Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެން

ލޯބިވާ ކާފާ……..

Ryn 100 Stories10 Stories1K Comments500 Comments100 Comments100 Login
December 29, 2015 5 Mins Read
82 Comments

”

ލޯބިވާ ކާފައަށް..

ކާފާއެވެ. ކާފަ އަޅުގަނޑާއި ކިތަންމެ ދުރުގައި ހުއްޓަސް އަޅުގަނޑު އަބަދުވެސް ކާފަ މަތިން ހަނދާން ކުރާނަމެވެ. ކާފަ ދިން ނަސޭހަތް އަބަދުވެސް ގަބޫލު ކުރާނަމެވެ. ކާފަ އަޅުގަނޑުމެންނަށް ކޮށައިދީފައި ދިޔަ މަގުން އަބަދުވެސް ހިނގޭތޯ ބަލާނަމެވެ.  އަޅުގަނޑު ފެނި އެހެރަ ދަނީ އެއްކަލަ އިބްރާހިމްއަށް ކާފަ ކިޔާ ދަރިއެކޭ ހާދަ މޮޅޭ ކިޔާވަރަށް އަޅުގަނޑު ކިޔަވާނަމެވެ. ބައްޕަގެ ނަމާއި އެކު ކާފަގެ ނަންވެސް ރޯޝަން ކުރާނަމެވެ.

ކާފާއެވެ. އަޅުގަނޑަށް އަދިވެސް ކާފަ ބުނާ ވާހަކަތަށް އަޑުއިވެއެވެ. ކާފައާއި އެކު ކުޅޭވަގުތު ކާފަ ހީލާ އަޑު އަދިވެސް މި ކަންފަތުގައި ވަނީ ހަރުލާފައެވެ. ކުޅޭއިރު އަޅުގަނޑު އުފާ ކޮށްދިނުމަށްޓަކައި ކާފަ އަމިއްލައަށް ދަށް ވާ ގޮތްވެސް އަދިވެސް މި ލޮލު ކުރިމަތީ ސިފަވެއެވެ. ފަތަން ދަސްކޮށްދޭގޮތާއި މޫދުގެ އެކި ކުޅިވަރުތަށް މަތިން އަދިވެސް ހަނދާން ވެއެވެ. ކާފަގެ އަޑުގެ ދަށުން ޤުރުޢާން ކިޔަވާލާ ނިންމާލާ ދުވަސް އަދިވެސް ސިފަވެއެވެ. އަޅުގަނޑު ސުކޫލުން އަޅުގަނޑަކީ މޮޅު ކުއްޖެކޭ ބުނެ ރިޕޯޓް ދޭ ދުވަހު އަޅުގަނޑަގެ ބޮލުގައި ފިރުމާލާ ފިރުމާލުން އަދިވެސް އިހްސާސްވެއެވެ. އަދި ކާފަ ވަރަށް އުފާވެއޭ ބުނާވަގުތު އަޅުގަނޑުގެ ހިތަށް ވާ އިހްސާސް އަދިވެސް އަންދާޒާކޮށްނުލެވެއެވެ. އެއަށްފަހު ލާރި ދޭވަގުތު ދުވެފައި އެ ފޮރުވަން ދާ ދުވަސް އަދިވެސް ހަނދާންވެއެވެ. ކާފަ ނެތްކަމުގައި ވިޔަސް އަޅުގަނޑަށް އަދިވެސް ކާފަ ކައިރީގައި ހުންނަކަން އިހްސާސްވެއެވެ. މި ބޮލުގައި ފިރުމާލާހެން ހީވެއެވެ.

ކާފާއެވެ. ކާފަ އެހާ އަވަހަށް އަޅުގަނޑާއި ވަކިވެގެން ތި ދިޔައީ ކީއްވެހެއްޔެވެ؟ އަޅުގަނޑު ދޫކޮށްލާފައި ތި ދިޔައީ ކީއްވެހެއްޔެވެ؟ އެހާ އަވަހަށް ތި ދިޔައީ ކީއްވެހެއްޔެވެ؟ ކާފާއެވެ. އަދިވެސް އަޅުގަނޑު ކައިރި ހުރިނަމަތާއެވެ. އަޅުގަނޑު ބޮޑުވާތަން ބަލަން އަދި މޮޅަށް ކިޔަވާތަން ބަލަން ހުރިނަމަތާއެވެ.

ކާފާއެވެ. އިނގޭހެއްޔެވެ؟ އަޅުގަނޑު އަބަދުވެސް ދެކެމުން އައި އެއް ހުވަފެނަކީ އަޅުގަނޑު ކިޔަވާ ނިމޭ ދުވަހު އަޅުގަނޑު ކުރި ހިތްވަރަށް ސާބަސް ދިނުމަށް ކާފަހުރުމެވެ. އަޅުގަނޑު އުމުރުން ކިތަންމެ ބޮޑުވިއެއް ކަމަކު މޫދުގައި ފަރިތަކަމާއި އެކު ފަތާތަން ދެކެން ހިނިތުންވުމަކާއި އެކު ހުރުމެވެ. އަޅުގަނޑު ހިތްއެދޭ މީހަކާއި ކައިވެނި ކުރާ ވަގުތު އަޅުގަނޑުގެ ކައިރީގައި ކާފަ ހުރުމެވެ.  އަޅުގަނޑަށް ލިބޭ ކުދިންނަށް ތި ކާފަގެ ލޯބި ލިބިގެންދާތަން ފެނުމެވެ. އަޅުގަނޑުވެސް ލޯބިން ތި އަތުތެރޭ ގެންގުޅުނު ފަދައިން އެކުދިންވެސް ގެންގުޅުމެވެ. އަޅުގަނޑަށް ތި އަޑުގެ ދަށުން ޤުރުޢާން ކިޔަވަން ދަސްކޮށްދިން ފަދައިން އެކުދިންނަށްވެސް ދަސްކޮށްދިނުމެވެ. ހުރިހާ ކަމެއްވެސް ދަސްކުރަންޖެހޭނޭ ބުނެ އަޅުގަނޑު މޫދަށް ހޭނުވި ގޮތާއި ފަތަން ދަސްކޮށްދިން ގޮތަށް އެކުދިންނަށްވެސް ދަސްކޮށްދިނުމެވެ. ތިއަތު ތެރޭ ބާއްވައިގެން ދަސްކޮށްދިނުމެވެ.

ކާފާއެވެ. އެ ހުރިހާ ހުވަފެންތަށް ފުނޑު ފުނޑު ކޮށްލާފައި ތި ދިޔައީ ކީއްވެހެއްޔެވެ؟ އަޅުގަނޑު ދެރަވާނެ ވަރު ނޭނގެނީ ހެއްޔެވެ؟ މަރަކީ ކޮންމެ މީހަކުވެސް ކުރިމަތި ލާންޖެހޭނެ އެއްޗެއްކަން ކާފަ އަބަދުވެސް ބުނެދެމެއްނޫންހެއްޔެވެ؟ އެކަމަކު މަރުވުމަށްފަހު އެކަމާ ހިތާމަނުކޮށް ހިތްވަރާއިއެކު އުޅުމަށް ނުބުނެދިނީ ކީއްވެހެއްޔެވެ؟ އެހާ އަވަހަށް ކާފައާއި ވަކިވާނެކަމަށް އިނގޭނަމަ އަޅުގަނޑު އެ ހުވަފެންތަކެއް ނުދެކުނީމުހެވެ. އެ ހުވަފެންތައް ހަޤީޤަތަކަށް ނުވާނެކަން އިނގޭވަގުތު މި ހިތަށް ކުރާ އަސަރު ކާފައަށް ފަހަރުގައި ވެސް ނޭނގިދާނެއެވެ.

ކާފާއެވެ. އަދިވެސް އަޅުގަނޑު ބޭނުންވަނީ ތިއަތުގެ ހިމާޔަތްކަން ލިބިގަންނާށެވެ. އީދުގައި މާލި ހެދިގެން ގެއަށް އަންނަ މީހުން ފެނި އަޅުގަނޑު ބިރުގަންނަ ވަގުތު އެމީހުން ފޮނުވާލާގޮތް ބަލަން ހެވިފައި ހުންނަން ބޭނުންވެއެވެ. ކިތަންމެ ވަރަކަށް ކިޔައިފައިވާ އަދި ފޫހިވެފައި އޮތް ވާހަކައެއް ކަމުގައިވިޔަސް އަދިވެސް އެވާހަކަތަށް އަޑު އަހަން ކާފަ ކައިރި އިންނަން ބޭނުންވެއެވެ. ކާފަ ކައިރީ ޤުރުޢާން ކިޔަވަން އިންނަން ބޭނުންވެއެވެ. ކާފަގެ ފަހަތުން ޢީދު ނަމާދަށާއި ތަރާވީހަށް ދާން ގެއިން ނިކުންނަން ބޭނުންވެއެވެ. އެއް މިސްކިތަށް ނުދިޔަ ކަމުގައި ވިޔަސް ކާފަ ހިނގާ މަގުން ކާފަގެ ފަހަތުން ދާން ބޭނުންވެއެވެ.  ކާފައާއި އެކު ރޯދަ ވީއްލަން ބޭނުންވެއެވެ. އީދު މުބާރަކް ކިޔާލަން ބޭނުންވެއެވެ. ކާފައާއި އެކު ފުޓްބޯޅަ ކުޅެލާ ހިތްވެއެވެ. އަންހެންކުއްޖަކު ބޯޅައެއް ނުކުޅޭނޭ މީހުން ބުނާވަގުތު އެއީ އަހަރެންގެ ދަރިއެކޭ އަހަރެންގެ ދަރިފުޅު ކުޅޭނީ ބޭނުން އެއްޗެކޭ ބުނެ އެމީހަކު ފޮނުވާލާތަން ފޮނިވެލާފައި ބަލަން ހުންނަން ބޭނުންވެއެވެ. އެއާއި އެކު ކާފަގައިގާ ބައްދާލަން ބޭނުންވެއެވެ.

ކާފަގެ އެހީގައި ބައިސްކަލު ދުއްވާލަން އަދިވެސް އަހަރެން ބޭނުންވެއެވެ. ނުވެއްޓޭހެން ތިދެއަތުން އަޅުގަނޑުގެ ގައިގާ  ހިފަހައްޓާފައި ހުންނަ ގޮތަށް ހިފަހައްޓުވަން ބޭނުންވެއެވެ. ކާފަ ކިތަންމެ ވަރުބަލިވެފައި ހުރިއެއް ކަމަކު އަޅުގަނޑުގެ ފަހަތުން ދުވާ ގޮތަށް އަދިވެސް ދުވުމަށް ބޭނުންވެއެވެ. ނަތީޖާ ލިބިގެން ގެއަށް ވަދެ ފުރަތަމަވެސް ކާފައަށް ދައްކާހެން އަދިވެސް ދައްކަން ބޭނުންވެއެވެ. އަދިވެސް ކާފަ ދޭ ލާރި ފޮރުވާލަން ބޭނުންވެއެވެ. މީ އަހަރެމެންގޭގެ ސެހެޒާދީއޭ ބުނެ އަޅުގަނޑު އުރާލާހެން އަދިވެސް އުރާލުވަން ބޭނުންވެއެވެ.  ލޯބިން މީ އަހަރެންގެ ދަރިއެކޭ ބުނެ ދޮންބެމެން ދެރަކޮށްލާތަން ބަލަން ކާފަގެ އުނގުގައި އަދިވެސް އިންނަން ބޭނުންވެއެވެ. ކާފަގެ އަޑުން “ދޮންކަނބުލޮ ނިދާލާށޭ” ލަވަ އެއްކޮށް އަޑުއަހައިގެން ނިދާލަން ބޭނުންވެއެވެ.

ކާފާއެވެ. އަދިވެސް އަޅިގަނޑަށް ކާފަ ގެ އަޑުން އެ ލަވައިވެއެވެ.

“ލޯބިން ކަނބުލޮ ދޫންޏާ.. އަވަހަށް ބޮއްތާލާށޭ.. ލޯބިން އުނގުގައި އޮވެގެން.. ދޮންކަނބުލޮ ނިދާލާށޭ……..”

އިތުރަށް އަޅުގަނޑަށް އެންމެ ތަންކޮޅެއް ނުކިޔެއެވެ. ކީއްވެގެންކަން އިނގޭހެއްޔެވެ؟ ކާފަގެ އަޑު އިވެންފަށާތީއެވެ. ބޮލުގައި ފިރުމާލާހެން ހީވާތީއެވެ. ހިތަށް ތަދުވާން ފަށައެވެ. ކާފަ ނެތްކަން އިހްސާސްވާން ފަށައެވެ. ހިތުން އެ ލަވަ ކާފަކިޔާހެން ކިޔަން އިނގުނެއްކަމަކު ކިޔާކަށް ހިތްވަރެއް އަޅުގަނޑުގެއެއް ނެތެވެ. ކާފާއެވެ. ކާފަ އަޅުގަނޑު ދެކެ ދޮންބެމެންނަށް ވުރެވެސް ލޯބިވާތީ އެމީހުން ވަރަށް ޝަކުވާކުރާކަން އިނގެއެއްނޫންހެއްޔެވެ؟ އެމީހުން މިހާރަކު ޝަކުވާއެއް ނުކުރެއެވެ. ނަމަވެސް އަޅުގަނޑު އަދިވެސް އެ ޝަކުވާތަށް އަހަން ބޭނުމެވެ. ކާފަގެ ދޮން ދޫނިގަނޑެކޭ ކާފަ ގެ ރަންގަނޑޭ ދޮންބެމެން ކިޔާ އަޑުއަަހަން ބޭނުމެވެ. އެމީހުން ދެރަކޮށްލަން ބޭނުންވެއެވެ. އެމީހުން އެ ހުއްޓާލީ ކީއްވެހެއްޔެވެ؟ ކާފަ ނެތްކަމުގައި ވިޔަސް އަދިވެސް އަޅުގަނޑަކީ ކާފަގެ ދޫނިގަނޑެވެ. ކާފަގެ ރަންގަނޑެވެ. އެހެންނޫންތޯއެވެ؟

ކާފާއެވެ. ކާފަގެ ލޯބިވާ ގަޑި އަދިވެސް އިންނާނެއެވެ. ނަމަވެސް މިހާރަކު އެ ގަޑިއެއް ނުހިނގައެވެ. ކުރިން އިވޭ އެ މަޑު މިއުޒިކް ގެ އަޑެއް ނީވެއެެވެ. އޭގެ މިއުޒިކް ވަނީ ގެއްލިފައެވެ. ހިނގުން ހުއްޓިފައެވެ. ވެރިމީހާ ވަނީ……………

ކާފާއެވެ. އިތުރަށް ބުނާނީ ކިހިނެއްހެއްޔެވެ؟ އެ ލަފްޒް ބުނާނެހާ ހިތްވަރެއްވެސް ނެތެވެ.

ކާފާއެވެ. އަޅުގަނޑަށް ކާފަ އެންމެ ފަހު ވަގުތުގައިވެސް ފެނުނުނަމައެވެ. ކަފުނުގައި ހުދު ފޮތި އޮޅާފައި ވާތަން ފެނުނުނަމައެވެ. ނުފެނީ ކީއްވެހެއްޔެވެ؟ އަޅުގަނޑާއި ކުރިމަތި ލާން ބޭނުން ނުވީހެއްޔެވެ؟ ކާފައަށް އިނގޭހެއްޔެވެ؟ ކާފަ މި ދުނިޔެއިން އަލްވަދާޢު ކީ ދުވަހަކީ އަޅުގަނޑުގެ ދިރިއުޅުމުގެ ވަރަށް މުހިއްމު ދުވަހެކެވެ. އަޅުގަނޑުގެ ފަހު އަހަރުގެ އެންމެ ފަހު މޮކް ޓެސްޓެވެ. އެ އަހަރަކީ އަޅުގަނޑު އެއްކޮށް ނިމިގެން ކާފަ ކައިރިއަށް ދާން އޮތް އަހަރެެވެ. ނަމަވެސް އަޅުގަނޑު ނިމުމުގެ ކުރިން ކާފަ…………… ކީއްވެހެއްޔެވެ؟ އަޅުގަނޑާއި އެތައްހާސް މޭލު ދުރުގައި ހުރީ ކީއްވެހެއްޔެވެ؟ އަދިވެސް މަޑުކޮށްލިނަމައެއްނޫންހެއްޔެވެ؟ އެއީ ކާފައާއި ދުރުގައި އަޅުގަނޑު ހުންނަ އެންމެ ފަހަރު އަހަރެއްނޫންހެއްޔެވެ..؟

މީހުންބުނެއެވެ. ނޫނެކެވެ. ކާފަވެސް ބުނީމެއްނޫންހެއްުޔެވެ؟ މައްކާގެ މާތް ބިމުގައި ނިޔާވެ ވަޅުލެވޭ މީހަކީ ވަރަށް ނަސީބުގަދަ މީހެކެވެ. އެ ނަސީބްގަދަ މީހުންގެ ތެރޭގައި ކާފަ ހިމެނުނީތީ އަޅުގަނޑު އުފާކުރަމެވެ. ނަމަވެސް އަޅުގަނޑަށް ނުފެނި ދުރުގައި….. ކީއްވެހެއްޔެވެ؟ އަޅުގަނޑަށް ކާފަ ފެނުނު ނަމައެއްނޫންހެއްޔެވެ؟ އެރޭ ހުވަފެނުން ކާފަ އައިސް އަޅުގަނޑުގެ ބޮލުގައި ފިރުމާލީ އެ ހަބަރު ދޭނެހާ ހިތްވަރު ނެތީމާހެއްޔެވެ؟ އެރޭ ހުވަފެނުގައި އަޅުގަނޑަށް ނަސޭހަތްދިނީ އިތުރަށް ނަސޭހަތްދޭން ކާފަ ނުހުންނާނެކަން އިނގޭތީދޯއެވެ.؟ ކާފާއެވެ.( 2 އޮކްޓޯބަރ.. 6 ސައްވާލް.. ) އަޅުގަނޑުގެ ހަޔާތުގައި ވެސް މި ތާރީހެއް ހަނދާނެއް ނުނެތޭނެއެވެ.

ކާފާއެވެ. ކޮންމެތާކު ހުއްޓަސް ހަނދާންކުރަންޗެވެ. ކާފަގެ މި ރަންދަރި ކާފަގެ މަތިން ދުވަހަކުވެސް ހަނދާނެއް ނުނެތޭނެއެވެ. ކާފަ ބުނެދިން ކޮންމެ ނަސޭހަތެއް ޤަބޫލުކުރާނަމެެވެ. ކާފައަށް ހެޔޮ ރަހުމަތް ލައްވާތޯ ދުޢާ ކުރާނަމެވެ. ކާފައަށް ސުވަރުގޭގެ ނިއުމަތްތަށް ނިމުމެއްނެތި ލިބުމަށް ދުއާ ކުރާނަމެވެ.

ކާފާއެވެ. މިހާރު އެއް އަހަރު ވެއްޖެއެވެ. ނަމަވެސް އަދިވެސް ކާފަގެ އުނިކަން އިހްސާސްވެއެވެ. ރަށުގައި އުޅުނު އިރު ކާފަ ނަމާދުން އާދޭތޯ ހުރެވެއެވެ. ކާފައާއި އެކު ކާން އަރަން ކާފަ ނަމާދުން އަންނަންދެން ހުރެވެއެވެ. ނަމަވެސް އިރުކޮޅަކުން އަޅުގަނޑަށް ހަނދާންވެއެވެ. ކާފައެއް ދެނެެއް ނާންނާނެއެވެ. ކާންއިންނައިރު ފަޅުފިލުވާކަށް ނާންނާނެއެވެ. ލޯބިން ފިރުމާލާކަށް ނާންނާނެއެވެ. މާލިތަށް ފައްސާލާކަށް ނާންނާނެއެވެ. އެކީގައި މޫދަށް ދާކަށް ނާންނާނެއެވެ. އީދު ނަމާދަށާއި ތަރާވީސްނަމާދަށް ދާއިރު ފަހަތުން ދާކަށް ކާފައެއް ނާންނާނެއެވެ. އަޅުގަނޑުގެ ދިރިއުޅުމުގައި ކުރާ ހުރިހާ ކަމެއް ބަލާކަށް ކާފައެއް ނާންނާނެއެވެ. އެހެން ހިތަށް އެރުމާއި އަޅުގަނޑަށް ރޮވެއެވެ. ކާން އިންނަ އިރު ކުރިމަތީގައި އިންނަ ގޮނޑި ހުހަށް އިނުމުން ހިތުގައި ވަރަށް ބޮޑަށް ރިއްސާލައެވެ. ނަމަވެސް އެ ގޮނޑީގައި ދެން އިންނާކަށް ކާފައެއް ނާންނާނެއެވެ. އިނގޭހެއްޔެވެ؟ ކާފަގެ އެ ގޮނޑީގައި ދޮންބެމެން މީހަކު އިނަސް އަޅުގަނޑު ރުޅި އާދެއެވެ. އެއީ ކާފަގެ ގޮނޑިއެވެ. އެހެންމީހަކު އިންނާކަށް ނުޖެހޭނެއެވެ. ކާފަގެ ގަޑި މީހަކު ހަދަން އަތްލިޔަސް އަޅުގަނޑު ރުޅިއާދެއެވެ. އެ ގަޑި ހަދަންޖެހޭނީ ހަމައެކަނި ކާފައެވެ. އަބަދުވެސް ހަދާހެންނެވެ. ބެޓެރި ލައްވާފައި ހިންގާލާ ގޮތަށެވެ. އިތުރު މީހަކި އަތްލާން ޖެހޭހެއްޔެވެ.؟ ނުޖެހޭނެއެވެ.

ކާފާއެވެ. ކާފަ ދިޔުމުން އަޅުގަނޑުގެ ދިރިއުޅުމަށް ވަރަށް ބޮޑެތި ބަދަލުތަކެއް އައެވެ. އެކަނިން އިނުން އާދަވިއެވެ. އަވަސްއަވަހަށް ރުޅި އަންނަން ފަށައެވެ. ކާހިތެއް ނުވެއެވެ. ގެއިން ނިކުންނަ ހިތެއްނުވެއެވެ. ކަމަކާ ނުލާ ރޮވެއެވެ. މީހުންނާއި ދުރުވާން ފެށުނެވެ. ރައްޓެހިންނާއި އެކު އުޅޭހެން އުޅެން ހުއްޓުނެވެ. ގޭގެ މަގުމަތީ އާދަވެގެން ކުޅޭ ބެޑްމިންޓަންއާއި ފުޓްބޯޅަ ފަދަ ކުޅިވަރުތަށް ކުޅެން ފޫހިވިއެވެ. ކާފަ ތަރުހީބު ދޭން ނެތީމައެެވެ. ކާފަ ނެތީމައެވެ.

ކާފާއެވެ. އަޅުގަނޑުގެ ދުޢާއަކީ މި ދުނިޔެމަތީގައި ކާފަ ވަޅުލެވިފައި އޮތް ބިމާއި ހަމާލަށް ވާސިލްވުމެވެ. ކާފަގެ ހަށިގަނޑު ވަޅުލެވިގައި އޮތް ތަނުގައި އަތް ޖައްސާލުމެވެ. އަޅުގަނޑު ކިޔަވާ މޮޅު ކުއްޖަކަށް ވެގެން މައްކާއަށް ދާނަމެވެ. ކާފަ ކައިރިއަށް ދާނަމެވެ. ކާފަ ވަޅުލެވިފައި އޮތް ބިމަށް ދާނަމެވެ. އިން ޝާ ﷲ..

ކާފާއެވެ. އެއީ އަދި މި ދުނިޔެމަތީގައި ވުމަށް އެދޭ ކަމެކެވެ. އާހިރަތުގައި އަޅުގަނޑު ބޭނުމީ ކާފަ ކައިރި ހުންނާށެވެ. ދުނިޔެމަތީ އަޅުގަނޑާއި އެކު ނުހުރެވުނު ކަމުގައި ވިޔަސް އާހިރަތުގައި އަޅުގަނޑާއި އެކު ވުމަށް ބޭނުމެވެ. އަޅުގަނޑު ދުޢާ ކުރާނަމެވެ. ކާފާއެވެ. އަޅުގަނޑު ދުޢާ ކުރާނަމެވެ.

ކާފާއެވެ. އަޅުގަނޑު މޮޅުކުއްޖަކަށް ވާނަމެވެ. ކާފަގެ ނަންވެސް ރޯޝަން ކުރާނަމެވެ. ކާފަދެކެވެސް އަބަދުވެސް އަޅުގަނޑު ލޯބިވާނަމަމެވެ. ކާފަ އުފަލުގައި ހުންނާށެވެ. އަޅުގަނޑުވެސް ކާފަގެ ހަނދާންތަކާއި އެކު އަަބަދުވެސް ވާނަމެވެ. އިން ޝާ ﷲ ކާފައާއި އަޅުގަނޑާއި ދިމާވާނެއެވެ. މިދުނިޔެމަތީގައި ނުވިއެއްކަމަކު އާހިރަތުގައި ދިމާވާނެއެވެ.

 

ލޯބިވާ

ކާފަގެ ރަންކަނބުލޮ…

“

Share Article

Follow Me Written By

Ryn

100 Stories10 Stories1K Comments500 Comments100 Comments100 Login

Hello! I love reading stories and writing obv. I hope my stories will make you happy. Don't forget that reading is what gives you more knowledge about the world. Don't stop reading. Visit my facebook page RYN'S stories. Thankyou

Other Articles

Previous

ފޮހެވޭނޭ ބާއޭ… 43

Next

ލޯބީގެ ވާރޭ 3

Next
December 29, 2015

ލޯބީގެ ވާރޭ 3

Previews
December 29, 2015

ފޮހެވޭނޭ ބާއޭ… 43

82 Comments!

  1. Ryn says:
    December 29, 2015 at 6:42 pm

    hi. i knw its nt a stry jxt a ltr bt jxt wanna up it dnt knw why.. hama up khlaa hiyy v.. this whle thing is dedictd to a vry vry spcl prsn in my lyf… in my hrt. -luv u miss u alt- <3 i jxt wnt hve sumthin which cn b in memry n by doin this i cn hve it..thnks fr readin… enjoy

  2. nukko says:
    December 29, 2015 at 6:48 pm

    Alheyyy…. 🙁 🙁 🙁 🙁 :'( rohvvaalaifi
    Hama rovijje ryyn… hama rovijje… v varun kee vs… I mssd my kaafa…. thnk u.. vaahaka v habeyx :'( gud lukk
    Kaafa heyo rahumaii lavvaashi aameen… 🙁 🙁 🙁

    1. Ryn says:
      December 29, 2015 at 7:19 pm

      thnks nukko.. thnks alt.. <3

  3. ? says:
    December 29, 2015 at 6:50 pm

    Varah Touching. ?

    1. Ryn says:
      December 29, 2015 at 7:20 pm

      thnks fr readin… <3

  4. ina says:
    December 29, 2015 at 7:10 pm

    No words to say rynnnn….v emotional vejje……….v nice…..i hop ur grand fathr will be v proud of u…….v v v nice……rynn ge kaafa ah heyo rahmaii lavvasheve…………miss u rynnn?

    1. Ryn says:
      December 29, 2015 at 7:21 pm

      thnks ina… <3 thnks alt..

  5. ina says:
    December 29, 2015 at 7:20 pm

    Yayyy me second……

    1. Ryn says:
      December 29, 2015 at 7:24 pm

      hehehe cngrts

  6. Maukz says:
    December 29, 2015 at 7:47 pm

    Heart Touching Letter :'( I cant see my grandfather in my whole life. :'(

    1. Ryn says:
      December 29, 2015 at 7:49 pm

      thnks maukz. owh alhey :'( sry fr tht… really.. 🙁 thnks fr reaedin….

  7. yoosuf says:
    December 29, 2015 at 7:52 pm

    Aharennaa v v gulhun hurivaahakayeh ryn vaahaka kiyamundhiyairu aharennah heevee hama aharen aharenge ufanrashuga kaafa kaireehurevunhen kiyaa nimunuiru inee v bodah rovifa. Dharifulhu ais bappa roneekeevetho ahaaleemaa heyverikanvee. V v varah reethi pls adhi mikahala evvaahaka. Rynge kaafayah suvarugeyge dhaaimee niumai minvaru kuravvaashi. Aameen. (Ryn ah keytherikan dhevvaashi)

    1. Ryn says:
      December 29, 2015 at 9:43 pm

      oh my.. thnks usuf.. thnks alt 😉 😉 n fyl sry fr u. m realy sry fr makin u emotional..

  8. Nillu says:
    December 29, 2015 at 7:55 pm

    Nillu vx kaafa mathin varah handhaan veyyyyyy!! Warah touchinggg!!

    1. Ryn says:
      December 29, 2015 at 9:51 pm

      aww sry fr tht.. thnks fr readin

  9. Shyhaa says:
    December 29, 2015 at 8:07 pm

    Ryn mi stry varah salhi…Heevany mee mashah liyefa oi vaahakaeh hen…I miss my grandfather….

    1. Ryn says:
      December 29, 2015 at 9:52 pm

      aww thnks shy.. n sry fr tht.. thnks fr readin…

  10. Immy says:
    December 29, 2015 at 8:16 pm

    vrhh vrhhh vrhhh touchin n sad…. :'( :'( :'(……
    bt unfrtunately immy ge kaafa adhi iraadha kurevveethee dhuniyeygaa ebahuri….. sooo it reminds me of my maama alt n alt…. hw do u knw hw to wrte soo touchin n sad stries…. 🙁 🙁 n kyp up ur gud wrkk…..
    Ryn ashaa maama ah kehther kn dhevvaashii…. n kaafa ah dhe dhuniyeyge baajjaverikamaa heyo rahmai lavvaashi….
    *AMEN*

    1. Ryn says:
      December 29, 2015 at 9:54 pm

      awwww sry immu.. n thnks alt

  11. Faxoo says:
    December 29, 2015 at 9:49 pm

    wow.. Ryyn.. what a story.. i mean.. 🙁 its soo heart-touching! i miss my kaafa toooooo!! ? Ryyn haadha molhey dhw maShaAllah 😉 its really really… i dont know what to say!! ‘just awesome’ might be the word 😀 hama rangalhah vx asaru koffi Ryyn!! thanks for bringing such a cute, sweet and lovely story ?

    1. Ryn says:
      December 29, 2015 at 9:56 pm

      awwww thnks faxu.. thnks alt… sry fr tht..

  12. misty says:
    December 29, 2015 at 9:50 pm

    “Aharen abadhu ves dhekemun ai e huvafenaky alhugadu kiyavaa nimey dhuvahu alhugadu kuri hivarah saabas dhinumah kaafa hurumeve.” Mithaaga aharen adhi alhugadu beynun kohfa innyma hadi.. Liyaa iru alhugadu kiyaagen liyanyaa liyaany alhugadu kiyaigen.. Aharen kiyanyaa aharen kiyaagen… She going beynun kurymavarah hadi vaane… BTW story varah varah salhi ☺

    1. misty says:
      December 29, 2015 at 9:55 pm

      Dry nubai koh fahuthankolhu liyevuny… Aslu liyan ulhuny dhe goi

    2. Ryn says:
      December 29, 2015 at 9:57 pm

      aww thnks misty eii olhign liyevifa nw its crrctd.. thnks fr tellin… thnks ingey…

  13. princess sajix says:
    December 29, 2015 at 11:41 pm

    Miadhaky alhugandu kaafa niyaavithaa 12 yrs v dhuvas..kaafa ah suvaru geyge mathiveri niumah dhevaashi…adhi vs iyye v kameh hen handhaan ebahuri..n this story bring more n more memory..”kaafa ge number hathareh” kiyala Adu mihaar vs ivey Kahal..ae kaafa ge 4vana kaafa dhari vma

    1. Ryn says:
      December 29, 2015 at 11:46 pm

      owhh.. ameen… alhey…. owh… thts so swyt.. thnks fr readin… n god bles u 😉

  14. shaph says:
    December 30, 2015 at 12:20 am

    hama rangalhah ws rowihje.. maa bodah kaafa mathin handhaanwy… kaafa alhugandaa waki withaa 4 aharu wehjje.ekm adi wes kaafa ge handhaan thah alhugandaa eku wey.. alhuga ge beybe men ws bunaane kaafa enme loabiwny alhuga and dhnti dekeyey… kaafa yah heyo rahumay lahwaatho abadu ws duaa kurewey… thank u ryn 4 the story.. alhugandu abadu wes kaafa ge naseyhay thah handhaan bahahtaanan.. luv u kaafa..

    1. Ryn says:
      December 30, 2015 at 1:09 pm

      owh m so sry.. 🙁 n thnks fr readin.. kyp luvin him n all who r imprtnt fr u 🙂

  15. Eyesh says:
    December 30, 2015 at 1:13 am

    Alhey ryn… u really made me cry ? i wish if i have seen those days too ? but i have seen eyesh ge friends ge maama n kaafa thigothah ulheythan… ? i never saw any of my maama n kaafa… before i born dhefaraathu kaafa ves maamaves….. ?
    By the way…. ryn u r just too gu ? best of luck swyty ? adhives mikahala emotional ehchehi liyahchey v v liyaahithun mives mikiyaaleee ?

    1. Ryn says:
      December 30, 2015 at 1:10 pm

      aww m so sry eyesh… alhey.. 🙁 n thnks eyesh.. 🙂 thnku so much

  16. Eyesh says:
    December 30, 2015 at 1:14 am

    I mean v v kiyaa hithun mives mi kiyaalee ?

  17. mice says:
    December 30, 2015 at 7:19 am

    mice ge mamma farathu kaafa niyaavithaa miharu 1 yer 4 months veje…… aslu mice ge dad farathu kaafa niyaa v mice varah kudairu…. so i dont hav any memories with him… 🙁 but mamma farathu kaafa niyaa v more thn 8 yers pralaiz vefa othuma fahu so idont hav any memories with any of thm… :’-( still i missed him…. n ryn… letter hama varah heart toching.. 🙂

    1. Ryn says:
      December 30, 2015 at 1:11 pm

      owhh i fyl sry fr u 🙁 thnks mice.. thnks alt.. b strng 🙂

  18. ##### says:
    December 30, 2015 at 8:20 am

    me ge kaafa mathin hadaan kohdhinythee shukuriyaa and my kaafa is very gud to me

    1. Ryn says:
      December 30, 2015 at 1:12 pm

      it ws my plsur.. thnks ingey… yrh rynge vx 🙁 ..

  19. Anonymous says:
    December 30, 2015 at 10:31 am

    Ryn i hav sumtin lyk ths..bt mammayaku dhari akah dhey nasey hateh adhabi bas beynun kohgen liefa ryn ge nan mati e up kohla dhyfaananta i want e gotah vr up kuran bt amilla namaku beynumeh nun..can u do ths for me..i dnt use fb..i only use viber dats y i cant contact u..am girl i want to b frnd of u ryn ge vahaka tah nuni mi dite akun nukiyan alhugadeh u ar my fav story writer

    1. bodu says:
      December 30, 2015 at 11:00 am

      molhu meeha dhw mee vaahaka liyan ehan meehun ge vaahaka ah faadu kiyaa amihla ah up kuran vv nu dhw

    2. mimi says:
      December 30, 2015 at 11:02 am

      ehkala meeha dhw meehun ge vaahaka liya nudhee hifahah tuvaa kan thakeh huraa kn mehan ryn aa frend vaane kameh neh

    3. errrnnn says:
      December 30, 2015 at 11:06 am

      ryn eyna e ulhany ryn hah dhan vegan eyna ge baha nuheh laa eyna eyeee faadu kiyumun hahdu fahana alhaa gos fa huri meehah

    4. Ryn says:
      December 30, 2015 at 1:39 pm

      hi.. yrh i will uplwd it…its wil b my plsur to do it… n thnks alt fr readin my stries… plus cn u tel me hw u wil snd it?? dhn only i cn do it ryt?? hwp u wil reply soon…

  20. Anonymous says:
    December 30, 2015 at 12:00 pm

    Shut up u ar bad mouths..alla gandhi bunan alhugadu ryn ge vaahaka ah comment kuri furstama faharu mi ehn nunas faadu kiyas kiyaani emyhehge kuri erumah taka myhunge hih varu eluvaalaakah nun..am nt lyk ths aharen ehn myhunah dhera dheykah nuvisnan?i thought ryn is my sis..she is really gud frnd

  21. Anonymous says:
    December 30, 2015 at 12:09 pm

    Frst aharen mi kaaku kan neygi ehchehi nugova kun hytakah barosaavegen ehn myhunah ehchehi kiyumaki gud kameh heneh hieh nuvey..aharen mi ti hykuraa kuhjaaeh nun..ryn ah abadhuves kurieruma faagati kamah edhevey..n ehchehi ki 3 kudhinnah bunelan aharengw mamma dhaheh nukohdhey myhun rohvaakah myhun hih varu eluvaalaakah dhas kohdhini myhunah hih varu dhn adi rangalhu gotuga binaa kuruvanivi faadu kiyun takun myhaayah hihvaru dhi kuri ah gendhaan.so plx u guys dnt misunderstand me am nt the one whtevr u guys tnk

    1. Luv says:
      December 30, 2015 at 12:26 pm

      Anonymous kaley thee mi site ga meehun liyaa ehchesdah abadhu faadu kiyaa malaamaai kuraa meeheh… ehen veema ryn kaley liyefa oi ehcheh upload koffiyyaa ryn dheke ves meehun foohi vaane kan yageen…. ryn i also read ur stories so being a fan of u m saying this… eyna ge ehves ehcheh ryn ge nan matheega upload nukuraathi please… eyna ei ehme molhu meehaa ah vegen ulhey meehaa.. ehen veema amilla ah laan veenu mi site ga register vefa. Amilla molhu kan dhakkaalabala ehen meehun nah thivarah malaamaai kuraa iru ????

  22. Ryn says:
    December 30, 2015 at 1:34 pm

    guys guys!! i dnt think she is the one u al r thinkin of… cx as she said this is hr frst cmmnt to my stry.. n i gues rynge stry ah u ppl hykhgn ulhey anonymous cmmnt kuri hn.. enme faharaku nun many tyms..i dnt really think tht this Anonymous is tht guy or grl whm u al r tlkin abt.. n plus its our duty to help ppl.. n ryn ah ok knme kuhjaku migwthah help vdhn edhunu kamugai viyas i wil help him or her… as an exmple if she ws tht anonymous tht u all r tlkin abt i really dnt care i wil help .. i wil uplwd.. no mattr who it is.. e anonymous vx thimyhun bunaahn rythi kh tlk nukuriyas eyna dhahkaa mistakes vrh salhi vaane.. bt the way she tel is nt gud. i accpt tht.. ekm knme knme myhaku bunedhey goii diffrnt vaane.. views r diffrnt.. n plus.. its abt humanity.. its abt dhivehins..its abt helpin a prsn.. we r muslims guys… . ths r the things we lrn frm our parnts our prophets n Quruan.. so why nt.. its k if ppl strt to hate me.. bt i wil b realy happy thinkin tht i helpd sumone who wntd.. its an honour… 🙂 think positive guys.. its nt abt who is askin fr help its abt hw u act hw u react hw u help.. thnkyw 😉

    1. Sadddd says:
      December 30, 2015 at 9:29 pm

      Ryn wat ever u told is absolutely right but …………………………..
      …………………. Just see naai ge vaahaka ah comment Koh ah vaahaka liyanudhy hifaheh ti goi plxxxxx xx xxxxxxxxxxxx xxxxx xxxxxxx xxx nd u vile know ans for but

  23. Anonymous says:
    December 30, 2015 at 2:08 pm

    Ryn am huza..emyhun name nujahaati ehn hykurani am sry if i make mistake aharen mi ti myhun hykohgen ulhey kuhjaeh nun..allah gandhi huvaa..n always i knw timaa ah vuren molhu myheh neyyi kamah dhdkegen ulhey myhunnah dhuvahaku ves kameh gud kurakah noannaane kan..am huza?ti myhun hykohgen ulhey myhaeh nun n sry..ryn gaatun help akah edhevniti hope u guys ll fogive me

  24. Anonymous says:
    December 30, 2015 at 2:16 pm

    Ryn ge fan in ehaa nuruhey iru i cant give u..n vr sad vehje kusheh neti public eh ga ti gotah beyzaaru kohliti frst ves bunin dhw tihykuraa myheh nuney mi n am nt lyk dat ey bt y u guys listen to me y hitah arhaa ehcheh ti govi..kehve aharen lie hadhan v vaatu fatah baru nuvegeneh noolhen ahanneh

    1. Ryn says:
      December 30, 2015 at 2:36 pm

      i fyl so sry fr u… bt i wanna help u.. emyhun ehn ky cx of sum misundrstandin.. on bhlf of thm i m sry….. really i myn it.. m really really sry… n plx dnt b sad.. cx evn they were havin few misundrstaindings ehnve ehn buny.. ehn nun nama they wil nvr evr say tht… 🙁

  25. Anonymous says:
    December 30, 2015 at 3:36 pm

    I knw..n its ok..v kameh ve nimuni nuvaa kamakah balaala huzaa ge hih heyo..n i doknw hw can i snd it to u

    1. Ryn says:
      December 30, 2015 at 3:41 pm

      ryn akah vx neynge dhn snd kuraane gwtheh… i hve an idea.. reply to it i wil tel u…

  26. Yoosuf says:
    December 30, 2015 at 4:23 pm

    Mihaaru kihineytha thivanee ekuverinneey. Kujjaku liyefa uploadkurivaahakayakah comentkuramun eynayah hiyvaru dhinumuge badhalugai ekaku anekaku thi ehchehikitanfeshee theekee aharemenkahala muslimunnah eggothakavves ekasheyna kameh noon. Gaimuves engehaaves ehchakee 5 ingili evvaru noonkan vee iru enmennakee enme molhah vaahakaliyaa meehunnakh nuveveynekan. Dntwry ryn adhives thigothugaa kuriyah dhiumah edhemeve. Ekuverinneyve avahah eggalah araa sulhavey vaahakayah koment kurey binaakuruvanivi faadukiyaa eyeekee massalayehnoon. Zaathee evves kameh mithaa nubaavaa. Shukuriyyaa. Yoosuf

    1. Ryn says:
      December 30, 2015 at 4:46 pm

      thnkyou usuf… 😉 thnks alt….

    2. Masha Allah says:
      December 30, 2015 at 9:15 pm

      Yoosuf knme kama kah vx limit eh ova dhw eirun faadu Kiu mah vx on naane dhw bt anonymous had cross limit just check naai story yoosuf plsss

  27. Anonymous says:
    December 30, 2015 at 6:11 pm

    Buneba kihineh hadhan v ryn..koba idea aki buneba..n thank u yoosuf n ryn ah..

    1. Ryn says:
      December 30, 2015 at 6:25 pm

      Vibr use kurn dhw???

  28. Anonymous says:
    December 30, 2015 at 6:42 pm

    Yes kuran use

    1. Anonymous says:
      December 30, 2015 at 7:05 pm

      Kihineh hadhan v ryn viber use kuran

    2. Ryn says:
      December 30, 2015 at 8:37 pm

      whn we bth wil gt chnce to cht hre thn only we cn i myn eh tym eh ga cmmnt ge reply khlevey n dhimaavaa gadi aku kureveyny so tmrw 10 haairu cmmnt khlaa.. i wil wait.. 🙂

  29. naax says:
    December 30, 2015 at 7:03 pm

    Evves kaafaeh fenumuge naseebeh nulibunu.. ekm myhun kaafa ge vaahaka dhekkhyma v ufaavey.. kaafa v dhekelaahiyvey..

    1. Ryn says:
      December 30, 2015 at 8:34 pm

      owh alhey.. god bless u 🙂 b happy

  30. Plzzzzz says:
    December 30, 2015 at 9:07 pm

    Ryn pls once check naai ge story ga anonymous comment kuri goih plsss and kiyaafa huri ehchahi nd dicide she is the one I know plssssss ryn plsss check usuf u 2

  31. Merniu says:
    December 30, 2015 at 9:11 pm

    Yeah ryn check once I saw many other worst comment by anonymous form other story too plss she is not at all gud for sum one plzzz

  32. Anonymous says:
    December 30, 2015 at 9:14 pm

    Ok i ll b ol at 10 thanx ryn

  33. ryn says:
    December 30, 2015 at 9:38 pm

    guys i knw ey ryn e hurihaa cmmnts kymey.. evn rynge stries ga vx huhnaane eyna ge ekahala cmmnts.. bt i really dnt knw wht to do..? i myn why shuld she lie jxt to upld it.. i realy dnt knw wht to do nw…. god..! the thing is tht cmmnt ga name nujaha pst kurnya anonymous araane kn.. its obvious.. n nw its really cnfusin me.. cx rynge stries ah u ppl kiyaa anonymous cmnt kurey.. ryn ah faahagavey eyna cmmnts.. ryn kymey naaige stry ga v kanthah… n ryn vrh dhera vx vi… ekm ryn ah hama neynge mi vaa gwtheh nw.. i jxt dnt think tht anonymous wil cum lyk this n say this is my frst cmmnt to this syt n all.. cx anonymous ryn ge stry ah cmmnt kuryma.. m nw realy cnfusd.. dnt knw wht to do .

    1. Faahu says:
      December 30, 2015 at 9:49 pm

      She is the one ryn

  34. Aishaa says:
    December 30, 2015 at 9:39 pm

    Ain??mio hurihaa dhuvahu aharen heekuri ‘anonymous’ mi gothah aranee name nujahaa comment kureema kamah. Ehenneh noontha vanee. Ehen viyya it cud b anyone dhw aslu. Mi buni, baivaru meehun hama comment kohfaaney dhw name nujahaa. Naai story eyy?? E kn story eh?? Want to read and comments vs balaa hih vejje.

    1. ryn says:
      December 30, 2015 at 9:46 pm

      yrh aishaa ehnney vany.. cmmnts ga name nujaha cmmnt khfihya anonymous araany… ehnve enmn ah olhign miulheny…

    2. Yunnu says:
      December 30, 2015 at 9:50 pm

      Nunnnn

    3. Yunnu says:
      December 30, 2015 at 9:53 pm

      Y don’t she herself upload story y to say u ryn cox she know that she vil get negative comments

    4. ryn says:
      December 30, 2015 at 9:54 pm

      dhn ryn akah neynge.. 🙁

  35. Anonymous says:
    December 30, 2015 at 9:54 pm

    Nun

  36. lai says:
    December 30, 2015 at 10:11 pm

    heyy rynn .. mee ryn ge story eh tha? .. adhi kiriyaa mi inguny hehehe .. varaaaaaaaaaaaaaaaaaaaaaaaaaaaaah rythi .. hama rovihje 🙁 🙁 .. hama v rythi mi stry vess .. hehe haadha cmmnt gina ey dhw . anyways gud luck n keep up the gud work .. tc 🙂 😉 😀

    1. ryn says:
      December 30, 2015 at 10:29 pm

      hehhe thnks lai… actually stry eh nun dhn ekm vx ltr eh dhn neynge.. heheh… thnks dear.. 😉 😉

  37. Merniu says:
    December 30, 2015 at 10:37 pm

    Ryn it’s better who ever anonymous is herself upload it this is my view if you help her if she is the one the it vil be not fair for naai dhow

  38. Leem says:
    December 30, 2015 at 10:41 pm

    Yeah ryn Merniu is ryt that’s better

  39. Ryn says:
    December 30, 2015 at 10:46 pm

    yrh evn i think the same.. cx aftr al its hr stry she shuld get the praises n all by uplwdin it hrslf.. i really dnt knw wht to do bt huxa u ehn name eh ga uplwd khln v nu eyrun huxa ah vx kuri erun libeyne. if u nyd any help m alwys hre u cn tel me ;).. n thnks guys.. u guys r the bst… bt jxt wanna say dnt misundrstnd sumone n dnt say bad such things.. i myn eyna ky ey kiyaafa thimaa vx eyna ah ehchis kiyan feshyma eyna ekey thimaa ekey thafaatheh nwhnaane.. 😉 thnks alt..

  40. lai says:
    December 30, 2015 at 11:25 pm

    owhhh .. dhenme adhhi mi kiyaaly .. hehe .. u knw wht? .. lai dhuvahakuvess lai ge aslu kaafa eh nudheken 🙁 .. he died 🙁 🙁 🙁 🙁 🙁 v dheravey kaafa mathin handhaan vyma .. bt maama adhi vess eba ulhey n dhon kaafa hehe .. i miss them too 🙁 .. loved this .. it made me remember of my grandfather 🙁 🙁 🙁 🙁 🙁 🙁 … i jst love it 🙂

    1. Ryn says:
      December 30, 2015 at 11:50 pm

      awwww…. so sad.. thnks lai 😉 b strng n tc

  41. Anonymous says:
    December 31, 2015 at 8:37 am

    Thanx ryn..quraanugaiva mooritivi aayayyitah hekikoh bunan ryn ge ti fans ti hykura myhaaeh nun aharennaki..am also fan of ryn..n by the way i hav dhivehi degree teacher for helping me ..she ll help me bt ryn gatga up kohdhn buni ryn ge huri hunarakah huras alhaakah nun.n ryn ge fans ge faraatun tauryfu hoadha kah ves nun iraadha kurehvihya i ll b a writer..n nw am taking degree frm dhivehi..n ummeedheh mi dhaairaa itrah tarah gi kurun..n ryn ge kuri erumah takaa bunelan..mihunge gaataku ehchihseh nubunaane myhunge kairi bunaani..insaanun nun ehchehige kairi nt gaatga..for eg..gas kairigai furoo baahvaashey…mamma gaatga ahnaashey bunaashey..n thanx fo ryn ge fan ah ves..hope ti myhun ahareni site in gud gotga kuriah oyyi mustagubaluga balaa gahnaane kamah lyk ryn..n thanx ryn hav a happy day

    1. Ryn says:
      December 31, 2015 at 9:10 am

      awww thnks alt dear… n i knw ur nt tht guy or grl.. 🙂 i hwp n pray tht ur dryms wil cum true.. m so sry.. n thnks fr tellin me… 😉 thnks alt… myns alt whn ppl lyk u say tht ur one of my fan.. hehehe n lukin frwrd to ryd ur stories.. gud lck fr evrythin… n b happy… 😉 n hykurn u wil hve a succesful carrer… 😉

  42. Anonymous says:
    January 1, 2016 at 7:40 pm

    …

  43. yaina says:
    August 11, 2017 at 11:53 am

    Vvv heart touching story eh …. Hama rohvaalaafi ???? anyway… vvv reethi مشا الله …

Comments are closed.


All Right Reserved!