Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އަހަރެންގެ ވާހަކަ 9 (ފަހުބައި)

Annna Level 510 Stories100 Comments100 Login
June 21, 2020 6 Mins Read
3 Comments

ޖެހިގެން އައި ދުވަހަށް އިރުއެރިއެވެ. މިއަދަކީ އަހަރެމެންގެ ޕްލޭންގެ ފުރަތަމަ ފިޔަވަޅު އަޅާ ދުވަހެވެ. ކާމިޔާބު ވެއްޖެ ނަމަ ދެން އޮންނަ ފިޔަވަޅު އަޅާން ނިކަން ހިތްވަރު ލިބި ފަސޭހަ ވާނެއެވެ.

***

ފަތިސް ނަމާދު ކުރަން ތެދުވިގޮތައް އަހަރެންނެއް ނުނިދަމެވެ. ހޮނިހިރު ދުވަސްކަމުން މިއަދުމީ ސްކޫލުތައްވެސް ބަންދު ދުވަހެކެވެ. އާންމުކޮށް އަހަރެން ނިދާނީ އެވެ. ނަމަވެސް މިއަދު އަހަރެން ނުނިދީ ވަރަށް މުހިންމު ކަމަކު އެވެ. ނުނިދާ އަހަރެން އިނީ ބެލްކަނީގައެވެ. ސައިގަޑި ޖެހެންދެން ބެލްކަނީގައި އިން ގޮނޑީގައި ލެޕްޓޮޕް ހިފައިގެންނެވެ.

ސައިގަޑިއަށް އަހަރެން ތިރިއަށް ދިޔައީމެވެ. ސައި ބޮއެގެން އަހަރެން އެންމެން ނާއެކު ސިޓިންގ ރޫމަށް ނިކުތީމެވެ. އެވަގުތު މާމަ ދިޔައީ އަވައްޓެރިއެއްގެ ގެއަށެވެ. އަހަރެންނަށް އެވާހަކަ ދައްކަން ފަސޭހަ ވާނީވެސް އެގޮތެވެ. “މަންމާ…..” އަހަރެން ދެއަތް ދެއަތާ މޮޑެމުން މަންމަ އަށް ގޮވާލީމެވެ.

“މަންމަ އަށް ހާދަ ހީވެއޭ ދަރިފުޅު އެއްޗެކޭ ބުނަން ބޭނުން ވާހެން…” މަންމަ އަހަންނާއި ދިމާލަށް ބަލާލާފައި ބުނެލިއެވެ. އަހަރެން ބޯޖަހާލާފައި ފެށީމެވެ. “މަންމާ އަހަރެން ވަރަށް ބޭނުން މި އަންނަ ބޮޑު ބަންދުގައި ރަށައް ދާން.. ދެވިދާނެތަ..؟” އަހަރެން އިސްޖަހާލަމުން ބުނެލީމެވެ.

“މައްސަލައެއް ނެތް.. ދަރިފުޅާ އެކު އެކަމަކު މަންމަވެސް ދާނަން.. ދެން ދަރިފުޅު އެކަނި ފޮނުވާކަށް މަންއަކަށް ލާހިކެއްނޫން..” ހީވަނީ އަހަރެންނަށް ބުނެވުނީ މަންމަ ބޭނުންވެފައި ހުރިކަމެއްގެ ވާހަކަ ހެންނެވެ. އަހަރެންގެ މަޤްސަދު ނާހައި މަންމަ އެއްބަސް ވިކަމީ އަހަރެންނަށް ލިބުނު ވަރަށް ބޮޑު އުފަލެކެވެ.

“މަންމާ އަހަރެންނާއެކު ލާޔާ އަށް ދެވިދާނެތަ..؟” އަހަރެން އަނެއްކާވެސް އެހީމެވެ. “ކިހިނެއްވާނެ ލާޔާގެ މުޅި އާއިލާ ދާން.. ވަރަށް މަޖާވާނެ..” މަންމަ ހީވަނީ މާކުރިން ޕްލޭން ކޮށްގެން އުޅޭ ހެންނެވެ.

ތިން ހަފްތާ ފަސް…

އަހަރެން ދަތުރު ކުރަމުން ދިޔަ ލާންޗު އަހަރެންގެ އުފަންރަށުގެ ބަނދަރަށް ވަނެވެ. ބަނދަރުމަތީގައި އިން ބައްޕަ އަހަރެންނަށް ފެނުނެވެ. އަހަރެންނާއި މަންމަ ލާންޗުން ފައިބަން ވެސް އެހީތެރިވެދިނީ ބައްޕަ އެވެ. އަހަރެމެން އެންމެން ތިބެން ހަމަޖެހުނީ ބައްޕަގެ ގޭގައެވެ.

ފުރަތަމަ އަހަރެންނާއި ލާޔާ ބައްޕަގެ ގޭގައި ތިބެފައި އެހެން މީހުން ގެސްޓް ހައުސްއެއްގައި ތިބެން ހަމަޖެހުނެވެ. ދާވާހަކަ ގުޅާފައި ބައްޕަކައިރީ ބުނުމުން ބުނީ ތިބެން ވާނީ އެގޭގައި ކަމަށެވެ. މަންމަ ފުރަތަމަ އިންކާރުކޮށްފައިވެސް ފަހުވަގުތު އެއްބަސް ވުމުން އަހަރެން އުފާވިއެވެ.

ހުރިހާ ކަމެއްވެސް އަހަރެންނާއި ލާޔާ ޕްލޭން ކުރި ގޮތާއި އެއްގޮތައް ދާތީވެ އަހަރެން ހުރީ ނިކަން ހަމަޖެހިފައެވެ. ތަޤުދީރުވެސް ހީވަނީ އަހަރެންނާއި އެއްކޮޅައް ހުރިހެންނެވެ. އަހަރެންނަށް ފަހުން އެނގުނީ އެއީ މާމޮޅުޕްލޭން އެއްގެ ތެރޭގައި އަހަރެމެން ދެމީހުން އެމީހުންނަށް ފަސޭހަ ކޮށްދެވުނީ ކަމުގައެވެ.

އަހަރެން ފަރާތް ފަރާތައް އެނބުރިފައި ބަލާލީ އެއްވެސް ދިމާއަކުން ދޮންމަންމަ ފެނޭތޯއެވެ. ނުފެނުމުން ކޮންމެވެސް ވަރެއްގެ ހިތްހަމަ ޖެހުމެއްމެސް ލިބުނެވެ. އަހަރެންގެ ހިތުގައި ކޮންމެވެސް ވަރެއްގެ ނުތަނަވަސް ކަމެއްވެސް އޮތެވެ. އެތައް ދުވަހެއް ފަހުން އަނެއްކާވެސް ދޮންމަންމަ އާއި އެއްފުރާޅެއްގެ ދަށުގައި އުޅެން ދަނީއެވެ.

ގެގޭ ދޮރުމައްޗައް އަރާފައި އަހަރެން ބަލާލީ އެތެރެއެވެ. އެއްވެސް ބަދަލެއް އައިތޯއެވެ. ނަމަވެސް ހުރިހާ އެއްޗެއް ވެސް ހުރީ ހަމަ އެގޮތަށެވެ. އެއްވެސް ބަދަލެއްނާދެއެވެ. ދެން ފެނުނީ ބަދިގެއިން ނިކުމެގެން އައި ދޮންމަންމަ އެވެ. އަހަރެންގެ ހިތް ނެގިނެގިފައި ޖެހެމުން ދިޔައެވެ.

އެއީ މެންދުރުގެ ވަގުތު ކަމުން އެންމެ ފުރަތަމަވެސް އަހަރެމެން އެންމެން ދިޔައީ ކާށެވެ. އޭރު ގޭގައި ގެންގުޅޭ މީހާ އެފަރާތުގައި އިނީ ކަމެއް ބޭނުންވެދާނެތީ އެވެ. ކައިގެން އެންމެން ދިޔައީ ކޮޓަރި ތަކަށެވެ. އަހަރެންނާއި ލާޔާ އަހަރެންގެ ކޮޓަރި ލިބުނު އިރު މަންމަ އާއި އާއިޝް އެންމެ އެތެރޭގައި އިންނަ ކުޑަ ކޮޓަރި ނެގިއިރު އަހަރެންގެ ކޮޓަރި އާއި ޖެހިގެން އިންނަ ކޮޓަރީގައި ތިބެން ހަމަޖެހުނީ ލައިނައްތަ އާއި ލާޔާގެ ބައްޕަ އެވެ.

“ވާއު.. އާޝާގެ ރޫމް ހާދަ ރީއްޗޭ..” ސްޓަޑީ ރޫމްގެ ދޮރު ހުޅުވާލައިފައި ލާޔާ ބުނެލިއެވެ.

އެންމެ ދުވަހެއްވެސް ލަސްކުރާކަށް އަހަރެން ބޭނުމެއް ނޫނެވެ. އެހެން ކަމުން ޕްލޭންގެ އެންމެ އުނދަގޫ އަދި އެންމެ ފަހު ފިޔަވަޅު އަޅަން އަހަރެން ތައްޔާރު ވީމެވެ. މިވަގުތަކީ ލިވިންގ ރޫމްގައި އެއްވެސް މީހަކު ނޫޅޭ ވަގުތު ކަމުން އަހަރެންނާއި ލާޔާ ނިކުތީމެވެ. ދެކޮޅު ހޯދާ ބަލާފައި ޓީވީ އާއި ދިމާލަށް މިސްރާބު ޖެހީމެވެ.

އެއީ އެންމެ ފަހުގެ ސާޅީސް ނުވަ އިންޗީގެ ޓީވީ އެވެ. ނެޓްފްލިކްސް އާއި ޔޫޓިއުބް ވެސް ބެލެއެވެ. އަތުގައި އޮތް ޕެެންޑްރައިވް ޓީވީ އަށް ޖަހާލައިފައި އެނބުރި ދާން ހިނގައި ގަތް ވަގުތު އެތަނަށް ވަތް ސަމިއްތަ ފެނި އަހަރެން ދިޔައީ ސިއްސައިގެންނެވެ. އަހަރެން ފެނުމުން މޫނު ކުނި ކޮށްލައިގެން ހުރުމުން އަހަރެން ތުރު ތުރު ލާން ފެށިއެވެ.

ލާޔާ ވެސް އިނީ ބިރުންކަން އިނގެއެވެ. ލާޔާގެ މޫނުމަތި ފެނިފައި ސަމިއްތަ އަށް ލިބުނު ހިތް ވަރުގެ ސަބަބުން އަހަރެންނާއި ދިމާއަށް މިސްރާބު ޖެހިއެވެ. “ހީނުކުރައްޗެ އަހަރެންނަށް ފިލައިގެން އުޅެވޭނެއޭ..” އަހަރެންގެ ގަޔަށް އަތްލާން އުޅެމުން ބުނެލިއެވެ. އަހަރެންގެ ނަސީބު ތޯއްޗެކެވެ. އެވަގުތު އާއިޝް އަށް ކާންދޭންވެގެން ކޮޓަރިން ނިކުތް މަންމަ އަށް ސަމިއްތަ އަހަރެން ކައިރީ ހުރިތަން ފެނުމުން ދެބުމަ ގޮށްޖެހުނެވެ.

“އާޝާ އާދެބަލަ..” މަންމަ ގޮވާލުމުން އަހަރެންނާއި ލާޔާ އަވަހަށް ދިޔައީމެވެ. ސަމިއްތަ ދިން އިންޒާރުގެ ވާހަކަ ބުނުމުން މަންމަގެ މޫނުމަތިން ބިރުވެރިކަން ފެނުނު ނަމަވެސް ވަގުތުން އެކަން ފޮރުވާލީ ކީކޭ ހިތައް އަރައިގެން ކަމެއް ނޭނގެއެވެ.

ހަވީރު ހުރިހާ އެންމެން މިސްރާބު ޖެހީ ރަށުތެރެ ބަލާލަން ދިއުމަށެވެ. ބައްޕަ އާއި ސަމިއްތަ އެއް ނާދެއެވެ. ރަށުތެރޭގައި ހިނގަ ހިނގާފައި އަހަރެމެންނަށް ގެއަށް ވަތް އިރު، އިރު އޮއްސެނީއެވެ. އޭރު ސަމިއްތަ އާއި ބައްޕަ ސިޓިންގް ރޫމްގައި ތިއްބެވެ. މަންމަ އެދެމީހުންނަށް ބަލާލައިފައި ބަދިގެއަށް ވަނެވެ. އާއިޝް އަށް ބަކުން ހަދައިގެން ނިކުތް އިރު އާއިޝް އިނީ ބައްޕަގެ އުނގުމަތީއެވެ.

ބައްޕަވެސް ނިކަން ހެވިފައި އާއިޝް ދައްކަމުން ދިޔަ ވާހަކަ ތައް އަޑު އަހަން އިނެވެ. މަންމަވެސް އެމަންޒަރު ފެނިފައި ލޮލުގެ ހިމަކޮޅުން ވެއްޓުނު ކަރުނަ ތިކި ފިހެލާފައި އާއިޝްގާތު ކާން އަންނަން ބުނުމުން ވަގުތުން ދެކޮޅުހެދިއެވެ. އެންމެ ފަހުން މަންމަ އަށް ކާންދޭން ޖެހުނީ އާއިޝް ބައްޕަގެ އުނގުތެރޭގައި އިންދައެވެ.

އަހަރެން ހޯދާލީ ސަމިއްތަ އެވެ. ދެބުމަ ގޮށްޖަހައިގެން އަތުގައި އޮތް ފޯނަށް ވަރުބާލަނީ އެވެ. އަހަރެންނާއި ލާޔާ ހެމުން ގޮސް ކޮޓަރިއަށް ވަނީމެވެ. މިރޭގައި އޮތީ ގޭގައި ކެއުމެވެ. އެއީ މަންމަ ބޭނުންވި ގޮތެވެ. ކައްކަނީ ވެސް މަންމަ އެވެ. މަންމަގެ ސްޕެޝިއަލް ރެސިޕީ އަކުން ހަދާ ޕާސްޓާ އެކެވެ. އަހަރެންގެ ފެވަރިޓް އެވެ.

އެއީ އަހަރެންގެ ނަސީބެވެ. ކައިގެން އެންމެން ނިކުތީ ލިވިންރޫމަށެވެ. ޓީވީ ރިމޯޓް ނަގާފައި އަހަރެން ތައްޔާރުވެލީމެވެ. “އަހަރެން މިއުޅެނީ ދެއަހަރު ކުރިއަށް ޖެހިލަން..” އަހަރެން ބުނެލީމެވެ. ދެން އަޅުވަން ފެށި އަހަރެންގެ ފޮޓޯތަކެވެ. ހުސް އަހަރެންނާއި މަންމަ އާއި ބައްޕަގެ ފޮޓޮއެކެވެ. އެންމެ ފަހުން ދެން އައީ އެވީޑިއޯ އެވެ. އެއީ އަހަރެން ބޭނުންވި ގޮތެވެ.

“އަހަރެން ވަރަށް ބޭނުން ބައްޕަ މީތި ބަލާލަން..” އަހަރެން މިހެން ބުނުމުން ބައްޕަ އަށް ދެކޮޅު ހަދާކަން ނުކެރުނެވެ. ފުރަތަމަ ވީޑިއޯ އަކީ ދެއަހަރު ކުރިން ސަމިއްތަ ދެއްކި ވީޑިއޯއެވެ. އެދައްކަން ފެށުމުން ސަމިއްތަ ތެދުވާން އުޅުމުން ލައިނައްތަ އޭޏާ ހުއްޓުވިއެވެ.

އެވީޑީއޯ ނުބަލަންވެގެން ބައްޕަ އިނީ އިސްޖަހައިގެންނެވެ. “ދެން ބަލަބަ މިވީޑިއޯ..” ދެން އަހަރެން އެޅުވީ އޭގެ އަސްލެވެ. އޭތި ފެނިފައި ބައްޕަ ދެލޯބޮޑުކޮށްލަމުން ސަމިއްތައަށް ބަލާލިއެވެ. ސަމިއްތަ އަހަރެންނާއި ދިމާއަށް ބަލާފައި ދެބުމަ ގޮށްޖަހާލިއެވެ. “ތީ ދޮގެއް.. ތީ އަސްލެއް ނޫން..” އަހަރެން ހިނިގަނޑެއް ޖަހާފައި އަނެއްކާވެސް އަނެއް ވީޑީއޯ އެޅުވީމެވެ. “ބަލާބަލަ މިވީޑީއޯއަށް.. މީގެ ގަޑި ތައް ދެން ކީއްވެ ސްކިޕް ވެފަ ބަދަލުވާންވީ…” އަހަރެންގެ ރައްދުން ސަމިއްތަ އަނގަ ބަންދުވި ކަހަލަ އެވެ.

“ކިހިނެއް އިނގެނީ ތީ ސަމީ ކަމެއް..” ބައްޕަގެ ސުވާލުން އަހަރެންނަށް އަނެއްކާވެސް ހިނިތުން ވެލެވުނެވެ. އަހަރެން ނެގީ ސަމިއްތަގެ ފޯނެވެ. އަހަރެންނަށް އެނގޭ ގޮތުން އެފޯނުގެ ކޯޑު ބައްޕައަށްވެސް ނޭނގެއެވެ. ނަމަވެސް ވަރަށް މަސައްކަތުން ކުރިން އަހަރެން އެފޯނުގެ ކޯޑު ހޯދީ ކީކޭ ހިތައް އަރައިގެން ކަމެއް ނޭނގެއެވެ.

އެފޯނުގެ ވައިބާގައި ބައްޕަ އަށް އެންމެ ކުރިން ފޮނުވާފައި އިން ޗެޓު އިންކަމީ އަހަރެންގެ ނަސީބެކެވެ. އެއެތި ޑިލިޓު ނުކުރީ ދެން އެކަން އެނިމުނީ ކަމަށް އޮތް ޔަޤީން ކަމެއްގެ ސަބަބުންނެވެ.

ސަމިއްތަގެ ސިކުނޑި ހާސްވިވަރުން ބުނާނެ އެއްޗެއް ނޭނގުނީ ތޯއްޗެކެވެ. އަހަރެންނަށް ފެނުނީ މަންމަ ފޯނުކޯލެއް ކޮށްފައި އައި ތަނެވެ. މުހިންމު ކަމަކު ކަން އިނގުނެވެ. “އާކިފް އަހަރެން……” ސަމިއްތަ އަށް އިތުރަކަށް ނުބުނެވުނެވެ. “ތީ ތިކަހަލަ ވިޔާނުދާ އަންހެނެއް ކަމަކަށް ހިއެއް ނުކުރަން.. ތިހުރީ ވަރިކޮށްފަ…” ބައްޕަ މިހެން ބުނުމުން ސަމިއްތަ އަށް ވަރުގަދަ ޝޮކެއް ލިބުނު ކަހަލަ އެވެ.

ދެލޮލުން ކަރުނަ ވެސް ފައިބަން ފެށިއެވެ. އެވަގުތު އަހަރެންގެ ހިތައް ހަމްދަރުދީވަނެވެ. ހެދުނީ ގޯހެކޭ ހިތައް އަރަމުން ދިޔައެވެ. ނަމަވެސް އަހަރެންނަށް ކުރި އަނިޔާ އާއި މަންމަ އަށް ހެދިގޮތުގެ މަތިން ވިސްނާފައި އަނެއްކާވެސް އަހަރެންނަށް މިކުރެވުނީ ރަނގަޅު ކަމެއްކަން ހިތައް ވިސްނައިދިނީމެވެ.

އިރުކޮޅެއްނުވެ ޕްލިސްޖިޕު އައުމުން އަހަރެން ހައިރާން ވިއެވެ. ޖިޕު އެއައީ މަންމަ ގުޅައިގެން ކަމަށް މަންމަ ބުންޏެވެ. “މިހިރީ އޭނަ.. އަހަރެންގެ ދަރިފުޅަށް އަނިޔާ ކުރި މީހަކީ މީ..”ސަމިއްތަ އާއި ދިމާއަށް އިނގިލި ިދއްކޮށްލަމުން މަންމަ ބުނެލިއެވެ. “ނޫން އަހަރެން އަނީޔާ އެއް ނުކުރަން..” ސަމިއްތަ ވަގުތުން ދެކޮޅު ހެދިއެވެ.

އޭރު ލީޝާ އާއި އާއިޝްވީ އަހަރެންގެ ކޮޓަރީގައެވެ. އެދެކުދިންނަށް މިކަހަލަ މަންޒަރުތައް ދައްކަން ބޭނުން ނުވެގެން މަންމަ ލައިނައްތަ ގެންދިޔައީ އެވެ.

މަންމަ އަހަރެންގެ ކައިރިއަށް އައިސް އަހަރެންގެ ހެދުމު އަތް އަރުވާލިއެވެ. އެތާގައި އިނީ ވަރަށް ކުރިން ސަމިއްތަ ހުނުދޯފަތް ޖެހިގެން ފިހުނު ތަންގަނޑެކެވެ. އަތައް ބިޑި އަޅުވައިގެން ސަމިއްތަ ގެންގޮސް ޖިޕައް ލިއެވެ.

ބައްޕަ ހިނގައިގަތީ މަންމަ އާއި ދިމާ އަށެވެ. “އަހަރެންނަށް މާފުކުރޭ މާޝާ.. އަހަރެންނަށް މާފު ކުރޭ..” ބޮޑު ފިރިހެނެއް ކަމަކު ބައްޕަ އަށް ރޮވުނެވެ. “ނޫން.. އާކިފްގެ މަޤާމުގައި އެހެން މީހަކު ހުރި ނަމަވެސް ކަންތައް ކުރެވޭނީ އެހެން.. ޚުދު އަހަރެންނަށް ވެސް ހެދޭނީ އެހެން..”

“އިނގޭތަ..” ތީ އަސްލު އަހަރެންނާއި ޔައީޝްގެ ޕްލޭން.. ހަހަ.. އަހަރެންނަށް ތިދެކުދިން އުޅޭ ކަން އެނގުމުން އަޅާ ނުލީ.. އެއީ އަހަރެންނަށް ވުރެ އާކިފް އަށް ޤަބޫލުވެސް ކުރެވޭނީ އާޝާގެ ވާހަކަ ކަން އިނގޭތީވެ..” ލައިނައްތަ މިހެން ބުނުމުން އަހަރެންނަށް ޝޮކެއް ލިބުނެވެ. އެވަގުތު އާއިޝް ހެމުން މަންމީ އޭ ކިޔާފައި އައިސް މަންމަގެ ފައިގައި ބައްދައި ގަތެވެ.

ބައްޕަ ބަލާލި ގޮތުންވެސް އެކަމާއި ދެރަވާކަން އިނގުނެވެ. “މާޝާ….” ބައްޕަ ގޮވާލިގޮތުން މަންމަ އަށް އެނގުނެވެ. އަދި އާނއެކޭ ބުނެލިއެވެ. “ދަރިފުޅައް އެނގޭތަ މީ ކާކުކަން..؟” މަންމަ އާއިޝް އަށް ބަލާލަމުން ބުނެލިއެވެ. “ޔެޝް.. ތީ އާކިފް އަންކަލް އެއްނު..؟” އާއިޝް މިހެން ބުނުމުން މަންމަ ދެފަރާތައް ބޯހޫރު ވާލިއެވެ.

ލައިނައްތަ އާއި ލާޔާ އާއި ލާޔާގެ ބައްޕަ ވެސް ގޮސް ކޮޓަރި އަށް ވަނެވެ. ހީވަނީ އަހަރެންގެ ކުޑަ އާއިލާ އަށް ފުރުސަތު ދިނީ ހެންނެވެ.

“އެއީ އާޝްގެ ބައްޕި..” މިހެން ބުނެފައި މަންމަ ބައްޕަ އަށް ބަލާލިއެވެ. އާއިޝް ބައްޕަ އަށް އުރާލަން އަތް ދިއްކޮށްލިއެވެ. ބައްޕަ ކައިރިއަށް އެދިޔައީ ސުވާލު ބޮނޑި ބަންނަންކަން އަހަރެންނަށް އެނގުނެވެ.

“އެއީ ތެދެއްތަ.. ތީ ބައްޕި ތަ..؟” މިހެން ބުނުމުން އާއިޝް އުފާވެލާފައި ބައްޕަގެ ކަރުގައި ބައްދައި ގަތެވެ. ބައްޕަ އަތް ދިއްކޮށްލުމުން އަހަރެން ވެސް ބައްޕަގެ ގައޮގައި ބައްދާލީމެވެ.

ޖެހިގެން އައި ދުވަހު އިރު އެރުމުން އަހަރެންނަށް ލިބުނީ އަހަރެން އެންމެ އަޑު އަހަރެން ބޭނުންވި ވާޙަކަ އެވެ. މަންމަ އާއި ބައްޕަ އަލުން ގުޅެން ނިންމި ވާހަކަ އެވެ. ހަފްތާއެއް ފަހުން ހުރިހާ އެންމެން ދިޔައީ އަނބުރާ އެރަށަށެވެ. މަންމަ އާއި ބައްޕަގެ ކައިވެނި ޕާރޓީ ކުޑަ ގޮތަކަށް ނިންމާލި އެވެ.

އޭގެފަހުން މިހާރު އަހަރެން ވީއެވެ. އަހަރެންގެ އާއިލާ އުޅެނީ މަންމަގެ ރަށުގައެވެ. އަނެއްގެ ކުއްޔައް ދީފައެވެ. އަހަރެންގެ އާއިލާ އުޅެނީ ވަރަށްވެސް އުފަލުގައެވެ. މިއީ އަހަރެންގެ ވާހަކަ އެވެ.

***

އެނދުމަތީގައި އޮތް އާޝާ ފޮތް ލައްޕާލިއެވެ. އަދި ގޮސް އަލަމާރީގެ އެންމެ އަޑި އަށް ލިއެވެ. “އާޝާ.. އަވަސްކުރޭ.. މިހާރު ލާޔާ މެންވެސް އައިސި…” ދަބަހެއް އަޅުވައިގެން އިން މާޝާ ބުނެލިއެވެ. ދަތުރު ދާންވެގެން ތައްޔާރުވެގެން އެންމެން ލާންޗުގައި ތިއްބެވެ. ހުރިހާ އެންމެންގެ މޫނުމަތިންވެސް ފެންނަނީ އުފާވެރިކަމެވެ. އެތައް ހުރަހަކަށް ފަހުވެސް އާޝާ އާއި އޭނާގެ އާއިލާއަށް އުފާވެރިކަން ލިބުނީ އެވެ.

  • – ނިމުނީ –
  • މިވާހަކައިގެ ބައިތައް ލަހުން ގެނެސް ދެވުނީތީވެ ވަރަށް ބޮޑައް ކިޔުންތެރިންގެ ކިބައިން މާފައް އެދެމެވެ. އަދި މިވާޙަކަ ނިންމާލުމަށްޓަކައި ތައުފީޤު ދެއްވި މާތް ﷲ އަށް ޝުކުރު ދަންނަވަމެވެ. ހަމައެއާއިއެކު މިވާހަކަ ވިދާޅުވި ކަމަށްޓަކާ ކިޔުންތެރިންނަށްވެސް ވަރަށް ބޮޑައް ޝުކުރު ދަންނަވަމެވެ.

 

Share Article

Follow Me Written By

Annna

Level 510 Stories100 Comments100 Login

I am a girl who loves to read n write dhivehii stories☺.... Love to read comments from readers..❤ Accepting positive and negative comments tooo... can contact via my insta private acc @__asnaaaaa_ ... or author acc @i_an.nna and my email id [email protected] My short stories: Myra, Dhonmanma, Maizal, Erey, Edhathuru, Ehves kuhjaku baaky nukuramaa, Manzil, Badhaluvi aadha My long stories: Aina, Kaamiyaabu, Aharenge Vaahaka, Aina S2, Loabivaavaru an'gadheyhiyvey.. My on going story: - Aina S3 _Annna

Other Articles

Previous

ނުފިލާނޭ މިހިތަކުން… 16

Next

އައިނާ 2 (އެއްވަނަބައި)

Next
June 21, 2020

އައިނާ 2 (އެއްވަނަބައި)

Previews
June 21, 2020

ނުފިލާނޭ މިހިތަކުން… 16

3 Comments!

  1. Faiherrr?? says:
    June 21, 2020 at 12:04 pm

    This is really nice story I love it. Hey its okay yey lasviyas now this story is finished dhoa so no worries I will always support you

    1. A aaR says:
      June 21, 2020 at 12:05 pm

      thnk you very much faiherrr..

  2. A aaR says:
    June 21, 2020 at 12:09 pm

    mivaahaka vx nimuny.. mivaahaka kamudhaane kamah unmydhu kuran.. n next story ge furathama bai vx innaany up vefa..

Comments are closed.



All Right Reserved!