
***
“ހާދަ އޮލަ ވާހަކައެއްގައި… ދެން މިއަދު މަސައްކަތެއް ނެތީ އޭ ކިޔާފަ ވާހަކައިގައި ތިބެންޖެހޭތަ؟؟؟” ނީރާ ޝާއިންގެ ކެބިންނަށް ވަންނަމުން އެހެން ބުނެލާއިރަށް ޝާއިންއާއި ރާހިލް ސިހިފައި ނީރާއާއި ދިމާލަށް ބަލާލިއެވެ. އާދަވެގެން ކޮންމެ ދުވަހަކުވެސް ޝާއިން އާއި އެކު ގެއަށް ދާ ނީރާ މިއަދުވެސް ޝާއިން ބަލައި އޭނާގެ ކެބިންނަށް އައީ ގެއަށް ދާން ތައްޔާރުވެގެންނެވެ. “ކިހިނެއްވީ؟؟ ގޯސްޓް އެއް ނޫނޭ މީ..؟ ހެހެހެ” ނީރާއާއި ދިމާ އެދެމީހުން ސިހިފައި ބަލަން ތިބުމުން އެހެން އަހާލީ ވަކިވަކިން އެ ދެމީހުންގެ މޫނަށް ބަލާލަމުންނެވެ. އެއާއި އެކު އެކި ފަރާތް ފަރާތަށް ބަލާލަމުން ޝާއިން އާއި ރާހިލް ހަމަޖެހޭގޮތް ދައްކާލާ ކުޑަކޮށް ހިނިތުންވެލިއެވެ. “އޭ އެޑީ ދެން ދަނީ އޭ އިނގޭ… ފަހުން ދޯ؟؟” ރާހިލް އެހެން ބުނުމަށްފަހު ޝާއިންއާއި ދިމާލަށް އެއްބުމަހިއްލާލިއެވެ. އަދި “ބާއި” އޭ ކިޔާ ދާން ހިނގައިގަތީ ނީރާ ކޮނޑުގައި އަޅައިގެން ހުރި ދަބަހަށް ދަމާލަމުންނެވެ. ޝާއިން ލުއި ހިނިތުންވުމަކާއި އެކު އޭނާގެ ވަތްގަނޑު ތަޅުލިއެވެ. އަދި ތަޅުދަނޑި ލެޕްޓޮޕް ދަބަހަށް ލުމަށްފަހު ދަބަސް ނަގައިގެން ނީރާއާއި ހަމަ ކުރިއިރު އެ ދެއްކުންތެރިކަމުގެ ހިނިތުންވުން އަދިވެސް ފެންނަން ހުއްޓެވެ. ނަމަވެސް އޭނާގެ އެތެރެހަށީގައި ހިނގަމުން ދިޔަ ކަންތަށް ދެނެވޮޑިގެންވާނީ ހަމައެކަނި މާތް ﷲ އަށެވެ.
ނީރާ ޝާއިން އާއި ދިމާލަށް ބަލަން ހުރުމުން ޝާއިން އޭނާގެ ހިނިތުންވުން އިތުރަށް ފުޅާކޮށްލީ ނީރާއަށް ޝައްކުވީކަމަށް ހީކޮށެވެ. “ޝައިން… ކޯޓް…” ނީރާ ޝާއިންއަށް ކޯޓް ދައްކާލީ ލޮލުގެ އިޝާރާތުންނެވެ. ޝާއިން “އޯ” އޭ ބުނެލުމަށްފަހު ގޮނޑީގައި އަޅުވާފައި އިން އޭނާގެ ކޯޓާއި ދިމާލަށް ދިޔައެވެ. އަދި ކޯޓް ނަގައި އޭނާގެ ކޮނޑުމައްޗާއި ދިމާއިން ފަހަތަށް ލަމުން އޭގައި ހިފަހައްޓައިގެން އަނެއްކާވެސް ނީރާއާއި ދިމާލަށް ހިނގައިގަތެވެ.
ނީރާ ޝާއިންގެ މޫނަށް ބަލާލި ގޮތުން ޝާއިންގެ ހިތް ނުހުއްޓުނީ ކިރިޔާއެވެ. ހީވީ ޝާއިންގެ މޫނު ސްކޭންކޮށްލިހެންނެވެ. ޝާއިން އަނެއްކާވެސް ފުޅާ ހިނިތުންވުމެއް ނީރާއަށް ރައްދުކޮށްލީ އޭނާއަށް ޝައްކުކުރުމުގެ ފުރުސަތު ނުދިނުމަށެވެ. ނީރާއަށް އެއްވެސް ކަމެއް އޮޅުވައެއް ނުލެވޭނެކަން ޝާއިންއަށް ރަނގަޅަށް އިނގޭތީއެވެ. އަދި ނީރާ ގާތު ދޮގެއް ބުނަން އޭނާގެ ހިތް ނޭދޭތީއެވެ. “ކީއްވެ މާ ވަރަކަށް ތި ހެނީ؟ ހަމަގައިމުވެސް އަހަރެންގެ މޫނަކު މާ މަޖާއެއްޗެއް ލިޔެފައެއް ނެތް.” ނީރާ ޝާއިންއާއި ދިމާލަށް ބަލާލަމުން އެހެން ބުނެލިއެވެ. ޝާއިން ދެފަރާތަށް ބޯ ހުރާލިއެވެ. ދެމީހުން އެކު އެކީގައި ޝާއިންގެ ކެބިން އިން ނިކުމެގެން ދިޔައެވެ. “ޝައިން.. މި. އަނެއް…..” ” އޭ!! ބެލީ.. އެއްކަލަ ފައިލްތަށް ނުނަގަނިސް ތި ވަތްގަނޑު ލޮކް ކުރީ… ” ޝަރާ ދުވެލާފައި ނީރާ އާއި ޝާއިންއާއި އެއްހަމަޔަކަށް އަރަމުން އެހެން ބުނެލިއެވެ. ނީރާ ބުނަން އުޅުނު އެތި ހުއްޓުނީ އެހެންވެގެންނެވެ. ނީރާ “އޯ ޝިޓް. ސޮރީ އިނގޭ” އޭ ބުނެލުމަށްފަހު އޭނާގެ ދަބަސް ކޮންނަން ފެށީ ތަޅުދަނޑު ފެނޭތޯއެވެ. ޝާއިންއާއި ދިމާ ބަލާލީ ޝަރާއަށް ތަޅުދަނޑި ދިނުމަށްފަހުގައެވެ. އޭރު އެތާކު އޭނައެއް ނެތެވެ. ދެލޯ ބޮޑުކޮށްލާފައި މުޅި ތަން ހޯދާލިއެވެ.
އޭނާގެ ލޯ ޝާއިން ހޯދަމުން ދަނިކޮށް ހުއްޓުނީ ތަންކޮޅެއް ދުރުގައި ފައިހާ ޝާއިން ގޮވައިގެން ހުއްޓާ ފެނުމުންނެވެ. އޭނާ ޝާއިންގެ އަތުގައި ހިފަހައްޓައިގެން ހުރި އިރު ބައެއްފަހަރު ޝާއިންގެ އިސްތަށިގަނޑާއި ކުޅެލައެވެ. “އަދި މާ ދިގު މީހަކަށް ވެގެން.. ހަހް.. ވަރަށް ފޫހިވެ.. ދެން ޖެލެސް ވިޔަސް އެއީ ބޮޑުވަރު.. އަދި މި ޝައިންގަނޑުވެސް އޭނާ ކައިރީގައި.. ހަހް..” ޝާއިންއާއި ދާދި އެއްވަރަކަށް އިސްކޮޅު ހުންނަ ފައިހާ އަކި ހިކި ކަަމުން ގޮސް ދަނޑިބުރިއެއްހާ ވަރު ކުއްޖެކެވެ. އޭނާ އެންމެ ފޮނިވަނީ ނީރާ އަށް ވުރެ އޭނާ ދިގު ވީމައެވެ. އޭނާއަކީ ޝާއިން އާއި ހެދި މޮޔަވެފައި ހުރި ކުއްޖެކެވެ. ޝާއިން ފެންނަ ފަށުގައި ނެތިއްޔާ ނޭވައި ލެވޭކަމަކަށްވެސް ވަނީކީ ނޫނެވެ. ނީރާ ތުން އަނބުރަމުން އެތަކެއް އެއްޗެހިތަކެއް ފައިހާ އާއި ދިމާލަށް ގޮވާލިއެވެ. ދެވަނަ ސިކުންތުގައި އޭނާ ހިމޭންވިއެވެ. އޭނާއަށް ކޮންކަމެއްހެއްޔެވެ؟؟ ޝާއިން އުޅޭނެގޮތަކަށް އުޅެންވީނޫންހެއްޔެވެ؟ އަހަރެން މީ ކާކުހެއްޔެވެ؟މިވަނީ ކީއްހެއްޔެވެ.؟ “ނޫން… އެހެނެއް ނުވާނެ” ހިތަށް އައި އެއްޗެއްގެ ސަބަބުން ނީރާގެ މޫނުމަތި ބަނަވިއެވެ. އަދި ހިތާ ހިތުން އެހެން ނުވާނޭ ބުނެލީ ހިތަށް ވިސްނައިދިީ ހަމަޖައްސާލުމަށްޓަކައެވެ.
އެއާއެކު ފަޔަށް ލެވުނުހާ ބާރެއް ލައި އޮފީހުން ނުކުމެގެން ދިޔައެވެ. ޝާއިންއަށް އެމަންޒަރު ފެނި ދެރަވިއެވެ. އޭނާ ފައިހާ ދެކެ ވާ ފޫއްސެއްގެ ބޮޑުކަމުން ފައިހާ ފެނުނަސް އޭނާގެ ދުވަސް ހަރާބުވާހެން ހީވެއެވެ. އޭނާ ފައިހާއާއި ކިތަންމެ ދުރުގައި އުޅެން މަސައްކަތް ކުރިޔަސް ފައިހާ އޭނާ ފަހަތުގައި އުޅެނީ ކާ އެއްޗެހީގެ ފަހަތުން މެއްސެއް އުޅޭހެންނެވެ.
ޝާއިން ފައިހާގެ އަތުން އޭނާގެ އަތް ނައްޓުވާލުމަށްފަހު ދަނީ އޭ ކިޔާ ނިކުމެގެން ދިޔައީ އެޅުނުހާ ބޮޑެތި ފިޔަވަޅުތަކެއް އަޅަމުންނެވެ. ފައިހާ ތުން އަނބުރާލީ ނީރާ އާއި ދިމާލަށް އެއްޗެހި ގޮވަމުންނެވެ. “ހޭ.. ނީ..؟؟؟؟؟” ޝާއިންއާއި ތަންކޮޅެއް ދުރުން ހިނގައިފައި ދިޔަ ނީރާއަށް ގޮވާލީ ކާރަށް ތަޅުދަނޑި ލައްވާ ހުޅުވާލަމުންނެވެ. ނީރާ ފަހަތެއް ނުބެލިއެވެ. “އާދޭ ކާރަށް..” ނީރާ ހިނގުން ނުހުއްޓުމުން ކާރު ތެރެއަށް އޭނާގެ ކޯޓާއި ލެޕްޓޮޕް ދަބަސް ލައިފައި ލޮކް ކޮށްލިއެވެ. އަދި ނީރާއާއި ދިމާލަށް ދިޔައެވެ. އުޑުމަތި ވަނީ ބަނަވެފައެވެ. ހީވަނީ ދެންމެ ދެންމެ ވާރޭ އޮއްސާލަފާނެހެންނެވެ. މަގުމަތީ ހިނގާ މީހުން އެހާ ގިނަ ނުވީ އެހެންވެ ކަންނޭނގެއެވެ. ނަމަވެސް ވިއްސާރައަކަށް އަވިގަދަވިޔަސް ދުއްވަމުން ދާ އެއްޗެހި މާލެއަކުން މަދެއް ނުވާނެއެވެ. ނީރާ ހިނގައިފައި ދިޔަލެއް ބާރުކަމުން އޭނާ ޝާއިން އާއި ކުރިމަތި ލާން މިވަގުތު ބޭނުން ނުވާހެން ހީވިއެވެ.
ޝާއިން ތަންކޮޅެއް ބާރަށް ހިނގައިލައިފައި ގޮސް ނީރާއާއި އެއް ހަމަޔަށް އެރިއެވެ. ނީރާގެ ދެެބުމަ ގޮށްޖަހާފައި ވުމުން އޭނާ ހުރީ ރުޅިއައިއްސަ ކަން ޝާއިންއަށް ނަގައިގަނެވުނެވެ. “ހޭ.. ނީ… ބަލާބަލަ ވިއްސާރަ ވެހެން އެ އުޅެނީ.. އާދޭ ކާރަށް އަރަން..” ޝާއިން މަޑުމަޑުން އެހެން ބުނެލިއެވެ. އޭނާ މަސައްކަތް ކުރަމުން ދިޔައީ ނީރާއާއި އެއް ހަމައެއްގައި ހިނގުމަށެވެ. ނަމަވެސް ނީރާ އިރު އިރުކޮޅާ އޭނާގެ ހިނގުން އަވަސް ކޮށްލައެވެ. ޝާއިންއަށްމިކަން ވީ މަޖާ ކަމަކަށެވެ. ނީރާގެ ކޮލުގައި ހިފާލީ އެހެންވެގެންނެވެ. ރުޅި އަޔަސް ތީ ބޮޑު ވަރޭ ބުނަމުންނެވެ. ނީރާ ހުރީ އޭނާގެ ފަހަތުން ޝާއިން އައީތީ ރުޅިގަދަވެފައެވެ. އެއްޗެއް ނުބުނެ ހުރީ އޭނާގެ ހިތުގައި އެވަގުތު އަރަމުން އަންނަ ގޮތް ނޭނގޭ އިހްސާސްތަށް ބޭރުވެދާނެތީއެވެ. އޭނާ އަކީ ރުޅިގަދަވެ ދެރަ ވާ ފަހަރު ހިތުގައި އޮންނަ އެއްޗެއް ވިސްނުމަކާއި ނުލައި ދުލާއި ހަމާލަށް ގެންނަ ކުއްޖެކެވެ. ޝާއިން ނީރާގެ ދަބަހަށް ދަމާލާނެއެވެ. ނުވަތަ ކޮލުގައި ހިފާލާ އަތުގައި ހިފާލާ އެފަދަ ކޮންމެވެސް ޖެއްސުމެއް ކޮށްލައެވެ. ނީރާ ކޮންޓްރޯލުން ނެއްޓީ ޝާއިން ނީރާގެ ކުރިމައްޗަށް އެރުމުންނެވެ. ބުނަން ބޭނުން ނުވާ އެތަކެއް އެއްޗެއް ބުނެވުނެވެ.
“ދާންވީނު ފައިހާ ކައިރިއަށް.. ކޮންމެހެން އަހަރެން ފަހަތުން އަންނާނެ ކަމެއްނެތް.. ދުރަށް ދާން އުޅޭ.. ހަހް..” ނީރާ ޝާއިންގެ ކަނާތް ފަޅިއާއި ދިމާލުން ދާން ހިނގައިގަތެވެ. އޭނާއަށް ދެންމެ އެ ބުނެވުނު އެއްޗާއި މެދު ވިސްނާލެވުނެވެ. އެއާއި އެކު އޭނާގެ ރުޅިގަނޑު އިތުރުވިއެވެ. ޝާއިން ލުއި ހިނިތުން ވުަމަކާއި އެކު އަނެއްކާވެސް ނީރާ ކައިރިއަށް ދިޔައެވެ. “ކީކޭ ތިބުނީ ދެންމެ؟؟” ޝާއިން ލައިގެން ހުރި ފަޓްލޫނުގެ ދެ ޖީބްތެރެއަށް އަތް ލައިގެން ނީރާއާއި އެއްވަރަށް ހިނގަމުން ދިޔައެވެ. “ނީ!! ދެން އަހަރެން ކީއްތަ ކުރާނީ ފައިހާ ފަހަތުން ނުނައްޓަންޏާ؟؟ ނީ ޖެލެސް ވިޔަސް ނުވިޔަސް..” ޝާއިން އެހެން ބުނެލީ އިސްޖަހައިގެން ހުރި ނީގެ މޫނަށް ބަލާލަމުންނެވެ. ނީރާގެ ފިޔަވަޅުތަށް ހުއްޓުނެވެ. އޭނާ ކުރިއަށް ވުރެ ބޮޑަށް ރުޅިއައެވެ. އަމިއްލަ ނަފްސް ދެކެވެސް މެއެވެ. ޝާއިންވެސް ހުއްޓުނެވެ. “ދެރަ ކަމެއްނު ޝާއިން.. އަހަރެން ޖެލެސް އެއް ނުވޭ އިނގޭ.. އަހަރެންނަށް އޯކޭ ފައިހާ އެކަންޏެއްނޫން މާލޭގެ ހުރިހާ އަންހެންކުދިން ޝާއިން ފަހަތުން އުޅުނަސް.. އައި ސިމްޕްލީ ޑޯންޓް ކެއަރ.. ދާން އުޅޭ މިތަނުން……” ނީރާ ހިތާ ދެކޮޅަށް އެތަކެއް އެއްޗެއް ބުނެލިިއެވެ. ޝާއިން އިތުރަށް އެންމެފަހަރަކު އަނގައިން ބަހެއް ނެރުނަސް އޭނާގެ ހިތް ހުރި ތަނަށް ބަންޑުންވެދާނޭ ހިތަށް އެރުމުންނެވެ.
ޝާއިން އިރުކޮޅަކު އެތާ ހުރެލިއެވެ. ނީރާގެ މޫނުމަތިން ފެންނަ ކުލަވަރުތަށް އޭނާއަށް ރަނގަޅަށްވެސް އިނގުނެވެ. ނަމަވެސް ނީރާ އެކަނި ކޮށްލާކަށް އޭނާ ބޭނުމެއްނުވެއެވެ. މާޒީގައި ހިނގާދިޔަ ކަމެއް ތަކުރާރު ވާކަށް ނޭދެއެވެ. އަނެއްކާވެސް އެކަހަލަ ކަމެއް ވެއްޖެނަމަ އޭނާގެ ހިތް ހަލާކުވެދާނެއެވެ. އިރުކޮޅަކަށް ނަމަވެސް ޝާއިންއަށް މާޒީގެ އެ ކަޅު އަނދިރި ދުވަސް މަތިން ހަނދާންވިއެވެ. ނީރާ ޝާއިންއަށް ގޮވަމުން ދިޔައެވެ. އޭނާގެ ކަރު ބެދި އަޑު ބެދުނު އިރުވެސް ޝާއިން އަށް ނީރާއާއި ހަމާލަކަށް ނުދެވުނެވެ. އޭނާ އޮތްހާލު ސިފަވަމުން ދިޔައެވެ. އެ ނުަލަފާ މީހުންވެސްމެއެވެ. އޭނާ މައި ނޭވާތަކެއް ލާންފެށިއެވެ. ކުރިމަތީ ހުރި ނީރާ ޝާއިން ދިމާލަކަށް ގެއްލިފައި ހުރުމުން ޝާއިންއަށް ގޮވާލިއެވެ. އޭނާ ނޭވާލަމުން ދާލެށް އަވަސްކަމުން ނީރާ ކުޑަކޮށް ބިރުގަތެވެ. ޝާއިން ބިރުގަނެ ހާސްވާވަގުތު ކޮންޓްރޯލް ކުރަން ވަރަށް އުނދަގޫވާނެއެވެ. އޭނާ ކިތަންމެ ބޮޑުވެފައި ހުއްޓަސް އެކަމުން އޭނާއަކަށް ސަލާމަތެއް ނުވެވުނެވެ. ބިރުގަންނަ ކޮންމެ ފަހަރަކު މައި ނޭވައި ލުމައި އެނބުރުން އެރުމާ ރުޅިގަދަވުން އަދި ނުބައި ހިޔާލްތަށް ހިތަށް ވަނުން އެއީ އޭނާ އަށް އަބަދުވެސް ވާ ގޮތެވެ. ނީރާ ދެލޯ ބޮޑުކޮށްލަމުން މައި ނޭވައި ލަމުން ދިޔަ ޝާއިންއަށް ގޮވަންފެށިއެވެ. އޭރު ޝާއިންގެ މޫނުމަތިން ދާ ތިކިތަށް ވިދަ ވިދާ ހުއްޓެވެ.
“ޝާއިން..” ނީރާ ތަންކޮޅެއް ބާރަށް އެހެން ބުނެލީ ޝާއިންގެ ކޮނޑުގައި ހިފައި ތަޅުވާލަމުންނެވެ. ޝާއިން ސިހިފައި ނީރާއާއި ދިމާލަށް ބަލާލިއެވެ. އަދި ނީރާ ގައިގާ ބައްދާލީ ކުއްލިއަކަށެވެ. އޭނާއަށް ދެންމެ ސިފަވަމުން ދިޔަ ކަންތަށްތަކުން އޭނާ ބިރުގަނެއްޖެއެވެ. ނީރާ ގެއްލިދާނޭ ހިތަށް އެރިއެވެ. ނީރާގައިގާ ޝާއިން ބައްދާލާފައި ހުރިލެއް ބާރުކަމުން ނީރާއަށް ހަރަކާތެއްވެސް ނުކުރެވުނެވެ. ހުރިގޮތަށް ހުރީ ޝާއިން ހަމަޖެހެންދެންނެވެ. މަގުމަތީ އުޅޭ ދެތިން މީހުންގެއާއި ދުއްވާއެއްޗެހީގައި މަގު ހުރަސްކުރަމުން ދިޔަ މީހުންގެ ލޯތަށް އަމާޒުވެފައި ހުރީ އެދެމީހުންނަށެވެ. ޝާއިން ލޯމަރައިލައިގެން ހުރިއިރު އޭނާގެ ހިތުގެ ތެޅުން ނީރާއަށް އިވެމުންދިޔައެވެ. އޭނާހިތް ވަރަށް ބާރަށް ތެޅޭކަން ނީރާއަށް އިހްސާސް ވުމުން ޝާއިން ކަމަކާ ހާސްވީކަން އޭނާއަށް ނަގައިގަނެވުނެވެ. ކުއްލިއަކަށް ވާރޭ ތިކިތަށް އޮއްސައިގަތެވެ. ނީރާއަށް މަތި ބަލާލެވުނެވެ. ވާރޭ ބޯ ކުރަމުން ދިޔައިރު މަގުގެ އެއްފަރާތުން ބައެއް މީހުން ދުވެފައި ދާތަން ފެނެއެވެ. ސައިކަލުގައި އުޅޭ މީހުން ސައިކަލުގެ ދުވެލި ބާރުކޮށްލިއެވެ. ޝާއިން އާއި ނީރާ ތެންމަމުން ދިޔަ އެވާރޭ ތިކިތަށް ދިޔައީ އިތުރަށް ބޯކުރަމުންނެވެ. ނީރާވެސް ޝާއިންގެ ގައިގައި ބައްދާލިއެވެ. ހިތްބުނަމުން ދިޔައެވެ. އަބަދުވެސް މިއަތު ތެރޭގެ ހިމާޔަތްކަން ބޭނުމެވެ. އަބަދުވެސް މި އަތުތެރޭ ވުމަށް ބޭނުންވެއެވެ. ނީރާ ފުރަތަމަ ފަހަރަށް އަމިއްލަ ހިތް އެދެމުން ދިޔަ ކަންތަށް ކޮށްލިއެވެ. ސިކުނޑި އެއްފަޅިއަކަސް ޖައްސާލަމުންނެވެ. އޭނާގެ ހިތުގެ ހަމަޖެހުމަށްޓަކައެވެ. ވާރޭ ތިކިތަކުން ތެމިފައި ހުރި ނީރާ ހީކަރުވައިގަތީ އައި ފިނި ފިނި ރޯޅިއެއްގެ ސަބަބުންނެވެ. އެހެންކަމުން ޝާއިންގެ ގައިގައި ބައްދާލެ އިހުނަށް ވުރެވެސް ބާރަށެވެ. ލޯ މަރައި ލެވުނީ އިހްތިޔާރަކާއި ނުލައެވެ.
ޝާއިން ނީރާ ދުރަށް ލިއެވެ. އަދި ނީރާގެ މޫނަށް ބަލާލިއެވެ. އެއާއި އެކު ނީރާވެސް ލޯ ހުޅުވާލިއެވެ. ނީރާގެ މޫނުމަތީ ވާރޭ ތިކިތަށް ހުއްޓެވެ. އޭނާގެ އިސްތަށިގަނޑުވެސް ވަނީ ތެމިފައެވެ. ފިޔާތޮށި ކުލައަށް އަރާ އެ ތުންފަތުގައި ވާރޭ ތިކި ހުރި އިރު ސިފަވަނީ ފިނިފެންމަލެއްގައި ޝަބުނަމް ތިކިތަކެށް ހުރި ފަދައިންނެވެ. ދެމީހުން ހަތަރު ކަޅި ބައްދަލުވެގެން ދިޔައެވެ. ޝާއިން ނީރާގެ މޫނުގައި ހިފައިލާ އޭނާގެ މޫނު ކައިރިކޮށްލިއެވެ. އޭނާއަށް އަމިއްލަ އިހްސާސްތަށް ކޮންޓޮރޯލެއް ނުކުރެވުނެވެ. ނީރާ ލޯ މަރާލިއެވެ. އެއާއި އެކު ޝާއިން އިތުރަށް ނީރާގެ މޫނު ކައިރިކޮށްލިއެވެ. ނަމަވެސް ދެވަނަ ސިކުންތުގައި ޝާއިން ނީރާއާއި ދުރަށް ޖެހިލިއެވެ. ހިތުގެ ތެޅުން ދެގުނައަށް އިތުރުވެގެން ދިޔައެވެ.
ނީރާ ލަސްލަހުން އޭނާގެ ލޯ ހުޅުވާލިއެވެ. ޝާއިން ސޮރީ އޭ ބުނުމަށްފަހު އެތަނުން ހިނގައިގަތީ ނީރާ އަށް އެއްޗެއް ބުނުމުގެ ފުރުސަތުވެސް ނުދީއެވެ. އޭނާ ދިޔަގޮތަށް ގޮސް ކާރަށް އަރައި އިށީނދެލިއެވެ. އަދި ހޭންޑަލްގައި ބޯ އަޅާލީ ކުރެވުނު ކަންތަކާމެދު ވިސްނަންއޮވެފައެވެ. ޝާއިން އިނީ ތެމި ފޯވެފައެވެ. އެހެންކަމުން އޭނާ އިށީނދެ އިން ސީޓްވެސް ތެމުނެވެ. ޝާއިން ތެދުވެލުމަށްފަހު ލޯގަނޑުން ނީރާ ކޮބައިތޯ ބަލާލިއެވެ. ނީރާ އެހުރިތާ ހުރުމުން ޝާއިން އަވަސް އަވަހަށް ކާރު ދުއްވާލިއެވެ. އޭނާއަށް ނީރާއާއި ކުރިމަތިލާނެ ހިތްވަރެއްވެސް ނެތް ފަދައެވެ. ނީރާ ޝާއިން ގެ ކާރާއި ދިމާލަށް ބަލަން ހުރިއިރު އޭނާ ހުރީ ރޮވޭ ނުރޮވޭގައެވެ. ފުރަތަމަ ފަހަރަށް ހިތުގެ އެދުން ފުރިހަމަކޮށް ލެވުނީތީ އޭނާ ހައިރާންވިއެވެ. ހިތް ނީރާ ލައްވާ ކުރުވަން މިއުޅެނީ ކޮންކަމެއްހެއްޔެވެ؟ އެ އަންގަނީ ކޯޗެއްހެއްޔެވެ؟ ނީރާގެ ސިކުނޑި ހަލާކުވެގެން ދާވަރަށް ސުވާލުތަށް ގިނަވެގެން ދިޔައެވެ.
ޝާއިން ހިތާއި ދެކޮޅަށް އެތަނުން ދިޔަކަމުގައިވިޔަސް އޭނާ ހުރީ ނީރާ އެތާ އެކަނި ކޮށްލެވުނު ކަމަށްޓަކައި ދެރަވެފައެވެ. ނަމަވެސް ދެން ގޮސް ބުނާނީ ކީކޭހެއްޔެވެ؟ ނީރާ ދެންމެ ހިނގި ކަންތަކާ މެދު ސުވާލު ކުރިއްޔާ ދޭނީ ކޮންޖަވާބެއް ހެއްޔެވެ؟ އެ ސުވާލުތަކަށް ދޮގު ހެދުމުގެ ބަދަލުގައި އެ ސުވާލު ކުރިމަތު ނުވާ ގޮތަށް އުޅުން މާ ރަނގަޅުވާނެ ކަމަށް އޭނާ ހީކުރިއެވެ. ދޮގު ހަދައިގެން ވާހަކަ އޮޅުވާލެވުނުކަމުގައި ވިޔަސް ދޮގަކީ އަބަދުމެ އަބަދަށް ފޮރުވިފައި އޮންނަ އެއްޗެއް ނޫނެވެ. ކޮންމެވެސް ދުވަހަކުން އިނގޭނެއެވެ.
-ނުނިމޭ- 🙂
57 Comments!
Comments are closed.
hey guys hre is the nxt prt.. hwp u al wil lyk it.. n nxt prt vx in sha allah 3 days fahun.. thnks fr readin.. enjoy 😉 😉
Ryn sis it’s awesome ?
hehe thnks rai.. 😉
woww
thnkx shara 😉 enjoy
nice ingey mi prt ves.. keep it up ryn..
thnkx milu.. thnkx alt.. enjoy 😉
Wowwww vrh vrh reethi..??????
I wish it was shaain if I was I could have kissed neera tightly ooh how romantic
Ryn why did you make shaain go he could have taken neera to a hotel n I could have undressed her owwhh………… ?
Ryyn mal eh noon reply comment kury ..it was the same who commented on ur name and u will know who it is…….
thnkx mal.. n i knw dear dnt wry 😉 emyhakah kurn ingey kamehnu dhw kuraany.. 😉 so its bttr if we dnt care 😉 😉 enjoy mal.. 😉
n yrh tht fke maalu or shuld i say…… -_- no m nt so bad lyk u to say it n put ur reputaion n respct in a vain.. so You thnkx fr readin it 😉 😉 n its my stry dear i cn do wht evr i wnt. ^-^. n You beynumihya You cn write a stry thi hurihaa ehchis himanaign.. thnkxx 😉
Great story ryn 😀 😀 dhen alhe keehve tha ehai Lahun thi up kuranee 🙁 Kai impatient Kamun mihaaru ves mom varah haadha kiyaane 😛 hehehe dhen ekam ves alhe ryn thankolhai avahah up kohdheythi nxt prt ingey 🙂 best of luck 😛
hehe thnkx kai.. hahaha ehnthr.. hehe.. sry fr tht bt jxt 3 days ehnu hehehe.. 😉 thnkx fr readin it 😉 enjoy 😉
Haadha kurey.
Dhigu koh up kohbalr plxxx
kuruthr? bt this prt dhigu vaane ehn prts ah vure.. 1300+ bt stil if its shrt m sry 😉 thnks fr readin…
hey rynn…. vrh vrhhh reethi mi prt vx… ekm kudkh shrt mi prt….. nxt prt thnkolhh dhigu kh up kh dhehchey….. 😉 😉 😉
bxt of luk….
luv u n miss yew…. tc….
hey immu.. awww thnkx dear.. asluthr bt mi prt dhigu vaaney ehn prts ah vure.. heheh sry fr tht.. n aneh prt dhw i gues e prt vx eii 1300+ hn i myn mi prt aai ehvaru sum hw hehehe.. i cnt make chngs bt crrntly ryn liyaa prts dhigu kuramun midhany kuryge ehchis chnge nukureveyne ehnu dhw.. hehe thnks immu.. miss u mre.. luv ya.. tc 😉 😉
vrah reethi. i luv ur stories..:) whn nxt part…………..
awww thnkx muxoo thts so swyt of u.. 😉 😉 in sha allah 3 days fahun 😉 😉 enjoy
Hey thuths…. wow mi part vs super duper… alhey 3 days ey 🙁 🙁 maaaaaaa gina 😛 😛 hehe alhe shine n nee gulhuvabaa… v v rythi…. luv u n miss u tc 🙂 🙂 🙂
hey nuks 😛 hehhe thnks altt.. heheh bt cnt do anythin 😛 hve to wait fr it 😛 😛 sry nuks.. hehhe.. shine n ny gulheynyvx ny mn gulhn ulhuny aai ehnu 😛 ny vrh stubrn ey 😛 thnks fr readin nuks.. miss u mre luv ya. .tc 😉
Wow wow wow wn next part
aww thnkx saf 😉 😉
Varah salhi ? but thakolhe kuru.. Next part dhigu koh dhechey..
thnkx misty.. omg mi prt kuru hehehe.. bt ehn prts ah vure dhigu vaane. anyways thnks alt n aneh prt vx mi prt aai ehvaru vaany sry cnt chng ehnve hehehe 😉 thnkx fr readin.. enjoy
Who missed me hun..???????..
Hey you, did you miss me..?????..
Did you..???????..
Well i missed you.. Maybe..??
Just wanna say HI there..?..
Well dont say ma name..????..
Michh you babes..
Loves..??..
But not vely vely much..??
BTW do you know who i am now..??
Heyyyyyyyy… Why is nee same as how im..??.. Remembered my current self.. That was the comment for kury part noon eyge kury part..
Than engehnu your stories aa laajavaab kan.. ????..
Take care girl..
Always love yourself..
Bye bye..
Gonna mich you..
Maybe..???..
Dhen..*•*
hahaha i did. 😛 i missd u.. 😛 😉 n hi to u too 😉 n yrh dhn ryn ah ingey kaakukn 😛 hehehe michu u mreeee lwbx. hehehe puh… hehehe yrh i knw who u r vry well 😛 hahahaha lolx… anyways thnkx alt.. tc yrh yrh i wil luv myslf n wil luv u too ;P hehehe thnkx.. byeeee 😉
I love u ryn..
Vaahaka v rythi…
Ekam public ga kiss kuran ulunyma v hiniaa..hihihi???????????
Next part v avas..
Next part kohndhuvahakun?¿?¿?¿???
hehehe thnkx.. thnks alt.. nxt prt in sha allah 3 days fahun.. enjoy 😉
ryn i thnk she said about the stry .. public ga ey ebuny nee n shine hehehe i think so .. anyways stry hama varaah rythi .. 😉 🙂
heheh yrh ryn nuvx kiyaey mi liyevuny thnks fr tellin n readyin too.. enjoy 😉
hama habeys……….
haadha reehchey mi part vx……..,
ryn ur the best:)
hehhe thnkx rau 😉 aww thts so swyt thnkx enjoy 😉
Mi prt vex varah habeyxxxxx….Keep it up ryn….
Luv u n Miss u….tc
aww thnkx shy myns alt.. enjoy 😉 luv u mre n miss u mre tc 😉
Varah nice ryyn
thnkx 😉 enjoy 😉
Ryyn v v v nice mi part vx….alhe nee ge past gavee kihinebba???v v nice…..pis pis pis…anekkavx fake name beynun koggen cmnt kuraa kujja mal ge namuga cmnt kury dhw……
hey ina.. hehehe thnkx.. yrh dhw.. mystry eh hehhe 😮 😉 yrh dhw dhn eyna huhtaalan vehje ehnu ehn hadhaign kn faidhaa eh dhw libeny hama gaimuvx ryn ah nuvey ehkameh vx -_- .. anyways thnks ina.. 😉 enjoy 😉
V rethi …but maa kury……nice..
thnkx… owh ehnthr stil kuru hehe sry fr tht… thnks fr readin.. enjoy 😉
wowwwwwwwwwwwwwwwwwww … awwwww .. dhn nee aa shine ekaku anekaku dheke loabi vaairu kyhve nubunanay? .. hehe ryn i think nw i knw wht will happen next ekm nubunaanan 😛 .. hehe buneveyny vess ingi gen viyya .. hahahaha .. vvvvvvvvvvvvvv rythi mibai vess .. i jst love this stry .. n u too rynuu hehehehe .. 😉 😉 … v ryhti v salhi .. dhn neynge bunaane ehcheh vess hehe no wrds to sy .. alheyy nee ge past ingen v beynun n plus nee aa shine gulheyne dhuvas n thr megical mntss hehehehe .. v rthi ingey ryn .. gud luck .. keep it up 🙂 🙂 😀 😀 😉 😉 <3
hahahahah.. emyhun ah hama ingeyny.. eii fwni vaan vgn. n mi ny vrh stbrn vaane.. nueh visneyne shine ah visnunas.. 😛 ehnve eii u knw ehnu dhw dhn grls ge goi 😛 😛 😛 hahahaha ehnthr. lolxx.. hahhah thnkxx.. aww luv u too ey hehheh 😉 hehehe ehnthr dhn ok vaane nubunyas neyngnya 😛 😛 hehehhe ok dhn lts c dhw nxt prt ga vaa goii.. 😛 😉 hehehe thnkx lai. enjoy 😉 <3
Varah reethi mi part ves. Avahah up kohbala next part..☺☺
hhehe thnkx aishaa… 😉 in sha allah 3 days fahun.. thnkx fr readin.. enjoy 😉
Dhwn mioh rythi vaahaka eh dho. I can just imagine me n my bf mithaanga. How cute. By reading this one I actually feel like I m watching this film in a cinema. I could feel each and every shared momsnt in this story on my own. So lovely. Good luck ryn. You be the best. And upload as long as you can. We readers are so impatient to read this one. Seriously I can barely wait for the next one. I just keep checking the esfiya page just only to check whether this one is uploaded ?
awww thnkx alt xaaina.. asluthr alheyyyy u jxt made my day…. hehehe.. thts so swyt of u.. yrh in sha allah lng vamun dhaany nxt prts.. 😉 thnkx alt xaaina…. awww so swyt.. once again thnku soooooo much.. 😉 tc
Ryyn keep it up good job
thnkx 😉 enjoy
Vrh reethi vaahakaeh…waiting waiting waiting waiting next part ah..plx plx plxplx avahah up kohba…ryn dhoonxx
all the best??
hehehe thnkxx maahish… yrh in sha allah 2 days fahun. nw 1 day e dhiyaeenu hehehe.. 😉 awww thnkx alt hehehhe enjoy 😉 😉
Vrh rthi mi prt vs. Ryn ge strs v v rthi. Being a fn of u i hv a qstn. Cn i ask plz
thnkx alt.. 😉 yrh go ahead.. u cn ask 😉 😉
Alhey ryn….haadha reechey mivaaahaka..just loved it….sifa kurun ves hama habeys… vvvvvvvv reethi mivaahaka….kury part thakuha laafa huri lavathah kiyaafa hama hiyy kudhi kudhi vi..heheh 🙂
heheheh thnkx naanu… aww thnkx ingey… <3 owhh sry fr tht.. 😉 😉 thnkx fr readin.. enjoy 😉