ަ(އަޅުގަނޑަކީ އުމުރުން އަދި 13 އަހަރުގެ ކުއްޖެއް ކަމާއި މިއީ އަޅުގަނޑުގެ ފުރަތަމަ ވާހަކަ ކަމުން، ކުށް ހުރުން އެކަށީގެން ވެއެވެ.) އަހަރެންނަކީ 25 އޮކްޓޫބަރު 2006 ގައި މާލޭގެ އާދައިގެ އާއިލާއަކަށް އުފަންވީ އަންހެން ކުއްޖެކެވެ. އަހަރެންނަކީ އަހަރެންގެ މަންމަގެ ހުރި ހަމައެކަނި ދަރިއެއް ކަމަކު، ބައްޕަގެ އެންމެ ހަގު އަންހެން ދަރި އެވެ. އަހަރެންގެ ދޮއްޓަށް ދެ ދައްތަ ހުރެއެވެ. އެއީ އިނގެރޭސި އިން ބުނާނަމަ ‘ސްޓެޕްސިސްޓާސް’ އެވެ. އަހަރެން މިއީ މަންމަ ގެ ހުރި ހމައެކަނި ދަރިފުޅު ކަމުން، މަންމަ ވެސް ބައްޕަ ވެސް އަހަރެން ގެންގުޅުނީ އަހަރެންނަކީ ޖަވާހިރއްގެ ގޮތުގައެވެ. އެހެންކަމުން އަހަރެން ބޮޑު ވަމުން އައީ ވަރަށް ވެސް އުފަލުންނެވެ. އަހަރެންގެ އުމުރުން އެއް އަހަރުވީ ތަނާހެން އަހަރެން ބަލިވާން ފެށިއެވެ. މަންމަ އެކަމާ ކަަންބޮޑު ވާން ފެށިއެވެ. އެދުވަހު މަންމަ އަތުގަ ހުރި ލާރި ކޮޅު ތަށް ވަނީ ހުސްވެފައި ކަމުން އަހަރެން ހޮސްޕިޓަލަށް ގެންދާނެ […]