މަލްދާއަށް ހޭލެވުނީ ރޭގަނޑު އަށެއް ޖެހިފަހުންނެވެ. ހޭލިގޮތަށް އެނދުމަތީގައި އޮތީ ތެދުވާނެހާ ހިތްވަރު މަލްދާގެ ގައިގަ ނެތުމުންނެވެ. އިރުކޮޅަކު އެހެން އޮތުމަށްފަހު މަލްދާ ފޯނު ނެގިއެވެ. ” އައި ނޯ އެވްރީތިންގް އެބައުޓް ޔޫ… އިޓްސް އޯވަރ..” މިހެން ލިޔުމަށްފަހު މެސެޖު ފޮނުވާލިއެވެ. އެއާއެކު އަނެއްކާވެސް މަލްދާގެ ދެލޮލުން ހޯސްލާފައި ކަރުނަތައް އަންނަން ފެށިއެވެ. އިރުކޮޅަކު އެހެން އޮތުމަށްފަހު ތެދުވީ ހަށިގަނޑު ތާޒާ ކޮއްލުމުގެ ބޭނުމުގައެވެ. ސްކޫލުން އައިއްސުރެ އެއްޗެއް ނުކައި ހުރުމުގެ ސަބަބުން ހަށިގަނޑުގައި ވަނީ […]
Sorry. Readers. Shai ge school feshigen ulheythy story ge updates fudhey varakah las vaane. But Iraadha kurevviyya vee varakun update kureveytho balaanan. Grade 9 ge student akah vaathy kiyevun varah muhinmu vaane. Hope you guys understand Sorry. But know this! I won’t give up this story. I won’t.. Good luck to you all too. […]
ނަމަވެސް މިއަދު މިވަނީ އެ ރުޅި ލޯތްބަށް ބަދަލުވެފައެވެ. އާނއެކެވެ! ޔުމްނުއަށް އިރުމް ދެކެ ލޯބި ވެވިއްޖެއެވެ. ޔުމްނު ހިތަށްއެރިއެވެ. “ނަފްރަތަކީ ނުވަތަ ރުޅިއަކީ ލޯބީގެ ފެށުމޭ” މީހުންބުނެއުޅެނީ ހަމަތެދެއްވީމަތާއެވެ! ޔުމްނު ގްރޭޑް ދިހައެއް ނިންމާލުމަށްފަހު ރަށަށް އައިސް އެންމެ ފުރަތަމަވެސް ބެލީ އިރުމްއަށް މެސެޖް ކުރެވޭތޯއެވެ. ޔުމްނު އަށް އިރުމްގެ ނަމްބަރ ދިނީ ޔުމްނުގެ ދޮންބެއެވެ. ޔުމްނުއާއި އިރުމްގެ ގުޅުން މަޑުމަޑުން ލޯބީގެ ގުޅުމަށް ބަދަލުވަމުން ދިޔައެވެ. 2016 ވަނަ އަހަރު ޔުމްނު އުޅުނީ ރަށު […]
ތާރާ ގެއަށް ދިޔައިރު ހުރީ ވަރަށް ލަސް ވެފައެވެ. އިރުއޮއްސި ރޭގަނޑު 7 ޖަހާ ބޮޑުވެފައެވެ. ފުރަތަމަ ވެސް އޭނާ ބެލީ ސިއްރުން އެކަކަށް ވެސް ނޭނގި ކޮޓަރި އާ ހަމައަށް ދެވޭތޯ އެވެ. ނަމަވެސް ތާރާގެ ނަސީބު އެކަމަށް ތަނެއް ނުދިނެވެ. “ތާ! ކީއްވެ ފޯނު ނުނަގަނީ؟ ތާ ނައިސްގެން އަހަރެން ގުޅާ ގުޅާ ވަރުބަލި ވެއްޖެ. ހަވީރު ވީމަ ލަސްވެގެން މަންމަ ބުނީ ތާ ދިޔައީ މޫންލައިޓަށޭ. އެކަމް މޫންލައިޓަށް ދިޔައިރު ތާއެއް ނެތް. […]
” ޝަމްސް އަވަހަށް ތެދުވެ ސައި ބޯން “ޔުމްނު ޝަމްސް ނުހޭލާތީ ގޮވިއެވެ. ޝަމްސް ތެދުވެ ނަމާދު ކޮށް ލައިގެން ބަދިގެއަށް ވަދެ ކާން ފެށިއެވެ.” އާހް “ކާން ތިއްބާ ކުއްލިއަކަށް ބާރު އަޑެއް އިވުނެވެ. **************** ” ކޮން އަޑެއް “ ޔުމްނު ހާސް ވެފައި ބުންޏެވެ. ” އާ….. “ ކުރިއަށް ވުރެ ބާރުވިއެވެ. ޔުމްނު ބޭރަށް ނިކުތެވެ. ޖެހިގެން ހުރި އެޕާޓްމެންޓު ކައިރީގައި އެތައް ބައިވަރު މީހުން އެއްވެފައި ހުއްޓެވެ. ” އެއިވުނީ […]
“ކޮބާ. އިންތިޒާރުގަ ބަހައްޓާނީތަ؟” ޖަމީލާ އަހައިލިއެވެ. “ނޫނޭ. މިހާރު ހަމަ އެ އަންނަނީ. އަހަރެން ތިނަކަށް ގުނަންވާއިރަށް އެ ހަދިޔާ ހުންނާނީ ހަމަ ޖަމީލާގެ ކުރިމަތީ.. އެކެއް… ދޭއް……. ތިނެއް.” ނިހާން އެހިސާބަށް ގުނައިލިއިރު ޖަމީލާގެ ކޮނޑުގައި މީހަކު އަތް އަޅުވައިލިއެވެ. ޖަމީލާ ފަހަތް ބަލައިލުމާއިއެކު އޭނާއަށް ލިބުނީ ކުއްލި ހައިރާންކަމެކެވެ. ކުރިމަތީ ހިނިތުންވެލައިގެން އޭނާއާއި ދިމާލަށް ބަލަހައްޓައިގެން ހުރި މީހާ ފެނި ޖަމީލާ ހުރީ މިއީ ޙަޤީޤަތެއްކަމަށް ޤަބޫލުކުރަން ދަތިވެފައެވެ. “ކޮބާ؟ ކަމުދޭތަ؟” ދެލޯ ބޮޑުކޮށްގެން […]
” ދައްތާ.. މިހާ ހޫނުއިރު ވަރަށް ދާހިއްލާ… ދެން ގައިގަ ދުވާނީ ކުނިވަސް… އަނެއްކޮޅުން މާގިނައިން ދާހިއްލަންޏާ ގައިން ބިހިވެސް ނަގާ..” އަމްނާ ހިނިތުންވުމަކާއެކު މަންމައަށް ބަލާލަމުން ބުންޏެވެ. ” އަންހެން ކުދިން އައުރަ ނިވައި ނުކޮށް އުޅެންޏާ މިއަށް ވުރެން ހޫނު ދުވަހަކާ ކުރިމަތިލާން ޖެހޭނެ.. އަމްނާ ތި ވިސްނުން ބަދަލުކޮށްލާ… ބުރުގާ އެޅިޔަސް މިހާރުވެސް ވާ ހޫނެއް ވާނީ… ދައްތަމެންވެސް ބުރުގާ އަޅައިގެން އުޅޭތާ ކިތައް އަހަރު..” މަންމަ ބުންޏެވެ. ************************************************* އަމްނާ އިތުރަށް […]
މެލޭޝިޔާގައި ހަތްއަހަރު ހޭދަކުރުމަށްފަހު ސެހެރު ރާއްޖެއައުމަށް ދަތުރުފެށިއެވެ. ދަތުރުމަތީގައި މުނިފޫހި ފިލުވައިލުމަށް ވާހަކަފޮތް ކިޔައިއުޅުމަކީ ސެހެރްގެ އާދައެވެ. އެހެނަސް މިދިގު ދަތުރުގެ ސެހެރްގެ މިތުރަކަށްވީ ސެހެރް ލިޔެ ރައްކާކޮށްގެން ގެންގުޅޭ އޭނާގެ ޑައިރީއެވެ. ގޮނޑީގައި ރަނގަޅަށް ހަމަޖެހިލަމުން ސެހެރް ޑައިރީގެ ފުރަތަމަ ސަފްހާ ހުޅުވާލިއެވެ. ކަޅާ ނޫކުލައިގެ ދެލިން ލިޔެފައި އެވަނީ އޭނާގެ ހަޔާތުގެ ނާމާއެވެ. ހިތާމަޔާއި އުފަލާއި މަޖަލުގައި ހޭދަކުރި ދުވަސްތަކެވެ. ސެހެރްގެ ލޮލަށް މާޒީގެ ސަފްހާތައް ފިލްމެއްގެ މަންޒަރެއް ފަދައިން ފެންނަފަދައެވެ. ސެހެރްއަކީ ނަވާލްއާއި […]
“ޒޯޔާ މަންމަ ކީކޭތޯ ތިބުނުއްވީ..؟” އައިވިން ހުއްޓުން އަރާފައި އިނދެ ވާހަކަ ދެއްކިއެއެވެ. ސޯބިރާއަށް ޒަފަރްގެ އަނދިރިފަރާތް އިނގިފައި އޮވެދާނެ ކަމަކަށް އައިވިން ފަހަރެއްގައިވެސް އުންމީދެއް ނުކުރެއެވެ. “ޒަފަރް އާ ޒޯޔާ ކައިވެނި ކުރީ ލޯބިވެގެންނެއްނޫން.. އިތުރު ގޮތެއް ނެތިގެން.. މަންމައަށް އިނގޭ ޒޯޔާ އުޅެނީ އުފަލުގަ ނޫންކަން.. މަންމަގެ ކުރިމަތީގައި އެކަން ނުދެއްކިޔަސް މައިމީހާއަށް ދަރިފުޅު އޮޅޭނެތަ؟ އައިވިން.. މި މަންމައަށް ކަމެއް ކޮށްދެންޏާ ޒޯޔާއަށް އެހީވެވިދާނެތަ..؟ މި މަންމަ މިހުރީ މުސްކުޅިވެ އަސުރަށް އަޅާފަ.. […]