
ޝާއިންގެ ކާރު ގެއްލެންދެން ނީރާއަށް ހުރެވުނީ ބަލަހައްޓައިގެންނެވެ. އޭނާގެ ލޮލުން ކަރުނަތަށް އަންނަން ފެށިއެވެ. ނަމަވެސް ވާރޭ ތިކިތަކާ އެކުވެގެން ދިޔުމުން އޭނާ ރޯކަން ބަލާލި އެކަކަށް ވެސް ނޭނގޭނެއެވެ. ނީރާގެ މިޝްރާބު ހުރީ ރާޅުގަނޑު ސަރަހައްދަށެވެ. އޭނާގެ ދަބަސްވެސް ތެމެމުން ދިޔައެއް ކަމަކު އޭނާ އެކަމާ އަޅައި ނުލީ މާ މުހިއްމު އެއްޗެއް އޭގާ ނެތީމައެވެ. 5 މިނެޓު ވަރު ހިނގާލިތަނުން އެހިސާބަށް ނީރާއަށް ދެވުނެވެ. އޭނާ ލައިގެން ހުރި ކަޅު ގަމިސް ވަނީ ގައިގާ ހިފާފައެވެ. އެ ރީތި ހަށިގަނޑުގެ ބައްޓަން ހާމަވަމުން ދިޔައެވެ. ނީރާ ގޮސް ފާރުމަތީ އިށީނެވެ. ބޮޑެތި ރާޅުތަށް ބާރު އަޑާއި އެކު ބިންދަމުން ދާތަން ބަލަން އިނެވެ. އެ މާސިންގާ ކަނޑަށްވެސް ވާރޭ ތިކިތަށް ޖަހަމުން ދާއިރު ފެންނަލެއް ވަރަށް ރީއްޗެވެ. ނީރާ ދެފަރާތަށް ބަލާލިއިރު ތަންކޮޅެއް ދުރުގައި ބައެއް މީހުން އުޅެމުން ދާތަން ފެނެއެވެ. އެއްބައި މީހުން ސާރފް ބޯޑް ހިފައިގެން މަގުމައްޗާއި ދިމާލަށް ދާތަން ފެނެއެވެ. ނީރާ އަނެއްކާވެސް އޭނާގެ ނަޒަރު ހުއްޓާލީ ރާޅުތަކަށެވެ. މިހެން އިންނަ ވަގުތު މަންމައާއި ބައްޕަ މަތިން އޭނާ ވަރަށް ހަނދާންވެއެވެ. ލޮލުން ކަރުނަތަށް އަނެއްކާވެސް އަންނަން ފެށިއެވެ. ބައެއް ފަހަރު ޖެހޭ މަޑު ފިނި ރޯޅިން ހީކަރުވައިގަނެއެވެ. އަދި ލޯލިތަށް ކޮޅަށް ޖެހެއެވެ. ނަމަވެސް އެތާކުން ދާކަށް ނީރާ ގަސްތެއް ނުކުރިއެވެ. ގެއަށް ދިޔަޔަސް ވާނީ އެކަނިވެރިވެއެވެ. އެހެންވީމާ ތަފާތަކީ ކޮބައިތޯ އޭނާ ހިތާ ހިތުން ސުވާލުކޮށްލިއެވެ.
ނީރާ ހިތާއި ދައްކަންޖެހޭ އެތަކެއް ވާހަކަތަކެއް އެބަހުއްޓެވެ. މިހާރަކަށް އައިސް ހިތުގެ އެދުންތަށް ފެނި އާޝޯހުވެއެވެ. ނީރާއަށް ހީވެފައި އޮތީ ނީރާ ގެ ކުޑަ ކުޑަ ހަރަކާތަކުން ޝާއިން ހިތްހަމަނުޖެހުނީކަމަށެވެ. އެހެންވެ ނީރާ ދޫކޮށްލާފައި ދިޔައީކަމަށެވެ.
” އޭ ހިތާއެވެ. އަހަރެން ލައްވަ ކުރުވަން ތިއުޅެނީ ކޮންކަމެއްހެއްޔެވެ؟ ތިޔަ ދެނީ ކޮންކަހަލަ ސިގްނަލްތަކެއް ހެއްޔެވެ؟ އަނެއްކާވެސް އަހަރެން……. ނޫން.. އެހެންވިޔަކައެއް ނުދޭނަން.. ދެވަނަ ފަހަރަކަށް އެ ލޯބީގެ ކުޅިގަނޑަކު ނުޖެހޭނަން..ލޯތްބަކީ އެއްވެސް އެއްޗެއް ނޫން.. މީހުން ނިކަމެތި ކުރާ އެއްޗެއް ބަލި ކަށި ކުރާ އެއްޗެއް..” ނީރާ ހިތާހިތުން އެހެން ކިޔާލިއެވެ. އޭނާ ލޯމަރާލިއެވެ.
“ދިލް… ސަނބަލް ޖަ ޒަރާ.. ފިރް މުހައްބަތު ކަރްނޭ ޗަލާހެ ތޫ…”
(އޭ ހިތާއޭ ހަމަޖެހޭށެވެ. އަނެއްކާވެސް ލޯބި ވާން ތިއުޅެނީ..)
“ދިލް…. ޔެހި ރުކް ޖަ ޒަރާ… ފިރް މުހައްބަތު ކަރްނޭ ޗަލާހެ ތޫ..”
(އޭ ހިތާއޭ މަޑުކުރާށެވެ. އަނެއްކާވެސް ލޯބިވާން ތިއުޅެނީ..)
ދެން އިވިގެން ދިޔައީ ނީރާގެ ވޭނީ ގިސްލުމުގެ އަޑެވެ. މާޒީ ހަނދާންވާން ފެށިއެވެ. ރަޔާން މަތިން ހަނދާންވާން ފެށިއެވެ. ރަޔާން އާއި އެކު ހޭދަ ކުރެވުނު މަދު ދުވަސްކޮޅުތަށް މަތިން ހަނދާންވިއެވެ. އޭނާ ރަޔާންއަށް ޓަކައި ނުކޮށްދެނީ ކޮންކަމެއްހެއްޔެވެ؟ އޭގެ ބަދަލުގައި އޭނާއަށް ލިބުނީ ކޯޗެއްހެއްޔެވެ.؟
“ކީއްވެ؟؟ ކީއްވެ؟؟ ރަޔާން ދިން އަނިޔާ ކުޑައީތަ އަނެއްކާވެސް ތި ކުޅިވަރުގަނޑު ފެށީ.. ހަނދާންނެތުނީތަ؟؟ ރަޔާން ދެކެ ލޯބިވަމުންނެއްނޫންތަ އައީކީ؟؟ ދެން މިހާރު ތީ ކޮންކަމެއް..؟؟ ކީއްވެ ތިހެން ތިހަދަނީ… ކިތަންމެ ޓްރައި ކުރިޔަސް ދެނެއް އަހަރެންނެއް ލޯތްބެއް ނުވާނަން.. މީ ލޯތްބެއް ނޫން.. އަހަރެން ލޯބިވީ ހަމައެކަނި ރަޔާން ދެކެ.. އޭނާއަށް ކުރި އިންތިޒާރު ނިމުނުކަމުގައިވިޔަސް އަދިވެސް އަހަރެން ލޯބިވަނީ ރަޔާން ދެކެ.. ދެން ކީއްކުރަން ޝައިން.. އެވެސް ޝައިންއަށް……” ނީރާ އަމިއްލައަށް ވާހަކަދައްކަމުން ދިޔައެވެ. އޭނާގެ އަޑު ބެދުނެވެ. ހިތާއި ދެކޮޅަށް އެތަކެއް ވާހަކަތަކެއް ދައްކަމުން ދިޔައެވެ. ސިކުނޑިއާއި އެއްބައިވަމުންނެވެ.
ނަމަވެސް އޭނާއަށް ނޭނގޭ ކަމަކީ އޭނާއަށް ހަޤީޤަތުގައި ލޯބިވެވިފައި ވަނީ ޝާއިންދެކެ ކަމުގައިއެވެ. އޭނާއަށް ވަނީ ލޯބިވެވުނު މީހާ އޮޅިފައެވެ. ލޯބި އޮޅިފައެވެ. ހިތްގޮވާ ފަރާތް އޮޅިފައެވެ. ހިތުގައި ލިޔެފައިވާ ނަން އޮޅިފައެވެ. ޝާއިންއަށްޓަކައި އުފެދިފައިވާ އަދި އުފެދެމުން އަންނަ އިހްސާސްތަކާއި މެދު އޭނާ ޝައްކުކުރިއެވެ. އެއީ ލޯތްބެއްނޫން ކަމުގައި ބުނަމުން އައެވެ. އޭނާގެ ހިތުގައި ޝާއިންއަށް ދެވިފައި އޮތް މަގާމުގައި އަދި ޝާއިންއަށްޓަކައި ކުޑައިރުންސުރެ ދިއްލިފައި އިން ލޯބީގެ ހުޅުކޮޅުގައި “ޖަސްޓް ފްރެންޑްސް” ގެ ނަން ބޯޑް އަޅުވާލީ ހުދު އަމިއްލައަށެވެ. ރަޔާން އާއި އެކު ވަފާތެރިކަމުގައި ގުޅުނުކަމުގައިވިޔަސް ރަޔާން ދެކެ އޭނާއެއް ލޯތްބެއްނުވެއެވެ. އެއީ ވަހުމެކެވެ. އޭނާއަށް ހީކުރެވުނު ހީކުރެވުމެކެވެ. ނަމަވެސް އޭނާ ގަބޫލު ކުރަނީ އެއީ ލޯބި ކަމުގައެވެ. ދެތިން ފަހަރަކު ރަޔާން ރީތި ކަމާއި މެދު ވިސްނާލުމަކުން އެއީ ލޯތްބެއް ނޫނެވެ. ރަޔާން ރަނގަޅޭ ބުނަމުން ދެތިން ފަހަރު ތައުރީފް ކޮށްލުމަކީ ލޯތްބެއް ނޫނެވެ. ރަޔާން އާއި އެކު ކުޑަކޮށް ނަމަވެސް އުފަލުގައި އުޅުނު ކަމުގައިވިޔަސް އެއީވެސް ލޯތްބެއް ނޫނެވެ.
މިހާރުގެ ކުދިން ކިޔާހެން ‘ލަވް އެން ލައިކް’ އަކީ ތަފާތް ދޭއްޗެކެވެ. ދެ އިހްސާސްއެކެވެ. ނީރާއަށް ވަނީ ރަޔާންދެކެ ލައިކްވެފައެވެ. ލޯބިވެވިފައެއެއް ނޫނެވެ. ލޯބީގެ ހަޤީޤީ އިހްސާސް އޭނާއަށް ވަނީ ހަމަ ރަނގަޅަށްވެސް އޮޅިފައެވެ. ނޫނެކެވެ. ހަމައެކަނި ނީރާއަކަށް ނޫނެވެ. މިހާރު އުޅޭ ގިނަ ކުދިންނަށް ވެސް ވަނީ އެވަރެވެ. ދެތިން ފަހަރަކު ކުއްޖެއް ރީތިކަމާއި މެދު ހިތަށް އަރާ އޭނާ ރަނގަޅުކަމާއި މެދު ވާހަކަދައްކާލުމުން އެވީ ލޯބިކަމަށް އެމީހުންނަށް ވަނީ ހީވެފައެވެ.
ލޯތްބަކީ އަޅާލުމެވެ. ޝާއިން ދޭފަދަ އަޅާލުމެވެ. އޯގާތެރިކަމެވެ. ޝާއިން ދޭފަދަ އޯގާތެރިކަމެވެ. އަނެކާއަށް ދޭ ހުރިހާ އުފަލެވެ. ޤުރުބާނެވެ. ތިމާގެ އުފަލަށް ކޮށްދޭ ކަންތައްތަކެވެ. މިހެން މިހެން ގޮސް ހުރިހާކަމެކެވެ. ހަޤީޤީ ލޯބިވެވުމުން އެކަން އިނގޭނެއެވެ.
“ތިމާގެ ލޯބި ހައްޤު ނޫން މީހަކަށް ދެވުމުން ލޯބި ވަރަށް ބަލިކަށިވާނެ.. ލޯބި ދޭ މީހާއަށް ވޭންތަކެއް ލިބެންފަށާނެ.. ދެރަތަކެއް ލިބެން ފަށާނެ. ލޯބި އެ ލަފްޒަށް ނަފްރަތު ކުރެވެން ފަށާނެ.. ނަމަވެސް ލޯތްބަކީ ވަރަށް ފޮނި އިހްސާސް އެއް. ދިރިއުޅުމަށް އުފާވެރިކަން ގެންނަ އެއްޗެއް.. އެކަން ވާނީ ތިމާގެ ލޯބި ހައްޤު ފަރާތަކަށް ދެވުމުން.. ހިތް ގޮވާ ފަރާތަށް ދެވުމުން. ..” ނީރާ ފަހަތް ބަލާލީ ފިރިހެނަކު ވާހަކަ ދެއްކި އަޑަށެވެ. ވާރޭ ތިކިތަކުގެ ތެރެއިން އެމީހަކު ފެނުނީ ވަރަށް ފުސްކޮށެވެ. ނީރާ ލޮލުގައި ހުރި ކަރުނަތަށް ފޮހެލިއެވެ. އޭނާގެ ލޯ އިނީ ރަތްވެ ދުޅަވެފައެވެ. ނީރާ އެމީހާއާއި ދިމާލަށް ރަނގަޅަށް ބަލާލިއެވެ. އެއީ 30 ގެ އުމުރުތަށް ގުނަމުން އަންނަ މީހެއްހެން ހީވެއެވެ. އޭނާ ހުރީ ކުޑައެއް ހިފައިގެންނެވެ. ހިނިތުންވެފައި ހުރިއިރު ވަރަށް ހިތްހެޔޮ މީހަކާ ވައްތަރެވެ. ނީރާ އިސްޖަހާލިއެވެ. އަދި ކުރިމަތިބަލާލިއެވެ. ނުދަންނަ މީހުންނާއި ވާހަކަދައްކާ ހެދުމަކީ ނީރާގެ މިޒާޖެއްނޫނެވެ. އެމީހަކު އައިގޮތަށް އައިސް ފެށި ވާހަަކައަކުން ނީރާ ހުރީ ހައިރާންވެފައެވެ. އޭނާއަށް އިނގުނީ ކިހިނެއްބާއެވެ.؟
“ކުޑަކޮށް ވިސްނާލާނަމަ އަދި ހިތް ގޮވާ ގޮވުން އަޑުއަހާލާނަމަ އިނގިދާނެ…” އެމީހާ ހިނިތުންވުމަކާއި އެކު އެހެން ބުނެލުމަށްފަހު އެތަނުން ދިޔައެވެ. އިތުރު އެއްޗެއް ނީރާއަށް ބުނުމުގެ ފުރުސަތު ނުދީއެވެ. ނީރާ ވިސްނަމުން ދިޔައެވެ. އޭނާ ބުނި ކޮންމެ ލަފްޒަކާއި މެދު ވިސްނާލިއެވެ. ނަމަވެސް އެއަކުން އެދެވޭ ޖަވާބެއް ނައެވެ. އޭނާ ދެފަރާތަށް ބޯ ހޫރާލިއެވެ. “އަހަރެން ޝާއިން ދެކެ ލޯތްބެއް ނުވޭ… އެއީ ހަމައެކަނި އަހަރެންގެ ބެސްޓީ.. މި ހިތުގައި އޭނާއަށް ދެވިފައި އޮތް ހަމައެކަނި މަޤާމަކީ އެއީ..” ނީރާ މަޑުމަޑުން އެހެން ބުނެލިއެވެ. އޭނާއަށް ހަމަ ނޭނގެނީހެއްޔެވެ؟ ހިތް ގޮވާ ގޮވުންތަށް ނީވެނީހެއްޔެވެ؟ އިވޭނަމަ އެހެނެއް ނުބުނާނެއެވެ. ހިތުގެ ގޮވުންތަށް އިވުމަށްވުރެ ބޮޑަށް އޭނާ ވަނީ ސިކުނޑިން ވިސްނޭ ކަންތަކަށް އަހައްމިއްޔަތުކަން ދީފައެވެ. އަނެއްކާވެސް ހިތަށް ބަރޯސާ ވެގެން އުޅޭކަށް އޭނާ ބޭނުމެއް ނުވެއެވެ. އޭގެ ހިތި ނަތީޖާއޭނާއަށް ލިބުނެވެ.
ވާރޭ ދިޔައީ ބޯ ކުރަމުންނެވެ. ނީރާ އެތާ އިންނަތާ ބައިގަޑިއިރަށް ވުރެ ގިނަވާނެއެވެ. ގެއަށް ދާކަށް އޭނާ ބޭނުމެއް ނުވެއެވެ.
——-
“އަނހަ.. ދަރިފުޅާ.. ތިހިރީ މުޅިން ތެމިފައެއްނު.. އަވަހަށް ދޭ އެއްޗެހި ބަދަަލުކޮށްލައިގެން އަންނަން.. މަންމަ ކޮފީއެއް ހަދައިދޭނަން..” އާޝިޔާ ގެއިން ވަދެގެން އައި ޝާއިން ފެނި އެހެން ބުނެލިއެވެ. ޝާއިން ބޯ ޖަހާލުމަށްފަހު ކޮޓަރިއާއި ދިމާލަށް ދާން ސިޑިތަކަށް އަރަމުން ދިޔައީ ތަންކޮޅެއް ބާރަށެވެ. އާޝިޔާ ހައިރާންވެފައި އެ ދިމާ ބަލަން ހުރެވުނެވެ. ނަމަވެސް ދެވަނަ ސިކުންތުގައި ހަލުވިކަމާއި އެކު ބަދިގެއަށް ދިޔައީ ޝާއިންއަށް ކޮފީއެއް ގިރައިދިނުމުގެ ބޭނުމުގައެވެ. ގޭގައި ކެއްކުމަށާއި ސާފުކުރުމަށް ނޯކަރުން ގެންގުޅުނެއްކަމަކު އާޝިޔާވެސް މަސައްކަތްކުރެއެވެ. އެމީހުންނަށް އެހީވެދެއެވެ.
ޝާއިން ފެންވަރާލައިގެން އައިސް ނޫކުލައިގެ ޓީސާތަކާއި ކަކުލާއި ހަމާލަށް އަރާ ކަޅު ސޯޓެއްލިއެވެ. އިސްތަށިގަނޑު ކުޑަކޮށް ހިއްލާލިއެވެ. އޭނާ ކުޑަކޮށް ހިނިތުންވެލިއެވެ. އޭނާގެ މޫޑް ކުރިއަށް ވުރެ ރަނގަޅު ވީ ސިކުނޑިއަށް އައި ހިޔާލެއްގެ ސަބަބުންނެވެ. ނީރާ ހުންނާނީ ޝާއިންގެ އެ ހަރަކާތުން ހިތްހަމަ ނުޖެހިފާކަން އޭނާއަށް ހީވިއެވެ. އެހެންކަމުން ސިކުނޑީގައި ރަނގަޅު ބަހަނާއެއް ތައްޔާރުކޮށްލީ ނީރާ އެކަން ގަބޫލުކުރާނެކަން އިނގޭތީއެވެ. ދޮގު ހެދުން ރަނގަޅެއް ނުވާނެކަން އޭނާއަށް އިނގެއެވެ. އަދި ހަމަ އެއާއި އެކު ދޮގު މާ ގިނަ ދުވަހަކު ނުހިފޭއްޓޭނެކަން އޭނާއަށް އިނގެއެވެ. ނަމަވެސް ވަގުތީ ހާލަތު ރަނގަޅު ކުރުމަށްޓަކައި އޭނާ މިއަދު ދޮގުހަދަން ނިންމިއެވެ. ޝާއިން ކޮޓަރިން ނިކުމެގެން ދިޔައީ ހިނިތުންވުމަކާއި އެކުގައެވެ.
“ފާތޫ…. ހެހެހެހެ” ސިޑިން ފައިބަމުން އައި ޝާއިން އެގޭގައި ގެންގުޅޭ ނޯކަރު ފާތުމަތު އަށް ގޮވާލިއެވެ. އަދި ހެމުން ހެމުން ބަދިގެއާއި ދިމާލަށް ދިޔައީ އޭނާ އެތާހުންނާނެކަން އިނގޭތީއެވެ. ފާތުމަތު އަކީ ރާއްޖެތެރޭ މީހެކެވެ. ބިކަހާލުގައި ޖެހިފައި ހުއްޓާ މިގެއަށް އޭނާ ގެނައީ އަކްރަމްއެވެ. ފާތުމަތު އެއީ އެގޭގައި އެންމެ ގިނަ ދުވަހު މަސައްކަތް ކުރި މީހާއެވެ. އޭނާއަކީ އުމުރުން 45 އަހަރުގެ މީހެއްކަމުގައި ވިޔަސް މަސައްކަތް ކޮށްލާލެއް ވަރަށް ހަލުވިއެވެ. އޭނާއަކީ އެތަށް އަހަރަކު ކުރިންސުރެ މިގޭގައި މަސައްކަތް ކުރަމުން އަންނަ މީހެއްކަމުން އާޝިޔާ އަކްރަމު އަދި ޝާއިންވެސް އޭނާ ދެކެ ވަރަށް ލޯބިވެއެވެ. ފާތުމަތު ޝާއިން ދެކެނީ އަމިއްލަ ދަރިއެއްގެ ގޮތުގައެވެ.
“މިކުއްޖާ ނުވާނެ ބަދަލެއް.. އެ ބުނީނު ފާތޫ އޭ… މިހާރު މިހިރީ މުސްކުޅިވެފައޭ.. ތިކަހަލަ ނަންނަމެއް ގޮވާކަށްވެސް ނުވާނެއެއްނު” ޝާއިން އައިސް ފާތުމަތު ކައިރިއަށް ހުއްޓުމުން ޝާއިންގެ ކަންފަތުގައި ހިފާލަމުން ފާތުމަތު އެހެން ބުނެލިއެވެ. “އައުޗް..ހަހަހަ އެކަމަކުވެސް ތީ ހަމަ އަޅުގަނޑުގެ ފާތޫ އެއް..” ޝާއިން އެހެން ބުނެލީ ދުރުގައި ޝާއިންގެ ކޮފީތަށި ހިފައިގެން ހުރި އާޝިޔާއާއި ދިމާލަށް ދަމުންނެވެ. އާޝިޔާ ހުރީ ކުޑަކޮށް ސިހިފައެވެ. ޝާއިން ވަދެގެން އާއިރު ހުރިގޮތާއި މިހާރު ހުރިގޮތް ވަރަށް ތަފާތެވެ. އާޝިޔާ ސިއްސައިގެން ދިޔައީ ޝާއިން އައިސް އޭނާގެ އަތުން ކޮފީތަށި ނެގުމުންނެވެ. ލުއި ހިނިތުންވުމެއް ރައްދުކޮށްލީ އެކަން ނުދެއްކުމަށްޓަކައެވެ. “ދެން ބުނެބަލަ..ކީއްކޮށްލަދޭންވީ…؟” ފާތުމަތު އެހެން ބުނެލިއެވެ. “އަޅުގަނޑުގެ ހުންނާނެ ދެންމެ ތެމުނު ގަމިސްއާއި ފަޓްލޫން.. ހަނދާން ނެތުނީ ގެންނަން.. އޭތި ދޮވެލަންވީނު.. އޭރުން ފަސޭހަވާނެ..” ޝާއިން އެހެން ބުނެލީ ކޮފީތަށި ހިފައިގެން ބަދިގެއިން ނިކުންނަމުންނެވެ. “ދައްތާ.. އަޅުގަނޑު ކިތަށް ފަހަރު ބުނާނީ ޝާއިން ގާތު ‘އަޅުގަނޑު” ކިޔައިގެން ވާހަކަ ނުދައްކާށޭ… އެކަމަކުވެސް އޭނާ ހަމަ ހުއްޓައެއްނުލާ..” ފާތުމަތު އާޝީޔާއާއި ދިމާލަށް ބަލާލަމުން އެހެން ބުނެލިއެވެ. “އެދެން މައްސަލައެއްނޫނޭ ފާތުން.. އޭނަވެސް ކިހާ ލޯބިވޭ ފާތުން ދެކެ.. ހަމަ މަންމައެއް ގޮތުގައި ދެކެނީ..” އާޝިޔާ ހީލަމުން އެހެން ބުނެލިއެވެ. ފާތުމަތު ހިނިތުންވެލުމަށްފަހު ބަދިގެއިން ނިކުމެގެން ދިޔައީ ޝާއިންގެ ކޮޓަރިއަށެވެ.
ޝާއިން ކޮފީތަށި ބޮއެ ނިންމާލުމަށްފަހު އަވަސް އަވަހަށް ގެއިން ނިކުމެގެން ދިޔައީ ނީރާގެ ގެއަށް މިޝްރާބުޖެހުމަށެވެ. ނީރާ ކުރިން އޭނާގެ މަންމަމެންނާއި އެކު އުޅެމުން ދިޔަ ގެ ކުއްޔަށް ދިނުމަށްފަހު އޭނާ އެގެޔާއި ކައިރިން ވަކިން އެޕާޓްމެންޓެއްގައި އުޅެންްފެށިއެވެ. އެހެންކަމުން ފުރަތަމަވެސް ޝާއިން ނީރާމެންގެ ގެ ހުރަސްކޮށްލީ އެގެއާއި ދިމާ ބަލާލަމުންނެވެ. އެގޭގައި ޝާއިން އާއި ނީރާގެ އެތަކެއް ހަނދާންތަކެއް ވަނީ ގުޅިފައެވެ. ހަމައެއާއެއެކު ނީރާގެ މަންމަ ރާބިޔަތު އަދި ބައްޕަ އަޝްފާޤް ގެވެސްމެއެވެ. ޝާއިން ނީރާ އުޅޭ ތަނުގެ އިމާރާތަށް މަޑުކޮށްލުމަށްފަހު އަވަސް ފިޔަވަޅުތަކެއްގައި އެތެރެއަށް ވަނެވެ. އޭރުވެސް ވާރޭ ތުނި ނުކޮށްލައެވެ.. ބޯ ވިލާގަނޑެކޭ ޝާއިން ހިތަށް އެރިއެވެ.
އިމާރާތުގައި ހަދާފައި އިން ލިފްޓަށް އަރައި 5 ވަނަ ފިތަށް ފިތާލިއެވެ. އަދި އިރުކޮޅަކު ހުރެލީ ލިފްޓް 5 ވަނަ ބަޔާއި ހަމާލަށް ދަންދެންނެވެ. ލިފްޓް ހުޅުވުމާއި އެކު ދެއަތް ޖީބަށް ލައިގެން ހުރެ ޝާއިން ނީރާ އުޅޭ އެޕާޓްމެންޓާއި ދިމާލަށް ދިޔައެވެ. އޭރު އޭނާގެ ހިތް ވަރަށް ބާރަށް ތެޅެއެވެ. ދޮރުކުރިމައްޗަށް އެރުމަށްފަހު 3 ފަހަރު ބެލް ޖަހާލީ އަބަދުވެސް އެހެން ހަދާތީއެވެ. އެއީ ޝާއިންކަން އަންގައިދިނުމުގެ ގޮތުން އަބަދުވެސް ކުރާކަމެކެވެ. ނަމަވެސް ނީރާ ދޮރެއް ނުހުޅުވިއެވެ. އެތަށް އިރަކު އެތާ ހުރެ ބެލް ޖެހިއެވެ. އޭނާގެ ހިތް ނުތަނަވަސްވާންފެށިއެވެ. މިއޮށް ވިއްސާރައިރު ނީރާ އެދިޔައީ ކޮންތާކަށް ބާއެވެ. އެންމެ ފަހުން ޝާއިން ދޮރު ކައިރި އިން މާ ވަށިގަނޑު ހިއްލާލީ ޑަބަލް ކީ އިންތޯއެވެ. އެމަޖެންސީގައި ބޭނުންކުރުމަށްޓަކައި ނީރާ އަބަދުވެސް ޑަބަލް ކީ ބައިންދާ ތަނަކީ އެއީއެވެ. ނަސީބަކުން ޑަބަލް ކީ އޮތެވެ. އެހެންކަމުން ތުރު ތުރު އަޅާ ހާލު ޝާައިން ތަޅުދަނޑި ލައްވާލަމުން ދޮރު ހުޅުވާލިއެވެ. އެއީ ކުޑަ ސިޓިންގް ރޫމްއަކާއި ބަދިގެ އަދި ކޮޓަރިއަކާއި އެކު ބެލްކަނީއެއް އިންނަ ކުޑަ އެޕާޓްމެންޓެކެވެ. ނަމަވެސް އެންމެ މީހަކު އުޅެން ވަރަށް ހިތް ފަސޭހަވާނެއެވެ. އެޕާޓްމެންޓް ގެ ސާފްކަމާއި ރީތިކަމާއި މެދު ހިތާހިތުން ނީރާއަށް ތައުރީފް ކޮށްލެވުނެވެ. ނީރާއަކީ ރީތި ކަމުގައި އެއްވަނަ ވެފައި ގެވެހި އަންހެންކުއްޖެއް ކަންވެސް މިތަން ބަލާލި ކޮންމެ މީހަކަށް އިނގޭނެއެވެ.
އެހާބޮޑު ކޮޓަރިއެއްނޫނަސް ކުޑައެކޭވެސް ނުބުނެވޭނެއެވެ. ދެމީހުންނަށް ނިދޭވަރުގެ ބޮޑު އެނދަކާއި އަލަމާރިއެއް ހުއްޓެވެ. އަދި ޑްރެސިންގް ޓޭބަލްއެއްވެސް ހުއްޓެވެ. ނީރާގެ ކޮޓަރީގައި ވަށައިގެންވާ ފާރުތަކުގައި ވަނީ އޭނާގެ އާއި އޭނާގެ މަންމައާއި ބައްޕަގެ ފޮޓޯތަކެވެ. އޭގެން އެއްބައި ފޮޓޯތަކުގައި ޝާއިންވެސް ހުއްޓެވެ.
ޝާއިން “ނީ” އޭ ކިޔަމުން އެ ކުޑަ އެޕާޓްމެންޓް ހޯދާލިއެވެ. ނަމަވެސް ނީރާއެއް ނެތެވެ. ޝާއިންގެ ހިތް ނުބައި ގޮތަކަށް ތެޅެލިއެވެ. ނީރާ އެދިޔައީ ކޮންތާކަށް ހެއްޔެވެ؟ ޝާއިންގެ ނަޒަރު ދެން ހުއްޓުނީ ބެލްކަނީއަށެވެ. އަދިވެސް ވާރޭއެއް ނުހުއްޓައެވެ. ނީރާ ގެއަށް ނައިސް އެ ދިޔައީ ކޮންތާކަށް ހެއްޔެވެ؟ ޝާއިން ނީރާގެ އެޕާޓްމެންޓް އިން ނިކުންނަމުން ނީރާގެ ނަމްބަރ ޑައިލް ކޮށްލިއެވެ.
-ނުނިމޭ- 🙂
25 Comments!
Comments are closed.
hey guys hre is the nxt prt.. hwp u al wil lyk it.. nxt prt vx in sha allah 3 days fahun.. enjoy.. thnkx fr readin 😉 😉
Heyyyyy….. Wowww… e kn firiheneh 30 ge?? =_=
Heheh mi part vs hama bst… faathuma eyyyyyy “_” hahahahaha lol
Btw 3 days dw anekkaa vs… ok will wait.. luv u n miss u…. tc thuths
Haadhalahun
nice ingey ryn.. varah kiyaa hithun hutta e nimuny.. keep it up
wowwww rynuuu .. jst wowww .. varaaaah rythi .. haudhahahyey rythi 😛 hehehehehehe .. varaaaaaaaah salhi .. alheyyy nee vess dhw dhn .. lai hithah araa nee haadha moya eyy .. goss bunefaanamaey moyayaaa e ee frndship eh nooney e ee loehbey 😛 .. asluvess hehehehe …hama v rythi ingey mi part vess .. tc .. miss u bodu koh .. hehe love u … my rynuu 😛 hehehe bye 😉 🙂 😀 😉 <3 🙂 🙂 😀 😉
Likesssssss veryyyyyy muchhhhh
Rynnnnnn…v v vvv nice mi part vx…..nee kaariah aee kaakubaa n nw neee kbr baa???hop she iz fine…shain plx find her ..hehehe…..nee v moya dhw..she luvs shain bt neyngey……v nice mi stry n sngs vx..kyp it up rynnn……nxt prt kn irakun???nw vrh kiyaa hiyy veyba………
Varah reethi.. But maa lahun thi up kuranee.. Thankolheh avahah upon koh dheeba plx plx
V v nice next part vx thankolheh avas kohdhyfa dhigu koh up kohdhybela vvvvvvvvvvvvv nice
Rynnnnn v nice story v rowmentic vaane hen hyvey
shain haadha care kurey dw…….
nee ah alhe realixe vaanama shain dheke loabivaakan………
ryn..stry is awsome.
Wow wow wow stryyyyy vrh vrh vrh reethiiiiiii???ur r the best ryn ?..waiting for the next part??????????
pis PiS reenaa meedhn vaahakaeh? huvaa mibuny haadha huthurey mivaahaka…ladhun boa halaaku… mi site ga noolheyey vaahaka liyaane meehun madhuvegeneh immy r 2myhunvgn dhivehi bahah thi huthuru aruvany…
loaibaky koba?mihar ulhey Gina kudhinnakahvz neyge eu koacheh kameh, anekkkavz loaibaky blah blah… liyaane ehchehi nethign vaahaka dhigu kuran vgn liyey nuliyey ehvz neyge. 1part in 1day ge 1moment vz nuninmmey, adhivz e vaarey gandu vaahaka nunimey…PiS PiS bodu varu dhen… dhen adhi manma vz loabi vandhw ey? manmage kushaky anhenakah vun dhw ey? meevz vaahaka eko, saaabass hama, mee suvaalu mubaaraatheh Tha alhe? thee ryn hehyeve? alhe reenaa dhw eve? hahahaha plz go n get a life reenaa… I knw ehvz meehakuvz perfect eh nuvaanekan btw amilla ah kiyaalymavz igeyne dhw meega kameh nuve haasaru bodu kan. grade 8ga ulhey kujjakahvz miahvure Ragalhah dhivehi ibaaraaiyy kuran igeyne… if yu don’t know hw to write, 1st learn before yu spoil dhivehi basss 🙂
eyyyy saaraa thi varah molhunama amih layah story eh liyeba .. ehen meehunge story ah faadu nukiye..and ryyn ge story thah hadi nama nukiyaathi..we love her stories alot… she is a good writer…. and shaaraa ryyn ah vurenn molhunama nikan story eh liye ba… ravu vx mi esfiya in hadi story thah kiyann .. but neenaane dhuvahaku vx hadi ey kiyaafa comment eh kohfaa… i hope saaraa ge story eh vx fenne kamah mi esfiya in…goodluck…
fennaane*******
Saaraa akee kaaku kamatha heekuree??dhivehi adheebetha thee????
n btw…. ryn’s real name is nt reena… u asked a ques… “alhe reenaa dhw eve?” e suvaalu ge ans akee “eii reenaa eh nooneve….” aaii bolheh… vrh foni velaafa hithah erihaa ehcheh liyelaafa nubaikh nam vx liyefa… hahaha…. thi hiree ingifa eyy…. 😛
alheyy ryyn next part avahah up koh dhehchey.. v v v kiyaa hithun hutta e nimunyyy…and v v v reethi mi part vx…avahah up koh dheythi…i love this story….miss u ryyn
ey ravupinky hadiey kiyaafa comment nukurun ei theenage mahsala eh dhw… saaraa ah hama ibaaraaiyy kurun n haasaru gandu dhigu kamun hama hadi veema mii comment kury. n bydaway itz my 1st comment mi site ga, negative viyass positive viyass… 😀
congrats first commnet ah viyya. bt i wud like to say u had a bad starting my dear saaraa. next time remember to start with a positive thought. 😉
saaraa haadha fonyey dhww… thimaa ah thimaa fenifa thi hiree…. ryn ge stry hama bxt… masssala othee saaraa ge…. ngtive cmnts liyaa hiyy vias thee bodu varu…. ngtive cmnts liyunas hadi huthuru koh ingenee vx ehchekey liyan… ngtive cmnt eh vias reehchah liyeveyne dhww… heevaneee thimaa meehaa thee vrh molhah v]stry liyaa meeheh hn….
thee vrh molhu meehh vyya alhe stry eh liyeba… immy hunnaanan balan….
ehn meehun ge stry ga immy ey kiyaagen ngtive cmnts nu liye immy ge stries ga immy ey kiyaign beynun haa ehcheh kiyaa bala…. n thibunee mi site ga 1st cmnt ey… eii maa molhu kmh dhww vrh foni velaafa furathamainun vx ngtive cmnteh…. molhu meeheh thee….
wow
Kuda kuda mistake ebahuri vaahaka ibaaraayyi kurumuga ryn bt if u try u can inprove it..saara ah bunelan oti ryti gotga faadu kiyaashey..saaraa ves mamma bandun are iru twk kuraakah neyge dhivehin e dhn dhivehi bahah hadi kurunta..ryn ves eynage huri varakun e talent e dhahkuvaa dheni..i really proud of her ryn ge stry tah mi site ga ehme ryti..n i luv her n her stories..kudakon sifa kurumuge bai improve kohlaafa amilla nafsaa dhahka vaahakatah madhu kohlima vaahakatah adhi maa furihama vaane.adhi ibaraayyi kurun gud kohla..u ar best ryn☺
thnkx all
rynn… stry is prfct… miss u n tc