުންނެވެ. ”އޯކޭ.. ލަވް ޔޫ… ބާއި..” ގެއަށް ވަންނަމުން ކައިޔަން އަތް ހޫރާލިއެވެ.
“ކައިޔަން ގޭތެރެއަށް ވަދެގެން ދިޔައިރު ކޮންމެވެސް މީހަކު އެތެރޭގައި އުޅޭހެން ހީވިއެވެ. ”ކާކު..؟” ޒިވީން ހަޅޭއްލަވައިގަތުމުން ޒާއިންވެސް ދުވެފައި ކަހަލަ ގޮތަކަށް ތިރިއަށް ފައިބައިގެން އައެވެ.
“ދޮންތި މިއަދު އެއްދޮރު ތަޅެއް ނުލަން ދޯ..؟” ޒާއިން ދެލޯ މަރައިގެން ހުރީ އަލި އެޅޭވަރުން ލޮލަށް އުނދަގޫވާތީއެވެ. “ޒިވް… ޒާއިން.. އައިމް ބެކް..!” ކައިޔަން ފުޅާ ހިނިތުންވުމަކާއެކީ ބުނެލިއެވެ.
ކޮއްކޮމެންގެ މޫނަށް އަރައިގެން ދާނެ ކުލަވަރުތައް ދެކެން ކެތްމަދުވެ ހުރެއެވެ.
ޒިވީން ބޯން އިން ކިރުތަށި އަތުން ދޫވިއެވެ. ޕްލާސްޓިކް ތައްޓަކަށް ވުމުން ތަޅައިގެންނެއް ނުދެއެވެ. އެއީވެސް ނަސީބެކެވެ. ޒާއިން އެންމެ ލޮލެއް ހުޅުވައިގެން ހުރިއިރު އެ ލޯވެސްވަނީ ބޮޑުވެފައެވެ.
“ދޮންބޭ..!!!” ޒިވީންއާއި ޒާއިން ދިޔަގޮތަށް ގޮސް ކައިޔަންގެ ގައިގައި އޮޅުލައިގަތެވެ. އެ ދެމީހުންނަށް ވީ ގޮތުން ހޭން ބޭނުންވެފައި ހުއްޓަސް ކައިޔަން ފުރަތަމަ އެ ދެމީހުންގެ ގައިގައި ބައްދާލިއެވެ.
“ދޮންބެގެ މެމޮރީޒް އަނބުރާ އައީތަ..؟ ވެން..؟ ހައު..؟ ވައި..؟” ޒިވީން ކައިޔަންގެ ދެ ކަންފަތުގައި ހިފައިގެން ހުރެ ސުވާލު ކުރަން ފެށިއެވެ. ”ޔެސް.. ތޭންކް ﷲ… އަވްދައްތައަށް ޝުކުރުއަދާ ކުރަން ހަނދާން ނައްތާނުލާތި… ދޮންބެއަށް އަދި ޒިވީމެންނާއެކީ ހުރެލަން ފުރުސަތެއް ދިނީތީ… އަދި އެލަންގެ ގާތުގައި ނުބުނައްޗޭ.. އައިންގެ ގާތުވެސް.. ދޮންބެ ބޭނުން އެ ދެކުދިންވެސް ސަޕްރައިޒް ކޮށްލަން…” ކައިޔަން ބުނެލިއެވެ. ”އޯކޭ..” ޒާއިންއަށް ވަނީ އާދަޔާޚިލާފް ފޯރިއެއް އައިސްފައެވެ. “ދެން ދޮންބެ ނިދަން ދަނީ…” ކައިޔަން ދާން އުޅުމުން ޒިވީން ކައިޔަން ހުއްޓުވިއެވެ. “އެހާ ފަހުން މިގެއަށް ތި އާދެވުނީވެސް.. ކައިގެން ނިދަން ދެވޭނީ..” ޒިވީން އެހެން ބުނެފައި ފްރިޖުން އެރޭ ކެއްކި އެއްޗެހި ނަގައި ހޫނު ކުރަން ފެށިއެވެ.
އޭރު ޒާއިން ކައިޔަންއާއި ސުވާލަކަށްފަހު ސުވާލެއް ކުރަމުން ގެންދިޔައިރު ހީވަނީ ކައިޔަން އެހުރީ އިންޓަވިއުއެއްގައި ހެންނެވެ.
ޖެހިގެން އައި ދުވަހަށް އިރު އެރީ ކައިޔަންގެ އެނބުރި އައުން ފާޅު ކުރަމުން ކަންނޭނގެއެވެ. އެ ދުވަހު އެކަކަށްވެސް ނިދާކަށް ނޯވެވުނެވެ. އުފާވެފައި ތިބިވަރުން އެންމެންވެސް ހުރީ ތަންމައްޗަށް އަރާ ލޮލުފިޔަވެސް ޖަހާ ނުލާހެން ހީވެއެވެ. ފަހެއް ނުޖަހަނީވެސް ކައިޔަން ހޭލައިފިއެވެ. އޭގެކުރިން ޒާއިން ހޭލައިގެން ބަދިގެތެރޭގައި ތެލިތަށި ތަޅުވާ އަޑުފައްގަނޑު އިވެއެވެ.
ފެންވަރާލައިގެން ކައިޔަން ތުވާއްޔާއެކީ އެނދަށް ވެއްޓިގަތެވެ. ރޭ ނިދުނީ އެންމެ ދެތިން ގަޑިއިރަށް ކަމުގައިވިޔަސް ހާދަ އަރާމުކޮށް ނިދުނެވެ. ހާދަ ރީތި ހުވަފެންތައް ފެނުނެވެ. އެމް.ބީ ބިލްޑިންގގައި ނިދުނަސް އެރޭ ޚަރާބުވެގެން ދަނީ ކައިޔަންއަށް އެ ފެންނަ ހުވަފެންތަކުގެ ސަބަބުންނެވެ. ނަމަވެސް މިހާރު ކައިޔަންގެ ހަނދާންތައް އަނބުރާ އައުމުގެ ސަބަބުން އެ ހުވަފެންތަކެއް ނުފެނެއެވެ.
އިރުކޮޅަކު އެހެން އޮވެފައި ކައިޔަން ތެދުވިއިރު ތުންފަތްމަތީގައި ހިނިތުންވުމެއް ވިއެވެ. އެ ވާހަކަ އިވޭއިރަށް ހައިނާއާއި އިކުވާން އެހެން ރަށެއްގައި ހުރެފައި ފަތާފައި ނަމަވެސް މިރަށަށް ކައިޔަންގެ ގާތަށް އަންނާނެކަން ޔަގީނެވެ. ދެއަތުގައި މަޑު ފެއްސާއި ގަދަ ފެހިކުލައިން ސްޓްރައިޕް ދަމާލާފައިވާ ފެހި ހޫޑީއަކާއި ކަޅު ޖިންސެއް ލައިގެން ކައިޔަން ލޯގަނޑު ކުރިމަތީ ހުއްޓުނެވެ. އަދިވެސް ކައިޔަންގެ މޫނަށް މާބޮޑު ތަފާތުކަމެއް ނާދެއެވެ. ހަމަ އެކަނި އިސްތަށިގަނޑު ދިގުވެފައި ހުރިކަމެވެ. ކުރިން ހުރި ލޯބި މޫނު އަދިވެސް ހުއްޓެވެ.
އިސްތަށިގަނޑު އޮމާންކޮށް ނިންމާލާފައި ކައިޔަން ގަޔަށް ސެންޓު ބުރުވާލިއެވެ. ‘ފޮގް’ ސެންޓުގެ ހިތްގައިމު ވަހުން މުޅި ގޭތެރެ އެއްވަސް ކުރަމުން ކައިޔަން ސިޑިން ފޭބިއިރު ޒިވީންވެސް ހޭލައިގެން ހުއްޓެވެ. ޒީޝް ޒިވީންގެ އުނގުގައި ހުއްޓެވެ. ޒިވީން ޒީޝްއަށް ޔޯގަޓް ކާންދެނީއެވެ.
”ދޮންބެއަށް އަދި އެއްކަމެއް ބުނެދީބަލަ.. ޒީޝް މިގެއަށް ގެންނަން ޖެހުނީ ކީއްވެގެން..؟ މަންމައާއެކީ ޒީޝްއަށް ހަމަ ހުރެވޭނެއްނު މުޖާހިދުގެ ލާރިތައް ތެރޭ ފަތާލަ ފަތާލާ..؟” ކައިޔަން މޭޒުދޮށުގައި އިށީންނަމުން އަހާލިއެވެ. “އެޕިއަރެންޓްލީ ޒީޝްގެ ލާސްޓް ނޭމްއަކަށް އިންނަނީ މުޖާހިދުގެ ނަމެއް ނޫން… އިޓްސް ޚަދީޖާ ޒީޝް ޒާހިދު.. ޔޫ ނޯ މޯމް…؟؟” ޒިވީން ބުނެދޭން އުޅުނު ވާހަކަ ކައިޔަންއަށް ނަގައިގަނެވުނެވެ. ”އޯހް އެހެންވެގެން ދޯ..؟ މުޖާހިދު ޒީޝްވެސް ނެރެލީތަ..؟” ކައިޔަން އަހާލިއެވެ. “އުހުމް.. މަންމަ ބޭނުންނުވީ މުޖާހިދުގެ އަނިޔާވެރިކަމުގައި ޒީޝް ގެންގުޅެން.. އެކަމް ވަރަށް އަވަހަށް މަންމަވެސް އަންނާނެ… އޭރުން ދެން ޒީޝްއަށް ވާނީ ކިހިނެތްކަމެއް ނޭނގޭ.. މަންމަ ޒީޝްގެ ޑޭޑް ގާތަށްވެސް ހިނގައިދާނެ.. ޒީޝްވެސް ގެންދާނެހެން ހީވަނީ…” ޒިވީން ބުނެލިއެވެ.
“އަވް..!!” އަވްލީންއަށް ދެލޯ ހުޅުވާލެވުނީ އަވީނާ ގޮވާލި އަޑަށެވެ. “ރޭ ހަތަރުދަމު މަންމަމެންނަށް ފިލައިގެން އަވް ކޮންތާކުތަ އުޅުނީ..؟؟” އަވީނާ އެހެން އަހާލުމުން އަލާންވެސް ވަރަށް ބޮޑުވެފައި އަވްލީން އުޅުނީ ކޮންތާކުތޯ އަހާލިއެވެ. “ކައިޔަންއާއެކީ..” އަވްލީން ހަމަޖެހިލާފައި ބުނެލިއެވެ.
”ސައިކޭޓްރިސްޓްގެ ވަޒީފާ ނިމެނީ ހެނދުނަށް ހަތަރެއް ޖެހީމަ…؟” އަލާން އަހާލިއެވެ. “އުހުމް… ދެން އެލަން ތި ބުނަނީ ކައިގެ ހަނދާންތައް އަނބުރާ އައިކަމުގައި ވިޔަސް އަވް ކައިޔަން ދޫކޮށްލާފައި ގެއަށް އަންނަންވީއޭތަ..؟؟” އަވްލީން ހެމުން އެހެން އަހާލުމުން ހީވީ ގޭގެ ފުރާޅުވެސް ނަގާ އެއްލާލި ހެންނެވެ. “ވަގުބޭބެއޭ..؟” “ކައިޔަންއޭ..؟؟” އަވީނާ އުފަލުން ހަޅޭއްލަވައިގަތް އަޑަށް ފަރުހާން އާއި އައިންވެސް އަވްލީންގެ ކޮޓަރިއަށް ވަނީ ދުވެފައެވެ.
”ކައިޔަން އިޒް ބެކް..!” އަވްލީން ބޯ ޖަހާލިއެވެ.
އަނގަޔަށް ފުރަތަމަ ރޮށިކޮޅު ނުލެވެނީސް ދޮރުގައި ޓަކި ޖަހަން ފެށިއެވެ. ޒާއިން ގޮސް ރަނގަޅަށް ދޮރު ނުހުޅުވަނީސް އައިން އެތެރެއަށް ދެމިގަތެވެ. ”ވަގު ބޭބޭ..!!!” އައިން ދުވެފައި ދިޔަގޮތަށް ފުންމައިގެން ގޮސް ކައިޔަންގެ ގައިގައި އޮޅުލައިގަތެވެ. އަވީނާ އާއި އަލާންއަށްވެސް ވީހަމަ އެވަރެވެ. އެ އެންމެން ބައްދާލައިގެން ހުރުމުން ކައިޔަންއަށް އަނގައިގައިވާ ރޮށިކޮޅު ދިރުވާލެވުނީ ކިރިޔާއެވެ.
“ރިމެންބަރ މީ..؟ އަލާން..؟ ޕްރިޓީ ބޯއި..؟” އިސްތަށިގަނޑަށް އަތް ވައްދާލާފައި ތުއި ވައްތަރެއް ޖައްސާލަމުން އަލާން އަހާލިއެވެ. “އަފްކޯޒް.. ތީ ޒިވްގެ ހީރޯއެއްނު..؟ ބުނެބަލަ.. ދޮންބެ ނެތް ދުވަސް ކޮޅުގައި ފައިހާންގެ ކަންތައްތައް ދިޔައީ ކިހިނެތްތަ..؟” ކައިޔަން އަހާލިއެވެ.
“ގަދަކޮށް.. ކްލާސް ނިމިގެން ޒިވީ ހުރީ އެލަން އަންނަންދެން މަޑުކޮށްގެން.. އެ ގަޑި އަކީ ދައްތަމެން ބޮޑެތި ޑަސްބިންތައް ހިފައިގެން ކްލާސްތައް ސާފުކުރަން އުޅޭ ގަޑި.. ދޮންބެ ނެތީމައި ފައިހާން ހުރީ ވަރަށް މޮޅުވެގެން ޒިވީއާއި އަނގަތަޅަން.. ޒިވީ އެންމެފަހުން ދުއްވައިގަތީ.. ބޮލަށް ނުކުޅަދާނަވެގެން… ދެން ފައިހާން ދުއްވައިގަތްތަނާ އެތަނުން މޮޕެއްގައި އަޅައިގަނެފައި ދައްތަމެން ގެންގުޅޭ އެންމެ ބޮޑު ކުނި ޑަސްބިނަށް ވެއްޓުނީ… ހީނހީނ ހަލާކުވެފައި އެދުވަހު އެލަންއަށާއި ޒިވީއަށްވެސް ހުރެވުނީ..” އަލާން ކިޔައިދެމުން ގެންދިޔައިރުވެސް ހޭން ދޭތެރެ ދޭތެރެއިން ވާހަކަ ހުއްޓާލައެވެ.
“އެސޮރަށް ވާވަރެއް ވެފައެއްނު މިހާރު ހުންނާނީ..” ކައިޔަންއަށްވެސް ހެވުނެވެ. “ހޫމް.. ދެވަރުން އެއްވަރުވެފައި އެދުވަހު ހުރީ.. އަވް ދެކުނީމޭ..” އަވްލީންގެ އަޑަށް ކައިޔަން ދޮރާއި ދިމާލަށް ކަޅި އެއްލިއެވެ. އޭރު އަވްލީން ހުރީ ކަޅު ހޫޑީއަކާއި ފެހި ޖިންސުސޯޓެއް ލައިގެންނެވެ. “ތީ ލިޔާންތަ..؟” ކައިޔަން އެހެން ބުނެލުމުން އަވްލީން ރަނާގެ މަތިން ހަނދާންވިއެވެ. “ހޭ ކައި.. ވަން މިނެޓް..” އަވްލީން އެހެން ބުނެލާފައި ރަނާއަށް ގުޅާލިއެވެ.
ހެއަރ ޑްރަޔަރ ހިފައިގެން ހުރި ރަނާ ފޯނާއި ދިމާލަށް ބަލާލީ އެ ވައިބްރޭޓްވިހެން ހީވެގެންނެވެ. އޭރު ސްކްރީނަށް އަރާފައިވާ އިންލޭންޑް ޓައިޕެންގެ ނަމާއި ފޮޓޯއަކަށް ލާފައިވާ ހަރުފަ ފެނުމުން އެއީ އަވްލީންކަން ދެނެގެންނަން އެންމެންނަށްވެސް އެނގޭނެއެވެ. “ހަލޯ…؟” ރަނާ ބުނެލިއެވެ.
“ބޮޑުކަމެއް ވެއްޖެ.. ވަރަށް އަވަހަށް މި ގަޑީގައި އާދެވޭނެތަ..؟” އަވްލީން އަހާލިއެވެ. “ހުރޭ.. އެބަ އަންނަން..” ރަނާ ފޯނު ބާއްވާފައި ސޯފާގައި ނިދާލާފައި އޮތް ލިޔާންއަށް ބަލާލާފައި ހީނލިއެވެ. މެއާ ހަމައަށް ކުއިލްޓް އަޅާލައިގެން ލިޔާން އޮތްއިރު ވަރަށް ފުން ނިންޖެއްގެ ތެރެއަށް ގެނބިފައި އޮތްހެން ހީވެއެވެ. ރަނާ ގުދުވެ ކުއިލްޓް ރީތިކޮށްލަން އުޅުނެވެ. “އަހަރެންނަށް ފިލައިގެން ދާންކަމަށްތަ ރަނޫ ތި އުޅެނީ..؟” ލިޔާން އެއް ލޯ ހުޅުވާލާފައި ސަމާސާ ރާގަކަށް އަހާލިއެވެ. ”ނޫނޭ ކުއިލްޓް………” ރަނާ އެހެން ބުނެ ނުނިމެނީސް ލިޔާން ރަނާގެ ކަރުގައި އަތް ވަށާލާފައި އަނެއް ފަރާތަށް އެނބުރުނެވެ. “ނިދަން އޮށޯވެބަލަ.. އަދި ގަޑިން ހަތެއްވެސް ނުޖަހައޭ..” ލިޔާން ބުނެލިއެވެ.
”ވަރަށް އަވަހަށް ތަނަކަށް ދާން ޖެހިގެންނޭ މިއުޅެނީ…” ރަނާ ބުނެލިއެވެ. “ނުދޫކޮށްލައިފިއްޔާ..؟؟” ލިޔާން އަހާލިއެވެ. “ދެން ވަރަށް ބާރަށް ހަޅޭއްލަވައިގަންނާނީ…” ރަނާއަށްވެސް ހެވުނެވެ. “ނުކެރޭނެ ރަނޫއަށް ހަޅޭއްލަވާކަށް.. އޭރުން އަވައްޓެރިން އައިސް ޕޮލިހަށް ގުޅާނެ.. އަނެއްކާ އަހަރެން ޖަލަށް ލާތަން ބަލަން ރަނޫ ޖެހޭނީ.. އެ ތަން ބަލަން ބޭނުންވޭތަ..؟” ލިޔާން އަހާލިއެވެ. “ނޫން.. އަނެއްކާ ޖަލުން އެސްކޭޕް ވެގެން ލިޔާން ނުކުންނާނީ ކޮން ސިފައެއް ޖެހިގެންކަމެއް ވެސް ދެން ނޭނގޭނެ…” ރަނާ ބުނެލިއެވެ.
”އޯކޭ.. މި ތެދުވީ.. އަވަހަށް އަންނައްޗޭ..” ލިޔާން ރަނާގެ ކަރުން ދޫކޮށްލިއެވެ. “އޭތް މިހާރު މި ޕްލޭން ފަށަނީ.. ޕްލޭންއަކީ އަވްއާއި އެ އަންހެންމީހާ އާއި އަވްގެ ދައްތަ އެކްސިޑެންޓް ކޮށްލުމެއްނު..؟ އެކަމް ދެންމެ އެއާޕޯޓްގައި ހުރި އެކުވެރިޔާ ގުޅައިފި.. ބުނެފި ފްލައިޓް މިރެއަށް ޑިލޭ ވެއްޖެޔޭ..” ލިޔާން އެހެން ބުނެލުމުން ރަނާއަށް ދެވަނަ ފިޔަވަޅެއްވެސް ގެއިން ބޭރަށް ނޭޅުނެވެ.
”ދެން މިހާރު އެ އަންހެން މީހާ ސައިކުގައި އަވްލީންގެ ދައްތަ ގޮވައިގެން އެބަދޭ އެ ވާހަކަ ބުނަން… އެގަޑީ އެ ދެމީހުން އެކްސިޑެންޓްވެގެން މަރުވިއްޔާ އެންމެ ރަނގަޅުވާނީ.. އަވްލީން.. ޔޫ ސަފަރ..!!” ލިޔާން އެހެން ބުނެލުމުން ރަނާ އެނބުރުނީ ކަރުނުން ފުރިގެންވީ ދެލޮލުންނެވެ. “ނޫން ލިޔާން.. އެ ކަން ނުކުރޭ.. އެމީހުން ކައިރީ ބުނޭ ނުކުރާށޭ..!” ރަނާ ލިޔާންގެ މުލައްދަނޑީގައި އޮޅުލައިގަނެފައި ރޮމުން އެހެން ބުނެލުމުން ލިޔާންއަށް ލިބުނީ ކުއްލި ސިހުމެކެވެ. ”ވަޓް..؟ މިއީ ރަނޫ ބޭނުންވެފައި ހުރި ގޮތް ކަމަށް ހިތާ އަހަރެން މިކަން ކުރަންވެސް މި ނިންމީ..” ލިޔާން ގަބޫލު ނުކުރެވިފައި ހުރެ ބުނެލިއެވެ. “ނޫން ލިޔާން.. އެމީހުން ކައިރީ ބުނެބަލަ އަނބުރާ ގެއަށް ދާށޭ..!” ރަނާ ކުޑަކުއްޖެއް ފަދައިން އާދޭސް ކުރިއެވެ.
“ރަނޫވެސް ބޭނުންވީ އެކަކުވެސް ކައިޔަންއާއި ރަނޫގެ މެދަށް ނާންނާށެއްނު..؟ އެ މީހުންގެ ސަބަބުން އަވް ދުވަހަކުވެސް ދެން ނާންނާނެ…” ލިޔާން ބުނެލިއެވެ. “އަވްލީންއަށްވުރެ މާ ކުރިން އަހަރެމެންގެ މެދަށް މީހަކު އައިސްފިޔޭ..” ރަނާ އެހެން ބުނެލުމުން ލިޔާން ޝައުގުވެރިވީ އެއީ ކާކުތޯ ހޯދާށެވެ. “އެއީ ކާކުތަ..؟” ލިޔާން އެހެން އަހާލުމުން ރަނާ ކަރުނުން ފުރިފައިވީ ދެލޮލުން ލިޔާން އާއި ދިމާލަށް ބަލާލިއެވެ. ”އިޓްސް ޔޫ ލިޔާން.. އައި ލަވް ޔޫ… ކައިޔަންގެ މަތިން ހަނދާން ނެތުނުއިރުވެސް ރަނޫ އަކަށް ނުވެސް އެނގުނު.. އިޓްސް ޔޫ…” ރަނާ ލިޔާންގެ މޫނަށް ބަލަން ހުރެފައި ބޭރަށް ނުކުމެ ދުއްވައިގަތްއިރުވެސް ލިޔާން ހުރީ ހުއްޓުން އަރާފައެވެ.
“ރަނޫ.. އިޓްސް ޓޫ ލޭޓް ނައު…” ލިޔާންގެ ދުލުން ބޭރުވި ޖުމްލައަކީ އެއީއެވެ.
ރަނާގެ އިންތިޒާރު ކުރަން މަގުގެ ދެފަރާތް ބަލާލަ ބަލާލަ ހުރި އަވްލީންއަށް މާ ދިގު އިންތިޒާރެއް ކުރާކަށް ނުޖެހުނެވެ. މަގުގެ ކަނާތްފަޅިން ރަނާ ދުވަމުން އަންނަތަން އަވްލީންއަށް ފެނުނެވެ.
”ރަނާ..” އަވްލީން މަޑުމަޑުން އަތް ހޫރާލިއެވެ. އޭރުވެސް ރަނާ މޮޔައެއް ފަދައިން ހަޅޭއްލަވަމުން ކޮންމެވެސް އެއްޗެހިތަކެއް ކިޔަމުން ގެންދިޔައެވެ. ނަމަވެސް ދުރުގައި ހުރުމުން އެ ކިޔާ އެއްޗެއް ސާފުވާގޮތެއް ނުވެއެވެ. “އަވްލީން….!!!!” ރަނާ ހަޅޭއްލަވައިގަނެފައި ފަހަތަށް އިޝާރާތް ކުރަމުން ގެންދިޔައެވެ. “ވަޓް..؟” އަވްލީން ފާޑަކަށް ފަހަތަށް ބަލާލިއެވެ.
ފުރަތަމަވެސް ފެނުނީ ބާރު ސްޕީޑެއްގައި އެ ދިމާލަށް ސައިކަލުގައި އަންނަމުން ދިޔަ އިތުޤާލްއާއި އަފްލީންއެވެ. “ދައްތަ… މަންމަ…” އަވްލީންއަށް ބުނެވުނެވެ. ކުއްލިއަކަށް އަވްލީންމެންގެ ގޭ ގޯޅިން ބޮޑު ލޮރީއެއް އިތުޤާލްއާއި އަފްލީންއާއި ދިމާލަށް ދުއްވާލިއެވެ. އަވްލީންގެ ދެލޯ ބޮޑުވިއެވެ. އިތުޤާލް ހުންގާނު އަނެއް ފަރާތަށް އަނބުރާލެވޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް އެ ލޮރީގެ ކަނެއްގައި ޖެހި ސައިކަލާއި އިތުޤާލްއާއި އަފްލީން ދިޔައީ ވިއްސައިގެންނެވެ. ދެ ވެހިކަލް އެހާ ބާރަށް ދުއްވާފައި އެހާ ބާރަށް ޖެހި އެކްސިޑެންޓްވީއިރުވެސް އަވްލީންއާއި ރަނާ ނޫން އެހެން މީހަކަށް އެ މަންޒަރެއް ނުފެނެއެވެ. އެހާ ފަތިހުގެ ވަގުތަކަށް ވުމާއެކީ މަގުމަތިންވެސް މީހަކު ފެނިއެއްނުލައެވެ.
އަފްލީން ވިއްސައިގެން ގޮސް ބޮޑު ހޮޅިދަނޑިއެއްގައި ޖެހުނުގޮތަށް ބިންމައްޗަށް ވެއްޓުނެވެ. އިތުޤާލް ގޮސް ޖެހުނީ އެތާ އަނެއް މަގުގައި ހުރި ފަޅުގޭގެ ގާތަކެއް މައްޗަށެވެ. ”ދައްތާ..!! މަންމާ..!!” އަވްލީން އަޑުގެ ކޮޅަށް ހަޅޭއްލަވައިގަތުމުން އަވީނާއަށްވުރެ ކުރިން ބޭރަށް ނުކުތީ ކައިޔަންއެވެ. ރަނާ އަވްލީންގެ ގާތުގައި ހުރުމުން ކައިޔަންއަށް ޝައްކެއްވިއެވެ. “ރަނޫ.. އަވްއަށް ކީއްތި…….” “މަ… މަންމައާއި ދައް… ދައްތަ..!” އަވްލީންއަށް އެދިމާލަށް ދުއްވައިގަނެވުނެވެ. އޭރު އަވައްޓެރި ދެތިން ގެއަކުން މީހުން ނުކުމެ އުޅުނެވެ. އަވްލީންގެ ހަޅޭކުގެ އަޑަކީ އެމީހުންނަށް އިއްވާލި ސަންގެއްގެ އަޑު ފަދައެވެ. އެންމެންނަށް އެހިސާބަށް ދެވުނުއިރު އެންބިއުލާންސަށް ގުޅައިފިއެވެ.
ހޮސްޕިޓަލްތެރޭ ހުރިއިރު އަވްލީން އަދިވެސް ހުރީ ޝޮކެއް ޖެހިފައެވެ. އެންމެ ދުވަހަކުން އެންމެ ލޯބިވީ އެކަކު ލިބި އަނެއް ދެ މީހުން ދޫކޮށްފައި ދާނޭ ހިތަށް އަރާނީ ކާކު ހެއްޔެވެ.؟ އޭރު އަލާން ވެސް ހުރީ ފެންކަޅިވެފައެވެ. ޒިވީންގެ އަތުގައި ހިފާ ބާރުކޮށްލައިގެން އަލާން ނުރޯން ކުރަމުން ދިޔަ ބުރަ މަސައްކަތް ކައިޔަންއަށް ފެނެއެވެ. ހޮސްޕިޓަލަށް ދިޔަ މަގުމަތީ އިތުޤާލްއާއި އަފްލީންއަކީ އަލާން އާއި އަވްލީންގެ ކާކުކަން ކިޔާދިނުމުން ކައިޔަންއަށްވެސް އަސަރު ކުރިއެވެ. އަވްލީން ދެރަވާނެ ވަރު އެނގުމުންނެވެ.
ޑޮކްޓަރު ނުކުތުމާއެކީ އެންމެންނަށް ކޮޅަށް ތެދުވެވުނެވެ. ނަމަވެސް ޑޮކްޓަރުގެ މޫނު މަތީގައި އެވާ ކުލަވަރުން އެ ދޭން އެއުޅެނީ މާ އުފާވެރި ޚަބަރެއް ނޫންކަން އެތަނުގައި ހުރި ހުރިހާ އެންމެންނަށް ވެސް އެނގުނެވެ. އަވްލީން މޫނުމަތީގައި އަތް އެޅިއެވެ.
އެ ކުއްޖާ ޕާރޓް 25
* ޑޮކްޓަރު ނުކުތުމާއެކީ އެންމެންނަށް ކޮޅަށް ތެދުވެވުނެވެ. ނަމަވެސް ޑޮކްޓަރުގެ މޫނު މަތީގައި އެވާ ކުލަވަރުން އެ ދޭން އެއުޅެނީ މާ އުފާވެރި ޚަބަރެއް ނޫންކަން އެތަނުގައި ހުރި ހުރިހާ އެންމެންނަށް ވެސް އެނގުނެވެ. އަވްލީން މޫނުމަތީގައި އަތް އެޅިއެވެ. *
“އައިމް ސޮރީ… ދަ ޕޭޝަންޓް އިޒް ނޯ މޯރ..” ޑޮކްޓަރުގެ ދުލުން އެހެން ބޭރު ނުވަނީސް އަވްލީންގެ ރުއިމުގެ އަޑުން އެތަން ގުގުމާލިއެވެ. އެހާއިރު ވަންދެން އަލާން ހިފާއްޓާލައިގެން ހުރި ކަރުނަތައް ދެ ކޯތާފަތްމަތިން އޮހޮރިގަތެވެ. އަވީނާއަށްވެސް ރޮވިއްޖެއެވެ.
“ޖަސްޓް ވަން ޕޭޝަންޓް އިޒް ނޯ މޯރ.. ދި އަދަރ ވަން.. ވީ ސްޓިލް ހޭވް ހަރ..!” ޑޮކްޓަރުގެ އެ ޖުމްލައިން އަވްލީންއަށް ލޯމަތިން އަތް ނެގުނެވެ. “ކާކު..؟؟” އަވީނާ އަވަހަށް އަހާލިއެވެ. “ދަ ޔަންގް ވަން… ޝީ ގޮޓް ވެރީ ހާރޓް ޓޫ.. ބަޓް ޝީ އިޒް އެލައިވް..” ޑޮކްޓަރ އެހެން ބުނުމުން އެތެރެއަށް ވަންނަން ދިޔައީ އަލާން އަވީނާ އަވްލީންގެ އިތުރުން ކައިޔަން އެކަންޏެވެ. ޒިވީން ޒާއިން އާއި އައިންއާއެކީ މަޑު ކުރިއެވެ.
އޭރު އަފްލީންގެ ސިފަ ވަކިކުރަން ނޭނގޭހާ ގިނަ އަނިޔާ ލިބިފައިވެއެވެ. މުޅި ހަށިގަނޑުގައި ވަނީ ހުސް ބެންޑޭޖޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ގުޅާފައިވާ ހޮޅިތަކުގެ ސަބަބުން އަފްލީން އަދި ނޭވާ ލަމުން ގެންދިޔައެވެ.
އަފްލީންގެ އެނދާއި ޖެހިގެން ހުރި އެނދުގައި އިތުޤާލް އޮތީ ދެން މިދުނިޔެއަށް ނުހޭލެވޭނެ ނިދިން ނިދާލައިގެންނެވެ. އިތުޤާލް ފެނުމާއެކީ އަވީނާއަށް ބާރަށް ރޮއިގަނެވުނެވެ. “ކީއްވެ އިތުޤާލް..؟ އިތުޤާލް އަހަރެންނާއި ހަވާލު ކުރި އަމާނާތް މިހުރީ ކުރިމަތީގައި.. އެދެދަރިން އެ ހުރީ އިތުޤާލް ލޯ ހުޅުވާލާފައި އެދެކުދިންގެ ގައިގައި ބައްދާލަންދެން.. އަވަހަށް ތެދުވޭ ދެން..” އަވީނާ އުޅުނުގޮތް ފެނިފައި އަވްލީންގެ ބަޑި ފަޅައިގެން ދިޔައެވެ. އަލާންވެސް މޫނުގައި އަތް އެޅިގޮތަށް ބިމަށް ތިރިވިއެވެ.
“އަޅުގަނޑަށް ހީވަނީ މެޑަމް މިކޮޅަށް އައީ ފްލައިޓް ޑިލޭވި ވާހަކަ ބުނަންވެގެން ހެން..” އެތެރެއަށް ވަތް މުޒައިނާގެ އަޑަށް އަވްލީން ބަލާލިއެވެ. އޭރު މުޒައިނާ ހުރީ ފުލުހުންގެ ޔުނީފޯމް އަޅައިގެންނެވެ. “މުޒޭ.. ހޫ އާރ ޔޫ..؟” އަވްލީންއަށް މުޒައިނާ އެއީ ސައިކޭޓްރިސްޓެއްތޯ ނޫނީ ފުލުހެއްތޯ ބުނެދޭކަށް ނޭނގުނެވެ.
“ހެހެހެ.. އަހަރެންމީ ފާތިމަތު މުޒައިނާ.. އަހަރެން އެމް.ބީ ބިލްޑިންގގައި މަސައްކަތް ކުރަން ފެށީ ފުލުހުންގެ ފަރާތުން.. އެތަނުގައި ކޮންމެވެސް ސިއްރު ބްރައިބިންގްތަކަކާއި އެފަދަ އެހެން މުއާމަލާތްތައް ކުރާ މައްސަލަ ހުށައަޅާފައިވާތީ އެމައްސަލަ ބަލަން ވެގެން.. ފައިވް އިޔަރސް ވަންދެން އަހަރެން އެމް.ބީ ބިލްޑިންގގައި މަސައްކަތް ކުރަންވެގެން ދިޔައިރު ސައިކޭޓްރިސްޓީ ސްޓަފްތަކާއި ބެހޭގޮތުން އެކައްޗެއްވެސް ނޭނގޭ.. އެތަނުގެ މީހުން އަހަރެން ހަޔަރ ކުރީ ކީއްވެކަމެއްވެސް ނޭނގޭ… އަސްލު އަހަރެން މިއީ މިރަށުގެ ފުލުހުންގެ ޑިޕާޓްމެންޓްގައި މަސައްކަތް ކުރާ ކުއްޖެއް.. އަނެއްހެން ބުނަންޏާ އެމް.ބީ ބިލްޑިންގއަށް އަހަރެން ދިޔައީ މިޝަންއެއްގައި… އިންޝާ ﷲ ފަސް އަހަރު ވަންދެން ހުއްޓާނުލާ އަހަރެން ކުރި މަސައްކަތް ކާމިޔާބު ވެއްޖެ.. މިހާރު އެތަނުގައި މަސައްކަތްކުރާ ހުރިހާ މީހެއް ހައްޔަރުކޮށްފި… ދެން ޑޮކްޓަރ ޝަހީމާ ފިޔަވާ.. ހުރިހާ އެވިޑެންސަކުންވެސް ހެކިދެނީ ޑޮކްޓަރ ޝަހީމާ އިނޮސެންޓް ކަމަށް…” މުޒައިނާ ހިނިތުންވެފައި އޭނާގެ ކުރު ތައާރަފެއް ދިނެވެ.
”އޯހްހް..” މުޒައިނާއަކީ ކާކުކަން އެނގުމުން އަވްލީން ކަރުނައިގެ ތެރެއިންވެސް ހިނިތުންވެލިއެވެ. ކައިޔަން މުޒައިނާ އާއި ދިމާލަށް ބަލަން ހުރީ ގަބޫލު ނުކުރެވިގެން އުޅޭ ފާޑަކަށެވެ. “ސާބަސް.. މި ހުރީ އަހަރެންގެ ކާޑް… މިހުރީ އަހަރެންގެ ބެޖްވެސް…” ކާޑާއި ބެޖާއި ނަން ދައްކާލަމުން މުޒައިނާ ހީނގަތީ ކައިޔަންއަށް ވެސް އެވާހަކަ ގަބޫލު ކުރަން ދަތިވާނެކަން އެނގިހުރެއެވެ. މުޒައިނާ އޭނާގެ ފޯނުން ވީޑިޔޯއެއް ދެއްކިއެވެ. މުޖާހިދާއި ނައުފާގެ އިތުރުން އެތަނުގައި މަސައްކަތް ކުރާ ގިނަ މީހުން ހައްޔަރު ކޮށްގެން ގެންދާ މަންޒަރު އެ ވީޑިޔޯއިން ފެނެއެވެ.
ކުއްލިއަށް މެޝިންތަކުން އަޑު ގަދަވާން ފެށިއެވެ. “ދެޓްސް ބޭޑް..” އަލާން އަވަހަށް ޑޮކްޓަރަކަށް ގޮވިއެވެ. ޑޮކްޓަރާއި ދެތިން ނަރުހެއް އައިސް އަފްލީންގެ ގާތު ހުއްޓުނެވެ. “ހަރީ..! ވީ އާރ ލޫސިން ހާރ..!!” ޑޮކްޓަރު އެހެން ބުނެލުމުން އަވްލީންގެ ހިތް ކަފާ ކުދިކުދިކޮށްލި ކަހަލައެވެ. ޑޮކްޓަރުން ކުރެވެން އޮތްހާ ކަމެއް ކުރިއެވެ. ދެވެން އޮތްހާ ފަރުވާއެއް ދިނެވެ.
ނަމަވެސް އަފްލީންވެސް މި ފަނާވެނިވި ދުނިޔެ ދޫކޮށް ދިޔައީއެވެ. މެޝިންތައް ހުއްޓުމުން ހީވީ އަވްލީންއާއި އަލާންގެ ހިތްވެސް ހުއްޓުނު ހެންނެވެ. ކައިޔަންގެ މޭމަތީ ބޯއަޅާލައިގެން އަވްލީން ރޮމުން ގެންދިޔައެވެ. ހިތުގައި ޖެހި ޖެހިފައެވެ. ފަހު ވަގުތުކޮޅު ޖެހުން އިރުވެސް އަވްލީންއަށް އެ މަންމަގެ ގާތު ލޯބިވާ ވާހަކައެއް ނުބުނެވުނެވެ. އެ މަންމަގެ ލޯތްބަށް އެދެވުނުވަރާއި ދައްތަގެ އަޅާލުމަށް ބޭނުން ވީވަރުވެސް ނުބުނެދެވުނެވެ.
އިތުޤާލްއާއި އަފްލީންގެ ކަށުކަމާކެމީގެ ކަންތައްތައް ނިމުނު އިރުވެސް އަވްލީންގެ ލޮލުން ކަރުނަ ނުހިކެއެވެ. ކަކުލާހަމައަށް އަންނަވަރުގެ ހުދު ބަބްލް ހެދުމަކާއި އައިސް ބްލޫ ޖިންސެއްގައި އަވްލީން ހުރިއިރު އެ ރީތި ތުންފަތުގައިވާ ހިނިތުންވުން ވަނީ ގެއްލިފައެވެ. ގާތުގައި ކައިޔަން ހިތްވަރު ދޭން ހުއްޓެވެ. އެއީ ކޮންމެ މީހަކަށްވެސް އަންނާނެ ދުވަހެއްކަން ކައިޔަން ބުނެދިނެވެ.
“އަވް.. މިރޭ މެލޭޝިޔާއަށް ނުގޮސްފިއްޔާ…….” އަވީނާ އެއްޗެކޭ ބުނަން އުޅުނެވެ. ”އަޅުގަނޑު ބޭނުން ވަނީވެސް މެލޭއަށް ދާން.. މަންމާ ޕްލީޒް..” އަވްލީންގެ ފަހު ނިންމުން އިވިފައި އަވީނާ އިސް ޖަހާލިއެވެ. “މެލޭއަށް ދަނިއްޔޭ..؟ އަވް ކީކޭ ތިކިޔަނީ..؟؟” ކައިޔަން އަވްލީންގެ އަތުގައި ހިފާލަމުން އަހާލިއެވެ.
އަވްލީން ލޮލަށް ބޮނޑިވެފައިވާ ކަރުނަތައް ފޮހެލަމުން ކައިޔަންއާއި ދިމާލަށް އެނބުރުނެވެ. “ކައި.. ލިސެން.. އަވް މީ ކައި ހީކުރި ކަހަލަ ނަސީބު ރަނގަޅު ކުއްޖެއް ނޫން.. އައި ހޭވް އަ ޓިއުމަރ ނިއަރ މައި ބްރެއިން…” އަވްލީން އެހެން ބުނެލުމުން ކައިޔަންއަށް އަވްލީންގެ އަތަށް ބާރު ކޮށްލެވުނެވެ.
“އަވްގެ ބައްޕަވެސް މަރުވީ އެއާއިހެދި.. އެހެންވެ އަވް މެލޭއަށް ދާން މި އުޅެނީ އެ އޮޕަރޭޝަން ކުރަން… ތިން ގޮތް އެބައޮތް.. އޮޕަރޭޝަން ކާމިޔާބުވެފައި އަވްގެ ހަނދާންތައް ހުރުން.. ދެވަނަ ގޮތަކީ އޮޕަރޭޝަން ކާމިޔާބުވެފައި އަވްގެ ހަނދާންތައް ދިޔުން.. ތިންވަނަ އަދި އެންމެ ފަހު ގޮތަކީ އޮޕަރޭޝަން ފެއިލްވެފައި އަވް މި ދުނިޔެ ދޫކޮށް ދިޔުން.. ނޫނީ ހުރުން…” އަވްލީން ކައިޔަން ވާހަކަދައްކަން ފުރުސަތެއް ނުދީ ކުރިއަށް ގެންދިޔައެވެ.
”ކައި.. އައިމް އޯކޭ.. ޔޫ ޑިޒާރވް ބެޓަރ.. އަވް އަންނަންދެން ކައި އިންތިޒާރު ކުރަން ހުންނަތަން ބަލާކަށް ބޭނުމެއްނޫން… އަދި ކައި ވެއިޓް ކުރަން ހުއްޓާ އަވް މަރުވެއްޖެނަމަ ކައިގެ ލައިފް އިން އަގުހުރި ދުވަސްތަކެއް ބޭކާރުވާނީ.. އަދި އަވްއަށް ހީވަނީ މާ ފަސޭހަވާނެހެން އަވްގެ ހަނދާންތައް ދިޔައިއްޔާ.. ކައިއަށްވެސް އަވްއަށްވެސް މާ ފަސޭހަވާނެ.. ލިޔާންވެސް އަވް ދޫކޮށްލާފައި ދިޔައީ މި ސަބަބާއި ހުރެ.. މިކަން ފަޅާއެރީމައި.. އެހެންވެ ވަގުތު ފާއިތު ވަންދެން ކައިޔަންއަށް ސިއްރުކުރަން އަވް ބޭނުމެއްނޫން.. ޔޫ ސްޓިލް ހޭވް އަ ލައިފް ޓު ލިވް…” އަވްލީން އެހެން ބުނެލިއިރު ވަދާއުގެ ސަލާމް ކޮށްލަން އުޅުނު ކަހަލައެވެ.
ނޭވާ ހިފާއްޓާލައިގެން އެ މަންޒަރު ބަލަން ތިބި އެންމެންނަށް ސިހުމެއް ލިބުނީ ކައިޔަން އަވްލީންގެ ގައިގައި އޮޅުލައިގަތުމުންނެވެ. “އަވް.. މައި ނޭމް އިޒް ކައިޔަން.. ކައި މިއީ ލިޔާން ކަހަލަ ރަނޑެއް ނޫން.. އަވްއަށް ކަމެއްވާއިރަށް އަވް ދޫކޮއްލާފައި ދުވެފައި ފިލަން.. އޭރުން ކައިއެއްނު ވާނީ މޮޔައަށް..؟ އައި ވިލް ސަޕޯޓް ޔޫ.. އެނގޭތަ އެއީ ކީއްވެގެންކަން..؟ އެއީ އަވްދެކެ ލޯބިވާތީ.. އައި ލަވް ޔޫ…” ކައިޔަން އެ ހާމަކޮއްލި ގޮތުން އަވްލީންއަށް ހިނިތުންވެވުނެވެ.
”ސޮރީ.. އައި އަންޑަރ އެސްޓިމޭޓެޑް ޔޫ..” އަވްލީން ކައިޔަންގެ ގައިގައި ބައްދާލަމުން މާފަށް އެދުނެވެ. ”ސޮރީ ގަބޫލުކުރެވޭނީ ގިފްޓެއް ދިނީމައި..” ކައިޔަން އެދުނެވެ. އަވްލީން ކައިޔަންގެ މޫނުމަތީގައި ދެއަތުން ރަނގަޅަށް ހިފާލަމުން ކޯތާފަތަށް ބޮސްދިނެވެ.
”ސޮރީ ގަބޫލުކޮއްފިން…” ކައިޔަން ބުނެލިއެވެ. ”ތޭންކްސް.. އަވްއަށް ހީވަނީ އަދިވެސް ކައި ސުވާލު ކުރަން ބޭނުންވެފައި ހުރިހެން.” އަވްލީން ބުނެލިއެވެ. “ހޫމް.. ސުވާލަކީ އަވް ކުރިން ތިނުނެގީ ކީއްވެ ގެންހެއްޔޭ..؟” ކައިޔަންގެ ހިތުގައި އުފެދިފައިވާ ސުވާލުތަކުން ކޮންމެވެސް އެއް ސުވާލެއް ކައިޔަން ކޮއްލިއެވެ.
”އެއީ އެމީހުން ކުރިންވެސް ބުނެފައި އޮތީ އޭތި ރަނގަޅަށް ޑިވެލޮޕްވީމައޭ އެމީހުންނަށް އެނަގަން ފަސޭހަވާނީ.. އެކަމަކު އެ ޑިވެލޮޕްކުރަން ބަހައްޓައިގެން އަވްއަށްވެސް އުނދަގޫތަކެއް ވެދާނޭ ބުނީ.. އަވް ދެން އެ ޑިވެލޮޕްކުރަން ބެހެއްޓީ.. އެހެންވެ.. މިއުޅެނީ މަންމައާއި އައިންއާއެކީ އެކޮޅަށް ފުރަން.. ކައި ނާންނާނަންތަ..؟” އަވްލީން އެއްސެވެ. ”ދާން ބޭނުން.. އެކަމަކު އޭރުން ޒިވީ ޒީޝް ޒާއިން އަދި އެލަން ބަލާނީ ކާކު..؟ އެންޑް އަދި އެކޮޅަށް ދާވަރަށް މުސާރައެއް ނުލިބެޔޭ.. އައިލް ވެއިޓް.. އަދި ކައި އަވްއަށް ދުއާ ކޮއްދޭނަން.. މަރުނުވާތި.. އިންޝާ ﷲ އެވްރީތިން އިޒް ގޮއިންގ ޓު ބީ ފައިން.. އަދި އަވްގެ ތިހަނދާންތަކާއެކީގައި އަނބުރާ އާދޭ.. ކޮންއިރަކުން ތަ ފުރަނީ..؟” ކައިޔަން އެއްސެވެ.
”މިހަފްތާގައި.. އަންގާރަދުވަހަށް ޑިލޭވެއްޖެ މޫސުން ގޯސްވަނީއޭ ކިޔާފައި.. އައިލް މިސް ޔޫ…” އަވްލީން ބުނެލިއެވެ. “އެވަރު ނޭނގެން ކައި މިއީ މޮޔައެއްނޫން.. އައިލް މިސް ޔޫ މޯރ…” ކައިޔަން އަވްލީންގެ ގައިގައި ބާރަށް ބައްދާލަމުން ބުނެލިއެވެ.
”އައިލް އޯލްވޭސް ބީ ދެއަރ ފޯރ ޔޫ…” އަވްލީންގެ ކަންފަތް ދޮށުގައި ކައިޔަން އެބުނެލި ކުޑަކުޑަ ޖުމްލައިން އެކަނިވެސް އަވްލީންގެ ދެލޮލުން ކަރުނަ ގެނުވިއެވެ.
ގެއަށް ގޮސްފައި އަވްލީން ޕެކް ކުރަން ފެށިއިރު މޫސުން ގޯސްވާން ފަށައިފިއެވެ.
ވާރޭ ވެހެން ފެށުމުން ކައިޔަން ގެއަށް އައީ އިކުވާންއާއި ހައިނާއާއެކީގައެވެ. އެ ދެމީހުން އުފާވި ވަރު ފެނިފައި ކައިޔަންވެސް ހުރި ހިތްހަމަ ޖެހިފައެވެ.
ކައިޔަން ގެއަށް ވަތް އިރު އަލާންގެ ބެކްޕެކް ސޯފާގައި ބާއްވާފައި އޮތެވެ. “މޫވިން އިން.. އައިއްކޮ ދަނީ އަވްއާއެކީ.. ޕްރޮބްލެމްއެއްތަ..؟” އަލާން އެއްސެވެ. ”ފީލް ފްރީ..” ކައިޔަން ހުއްދަދިނެވެ. އޭރު ޒީޝްއަށް ބުއްފުޅި ދޭން ޒިވީން ހުއްޓެވެ. “ޒިވް.. ދޮންބެއަށް ހީވަނީ ޒިވް ވާނީ ވަރަށް ރަނގަޅު މޮމްއަކަށްހެން.. ދޯ…؟” ޒިވީންގެ ހަރަކާތްތަކަށް ބަލަން ހުރެފައި ކައިޔަން ބުނެލިއެވެ.
”ދޯ…؟” ރާގު އަޅުވާލާފައި އަލާން ޒިވީންއާއި ދިމާލަށް ބަލާލާފައި އެހެން ބުނެލަމުން އެއްލޯ މަރާލިއެވެ. ޒިވީން ގަތީ ލަދެވެ. “އޭތް އެލަން…!!!!” ބުނާނެއެއްޗެއް ނޭނގިގެން ޒިވީންއަށް ބުނެވުނީ އެހެންނެވެ. އޭރު ސޯފާގައި ދެމިލައިގެން އޮތް ޒާއިންއަށް ހެވިއްޖެއެވެ. ޒީޝްގެ ތުންދޮއްވާ ހެދުން ލައްވާފައި ޒިވީން އިލޮށިފައްޗެއް ހިފައިގެން އަލާންގެ ފަހަތުން ދުއްވައިގަތެވެ. އަލާން ހެމުން ދުއްވައިގަތެވެ. މުޅި ގެ ވަށާ އެދެމީހުން ދުވަމުން ދިޔަ މަންޒަރު ދެކެން ކައިޔަން ހިނިއައިސްފައި ހުއްޓެވެ.
“އޭ ދޮންތީ.. އެލަން.. ޗިލް..” ޒާއިން ބުނެލިއެވެ. “ތެންކިއު މެޗުއަރ ކޮއްކޮގަނޑު.!” އަލާން ދުވުން މަޑު ޖައްސާލަމުން ބުނެލިއެވެ. ޒިވީން ބާރަށް ދުވެފައި އަންނަނިކޮށް އަލާން މަޑު ޖައްސާލުމުން އަލާންގެ ގައިގައި ޖެހި މަތަވެގެން ދިޔައެވެ. ”ހޫމް… ޒިވީ ދެން ހެވޭ…..” އަލާން ބުނެލިއެވެ. ޒިވީން އަލާންގެ އަތުގައި ވިކާލިއެވެ. ޖަވާބުގެ ގޮތުން އަލާން ޒިވީންގެ އިސްތަށިގަނޑަށް ދަމާލިއެވެ. ”ސާބަސް.. ތިހެން ކުރިއަށް ދަންޏާ މާދަން ދެމީހުން ހޮސްޕިޓަލުގައި އޮންނަން ޖެހިދާނެ…” ކައިޔަން ބުނެލިއެވެ.
ޒިވީން ތުން އަނބުލާރާފައި ގޮސް ސޯފާއަށް ވެއްޓިގަތެވެ. ”އިރުކޮޅަކުން އައިސް މާފަށްއެދޭނެ.. ބަލަން ހުންނައްޗޭ..” އަލާން އެހެން ބުނެލިއިރު ޒިވީން އާއި ދޭތެރޭ އެހާވަރު ޔަގީންކަން އޮތްކަން ހާމަވެގެން ދިޔައެވެ.
“އޭތް.. މަންމަ ބުނީ މިރޭ އެލަންމެންގެ ގެއަށް ކާން އަންނާށޯ..” ދެންމެ ނެގި ކޯލް ނިންމާލަމުން ޖީބަށް ފޯނުލާފައި އަލާން ބުނެލިއެވެ. “ފުރިފަޔޭ…” ކައިޔަން ބުނެލިއެވެ. ”އަވްއޯ ކެއްކީ..” އަލާން އެހެން ބުނެލީ ކައިޔަން އެއްބަސްވާނެކަން އެނގޭތީއެވެ. “ހޫމް ދެން ނުކައިނުވާނެއްނު..؟” ކައިޔަން ޒީޝް އުރާލައިގެން ނުކުތެވެ. އެންމެންނާއެކީ ގޮސް އަވީނާމެންގެ ގެއަށްވަނެވެ.
”ވެލްކަމް އޯލް..” ސޯފާގައި އިށީނދެލައިގެން އިނދެ އަވްލީން ބުނެލިއެވެ. “ހޭ އަވް..” އަލާން ގޮވާލިއެވެ. އޭރު ލަގޭޖްތައް ޕެކް ކޮށް ސިޓިންރޫމަށް ނެރިފައިވެއެވެ. “ދެން..!! ކައި ދެރަކުރަންތަ ތިއުޅެނީ..؟ މީގެ ތިން ދުވަސް ފަހުން އަވްމެން ތި ފުރަނީ… އެވަރުންވެސް ލަގޭޖްތައް ނެރިގެން ތިއުޅެނީ..” ކައިޔަން ތުން އަނބުރާލަމުން މޭޒުދޮށުގައި އިށީނެވެ.
”ރެޑީވާން ވާނެއްނު.. ވަގުބޭބެވެސް ދައްކާ ވާހަކަ.” އައިން އައިސް ބުނެލިއެވެ. “ތިހެން އުޅެންޏާ ކައިގެ ޚިޔާލު ބަދަލުވެދާނެ.. އޭރުން އަވް ދިޔަނުދީ މިކޮޅުގައި ހިފާއްޓާނަން.. މިއަތްތެރެއިން އަވްއަކަށް ގަދަ ހަދާފައެއް ނުދެވޭނެ.. ދޮގެއްތަ..؟” ކައިޔަން އެއްލޯމަރާލަމުން ބުނެލިއެވެ.
”ދޮގެއްތަ…؟” އަލާން ދަމާލާފައި އެއްސެވެ. އަވްލީން މަޑުމަޑުން ހީނލިއެވެ. ”އެލަންއަށް ރިޕީޓް ކުރާ ބަލި ޖެހިގެން އުޅޭ ރެއެއް މީ.. ވާހަކަ ދައްކަން ޓްރެއިން ކޮށްފައިވާ ގުރައެއް ހެން އެބަ ވާހަކަ ދައްކާ ވިއްޔަ..” ޒާއިން ހިނިގަނޑެއް ޖަހާލިއެވެ. “އާވް.. އަން ޒާއިން.. އަވްގެ ފަރާތުން..” އަވްލީން ޒާއިންގެ އަތަށް ދަނބު ކުލައިގެ ކަވަރެއް އޮތް ފޮތެއް ދިނެވެ. “މީ..؟” ޒާއިން ފޮތް ހުޅުވާލިއެވެ. “ވާވްވް.. ތޭންކްސް އަވްދައްތާ..!” އެއީ އަވްލީން ކައްކާ އެއްޗެހީގެ ރެސިޕީ ލިޔެފައިވާ ފޮތެވެ. “އަވް ދައްތަ ނެތް ދުވަހަކުންވެސް މިހާ މޮޅަށް ކައްކާފައި ދޮންބެއަށް ކާންދެއްޗޭ…” ޒާއިންގެ ބޮލުގައި ފިރުމާލަމުން އަވްލީން ބުނެލިއެވެ. ޒާއިން އަވަހަށް ބޯ ޖަހާލިއެވެ.
”އައީތަ އެންމެން..؟ އަވް މަންމަގާތު ބުނެލި ނަމަދޯ ދެން…” އަވީނާ އައިސް އެހެން ބުނެލުމުން ކައިޔަން ހަނދާންވީ މަރިޔަންގެ ނަމުގައި އަވްލީން އުޅުނު ދުވަސްކޮޅެވެ. އެދުވަހުވެސް މިފަދަ ގޮތެއް ވެގެން ދިޔަކަން ކައިޔަން ހަނދާންވިއެވެ. އެ ހަނދާންވެގެން ކައިޔަންއަށް ލާނެތްފާޑަކަށް ހީނލެވުނެވެ. “އަނެއްކާ ކޮން ނުބައި ރޭވުމެއް ތިރާވަނީ..؟” އަލާން އެއްސެވެ. “ކީއްވެ ނުބަޔޭ ތިބުނީ…؟” ކައިޔަން އެއްސެވެ. ”ތި ހިނިތުންވުމުން ހީވަނީ ހަމަ ނުބައި ކަމެއް ރާވާލައިގެން އުޅޭހެން…” އަލާން ބުނެލިއެވެ. “ދެން ސާބަސް..” ކައިޔަން ކާންފެށިއެވެ. އެންމެން އެކީ ކެއީ ތަފާތު ވާހަކަތައް ދައްކަމުންނެވެ.
“އޭތް.. ކައިޔަން..” ކައި ނިންމާލާފައި ކައިޔަން ސޯފާގައި ހުއްޓާ އަވްލީން ގޮވާލިއެވެ. “ކީކޭ އަވް..؟” ކައިޔަން އެއްސެވެ. “އާދެބަލަ..” އަވްލީން ބުނެލިއެވެ. އިތުރު އެއްޗެކޭ ނުބުނެ ކައިޔަން ތެދުވެގެން ހިނގައިގަތެވެ. އޭރު އަވީނާ ފިޔަވާ އެންމެން އެކޮޓަރިތެރޭގައި ހުއްޓެވެ. ޒިވީން ހުރީ ވީޑިޔޯ ކެމެރާއެއް ހިފައިގެންނެވެ. “މިއީ އަވްގެ ހަނދާންތައް ގޮސްފިއްޔާ ރީކްރިއޭޓް ކުރަންވެގެން ކުރަން އުޅޭކަމެއް..” ކައިޔަން އެހުމުގެ ކުރިން އެވާހަކަ ބުނީ އަލާންއެވެ.
“އޯކޭ..” ކައިޔަން ވީޑިޔޯ ޖައްސާލިއެވެ. އެންމެންނާއެކީ ބޮޑު ވީޑިޔޯއެއް ހަދާ ނިންނާލިއިރު ދިހައެއް ޖަހަނީއެވެ. “މިދަނީ…!!” އަލާންއާއި އެހެން މީހުން ނުކުތުމުން ކޮޓަރީގެ ތެރޭ ހުރީ އަވްލީން އާއި ކައިޔަން އެކަންޏެވެ. ދެމީހުން ވަކިން ވީޑިޔޯއެއް ހަދާ ނިންމާލާފައި ކޮޓަރިން ނުކުތެވެ. ގުޑް ނައިޓްއޭ ބުނުމަށްފަހު ކައިޔަން އެގެއިން ނުކުތެވެ. ޒިވީންއާއި އަލާންވެސް ނުކުތެވެ. ޒާއިންވެސް ނުކުމެގެން އައެވެ.
އަންގާރަދުވަހުގެ ހަވީރެވެ. ކައިޔަންގެ ފަރާތުން ފެންނަމުން ދިޔައީ މޮޅިވެރިކަމެވެ. މުޅި އެދުވަސް ފެށީއްސުރެ އެކަކާވެސް އަނގައިން ބުނެނުލައެވެ.
އަވްލީން ފުރުވަން އެންމެންގަނޑު ތައްޔާރުވަމުން ދިޔައިރު ކައިޔަން ހުރީ މާކުރިން ތައްޔާރުވެގެންނެވެ. “ދޮންބެގަނޑާ.. ތިހެން މޫޑީ ވެގެން ހުންނަންޏާ އަވް ނުގޮސްފާނެ..” ޒާއިން އައިސްފައި ބުނެލިއެވެ. “ތި ލައިގެންތަ ދާން ތިއުޅެނީ..؟” ކައިޔަން ލައިގެން ހުރި ފެއްސާއި ކަޅުން ސްޓްރައިޕް ދަމާފައިވާ ޓީޝާޓާއި ކަޅު ޖިންސަށް ބަލާލަމުން ޒިވީން އެއްސެވެ.
“ހްމްމް..” ކައިޔަންގެ އަޑުން ދެރަވެފައިވާ ވަރު ހާމަވެގެންދެއެވެ. “ދެން ދޮންބެގަނޑާ..!!!” ޒިވީން އައިސް ކައިޔަންއާއި ޖެހިގެން އިށީންގޮތަށް ކައިޔަންގެ ކޮނޑުގައި ބޮނޑިއެއް އެޅިއެވެ.
“ކިހިނެތްވީތަ..؟” ކައިޔަން އެއްސެވެ. “ހިތްވަރެއް ދޭން ވެގެން.. މާ ކަންބޮޑު ނުވެބަލަ.. އަވް ދައްތަ އަހަރެމެންނަށް ކޮންމެ ދުވަހަކު ގުޅާފައި ވާހަކަ ދައްކާނެޔޭ.. ވީޑިޔޯ ކޯލްކުރީމައި އެންމެންނަށް ވާހަކަ ދެއްކޭނެއްނު..؟ ދެން ކޮންކަމަކާއި މާ ދެރަވެފައި ތިހުންނަނީ…؟” ޒިވީން އެއްސެވެ.
”ވަރަށް މިސްވާނެ.. އަވްގެ ހުރިހާ އެއްޗެއް މަތިން. އިސްތަށިގަނޑު.. ލޯ.. ތުންފަތް.. ހިނިތުންވުން… ހަރ ޓަޗްސް…” ކައިޔަން ބުނެލިއެވެ. ”ދެމީހުންވެސް މަރުނުވެ ސަލާމަތުން ހުރިއްޔާ އެންމެ ރަނގަޅޭ.. ދުނިޔެ ނުނިމެންޏާ އަދި ބައްދަލުވެސް ވާނެޔޭ..” އަލާން ބުނެލިއެވެ. “ތި ހިތްވަރު ދިނުމުގެ ބަދަލުގައި ހިތްވަރުކޮޅު އެލުވާލަނީއެއްނު؟” ކައިޔަން ބުނެލިއެވެ. “އަވް އެބަހުރި ކާރުދޮށުގައި މަޑުކޮއްގެން ދޮންބެ އަންނަން ދެން…” ޒާއިން ބުނެލިއެވެ.
ހިތާ ދެކޮޅަށް ހިތްވަރުގަދަ ކޮއްލާފައި ކައިޔަން ތެދުވެގެން ހިނގައިގަތެވެ. އޭރު އަވްލީންގެ ކާރު ދޮށުގައި މަޑުކޮއްލައިގެން ހުއްޓެވެ. ލަގޭޖް ހިފައިގެންނެވެ. އަވްލީން ލައިގެން ހުރީ ކަޅުކުލައިގެ ކްރޮޕްޓޮޕަކާއި ނޫކުލައިގެ ރިޕްޑް ޖިންސެކެވެ. އެ އިސްތަށިގަނޑުގައިވަނީ ވަރަށް ރީއްޗަށް ހުޅިއެއް ޖަހާފައެވެ. އެއްވެސް ވަރަކަށް މޭކަޕް ބޭނުން ކޮއްފައެއް ނެތެވެ. އެފަނޑުފަނޑު އަވީގެ ތެރެއަށްވެސް އަވްލީންގެ ހަމުން އަރަނީ ނަލަ ކުލައެކެވެ.
އަވްލީން ފެނިލުމުން ކައިޔަން ފެންކަޅިވިއެވެ. އަވްލީން އެއުޅެނީ ކިހާދުރަށް ދާންކަން އެނގޭތީއެވެ. “އޭ ކައި..” އަވްލީން އަތް ހޫރުވާލިއެވެ. ރައްދުގައި ކައިޔަން ހީލަމުން އަތް ހޫރުވާލިއެވެ.
ގިމަތައަށް ގޮސް އެރަށުން އަނެއް ރަށަށް ދާން ލޯންޗަށް އެރިގޮތަށް އަވްލީން އޮތީ ކައިޔަންގެ ކޮނޑުގައި ބޯ އަޅާލައިގެންނެވެ. އެކަމުން ކައިޔަންއަށް ހިތްހަމަޖެހުމާ ހިތްދަތިކަން ލިބެމުން ދިޔައެވެ. ހެޑްސެޓް އަޅައިގެން ހުރިއިރު އަވްލީންއަށް އެންމެ ކަމުދާ ދިވެހި ލަވަ ކަމަށްވާ ”ވާނަން އުމުރަށް” އަދި ”އަންނަންދެން ހުންނާނަން ލޯބިން” ލަވަ ޖަހާލައިގެން ދެމީހުން ހުއްޓެވެ. އެ ލަވަތަކާއި ހާލަތާއި ގުޅޭ މިންވަރު ދެ މީހުންނަށް ވެސް އިހުސާސް ވަމުން ދިޔައެވެ.
“އަންނަންދެން ހުންނާނަން ލޯބިން.. ތިޔަ އިންތިޒާރުގާ.. އަންނަންދެން ހުންނާނަން ލޯބިން.. ތިޔަ އިންތިޒާރުގާ..” ކައިޔަންއަށް މަޑުމަޑުން ކިޔެމުން ދިޔައެވެ. “ލޯބިން މިގޮތަށް ވާނަން އުމުރަށް.. އުޅުމަށް ދުވަސްތަކެއް ގުނުމަށް… ނޭދެން ގާތުން ދުރުވާން މި އަޅާ.. ވާން އެދެމޭ ގާތުގަ ތިޔަ މާ…” އަވްލީން ކައިޔަންގެ އަތުގައި ހިފާ ބާރު ކޮށްލިއެވެ.
އެއާޕޯޓަށް ވަދެ ޗެކިންތައް ހަދާލާފައި ލާސްޓް ކޯލް ގޮވުމުން އަވްލީންގެ ގައިގައި ކައިޔަން ބާރަށް ބައްދާލިއެވެ. އަދި އަވްލީން ފުރާމީހުން ވަންނަ ދޮރުން ވަދެގެން ދާތަން ބަލަން ހުރެ ކައިޔަން ލޯމަރާލިއެވެ. ލޮލުން ކަރުނަ ތިއްކެއް ވެއްޓުނުކަން އެނގުނީވެސް ދެނެވެ. އަލާންމެން ގޮވައިގެން އެ ކޮޅުގައި މަޑު ކޮށްލުމަށްފަހު އަނބުރާ ލޯންޗަށް އަރާފައި ކައިޔަން އުޑުމައްޗަށް ބަލާލިއެވެ. އޭރު ފްލައިޓް ދާތަން ފެނެއެވެ. ކައިޔަން ހިނިތުންވެލިއެވެ.
ތިން އަހަރު ފަސް…. ***********
= ނުނިމޭ =
ކުރިން ދުވަސްކޮޅުގައި އަޕް ނުކޮށްލަދެވުނީތީ ޔޫން ވަރަށް ބޮޑަށް މާފަށް އެދެން. ސްޓަޑީޒްގެ ކަންކަމުގައި ބިޒީވެ ލިޔާނެ ޓައިމެއް ނުލިބުމުން ޔޫންއަށް އަޕް ނުކުރެވުނީ.. މިއަދު އިންޝާ ﷲ މިވަނީ އަޕް ކޮށްލަދެވިފައި.. ލަސްވުމާއި ގުޅިގެން ޔޫން ވާނީ 24 & 25 އެކީގައި ގެނެސްދީފައި.. ރީޑަރސްއަށް މި ދެ ބައި ކަމުދިޔަކަމަށް ޔޫން އުންމީދު ކުރަން.. ސަޕޯޓަރސް ޑިސަޕޮއިންޓް ނުކުރުމަށްޓަކައި ޔޫން މި ވާހަކަ ނިމެންދެން އަޕް ކޮށްލަދޭނަން.. އިންތިޒާރު ކޮށްލާނެކަމަށް އުންމީދު ކުރަން އަދި ހުރިހާ ސަޕޯޓަރުންނަށް ވަރަށް ބޮޑަށް ތެންކިއު..
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
10 Comments!
Comments are closed.





Ohh Yoon mi part vxx varah loabi…… After a long time dho comment eh mi kohllevuny… I’m really sorry for that.. once again mi part is awesome.????.. curiously waiting for the next…btw me fist dho
thanxx dear 🙂 its alright 🙂 yea you first Een 🙂 Really happy to know u still read this story.. Its gonna end soon though dear 🙂 Thnx a lot 🙂 🙂
Varah Varah Varah reethi ❣️❣️❣️❣️ maa sha Allah ?? curiously waiting waiting waiting waiting for the next part ?✨?
Thank you Livy dear 🙂 🙂 🙂 It’s gonna end soon ingey 🙂 thnx i really was motivated beacause of u guyss 🙂 Thanks a lot 🙂
Masha Allah mi part ves varah sali Hama. When next
Thanxxx Ril dear 🙂
Hey yoon eafiya site in mivaahaka nukiyanee vaahaka .com in kiyaathy invey….love yuh storys..insta beynunkurantha??? Id bunba
Yoona heyo nuvaane story nuninmanchey please please please please please please please please ????? this story is my whole life. Nidhaneeves adhi heylaneeves mi story ah naane kamuge unmmeedhuga ???that much story is important for me now
Awwnn Thanxx 🙂 That means a lot to mee 🙂
Varah reeithi