ޝަހަރު 12ވަނަބައި
ޖުޑާޑޯ ހުއްދަ ދިނުމުން ޖޭސިސް ހާތިބުމެން އުޅޭ ބަޔަށް އައެވެ. ހާތިބު އުޅޭ ކޮޓަރި ކައިރިއަށް އައިސް ޖޭސިސް ހާތިބުއަށް ގޮވާލިއެވެ. އަދި ރަށުތެރެ ބަލައިލަން އޭނާއެކު ދިޔުމަށް އެދުނެވެ. ހާތިބު އޭނާގެ ބައްޕަ ކައިރީ ބުނެފައި ނިކުންނަނީ ކަމުގައި ބުންޏެވެ. ވަރުދާން ލޮލުން އޭނާގެ ދަރިފުޅާ ވާހަކަ ދެއްކިއެވެ. އެމީހުންނާއެކު ދިޔަޔަސް ވާހަކަ ދައްކަންވާނީ ވަރަށް ވިސްނައިގެންކަމާ ކޮންމެ ކަމެއްވެސް ކުރާނީ ވިސްނައިގެން ކަން ހަނދާން ކޮށްދިނެވެ.
ހާތިބުއާ ޖޭސިސް ގަނޑުވަރުން ނިކުތެވެ. ” ހިނގާ އެންމެ ފުރަތަމަ އަހަރެންގެ ރައްޓެހިން ތަޢާރަފު ކޮށްދޭނަން.. ދެން ހާތިބުވެސް ތީ މިހާރު އަހަރެމެންގެ އެކުވެރިއެއް ކަމަށް ބަލާ.. އަހަރެމެންނާ ކިތަންމެ ދުރަށް ދިޔަޔަސް މިއެކުވެރިކަމެއް ނުކެޑޭނެ..” ހާތިބުއަށް ޖޭސިސްގެ ހިތްހެޔޮކަން ފާހަގަ ކުރެވުނެވެ. ޖޭސިސް އޭނައާ އެކު އުޅޭ ފަސް ރަޙުމަތްތެރިން ހާތިބުއަށް ތަޢާރަފު ކޮށްދިނެވެ. އޭރު އެމީހުން ތިބީ ގަސްބޯ ސަރަހައްދެއްގައި ހަދައިފައިވާ އުނދޯލިތަކެއްގައެވެ. އެމީހުންގެ ރައްޓެހިންގެ ތެރޭ އަންހެން ކުއްޖެއްވެސް ހުއްޓެވެ. ޖޭސިސް ބުނިގޮތުން އެއީ ކުޑައިރުއްސުރެން އެއްކޮށް އުޅޭ ބައެވެ. އޭނަގެ ބައްޕައަކީ ރަސްކަލަކަށްވިޔަސް އޭނައަށް އޮންނަނީ އޭނަ ބޭނުންބަޔަކާއެއްކޮށް އުޅެ ބޭނުންކަމެއް ކުރުމުގެ އިޚުތިޔާރު ދީފައެވެ. އެތާ ތިބެގެން މަޝްވަރާ ކުރެވުނީ ކައިރިގައި އެޝަހަރުގެ ރަށަށަކަށް ދިޔުމަށެވެ. އެންމެ ކައިރީ އޮތް ރަށަށް ދިއުމަށްޓަކައި އެންމެން އުދުއްސާގަތެވެ. ޝަހަރުގެ ރަށްތަށް ވަކިކޮށްފައި ހުއްޓަސް ޝަހަރު އޮންނަނީ އެއްފަސްކޮށެވެ. އެތަނުން އާންމުކޮށް ފެންނަމުން އައީ އެހާބޮޑެތި ނޫނަސް ރީތިކޮށް ބިންމަތީގައި ހަދާފައިވާ ގެތަކެވެ. ކޮންމެ ގެއެއްވެސް ހަދާފައި ވަނީ ރުކުގެފަނާ ކަށިކެޔޮފަދަ ގަސްތަކުގެ ފަތްތަކުންނެވެ. ރަށުގައި ބޮޑެތި ހިޔާދޭ ގަސްތަކަށްވުރެ ގިނައީ މޭވާފަދަ އެއްޗެހި އަޅާ ގަސްތަކެވެ. ހާތިބުއަށް ކުރިން ނުފެންނަ ފަދަ މޭވާތައްވެސް ފެނުނެވެ. ޖޭސިސް ބުނިގޮތުން އެރަށަކީ މޭވާހެއްދުމަށް ޚާއްސަ ރަށެކެވެ. ގަނޑުވަރަށް އާންމުކޮށް މޭވާ ހޯދަނީވެސް އެރަށުން ކަމުގައި ބުންޏެވެ. އެހެން ދަމުންގޮސް އެއިން ގަހަކުން އެންމެން މޭވާބިނެވެ. އެއީ ހާތިބުއަށް ދުވަހަކުވެސް ފެނިފައި ނުވާ ވަތްތަރެއްގެ މޭވާއެކެވެ. މޭވާގައި ގިނަ ރޫތަކެއް ހުރެފައި ސައިޒުންވެސް ބޮޑުމޭވާއެކެވެ. އެމީހުން އެމޭވާއަށް ކިޔާ އުޅެނީ ޖެމޮން އެވެ. ރަތްކުލައަރާ ފައިވާ އެމޭވާގައި ހުތްފޮނިކަމެއް ހުއްޓެވެ.
ދެންވެސް އެފަދަ އެހެންގަހަކުން މޭވާއެއް ބިނެވެ. އެމީހުން ބުނި ގޮތުން އެއަށް ކިޔަނީ ބޮކުސުންގާއެވެ. އެހާބޮޑު ނޫނަސް ބޭރުރަތްކުލައާ ރީނދޫކުލައަށް ހުރި އެ މޭވާގެ އެތެރެވަނީ މަޑު އޮރެންޖުކުލައެއްގައެވެ. އެތާނގައި އެކިމޭވާތަކުގެ ރަހަ ބަލަން ތިބުމަށް ފަހު ނިދާވަގުތު ކައިރިވުމުން ހާތިބު ބޭނުންވީ އެނބުރި ދާށެވެ. އެކަމާ ދެކޮޅު ހެދުމެއްނެތި އެންމެންވެސް އެނބުރި އައެވެ. ހާތިބުމެން ގަނޑުވަރަށް ވަންއިރު އެމީހުންގެ މައިންބަފައިން އެމީހުންގެ އިންތިޒާރުގައި ތިއްބެވެ. ހާތިބު އައުމުން އަރާމު ކުރުމަށް ވަންނަނީ ކަމުގައި ބުނެފައި ދެބަފައިން އެތެރެއަށް ވަނެވެ.
ހެނދުނުގެ ނާސްތާއަށް ގަނޑުވަރުގެ ކާމޭޒުމަތި ތައްޔާރުކޮށްފައިވަނީ ވަރަށް ފުރިހަމައަށެވެ. އެއީ ބޮޑު ހޯލެއްފަދަ ތަނެކެވެ. ތަނުގެ ރީތިކަމާ ކާތަށިތަށް ވެސް ވަނީ ބިއްލޫރިން ހަދާފައެވެ. ކޮންމެ ތަށްޓެއްގައިވެސް މަލުގެ ރީތި މަންޒަރަކުން ވަނީ އިތުރު ފުރިހަމަކަމެއް ގެނެސްދީފައެވެ. މީރުވަސް ދުވާ މާގަހެއް މޭޒުގެ މެދުގައި ބަހައްޓާފައިވާއިރު އޭގެވަސް މުޅި އެހޯލު ތެރޭގައިވަނީ ހިފައިފައެވެ. ހެނދުނުގެ ނާސްތާއަށް ތައްޔާރުކޮށްފައިވަނީ ގަލްގަކް ސޫޕްއެވެ. އެއީ އޮއިސްޓަރ އަޅައިގެން ހަދައިފައި ހުންނަ ސޫޕެކެވެ. އެއީ އެމީހުންގެ ތެރޭގައި މެހުމާނުންނަށް ޚާއްސަކޮށްގެން ތައްޔާރު ކުރާ ވަރަށް އަގުބޮޑު ސޫޕެކެވެ. އެއާ އެއްކޮށް ކެއުމަށްޓަކައި ބަކްމީ ކިޔާ ވަތްތަރެއްގެ ހަނޑުލުން ކައްކާފައި ހުރި އެއްޗެއްވެސް ހުއްޓެވެ. ހާތިބުއަށް ފުރަތަމަވެސް އޭގެ ވަސްބަލާލެވުނެވެ. ސޫޕް އެތީގެ ވަހުން އެކަނިވެސް ހާތިބުގެ ބަނޑު ފުރުނުހެން ހީވިއެވެ. ހެދުނުގެ ނާސްތާ ނިމިގެން ޖޭސިސްއާ ހާތިބު މިއަދުވެސް ނިކުތީ ރަށުތެރެ ބަލައިލުމަށެވެ. މިއަދުވެސް ނިކުތީ ޖޭސިސްގެ ރަހުމަތްތެރިންނާއެކުއެވެ. މިއަދު ދިޔައީ އެޝަހަރުގެ އެހެން ރަށަކަށެވެ. ދުރުން ފެނުނުއިރު އެރަށް ހީވަނީ ދުންގަނޑެއް ހެންނެވެ. ނަމަވެސް ކައިރިއަށް ދެވުމުން އެނގުނީ އެއީ ދުމެއް ނޫންކަމެވެ. ވަރަށް ބޯކޮށް ވާރޭވެހެމުންދަނީއެވެ. އައިނައިތަނެއް ނޭނގި ކުއްލިއަކަށް އެމީހުންނާ ދިމާލަށް ދުނި ތީރެއް އައެވެ. ހާތިބުގެ ކުޅަދާނަކަމުން ދުރުން އެއްޗެއް އަންނައިރު ހާތިބަށް ފެނެއެވެ. މިފަހަރުވެސް ހާތިބަށް އެތީރު އަންނަނިކޮށް ފެނުނެވެ. އެތީރުން އޭނާގެ ރަހުމަތްތެރިން ސަލާމަތް ކުރިއެވެ. އިރުކޮޅަކުން ފުލުފުލުގައި ތީރު އަންނަން ފެށިއެވެ. މިފަހަރު އެންމެންވެގެން އެކަމަށް ކުރިމަތިލިއެވެ. އަންނަ އަމާޒުތަކުން ރެކެމުން އެންމެން ރަށުތެރެއަށް ޖެހެމުން ދިޔައެވެ. ކުއްލިއަކަށް ބޯކޮށް ވެހިވެހިއޮތްވާރޭ އެއްކޮށް ހުއްޓާލައިފިއެވެ. ރަށުތެރެ ކުއްލިއަކަށް ފެންނަން ފަށައިފިއެވެ. އެއީ ހުސް ފަރުބަދައިގެ ރަށެކެވެ. ގެތަށްވެސް ވަނީ ފަރުބަދަތައް ކަނޑައި ނަގައިގެން ދެބުރި ތިންބުރިއަށްވެސް ނަގާފައެވެ.
ތީރުތައް ފޮނުވަމުން އައި މީހުން ބަލިވުމުން ފިލާ ރައްކާވެއްޖެއެވެ. ” ޖޭސިސް މީ ހާދަ އެހެންކަހަލައިގެ ތަނެކޭ.. ފުރަތަމަ ވެސް ބޮލަށް އެއަރާގަތީ.. ކޮންބައެއްތޯވެސް ބަލައިނުލާ ފުރަތަމަވެސް ދުޝްމަނުންތަކެއްހެން ހަމަލާ ދޭން އެފެށީ ” ހާތިބު ބުންޏެވެ. އާނ! އެއީ މިކޮޅުގައި އުޅޭނެ އަހަރެމެންނާ ވަރަށް ޖެހިގެން އުޅޭ ބައެއް.. އެމީހުނަކަށް ނޭނގޭނެ އަހަރެމެން މީ ކޮންބައެއްކަމެއް… ދޭތެރެ ދޭތެރެއިން އަހަރެމެން މިރަށަށް އަންނަން.. ކޮންމެފަހަރަކުވެސް އެމީހުންގެ ހަމަލާތަކާ ކުރިމަތިލާން ޖެހޭ.. މިފަހަރު އެކަނި އެހާ ދުރުން ހަމަލާދޭންފެށީ..” ޖޭސިސް ބުންޏެވެ. އެމީހުން ރަށުތެރޭގެ ވަކި ހިސާބަކަށް ދެވުމުން އަނެއްކާވެސް އެއްކަލަ ގްރޫޕުގެ ހަމަލާތަކާ ކުރިމަތިލާން ޖެހުނެވެ. ފުރަތަމަ ނުކުތްމީހާ ބޮޑު ހަރުފައެއްގެ ސިފަޖެހުނެވެ. ކުއްލިއަކަށް ފުންމައިގެން އައީ ޖޭސިސްގެ ރަހުމަތްތެރިޔަކާ ދިމާލަށެވެ. އެރަޙުމަތްތެރިޔާވެސް ބަދަލުވީ ހަމަ ބޮޑު ހަރުފަޔަކަށެވެ. ދެމީހުންގެ ހަނގުރާމަ ކުރިއަށް ދިޔައެވެ. ޖޭސިސްގެ ރަޙުމަތްތެރިޔާއާ ކުރިމަތިލި ހަރުފަ ބަލިވުމުން ދުރަށް ގޮސް ކުރިންހުރި ސިފައަށް ބަދަލުވިއެވެ. އަނެއްކާވެސް އެހެންމީހަކު ނިކުތެވެ. މިފަހަރު އޭނަ ހަމަލާދޭން ފެށީ އޭނާގެ ދުލުންނެވެ. އެދުލުގައި ޖެހޭ ކޮންމެ އެއްޗެއް ދުލުގެ ޝިކާރައަކަށްވަމުން ދިޔައެވެ. ކޮންމެ ކޮޅަކުންވެސް ފަހަރަކު ނިކުންނަނީ އެކެކެވެ. މިފަހަރުވެސް އަނެއްކޮޅު ބަލިވީއެވެ. ދެން ހުރި މީހާ ބަދަލުވީ ބޮޑު ކަކުންޏަކަށެވެ. ކަކުންޏެކޭ ބުންޏަސް ބޮޑު އެތެއްވަރުވެއެވެ. އޭތި އެންމެ ފުރަތަމަވެސް ދިމަކޮށްލީ ޖޭސިސްއާއެވެ. ޖެސިސްވެސް އެންމެ ތަންފުކަކަށްވެސް ދޫކޮށް ނުލައެވެ. ސިފަތަކަށް ބަދަލުވެގެން އެމީހުންގެ ތަޅާފޮޅުންތައް ބަލަން ހާތިބު ހުއްޓެވެ. އެންމެ ފަހު މީހާ ދިމާކޮށްލީ ހާތިބުއާއެވެ. އޭނާ އެންމެ ފުރަތަމަވެސް އޭނެގެ ބާރު ބޭނުންކޮށްގެން ކައިރީގައި އޮތް ލަކުޑި ގަނޑެއް ހާތިބުއާ ދިމާއަށް އަމާޒުކޮށްލިއެވެ. ނަމަވެސް ހާތިބުއަށް އެއީ މާބޮޑު ކަމަކަށް ނުވެއެވެ. ހާތިބު ހުރިތަނުގައި ހުރެގެން ލަކުޑި ގަނޑު ފިސްކޮށްލާފިއެވެ. ފުރަތަމަ ފަހަރުން ދިންހަމަލައިން އެމީހުންފަހަތަށް ޖެހުނެވެ. ހާތިބުގައިގައި ހުރި ބާރު އެމީހުނަށް އަންދާޒާ ކޮށްލެވުނީއެވެ. އެމީހުނަށް އަދި ކުރިމަތި ނުލެވޭނެ ވަރުގެ ބާރެއްކަން އެނގުނީއެވެ. އެގުރޫޕުގަނޑު ފިލާ ރައްކާވެއްޖެއެވެ. ” އެންމެން ދިޔައީ ދޯ.. މާގަދަ ބައެއްކަމަށް ހެދިގެން ފުއްޕާލާފައި އެބަ ދިމާ ކުރެއެއްނޫ…” ޖޭސިސް ބުންޏެވެ. ” އެއީ އެމީހުންގެ އާދައެއް ނޫ.. މިއަދު އެކަމަކު މާ ފޯރި ގަދަވެގެން އުޅޭ ދުވަހެއް.. ހިގާ އެފަރާތުގައި ހުންނާނެ ވަރަށް މީރު އާފަލު އަޅާ ގަހެއް .. އެފަރާތަށް ދާން ހިނގާ.. އަހަރެންނަށް ހީވަނީ އަދިވެސް އެމީހުން އަންނާނެހެން..” ޖޭސިސްގެ ރަހުމަތެރިޔާ ބުންޏެވެ. މުޅި އެރަށުގެތެރޭގައި އެނބުރިފައި އެމީހުނަށް އެނބުރި އާދެވުނު އިރު ހަވީރުވެއްޖެއެވެ.
( ނުނިމޭ )
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.



part 10, 11 not available
writer ge namah clck koleema fennaa ne