Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އަހަރެންގެ ވާހަކަ… 8

Annna Level 510 Stories100 Comments100 Login
June 20, 2020 5 Mins Read
1 Comment

“ކޮބާ މަންމި..؟” ނިދި އަޑުން އަހަރެން އާއިޝް އާއި ސުވާލު ކުރީމެވެ. “ނޭނގެ.. މާމަ އަށް އިނގޭނެ..!” މިހެން ކިޔާފައި އާއިޝް ނިކުމެގެން ދިޔައެވެ. އަހަރެން ވެސް ފެންވަރާ ރީތިވެލައިގެން ތިރިޔައް ފޭބީމެވެ. ސައި ބޮއެގެން ނިކުތް އިރު މަންމަ ގެޔައް ވަންނަނީއެވެ.

***

މަންމަ ލައިގެން އިނީ ގަޔަށް ދޫކޮށް އިން ހެދުމެކެވެ. ކަކުލާ ހަމައަށް ނާރާ ދެއިންޗި ވަރު އިނެވެ. ބޮޑު މަލެއް މޭމަތީގައި އިން އިރު މޭމަތީގައި ކުދި ބައިވަރު ރޫތަކެއް ޖައްސާފައެވެ. އަތް ވެސް އިނީ ވަރަށް ފުޅާ ކޮށެވެ. ލައިގެން އިނީ ކަޅުކުލައިގެ ފަޔަށް ނުހިފާވަރުގެ ޖިންސް އެކެވެ. އިސްތަށިގަނޑު އޮތީ ދޫކޮށްލާފައެވެ. ނަމަވެސް ނިތްކުރިން ދެފަރާތުން އިސްތަށިކޮޅެއް ފަހަތައް ގެންގޮސް އިނީ ދައްޗަކުން ހަރު ކޮށްފައެވެ.

އިއްތިފާޤުން އަހަރެން ނަށްވެސް ލެވިފައި ހުރީ ހަމަ އެކަހަލަ ހެދުމެކެވެ. ނަމަވެސް އިސްތަށިގަނޑު އޮތީ ހަތަރުފަށަށް ގަތާލައި ކަނާތް ފަރާތުން ކުރިމައްޗައް ވައްޓާލެވިފައެވެ. “އަނހަ.. ދެމައިން އެއްބަސް ކިޔައިގެންތަ މިއަދު؟!” ކާބައިން ނިކުތް މާމަ ބުނެލިއެވެ.

“މަންމަ މިއައީ ދަރިފުޅު ސްކޫލަށް ލައި ހުރިހާ ކަމެއް ނިންމާފައި.. ހިނގާ މަންމަ އާއި އެއްކޮށް ޔުނީފޯމް ފަހާތަނަށް ދާން..” މަންމަ މިހެން ބުނުމުން އަހަރެންވެސް މަންމަގެ ފަހަތުން ހިނގައި ގަތީމެވެ. އާއިޝް ވަގުތުން ދާން ވަރުދައްކާލިއެވެ. މާމަ އެއްޗެކޭ ބުނުމުން ފަހުން ހަމަޖެހުނެވެ. މަންމަ އާއި އެއްކޮށް އަހަރެން މަންމަގެ ސައިކަލު ފަހަތަށް އެރީމެވެ.

މަންމަ މަޑު ކޮށްލީ ފަހާތަނެއްގެ ކުރިމައްޗަށެވެ. “އަނހާ މާޝާ ކޮންވަޑާމެއް..؟” އެތެރޭގައި އިން ސާޅީހަކަށް އަހަރުގެ އަންހެން މީހާ ބުނެލިއެވެ. ބުނެލި ގޮތުންވެސް އެއީ މަންމަ ދެކެ ފަރިތަ މީހެއްކަން އިނގުނެވެ.

“އާނ ފަހީމައްތާ.. މަގޭ ދަރިފުޅު ސްކޫލަށް ދާންވެގެން ޔުނީފޯމު ފަހަން ވެގެންނެއްނު މިއައީ..” އެތާގައި އިން ވަރަށް ބޮޑު މޭޒެއް މަތީގައި ސައިކަލު ތަޅުދަނޑި ބާއްވަމުން މަންމަ ބުނެލިއެވެ. “އެހެންތަ.. ދެން ކޮބާ އާއިޝް އޭނަ ގޮވައިގެން އައިމަ އެއްނު މިންނެގޭނީ.. އަނެއްކާ އެކޮއެ ގެނައީ އެސޮރުގެ ހެދުމެއްތަ..؟” ފަހީމައްތަ މަންމަ އާއި ސުވާލުކުރީ އާއިޝްގެ ސްކޫލަށް ދާން ކަމަށް ހީކޮށެވެ.

“ހެހެ.. ނޫނޭ ފަހީމައްތާ.. މަގޭ ދޮށީ މަންޖެ ސްކޫލަށް ދާންވެގެންނޭ.. އޭނަ އައީ އޭނަގެ ބައްޕަ ގާތުހުރެފައި އަހަރެންގެ ގާތަށް މިހާރު..” މަންމަ ހިނިގަނޑެއް ޖަހާލަމުން ބުނެލީ އަހަރެންނަށް އިޝާރާތް ކުރަމުންނެވެ. “އެހެންތަ ވަނީ.. ނޭނގޭނެއެއްނު.. އެމަންޖެ ވެސް ހާދަ ބޮޑު ވެއްޖޭދޯ.. މާޝާގެ ކާބަން ކޮޕީ އެއްދޯ މީ.. ހެހެ..” ފަހީމައްތަ ވެސް މިހެން ކިޔާފައި އަހަރެންގެ ޔުނީފޯމު މިންނަގަން އަވަސްވެގަތެވެ. ގެއަށް ދިޔައިރު އާއިޝް އުޅުނީ އަހަރެމެން ލަސްވެގެންނެވެ.

ޖެހިގެން އައި ދުވަހު ހެނދުނެވެ. އަހަރެން އިނީ އަހަރެންގެ ކޮޓަރީގެ ބެލްކަނިން ފެންނަ ގޭގެ ފުރަގަހު އިންނަ އަތިރި މަތީގައެވެ. ބޮޑު ދިއްގާ ގަހެއްގައި އެލުވާފައި އިން ޖޯލީގައި އަހަރެން އިށީންދެެގެން އިންދައި ކުއްޖެއް އައިސް އަހަރެންގެ ކައިރީގައި މަޑު ކޮށްލިއެވެ. އޭނާ އިށީނީ އަހަރެންނާއި ޖެހިގެން ތަންކޮޅެއް ދުރުގައި އިން ޖޯއްޔެއްގައެވެ.

“ހެއި….” އޭނާ އައިސް އަހާލިއެވެ. އަހަރެން އެކުއްޖާގެ މޫނަށް ބަލާލައިފައި ހައި  އެއް ބުނެލީމެވެ. “އައިމް ލާޔާ..” ލާޔާ ފުރަތަމަ އަހަރެންނަށް ސަލާމް ކޮށްލަން އަތް ދިއްކޮށްލިއެވެ. “އާޝާ..” އެއަތުގައި ހިފަމުން އަހަރެން ވެސް ނަން ބުނެލީމެވެ.

“ތީ މިރަށު ކުއްޖެއް ނޫން ދޯ..؟” ލާޔާ އަހަރެން ކުރެއް އަހާލިއެވެ. “ޔާ އިއްޔެ އަދި މިރަށައް ޗޭންޖް ވީ…” އަހަރެންވެސް ބުނެލީމެވެ. “އެހެން ވީމައި މިރަށުގަ ދޯ ދެން އުޅޭނީ.. ކޮން ގްރޭޑެއްތަ..؟” ލާޔާ އިތުރަށް ސުވާލު ކުރިއެވެ. އަހަރެންވެސް ގްރޭޑް ސިކްސް އޭ ބުނެ ޖަވާބުދާރީ ވީމެވެ.

“އަސްލުތަ..؟ އެހެންވީމައި އާޝާ ދޯ ތީ އަހަރެމެން ކުލާހަށް އަލަށް ވަތް ކުއްޖަކީ.. އަހަރެން ވަރަށް އުފާވެއްޖެ..” އެގޮތުގައި އަހަރެންނާއި ލާޔާ ވަރަށް ގިނައިރު ވާހަކަ ދައްކަން ތިބީމެވެ. ބަލާލި މީހަކު އަހަރެމެން ދެމީހުންނަކީ އަލަށް ދިމާވި ދެކުދިންނެކޭ ނުބުނާނެ އެވެ. އެހާވެސް އަހަރެމެން ދެމީހުން ވާހަކަ ދައްކަމުން ދިޔަލެއް އެކުވެރިއެވެ.

އަހަރެން އެނބުރި ދިޔައީ މަންމަ މަގުގެ ކަންމަތީގައި ހުރެފައި އަހަރެންނަށް ގޮވާލި އަޑު އިވުމުންނެވެ. މަންމަ އަށް އެވަގުތު ލާޔާ ނުފެންނަކަށް އިނގުނީ ފަހުންނެވެ.

ޖެހިގެން އައި އާދިއްތަ ދުވަހު އަހަރެން ސްކޫލަށް ދިޔައީމެވެ. އެއީ އަހަރެން ވަރަށް ހާސްވެ ކަންބޮޑުވި ދުވަހެކެެވެ. އަހަރެން ހިތައް އަރަނީ ކުރީސްކޫލުގައި ގޮތައް ވާހަކަ ތައް ހިއްސާ ކޮށްލާނެ ގާތް އެކުވެރިއެއްވެސް ނުލިބޭނެ ކަމަށެވެ. ނަމަވެސް ލާޔާ އަހަރެންގެ ނުތަނަވަސް ކަން ކުޑަކޮށްދިނީ އަހަރެންނާއި އެކު މުޅި ދުވަހު އުޅެގެންނެވެ.

އަހަރެންނަށް ލާޔާ އޭނަގެ މަންމަ އާއި ބައްޕަގެ ވާޙަކަ ކިޔައިދިނެވެ. ލާޔާގެ މަންމަ އަކީ ޑޮކްޓަރެކެވެ. ލާޔާގެ ބައްޕަ އަކީ މިރަށުގައި ފިހާރައެއް ހުޅުވައިގެން އެވިޔަފާރި ކުރާމީހެކެވެ. ލާޔާގެ ބައްޕަގެ ފިހާރައަކީ މިރަށުގައި އެންމެ ބޮޑު އަދި އެންމެ ތަކެތި ގިނަ ފިހާރައެވެ.

އެދުވަހު ސްކޫލު ނިމިގެން އަހަރެން އައީ ކާރުގައި އެވެ. ގެއަށް ވަތް އިރު މަންމަ އަށް ބަލައި ނުދެވުނު ސަބަބު އިނގުނެވެ. މަންމަ އުޅުނީ ގެއަށް މެހެމާނަކު އަންނާތީވެ އަވަދިނެތި މެންދުރަށް ކައްކައެވެ. އެއްޗެހި ބަދަލުކޮށް ނަމާދު ކޮށްލައިގެން ބައެއް ފިލާވަޅުތައް ހަދާފައި އަހަރެން ތިރިއަށް ދިޔައީ އެކެއް ޖަހަން ގާތް ވަނިކޮށެވެ.

ލިވިންގ ރޫމުގެ ސޯފާތަކުގައި އެންމެން ތިއްބައި ބެލް ޖަހާލިއަޑު އިވުނެވެ. ދޮރުހުޅުވާފައި މަންމަގެ ފަހަތުން ވަތް އަންހެނަކާއި ފިރިހިނެއްގެ ފަހަތުން ވަތް ލާޔާ ފެނި އަހަރެން ވަރަށް ބޮޑު ހައިރާންކަމެއް ލިބުނެވެ. އަދި ލާޔާ އަށް ވެސް އަހަރެންފެނި ހައިރާންކަން ލިބުނުކަން އިނގުނެވެ.

މަންމަމެން އިށީންދެލީ ސޯފާތަކުގައެވެ. މަންމަގެ އެދުމަކަށް އަހަރެންނާއި ލާޔާ މިސްރާބުޖެހީ ކޮޓަރިއަށެވެ. ކޮޓަރިއަށް ވަދެވެންދެން އަހަރެމެން ކުރެ އެކަކުވެސް އަނގައިން ނުބުނަމެވެ. “އާޝާ ތީ މާޝައްތަގެ ކުއްޖެއްތަ..؟” ލާޔާ ހަމަ އެހައިރާން ކަންމަތީ ހުރެ ސުވާލު ކުރިއެވެ.

“ހޫމް…!” އަހަރެންވެސް ބުނެލީމެވެ. “އައި ކާންޓް ބިލީވް ދިސް.. ވަޓް އަ ކޮއިންސިޑެންސް.. އިގޭތަ..؟ މާޝައްތަ އާއި މަންމަ އަކީ ބެސްޓް ފްރެންޑްސް.. ކޮންމެ އާދިއްތަ ދުވަހަކު އަހަރެންގެ ކުޑަ އާއިލާ އަންނާނެ މިގެއަށް ލަންޗައް.. ބައެއް ދުވަސް ދުވަހު ދަނީ ޑިނާވެސް ކައިގެން.. ދެން ކޮންމެ ތާސްޑޭއަކު މާޝައްތަ އާއި އާޝް ދާނެ އަހަރެމެން ގެއަށް.. ބައެއް ފަހަރު ދަން ކައިރީގައި އޮންނަ ރިސޯޓް ތަކަށް ޕިކްނިކް ހަދާލަން.. އިނގޭތަ..؟ އަހަރެން އިންނަނީ ފޫހިވެފައި.. އޭޖްގެ ކުއްޖަކު ނުހުންނާތީވެ.. އެކަމް.. އާޝް އާއި އެއްވަރު އެހެރީނު.. މަގޭ ކޮއްކޮ.. އެކަމް އާޝް އަށް ވުރެ ވަން އިޔާ ބޮޑުވާނެ ލީޝާ..

ދެން އަހަރެންވެސް ފޫއްސެއް ނުވާނު.. އާޝާ ތިހުރީނު. ހެހެ..” ލާޔާ އަކީ މިޒާޖުގެ ގޮތުން ވަރަށް އަނގަ ގަދަ ކުއްޖެކެވެ. ހީވާނީ ރަވަ ބޮއްޔެއް ތަޅުވާހެންނެވެ. އެއްއިރަކު އަހަރެންވެސް އުޅުނީ އެގޮތަށެވެ. ނަމަވެސް އެހާދިސާގެ ސަބަބުން އަހަރެންގެ މިޒާޖު ބަދަލުވީ މަޑޫމައިތިރި ކުއްޖަކަށެވެ.

ނަމަވެސް ލާޔާގެ ސަބަބުން އަހަރެންގެ އެބައި ހޭލައްވާލި ކަހަލައެވެ. ލާޔާ އާއި އެއްވަރަށް އަހަރެންވެސް ވާހަކަ ދެކެވެއެވެ. ކެއުން ވެސް ގެނައީ ކޮޓަރިއަށެވެ. ލާޔާމެން ދިޔައީ އެރޭވެސް ކައިގެން ނުވައެއް ޖަހަން އުޅެނިކޮށެވެ. އަހަރެން އޮށޯވެލީ ވަރުބަލި ވެފައި ހުރި ވަރުންނެވެ. ލާޔާ އާއި ދެމީހުން ފިލާވަޅު ހެދުނުކަން ނަސީބެކޭ ހިތައް އެރިއެވެ.

އެގޮތުގައި ތިންމަސް ދުވަސް ފާއިތުވެ ދިޔައީ އުފާވެރިކަމުގައެވެ. ސަމިއްތަގެ އުނދަގުލެއް އަނިޔާއެއް ނުލިބިއެވެ. ނަމަވެސް އަބަދުވެސް އަހަރެން ކޮންމެ ނަމާދަކަށް ފަހު ކުރާ ދުއާއަކީ މަންމަ އާއި ބައްޕަ އަލުން ގުޅުމެވެ. އަހަރެންވެސް މަސައްކަތެއް ކުރަން ހިތައެރިއެވެ. ނަމަވެސް ކުރާނެ ވަކި ގޮތެއް ނޭނގުމުން އެހިޔާލު ދޫކޮށްލީއެވެ.

އެއްދުވަހެކެވެ. އަހަރެން އިނީ ލާޔާގެ ލެޕްޓޮޕް ހިފައިގެން އަހަރެންގެ ފިލާވަޅެއް ހަދާށެވެ. އަހަރެންގެ ލެޕްޓޮޕްގައި ކުޑަ މައްސަލައެއް އުޅޭތީވެ ލާޔާގެ ލެޕްޓޮޕް ގެނައީއެވެ.

ފިލާވަޅު ނިންމާލާފައި އަހަރެންނަށް އެލެޕްޓޮޕްގައި އިން ފޯލްޑާއެއް އޮޅިގެން ހުޅުވާލެވުނެވެ. އޭގައި އިނީ ވީޑީއޯއެކެވެ. އަހަރެން އޭތި ހުޅުވާލެވުނީ ޝައުޤުވެރި ވެވުނު ވަރުންނެވެ. އެއީ ވީޑީއޯއެއް ނޫނެވެ. ސީސީޓީވީ ކެމެރާ ފުޓެޖް އެކެވެ. ފުރަތަމަ ވީޑީއޯއަކީ ތިން ގަޑީ އިރު ދިގު ވީޑިއޯ އެކެވެ.

އެއީ ގެސްޓް ހައުސް އެއްގެ ކޮޓަރިއެއްގެ ދޮރެކެވެ. ފުރަތަމަ ފެންނަނީ ދެމީހަކު ވަތް ތަނެވެ. އެއީ ލާޔާގެ މަންމަ ކަން ރީއްޗައް އެނގެއެވެ. ދެން އަންނަނީ މަންމަ އެވެ. މަންމަ ހިކިވީމައި އަހަރެންނަށް ބަލާލެވުނީ އޭގައި އިން ތާރީޚެވެ. އެއީ މަންމަ އާއި ބައްޕަ ވަކިވުމުގެ ބަރާބަރު ފަސް ދުވަސް ކުރިންނެވެ.

މަންމަ ވަދެފައި ގިނައިރެއް ނުވެ ލާޔާގެ ބައްޕަވެސް ވަނެވެ. ދެން ލާޔާގެ ބައްޕަ ނިކުތް އިރު ހުރީ ގަމީހުގެ ބައެއް ގޮއްތައް ނައްޓާލައިގެންނެވެ. މަންމަ ނިކުތީ އޭގެ އެއްގަޑީއިރު ފަހުންނެވެ. މަންމް ނިކުތްތާ ތިންވަރަކަށް މިނިޓުތެރޭ ލާޔާގެ މަންމަވެސް ނިކުމެގެން ދިޔައެވެ.

ދެން އިނީ އެއްގަޑިއިރުގެ ވީޑިއޯއެކެވެ. އޭގައި ލާޔާގެ މަންމަ ވަތް ތަނާއި ނިކުންނަ ތަނެއް ނެތެވެ. އިނީ ހަމައެކަނި މަންމަ އާއި ލާޔާގެ ބައްޕަގެ ބައެވެ. ބަލާލި މީހަކު ހީވާނީ ނުބައި މަންޒަރު ތަކެއް ހެންނެވެ. ނަމަވެސް އޭގެ ގަޑި އަށް އަންނަ ބަދަލު ތަކަށް ބަލާލައިފި ނަމަ އެއީ އެޑިޓު ކޮށްފައި އިން ވީޑިއޯ އެއްކަން ރަނގަޅައް އެނގޭނެއެވެ. އަހަރެން އޭތި ޕެން އަށް އަޅާފައި ބޭއްވުނީ ކީއްވެގެން ކަމެއް ނޭނގެއެވެ.

ޖެހިގެން އައި ދުވަހަކީ ރިސޯޓަކަށް އަހަރެން ދިޔަ ފުރަތަމަ ދުވަހެވެ. އެތަނުގެ ތަންތަން ވަރަށް ރީއްޗެވެ. މޫދު ވަރަށް ސާފެވެ. ގޮނޑުދޮށުގައި ގަސްގިނަ އިރު ތިރިއަށް ވެއްޓިފައި އެންމެ ހިކި ފަތެއްވެސް ނެތެވެ. މޫދައް އެރުމުގެ ބަދަލުގައި އަހަރެމެން އެރުނީ ސުވިމިން ޕޫލަކަށެވެ. ސުވިމިން ޕޫލު އިންނަނީ ގޮނޑުދޮށާއި ވަރަށް ކައިރީގައި ކަމުން މަންމަ އާއި ލާޔާގެ މަންމަ އިނީ މޫދާއި ވީފަޅިއަށް ކުރިމަތިލައިގެން ހަޓެއް ދަށުއެވެ.

ލީޝާ އާއި އާއިޝް ވެލިކުޅެން ރާޅުޖަހާފަށި ތިއްބެވެ. ކައިރީގައި ލާޔާގެ ބައްޕަ އުޅުނެވެ. ފެންފުޅިތައް ހުރީ މަންމަމެން ކައިރީގައި ކަމުން އަހަރެން ދިޔައީ ފެން ފުޅިއެއް ބަލައެވެ. އޭރު ލާޔާ އުޅުނީ ސްވިމިން ޕޫލުގައި ފަތައެވެ. ސްކޫލުދުވަސް ވަރު ކަމުން ގެސްޓުންވެސް ވަރަށް މަދެވެ.

މަންމަމެން ކައިރިއަށް ދިޔަވަރަކަށް އަހަރެންނަށް އެދެމީހުން ދައްކަުން ދިޔަ ވާހަކަތައް ސާފުވާވަރު ވިއެވެ. “ކޮބާ އެފުޓެޖް ތައް ލިބިއްޖެ..” ލާޔާގެ މަންމަ ލައިނާ ބުނެލިއަޑު އިވުނެވެ. “ދެން އޭގެ ބޭނުމެއް ނެތެއްނު.. މިހާރު އެދެމީހުން އުޅެނީ ނުލާހިކު އުފަލުގައި..” މަންމަ ބުނެލިއެވެ. “ބަލަ ތިދެމީހުން އުފަލުގައި އުޅެނިކޮށްދޯ އެ ސަމީރާ އައިސް ތިދޭތެރެއަށް ވަނީ.. އޭތި އެޑިޓް ކޮށްގެން އާކިފް އަށް ދައްކައިގެން މެރީ ކުރީ..” ލައިނައްތަ މިހެން ބުނުމުން އަހަރެންގެ ސިކުނޑި އަށް ކޮންމެވެސް ވަރަކަށް ވެގެން އުޅޭ ގޮތް ފަހުމު ވަމުން ދިޔައެވެ.

“ދެން ހެވޭ.. އަހަރެންނެއް ނޫޅެން..” މަންމަ އެހެން ބުނުމުން އަހަރެން ވަރަށް ދެރަވިއެވެ. “މާޝާ ނުވޭތަ މިހާރު އާކިފް ދެކެ ލޯތްބެއް..؟” ލައިނައްތަ މިހެން އެހުމުން މަންމަ އިސްޖަހާލިތަން ފެނުނެވެ. “ނޫން.. ކިތަންމެ ލޯބިވިއަސް ސަމީރާ ކުރިފަދަ ކަމެއް އަހަރެން ނުކުރާނަން..” މަންމަ މިހެން ބުނުމުން މަންމަގެ ނިޔަތް އެނގުނެވެ. މަންމަ ބޭނުން ވަނީ ބައްޕަ އުފަލުގައި އުޅޭށެވެ. ބައްޕަ އަށް ދެރަވާފަދަ ގޮތަކަށް މަންމަ ދުވަހަކުވެސް ކަންތައް ކޮށްފައެއް ނުވެއެވެ.

ޖެހިގެން އައި ދުވަހު އަހަރެން އަހަރެންގެ ވާހަކަ ލާޔާ އަށް ކިޔައިދިނީމެވެ. އަހަރެންގެ ލެޕްޓޮޕްގައި އިން ފުޓެޖް ތަކާއި އަހަރެން ލޮލުން ދުއް މަންޒަރަށް ދަންދެން ބުނީމެވެ. އަހަރެންނާއި ލާޔާ ވެގެން ޕްލޭން އެއް ރޭވީމެވެ. އަހަރެމެން ކިތަންމެ ކުޑަނަމަވެސް އަހަރެން ބޭނުންވަނީ މަންމަ އާއި ބައްޕަ ގުޅެން އޮތް ގޮތަކަށް ކަންތައް ކުރާށެވެ. ސަމިއްތަ އަށް ލައްކަ ދުވަހު އެހެން މީހެއްގެ ދިރިއުޅުން ހަލާކުކޮށްލައިގެން އުޅެވިއްޖެތާއެވެ.

ޖެހިގެން އައި ދުވަހަށް އިރުއެރިއެވެ. މިއަދަކީ އަހަރެމެންގެ ޕްލޭންގެ ފުރަތަމަ ފިޔަވަޅު އަޅާ ދުވަހެވެ. ކާމިޔާބު ވެއްޖެ ނަމަ ދެން އޮންނަ ފިޔަވަޅު އަޅާން ހިތްވަރު ލިބި ފަސޭހަ ވާނެއެވެ.

_ނުނިމޭ

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Annna

Level 510 Stories100 Comments100 Login

I am a girl who loves to read n write dhivehii stories☺.... Love to read comments from readers..❤ Accepting positive and negative comments tooo... can contact via my insta private acc @__asnaaaaa_ ... or author acc @i_an.nna and my email id [email protected] My short stories: Myra, Dhonmanma, Maizal, Erey, Edhathuru, Ehves kuhjaku baaky nukuramaa, Manzil, Badhaluvi aadha My long stories: Aina, Kaamiyaabu, Aharenge Vaahaka, Aina S2, Loabivaavaru an'gadheyhiyvey.. My on going story: - Aina S3 _Annna

Other Articles

Previous

އީޝަލް (12ވަނަ ބައި)

Next

ޒާޔާ (އެގާރަވަނަ ބައި)

Next
June 20, 2020

ޒާޔާ (އެގާރަވަނަ ބައި)

Previews
June 20, 2020

އީޝަލް (12ވަނަ ބައި)

One Comment

  1. A aaR says:
    June 20, 2020 at 3:07 pm

    miothy mibai vesq uo vefa.. insha allah dhen innaany mivaahakaige fahubai.. fahuba aai ehkoh aina stryge 1st prt ves submit kohlaan.. nxt insha allah tuesday ga submit kure vey tho vv masahkai kuraanan.. insha allah.. mi bai vx kamudhaane kamah unmydhu kuran.. have a gud day

Comments are closed.

Next Episodeއަހަރެންގެ ވާހަކަ 9 (ފަހުބައި)←


All Right Reserved!