Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ތީ ފުރާނައިގެ ދިރުމޭ މަގޭ (5)

Immy Level 210 Stories100 Comments
December 29, 2015 5 Mins Read
17 Comments

ނަމަވެސް ކުރާނީ ކީއްހެއްޔެވެ. އޭނާއަށް އެހެން އެ އޮތީ ބުނެވިފައެވެ. ބުނި އެއްޗެއް އަނބުރައެއް ނުގެނެވޭނެތާއެވެ. އެހެން ނޫނަސް އެނޫން ގޮތެއް ރީޝާ އަކަށް ހަމަ ނެތެވެ.

 

އޭނާ އަށް އަނެއްކާވެސް ރައުހާ އާ ވާހަކަ ދެއްކުނު ގޮތް ހިތަށް އަރާފައި ރޮވެން ފެށުނެވެ. އޭނާ ކުރާނީ ކީއްހެއްޔެވެ؟؟ ރައުހާ ވެސް ހިިތަށް އަރާނީ ކީކޭ ހެއްޔެވެ. މީ ރީޝާ ދުވަަކުވެސް ރައުހާ އާ ވާހަކަ ދެއްކި ގޮތެއް ނޫނެވެ. އެހެނަސް ތަޤްދީރުގެ ނިޔާ އެކަކަށް ވެސް ބަދަލެއް ނުކުރެވޭނެތާއެވެ. ތަޤްދީރަކީ ވަރަށް ވެސް ފާޑެއްގެ އެއްޗެކެވެ. ތިމާ އަށް ހިޔާލަށް ވެސް ގެނެވިފައި ނުވާވަރުގެ ބޮޑު ތޫފަނެއް ހިތަށް ވެސް ނާރަ ހުއްޓައި ދިރިއުޅުމަށް ވަދެދާނެއެވެ.

 

މީހުން ބުނާތީ ރީޝާ އަހައެވެ. އަޑިގަނޑަކަށް ފަހު އުސްގަނޑެއް އަންނާނެއެވެ. އެހެނެއް ކަމަކު މި އަޑިގަނޑުން ދުވަހަކު އެރޭނެ ކަމުގެ ކުޑަވެސް އުންމީދެއް ރީޝާގެ ހިތުގައެއް ނެތެވެ.                    މިހާރު ރީޝާ ރޯން އޮންނަތާ ބައި ގަޑިއިރު ވަރު ވެދާނެއެވެ. ރީޝާ އަވަސް އަވަހަށް ގަޑި އަށް ބަލައިލިއެވެ. ގަޑިން ހަތް ގަޑި ބައި ވީއެވެ. ޑާންސް އަށް ދާން އޮންނަނީ އަށް ގަޑި ބައި ވާން ވާ އިރަށެވެ. އެހެނަސް ރީޝާ ގެ ފަރުވާލެއް ނެތެވެ. ރީޝާ އެއުޅެނީ ޑާންސް އަށް ދާކަށް ނޫނިއްޔާއެވެ.

 

ރީޝާ ބޭނުންވީ އޭނާ މިހާރު އެކުރަމުންދާ ހިޔާލު ތަކާއި ދުރުވެލާށެވެ. ނަމަވެސް އެކަން ކުރާނީ ކިހިނެއް ހެއްޔެވެ؟ ރީޝާ ގެ މަޤާމުގައި ކޮންމެ އަންހެން ކުއްޖަކު ހުރި ކަމުގައިވިޔަސް އެ ކުއްޖަކީ އެހެން މީހުންނަށް ހެޔޮ އެދޭ ފަރާތެއް ނަމަ ކަންތަށް ކުރާނީ ހަމަ ރީޝާ އެކަންތަށް ކުރި ގޮތަަކަށް ނޫންހެއްޔެވެ.

 

ރީޝާ ވަރަށް ވިސްނަ ވިސްނާފައި އެ ހިޔާލު ތަކާއި ދުރު ވެލާނެ ގޮތެއް ހޯދިއެވެ. އޭނާ ފިހާރައަކަށް ގޮސް އައިސް ކްރީމް ތަށްޓެއް ގަނެލިއެވެ. އަދި ރީނާ އަށް އައިސް ކްރީމް ތަށި ފެނިއްޖެއްޔާ ކާން ބޭނުންވާނެކަން އެނގޭތީ ރީނާ އަށް ވެސް ތަށްޓެއް ގަނެލިއެވެ. އަދި ރީނާ އަށް ވީ ތަށި އައިސް އަލަމާރި އަށް ލުމަށް ފަހު އޭނާގެ ތަށިން  އައިސް ކާން ފެށިއެވެ. އަދި ހަމަ ޖެހިލައިގެން އޮވެ އޭނާގެ ލެޕްޓޮޕުން އޮންލައިން ކޮށް ރީތި ފިލްމެއް ބަލަން ފެށިއެވެ. އަދި ކުރިއަށް ވުރެވެސް ބޮޑަށް ހަމަޖެހިލިއެވެ.

 

ރީޝާ ކުޑަކޮށް ސިހިގެން ދިޔައީ އޭނާގެ ކޮޓަރި ދޮރުގައި މީހަކު ވަރަށް ބާރަށް ޓަކި ޖަހާ އަޑަށެވެ. ރީޝާ އަވަސް އަވަހަށް އައިސް ކްރީމް ތަށި އަތަށް ލައިގެން ގޮސް ދޮރު ހުޅުވާލިއެވެ. އޭނާ ދޮރު ހުޅުިއިރު ކުރިމަތީ ހުރީ ކާކުކަން ނުފެނުނީ އެމީހަކު ރީޝާގެ ކޮޓަރީގެ ދާވަށިގަނޑު ދެ އަތުން ހިފައިގެން އެ މީހެއްގެ މޫނާ ދިމާލަށް ދާ ވަށިގަނޑު އިނީމައެވެ. ނަމަވެސް ރީޝާ ތިރި ބަލާލުމާއެކު އެމީހެއްގެ ފައި ފެނި އެއީ ރީނާ ކަން އެނގުނެވެ. ރީނާ އެ އައީ އޭނާ މަންމަ ބުނެގެން  ރީޝާ ގެ ކޮޓަރީގެ ދާ ވަށިގަނޑު ހިފައިގެންނެވެ. ރީޝާ ގެ މަންމަ ވަނީ  މީގެ އިރުކޮޅެއް ކުރިން އެއްޗެހި ދޮންނަން ވެގެން ރީޝާ ގެ ކޮޓަރީގައި ހުރި ދާ ވަށިގަނޑު ގެން ގޮއްސައެވެ. އެހެންކަމުން ރީނާ އެއައީ ހަސީނާ ބުނެގެން އެދާ ވަށިގަނޑު ރީޝާ ގެ ކޮޓަރި އަށް ލުމަށްކަން އެނާ އަށް އެނގުނެވެ.

 

“އަން… މިއޮށް ބަރު ބަރު ދާ ވަށިގަނޑު ވެސް މި ޖެހެނީ ރީން އަށް ވިއްޔަ ހިފައިގެން އަންނަން….” ރީނާ ވަގުތުން ޝަކުވާ ކޮށްލިއެވެ. “ހަހަހާ…. ދޮންތި ކަމެއް ނޫން… މަންމަ ކަމެއް ކުރަން ބުނާއިރަށް މާ އަނގަ ގަދަ ވެގެން ޝަކުވާ ނުކޮށްބަލަ ރީން!! ދޮންތި ކައިރީ ވެސް މަންމަ ކަމެއް ކުރަން ބުނީ މަ ހަމަ ކުރަނީއެއްނު އެކަމެއް ޝަކުވާ ނުކޮށް… ތި ވެސް އަންހެނެކޭ… ބޮޑު ވާން ވާއިރަށް ޖެހޭނެ ކަންތަށް ކުރަން ދަސްކުރަން…. ދެންމެ ވެސް އަނގަ ގަދަ މިތުރު ތި ޝަކުވާ ކުރީ ދާ ވަށިގަނޑެއް ހިފާލަން މަންމަ  ބުނީތީ…” ރީޝާ ހެވިފައި ހުރެ އޭނާގެ ކޮއްކޮ ކައިރީ ޖެއްސުން ކުރާ ރާގަކަށް ބުނެލިއެވެ.

 

ނަމަވެސް ރީނާ ހުރީ ރީޝާ ދެންމެ ކީ އެކައްޗަކަށް ވެސް މާ ބޮޑު ސަމާލު ކަމެއް ދީގެންނެއް ނޫނެވެ. ރީނާ ހުރީ ކޮންމެސް ތަނަކަށް ކުޅު ދިޔާ ވެގެން ހުރެ ބަލަންށެވެ. ރީޝާ އަށް ވަގުތުން ރީނާ އެ ބަލަނީ ކޮން ތަނަކަށް ކަން އެނގުނެވެ. “އޭ… ދޮންތީ!! ރީން އަނގަ ގަދައޭ ނުކިޔާ ރީން އަށް ތިއިން އައިސް ކްރީމް  ކޮޅެއް ދީފާނާންތަ؟؟ ޕްލީޒް… ދޮންތި ބޭނުމިއްޔާ ރީން ކޮންމެ ކަމެއްވެސް ކޮށްފާނަން ދޮންތި ބުނި ކަމެއް… ޝަކުވާ އެއް ބަކުވާ އެއް ނުކުރާނަން… އޯކޭތަ؟؟” ރީނާ ރީޝާ އަތުގައި އޮތް އައިސް ކްރީމް ތަށްޓަށް ބަލަމުން ރީނާ ބުނެލިއެވެ. ރީޝާ އަށް އަދި އިތުރަށް ހެވުނެވެ. “ހެހެ…. ދޮންތި ބޭނުމެއް ނޫން އެއްވެސް ކަމެއް ރީން ގެ ފރާތަކުން… އެކަމަކު ރީން ކޮންމެހެން ދޮންތި ގެ ތަށިން ކާނެ ކަމެއް ނެތް… އޮންނާނެ ރީން އަށް އައިސް ކްރީމް ތަށްޓެއް ގެނެއްސަ!! ދޭބަލަ… އޮންނާނެ އެ އައިސްއަލާމާރީގެ މަތީ ބައިގައި…” ރީޝާ އޭނާގެ އައިސްކްރީމް ރަށި ކަމުން ކަމުން ބުނެލިއެވެ.

 

“އެހެންތަ؟؟ ދޮންތި ހާދަ ރަނގަޅޭ ދޯ؟؟” ރީނާ ރީޝާ އަށް ދޯ އެއްލުމަށް ފަހު ދެ ދަތް ޕިލަ ސޭލް އަޅުވައިގެން ހުރެ ދިޔައެވެ. ރީޝާ އަނެއްކާވެސް ލެޕް ދޮށުގައި އިށީނުމަށް ފަހު އޭނާ ބަލަމުން ދިޔަ ފިލްމު ބަލަންފެށިއެވެ. ނަމަވެސް ދިހަ ވަރަކަށް މިނެޓު ފަހުން ރީޝާ ފޫހިވެގެން އެ ފިލްމު ނިއްވާލިއެވެ. އަދި އެފްބީ އަށް ވަދެލިއެވެ. ނަަމަވެސް އޭނާ އަށް މައިޝަން ފޮނުވާފައި އިން މެސެޖު ފެނުމުން އޭނާގެ އެ އުފާވެރި މޫޑު އަނެއްކާވެސް ބަނަވިއެވެ. މައިޝަން އޭނާ ކައިރީ ޑާންސް އަށް ދާން އެހިޔެއް ކަމަކު އޭނާ އެޑާންސް އަށް މައިޝަން އާ އެކު ދާނީ ކިހިނެއް ހެއްޔެވެ؟ އޭނާ ޖޭހޭނީ ރައުހާ ގެ ހިތް ކުދި ކުދި ކޮށްލާށެވެ. އެކަން އޭނާ އަކަށް ނުކުރެވޭނެއެވެ. އެހެންކަމުން ރީޝާ މައިޝަން ގެ އެދުމަށް ފުރަގަސް ދިނެވެ.

އެއަށްފަހު އޭނާ ދެރަވެފައި ހުރިވަރުން އިތުރަށް އެފްބީ ހުޅުވާއިގެން އިންނާކަށް ބޭނުމެއްނުވިއެވެ. އެހެންނަމަވެސް  އޭނާ އަށް އެ ހިޔާލުން އަދި ދުރު ނުވެވޭތީ އެކަމަށް އަލި މަގެއް ފެނޭތޯ ބޭނުންވީ އަދިވެސް އިތުރަށް އޮންލައިން ވެލައިގެން ިއނުމަށެވެ. ނަމަވެސް އޭނާ އެފްބީ ނިއްވާލިއެވެ. އެއަށްފަހު ވައިބަރ ހުޅުވާލިއެވެ. އޭގައިވެސް ރައުހާ އެތަށް ހާސް މެސެޖު ތަކެށް އޭނާ އަށް ކޮށްފައި ހުއްޓެވެ. ނަމަވެސް އޭނާ އެއިން އެންމެ މެސެޖެއްވެސް ބަލާކަށް ބޭނުމެއްނުވިއެވެ. އެހެންކަމުން ދެން ހޯދަން ފެށީ ވައިބާރ ގައި ރީޝާ އަށް އިތުރު އެހެން މީހެއް މެސެޖެއް ކޮށްފައި އިންތޯއެވެ. އޭނާ އަށް ފެނުނީ އޭނާގެ އެކުވެރި އަހުސަން ކޮށްފައި އިން މެސެޖެކެވެ. އެ މެސެޖުގައި އަހުސަން ވަނީ ރީޝާ ކައިރީ އޭނާ އާ އެކު ޑާންސް އަށް ދާން އެދިފައެވެ.

 

އަހުސަނަކީ މައިޝަން ހާ ދޮން ކުއްޖެއް ނޫނަސް އަހުސަނަކީވެސް އަންހެން ކުދިންގެ ހިތްތައް ކަތިލަމުން ދާ ރީތި ޒުވާނެކެވެ. އަހުސަންގެ ގައިގެ ހަމުގެ ކުލަ ކުޑަކޮށް ކަޅު ވިއަސް އޭނާގެ ރީތިކަމަށް އެއްވެސް ކަހަލަ އުނިކަމެއް ނާދެއެވެ. އޭނާގެ ކަޅު ކަން ގަދަ ކަނދުރާ އާ ހަމާލަށް އަންނަ ރީތި އިސްތަށިގަނޑެއް އޮވެއެވެ. އަދި އޭނާގެ އެ ދިގު އިސްކޮޅާއި ފުޅާ ބާމަތިން އޭނާގެ ރީތިކަން އިތުރު ކޮށްދެއެވެ.

 

މީގެ ދެތިން މަހެއް ކުރިން އަހުސަން ވަނީ ރީޝާ އަށް ލޯބި ހުށަހަޅާފައެވެ. އެހެނަސް ރީޝާ ވަނީ އަހުސަން ދެކެ އޭނާ ލޯބި ނުވާކަމަށް ބުނެ އިންކާރު ކޮށްފައެވެ. އޭގެ ފަހުން އަހުސަން ގިނަ ފަހަރަށް އުޅެނީ ރީޝާގެ ފަހަތުން ‘ބިސް މަޅި’ ދުއްވައިގެންނެވެ. ނަމަވެސް ރީޝާ އެކަމަކަށް ފަރުވާލެއް ނުބަހައްޓައެެވެެ. “ހްމްމް…. ރައުހާ އާއި މައިޝަން ދާނީ އެކުގައި ކަޕްލްއެއް ގޮތުގައި ޑާންސް އަށް… އަހަރެން ދާން ވީތަ އަހުސަން އާ އެކީ ގަ ޑާންސް އަށް؟؟ އޭރުން ރައުހާ އަށް ވެސް ޑާންސް އަށް ދެވުނީ އަހަންނަށް ވެސް ޑާންސް އަށް ދެވުނީ…. އަހަރެން އަހުސަން ދެކެ ލޯބި ނުވިޔަސް އަހަންނަށް އޭނާ އާ އެކީ ޑާންސް އަކަށް ދެވިދާނެ އެއްނު…” ރީޝާ ގެ ހިތަށް އެރިއެވެ.

 

އެންމެ ފަހުން ރީޝާ ނިންމީ އަހުސަން އާ އެކީ ޑާންސް އަށް ދާންށެވެ. އެހެންކަމުން އަހުސަން ފޮނުވާފައި އިން މެސެޖު ގެ ރިޕްލައި އަކަށް އޯކޭ އޭ ޖަހާލުމަށްފަހު ތައްޔާރު ވާން ދިޔައެވެ. ރީޝާ އަށް ތައްޔާރު ވެވުނު އިރު އަށް ގަޑި ބައި ވެ ބޮޑު ވެއްޖެއެވެ. އޭނާ އަވަސް އަވަހަށް ޑާންސް އަށް ދާން ކާރަކަށް ގުޅަން އުޅެނިކޮށް އޭނާ ގެ ގޭ ދޮރު މަތިން ސައިކަލަކު ބަރު ގޮނު އަޅުވާލި އަޑު އިވުނެވެ. ރީޝާ އަށް އެއީ އަހުސަން ކަން އިނގުނެވެ.

 

އޭނާ އަވަސް އަވަހަށް ދާން އުޅެނިކޮށް އޭނާގެ ކޮޓަރި ދޮރު ކުރިމައްޗަށް އެރީ ރީނާއެެވެ. “ދޮންތީ!!!” ރީނާ ވަރަށް ތުއި ވެގެން ހުރެ ގޮވާލިއެވެ. “ހުއް… ކިހިނެއްތަ ވީ؟؟ މި ގަޑީގައި ރީނާ މި ކޮޓަރި އަށް ވަންނަން ޖެހޭނެ އެއްވެސް ސަބަބެއް ނޯންނާނެ…” ރީޝާ މޫނަށް ފޫހި ވައްތަރެއް ޖައްސާލަމުން ބުންޏެވެ. “ބަލަ ދޮންތި އަކަށް ނުފެނޭތަ؟؟؟ ރީން ދޮންތި ގެ ކޮޓަރި އަކަށް ނުވަންނަމެ…. މިހުރީނު… ކޮޓަރީގެ ދޮރު މަތީގަ ހުރިއްޔޭ ކިޔާބަލަ…. ހެހެ… އޭ އެ ހުރީ ދޮންތި ގެ ބޯއި ފްރެންޑް ދޯ!! ދޮންތީ ބަލާ އައިއްސަ ކަންނޭނގެ!! އވަހަށް ދޭ… އެކަމު ދޮންތި ގެ ބޯއި ފްރެންޑް ކައިރީ ބުނާތި އޭނަ އަށް ދޮންތި ލިބޭނީ ރީން އަށް ކޮންމެ ދުވަހަކުވެސް އައިސް ކްރީމް ގަންދޭ މަތިންނޭ…” ރީނާ މިހެން ބުުނި އަޑު އެ ގޭ ދޮރު މަތީ ހުރި އަހުސަން ގެ ތޫނު ކަންފަތަށް އިވުނެވެ. ހަމަ އެ އާއެކު އަހުސަންގެ ތުންފަތަށް ލާނެތް ހިނިތުންވުމެއް ވެރިވިއެވެ. ރީޝާ އަށް އޭނާގެ ކޮއްކޮ އެ ބުނި އެއްޗެއް އަޑު އިވުމުން ރީޝާގެ އެ ދޮން މޫނަށް ޖަންބު ކުލަ ވެރިވެގަތެވެ. އަވަސް އަވަހަށް އިސް ދަށަށް ޖަހައިގެން ހުރެ ރީނާ މަޑު މަޑު ކޮށްޕާލަމުން ގޭގެ ދޮރާ ދިމާލަށް ދިޔައެވެ.

ނުނިމޭ (:-

 

 

Share Article

Follow Me Written By

Immy

Level 210 Stories100 Comments

Other Articles

Previous

ފޮހެވޭނޭ ބާއޭ… 42

Next

ފޮހެވޭނޭ ބާއޭ… 43

Next
December 29, 2015

ފޮހެވޭނޭ ބާއޭ… 43

Previews
December 29, 2015

ފޮހެވޭނޭ ބާއޭ… 42

17 Comments!

  1. Immy says:
    December 29, 2015 at 6:33 pm

    heyy guyxxx here is the nxt prt…… n m very very very sry ehaa lahun up kureveythee….. axlu ehaa lahun up kurevenee immy bxy kamun… so ones again mrlly sry fr tht…. 🙁 🙁
    n hpe u yk ths prt…. enjoy… 😉 😉 😀 😀

  2. Immy says:
    December 29, 2015 at 6:34 pm

    m rlly*

  3. Immy says:
    December 29, 2015 at 6:35 pm

    lyk*

  4. SARA says:
    December 29, 2015 at 7:17 pm

    THANKOLHEH KURU.. BUT V REETHI.. NEXT PART AVAHAH UP KOHDHECCHEY..

    1. Immy says:
      December 29, 2015 at 8:00 pm

      thnxx sara… ur name reminds me of sumone vryyyy special i my life……
      ehenthrr dhn anna prt thankolheh dhigu koh up kolladhey nan…. n yahh ill try to upload the nxt prt fster…..

  5. Ryn says:
    December 29, 2015 at 7:47 pm

    alheyyyy eyrun maEshan haadha dheravaaney e ahusan aai eku fenunyma rysh.. n tht RYN <3 hehehe vrh salhi ingey mi prt.. n ur imprvin alt…. 😉 😉 vrh vrh kiyaa hiyyvehje nxt prt ga vaane goii.. avahah up kurnchey ingey immu.. miss u alt luv ya 😉 😉 tc gud lck… 😉 <3

    1. Immy says:
      December 29, 2015 at 8:05 pm

      yahh ryn bunihn beynumee kudhin kudhin dhera kollnn… hehe…
      omgg wen i pcked the name ‘reena; fr reesha’s sister i didt think it will mak out RYN fr her nickname…. i ws lyk wat the wat????? 😉 :P:P:P
      yahhh abadhu RYN ulheynee maa anga gadha vgn reesha ah jessun kurn vgn…. hehehehe ahahaaaaahahaa…… lolxx….. n thnx alt swytyyy….. still mss uuuu……… n luv u mree….. tvgc of ur self ingey swytyyy….. n keep up ur gud wrk…. gud luck RYN…..:P 😛 😀 😀

  6. Kiyuntheriyaa says:
    December 29, 2015 at 8:08 pm

    Maaakuru. Still love upload kohdhyfa oih than kolhu. Upload next part soon. Gud luck. 🙂

    1. Immy says:
      December 29, 2015 at 8:20 pm

      awwwn thnxx alt kiyuntheriyaa….nxt prt dhigu kh up kohdheynn…… 🙂

  7. mice says:
    December 29, 2015 at 9:54 pm

    Stry varah varah reethi…. But too short immy..

    1. Immy says:
      December 30, 2015 at 12:39 am

      tnxx mice…. yaa i knw everyone is sayin too shrt…. bt i wrte 1032 wrds…. hehe….
      ill try to mak t lngr in nxt prt….
      n thnxx again….

  8. Eyesh says:
    December 30, 2015 at 1:27 am

    Comparing to previous parts u have improved kan eyesh ah v bodah faahaga vejje.. m so happy for u gurl ? ryn buni hen maishan haadha dhera vaane ey dhw. And still he dnt know y reesh is doing that ? i feel so sympathy maishan ah ? best of luck ingey swyty … v salhi ingey??

    1. Immy says:
      December 30, 2015 at 7:34 am

      thnxx alt eyesh…. i luv ur stries tooo….. yaahhh eii ryn kahala kudhin kudhin dhera kllan vgn…. hehehe…..
      n thnxx again swyty…… n bxt of luk

  9. Anonymous says:
    December 30, 2015 at 12:32 pm

    V v hadi mi vaahaka. immy ah vaahaka liyan neygenyaa nuliyan veenu. Ibaaraai kurun hama sumeh. Kuda kudhin ves liyaane mi ah vure reethi koh. Immy gaiga ehves varakah vaahaka liyumuge talant eh neh. Maves mi ah vure reethi koh liyaanan.

    1. Immy says:
      December 30, 2015 at 7:49 pm

      thnx alt anonymous…..
      anonymous immy liyaa vaahaka thah balaa nugathas… immy liyaa vaahaka thah balaa gannaane faraaithah vey…. n anonymous ah immy ge gaiga talent hurikamah gabool nukurias immy ge gaiga talent huri kamah gabool kuraa ethah faraaithakeh vey….. immy mikahala site eh ga vaahaka mi liyanee alah… ehn v ma immy vx gabool kurn immy ge vrh baivaru mstkes hunnaane kn…. immy abadhu vxx mi try kuranee rangalhu liyuntheri akah ve immy kureega liyefa huri vaahaka thakugaa huri mstkes thakaa adhi mihaaru vx kiyuntherin e bune dhey mstkes thah rangalhu kurn…… eii immy ge azumakee….. 😉 😉

  10. nukko says:
    December 30, 2015 at 6:01 pm

    V rythi n u have imprvs alot dear… miss u tc… gud lukk bye 🙂 🙂 🙂 🙂

    1. Immy says:
      December 30, 2015 at 7:54 pm

      nukkoooo….. thnxx alt…. m missin u soooooooo much nukkoooo…… vrhh vrhhh foohi nukkooo aa kurin chat kuri hn mihaaru chat nukureveythee…… 😛 😛
      n immy vrhh ufaa vejje nukko vxx immy ge stries kiyaakn inguneema….
      tgc of ur self dearrr……. 🙂 🙂 😀 😀 😀

Comments are closed.


All Right Reserved!