Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެން

އިންސާފު ލިބޭނެބާ؟ – 6

Raaya Level 210 Stories100 Comments
June 20, 2020 4 Mins Read
8 Comments

“ޒާރާ… ދެން ތިކަމާ ނޫޅޭ… ދޮންތަބެ ބޭނުމެއް ނޫން އިތުރަށް މިއާއިލާގައި މައްސަލައިގެ މުލަށް ވާކަށް… އެހެންވީމަ      ތިކަން ހަނދާނުން ނައްތާލިއްޔާ މާ ރަނގަޅުވާނެ! އެއްވެސް ހެލްޕެއް ބޭނުމިއްޔާ ދޮންތަބެއަށް ގުޅާތި… އާން! އަދިއެއްވާހަކަ… ޒާރާއަކަށް ދޮންތަބެމެންގޭ ދޮރެއް ބަންދެއް ނުވާނެ!” ލައިޝް ހީނލަމުން ބުނެ ޝަބާނާ ގޮވައިގެން އަނބުރާ ގެއަށް ދާން ހިނގައިގަތެވެ. އޭރުވެސް ޒާރާގެ ލޮލުން ކަރުނަ ނުހިކެއެވެ.

އެދުވަހަށް ފަހު ޒާރާގެ ދިރިއުޅުން އެއްކޮށް ބަދަލުވި ކަހަލައެވެ. ޒާރާގެ ބައްޕައާއި ބޭބެއާއި ދައްތަގެ ގޮތްގަނޑު އަދިވެސް ބަދަލު ނުވެއެވެ. މިހާރު އެމީހުންގެ އުނދަގޫ މާބޮޑެވެ. އަފީފާ އުޅެނީ އޭނަ ބޭނުންހައި ކަމެއް ކޮށްގެންނެވެ. އޭނަ ހިތުން އޭނައަކީ އެގޭގެ ރާނީއެވެ. ސަކީނާއާއި އައިންތުއަކީ އެގޭގައި ގެންގުޅޭ ނޯކަރުންފަދައެވެ. އަހުމަދު މުޅިން ބަދަލުވިއެވެ. ހަތަރުދަމު ބޭރު އުޅެފައި އައިސް އައިންތުއަށް އަނިޔާ ކުރާނެއެވެ. އަންނަ ރުޅިގަނޑު ބާލާނީ އައިންތު ބޮލަށެވެ. ކަމަކާއި ދޭތެރޭ ހިތްހަމަނުޖެހުނަސް އޭގެ ބަދަލު ދޭނީ އައިންތުއަށެވެ. ގިނަ ފަހަރު އައިންތުއަށް އަނިޔާ ކުރާނީވެސް ޒާރާ ކުރިމަތީގައެވެ. ހީވަނީ ޒާރާއަށް ދައްކަން ކުރާ ކަމެއްހެނެވެ. ޒާރާ ގާތަށް ކިތަންމެ ރުޅިއަޔަސް އޭނަ ޖެހެނީ އެރުޅި ކޮންޓްރޯލް ކޮށްގެން ހުންނާށެވެ. އޭނާގެ މަންމައަށްޓަކައެވެ. އަހުމަދު ޒާރާގެ އަތުން އޭނާގެ ފޯނުވެސް އަތުލިއެވެ. ޒާރާއަށް ބޭރަށް ދެވެނީވެސް ސުކޫލަށް ދާން އެކަންޏެވެ. އެހެންނޫނީ އަބަދުވެސް ޖެހެނީ ގޭގައި އިންނާށެވެ. މި އުސޫލު އައިންތުއަށާއި ސަކީނާއަށްވެސް އޮވެއެވެ. މީހުންނާއި ވާހަކަ ދެއްކުންވެސް އޮތީ ޒާރާއަށް މަނާ ކޮށްފައެވެ. ހާއްސަކޮށް ޝަބާނާއަށެވެ. ނަމަވެސް އެދެމެދުގައިވާ އެކުވެރިކަމަކަށް އެއްވެސް ބަދަލެއް ނާދެއެވެ. އެދެ އެކުވެރިން ވާހަކަ ދައްކަނީ ސިޓީ މެދުވެރިކޮށެވެ. ޒާރާ ސިޓީ ލިޔެފައި ސުކޫލަށް ގޮސް އޭނާގެ ކުލާސް ކުއްޖެއް މެދުވެރިކޮށް އެ ސިޓީ ޝަބާނާއަށް ފޯރުކޮށްދެއެވެ. މިކަން ކުރަނީ ވަރަށް ސިއްރުންނެވެ. މިހެން ޒާރާ ކަންތައް ކުރާ ކަމެއް ޒާރާމެންގޭ އެކަކަށްވެސް ނޭނގޭނެއެވެ.

ދުވަސްތައް ހަފްތާތަކައް، ހަފްތާތައް މަސްތަކައް ބަދަލުވަމުންގޮސް ޒާރާގެ މަދަރުސީ ހަޔާތް ނިމިއްޖެއެވެ. މާޒީގައިވީ އެއްވެސް ކަމެއްގެ ސަބަބުން ޒާރާ އޭނާގެ ކިޔެވުމަށް ބުރޫ އެރިޔަކަ ނުދިނެވެ. އޭރު އަބަދު ގޭގައި އިންނަން ޖެހުމުން ޒާރާ ބޮޑަށް އިސްކަން ދިނީ ކިޔެވުމަށެވެ. އެހެންކަމުން ޒާރާ ސުކޫލު ނިމިގެންދިޔައީ ޒާރާގެ މަންމަ ފަޙުރުވެރިވާ ފަދަ ނަތީޖާއެއް ހޯދައިގެންނެވެ. މިއަދަކީ ޒާރާ މަތީ ތައުލީމު ހާސިލް ކުރުމަށް މާލެ ފުރަން ހަމަޖެހިފައި އޮތް ދުވަހެވެ. ސުކޫލު ނިމުމުން ޒާރާގެ މަގުސަދަކަށްވީ އަލުން އޭނާގެ ދޮންތައަށް އިންސާފު ހޯދައިދީ އޭނާގެ މަންމަ ތަހައްމަލު ކުރަމުންދާ ހުރިހާ ވޭނާއި ތަދު އަބަދުގެ އަބަދަށް ނިމުމަކަށް ގެނައުމެވެ.

ޒާރާ މާލެ ކިޔަވަން ދާން ނިންމީ އޭނާގެ މަންމައާއި މާމަވެސް ގޮވައިގެންނެވެ. އެކަމާއި ޒާރާގެ ބައްޕަ އެހާ ފަސޭހައިން ހުއްދަ ދިނުމުން އޭނާ ހައިރާންވިއެއްކަމަކު އޭނާ އެކަމާއި ޝުކުރު ކުރިއެވެ. ޒާރާ އޭނާގެ ފޮށި ހިފައިގެން އޭނާގެ ކޮޓަރިން ނުކުތީ ފަހު ފަހަރަށް އެ ކޮޓަރިއަށް ބަލައިލައިފައެވެ.

“ދޮންތާ! ވަރަށް އަވަހަށް ދޮންތައަށް އިންސާފު ހޯދައިދޭނަން… އަދި މަންމަވެސް ބައްޕަގެ އަނިޔާ ތަކުން ވަރަށް އަވަހަށް ސަލާމަތް ކޮށްދޭނަން! ދޮންތަ މަތިން ވަރަށް ހަނދާންވޭ!” ޒާރާ އަމިއްލަ ނަފްސާއި ވާހަކަ ދެއްކިއެވެ.

“ޒާރާ! އާދޭ އަވަހަށް… ލޯންޗު ފުރާ ގަޑި ޖެހެނީ” ބަރޯ ހިފައިގެން ނުކުންނަމުން އަހުމަދު ގޮވިއެވެ. ޒާރާ ފުން ނޭވާއެއް ދޫކޮށްލައިފައި ގެއިން ބޭރަށް ނުކުތެވެ. އެއީ އަހުމަދުގެ އާދައެކެވެ. އަހުމަދު ހިތްހަމަޖެހިފައި ހުރިއްޔާ އޭނާއަށް ވުރެ ރަނގޅު މީހެއް ނުހުންނާނެއެވެ. ހިތްހަމަނުޖެހި ހުރިއްޔާ އޭނާއަށް ވުރެ ނުލަފާ މީހެއްވެސް ނުހުންނާނެއެވެ. ޒާރާ މާލެ ކިޔަވަންދާން ބޭނުންކަން ބުނީވެސް އަހުމަދު ހިތްހަމަޖެހިފައި ހުރި ދުވަހެއްގައިކަމުން އެކަން ޒާރާއަށް ފަހިވީއެވެ.

“ޒާރާ!” ޒާރާ ލޯންޗާއި ދިމާލަށް ހިނގަގަތުމާއިއެކު އަހުމަދު ގޮވައިލިއެވެ.

“އަން! މިއޮތީ ޒާރާގެ ފޯނު! އަދި މާލެ ދިޔައީމަ އޮންނާނެ އެހެން ސަޕްރައިޒެއްވެސް!” ޒާރާ އަތުން އަތުލި ފޯނު ދިއްކޮށްލަމުން އަހުމަދު ބުންޏެވެ. ޒާރާ ހިނިތުންވުމަކާއި އެކު ފޯނު ނަގަމުން ލޯންޗަށް އަރަން ހިނގައިގަތެވެ.

ލޯންޗަށް އަރައި ހަމަޖެހިލަމުން ޒާރާ ބޭރުބަލައިލިއެވެ. ދުވަހަކު އިހުސާސް ނުވާ ހިތްހަމަޖެހުމެއް އެވަގުތު ޒާރާއަށް އިހުސާސްވިއެވެ. ލޯންޗު މާލެއާއި ދިމާލަށް ދަތުރު ފެށިއެވެ. އިރުގެ ދޯދިތައް ދަނީ ބިއްލޫރި ކޮޅެއް ފަދައިން ފާނައިލައިފައިވާ މޫދުގައި ވިދާ ބަބުޅަމުންނެވެ. ޒާރާގެ ހާވާލެވިފައިވާ އިސްތަށިތައް ދަނީ ޖެހޭ ވަޔާއެކު ވިހުރެމުންނެވެ.

“މަންމާ… ދެން އިރާދަ ކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ! އަހަރެން މިދަނީ ލޯޔަރު ކަން ކިޔަވަން… މި ދާއިރާއިން ކުރިއަށް ގޮސްގެން  ދޮންތަގޮތަށް  މަރުވި މީހުންނަށާއި މަންމަހެން ގެވެށި އަނިޔާ ތަހައްމަލު ކުރަމުންދާ މިހުންނަށް އިންސާފު ހޯދައިދޭން ބޭނުން… މާލެ ދާ ގޮތަށް އަލުން މި މައްސަލަ ހުށައަޅާނީ…. ދޮންތަބެވެސް އަންނާނެ ޝަބާނާ ގޮވައިގެން ކިޔަވަން… އޭރަށް ދޮންތަބެވެސް އެހީ ވެދޭނެ މިކަމުގަ… ބައްޕަމެންނަށް ހައްގު އަދަބު ނުލިބެނީސް އަހަންނެއް މަޑަކުން ނުހުންނާން!” ޒާރާ އޭނާގެ މަންމަގެ އަތުގައި ހިފާ ބާރު ކުރަމުން ބުނެލިއެވެ.

ލޯންޗު މާލެ ލެފިއިރު ހަވީރު ވެއްޖެއެވެ. އެމް.އެމް.އޭ ކުރިމަތީގައި ޒާރާމެން ތިބީ ޓެއްކްސީއެއްގެ އިންތިޒާރުގައެވެ. އިރުކޮޅެއް ނުވެ ޓެކްސީއަކަށް އަރައިގެން އެތިން މައިން ނައްޓައިލީ އެމީހުން ތިބެން ހަމަޖެހިފައިވާ ގެއަށެވެ. ޓެކްސީ އެތަނަށް ހުއްޓުމާއިއެކު ތިން މީހުންގެ މޫނަށްވެސް ވެރިވީ ހައިރާންކަމެވެ. އެއީ ގެއެއްނޫނެވެ. ބުރިބުރިއަށް ނަގައިފައި ހުރި އެޕާޓުމެންޓެކެވެ. އެހާމެ ބޮޑެވެ.

“ހަލޯ… ބައްޕާ މި އެޕާޓްމެންޓުގެ ކިތައްވަނަ ބުރިއަށް އަރަންވީ؟ ކޮބާ ތަޅުދަނޑި؟” ޒާރާ އޭނާގެ ބައްޕައަށް ގުޅައިފައި އެހިއެވެ.

“ހަތްވަނަ ބުރިއަށް އަރާ… ތަޅުދަނޑި ނެތިގެން ހާސްވާނެ ކަމެއް ނެތް! ބައްޕަގެ ރައްޓެއްސެއް އިންނާނެ ދަރިފުޅެމެންގެ އިންތިޒާރުގަ އެގޭގަ… ސަޅި ދޯ ސަޕްރައިޒް!” އަހުމަދު ބުންޏެވެ.

“އާން! އެކަމު ބައްޕާ… މިތަން ކިހާ އަގު ބޮޑުވާނެ… މިތާގަ އުޅެވޭނެތަ؟” ޒާރާ އެހިއެވެ.

“ދަރިފުޅުމެން ތިކަމާއި ހާސްނުވޭ ބައްޕަ ލާރީގެ ކަންތައް ބަލަހައްޓާނަން… ދެން ބޭއްވީ!” ފޯނު ބާއްވަމުން އަހުމަދު ބުންޏެވެ.

“ކީކޭ ބައްޕަ ބުނީ؟” އައިންތު އެހިއެވެ.

“ހަތްވަނަ ބުރިއަށް އަރާށޯ.. ބައްޕަގެ ރައްޓެއްސެއް އިންނާނެޔޯ އަހަރުމެންގެ އިންތިޒާރުގަ… ދެން ބުނީ ލާރި ކަންތައްތައް ބައްޕަ ބަލަހައްޓާނަމޯ!” ޒާރާ ލިފްޓަށް އަރައި ދާންވީ މަންޒިލުގެ ނަމްބަރަށް އޮބާލަމުން ބުންޏެވެ.

“ބައްޕަ ހާދަ ރަނގަޅު ވެގެންނޭ ދޯ އެ އުޅެނީ!” ސަކީނާ ބުންޏެވެ.

“މަންމާ އަހުމަދު މިހާރު ބަދަލުވެއްޖެ! ރޭވެސް އަހަރެން ގާތު ރޮއި ރޮއިފައި މާއާފަށް އެދުނީ!” އައިންތު ބުންޏެވެ.

“މަންމާ! މާ ވަރަކަށް ބައްޕައަށް ތައުރީފު ކުރާނެ ކަމެއް ނެތް… އެއީ ހަމަ ދެއްކުންތެރިކަން!” ޒާރާ ލިފްޓުން ނުކުންނަމުން ބުންޏެވެ. ޒާރާގެ މި ބަސްތަކުން އައިންތު ހުރީ ހިތްހަމަނުޖެހިފައިކަން ރަނގަޅައްވެސް ހާމަވެގެން ދެއެވެ. ލިފްޓުން ނުކުތް އިރު ކަނާތު ފަޅީގައި ހުރި އެޕާޓުމެންޓުގެ ދޮރުމަތީގައި ހުރި ޒުވާނާއަށް ޒާރާމެން ފެނުމުން އެމީހުންނާއި ދިމާލަށް މިސްރާބު ޖެހިއެވެ.

“އަހުމަދުބެގެ އާއިލާ ދޯ؟” އެ ޒުވާނާ އެހިއެވެ. ޒާރާ ޖަވާބުދާރީ ވުމުގެ ގޮތުން ބޯޖަހައިލިއެވެ.

“އަޅުގަނޑަކީ އައިހަމް! އަޅުގަނޑުގެ ބައްޕަ މިތަނަށް އަންނަން އުޅެފަ ކުއްލި ގޮތަކަށް އޮފީހަށް ދާން ޖެހުނީމަ އަޅުގަނޑު މިއައީ!” އައިހަމް ފޮށިތައް ވައްދައިދޭން އެހީތެރިވަމުން ބުންޏެވެ. ޒާރާމެން ގެއަށް ވަންއިރު ހުރީ ސައި ތައްޔާރު ކޮށްފައެވެ. ތަޅުދަނޑި އައިންތުއަށް ހަވާލު ކޮށްލުމަށްފަހު އައިހަމް ނިކުމެގެން ދިޔައެވެ. ޒާރާ މުޅި ގޭތެރެއަށް ލޯހިންގާލިއެވެ. ތިން ކޮޓަރީގެ މި އެޕާޓްމެންޓު ވަނީ ވަރަށް ފުރިހަމައަށް ތައްޔާރުކޮށް ފަރުމާ ކުރެވިފައެވެ. ހެޔޮވަރު ވަރެއްގެ ކަޅު ސޯފާގެ ކުރިމަތީގައި ސާޅީސްދެ އިންޗީގެ ޓިވީއެއް ހަރުކޮށްފައި އިނެވެ. ފާރުގައި ލައިފައި ހުރި ހުދުކުލައިން ތަނުގެ ފުރިހަމަކަން އިތުރުކުރުވައެވެ.

ސައިބޮއި ހަދައިގެން ޒާރާ ފޮށި ހިފައިގެން އޭނައަށް ހާއްސަ ކުރެވިފައި އިން ކޮޓަރިއަށް ވަނެވެ. އެނދުމަތީގައި އިށީނދެލަމުން ފޯނުނަގައި ނަމްބަރުތަކަށް ފިތައިލަމުން ޝަބާނާއަށް ގުޅައިލިއެވެ. ދުވަސް ގަނޑަކަށް ފަހު އެންމެ ގާތް އެކުވެރިޔާއާއި އަނގަބަހުން ވާހަކަ ދެއްކުނީތީ ޒާރާ ހުރީ ވަރަށް އުފާވެފައެވެ. އެ އުފާވެރިކަން އިތުރުކޮށްދިނީ ޝަބާނާ ދިން ޙަބަރަކުންނެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Raaya

Level 210 Stories100 Comments

Other Articles

Previous

ލޯ ފޮހެލާދޭށެ މަގޭ 29

Next

ވާލޯބި އެނގޭނަމަ…(19)ފަހުބައި

Next
June 20, 2020

ވާލޯބި އެނގޭނަމަ…(19)ފަހުބައި

Previews
June 20, 2020

ލޯ ފޮހެލާދޭށެ މަގޭ 29

8 Comments!

  1. Nafu says:
    June 20, 2020 at 1:04 pm

    alheyy shabana men vs male dhaan dhw eulheny. yay. masha allah vr rythi mi bai vs. keep it up raaya. whn nxt? curiously waiting for the nxt part.. stay safe. ly

    1. Raaya says:
      June 20, 2020 at 3:40 pm

      Thanks a lot for the support you give me. I am just speechless and soo grateful?. Thank you thank you soo much❤ monday ga nxt part submit kohlaanan. You too stay safe. Ly

  2. lai says:
    June 20, 2020 at 7:07 pm

    v reethi. waiting waiting for the next part☺️stay safe

    1. Raaya says:
      June 21, 2020 at 11:31 am

      Thanks lai?. Maadhama next aprt up kohlaanan higey… stay safe?

  3. Riff? says:
    June 20, 2020 at 8:19 pm

    Wow… varah salhi ..zaara vx lawyer akah vany dhw dhw… masha allah varah reethi mi part vx … thi gothugai kuri ah dhey… lysm

    1. Raaya says:
      June 21, 2020 at 11:31 am

      Awwn thanks riff? it means a lot to mee? ly too

  4. Faiherrr?? says:
    June 21, 2020 at 12:22 pm

    Vvvvvvvvvvvvvvvv nice I love it ????it’s awesome. Nice story

    1. Raaya says:
      June 21, 2020 at 4:17 pm

      Thanks a lot faiherrr. It means a lot?❤

Comments are closed.

Next Episodeއިންސާފު ލިބޭނެބާ؟-7←


All Right Reserved!