Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އީޝަލް (13ވަނަ ބައި)

@aminath Level 110 Stories100 Login
June 20, 2020 3 Mins Read
6 Comments

އަޔާން އެއްޗެކޭ ބުނަންވާއިރަށް އީޝަލް ހަލުއި ފިޔަވަޅުތަކެއްގައި ދާން ހިނގައިގަތެވެ. އަޔާން ހުރީ ކަޅިޖަހާނުލާ އީޝަލްއާ ދިމާއަށް ބަލާށެވެ. މަލަކް ގާތު ގެއަށް ދާ ވާހަކަ ބުނުމަށްފަހު އީޝަލް އެތަނުން ދިޔުމަށް އަވަސް ވެގަތެވެ.

މާޒް ފިޔަވަޅުތައް ސިޓިންރޫމްއާއި މިސްރާބުޖަހާފައިވާއިރު، އީޝަލްވެސް ގެއަށްދާން ވެގެން ދޮރާއި ދިމާއަށް އަންނަނީއެވެ. ދެފަރާތަށް ބަލަމުން ކުރިޔަށްދިޔަ މާޒް ހުރީ ފޯނާއި ކުޅޭށެވެ. މާޒްއަށް ހުއްޓުމެއްއައީ ކުއްލިއަކަށް ކުރިމަތިން އީޝަލް ފެނިފައެވެ. އިސްޖަހާލައިގެން އައި އީޝަލްއަށް އެވަގުތު ލިބުނީސިހުމެކެވެ. ލިބުނު ސިހުމާއެކު އީޝަލްގެ ދެފައި އޮޅޭގޮތްވެއްޖެއެވެ. އަމިއްލަ ހަށިގަނޑު ނުހިފެހެއްޓިގެން އޭނާ އަރިއަޅާލިވަގުތު އަނގައިން ނިކުތީ ތޫލިހަޅޭކެއްގެ އަޑެކެވެ. ނަމަވެސް  އޭނާ ބިންމައްޗަށް ވެއްޓޭގޮތެއް ނުވިއެވެ.  ޓައިލްސްތަކާއި ދިމާއަށް ތިރިވަމުންދިޔަ އީޝަލްގެ އަތުގައި މާޒް ހިފާލީ ކުއްލިއަކަށެވެ. ތިރިއަށްވެއްޓުނަނުދީ ސަލާމަތްވިއަސް އީޝަލް އޮތީ އަދިވެސް ފަހަތަށްގޮސް ހުރަސްވެފައެވެ. މާޒް އެ އަތުންދޫކޮށްލައިފިނަމަ މާޒަށް އެހަށިގަނޑު ސަލާމަތް ނުކުރެވޭނެކަން ޔަގީނެވެ.

އީޝަލްގެ ދެލޮލުން ފާޅުވަމުންދިޔަ ބިރުވެރި އަސަރުތަކުން އެމޫނުމައްޗަށް ގެނެސްފައިވަނީ އިތުރު ފުރިހަމަކަމެކެވެ. ވިހުރާލެވިފައިވާ އޭނާގެ ފަންއިސްތަށިގަނޑުގައި ވައިއަޅުވާލީ ހުޅުވާލާފައިވާ ދޮރުން ވަންނަމުންދިޔަ ލުއި ވައިރޯޅިތަކެވެ. އީޝަލްގެ އެހިމަހޯލި އިނގިލިތަކަށް ގުޅުވާލެވިފައިވާ މާޒްގެ އަތްވެސް ދިޔައީ ފިނިވަމުންނެވެ. އެސްފިޔަޖަހާލަންވެސް ހަނދާންނެތިފައި އޭނާއަށް އެހުރިގޮތަށް ހުރެވުނީ އީޝަލްއަށް ބަލާށެވެ. އެވަގުތު މާޒްގެ ހިތުގެ ވިންދުއަވަސްވަމުން ދިޔައެވެ.
ފޯންގެ ރިންގުގެ އަޑު މާޒްގެ ކަންފަތަށްފޯރީ ހުވަފެނެއްގައި އޮތްވާ ގޮވާލުމުން އިވޭފަދައިންނެވެ. ހަމަހޭވެރިކަން ލިބުނުވަގުތު އޭނާ އީޝަލްގެ ހަށިގަނޑުން ދޫކޮށްލިއެވެ.  އެހެނަސް ދެން އީޝަލްގެ ފަރާތުން ފެނުނީ އޭނާގެ ހިތް އިތުރަށް ޒަޚަމްކޮށްލި އަމަލެކެވެ. އީޝަލް އޭނާގެ މޫނު އަނެއްފަރާތަށް އަނބުރާލީއެވެ. ދުވަހަކުވެސް މާޒާއި ދިމާއަށް ބަލަން ބޭނުންނުވާފަދަ ގޮތަކަށެވެ.  އީޝާލް އަވަހަށްގޮސް އެގެއިން ނިކުންނަން ދިޔައެވެ. މާޒް އީޝަލްގެ ލޯމަތިން ގެއްލުނުވަގުތު އޭނާގެ އެދޮން ކޯތާފަތް ކަރުނައިން ފުރާލީ އެއްވެސް ހިފެހެއްޓުމެއްނެތިއެވެ.

އަޔާން ޕާރްސަލްކޮށްފައިވާ ކުޑަފޮށްޓެއް މަލަކްގެ އަތަށް ދިއްކޮށްލިއެވެ. މަލަކް އަވަސްއަރުވާލާފައި ޕާރްސަލް ކަނޑާލީ އޭގައިވާ އެއްޗެއް ބަލާލަން ކެތްމަދުވެފައިވާ ހާލުގައެވެ. “ވާވް. ތެންކްސް ދޮންބޭ” އެކުޑަ ޕާރސަލްގައިވާ އަގުބޮޑު ކަރުގައި އަޅާ ފަށް މަލަކައަށް ވަރަށް ކަމުދިޔައެވެ. “ދޮންބޭ ކޮބާތަ މާޒް؟ އަހަރެން 2 ފަހަރު ގުޅީމަވެސް ފޯނެއް ނުނަގާ” ހާސްވެފައިވާ އަޑަކުން މަލަކް ވާހަކަދެއްކިއެވެ. “ދޮންބެއަކަށްވެސް ނޭނގެ!” މާހައުލަށް ވަށާ ނަޒަރު ހިނގާލަމުން އަޔާން ބުނެލިއެވެ.

އެގެއިން ނިކުތްގޮތަށް ދިގުފިޔަވަޅުތަކެއްގައި މާޒް އައިސް އޭނާގެ ސައިކަލަށް އަރާ ދުއްވާލައިފިއެވެ. ހަލަބޮލި މަގުތަކުން އޭނާ އެދަނީ ކޮންތާކަށް ކަން ޚުދު މާޒަށްވެސް ނޭނގޭކަހަލައެވެ. ކަރުނަތައް ފުނިޖެހިފައިވާ އެރީތި ދެލޮލަށް ހުރިހާ މަންޒަރުތަކެއްވެސް ފެންނަމުންދިޔައީ ފުސްކޮށެވެ. ހިނގާފާނެ ނުރައްކަލަކާމެދުވެސް އެއްވެސްކަހަލަ ޚިޔާލެއް، ފިކުރެއް ނުވާކަހަލައެވެ.  ތޮތްޖެހިފައިވާ މަގުގައި ކުރިޔަށްދިޔަ އެތައްހާސް ވެހިކަލްތަކެއް ފަހަނައަޅާ ގޮސް މާޒްގެ ސައިކަލު ހުއްޓާލީ އާޓްފިޝާލް ބީޗް ކައިރިއަށެވެ.

ސައިކަލުން ފޭބިގޮތަށް ބާރުބާރަށް މާޒްގޮސް އިނީ އެތަނުން ބެންޗެއްގައެވެ. އެއްވެސް ހުރަހެއްނެތި އައި ވައިރޯޅިތައް އެރީތި މޫނުގައި ބީހިލުމާއެކު މާޒްގެ ދެލޮލުގައި ގިނަވެފައިވާ ކަރުނަތައް އޭނާގެ ކޯތާފަތްމައްޗަށް ފައިބައިގަތެވެ.  ވައިރޯޅިތަކުގެ ގޯނާތަކުން މޫނުމައްޗަށް ފައިބައިގަތް އޭނާގެ ފަންއިސްތަށިގަނޑުގެ އުދަނގޫވެސް މާޒްއަށް އިހްސާސް ނުކުރެވޭކަހަލައެވެ. މާޒްގެ ދެލޯ ހުއްޓާލެވުނީ ނޫކަނޑުގެ ރާޅުތަކަށެވެ. އެރާޅުތަކުން އުފައްދަމުންދިޔަ ބާނިތަކުން އުފެދޭ ހުދުފޮނުތަކަށެވެ.

މާޒްގެ އެތެރެހަށީގައި އުތުރިއަރަމުންދިޔަ ތޫފާންވެސް އެހަލަބޮލި ކަނޑެކޭ އެއްފަދައެވެ. އެތޫފާނުގެ ސަބަބުން އެހިތަށް ލިބެމުންދިޔަ ވޭނަށް ކެތް ނުވެގެން ކަރުނައިގެ ސިފައިގައި ލޮލުން ފައިބަނީއެވެ. ހިތާއި ސިކުނޑިއަށް ވެރިވެފައިވަނީ އީޝަލްގެ އެމައުސޫމު ސޫރައެވެ. ކުއްލިއަކަށް މިވީ ކީއްހެއްޔެވެ؟  އެއޮތް ހިތްވަރުގަދަ ޒުވާނާ ފިނޑިއަކަށްވީ ކޮންއިރަކު ހެއްޔެވެ؟ ހިނދުކޮޅެއް ތެރޭގައި ދިރިއުޅުމުގެ ހުރިހާ ކަމެއް ބަދަލުވާނެ ކަމަކަށް ދުވަހަކުވެސް މާޒްގެ ހިތަކަށް ނާރާއެވެ.  އިސްތަށިގަނޑުގެ ތެރެއަށް ދެއަށްމަހާލަމުން މާޒަށް ބާރަށް ރޮއިގަނެވުނެވެ. އިރުގަނޑަކު މިހެން އިނުމަށްފަހު ގެއަށް ދިޔައީ ލަސްވާތީއެވެ.

******

އާދުވަހަކަށް އިރުއަރާފިއެވެ. މޫނުމަތީގައި ބާލިސްއަޅާގެން އީޝަލް އޮތީ ގަދަ ނިދީގައެވެ. “ދޮންތާ! ދޮންތާ!” އާލިޔާ ދެތިން ފަހަރަކު ގޮވުމުންވެސް އީޝަލްގެ ހިލަމެއް ނުވިއެވެ. ވާނީވެސް އެހެންތާއެވެ. ރޭ ނިދުނީވެސް މާފަސްވެފައި ހުއްޓައެވެ. އަނެއްކާވެސް އީޝަލްއަށް އާލިޔާ ގޮވަންފެށިއެވެ. ކަންނެތް ގޮތަކަށް މިފަހަރު ހޫމް ލައްވާލަމުން އީޝަލް ތެދުވެއްޖެއެވެ. ކައިރީގައިހުރި ގަޑިއަށް ބަލާލަމުން ދެލޯބޯޑުކޮށްލީ މާލަސްވެފައި ހުރީމައެވެ. އަވަސް އަވަހަށް ތައްޔާރުވެލައިގެން ދިޔައީ ކާގެއަށެވެ. ކާގެއަށް ދިޔައިރު ރިދްވާނާއި އާލިޔާ އަދި މަންމަ އިނީ ސައިބޯށެވެ. “މަންމާ އަހަރެންނަށް މިއަދު ތަންކޮޅެއް ލަހުން ހޭލެވުނީ.” އީޝަލް ގޮޑީގައި އިށީންނަމުން ބުނެލިއެވެ. އީޝަލް ހީކުރީ މަންމަ ގާތަށް ރުޅިއަންނާނެ ކަމަށެވެ. ނަމަވެސް އެއާ ޚިލާފަށް މަންމަ ވާހަކަ ދެއްކީ ވަރަށް ރީއްޗަށެވެ. މަންމަ އޭނާއާއި އެހާ ރީއްޗަށް ވާހަކަ ދެއްކުމުން ބުނަން ނޭގޭ ފަދަ އުފާވެރިކަމެއް އޭނާއަށް ލިބުނެވެ. “ރަނގަޅަށް ނުވެސް ކައިތަ ތިދަނީ؟” އީޝަލް ގޮޑިން ތެދުވާން ފެށުމުން ހުމޭރާ ބުންޏެވެ. ” މިހާރުވެސް މާލަސްވެއްޖެ. ބްރޭކް ލިބުނީމަ ކެންޓީންއިން ކާނަން” އީޝަލް ހަރުގަނޑުގައި ހުރި ފައިވާން ނަގަމުން ޖަވާބު ދިނެވެ.

އަޔާނަށާއި އީޝަލްއަށް ކޮމްޕެނީގެ ދޮރުން ވަދެވުނީ ދާދި އެކުއެކީގައެވެ. ” އީޝަލް. އީޝަލް އަހަރެން ދެކެ އަބަދު ރުޅި އައިސްފަ ތިހުންނީ ކޮންސްޓަރަކްޝަން ސައިޓްގަ ދިމާވި ހާދިސާއާއި ހެދިތަ؟ އޭގެ އަހަރެންގެ އެއްވެސް ކުށެއް ނޯންނާނެ.” އަޔާން އީޝަލްއާއި އެއްވަރަށް ހިނގަމުން ވާހަކަދެއްކިއެވެ. “ދެން ތިބުނީ ކުށްވެރިއަކީ އަހަރެންގެ ބައްޕައޭތަ؟ ” އީޝަލް ހިނގުން ހުއްޓާލަމުން އަޔާނާއި ވާހަކަ ދެއްކިއެވެ. “އީޝަލްގެ ބައްޕަ ލިފްޓުގަ މައްސަލަހުރި ވާހަކަ ނުބުނުން މައްސަލައަކީ. އަހަރެން ޤަބޫލުކުރަން ހަނދާން ނެތި ދާނެކަން. އީޝަލްގެ ބައްޕަބުނި ސިޓީއެއް ދިން ވާހަކަ އެކަމުކު އަހަރެން އެދުވަހުގެ އެގަޑީގައި ވާނީ މާޒާއި އެއްކޮށް. މާޒްވެސް ޕޮލިހުން ގާތު އެވާހަކަ ބުނި.” މާޒްގެ ނަން އަޑު އިވުމުން އެވަގުތު  އީޝަލްއަށް  ސިހުމެއް ލިބުނެވެ. މާޒްވެސް އެއުޅެނީ އަޔާނާއި މިކަމުގައި ބައިވެރި ވެގެން ހެއްޔެވެ؟ ” އަޔާން ގާތު އެސިޓީ ލިޔެދިނީ އީޝަލްއޭ ބުނަން ބޭނުންވިނަމަވެސް ނުބުނަން ނިންމީ އޭރުން އަޔާން އޭނާ މިވަޒީފާއިން ވަކިކޮށްފާނެތީއެވެ. އަޔާން ދެކޮޅަށް ހެކި ހޯދަން އޭނާ އެބަޖެހެއެވެ. އަޔާނަށް ލިބެންޖެހޭ އަދަބު އެބަ ދޭންޖެހެއެވެ.    “އަހަރެންގެ ބައްޕައަކީ ކުށްވެރި އެއް ނޫން.” މިހެން ބުނުމަށްފަހު އީޝަލް ބާރަށް ހިނގައިގަތެވެ. “އޯކޭ އީޝަލް. އައި އޭމް ސޮރީ.” އީޝަލްއާއި ހަމަކުރަމުން އަޔާން ވާހަކަ ދެއްކިއެވެ. އީޝަލް ރުޅިވެރިކަމުގެ ނަޒަރަކުން އަޔާނާއި ދިމާ ބަލާލުމަށްފަހު އޭނާގެ ހިނގުން އެޔަށްވުރެ ބާރުކޮށްލިއެވެ.

އީޝަލްގެ މިސްރާބު ހުރީ މާޒްގެ އޮފީހާއި ދިމާއަށެވެ. “މާޒް” އޮފީސްތެރޭގައި ފައިލްތަކަށް ބަލަން އިން މާޒަށް އިވުނީ އީޝަލްގެ ހިތްގައިމު އަޑެވެ. ވަގުތުން އޭނާގެ މުޅިހަށިގަނޑު ފިނިވެގެންދިޔައެވެ. ގައިގާހުރި ހުރިހާ ލޯލިތައް ކޮޅަށްޖެހިގެންދިޔައެވެ. އެތެރެހަށީގައި  ގަދަފަދަ ކަރަންޓެއް އުފެދުނު ކަހަލައެވެ.   އެއަޑު އޭނާއަށް އޮޅެންވީ ކީއްވެ ހެއްޔެވެ؟ އިސްއިފުލާ ބަލާލުމާއެކު ކައިރިވަމުންއައި އީޝަލް ފެނިފައި މާޒްގެ ހަތަރެސްފައި ގަނޑުކޮށްލިކަހަލައެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

@aminath

Level 110 Stories100 Login

Other Articles

Previous

ލޯތްބައްޓަކައި (5ވަނަ ބައި)

Next

އިންތިޒާރު 18

Next
June 21, 2020

އިންތިޒާރު 18

Previews
June 20, 2020

ލޯތްބައްޓަކައި (5ވަނަ ބައި)

6 Comments!

  1. Anonymous says:
    June 21, 2020 at 12:29 pm

    Kobaa 14 vana bai

    1. @aminath says:
      June 21, 2020 at 2:32 pm

      Soon next part up kohlaanan?

  2. Anonymous says:
    June 22, 2020 at 8:55 am

    14 vana bayah inthizaaru kohlaanan ingey ekam kon dhuvahakun nereny

    1. @aminath says:
      June 22, 2020 at 2:34 pm

      14 vana bai vaany mihaaru submit kohlaafa

  3. Reen says:
    June 22, 2020 at 9:42 am

    Varah bodah balaa laa hiyy vey 14 vana bai ga vaa goi up kohlabala avahah ??

  4. @aminath says:
    June 22, 2020 at 2:35 pm

    14 vana bai vaany mihaaru submit kohlaafa?

Comments are closed.

Next Episodeއީޝަލް (14ވަނަ ބައި)←


All Right Reserved!