Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

އައިނާ 2 (އެއްވަނަބައި)

Annna Level 510 Stories100 Comments100 Login
June 21, 2020 3 Mins Read
7 Comments

ނޯޓް: އައިނާ ސީޒަން ދޭއްގައި ހާނިމްގެ ނަން ވާނީ ހިޝާންގެ ނަމަށް ބަދަލުކޮށްގެން ގެނެސް ދީފައެވެ.

ކްރިސްޓަލްގެ ބޮކިފަތި ތަކަކުން ދިއްލާލެވިފައިވާއިރު ހީވަނީ ސަހަރެއްގެ މެދުތެރޭގައި އިން ގަނޑުވަރެއް ހެންނެވެ. މީޑިއާ ތަކުންނާއި ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިންވެސް މިޕާރޓީ އަށް އައިސް ތިއްބެވެ. ޚަދީޖާ އާއި މަރިއަމް ތިބީ ޕްލެއިން ކަޅު ދިގުހެދުމެއް ލައިފައި ލައިމް ކުލައިގެ ބުރުގަލެއް އަޅައިގެންނެވެ. މަރިއަމްގެ ހެދުމުގައި އެކުލައިގެ މިނާ ކޮންމެވެސް ވަރަކަށް ހަރުކުރެވިފައި ހުއްޓެވެ.

އައިނާ، އަޝްހާ، އަދި ހައިފާ ތިބީ ލައިމް ކުލައިގެ ވަށްތިރިކޮށް ހުންނަ ހެދުމެއްލައިފައި އެވެ. ހީވަނީ ޑިސްނީ ޕްރިންސެސް ‘ސިންދަރެއްލާ’ ހެންނެވެ. ތަފާތަކީ އެހެދުން މަޑު ފެހިކުލައިގައި ހުރުމުންނެވެ.

އިސްރާ އިނީ ޕްލެއިން ބްލެކް އަބާޔާ ހެދުމަކާއި ޝޯލް އެއް އަޅައިގެންނެވެ. އަރަބި ސްޓައިލަކަށް ޝޯލް އަޅައިފައި ހުރުމުން ހީވަނީ މެލޭޝިޔާ ކުއްޖެއް ހެންނެވެ. އަނީލް ހުދާއި ކަޅު ކޯޓް ފަޓުލޫނުގައި ހުރިއިރު ކަރުގައި އޮތީ ލައިމް ކުލައިގެ ހިމަ ޓައީ އެކެވެ. އަނެއް ތިންފިރިހިނުން ތިބީ ހުދު ގަމީހާއި ކަޅުފަޓުލޫނުގައި ޓައީ އަޅައިގެންނެވެ.

އައިނާ އަޝްހާ އަދި ރީމާ އެއްކޮށް އުޅުނެވެ. ހައިފާ ރައްޓެހިން ކޮޅެއް ހޯދައިގެން އެމީހުންނާއި އެކު އުޅުނެވެ.

އިސްރާ އިނީ ފިނިވެފައި އެވެ. އެކަން އަނީލް އަށް އިނގުމުން އިސްރާ އަރުން ދޫވެސް ނުކުރެއެވެ. ދާހާ ތަނަކަށް ދަނީ އިސްރާ ގޮވައިގެންނެވެ. “މިސްޓަ އަނީލް” ޓީވީ މޯލްޑީވްސްގެ ނޫސްވެރިއެއް އަނީލް ކައިރިއަށް އައިސް ގޮވާލިއެވެ. “ފެމިލީ ފޮޓޮއެއް ލިބިދާނެތަ؟” އެމީހާ އަނީލްގާތު އެދުނެވެ. “ޔެސް ވައި ނޮޓް.. އައިނާ އާދެބަލަ..” އައިނާ، އިސްރާ އަދި އަނީލް ފޮޓޮއަށް އެތުރިގެން ތިބިގޮތް ވަރަށް ވެސް ރީއްޗެވެ.

***

އެރޭ ޕާރޓީ ނިމުނު އިރު ވަރަށް ދަންވެއްޖެ އެވެ. ޕާރޓީ ނިންމާފައި އެންމެންވެސް ވަނީ ކޮޓަރިތަކަށް ނިދަންށެވެ. އައިނާ ވެސް ވެފައި ހުރި ވަރުބައްޔާއެކު ކޮޓަރިއަށް ވަނީ ވެފައި ހުރި ވަރުމައްޔަކުން ޖައްސާލާށެވެ. މެންދަމު އެގަޑީ ހޫނުފެނުން ފެންވަރާލައިގެން އައިނާ އޮށޯތެވެ. އެހެން ނަމަވެސް ނިދޭ ގޮތެއް ނުވިއެވެ. ބުޅި އިސްތަށިގަނޑު ހުޅިއެއްޖަހާލަމުން އައިނާ ނިކުތީ ބެލްކަންޏަށެވެ.

މެންދަމުގެ ތެތްފިނި ވައިރޯޅިތައް އެއްވެސް ހުރަހެއް ނެތި އައިނާގެ ހަށިގަނޑުގައި ބީހިލައިފައި ދެއެވެ. އެކަމުން ހިތްހަމަޖެހުން ލިބިގަންނަމުން އައިނާ ލޯމަރާލިއެވެ. އެގޮތުގައި އިރުކޮޅަކު އިނދެފައި އެތެރެއަށް ވަނީ މާގިނައިރު އެހެން ނީންނާށެވެ.

***

ހަނދު އޭގެ ވާޖިބު އަދާ ކުރުމަށްފަހު އިރަށް ފުރުސަތުދެމުން އުދަރެހުން އޮއްސިގެން ގޮސް ގެއްލުނެވެ. ތެތް ފިނި ފަޒާގައި ހޫނުކަން އަތްގަދަ ކުރަމުން ދިޔައެވެ.

ކްރިސްޓަލް ގޭގެ ހުރިހާ އެންމެން ތިބީ ނާސްތާ ކުރަން މޭޒު ދޮށުގައެވެ. އެންމެން ހަމަހިމޭން ކަމާއެކު ކަމުން ދިޔައެވެ. ނޯކަރުން ރޭގެ ޕާރޓީގައި އެލުވައިފައި ހުރި ބޮކިފަތި ތަކާއި މާތައް ނެއްޓުމުގައި ހަރަކާތްތެރިވާ އަޑު އިވެއެވެ.

އެހަމަހިމޭންކަން ފޫދުއްވާލީ ހުމައިދުގެ އަޑަށެވެ. “އަހަރެމެން މިރަށުގައި ތިބެން ނިންމައިފިން…. ދެން މާލެ ނުދާ ގޮތައް…” ހުމައިދުގެ ވާހަކައިން އެންމެ އުފާވީ ޚަދީޖާ އެވެ. ހައިފާ އެއަށްވުރެ އުފާވިހެން ހީވެއެވެ. ކައިރީ އިން އަޝްހާ އާއި ޓަޗެއް ޖަހާލިއެވެ.

“ދެން ހައިގެ ކިޔެވުމޯ؟؟؟” އަނީލް އެކަމާ ސުވާލުއފެދިފައި އަހާލިއެވެ. “ހައި އެއައީ ޓީޗިން ހަދައިގެން… އޭލެވެލް ކިޔަވާކަށް ހައި ބޭނުމެއްނުވި އެހެންވެ…” މަރިއަމް ބުނެލިއެވެ.

“ދެން ހިޝާންބޭ ދަނީ އަހަރެމެންނާއެކު ސްކޫލަށް ދޯ؟؟” އަޝްހާ އަށް ނީންދެވިގެން އަހާލިއެވެ. “ޔެސް އަޝް ބޭބީ!!!” ހިޝާން ބުނެލިއެވެ. ވަގުތުން އަޝްހާ ގާތައް ރުޅިއައެވެ. “ދެން ހިޝާންބޭ…. އަހަރެންމީ މިހާރު ބޭބީ އެއްނޫނޭ… ހުއް.. ވަރަށް ފޫހިވޭ…” އަޝްހާ ތުން އަނބުރާލަމުން ބުނެލިއެވެ.

“އަހަރެން މިދަނީ ހިޝާންގެ ސްކޫލުކަންތައް ނިންމާލަން” ހުމައިދު ގޮނޑިން ތެދުވަމުން ބުނެލިއެވެ. މަރިއަމް ވެސް ހުމައިދު ފަހަތުން ހިނގައިގަތެވެ.

އައިނާ އާއި އަޝްހާ ހިނގައިގަތީ ހައިފާ އާއި އެކު އެކޮޓަރިއަށެވެ. “ދެން ހައި ދައްތަ ދާނީ ކިޔަވައިދެން ދޯ.. ކޮން ގްރޭޑަކަށްތަ؟” އަޝްހާ އަތު އޮތް ފެހިއާފަލުން ތަންކޮޅެއް ނައްޓަލަމުން ބުނެލިއެވެ. “އަދި ނޭނގެ ފަހަރެއްގައި ހަތެއް އަށަކަށް ދާންޖެހިދާނެ..” ހައިފާ ބުނެލިއެވެ.

“އަޅޭ ހައިދައްތަ އާދެބަލަ އަހަރުމެންނަށް ކިޔަވައިދެން.. އޭރުން ވަރަށް މަޖާވާނެދޯ އަޝޫ..”

އައިނާ އަޝްހާ އަށް ދޯ އެއްލަމުން ބުނެލިއެވެ. “ހައިދައްތަ ބުނާނަން އެހެން..”

* ހަތަރު އަހަރު ފަސް *

“މަންމާ.. މަންމާ.. އަޅެ ކޮބާތަ އަހަރެންގެ ހިސާބު ފޮތް؟؟..” ސިޑިން ފައިބަމުން އައި އައިނާ ހުރީ ސްކޫލު ޔުނީފޯމުގައެވެ. “ނެތްތަ މޭޒުމައްޗަކު؟!..” ހަތަރު މަހުގެ ބަނޑަކާއެކު އިސްރާ ފެންނަނީ ނުހަނު ޗާލުކޮށެވެ. މޫނުމަތި އިތުރަށް ދޮންވެލާ ފަލަވެލާފައި ހުރިއިރު ވަރަށް ރީއްޗެވެ.

“އާނއެކޭ..” މައްޗައް އަރަމުން އައިނާ ބުނެލިއެވެ. އިރުކޮޅަކުން އަނީލްވެސް ސިޑިން ފައިބަމުން އާދެއެވެ. “ކޮބާ އައިނާ؟؟” އިސްރާ ކައިރިއަށް އައިސް އަނީލް އަހާލިއެވެ. “ހިސާބު ފޮތްނުފެނިގެން އެބައުޅޭ މަތީގަ..”

އަނީލްގެ ގަމީހުގެ އަތުކުރި އޮޅަލަދެމުން އިސްރާ ބުނެލިއެވެ. “ހިންގާ ސައިބޯން..” އިސްރާ މިހެން ބުނެލީ އަނީލްގެ މޫނަށް ބަލާލަމުންނެވެ. އަނީލް ކާމެޒު ކައިރީ އިށިންދެލި ތަނުން އައިނާ ފޮތް ދަބަސް ހިފައިގެން އައިއެވެ. “ކޮބާ ފޮތް ފެނިއްޖެ؟” އަނީލް ރޮށި ތައްޓައް ފިލުވާލަމުން އަހާލިއެވެ.

“އަޝޫ އަތުގަވީ.. ހަނދާން ނެތުނީ..” އައިނާ އިސްޖަހާލަމުން ބުނެލިއެވެ. “ދަރިފުޅު ކިޔަވަން ބޭނުމީ ކޮން އެއްޗެއްތަ؟” އަނީލް އަހާލިއެވެ.

“ޑޮކްޓަރަކަށް..” އައިނާ ހިނިތުން ވެލަމުން ބުނެލިއެވެ. “އަސްލުތަ؟ ބައްޕަ އެންމެ އުފާވާނެ ދުވަހަކީ ދަރިފުޅު ޑޮކްޓަރުގެ ފާސްނަގައިގެން އަންނަ ދުވަހަކުން..” އަނީލް އުފާވަލާފައި ބުނެލިއެވެ. އަނީލް އަކީވެސް އެއްއިރަކު ޑޮކްޓަރުކަން ކިޔަވާން ބޭނުންވި ކުއްޖެކެވެ. ނަމަވެސް ބައްޕަގެ މަޖުބޫރުން އެކަން ނުކުރެވުނީއެވެ. އޭނާގެ އެހުވަފެން އޭނާގެ ދަރިފުޅު ފުރިހަމަ ކުރާތަން ދެކެން ބޭނުން ވަނީ އިންތިހާ އަށެވެ.

“ދަރިފުޅާ އަވަސް.. ފަނަރަ މިނިޓައް ވެއްޖެ.. ބައްޕަވެސް ނިކުމެއްޖެ!” އިސްރާ ކަންބޮޑުވެފައި ބުނެލިއެވެ.

“މިދަނީ..” އައިނާ ދަބަސް ކޮނޑުގައި އަޅުވާލަމުން އިސްރާ ކައިރިއަށް އައިނާ ދިޔައެވެ. އަދި އިސްރާ ކައިރިއަށް ގޮސް ބައްދާލާފައި ބަނޑުގައި ބޮސްދީފައި ވަރަށް މިސްވާ ވާހަކަ އާއި އަވަހަށް އަންނަން އުޅޭށޭ ބުނެލިއެވެ.

އެވަގުތު ކާރުގައި އިނދެފައި އަނީލްވެސް ބަރުގޮނު އަޅާލިއެވެ. އެއީ އަބަދުވެސް އައިނާގެ ޙާލެވެ. ކޮންމެދުވަހަކު ދާނީ އިސްރާ ކައިރިއަށް ގޮސް އެހެން ކިޔާފައެވެ. އުމުރުން ސަތާރަ އަހަރު ވަނިކޮށް އައިނާ އަށް ކޮއްކޮއެއް ލިބެން އުޅުމުން އޭނާ ހުންނަނީ އެކަމާ ވަރަށް އުފަލުންނެވެ.

ކްރިސްޓަލް ގޭގައި އަހަރަކު މަޑުކޮށްފައި އަނީލްގެ ކުޑަ އާއިލާ ބަދަލުވީ އިސްރާގެ ގެއަށެވެ. އެގެވަނީ ފެންވަރު ރަނގަޅު ކޮށްހަދާފައެވެ. އެއީ ކުރީގެ ބޮލައްވެއްޓެން ވެފައިވާ ބާގެގަނޑެއް އިން ތަނެކޭ މިހާރު ބަލާލާމީހަކު ނުބުނާނެއެވެ.

މުޅިގެ ދެބުރިއަށް ހިތްލާލައިފައި ވާއިރު ގޭގެ ބޭރުގައި ވަނީ ހުދުކުލަ ލައިފައެވެ. އެންމެ މަތީގައި ޓެރެސް އިންއިރު ދެވަނަބައިގައި ހުރީ ކޮޓަރި ތަކެވެ. ޖުމުލަ ހަކޮޓަރީގެ ބޮޑު ގެއެކެވެ. ތިރީގައި އިނީ ލިވިންގ ރޫމާއި ސްޓަޑީ ރޫމެއްގެ އިތުރުން ބޮޑު ކާގެ އާއި ތަނަވަސް ބަދިގެއެކެވެ.

***

އައިނާ ސްކޫލަ އައިސް ފުރަތަމަވެސް ކުލާހަށް ވަދެ ދަބަސް ބެހެއްޓިއެވެ. އައިނާ ޕްރިފެކްޓްކަން ކުރަމުން ދިޔައީ އެންމެ ކުރީންސުރެއް ފެށިގެންނެވެ. އައިނާ ސިޑިން ފައިބަނިކޮށް ކޮންމެވެސް މީހެއްގެ ގައިގައި އަޅައިގަނެފައި ވެއްޓެން ދިޔައެވެ. ދެލޯމަރާ ތަގުޅިކޮށްލެވުނީ ވާނެ ތަދު ލަފާ ކޮށްލެވުމުންނެވެ.

_ނުނިމޭ

Share Article

Follow Me Written By

Annna

Level 510 Stories100 Comments100 Login

I am a girl who loves to read n write dhivehii stories☺.... Love to read comments from readers..❤ Accepting positive and negative comments tooo... can contact via my insta private acc @__asnaaaaa_ ... or author acc @i_an.nna and my email id [email protected] My short stories: Myra, Dhonmanma, Maizal, Erey, Edhathuru, Ehves kuhjaku baaky nukuramaa, Manzil, Badhaluvi aadha My long stories: Aina, Kaamiyaabu, Aharenge Vaahaka, Aina S2, Loabivaavaru an'gadheyhiyvey.. My on going story: - Aina S3 _Annna

Other Articles

Previous

އަހަރެންގެ ވާހަކަ 9 (ފަހުބައި)

Next

ފުހެވިގެން ނުދާނޭ – 02 –

Next
June 21, 2020

ފުހެވިގެން ނުދާނޭ – 02 –

Previews
June 21, 2020

އަހަރެންގެ ވާހަކަ 9 (ފަހުބައި)

7 Comments!

  1. Faiherrr?? says:
    June 21, 2020 at 11:57 am

    Yes finally I got to read this story I am so happy the first part was awesome lysm A aar

    1. A aaR says:
      June 21, 2020 at 12:07 pm

      thank you very much faiherr…

  2. A aaR says:
    June 21, 2020 at 12:15 pm

    furathama bai kamudhaane kamah unmydhu kuran.. dhen inna bai day after tomorrow.. be safe readers

  3. Faiherrr?? says:
    June 21, 2020 at 12:28 pm

    You too be safe next part ah inthizaaru kurevey v bodah

    1. A aaR says:
      July 14, 2020 at 8:09 pm

      jazaakallah khairan faiherr

  4. A aaR says:
    June 24, 2020 at 9:48 am

    i submitted nxt prt yesterday morning.. but its still not uploaded..

  5. 16 SHABAKKO 7 says:
    August 10, 2020 at 3:23 pm

    Reethi ??

Comments are closed.


All Right Reserved!