Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހަޤީޤީހިތާމައެހެނިހެންލޯބި

ދުކު (3ވަނަ ބައި)

Eyesh Level 210 Stories100 Comments
January 7, 2016 5 Mins Read
38 Comments

ފިރާޝް ފެނުމާއިއެކު ރުނާ ފުންމައިގެން ތެދުވެ ފިރާޝްގެ ގައިގައި އޮޅުލައިގަތެވެ. ފެނުނު ހުވަފެނުގެ ސަބަބުން އޭރު ރުނާހުރީ ބިރުން ހަލާކު ވާވަރު ވެފައެވެ.

“ފިރާޝް…ބި..ބިރުވެރި… ” ރުނާއަށް ރޮވެންފެށުމުން އޭނާއަށް އިތުރު އެއްޗެކޭ ބުނެވޭ ވަރެއް ނުވިއެވެ. އޭރުވެސް ރުނާ ހުރީ ފިރާޝްގެ ގައިގައި ބާރަށް ބައްދައިގެންނެވެ.

“ކީއްވެ ތިރޮނީ؟.. ކިހިނެއްތަވީ؟ ބިރުވެރި ކޯއްޗެއްތަ؟؟” ފިރާޝް ހާސްވެފައި ހުރެ ހުރިހާ ސުވާލުތަކެއް ފައްޗަކަށް އަމުނައިލިއެވެ.
“ބިރުވެރި ހުވަފެނެއް ފެނުނީ… ފިރާޝް އަހަރެންގެ… ބޮލުގަ ވަރަށް ބާރަށް …. ދަނޑި ބުރިއަކުން ޖެހީ… ބައިވަރު ލޭވެސް އައި…” ރުނާއަށް ގިސްލެވޭވަރުން އޭނާއަށް ފެނުނު ހުވަފެންވެސް ކިޔައިދެވުނީ އާ ގަންނަމުންނެވެ.

“އެހެންތަ؟ އެއީ ހުވަފެނެއްނު… އަސްލެއް ނޫނެއްނު ދޯ… އެހެންނޫނަސް މަށެއް ރުނާއަކަށް އެހެނެއް ނުހަދާނެ އެއްނު… އެއަށްވުރެ މާބޮޑަށް އަހަރެން ރުނާދެކެ ލޯބިވޭ..” ރުނާގެ ލޮލުން އޮހެމުން ދިޔަ ކަރުނަތައް ފޮހެދެމުން ފިރާޝް، ރުނާ އޭނާގެ ގަޔާލައި ބޮނޑިކޮށްލިއެވެ.

 
ދުވަސްތައް ފާއިތުވަމުން ދިޔަ ދިޔަހެން ފިރާޝްއާއި ޒައީމާގެ ސިއްރު ގުޅުންވެސް ދިޔައީ ދުވަހެއް ދުވަހަކަށް ބަދަހިވަމުންނެވެ. ރުނާއަށް ވަގަށް ޒައީމާ އާއި ފޯނުން ވާހަކަ ދައްކާލެއް އިތުރުވެ ދެމީހުން ވަގަށް ބައްދަލު ކުރާލެއްވެސް ވަނީ އިތުރުވެފައެވެ. ނަމަވެސް ރުނާގެ ކުރިމަތީގައި ފިރާޝް އުޅެމުންދަނީ ވަރަށްވެސް އޯގާތެރި ހެޔޮފިރިއެއް ކަމުގައި ހެދިގެންނެވެ. މިހުރިހާ ކަމެއް ހިނގަމުން ދާއިރުވެސް ފިރާޝްގެ ހުށިޔާރުކަމުން ރުނާއަށް މިކަމުގެ ދޮންކަޅުވެސް އެނގުނަކަނުދެއެވެ.

***** ތިންމަސް ފަސް *****

“މިހާރު މަ ވަރަށްބޮޑަށް ހިކިއްޖެދޯ.. މިއަދު ކިރާލީރު ފަސްކިލޯ ލުއިވެސްވެފަ ހުރީ… ދެން ދުވަން ދިއުން ހުއްޓާލަންވީ ކަންނޭނގެ..” އަމިއްލަ ހަށިގަނޑަށް ބަލަން ލޯގަނޑު ކުރިމަތީގައި ހުރެ ރުނާ ވާހަކަދެއްކީ އެނދުމަތީގައި އޮތް ފިރާޝް އާއެވެ. އޭރު ރާއިން، ފިރާޝް ކައިރީގައި ކުޅެން އިނެވެ.

“ބައް… ބައްޕާ…” ރާއިން ފިރާޝްގެ ބަނޑުމައްޗަށް އަރައި އިށީނދެ ފިރާޝްގެ މޫނުމަތީގައި ރާއިންގެ އެކުޑަކުޑަ ތުއްތު އަތްތިލައިން ފިރުމާލަމުން ބުންޏެވެ.

“މަގޭ ދޮންފުތަށް މިހާރު ބައްޕަވެސް ކިޔެޔޭދޯ.. މީ ބައްޕަ ކުއްޖެކޭދޯ..” ފިރާޝް ކުޑަކުޑަ ރާއިންގެ ގައިގައި ލޯބިން ބައްދައިލިއެވެ.

“ދެންނުދާނަން ދުވާކަށް… ” ރުނާއައިސް ފިރާޝް ކައިރީގައި އިށީނދެ ރާއިން އުރާލިއެވެ.

“ނޫން.. ނޫން… އަދި ނުވޭ ހުއްޓާލާކަށް.. އަދި ތިއައްވުރެ ބޮޑަށް ހިކުނީމަ ހުއްޓާލާނީ…” ފިރާޝް ރުނާގެ ބޮލުގައި ފިރުމައިލިއެވެ. ރުނާ ދުވަން ދިއުން ހުއްޓާލައިފިނަމަ ފިރާޝްއަށް ޒައީމާއާއި ބައްދަލުކުރަން ލިބޭ ވަގުތުތައް މަދުވެފައި އޭނާއާއި ޒައީމާގެ ގުޅުމަށް ބުރޫ އަރައިފާނެތީ ފިރާޝް ކަންބޮޑުވިއެވެ.
ރުނާއަށް ހީވީ ފިރާޝް ބޭނުންވަނީ އަދިވެސް އޭނާ އިތުރަށް ހިކެންކަމުގައެވެ. އެހެންކަމުން އަދިވެސް ދުވަން ދިއުމަށް ރުނާ ނިންމިއެވެ.

 

ފިރާޝް މިރޭ ރާއިންކައިރީގައި މަޑު ކުރާނެކަމަށް ބުނުމުން ރުނާ ޒުލްފާ ކައިރީގައި އަންނާނެ ކަމެއް ނެތްކަމުގައިބުނެ ރާއިން ނިންދަވާފައި ބަރާބަރު އަށެއް ޖެހިއިރު ދުވަންދާން ނިކުތެވެ.

“އާދޭ މިގެއަށް.. ރުނާގޮސްފި ދުވަން.. މަ އެކަނި މިހުރީގޭގަ… މަގުމަތީގަ މީހުން ނޫޅޭތޯ ބަލާފަ ވަންނާތި…” ރުނާ ހަމަ ގެއިން ނިކުތުމާއިއެކު ފިރާޝް ޒައީމާއަށް ގުޅިއެވެ.

އޭގެ ކުޑަ އިރުކޮޅެއް ފަހުން ޒައީމާއައިސް ކޮޓަރީގެ ދޮރުގައި ޓަކިދިނުމުން ފިރާޝް ނިކުމެ ޒައީމާގެ އަތުގައި ހިފައިގެން އެކޮޓަރި އާއި ޖެހިގެންހުންނަ ކޮޓަރިއަށް ވަނެވެ.

“ދެން ކޮންމެ ރެއަކު މިގެއަށްދޯ އަންނާނީ… ” ކޮޓަރީގެ ނިދާބޮކި ދިއްލައިލުމަށްފަހު ޒައީމާގެ އަތުގައި ހިފައިގެން ގޮސް ފިރާޝް އެނދުމައްޗަށް ވެއްޓިގަތެވެ.

ދުވަން ދިޔަތާ ބައިގަޑިއެއް ހާއިރުފަހުން ރުނާ ބޮލުގައި ރިއްސައިގަނެގެން ކެތްނުވާވަރު ވުމުން އަވަހަށް ގެއަށްއައެވެ. ވާން އުޅޭ ކަންތަކުގެ ބޮޑުކަން ރުނާއަށް ރޭކާވެސް ނުލާކަހައެވެ.
ގެއަށް ވަދެގެން ދިޔަ ގޮތަށްގޮސް ކޮޓަރީގެ ދޮރު ހުޅުވައިލުމާއިއެކު ރުނާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. އެނދުމަތީގައި ރާއިން ލޯބިކޮށް ނިދާލާފައި އޮތްއިރު ފިރާޝް ފެންނަން ނެތުމުން ހައިރާންވިއެވެ. ރާއިން އެކަނި ބާއްވާފައި ފިރާޝް ދިޔަތަނަކާއިމެދު ވިސްނަންހުއްޓައި ޖެހިގެންހުރި ކޮޓަރީގެ ތެރެއިން ދެމީހަކު ހޭއަޑު ރުނާއަށް އިވެންފެށިއެވެ. ފިރާޝްގެ އަޑާ އެކުވެގެން އެއަންނަނީ ކޮން އަންހެނެއްގެ އަޑުބާއެވެ؟ އެމީހުން އެތާ އެކުރަނީ ކީއްބާއެވެ؟ މިކަހަލަ ސުވާލުތަކަކުން ފުރިފައިވާ ހިތަކާއިއެކު

ރުނާ މަޑުމަޑުން ގޮސް އެކޮޓަރީގެ ދޮރު ހުޅުވައިލިއެވެ. އެވަގުތު ރުނާގެ ދެލޮލަށް ފެނިގެންދިޔަ މަންޒަރުން އޭނާއަށް ހީވީ ފައިދަށުން ބިންގަނޑު ދެމިގަނެގެން ދިޔަހެންނެވެ. މެޔަށް ހޫނު ފެންއެއްޗެއް އަޅައިލި ފަދަ އިހުސާސެއް ކުރެވިގެންދިޔައެވެ. އިރުކޮޅަކު ހުރިތަނުން
ގުޑައިލާންވެސް ނޭނގިފައި ކުރިމަތިން ފެންނަމުންދާ މަންޒަރަށް ނަޒަރު ހުއްޓާލައިގެން ހުރުމަށްފަހު ރުނާއަށް އަނގަމަތީގައި އަތްއަޅައި ބާރަށް ރޮއިގަނެވުނެވެ. އެނދުމަތީގައި ތިބި ފިރާޝްއާއި ޒައީމާއަށް ހޭވެރިކަންވީ އެހިސާބުންނެވެ. ޒައީމާގެ ގައިމަތީގައި އޮތް ފިރާޝްއަށް ރުނާ ފެނުމާއިއެކު ބާރަށް ތެދުވެގެންގޮސް ބުރުގާ މަތިން ރުނާގެ އިސްތަށިގަނޑުގައި ހިފައި ފަހަތަށް ދަމައިގަތެވެ.

“ހުއްޓާލާ… އިތުރަށް އެންމެ އަޑެއްވެސް ބޭރު ނުކުރާތި!” ގައިގައި އެއްވެސް ފޭރާމެއް ނުވާހާލުގައި ހުރި ފިރާޝް ރުނާގެ އަނގަމަތީގައި ބާރަށް އަތްއަޅައި ރުއިން ހުއްޓާލުމަށް އަމުރު ކުރިއެވެ. ނަމަވެސް އޭރުވެސް އެއްވެސް ހިފެހެއްޓުމެއް ނެތި ރުނާއަށް ރޮވެމުންދިޔައެވެ. އެވަގުތު އެނދުމަތީގައި އޮތް ޒައީމާ ތެދުވެ އޭނާގެ ހެދުން ލައިގެން އައިސް ފިރާޝްއާއި ރުނާ ކައިރީގައި ހުއްޓުނެވެ. އޭރު އޭނާގެ މޫނުމައްޗަށް ނުލަފާ ޒާތެއްގެ ހިނިތުންވުމެއް ވެރިވެފައިވެއެވެ.

“ކަލޭ ޖެހޭނީ މިކަންތައް ސިއްރުކުރަން.. އެހެންނޫނީ ކަލޭގެ ދުވަސް ދުއްވާލާނަން…މިބުނީ ކީކޭކަން އެނގިއްޖެދޯ..” ފިރާޝް ރުނާގެ އަނގަމަތިން އަތްނަގަމުން ރުނާއަށް މަރުގެ އިންޒާރު ދިނެވެ.
ލިބުނު ކުއްލި ޝޮކުގެ ސަބަބުން އޭރު ރުނާގެ މުޅިހަށިގަނޑު ތުރުތުރު އަޅަމުންދިޔައެވެ.

“ބާއި ފިރާޝް… ” ޒައީމާ ފިރާޝްގެ ކޮލުގައި ބޮސްދިނުމަށް ފަހު ނުލަފާ ވައްތަރަކަށް ހެމުން ހެމުން ކޮޓަރިން ނިކުމެގެން ދިޔައެވެ. އޭރުވެސް ރުނާއަށް ގިސްލަ ގިސްލާފައި ބާރަށް ރޮވެމުން ދިޔައެވެ.

“ބުނެފީމެއްނު ހުއްޓާލާށޭ!..” އެނދުމަތީގައި އޮތް ގަމީސް ނަގައި ލުމަށްފަހު އައިސް އަނެއްކާވެސް ފިރާޝް، ރުނާގެ އިސްތަށިގަނޑުގައި ހިފައި ދަމައިގަތެވެ.

” ކީއްވެ …އަހަންނަށް ތިހެން ތިހަދަނީ؟؟” ރުނާ ވާހަކަ ދެއްކީ ގިސްލަމުން ނެވެ. އޭރުވެސް ހުރި ފިޔަވަޅުމަތީގައި ހުރެ ރުނާ ބާރަށް ރޮމުންދިޔައެވެ.

” ކަލޭދެކެ ފޫހިވާތީ… އެނގިއްޖެތަ؟.. މަ ބޭނުން ޒައީމާއާ ދެެއަނތްބަށް އިންނަން… ކަލޭ މިކަމާ ރުހުނަސް ނުރުހުނަސް މަ ޒައީމާއާ އިންނާނަން…

“ރުނާ ބާރަށް ކޮއްޕައިލަމުން މިހެންބުނެ ފިރާޝް ގެއިން ނިކުމެގެން ދިއުމުން ރުނާއަށް ހުރިތަނަށް ތިރިވެވުނެވެ. ފިރާޝް އެގޮތަށް ކަންތައް އެކުރަނީ އަހަންނަށް ކޮންކުށެއް ކުރެވިގެން ހެއްޔެވެ؟ އަހަރެން ފިރާޝްއަށް ނުކޮށްދެނީ ކޮންކަމެއް ހެއްޔެވެ؟ އަނތްބެއްގެ ފަރާތުން ދޭންޖެހޭ ހުރިހާ ޚިދުމަތެއް މިހާ ފުރިހަމައަށް ކޮށްދޭއިރުވެސް ފިރާޝް އަހަންނާ ދޭތެރޭގައި މިހާ ރަހުމް ކުޑަކޮށް ކަންތައް އެކުރަނީ ކީއްވެ ހެއްޔެވެ؟ މިކަހަލަ ތަފާތު ގިނަ ސުވާލު ތަކަކުން ސިކުނޑި ފުރިބާރުވަމުން ދިޔަ ދިޔަހެން ރުނާގެ ރުއިންވެސް ދިޔައީ ބާރުވަމުންނެވެ. ރުނާގެ ދިރިއުޅުމަށް މިއައި ގަދަކޮޅިގަނޑުގެ ސަބަބުން އޭރު ރުނާގެ ހިތް ހީވަނީ ފަޅައިގެން ގޮސްދާނެހެންނެވެ.

ކުއްލިއަކަށް ރާއިން ރޮއިގަތް އަޑަށް ރުނާ ތެދުވެގެންގޮސް ހޭލައިގެން އޮތް ރާއިންއަށް ބުއްފުޅި ދީފައި ނިންދެވޭތޯ އުޅުނެވެ. ނަމަވެސް ރުނާއަށް ރޮވޭވަރުން ރާއިން ނިންދަވާއިރު ރުނާ ކިޔައިދޭ ނާނާވެސް ކިޔޭވަރެއް ނުވިއެވެ. އޭރު އެތުއްތު ތުއްތު ރާއިން، ރުނާ ރޯތީ ވަރަށް ދެރަވެފައި ރުނާގެ މޫނަށް ބަލަހައްޓައިގެން އޮތެވެ. ރުނާ ވަރަށް ހިތްވަރު ކޮށްފައި ރުއިން ހުއްޓައިލުމަށްފަހު ރާއިން އުނގުމަތީގައި ބާއްވައިގެން އޭނާގެ ބޮލުގައި ފިރުމަންފެށިއެވެ.

” ދޫންޏާ ނިދާލާށެ އަވަހަށް މިރޭ…
ހެނދުނާ ހޭލަން ޖެހޭނޭ ދޫންޏާ ނިދާލާ…”

މިހިސާބަށް ކިޔުނުތަނާ އަނެއްކާވެސް ބަޑި ފަޅައިގެންގޮސް ރުނާއަށް ރޮވެންފެށުނެވެ. އެފަދަ ހާލެއްގައި އުޅެނިކޮށް ރާއިން ނިދުމުން ރުނާގޮސް ފެންވަރާލައިގެން އައިސް އެނދުގައި އޮށޯވެލިއެވެ. އޭރު ގަޑިން ރޭގަނޑު އެގާރަޖަހައި ބޮޑުވެފައި ހުރުމުން ފިރާޝް ކޮބައިތޯ ބަލާލަން ގުޅައިލާން ރުނާގެ ހިތަށްއެރިއެވެ. ނަމަވެސް ފޯނު ނެގުމަށްފަހު ފިރާޝްގެ އަނިޔާވެރިކަން ހިތަށް އެރުމުން ފޯނުނަގައި ބާލީސް ދަށަށް ލުމަށްފަހު ދެލޯމަރައިލިއެވެ. އޭރު ރުނާގެ ލޮލުން އޮހެމުންދާ ކަރުނަތައް ބާލީސް މައްޗަށް ފައިބަމުން ދިޔައެވެ.

 

އާދައިގެ މަތިން މިއަދުވެސް ހެނދުނު ހޭލައިގެން ރުނާ ބަދިގެއަށް ވަދެ ފިރާޝް އޮފީހަށް ދާންވާއިރަށް ސައިހެދޭތޯ އުޅުނެވެ. ފިރާޝް އޭނާއާއި ދޭތެރޭގައި ކޮންމެ ގޮތަކަށް ކަންތައް ކުރިނަމަވެސް ފިރާޝްގެ އަނތްބެއްގެ ގޮތުގައި ހުރިހާ ހިނދަކު އެންމެ ފުރިހަމައަށް އޭނާގެ ކަންތައްތައް ބަރާބަރަށް ކޮށްދޭން ރުނާ ބޭނުންވެއެވެ.
ސައި ކައްކައި ރޮށިފިހެ ހެދުމަށްފަހު ރުނާގޮސް ސިޓިންރޫމުގައި ހުންނަ ކާމޭޒުމައްޗަށް ތަށިތައް އަރުވައި ވަރަށް ފުރިހަމައަށް ސައިތައްޔާރުކޮށް ނިންމައިލިއެވެ. އޭގެ ކުޑައިރުކޮޅެއް ފަހުން ފިރާޝް ތަޔާރުވެގެން އައިސް މޭޒުކައިރީގައި އިށީނދެ ސައިބޯން ފެށިއެވެ.

“މަ ބުނީމެއްނު މަ ޒައީމާއާ އިންނަން ބޭނުމޭ… ރުނާ މިކަމާ އެއްބަސް ވިޔަސް ނުވިޔަސް މަ އެކަން ކުރާނަން…” ފިރާޝް ސައިބޯން އިނދެ ވާހަކަ ދެއްކީ މޭޒުކައިރީގައި ކޮޅަށްހުރި ރުނާއާއެވެ.

“ފިރާޝް ކީއްވެތަ އަހަންނަށް ތިހެން ތިހަދަނީ؟” ރުނާއަށް ރޮމުން މިހެން އަހައިލެވުނީ ފިރާޝްއަށް ކުއްލިގޮތަކަށް މިއައި ބަދަލުގެ ހަގީގަތް އަދިވެސް ރަނގަޅަށް ރުނާއަށް ސާފު ނުވާތީއެވެ. ވޭތުވެދިޔަ ހުރިހާ ދުވަހަކު އެހާ ލޯބިން އުޅެފައި ކުއްްލިއަކަށް ރުނާއާއި ދޭތެރޭގައި އެހާ އިހާނެތިކޮށް ކަންތައް ކުރަންފެށުމުން ވީދެރަޔާއި އެއްވަރަށް ރުނާއަށް ވަނީ ވަރަށްބޮޑު ހައިރާން ކަމެއްވެސް ލިބިފައެވެ.

“ގޮތަކަށް ކަންތައް ކޮށްފިންތަ؟ މަހުރީ ކަލޭ ވަރިކޮށްފަ ޒައީމާއާ އިންނަން.. އެކަމަކު ކަލެއަށް އަހަރުމެންގެ ގުޅުން އެނގުނީމަ މަ ބޭނުމެއްނެތް ކަލޭ ވަރިކުރާކަށް.. ކަލޭ، މަގޭ ކައިރިން ވަރިވެގެން ގޮސް މީހުންކައިރީ ފާޑުފާޑުގެ ވާހަކަ ދެއްކީމަ މަގޭ އަގު ވެއްޓޭނީ..” ފާރިޝްގެ މިޖުމުލަތައް އިވިފައި ރުނާގެ ކުދިކުދި ވެފައިވާ ހިތުގައި އިތުރަށް ވޭންއަޅަން ފެށިކަހަލައެވެ. މޫނުމަތީގައި އަތްއަޅައި ރުނާއަށް ބާރަށް ރޮއިގަނެވުނެވެ.

“ރޯނެ ކަމެއްނެތް… ހަނދާން ކުރާތި… ހަމަ ހުވާ ކޮށްފަ މިބުނަނީ، ކަލެއަށް ރޭގަ ފެނުނު ކަންތައް އެއްވެސް މީހަކަށް ކިޔާ ދީފިއްޔާ ކަލޭ މަރާލާނަން…” ފިރާޝްގެއަޑު ބާރުވައި އެއަޑުގައި ރުޅިވެރިކަން އެކުލެވިގެންވެއެވެ. އެވަގުތު ރުނާ އޭނާގެ ކަރުނުން ފުރިފައިވާ ދެލޮލުން ފިރާޝްގެ މޫނަށް ބަލައިލިއެވެ. ރުނާގެ އާދޭހުގެ މިބެލުމުން ފިރާޝްގެ އެ ހަރުހިތަށް އެއްވެސް އަސަރެއް ނުކުރާނެކަން ރުނާއަށް އެނގެއެވެ. މިހެން އިރުކޮޅަކު ފިރާޝްއާއި ދިމާލަށް ބަލަން ހުރެފައި ރުނާގޮސް ތަޅުންގަނޑު މައްޗަށް ތިރިވެ ފިރާޝްގެ ދެފައިގައި ހިފިއެވެ.

“ހެޔޮނުވާނެ ފިރާޝް.. އަހަންނަށް ތިހެންނުހަދާ.. އަހަރެން ފިރާޝްދެކެ އިންތިހާއަށް ލޯބިވޭ… އަހަރެން ބޭނުމެއްނޫން ފިރާޝް އެހެން ކައިވެންޏެއް ކޮށްގެން ރާއިންއަށް އެއްވެސް ދެރައެއް ލިބޭކަށް.. އާދޭސް ކޮއްފަ މިބުނީ… އެންމެ ފަހަރަކު ނަމަވެސް އަހަރުމެން ދެމައިންނާ ދޭތެރޭ ވިސްނާލަބަލަ…” ފިރާޝްގެ ދެފައިގައި ހިފަހައްޓައިގެން އިނދެ ރުނާ އާދޭސް ކުރަމުން ދިޔައެވެ. ނަމަވެސް ރުނާގެ މިއާދޭސްތައް ފިރާޝްއަށް އަޑު ނީވޭކަހަލައެވެ. ފިރާޝް ސައިބޮއިނިމިގެން އޭނާގެ ފައިން ރުނާ ކޮއްޕައިލުމަށްފަހު ގެއިން ނިކުމެގެން ދިޔައީއެވެ. އޭރުވެސް ރުނާ އެއިންގޮތަށް އިނދެ ގިސްލަގިސްލާފައި ބާރަށް ރޮމުން ދިޔައެވެ.

 

މުޅި ދުވަސް ނިމިގެން ދިޔައިރުވެސް އެންމެ ސިކުންތަކަށްވެސް ރުނާގެ ދެލޮލުން ކަރުނަ ނުހިކެއެވެ. ހިތްދަތިވެފައިވާ ވަރުން ކާއެއްޗެއް ނުކެވުމުގެ ސަބަބުން ގައިގައި ވަރެއްވެސް ނެތެވެ. ވެފައިވާ ވަރުބަލިކަމުން ރާއިން ނިންދެވުމަށްފަހު ރާއިން ކައިރީގައި ރުނާ އޮށޯވެލިއެވެ. އޭރު ގަޑިން ރޭގަނޑު އަށްގަޑި ބައިވަނީއެވެ.

“ކޮބާ ރުނާ؟” އެއީ ޒައީމާގެ އަޑެވެ.

“އޭނަ އެބައޮތް ރާއިން ކައިރީގަ.. ކީއްކުރަންތަ އޭނަގެ ވާހަކަ ތިއަހަނީ؟ ހިނގާބަލަ ކޮޓަރިއަށް…” ފިރާޝް ހީގަނެފައި މިހެން ބުނިއަޑާއި އެކު ޒައީމާގެ ހުނުމުގެ އަޑުވެސް އިވުނެވެ. ެދެން އިވުނީ ރުނާއޮތް ކޮޓަރިއާއި ޖެހިގެން ހުންނަ ކޮޓަރީގެ ދޮރުޖެހިއަޑެވެ.
މިއަޑު އިވިފައި ރުނާއަށް ހީވީ އޭނާގެހިތުގައި މީހަކު ގޮއްމުށް ކަވާފައި ބާރު އެތިފަހަރެއް އެޅިހެންނެވެެ. ހިތަށް ކުރި އަސަރުން އެއްވެސް ހިފެހެއްޓުމެއްނެތި އޭނާގެ ދެލޮލުން ހޯސްލާފައި ކަރުނަތައް ފައިބައިގަތެވެ. ރުނާގެ އެއްވެސް ކުށެއްނެތި އޭނާއާއި ދޭތެރޭ ފިރާޝް މިފަދައިން ކަންތައް ކުރަން ފެށުމުން ރުނާގެ ހިތަށް ވަނީ ބުނެދޭންވެސް ނޭނގޭފަދަ ހިތި އަސަރުތަކެއް ކޮށްްފައެވެ.
ރުނާ އެހެން އޮއިރޮއި އޮންނަތާ ގަޑިއެއް ހާއިރުފަހުން މާދަމާ ރޭވެސް އަންނާނަމޭ ބުނެ ޒައީމާ ނިކުމެގެން ދިޔައަޑު އިވުނެވެ.

“ކާކަށް ދައްކަންތަ ކަލޭ ތިރޮނީ؟ މަށެއް ނޫޅެން ކަލެއާ އިނދެގެން އުޅޭ ހިތަކުން.. ކުރީގަ ލޯބިވިޔަސް އެއިހުސާސްތަކެއް މިހާރު މަގޭހިތަކު ކަލެއާ ދޭތެރެއަކު ނެތް..” ފިރާޝް އައިސް އެނދުގެ މަގަތުގައި އޮށޯތް އިރުވެސް ރުނާއަށް ގިސްލެވެމުން ދިޔައެވެ. ރުނާ ހިތްދަތިވެފައި ވާވަރުން އޭނާއަށް ބަހެއް ބުނެވޭ ވަރެއްވެސް ނުވިއެވެ. ރުނާ، އޭނާގެ ނަސީބު ދެރަކަމާއި މެދު ވިސްނާލާފައި އޭނާގެ ކަރުނުން ފުރިގެންވާ ދެލޯ މަރައިލިއެވެ.

 

ނުނިމޭ…

Share Article

Follow Me Written By

Eyesh

Level 210 Stories100 Comments

Other Articles

Previous

އިރު އޮއްސުމުން.. ދެވަނަ ބައި

Next

ކަނޑު ފުރޭތަ

Next
January 7, 2016

ކަނޑު ފުރޭތަ

Previews
January 7, 2016

އިރު އޮއްސުމުން.. ދެވަނަ ބައި

38 Comments!

  1. Eyesh says:
    January 7, 2016 at 8:29 pm

    Hi everyone ? eyesh hope kuran hurihaa kudhin nahves mi part reethi vaane kamah ?

  2. Niz says:
    January 7, 2016 at 8:42 pm

    Oh god haadha nulafaa firi henekey dhw…asluvex baeh firihenun kanthah kraa gothekey dhw mee…wyf ah dhari aku libumah fahu hashi gandah anna chng ge sababun foohi vaa myhunvex ulhey viyya…anyway vaahaka v fakka…bt thankolheh kury…keep it up…

    1. Eyesh says:
      January 7, 2016 at 9:03 pm

      Asluves dhw niz mikahala meehun varah ginain ulhey hama. Ekamaku v v ragalhu meehun ves ulhey dhw . Thanx a lot ingey swyty ??

  3. aathi says:
    January 7, 2016 at 8:45 pm

    Alhey poor runaa :(..vrh rythi mi part vx eyesh ;)..waiting for nxt prt..

    1. Eyesh says:
      January 7, 2016 at 9:03 pm

      Thankew so much aathi darling ?

  4. lai says:
    January 7, 2016 at 8:48 pm

    wowww eyesh v salhi mibaivess .. dhn hama cmnt eh kohlaa hiyy vy .. dhuvahakuvess lai cmnt eh nukuran viyya hehe .. bt eyesh ge hurihaa stry eh vess kiyan .. anyways hama v rythi .. when next part? .. waiting 🙂 🙂 😀

    1. Eyesh says:
      January 7, 2016 at 9:11 pm

      Thankew lai swyty ? v ufaa vejje lai eyesh ge stories kiyaakan eguneema.. insha allaah v avahah anehbai up kuraanan ingey ?

  5. ken? says:
    January 7, 2016 at 8:49 pm

    eyesh plx dnt make this stry like other stories…mibuny abdhu anhenun balikashi kohfa hithaamathah libifa dhriyattaakaa amilla ufaa gurubaan kohfa…mihen vanee hurihaa stry eiga…heheh…i wnt it to b a moral one to those who live like this…hope u got my point…tnks n good luck…☺

    1. Eyesh says:
      January 7, 2016 at 9:08 pm

      Yeah i got ur point ken…and yuh r so right dear.. thanx a lot for ur idea ingey ?

  6. nihaa says:
    January 7, 2016 at 8:56 pm

    V reethi….. Mhr firihenuhnah ithubaaru kuraa kah vx nuvaane ..aharen v foohivey firihen kudhin dheke……v nice hingey story ……keep it up……avahah up kohdhehchey

    1. Eyesh says:
      January 7, 2016 at 9:14 pm

      Nihaa swyty ? mikahala goas meehun ulhunas hurihaa firihenun goaheh ves nuvaane ehnu dhw.. v ragalhu meehun ves ulhey baivaru.. ? thanx a lot ingey dear? yeah v avahah up kuraanan insha allaah.

  7. shine says:
    January 7, 2016 at 9:14 pm

    SubhanAllah,, , v v rythi.. Bt haadha nulafaa firiekey dhww nd that zaeena also… dhn runa ah ufaleh lubeyne baa?!! Eyesh kn irakun nxt part up kurany,,??? ,. V kiyaa hihvejje.., hama ehaa rythi… bt wait kuran dhww jeheyny…, I’ll wait…, bt nxt part avas up beynun….

  8. Eyesh says:
    January 7, 2016 at 9:26 pm

    Asluves dhw shine..? v v nulafaa baeh dhw mi firaash aa zaeema akee.. ?? eyesh v ufaa vejje shine ah mi vahaka reethi veema ?thanx a lot ingey dear. Insha allaah v avahah up kuraanan next part ?

  9. naax says:
    January 7, 2016 at 10:03 pm

    Firaash n zaiyma vx haadha goahey.. aslu zaiymayah visnenjeheyne dhw anhebehge hithah kuraanr asaru.. anehka kuda kuda baby eh ge life ah vx asaru kuraanr dhw.. mi hama mujughamauga hingaakanthah dha.. any way vaahaka v rythi masha allah. .

    1. Eyesh says:
      January 8, 2016 at 8:16 am

      Naax thibuni hen mee mi mujuthamauga v aammu Kameh mihaaru dhw. Aslu v dhera kameh mee .. ekamaku geveshi aniyaa libey v baivaru meehu ulhey dhw? and thanx a lot naax darling ?

  10. misty says:
    January 7, 2016 at 10:20 pm

    Varah varah reethi… Alhey firaash as zaeema haadha goahey.. Runaa ah dhera gotheh nuhadhachey eyesh..

    1. Eyesh says:
      January 8, 2016 at 8:18 am

      Aslu ves dhw misty. Runaa ah vaa gotheh egeynee next part ingey. M so galad that u liked this part ? Thnkew swyty ?

  11. nihaa says:
    January 8, 2016 at 12:10 am

    Aslu vx runaa firaash dheke haadha loibeh veyey dho..but firaash dho…pis haadha gohey….kiikurany some boys ge goy dho……..:-):-)

    1. Eyesh says:
      January 8, 2016 at 8:23 am

      Yes nihaa? Runaa v v v bodah lwbivey firaash dheke. Ekam keekkuraanee dhw ? nihaa thibuni hen baeh meehun ge goi mee hama. But not all dhw dear ??

  12. Luyoona says:
    January 8, 2016 at 6:39 am

    vv reethi anyways

    1. Eyesh says:
      January 8, 2016 at 8:24 am

      Thanx a lot luyoona swyty ?

  13. Fathun says:
    January 8, 2016 at 7:29 am

    roonaa thi roa ruimaa thikuraa hithaama fathunnah hihsaash kurevea… mee ge 2yrs kurin fathun vesh ulhuny hama thi haaluga… v v v reethi stry..

    1. Eyesh says:
      January 8, 2016 at 8:27 am

      Alhey.. aslutha?? Eyesh v v dheravejje.. but now u r happy dhw dear. Alhamdh lillaah ? And v happy vejje fathun nah mi story rythi veema.. thnkew fathun darling ??

  14. shif says:
    January 8, 2016 at 12:45 pm

    kobaa tha eysh ge ladhun boa halaaku mihaaru… anekka e negytha??? hama hevenee lol

    1. Eyesh says:
      January 8, 2016 at 1:01 pm

      Yes evahaka nagaifin.. v gina readers ah e story in negenee goas meaning eh. So ehenve evahaka negee. ?

    2. stranger says:
      January 9, 2016 at 12:48 am

      hehehehe enme fahun eyesh ves ladhun boa halaaku vy dho? dhenves myhaku bunelaairah ehchakah ehcheh liyaanyky noon. eyge hithi mihaaru hunnaany fenifa. ravoo bunegenno liyuny…. ehaa beynumiyya ravoo liyunyma vynun? e ravoo akee attention seeker eh… thui dhakka dhakkaafa ulhey gotheh…eyna ge hiy hama jahsan eyna ruhsan eyesh kuri galhu kamehge sababun ladhungos eyesh ge boa halaakuvee….. dhenves ekahala unprofessional kameh nukuraathi…. goodluck

    3. Eyesh says:
      January 9, 2016 at 10:29 am

      Dear stranger.. ehves haalehga e story aki ravu ge hiyaalakah liyefa oi vahaka eh noon. Ei eyesh ge rahtehsakah dhimaavi kameh. And e vahaka eyesh liyuni ehves goas maana ehga noonee goas gothakah noon. Ekamaku v gina kiyuntherin e story in nubai maana nagaa comment kohfa huri eyesh akee v bodaa kiburuveri meehekey kiyaafa. E storyge sababun baeh kiyuntherin eyesh judge kuri gothun eyesh aslu e story negee. ?

  15. Fathun says:
    January 8, 2016 at 1:43 pm

    Allhamdhlihlaahi… mihaar fathun nd dharifulhu miulheny ufaluga..ashlu fathun mi stry kiyanfesy fathunge frd eah bunyma… eanaa buny fathunge life stry hennoa mi stry hyvany… v v reethi stry… keep it up.. Eyesh

    1. Eyesh says:
      January 9, 2016 at 10:33 am

      M v happy to know that yuh n ur kid is happy now ?? n v ufaa vejje fathun nah mi story kamudhiyaima ? thnx a lot darling

  16. Ahmed Ammu says:
    January 8, 2016 at 2:42 pm

    Awesome ??

    1. Eyesh says:
      January 9, 2016 at 10:33 am

      Thankew ammu ???

  17. Aliyah Mikael says:
    January 9, 2016 at 4:44 am

    I really hope you make runa’s character strong and independent. I mean, in all the maldivian stories I’ve come across, the female character is always described as weak and unable to stand up to herself. This story is really good so i hope it’s different. And as for firash, men who abuse women don’t deserve to be called men. Really hating on him right now.
    Anyways, your writing is awesome and hope to see the next part soon. X 🙂

    1. Eyesh says:
      January 9, 2016 at 10:38 am

      Hey Aliyah Mikael ?. I hope u will like this story. Cox this will b a different one. And i realy want to give a gud moral for all the women who struggle like runa. ? thankx a lot dear ?

  18. Niikko says:
    January 10, 2016 at 12:16 pm

    Awesome
    this is the most different story i have ever come across in my whole life 🙂 🙂 🙂 😀
    hope that u will up the next part very soon
    insha allah u will suceed in every thing u do!!

  19. maaiz says:
    January 10, 2016 at 6:53 pm

    Avaskurey dhen oeyby avahah

  20. afu says:
    January 12, 2016 at 11:57 am

    Kba tha aneh bai, avas kohla

  21. shau says:
    January 15, 2016 at 6:04 pm

    All the time boys eh noon igey bad ee…..thi strory ga affair eh gothah ulhey girl is more worse I think..stry nice…looking frwrd to the nxt prt…up kohladhybaa little fast koh

  22. roassy says:
    February 5, 2016 at 10:29 pm

    roasyge life aaves kudakoh gulhey. ekm roasyge hux aniya eh nukuraane. roasy viheumah fahu hikuneema eyna change v

Comments are closed.


All Right Reserved!