Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންދީނީލޯބި

ފުހެވިގެން ނުދާނޭ – 02 –

Malsa Moosa Level 9100 Login100 Comments10 Stories500 Login500 Comments100 Stories1K Comments
June 21, 2020 5 Mins Read
48 Comments

ކުއްލިއަކަށް އަތުގައި އޮތް ބެލްޓުން އަމްޖަދު އެލީން ގައިގައި ޖެހުނި ތަނެއްގައި ޖަހަމުން ދިޔައިރު މުޅި ގޭތެރޭގައި ގުގުމާލާފައިވީ އެލީންގެ ވޭނުން ފުރިގެންވި އަޑެވެ. ނަމަވެސް، އެކަމަށް އަޅައިލުމެއްނެތި އަމްޖަދު އޭނާ ގައިހުރި ބާރެއް ލާފައި ބެލްޓުން އެލީންގެ ގައިގައި ޖަހަމުން ދިޔައެވެ. ހިނދުކޮޅެއްފަހުން އަޑު މަޑުވަމުން ގޮސް އެއްކޮށް އެލީންގެ އަޑު ހިނދިގެން ދިޔައިރު މަޑުމަޑުން އެ ނިކަމެތި އަންހެންކުއްޖާގެ ދެލޯ މެރިގެން ދިޔައެވެ. ނަމަވެސް އަމްޖަދު ހުއްޓައިނުލައި އެލީން ގައިގައި، ބެލްޓުގެ އެހީގައި ޖަހަމުންދިޔައެވެ. އެ ހިތުގައި ރަޙުމްގެ ކަންފުޅެއްވެސް ނެތީ ހެއްޔެވެ؟

****
“އޭ ސީރިއެސްކޮށް މާދަން މެރީ ކުރަނީތަ؟ ” ދެލޯ ބޮޑުކޮށްލާފައި އިލްފްއަށް ބަލާލަމުން ރަޔާން އަހާލިއެވެ. ރަޔާންއަށް ބަލާލަމުން ބޯޖަހާލާފައި އިލްފް ދެކޮނޑު އަރުވާލިއެވެ.

ކަޅުކަންގަދަ އިސްތަށިގަނޑަކާއި ދިގު އިސްކޮޅެކެވެ. ލައިގެން ހުރީ ގަދަ ނޫކުލައިގެ ޖިންސް އަކާއި ކަޅު ކުލައިގެ ޓީޝާޓެކެވެ. ކަޅުކުލައިގެ ކަޅީގައި ވަނީ ލާނެތްކަމުގެ ވިދުވަރެކެވެ. އެއްމިޔަކުން ހީނލައިގެން ހުރި ގޮތުން ބަލައިލި މީހަކަށް ފެންނާނީ ލާނެތްކަމުގެ އިންތިހާއެވެ. އެއީ ރަޔާން އެވެ. ރުޅި އަކީ ކޮބައިކަމެއް، ރުޅި އަންނާނީ ކިހިނެއްކަމެއްވެސް އޭނާއަކަށް ނޭނގެއެވެ.
ކުއްލިއަކަށް އިލްފްގެ ކޮޓަރީ ދޮރުހުޅުވިގެން ދިޔައިރު ކޮޓަރިއަށް ވަތް ޒުވާނާގެ މޫނުމަތިން ހިނިތުންވުމެއް ފެންނަން ހުއްޓެވެ. ދިގު އިސްކޮޅަކާއި ބައިމަތިފުޅާ ހަށިގަނޑެކެވެ. ކަޅުކަންގަދަ ކަޅިއެކެވެ.

“ކައިޝް. ކޮބާ ޑޭން؟ ” ކައިޝްއަށް ބަލާލަމުން ކުޑަކޮށް ހިނިތުންވެލަމުން ރަޔާން އަހާލިއެވެ. އެވަގުތު ކައިޝްގެ ފަހަތުން ދާނިޔަލް ކޮޓަރިއަށް ވަދެގެން އައެވެ. އިސްކޮޅުން ދިގު ބައިމަތި ފުޅާ ހަށިގަނޑެކެވެ. ކަޅުކަންގަދަ އިސްތަށިގަނޑު ކުރުކޮށް ކޮށާލެވިފައި ވިޔަސް ފަންވެފައި ކަޅުކަން ގަދައެވެ. މަޑު މުށިކުލައިގެ ކަޅީގައިވަނީ ތޫނުފިލިކަމެވެ. އެސްފިޔަތަށް ތިރިކޮށްލިގޮތުން ހީވީ ބޮޑު ސިއްރެއް ފޮރުވަން މަސައްކަތްކުރަމުން ދިޔަހެންނެވެ. ލައިގެން ހުރީ ކަޅުކުލައިގެ ހޫޑީ އަކާއި މުށިކުލައިގެ ޖިންސެކެވެ.

ރަޔާން އާއި ކައިޝްގެ އިތުރުން ދާނިޔަލް އަކީ އިލްފްގެ ގާތް ރަހުމަތްތެރިންނެވެ. ރަޔާން އަކީ ލާނެތްކަމުގެ ހައްދެއް ނެތްއިރު ރަޔާން އަކީ މަޖާމިޒާޖެއްގެ ޒުވާނެކެވެ. ދާނިޔަލް އަކީ މަޑުމައިތި ޒުވާނެކެވެ.

މި މީހުންނާއި ޚިލާފަށް އިލްފް އަކީ ރުޅިގަދަކަމުގެ އިންތިހާއެވެ. އެހެން މީހެއް އޭނާއާއި ދޭތެރޭގައި ވިސްނާގޮތެއް ބެލުމަކީ އޭނާއަށް މުހިންމުކަމެއް ނޫނެވެ. އޭނާގެ މޫނުމަތިން ރުޅިވެރިކަން ފިޔަވާ އެހެން އަސަރެއް ފެނުމަކީ އަވާމެންދުރެކެވެ.

“ކޮބާތަ ވާންއުޅޭ އަނބިމީހާ؟ އަހަރެމެންނަށް ދައްކާވެސް ނުލަންތަ؟ ” އިލްފްގެ ކޮނޑުގައި އަތުން ޖަހާލަމުން ރަޔާން އެއްސެވެ. ރުޅިވެރި ނަޒަރަކުން ރަޔާންއަށް ބަލާލާފައި އިލްފް އޭނާގެ ކަޅުކަންގަދަ އިސްތަށިގަނޑުގައި އަތުން ފުނާއަޅާލިއެވެ.

“ވަޓް؟ ” ޙައިރާންވެފައިހުރެ އިލްފްއަށް ބަލާލަމުން ކައިޝްއަށް ބުނެވުނެވެ. ޙައިރާން ނުވާންވީ ސަބަބެއްވެސް ނެތެވެ. ނުވަ އަހަރުފަހުން ގާތް އެކުވެރިޔާ ފެނިލުމުގެ ނަސީބު ލިބުނު ނަމަވެސް، އެކުވެރިޔާ ކައިވެނިކުރާ ޚަބަރު ކަންފަތާއި ހަމައަށް ފޯރުމުން ކައިޝް ހަމަ ޙައިރާން ވީއެވެ. ދާނިޔަލްވެސް އެއްބުމަ ހިއްލާލަމުން ސުވާލުގެ ނަޒަރަކުން އިލްފްއަށް ބަލާލިއެވެ. އެ އެންމެންނަށް ނަޒަރެއް ދެމުން ދެކޮނޑު އަރުވާލާފައި އިލްފް އެއްބަސްވުމާއިއެކު ކައިޝް އަނގަ ހުޅުވުނުއިރު ދާނިޔަލް ކުޑަކޮށް ހިނިތުންވެލިއެވެ. ރަޔާން އިނީ ލާނެތް ހިނިތުންވުމެއް ވެރިކުރުވައިގެންނެވެ.

“އަހަރުމެންނަށް ޓްރީޓްއެއް ދޭންވާނެ އެނގެ ތިހެންވިއްޔާ. ” އިލްފްގެ ކޮނޑުގައިޖަހާލަމުން ކައިޝް ބުންޏެވެ. އިލްފް ހަމައެކަނި ދެކޮނޑުއަރުވާލީއެވެ.

“އޭ ޒެފް ނާދޭ……”

“އިލްފް ކައިވެނިކުރަން އުޅޭ ކުއްޖާ އާ ބައްދަލުކޮއްދޭން ހިނގާބަލަ؟ މިގޭގައެންނު އޭނަ އުޅެނީ. ” ރަޔާންގެ ޖުމުލަ މެދުކަނޑާލަމުން ތަންކޮޅެއް ބާރަށް ދާނިޔަލް ބުންޏެވެ. ހީވީ އިލްފްގެ މޫޑު ހަރާބުވެދާނެތީވެ އަވަހަށް ވާހަކަ ބަދަލުކޮށްލަން މަސައްކަތްކުރިހެންނެވެ. އިލްފް ހުންނަ ތަނެއްގައި އެ ނަން ގަނެފިނަމަ ވާނެގޮތް އެންމެ ރަނގަޅަށް އެނގޭނީ ދާނިޔަލް އަށެވެ.

“އާން، ހިނގާ. ” މުއްކެވިފައިވާ ދެއަތް ޖީބަށް ޖަހާލަމުން އިލްފް ހިނގައިގަތީ ކޮޓަރިން ނުކުންނާންށެވެ.

“އަހަރެމެން ތިރީގަ މަޑުކުރާނަން. އިލްފް އާދޭ އޭނަ ގޮވައިގެން. ” މިފަހަރުވެސް ދާނިޔަލް އެހެން ބުނުމުން އިލްފް ބޯޖަހާލިއެވެ. ހީވީ އޭނާވެސް މަސައްކަތްކުރަމުން ދިޔައީ ދެންމެ ނަން ގަތް މީހާގެ މައުޟޫއިން އަރައިގަނެވޭތޯހެންނެވެ.

ތިން ވަނަ ފަންގިފިލާއަށް އެރިއިރު އިލްފްގެ ދެލޮލުން ފެންނަމުންދިޔައީ ރުޅިވެރިކަމެވެ. ހަލުވި ފިޔަވަޅުތަކެއް ނަގަމުން ތިންވަނަ ފަންގިފިލާގައިވާ ކޮޓަރިބަރި ތެރެއިން ދެވަނައަށްވީ ކޮޓަރީގެ ދޮރުގައި ޓަކިޖަހާލިއެވެ. އިރުކޮޅެއްފަހުން ކޮޓަރީ ދޮރު ހުޅުވާލިއިރު ޒީކް އާއި އިލްފްގެ ހަތަރުކަޅި ހަމަވި ނަމަވެސް، ޒީކް އިސްޖަހާލިއެވެ.
“ތިރިއަށް އާދޭ. ” އިރުކޮޅަކު ޒީކްއަށް ނަޒަރުހުއްޓާލައިގެންހުރެ އިލްފް ރުޅިވެރިކަން ހިނދާލަން މަސައްކަތް ކުރަމުން ބުންޏެވެ. ސުވާލުގެ ނަޒަރަކުން އިލްފްއަށް ބަލާލާފައި ކޮޓަރީ ދޮރުލައްޕާލަމުން ޒީކް ނުކުތެވެ.

“ތި އެއްޗެހި ލައިގެން ދަނީ؟ ” އެއްބުމަ ހިއްލާލަމުން ޒީކްއަށް ބަލާލާފައި އިލްފް އަހާލިއެވެ.

ޒީކް އޭނާ ލައިގެން ހުރި ހެދުމަށް ނަޒަރު ހިނގާލިއެވެ. ކަޅުކުލައިގެ ކަކުލާއި ހަމައަށް އަރާ ހެދުމަކާއި ކަޅުކުލައިގެ ޖިންސްއެކެވެ. އަޅައިގެން ހުރީ ތިނެސްކަން ބުރުގަލެކެވެ.

“ކީއްކުރަން ތިރިއަށް މި ދަނީ؟ ” އިލްފް އާއި ހަތަރުކަޅި ހަމަކޮށްލަމުން ޒީކް އަހާލިއެވެ.

“އަހަރެންގެ ރައްޓެހިންނާ ބައްދަލުކުރަން. ” ޒީކްއަށް އިރުކޮޅަކު ބަލަން ހުރުމަށްފަހު އިލްފް ބުންޏެވެ.

“އެހެންވިއްޔާ އަޅުގަނޑު ތިރިއަށް މިދަނީ ހަމަ އެކަނި އެމީހުންނާ ބައްދަލުކުރަން. ނޮޓް ޓު އިމްޕްރެސް ދެމް. ” އަސަރެއްނެތް ގޮތަކަށް އިލްފްއަށް ބަލާލަމުން ޒީކް ބުންޏެވެ. އިލްފް ކުޑަކޮށް ޙައިރާންވި ނަމަވެސް، އެއްމިޔަކުން ހީނލަމުން ތިރިއަށް ދާން ހިނގައިގަތެވެ. އިލްފްގެ ފަހަތުން ތިރިއަށްދާން ހިނގައިގަތް ޒީކް ފަރުވާކުޑަގޮތަކަށް ދެކޮނޑު އަރުވާލިއެވެ.

***
މަޑުމަޑުން އެސްފިޔަތައް ޖަހާލަމުން ދެލޯ ހުޅުވާލި އިރު ފުރަތަމަ އެލީންއަށް ހުރިހާ ތަނެއް ފެނުނީ ފުސްކޮށެވެ. ނަމަވެސް، އިރުކޮޅެއްފަހުން ތަންތަން ސާފުކޮށް ފެންނަން ފެށުމާއި އެކު އޮވެވުނީ ގޭތެރޭ ބިންމައްޗަށް ވެއްޓުނު ތަނުގައިކަން އެނގުނެވެ. މީގެކުރިން ހިނގި ކަންތައްތައް ހަނދާނަށް އައުމާއިއެކު ދެލޮލުން ހިފެހެއްޓުމެއްނެތި ކަރުނަތަށް ފައިބާންފެށިއިރު ދެތުންފަތް ފުއަޅުވާލާފައި ހިމޭން ގިސްލުމެއްގެ އަޑު ބޭރުވަމުން ދިޔައެވެ.
ތުރުތުރު އަޅަމުންދިޔަ އަތް ހިއްލާލަމުން ކައިރީގައި އިން ސޯފާގެ އެހީގައި ކޮޅަށް ތެދުވެވޭތޯ މަސައްކަތް ކުރަމުން ކޮޅަށް ތެދުވެވުމާއެކު ކުއްލިއަކަށް އުނަގަނޑަށް އެރި ތަދަކާއިއެކު ބެލެންސްކަޓައިގެން އަނެއްކާ ވެއްޓިއްޖެއެވެ. ދެތުންފަތް ފުއަޅުވާލާފައި އާހެއްގެ އަޑު ބޭރުވި ނަމަވެސް، ދެތުންފަތް ފިއްތާލަމުން ގަދަކަމުން ކަހަލަ ގޮތަކަށް ކޮޅަށް ތެދުވަމުން އެއްޗެހީގައި ހިފަހައްޓަމުން ކޮޓަރިއަށް ވަދެވުމާއިއެކު ނަގަމުންދިޔަ ތަދުގެ ސަބަބުން ދޮރުކައިރިއަށް ތިރިވެވުނެވެ. ނިމުމެއްނެތް ކަރުނަތަށް އޭގެ މަޤާމުދޫކޮށް ފައިބައިގަތްއިރު މި މަންޒަރު ފެންނަ މީހެއްގެ ހިތް، ރަޙުމާއި ހަމްދަރުދީއިން ފުރޭނެކަން ގައިމެވެ.

ރިހުން ކުޑަކޮށް ލުއިވުމާއިއެކު ފާރުގައި ދެއަށް ޖައްސާލަމުން އެލީން ކޮޅަށް ދެތުވެއްޖެއެވެ. ކޮޓަރި ތަޅުލުމަށްފަހު ކޮރުޖަހަމުންކަހަލަ ގޮތަކަށް ފާޙަނައާށް ވަންނަން ހިނގައިގަތެވެ. އިރުގަނޑެއްފަހުން ފާޙަނައިން ނުކުމެގެން އައި އިރު ލައިގެން ހުރީ އަތްކުރު ޓީޝާޓަކާއި ކަޅުކުލައިގެ ހަރަވާޅެކެވެ. ލޯގަނޑު ކުރިމަތީގައި ހުއްޓިލަމުން އަމިއްލަ ހަށިގަނޑަށް އެލީން ނަޒަރު ހިންގާލިއެވެ. އަތުގެ ތަންތަނުގައި ލަކުނު ހުރިއިރު ބައެއް ތަންތަން ރަތްވެ ފިއްގަނޑު ނަގާފައިވެއެވެ. ބައެއް ތަންތަން ޒަޙަމްވެފައި ހުރިއިރު ލޭގެ އަސަރު ހުއްޓެވެ. ދޮން މޫނުގައި ފަސްއިނގިލީގެ ނިޝާން ހުރިއިރު ތުންފަތްކައިރިން ފަޅައިގެން ގޮސްފައިވާތަނުގައި ލޭގެ އަސަރު ހުއްޓެވެ. ދެލޮލަށް ބޮނޑިވެގަތް ކަރުނަތައް ހިންދާލަމުން ލައިގެންހުރި ޓީޝާޓު ކުޑަކޮށް އުފުއްލާލަމުން ބަލާލިއެވެ. ނެޔަފަތީގެ އެހީގައި އެތަނަށް އަނިޔާވެފައިވާއިރު ބެލްޓުގެ އެހީގައި ލިބިފައިހުރި އަނިޔާތަކެވެ. ފުންނޭވާއެއް ލަމުން ދެލޯ މަރާބާރުކޮށްލާފައި ދެލޯ ހުޅުވާލީއެވެ.

“މިއަޅާއަށް ކެއްތެރިކަން ދެއްވާށީ. ” ކުރެހިފައިވާ އަޑަކުން އެލީން ބުނެލީ ޙަމްދު އަޅަމުންނެވެ.

“އޭ މި ދޮރުހުޅުވާ! ” ބޭރުން އެލީންގެ މަންމަ، މާހިޔާ ހަޅޭއްލަވައިގަތް އަޑު އިވުމުން ސިއްސައިގެންދިޔަވަރުން އެލީންގެ ހިތް ގުޑިގެން ދިޔައެވެ. އަވަސް ހަރަކާތަކާއެކު ދުވެފައިކަހަލަ ގޮތަކަށް ދޮރުހުޅުވަން ދިޔައިރު ގައިގައި ނުރިއްސާކަށް ތަނެއް ނެތެވެ. ނަމަވެސް ލަސްވެއްޖެއްޔާ އަނެއްކާ އިތުރަށްވެސް ވާނީ ހަމަ ތަދެވެ.

“ތިހުރީ އަދިވެސް ތައްޔާރު ނުވެ؟ ” ރުޅިވެރިކަމާއިއެކު އެލީންއަށް ބަލާލަމުން ބަލާލަމުން މާހިޔާ އެއްސެވެ. ސުވާލުންފުރިގެންވި ގޮތަކަށް މާހިޔާއަށް ބަލާލިއިރު އެލީންއަށް އެބުނި އެއްޗެއް ނަގައެއް ނުގަނެވުނެވެ.

“ކަލޭ ހަނދާން ނެތުނީތަ؟ މިރޭ ކަލޭގެ ކައިވެނި ކުރެވޭނެ. އެއް ގަޑިއިރުތެރޭ ރެޑީވޭ. ހެދުން އިންނާނެ އަލަމާރީ. ” ކަމެއް ހަނދާންކޮއްދިން ގޮތަކަށް އިންޒާރުގެ ނަޒަރަކުން އެލީންއަށް ބަލާލަމުން މާހިޔާ އެހެން ބުނެފައި ދޮރު ޖަހާލިއެވެ.

ކަމެއް ހަނދާންވިފަދައަކުން ހުއްޓުން އަރާފައިހުރި އެލީންގެ ދެލޮލުން ކަރުނަ ނިރާލިއެވެ. އަށާރަ އަހަރުވިތާ މަހެއް ނުވެ އުޅެނިކޮށް ދިރިއުޅުމެއް ފަށަން ޖެހުނީއެވެ. މަޑު ހިނގުމެއްގައި ގޮސް އަލަމާރީ ކައިރީގައި ހުއްޓިލަމުން ހުޅުވާލިއެވެ. އޭގެތެރޭގައި އިން ހުދުކުލައިގެ ކައިވެނި ހެދުން ފެނިފައި ފުން ނޭވާއެއް ދޫކޮށްލަމުން ހެދުން ގަޔަށް މަހާލަމުން ލޯގަނޑު ކުރިމަތީގައި ހުއްޓިލަމުން ހެދުމަށް ނަޒަރު ހުއްޓާލިއެވެ. އުނަގަނޑަށް ކުޑަކޮށް ހިފާހައިވާއިރު ފައިގެ ތަނބިކައްޓާއި ހަމައަށް ދިގެވެ. މުޅި ހެދުން ހުދުކުލައިގައިވާއިރު ނޫކުލައިގެ މިނާފުއްތަކެއް ބޭނުންކޮއްފައިވެއެވެ. ދެން އަލަމާރީ ދޮރުހުޅުވާލަމުން ގަދަ ނޫކުލައިގެ ޝޯލެއް ނަގަމުން ރީތިގޮތަކަށް އިސްތަށިގަނޑު ފޮރުވާލިއެވެ. މޫނަށް ނަޒަރު ހިނގާލަމުން އެނދުމަތީގައި ބާއްވާލެވިފައިވާ ހުދުކުލައިގެ ފޮތި ކޮޅަކުން މޫނު ނިވާކޮއްލިއެވެ. މިހާރު ބަލައިލި މީހަކަށް ފެންނާނީ އެލީންގެ ދެލޮލުގެ އިތުރުން އަތްތިލައެވެ. އާންއެކެވެ. އެލީން އަކީ މޫނުބުރުގާ އަޅައިގެން އުޅޭ ޒުވާން އަންހެންކުއްޖެކެވެ. އެހެން ނޫންނަމަ މިޔަދު އަމްޖަދުގެ ނުބައިކަމާއި އެލީން ބަނޑުއަޅާ ވިހެއި މައިމީހަގެ ނުބައިކަން މުޅި ދުނިޔެއަށް ފަޅައަރައިގެން ދިޔައީހެވެ.

“ހިނގާ ދާން. މަންމަ އާ ބައްޕަ ކާރުގަ އެބަތިބި މަޑުކޮއްގެން ” ކޮޓަރީ ދޮރުހުޅުވާލަމުން ތުއި އަޑަކުން ނައުރީ ބުންޏެވެ. މޫނުގައި ފުރާ ފައުންޑޭޝަން ހާކާފައިވާއިރު އިސްތަށިގަނޑު މުށިކުލައިން ޑައިކޮށްލާފައި ވެއެވެ. ލައިގެން ހުރީ ގަޔަށް ބާރު ގަދަ ނޫކުލައިގެ ކަކުލާހަމައަށް އަރާ ހެދުމެކެވެ. ނައުރީއަށް ބަލާލަމުން ބޯޖަހާލާފައި އެލީން ދެއަތުން ހެދުމުގައި ހިފަހައްޓާލަމުން ކޮޓަރިން ނުކުންނަން ހިނގައިގަތެވެ. ގައިގެ އެތައް މިތަނަށް ތަދުވަމުންދިޔަ ނަމަވެސް، ހިއްވަރުކޮއްލީ އިތުރު އެހެން ގޮތެއް ނެތުމުގެ ސަބަބުންނެވެ. ނައުރީ އާއިއެކު މަޖީދިމަގައް ނިކުމެވުމާއިއެކު އެލީންގެ ލޮލުގައި އެތަނުގައި މަޑުކޮއްގެން އޮތް ކަޅުކުލައިގެ ޕްރައިވެޓް ކާރު ފެނުނެވެ. ބަހެއް ބުނުމެއްނެތި ކާރުގެ ފަހަތު ސީޓު ދޮރުހުޅުވާލަމުން ކާރަށް އަރާ ހަމަޖެހިލިއެވެ. ނައުރީ ކާރަށް އެރުމާއިއެކު ޑްރައިވަރު ކާރު ދުއްވާލިއެވެ. ހަ ސީޓުގެ ކާރަކަށް ވެފައި ބޮޑުވުމުގެ ސަބަބުން އެންމެންވެސް ހަމަޖެހިލައިގެން ތިބީ ކާރު އެމީހުންގެ މިސްރާބަށް ގެންގޮސްދޭނެކަމުގެ އުންމީދުގައެވެ. ފަނަރަ ވަރަކަށް މިނެޓުފަހުން ކާރުގެ ދުވެލި މަޑުކޮށްލުމާއިއެކު މާހިޔާ އާއި އަމްޖަދުގެ އިތުރުން ނައުރީ ކާރުން ފައިބައިފިއެވެ. ފުން ނޭވާއެއްލަމުން އެލީން ދޮރު ހުޅުވާލަން އުޅުމާއިއެކު ޑްރައިވަރު ދޮރުހުޅުވާލަދިނެވެ. ޝުކުރުއަދާކުރުމަށްފަހު އެލީން ކާރުން ފޭބުމާއިއެކު ކުރިމަތީގައި އިން ބޮޑު ގެއަށް ނަޒަރު ހިނގާލިއެވެ. ގަނޑުވަރެކޭ ތަފާތެއް ނެތެވެ. މަންމަ އާއި ދޮންބައްޕަ އޭނާ ގަދަކަމުން މި ކައިވެނިކުރަން އެއްބަސްކުރުވި ސަބަބު ވަރަށް ރީއްޗަށްވެސް އެލީންއަށް މިއޮތީ ކުރިމަތިން ފެންނާންށެވެ.

ހުޅުވިފައިވާ ބޮޑު ހުދުކުލައިގެ ގޭޓުން އެތެރެއަށް ވަދެގެން ދިޔައިރު އަދި މެހެމާނުންނެއް ނާދެއެވެ. އަދި ކައިވެނި ކުރެވެން ބައިގަޑިއިރު އޮތުމުން ނޯކަރުމީހުން ތަންތަން ޒީނަތްތެރިކުރުމުގައި މަސްޢޫލުވެގެން އުޅެވެ. މާހިޔާ އާއި އަންޖަދުގެ އިތުރުން ނައުރީ އެލީންއަށް ވުރެ ކުރިން ހިނގާފައިގޮސް ގޭތެރެއަށް ވަދެގެން ދިޔައިރު އެލީން އެމީހުންގެ ފަހަތުން ގެއަށް ވަންނަން ހިނގައިގަތެވެ.

ނަމަވެސް އެލީންގެ ދެލޯ ބޮޑުވެގެން ދިޔައީ ކުއްލިއަކަށް މީހަކު އޭނާގެ އަނގަމަތީގައި އަތް އަޅަމުން އެމީހާގެ ހަކަތައެކުލެވިފައިވާ ބާރުގަދަ އަތް އެލީންގެ އުނަގަނޑުފައި ވަށާލުމުންނެވެ.

– ނުނިމޭ –

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Malsa Moosa

Level 9100 Login100 Comments10 Stories500 Login500 Comments100 Stories1K Comments

Other Articles

Previous

އައިނާ 2 (އެއްވަނަބައި)

Next

ހަޔާތުން ޞަފުޙާއެއް 01

Next
June 21, 2020

ހަޔާތުން ޞަފުޙާއެއް 01

Previews
June 21, 2020

އައިނާ 2 (އެއްވަނަބައި)

48 Comments!

  1. Queen Lysh says:
    June 21, 2020 at 4:58 pm

    As’Salaam Alaikum readers. sorry for the delay. was a lil busy. btw hope u guys will like this part too>>>
    https://www.youtube.com/watch?v=8m2AIwe7yjY
    Please watch this video on Youtube.Hope u guys will like my brother’s painting. Subscribe and like the video!
    Be safe all. Thank u guys for supporting me 🙂
    Salaam

    1. magnumm says:
      June 21, 2020 at 5:06 pm

      yah busy vaane. I knw that.. ehnma sorry nubunaane nge?

    2. Malsa Moosa says:
      June 21, 2020 at 6:40 pm

      Okie magnumoo. Thanks>>

  2. magnumm says:
    June 21, 2020 at 5:03 pm

    Hey darlinnn.. am I first.. vaahaka kuriah midhaa goiy hama varah interesting.. whn next dhoonigandaa❤?waiting ingey.. much lavssss n take a very good care???

    1. Maii says:
      June 21, 2020 at 6:18 pm

      Hey magnumm…. v miss ingey… plx avahah on vahchey..

    2. Malsa Moosa says:
      June 21, 2020 at 6:43 pm

      Yeah. Vrh miss. online vaane irakah hama mi hunnanee

    3. Maii says:
      June 21, 2020 at 6:19 pm

      Magnumm pic avahah on vahchey…… v miss vey

    4. Malsa Moosa says:
      June 21, 2020 at 6:42 pm

      Hey magnummmm. Yup ur first. congrats. next varah avahah insha allah. thanksaa. Btw I miss ya. tvgcc Salaam

    5. magnumm says:
      June 21, 2020 at 7:43 pm

      alheyy mee tooo eyy??… ekm mi dhuvas kolhu telekilaahaa online class fashaigen ulheythyy busy kamun ol nuvevegen miulheny.. really sorry for that..Insha allah September mastherey balaanan ol veveythw?? So take a very good care maii..mi desperately waiting ya stry❤.. plx upload it soon ngeyyy.. much lavssss n misses???

  3. Afu says:
    June 21, 2020 at 5:13 pm

    Me first dhwww….Wowwwwwwwww maloooooo?????? ….. Hama bunaane ehcheh neii speechless ? ?? ?? ?? ?…. Mal varah reethi … Alhe eleen ah ehn nahadhaaa ….. Alhe mi amjadh n maahiyaa mee haadha goas dhemeehunney dhww …. Waiting for nxt part … Avahah up kohdhehchey nxt part …. Stay safe
    Lysssssmmmmmm????
    TC
    Lots and lots of love from Afu ????

    1. Afu says:
      June 21, 2020 at 5:15 pm

      Me second dhww ***

    2. Malsa Moosa says:
      June 21, 2020 at 6:45 pm

      Yupe. next time ga dhn balamaa dhw. btw congrats

    3. Malsa Moosa says:
      June 21, 2020 at 6:44 pm

      Aw thanks Afu. Yeah. next part vrh avahah insha allah. thanks tc . ly 2 Salam

  4. A aaR says:
    June 21, 2020 at 5:18 pm

    vv reethi maashaa allah.. ly..

    1. Malsa Moosa says:
      June 21, 2020 at 6:46 pm

      Thanks A aaR. ly 2 🙂

  5. Livy says:
    June 21, 2020 at 5:40 pm

    Varah Varah Varah Varah reethi ????
    Maa sha Allah ?? curiously waiting waiting waiting for the next part ?✨?
    ⚡?⚡?⚡ly ?⚡?⚡?⚡

    1. Malsa Moosa says:
      June 21, 2020 at 6:46 pm

      Thanks Livy>> ly 2

  6. leavemealone says:
    June 21, 2020 at 6:34 pm

    MashaAllah varah reethi waiting for next part your stories are awesome. and one more thing I subscribe to your brother’s channel?????????❤❤☝

  7. Queen Lysh says:
    June 21, 2020 at 6:49 pm

    Ehe shukuran leavemealone. Ohh Thank u soo much for subscribing. it means a lot! thank ya again 🙂

  8. ސްޕާކްލިންގ✨ says:
    June 21, 2020 at 7:40 pm

    hey.. miulhey register vefa thibi kudhinge comment awaiting moderation ga kyhve nuthibeny?? vr gina comment thah ebahuri vaahaka thakuga pending ga. register vefa thibi kuhinge comment vs. dhn kyhve malsage vaahaka ah mihunnani??

    1. Tin tin says:
      June 21, 2020 at 9:56 pm

      Eiy mihaaru malsa au comments approve kou delete kohves hedheyne. Ehenve. Eyna au mihaaru admin publish nukuranees amilla auves eba publish kureveyennu. Ehenve ????????????????????????? Vaahaka v fakka

    2. Malsa Moosa says:
      June 22, 2020 at 1:03 pm

      Ehe Thank u

    3. Malsa Moosa says:
      June 22, 2020 at 1:03 pm

      Yeah.Tin ebunee rangalhah hama

  9. Nerr__ says:
    June 21, 2020 at 9:01 pm

    woowww.. vaahaka dhaa goi varah interesting ❤️…and its okay, meehun bxy vx vaane.. but avaha up kohdhechey nxt part ?.. can’t wait fr too loonnggg ?.. and whn nxt malko?

    1. Malsa Moosa says:
      June 22, 2020 at 1:13 pm

      Thanks, Nerr. Eheh. next part Insha Allah vrh avahah.Salaam

  10. Faiherrr?? says:
    June 21, 2020 at 10:41 pm

    Wow love this part it awesome really I love this malsa. Do you know my best friend name is also malsa?????☺️☺️☺️☺️☺️

    1. Malsa Moosa says:
      June 22, 2020 at 1:14 pm

      Ehe. thanks faiherr.Yupe u told me. and eynage dharifulhuge name akee lysh ey kanneynge bunee. I guess. Ehe

  11. Meekkomee says:
    June 22, 2020 at 1:12 am

    Malkooo…..wowwww … Story is awesome ??? Masha Allah ?? varah Varah Reethi ?? when is next … curiously waiting for the next ???luv yeahh…..miss yeahhh……b safe.. b careful????ttyl✌️✌️✌️❤️❤️❤️?

    1. Malsa Moosa says:
      June 22, 2020 at 1:15 pm

      Thanks meekko. next part insha allah vrh avahah. ly 2 miss ya. tc. Salam

  12. magnumm says:
    June 22, 2020 at 2:19 pm

    malluuu darlinn.. I hav already sent u a mail ngey.. pls check it whn u r free?❤

    1. Malsa moosa - lysh - says:
      June 22, 2020 at 5:02 pm

      Yup. I have done what u said. btw Nice id.

    2. Malsa Moosa says:
      June 23, 2020 at 2:58 pm

      No prob magnumm.

    3. magnumm says:
      June 22, 2020 at 5:09 pm

      thank uuu so much sweetyyyy??.. varah bodu kameh nge thi kohdhiny.. ehehe
      ??

  13. Magnumm says:
    June 22, 2020 at 5:35 pm

    Nice

    1. Malsa Moosa says:
      June 23, 2020 at 3:00 pm

      yh

  14. samra says:
    June 22, 2020 at 6:33 pm

    Masha Allah v reethi mi bai vx.. in irakun next

    1. Malsa Moosa says:
      June 23, 2020 at 3:00 pm

      Thanks sam sis. next part insha allah vrh avahah.

  15. ???❤❤❤ says:
    June 23, 2020 at 10:30 am

    Mal hithuge udaahun duruvaanebaa nugenesdhen tha

    1. Malsa Moosa says:
      June 23, 2020 at 3:04 pm

      Actually mhr mi genesdhy vaahaka ‘ fuhevigen nudhaaney’ ga hithuge udhaahun dhuruvaaneba!’ ge bayaa adhi mal nunimmai huri vaahaka thakuge therein ‘ Namaves. thiya handhaaney vanee’ e vaahaka aa gulhuvaalaaigen liyaa vhk eh Fuhevigen nudhaaney, mi vaahaka akee

  16. ❤️Nanoo❤️ says:
    June 24, 2020 at 8:14 am

    Mal when roohaani biru nxt part

  17. Cutie??❤️ says:
    June 29, 2020 at 2:38 pm

    Hiiiii????? malluuuu vhk haadha reechey????love it?? varah dhuvas kohlaafa mi comment kurevenyyy???can’t wait for next part

    1. Malsa moosa - lysh - says:
      July 25, 2020 at 10:16 pm

      Thank you cutie. missed ya

  18. magnumm says:
    July 10, 2020 at 3:09 pm

    dude I hv sent u something.. just look n read tht ngey??.. n pleeeshhhhh upload this lavly stryy.. I missing this stry n u soooooooo muchhh chuweetyy??

    1. Malsa moosa - lysh - says:
      July 25, 2020 at 10:17 pm

      Yh brw. I saw it. ehe. yh. sure

  19. Cutie??❤️ says:
    July 25, 2020 at 9:45 am

    Mallluuuuuuuuu????? kobaatha story ge aneh part???? Kihinehvyyy mihaaru story upload nukuranyy??????Anehkaa Mal story liyun huhtaalii that??? Please tell Mee mallu??? I am scared???story upload nukuraathyy???Are you fine???

  20. Malsa moosa - lysh - says:
    July 25, 2020 at 10:18 pm

    Thanks cutie. Story liyun huttaeh nulan.I’ll continue the story. Nahh not fine but still ok

  21. I-sherth says:
    July 26, 2020 at 3:40 pm

    kn irakun nxt part up vaanee…. vrh reethi mi vhk…

    1. Malsa moosa - lysh - says:
      July 26, 2020 at 8:44 pm

      Soon Insha allah. and thank you very much for waiting

Comments are closed.

Next Episodeފުހެވިގެން ނުދާނޭ – 03 –←


All Right Reserved!