” މިއީ ސާރ ގެ ކެބިން… ވަންނަވާ.. މިވަގުތު ނެތް އެއްވެސް ޕޭޝަންޓް އެއް ބެލުމަށް ހަމަޖެހިފައެއް..” ރީތި ހިނިތުންވުމަކާ އެކު އެ ކުއްޖާ އެހެން ބުނެލުމަށްފަހު އެތަނުން ދިޔައީ ނާޔާ އިޔާޝް އަށް މުޙާތަބު ކުރި ގޮތުން އެކަނި ވެސް އެ ދެމެދުގައިވި ޙާއްސަ ގުޅުން ދެނެގަނެވުމުން ހެން ހީވިއެވެ. އެ ކުއްޖާ ދިއުމުން ނާޔާ ކުޑަކޮށް ހަމަ ޖެހިލުމަށްފަހު ފުންކޮށް ދެތިން ނޭވާ އެއް ލިއެވެ. އެއަށްފަހު ޓަކި ޖެހުމެއްނެތި ކެބިންގެ ދޮރު ހުޅުވާލީ […]
ޓިއުޝަން ގަޑި ނިންމާލުމަށް ފަހު އެކުވެރިޔަކާ އެކު ގެއަށް ދިއުުމަށް ހިނގައިގަތް ޝަރޫފްގެ މޫނުމަތީގައި ވަނީ ބަޔާންކުރަން އުނދަގު އަސަރުތަކަކެވެ. ހިތްދަތިކަމާއި ރުޅި އެކުވެގެން ޝަރޫފްގެ މޫނުމަތީގައި އުފެދިފައި ވަނީ ތަރުޖަމާކުރަން މާ ފަސޭހަ އަސަރުތަކެއް ނޫނެވެ. ނަމަވެސް އެކަމުގެ ސަބަބުން ކުޑަކޮށް ނަމަވެސް އެ ފިރިހެންވަންތަ ކަމަށް ބުރޫ އަރާފަކާ ނުވެއެވެ. އެއާ ހިލާފަށް އެ ރީތިކަމާއި ފުރިހަމަކަން ވަނީ އެތަށް ގުނަ އަކަށް އިތުރުވެފައެވެ. ގްރޭކުލައިގެ އަތް ދިގު ޓީޝާޓް އަކާއެކު ލާފައިވާ ކަނޑު […]
ކަޅުކުލައިގެ ޝޯލްއަކުން އިސްތށިގަނޑު ފޮރުވާލާފައި ވާއިރު އެ އަންހެން ކުއްޖާގެ މޫނު ޝޯލްގެ ތެރެއިން ފެންނަނީ ސާދަވިލޭރޭގެ ހަނދު ފަދައިންނެވެ. މޫނުމަތީގައި ފައުންޑޭޝަން ހާކާފާ ނެތް ނަމަވެސް އެ ވަށް ދޮން މޫނު ކޮޅު ފެންނަނީ ނުހަނު ހިތްގައިކޮށެވެ. ބޮޑު ބޮޑު މައުސޫމް ދެލޮލުގެ ތެރޭގައިވާ ކަޅުކުލައިގެ ރީތި ކަޅިރަވަ ހިމާޔަތް ކޮށްދެމުން ދިޔަ ބޯ ދިގު އެސްފިޔަ ތަކުގައި މަސްކަރަ އަޅާފައި ވާއިރު އެ ދެލޮލުގެ ހުދުކަން އިތުރުކޮށްދޭފަދައެވެ. ތުންފަތުގައި މަޑު ފިޔާތޮށިކުލައެއް ޖައްސާފައިވުމުން ހިތްގައިކަމަށް […]
” މަންމަގެ ލިއު ” ރޮމުން ރޮމުން މާހީން ގެ އަނގައިން ނުކުން ދެބަހުގައިވި ހިތްދަތިކަން ކިތަންމެހާ ވެސް ރަނގަޅަކަށް ފާހަގަވިއެވެ. ************************************** ” މަންމާ ” އަޔާން ގެއަށް ދިއުމުން މަންމަ ގެ ހާލެއް ބަލާލަން އެ ކޮޓަރިއަށް ވައިން މީޝާއަށް އިޙްތިޔާރަކާ ނުލާ މާހީން އަށް ގޮވާލެވުނީ މަންމަގެ އަނގައިން ނުކުން ލަފްޒުންނެވެ. ފޮޓޯ ފޮރޭމްއަކަށް ބަލަހައްޓައިގެން ހުރެ މާހީން އެހާ ވަރަށް ރޯން ޖެހުނު ސަބަބެއް މީޝާ އަކަށް ނޭނގުނެވެ. މީޝާގެ އަޑު […]
އައި މަގުމަތީ އޭނާގެ އެކުވެރިޔާ ދެއްކި ވާހަކަ އަކުން ގެއަށް ވައިން އިރު ވެސް ޝަރޫފްއަށް ދިޔައީ ހެވެމުންނެވެ. ނަަމަވެސް އެ ހިނިތުންވުން ދެމިގެން ދިޔައީ މަދު ސިކުންތުކޮޅަކަށެވެ. ގޭގެ ދޮރުމައްޗަށް އެރުމާއެކު އެތެރެއިން ފެނިގެން ދިޔަ ސޫރަ އަކުން ޝަރޫފް ހުއްޓުން އަރއިގެން ދިޔައިރު ދެފައިގައި ކަސްތޮޅު އެޅުވުން ފަދައެވެ. ************* ” މާމާ..” ވޭނުން ފުރިގެންވި އަޑަކުން ޝަރޫފް އޭނާގެ ބައްޕަގެ މަންމަ އަށް ގޮވާލިއެވެ. މާމާ ގެ ކުރިމަތީގައި އިސްޖަހާލައިގެން ހުރި އާޝިޔާަ […]
” ދައްތާ، ބޭބޭ އަޅުގަނޑު ބޭނުން ފުރުމުގެ ކުރިން މީޝާ އާ ކައިވެނި ކުރަން” ދެން އަޔާން ބުނެލި ޖުމްލައިން އެތަނުގައި ހީވީ ކުޑަ ބޮމެއް ގޮއްވާލިހެންނެވެ. އެވަގުތު ހުޅުވާފައި ހުރި އެ ގޭގެ ދޮރު މައްޗަށް އެރި އިޔާޝް އަށް ވެސް އޭނާގެ ދެލޯ ބޮޑުކޮށްލެވުނީ އަޔާންގެ އަނގައިން ނުކުން ޖުމްލައިނެވެ. އިޔާޝް އެކޭ އެއްފަދައިން އެވަގުތު ކޮޓަރީގައި އަމިއްލަ ހަޔާތާ މެދު ކަރުނަ އަޅާ ރޯން އޮވެފައި ބޭރުން އަޔާންގެ އަޑު އިވޭހެން ހީވެގެން […]
” އޯހ.. ހަމަ އެހާ މިސް ވޭތަ މަ މަތިން؟ އާނ އެހެންވެތާ ދޯ މަ ސްކޫލް އަށް ނައިސްގެން އެހާ ކަންބޮޑުވަނީ…ހައްހައްހައް..” ބެންޗްގައި ތިބި ޒީވާ އާއި ރާނިޔއަށްާ ކޮޅަށްތެދުވަން މަޖުބޫރުވީ ފަހަތުން އިވުނު ފިރިހެންވަންތަ އަޑުންނެވެ. ރާނިޔާ އަށް ދަތި ގޮތަކަށް ހިންދިރުވާލެވުނު އިރު ޒީވާ އަށް ވެސް ހުރެވުނީ ދެލޯ ބޮޑުކޮށްލައިގެންނެވެ. *************** ބެންޗްގެ ފަހަތުގައި އޭނާގެ އެކުވެރިއަކާ އެކު މޫނުމައްޗަށް ލާނެތް ހނިތުންވުމެއް ވެރިކުރުވައިގެން ހުރި މާއިން ފެނި ރާނިޔާގެ […]
ސިޑިން މައްޗަށް އެރުމަށްޓަކައި ސިޑީގެ ފުރަތަމަ ހަރުފަތް ގިރާކުރި ޝަރޫފް އަށް ހުއްޓެން މަޖުބޫރުވީ މީހަކު ކުރި ބެއްދުމުންނެވެ. ކާކުގެ ޢަމަލެއްތޯ ބެލުމަށްޓަަކއި އިސްއުފުލާ ބަލައިލި ޝަރޫފް ހަމަ އެ ބާރުމިނުގައި އަނެއް ފަރާތަށް އޭނާގެ މޫނު އަނބުރާލިއިރު އެ ސޫރައަށް ނުބަލަން ހުވާއެއްކޮށްގެން ހުރި ފަދަ އެވެ. ” ހާއި ޝަރޫފް ” ދެން އިވިގެން ދިޔަ ތުއި އަޑުން ޝަރޫފްގެ މޫނުމަތިން ފެނިގެން ދިޔައީ އިންތިހާ ދަރަޖައިގެ ފޫހިކަމެވެ. ********* ” ދާން ތަން […]
އެ މަންޒަރުން އެކަނި ވެސް އަޔާން އަށް ހީވީ އޭނާގެ ހިތަށް އެއްފަހަރާ އެތަށް ތީރެއް ހަރާލެވުނު ހެންނެވެ. ލިއުޝާ އަށް ސަޕްރައިސް އެއް ދޭން އައި ނަމަވެސް ފަހުވަގުތު ސަޕްރައިސް މި ލިބުނީ އޭނަ އަށެވެ. ************** ކޮޓަރީގައި ހުރި ކިންގް ސައިޒް ބޮޑު އެނދުގައި އެހެން ފިރިހެނަކާ އެކު އޮތް ލިއުޝާ ފެނި އަޔާން އަށް ހީވީ އޭނާގެ ވަށައިގެން ވާ މާހައުލު ވެސް އެނބުރިގަތް ހެންނެވެ. އިންތިހާ އަށް ލޯބިވި ބައިވެރިޔާ އެފަދަ […]