Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ލޯބިން އެކީގަ ވާނަމޭ.. (6)

lai Level 110 Stories100 Comments
January 5, 2016 7 Mins Read
16 Comments

ދެންމެއަކާއި ޖެހެންދެން ރީތިކޮށް އޮތް އުޑުމަތި ކުއްލިއަކަށް ބަނަކޮއްލިއެވެ. ލޯންޗުން ފޭބި އީނާލް އާއި ރަޔާން އަވަސްވެގަތީ ވާރޭ އޮއްސައިގަތުމުގެ ކުރިން އަވަހަށް އެ މީހުން ހިފާފާވާ ގެސްޓް ރޫމަށް ދިޔުމަށްށެވެ. ނަމަވެސް އެ ހިސާބަށް ދެވުމުގެ ކުރިން ވާރޭގެ ބޮޑެތި ތިކިތައް އޮހެން ފެށިއެވެ. ކުޑަ ކުޑަ ހިނދު ކޮޅެއް ތެރޭގާ އީނާލް އާއި ރަޔާން ތެންމާލައިފިއެވެ. ހިޔާވާނެ ތަނެތް އޮތްތޯ ބަލާލުމައްފަހު ރަޔާން އީނާލް ގެ އަތުގާ ހިފައިގެން ދުވެފާ ގޮސް އެތާހުރި ގެއެއްގެ ފެންޑާގާ މަޑު ކޮއްލިއެވެ. ” މިތިބީ ކޮން ކުދިން ނެއްތަ؟ ” އެ ގޭގެ ފެންޑާގައި ވާރޭ ހުއްޓާލާނެ ވަގުތަކަށް އިންތިޒާރު ކުރަމުން ދިޔަ އީނާލް އާއި ރަޔާން ފަހަތް ބަލާލީ ދާދި ކައިރިން އަންހެނަކު ވާހަކަ ދެއްކި އަޑަށްށެވެ.” އައިރީން ދަރިފުޅާ .. ދަރިފުޅުތަ؟ .. އަވަހަށް ވަދޭ .. މީ ކޮން ކުއްޖެއްތަ؟ ..” ޖުވޭދާ އަށް އައިރީން ފެނުމުން އުފާވި ނަމަވެސް އައިރީން ކައިރީގާ ހުރި ފިރިހެން ކުއްޖާ ފެނުމުން އެ މޫނުމަތި މިލައިގެން ދިޔައެވެ. އައިރީން ކުއްޖަކާ ރައްޓެހި ވީ ބާއޭ ޖުވޭދާގެ ހިތައް އަރަމުން ދިޔައެވެ. އެހެންވެއްޖެއްޔާ ކިތަންމެ ހާވެސް ދެރައެވެ. އައިރީން އާއި އިޒްޔަން ގުޅުވުމަކީ އޭނާގެ ހުވަފެނެކެވެ .

ޖުވޭދާގެ ވާހަކަތަކުން ހައިރާންވެފާ ހުރި އީނާލް ރަޔާން އާއި ދިމާއަށް ބަލާލިއެވެ. އީނާލް ގެ އެ ބަލާލުމުގެ މާނަ އެނގުމުން ރަޔާން ވާހަކަ ދައްކަން ފެށިއެވެ. ” ނޫން ދައްތާ .. މިހާރު ވާރޭ ވެސް ތުނި ކޮއްލައިފިއެންނު .. އަޅުގަނޑަކީ ރަޔާން .. ދެން މި ހިރީ އަޅުގަނޑުގެ ވަރަށް ގާތް އެކުވެރިއެއް .. އީނާލް ” ރަޔާން ސަލާމަށް އަތް ދިއްކޮއްލިއިރު ޖުވޭދާ އަށް ހުރެވުނީ ކަޅި ޖަހާނުލާ އީނާލް ގެ މޫނަށް ބަލާށެވެ. ” އީނާލް އޭ .. އެކަމަކު ތީ އައިރީން އެއް ނޫންތަ؟”  ” ދައްތާ ދެން ދަނީ އިނގޭ .. އުންމީދުކުރަން އަދި ދައްތަ އާއި އަދި ދިމާވާނެ ކަމަށް ” ހިނިތުންވެލުމައްފަހު ރަޔާން އެހެން ބުނެލީ އީނާލް އޭނާގެ އަތުގާ ބާރަކަށް ހިފާލުމުންނެވެ. ދެމީހުން މަގުމަތިން ދުވެލާފަ ކަހަލަ ގޮތަކަށް ނިކުމެގެން ދިޔަ މަންޒަރު ބަލަހައްޓައިގެން ހުރި ޖުވޭދާ ހުރީ ދެލޯ ބޮޑުވެފައެވެ. ހީވަނީ ކަމެއް ގަބޫލު ނުކުރެވިފާ ހުރި ހެންނެވެ.

*********************************
” އިޒް؟ .. ކޮންތާކު ތި އުޅެނީ؟ … އަހަރެން ހާދަ ވަރަކަށް ގުޅީމޭ .. މެސެޖް ވެސް ކުރިން .. އިޒް ކީއްވެ ފޯނު ނުނަގަނީ؟ .. އެޓްލީސްޓް މެސެޖް އެއް ކޮއްލިނަމަ .. އިނގޭތަ އަހަރެން ކަންބޮޑު ވި ވަރު” އިޒްޔަން ގެ ގައިގާ ބައްދާލައިގެން ހުރެ އައިރީން އޭނާގެ ހިތުގާވާހާ ޝަކުވާއެއް ބޭރުކޮއްލިއެވެ. އޭރު އެ ދެލޮލުގާ ކަރުނައިގެ އަސަރު ފާޅުވަމުން ދިޔައެވެ. އިޒްޔަން މަޑު މަޑުން އައިރީން ދުރަށް ޖައްސާލުމައްފަހު ވަރަށް ފުންކޮއް އެ މޫނަށް ބަލާލިއެވެ. ދެވަނަ ސިކުންތުގާ މޫނު އަނބުރާލީ އަނެއް ފަރާތަށްށެވެ. ” ސޮރީ ރީން .. ” ދެން އިތުރު އެއްވެސް އެއްޗެއް ނުބުނެ އިޒްޔަން ހިނގައިގަތީ އައިރީން  ގެ ކޮޓަރިން ނިކުންނާށެވެ. ނަމަވެސް ފިޔަވަޅުތަކަށް ހުއްޓުމެއް އައީ އައިރީން  އިޒްޔަންގެ އަތުގާ ހިފަހައްޓާލުމުންނެވެ. ” އިޒް ؟ .. ކީއްވެ އެއްޗެކޭ ނުބުނެ ތި ދަނީ .. ޕްލީޒް އިޒް .. ބުނެބަ ކިހިނެތް ތަ ވީ؟ .. އަހަންނަށް އިނގޭ އިޒް އަށް ކަމެއްވެއްޖެކަން .. އިޒް އަހަންނަށް އިތުބާރެއް ނުކުރަންތަ؟ .. ބުނެބަލަ ވެގެން ތި އުޅޭ ގޮތެއް .. އަހަންނަށްވެސް އެހީއެއް ވެވޭނީ އޭރުންނެއްނު .. އަހަރެން ނަށް ވެވުނުވަރަކުން  އިޒް އަށް އެހީތެރިވެދޭނެނަން ” އައިރީން ދައްކަމުން ދިޔަ ވާހަކަތަކުން އިޒްޔަން ގެ ހިތަށް ފުން އަސަރުތަކެއް ކުރަމުންދިޔައެވެ. ލޯ މަރާ ތަގުޅި ކޮއްލުމައްފަހު ލޯ ހުޅުވާލިއެވެ. އަދި ފުން ނޭވައެއް ދޫކޮއްލަމުން އިޒްޔަން އެނބުރި އައިރީން އާއި ދިމާއަށް ބަލާލިއެވެ. އޭރު ކިތަންމެ ހިތްވަރު ކުރަމުން ދިޔަސް އިޒްޔަން ގެ ދެލޮލުގާ ކަރުނަތައް ބޮނޑިވެފާ ހުއްޓެވެ.އިޒްޔަން ގެ ލޮލުގާ ވިދަމުން ދިޔަ ކަރުނަތައް ފެނުމުން އައިރީން ގެ ހިތް ހީވީ ހުއްޓުނު ހެންނެވެ. ހިތުގާ މަޑު ރިހުމެއް އުފެދިގެން ދިޔައެވެ. ” އިޒް” އިޒްޔަން ގެ މޫނުގާ ހިފަހައްޓާލަމުން އައިރީން އިޒްޔަން އަށް މަޑު މަޑުން ގޮވާލިއެވެ. އިޒްޔަންވެސް އޭނާގެ މޫނުގާ ހިފަހައްޓާލެވިފާވާ އައިރީން ގެ އަތުގާ ހިފާ ބާރު ކޮއްލިއެވެ. ނަމަވެސް ކުއްލިއަކަށް އައިރީން އެއީ އޭނާގެ ހައްގެއް ނޫނޭ ހިތައް އެރުމުން އިޒްޔަން ދުރައް ޖެހިލިއެވެ. ” ރީން އަހަރެން ބޭނުން ވާހަކައެއް ބުނަން .. އަހަންނަށް އިނގޭ ރީން ދެރަ ވާނެކަން .. ބަޓް .. ” ” ބަޓް ވަޓް؟ ” އޭރު އިޒްޔަން ބުނަން އެ އުޅެނީ ކީކޭ ކަން ނޭނގޭތީ އައިރީންގެ ހިތް ބާރުބާރަށް ތެޅެމުން ދިޔައެވެ. އިޒްޔަން ވާހަކަ ދައްކަމުން ދިޔަ ގޮތުން އެ ހިތުގާ ގޮތް ނޭނގޭ ބިރުވެރިކަމެއް ވިއެވެ.

” ރީން .. އަހަރެން ބޭނުންވަނީ މި ފްރެންޑްޝިޕް ކަނޑާލަން .. މި ގުޅުން އިތުރަށް ކުރިއަށް ގެންދާކަށް އަހަރެން ބޭނުމެއް ނޫން .. ރީން އައި ހޯޕް ޔޫ އަންޑާސްޑޭންޑް މީ .. އަހަރެން ކޮންމެ ހެން ރީން ދެރަ ކުރާކަށް ނޫން މިހެން މި ބުނީ .. މީ އަހަރެމެން ދެމީހުންނަށް ވެސް އެއްމެ ރަނގަޅު ގޮތް ކަމަށް ބަލާ .. ދެން ރީން އަހަރެންނާ ވާހަކަ ދައްކަން ނޫޅެއްޗޭ ..އައި ނޯ .. ޔޫ ވިލް ބީ ހާޓް .. އައިމް ސޮރީ ” އިޒްޔަން އެހެން ބުނީ ހިތާ ދެކޮޅަށްށެވެ. އޭރު އެތެރެއިން އެ ހިތް ދިޔައީ ރޮމުންނެވެ. އިޒްޔަން ގެ ދުލުން ނިކުތް ކޮންމެ ޖުމްލައެއް އަޑު އަހަން ހުރި އައިރީން ހުރީ ގަނޑުވެފައެވެ. ގަބޫލުކުރަން ދަތިވެފައެވެ. އިޒްޔަން އާއި ދިމާއަށް ބަލަހައްޓައިގެން ހުރި އައިރީން ގެ ލޮލަށް ކަރުނަ ޖަމާވަމުން ދިޔައެވެ. މި މަންޒަރު ކިތަންމެ ރީއްޗަކަށްވެސް އިޒްޔަންއަށް ފެނުނެވެ. އެކަމަކު ދެނަހުރިކަމަށް ހަދާ ނުލާ އިޒްޔަން އެ ކޮޓަރިން ނިކުމެގެން ދިޔައީ އެ ގޮތުގާ ގިނައިރު ނުހުރެވޭނެކަން އިނގޭތީއެވެ.

އިޒްޔަން ދިޔުމާއިއެކު އައިރީން އަށް މަޑުމަޑުން އެނދައް ތިރިވެވުނެވެ. ސިކުނޑި މަސައްކަތް ކުރަން ފެށުމުން އައިރީން އަށް ގިސްލަ ގިސްލާފާ ރޮވެންފެށުނެވެ. ” އިޒް .. އަހަންނަށް ވާނެ ގޮތެއް ނޭނގޭތަ ތިހެން ބުނި އިރު .. މީ ހުވަފެނަކަށް ވި ނަމަ .. އިޒް ޕްލީޒް ކަމް ބެކް .. އައި ނީޑް ޔޫ .. އައި ލަވް ޔޫ އިޒް .. އައި ލަވް ޔޫ .. ” ރޮމުން ވާހަކަދައްކަމުން ދިޔަ އައިރީން ގެ ގިސްލުމުގެ އަޑު ކުއްލިއަކަށް ހުއްޓުނީ އޭނާއަށް ދެނެމެ އެ ބުނެވުނު އެތި ގަބޫލު ނުކުރެވުމުނެވެ.ނަމަވެސް ލޮލުން ފައިބަމުން ދިޔަ ކަރުނަތަކަކަށް ހުއްޓުމެއް ނައެވެ.

*************************

” ކޮފީ ؟ ” ” ތޭންކްސް ” އީނާލް ދިއްކޮއްލި ކޮފީ ތަށީގާ ހިފަމުން ރަޔާން ޝުކުރުއަދާކޮއްލިއެވެ. ” އީން ވާހަކައެއް އަހާލަންތަ؟ ” ރަޔާން އީނާލް ގެ މޫނަށް ނަޒަރު ހުއްޓާލަމުން އަހާލިއެވެ. ” ހޫމް އަހާބަލަ” އީނާލްއަށް ރަޔާން ގެ އަޑު ގައި ހުރި ސީރިއަސްކަން ނަގައިގަނެވުމުން ކޮފީ ތަށި ކުރިމަތީގާ އިން މޭޒުމަތީގާ ބެހެއްޓުމަށްފަހު އޭނަގެ ފުރިހަމަ ސަމާލުކަން ރަޔާން އަށް ހުއްޓާލިއެވެ.” މިއަދު ވާހަކަދެއްކި އެ ދައްތަ އެއީ ކާކު؟ އީން ދަންނަންތަ؟ .. ކީއްވެ ރީން އޭ ކިޔާފަ އެ ގޮވީ؟ މާލޭގަވެސް އަންހެން ކުއްޖަކު އައިސް އީން އާ ރީން އޭ ކިޔާފަ ވާހަކަ ދެއްކިއެއްނު؟ ” ރަޔާން ވާހަކަދައްކާ ނިމުންމުން އޭނާ އިންތިޒާރު ކުރަމުން ދިޔައީ އީނާލް ގެ ފަރާތުން ޖަވާބަކަށްށެވެ. ނަމަވެސް 5 ވަރަކަށް މިނެޓް ފާއިތުވެގެން ދިޔައިރުވެސް އިނާލް ގެ ފަރާތުން ޖަވާބެއް ނުލިބުނެވެ. އިސްޖަހާލައިގެން އިން އިރު އީނާލް ދިޔައީ އޭނާގެ އަތުގެ އިނގިލި ތަކާއި ކުޅެމުންނެވެ. ހީވަނީ ވަރަށް ބޮޑު ކަމަކާ ވިސްނަނީ ހެންނެވެ. ދެވަނަ ފަހަރަށް ރަޔާން އެއްޗެކޭ ބުނަން އަނގަހުޅުވާލާފަ ލައްޕާލީ އިންތަނުން ތެދުވެ އީނާލް އޭނައަށް ހާއްސަ ކޮއްފާވާ ކޮޓަރިއާއި ދިމާއަށް މިސްރާބު ޖެހުމުންނެވެ.

” އީން ” ކޮޓަރިއަށް ވަދެ ވަދެ ހުރި އީނާލް ހުއްޓުނީ ރަޔާން ގޮވާލުމުންނެވެ.ނަމަވެސް ރަޔާން އެއްޗެކޭ ނުބުނުމުން އީނާލް ކޮޓަރިއަށް ވަދެ ދޮރު ލައްޕާލިއެވެ. އަދި ފުން ނޭވައެއް ދޫކޮއްލަމުން އެނދަށް ވެއްޓިގަތެވެ. އިރު ކޮޅަކު އެހެން އޮތުމައްފަހު އީނާލް އެނދުން ތެދުވެގެން ގޮސް ދަބަސް ހުޅުވާލުމައްފަހު އޭގެ ތެރެއިން ރަން ފަށެއް ނެގިއެވެ. ” މަންމާ ” އެ ނަން ކިޔާލެވުމާއިއެކު އީނާލް ގެ އަނގައިން މަޑު އާހެއްގެ އަޑު އިވިގެން ދިޔައެވެ. ކަރުގާ އެ ފަށް އަލާލަމުން އީނާލް އެ ފަށުގާ ވަރަށް ލޯބިން ފިރުމާލިއެވެ.

***********************

އިރު އަރައިގެން އައީ މުޅިން އާދުވަހަކަށް މަރުހަބާކިޔަމުންނެވެ. އަރައިގެން އައި އިރާއިއެކު އެކި މީހުން އެކި ކަންކަމުގާ މަޝްއޫލުވެގެން އުޅޭތަން ފެންނަން ފެށިއެވެ.  ހުކުރު ދުވަސްކަމުން ވަގުތު އަރައިގެން ދިޔަ ގޮތް ވެސް ނޭނގުނެވެ. ހަވީރުގަޑީގާ ރަށު ތެރޭގާ ކުދި ބޮޑު އެންމެން ހޭލަ މޭލިވެ އުޅޭތަން ފެންނަން ފެށިއެވެ. ނަމަވެސް އެނެމެންނާއި އެކަހެރިކޮށް އަތިރިމަތީގެ ވެލިގަނޑުމަތީގާ އިށީނދެލައިގެން އިން އައިރީން ގެ ދެލޮލުގާ ވިދަމުން ދިޔައީ ތާޒާ ކަރުނައެވެ.ދުރުގައި މި މަންޒަރު ބަލަން ހުރި އިޒްޔަން ގެ ހާލު އަދި އެއަށްވުރެވެސް ބޮޑެވެ. ކިތަންމެ ހިތްވަރު ކުރަން އުޅުނަސް އެ މޫނުމަތިން ފެންނަމުން ދިޔައީ ހިތްހަލާކުވާ ފަދަ އަސަރުތަކެކެވެ. މިހާރުން މިހާރަށް ގޮސް އައިރީން ގެ ކަރުނަތައް ފުހެލަ ދިނުމައް ފަހު އެ މޭގާ އައިރީން ފޮރުވާލަން ކިތަންމެ ހާވެސް ބޭނުމެވެ. އެކަމަކު އޭނައަށް ދުރުގައި ބަލަން ހުރުން ނޫން ގޮތެއް ނެތެވެ. އައިރީން އެއީ އޭނާގެ ހައްގެއް ނުނޭ ހިތަށް އަރަނީއެވެ.އޭނާ އައިރީން އާއި އޮތް ރަހަމަތްތެރި ކަމުގެ ގުޅުން ވެސް ކަނޑާލީ އެ ހިތުގެ ހާލު ސިއްރު ކޮއްގެން ނޫޅެވޭނެކަން އިނގޭތީއެވެ.އެހެންވާކަށް އޭނާ ބޭނުމެއް ނޫނެވެ. އައިރީން ގެ ހިތަކީ އެހެން މީހެއްގެ މިލްކެކެވެ.

…………………………………………….

އަތިރިމައްޗަށް ނިކުމެލި ރަޔާން ހައިރާން ވެ އަންތަރީސް ވީ އަތިރިމަތީގައި އިށީނދެ ލައިގެން އިން އީނާލް ފެނުމުންނެވެ. އީނާލްގެ ކޮޓަރީގެ ދޮރުގާ ތަޅާ ތަޅާ ދޮރު ނުހުޅުވުމުން ރަޔާން ހީކުރީ އީނާލް ނިދާފަކަމަށްށެވެ. އެހެންވެ ފޫހިވާތީ ބޭރަށް ނިކުމެލުމުން އީނާލް އަތިރިމަތީގާ އިންތަން ފެނުމުން ހައިރާންވީއެވެ. އީނާލް އަށް ބަލަހައްޓައިގެން ހުރެފައި އެއްލި ކަޅިއަކުން އީނާލްއާއި ދިމާއަށް ބަލަހައްޓައިގެން ހުރި ޒުވާނާ ފެނުމުން ރަޔާން ގެ ދެބުމަ ގޮއްޖެހިގެން ދިޔައެވެ. އަވަސް ހިނގުމެއްގާ ރަޔާން  ދިޔަ ގޮތަށް ގޮސް އީނާލް ގެ އަތުގާ ހިފައިގެން ގެސްޓް ހައުސް އާއި ދިމާއަށް މިސްރާބުޖެހިއެވެ.

ޖެހި ބުދެއްހެން މޫދަށް ނަޒަރު ހުއްޓާލައިގެން އިން އައިރީން ސިހިގެން ދިޔައީ މީހަކު އޭނާގެ އަތުގާ ހިފާ ކޮޅަށް ނެގުމުންނެވެ. އިޒްޔަން ކަމަށް ހީކޮށް އެ މީހެއްގެ މޫނަށް ބަލާލުމާއިއެކު އައިރީން ހައިރާންވެގެން ދިޔައެވެ. ކުރިމަތީގާ އެހުރީ އޭނާ ނުވެސް ދަންނަ ދުވަހަކުވެސް ދެކެފާނުވާ ޒުވާނެކެވެ. އައިރީން ގެ އަތުގާ ހިފައިގެން އެ ޒުވާނާ ހިނގައިގަތުމުން އައިރީން އަދި ވަކިން ހައިރާންވިއެވެ. އެ ޒުވާނާގެ އައިރީންގެ އަތުގާ ހިފާފާވާލެއް ބާރުކަމުން އައިރީން އަށް އަތް ފޮޅުވައެއްވެސް ނުލެވުނެވެ. ކުއްލިއަކަށް އައިރީން އިޒްޔަން އެތަނަށް އަންނާނެ ނަމައޭ ހިތަށް އެރިއެވެ . ޗާބީ ދީފާވާ ބުދެއް ފަދައިން އައިރީން އެ ޒުވާނާ އެ ގެންދާތާކަށް ގެންދަން ދޫކޮއްލައިގެން ހުރެވުނެވެ. ކީއްވެ ކަމެއް ނޭނގުނެވެ . ހިތް ބުނަމުން ގެން ދިޔައީ އެ ޒުވާނާ އެ ގެންދާތާކަށް ގެންދަން ދޫކޮއްލައިގެން ހުރުމަށްށެވެ.

…………………………………

” ރެން.. އެބަ އުޅެންތަ؟ ” ރަޔާންގެ ކޮޓަރީގެ ދޮރުގާ ޓަކި ޖަހާލި އީނާލް ރަޔާންގެ ހަބަރެއް ނުވުމުން ދާން އެނބުރިލި ތަނާ ހުރި ފިޔަވަޅުމަތީގާ ހުއްޓެވުނީ ރަޔާން ކޮޓަރިތެރެއިން  ވާހަކަދައްކާ އަޑު އިވުމުންނެވެ. އެތާ އިން ކުޑަ ދޮރަކުން އީނާލް ރަޔާންގެ ކޮޓަރިތެރެއަށް ނަޒަރު ހިންގާލިއިރު އޭނާގެ ދެލޯ ދިޔައީ ބޮޑުވެގެންނެވެ. ރަޔާން އަންހެން ކުއްޖެއްގެ އަތުގާ ހިފައިގެން ވާހަކަދައްކަމުން ދިޔަ ތަން ފެނުމުން އެ ހިތް އެތައް ހާސް އެތިކޮޅުތަކަކަށް ބުރައިގެން ދިޔައެވެ. ލޮލުން ކަރުނަތިއްކެއް ވެއްޓި ކޯތާފަތްމަތީގާ ރޮނގު ދެމިގެން ދިޔައިއެވެ. ރަޔާން ހުރީ ފުރަގަސްވާ ގޮތަށް ކަމުން ކޮޑަދޮރު ކައިރީގާ ހުރި އީނާލް އެއް ނުފެނެއެވެ. ނަމަވެސް ހައިރާންވާހާލު ރަޔާން ގެ ވާހަކަތައް އަޑު އަހަމުން ދިޔަ އައިރީން އަށް ކުޑަދޮރުން އެދެމީހުންނަށް ބަލަހައްޓައިގެން ހުރި އީނާލް ފެނުމުން ބިރެއް ފެނުނުހެން ދެލޯ ބޮޑު ކޮއްލިއެވެ. އަދި އައިރީން  ރަޔާންއަށް އަތުގެ އިޝާރާތުން ކުޑަދޮރު ކައިރީގައި ހުރި އަންހެން ކުއްޖާ ދައްކާލިއެވެ.އަދި ވަރަށް ބާރަށް ހަޅޭއް ލަވައިގަތްފައި އައިރީން ދުވެފާ ނިކުގެން ދިޔުމުން ރަޔާންވެސް ހައިރާންވެފާ ކުޑަ ދޮރާއި ދިމާއަށް ބަލާލިއެވެ. ނަމަވެސް އެތާކު އެއްވެސް އެއްޗެއް ނެތެވެ.

****************

” މަންމާ .. މަންމާ .. ޖިންނި އެއް . ޖިންނި އެއް .. މަންމާ .. މަންމާ .. ” ތެޅެމުން ފޮޅެމުން ގޭތެރެއަށް ވަތް އައިރީން އެ ދިޔަ ގޮތަށް ގޮސް ނަޖުމާ ގައިގާ ބާރަކަށް ބައްދާލިއެވެ. އޭރު އައިރީން ބިރުން ރޫރޫ އަޅައެވެ. ” ސާބަހޭ ދަރިފުޅާ .. ތި ނުވާނެ ޖިންނި އަކަށް .. ތިވާނީ އަނެއްކާވެސް ނީޝަމް ކޮއްލި ސަމާސާއަކަށް ” ” ނޫ .. ނޫނެކޭ .. މަންމާ .. ރީން އަށް ހަމަ އަސްލުވެސް ފެނުނޭ ޖިންނިއެއް … އޭތި ހުރީވެސް ރެޑް ކުލައިގެ ހެދުމެއް ލައިގެން .. ރީންގެ ސިފައިގަ ހުރީ އަދި .. ހަމަ އަސްލުވެސް އޭ މަންމާ .. ” ” ހޫމް ހޫމް ދެން ކޮންތާކުންތަ ފެ .. ” ” މަންމާ ކޮބާ ނިޝްގެ އެއްކަހަލަ ވައިޓް ކުލައިގެން ހެދުން ” ކުއްލިއަކަށް ކޮޓަރިން ނުކުތް ނީޝަމް ފެނުމުން އައިރީން ހަޅޭއް ލަވާ ގަތްފައި ނަޖުމާގެ އަތުގުގާ އޮޅުލައިގަތެވެ.

” ހޫމް ދޮންތަގަނޑު ކީއްވެ މި ހަޅޭއްލަވަނީ މާ ބާރަކަށް .. ޖިންނިއެއް ފެނުނީތަ އަނެއްކާ ” ނީޝަމް ދެ އުކުޅުގައި އަތް ވިދެލަމުން ހެވި ދިލިފާ އެހެން އަހާލުމުން އައިރީން ކުސް ތަޅާލިއެވެ. ” ދެން މަންމާ .. ހަމަ އަސްލުވެސް ފެނުނޭ .. އޭތި ހުރީވެސް ރީންގެ ސިފައިގަ .. ރީންއަށް ހީވި އޭތި ހުރީ ރީން އާއި ދިމާއަށް ކަޅި އަޅާލައިގެން ހުރިހެންވެސް .. މަންމައަށް ވެސް ފެނުނީމަ ގަބޫލުކުރާނެ ރީން މި ދައްކަނީ ދޮގު ވާހަކައެއް ނޫންކަން ” ” ސާބަހޭ ދަރިފުޅާ .. މަންމަ ބުނެފިންތަ ގަބޫލެއް ނުކުރަމޭ .. ޖިންނިންނަކީވެސް މި ދުނިޔޭގަ އުޅޭ ބައެކޭ .. ކޮންތާކުންތަ ތިޔަ ބުނާ ޖިންނިއެއް ފެނިގެން ތި އުޅެނީ ؟ ” އޭރު ނީޝަމް ވެސް ހުރީ އެ ވާހަކައަށް ވަރަށް ޝައުގުވެރިވެފާކަމުން ސޯފައިގާ އައިސް ޖައްސާލިއެވެ. ” އެއީ އަތިރި ކައިރީގާ އިނދެއެއްނު ގެސްޓު ހައުސް އެއް .. އެތަނުން” އައިރީން އެހެން ބުނެލުމުން ނީޝަމްއަކަށް ދެނެއް އަނގަމަޑުން ލައިގެން ވާހަކަނުދައްކައެއް ނީނދެވުނެވެ. ” ކީކޭ؟ .. ގެސްޓު ހައުސް އޭ .. ދޮންތަ ކީއްކުރަން އެތަނަށް ދިޔައީ .. ޔާ ދޯ .. މީހުން ކިޔާ އެތަނުން ވަރަށް އެއްޗެހި ފެންނަ ވާހަކަ .. ނިޝްމެން ކްލާސް ކުއްޖެއްވެސް ބުނި އެތަނުން ވަރަށް ފާޑު ފާޑުގެ އަޑުވެސް އިވެޔޯ .. ދޮންތައަށް އެތަނަށް ދާން ކެރުނު ކަމޭ ހިތަށް އަރާ .. ނިޝް ހަމަ ހިލާ އެތަނަކަށް ނުދާނަން ” ނީޝަމް ގެ ވާހަކަ ނިމުނު އިރު އައިރީން އިން ގޮތުން ހިނިގަނޑު ފަޅައިގެން ނުދިޔައީ ކިރިޔާއެވެ. އޭރުވެސް އޭނާ ދިޔައީ އެތެރެ އެތެރެއިން ހެމުންނެވެ. ނީޝަމް ގަސްތުގައި ހަދަހަދައިގެން ވާހަކަދެއްކީ އައިރީން އިތުރަށް ބިރުގަންނަވާލުމަށްށެވެ. އެއީ އަބަދުވެސް ނީޝަމް ގެ އާދައެވެ. ނީޝަމް އަކީ އައިރީން އަށް ޖެއްސުން ކުރުމުގައި ހަމަ އެއްވަނައެވެ. ނަމަވެސް ބޭރު ތެރޭގައި އުޅޭއިރު ނީޝަމް ހުންނަނީ ވަރަށް މަޑުމަޑުންނެވެ. ގޭރެތޭގައި އަނގަ ގަދަ ކޮށް ކޮށް ފައި އުޅޭ ކުއްޖާ ބޭރުތެރެއަށް ނިކުމެއްޖެއްޔާ ހީވާނީ އަނގައިގަ ތަޅެއްލެވިފާ ހުންނަހެނެވެ. އެހާވެސް ބަސްމަދުވާނެއެވެ. ގޭތެރޭގައި އުޅޭގޮތަށް ބޭރުތެރޭގައި އުޅެން ނުކެރެނީ ކަމަށްވެސް ވެދާނެއެވެ. އެކަމަކު ރައްޓެހިންނާއި ޖެހިއްޖެއްޔާ އެވަރު ބޮޑު އަނގައެއް ނޯންނާނެއެވެ. ވާހަކަ ފަށާގޮތަށް ނިންމާކަށް ނޭނގޭނެއެވެ. މިފްޒާލް އާއި އައިރީން އާއި ހިލާފަށް ނީޝަމް އަކީ ތަފާތު މިޒާޖެއްގެ ވެރި ކުއްޖެކެވެ.

 

( ނުނިމޭ )

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

lai

Level 110 Stories100 Comments

Other Articles

Previous

އިތުބާރު ގެއްލުވާ ނުލާ…6

Next

ހާދަ ލޯބިންނޭ…(7)

Next
January 5, 2016

ހާދަ ލޯބިންނޭ…(7)

Previews
January 5, 2016

އިތުބާރު ގެއްލުވާ ނުލާ…6

16 Comments!

  1. lai says:
    January 5, 2016 at 8:33 pm

    hey guys .. here is the next part .. mi part kurin part ah vure dhigu vaane .. n yah hama nujehey parts vess huredhaane cux lai mi ulheny kudakoh balive ehenve .. hope u all will understnd .. n do tell me the mistakes .. i’ll try to upload the next part as soon as possible .. thanks ..hope u all will like this part too .. enjoy reading 🙂

  2. ina says:
    January 5, 2016 at 8:42 pm

    Wowwwwww..laiii.v v v v v nice…ekm v kiyaa hithun hutta enimuny…bt kurevves nun dhw….alhey feelin v bad 4 iryn..dhn ixyan vx dhw….kn irakun baa iryn ah eenal ge hageegaiy engeny…..mihaaru mihury nxt part kiyaa hithun..hehehe…luv n miss U mre than U…..laiiiiiiiii

  3. ina says:
    January 5, 2016 at 8:45 pm

    Yayyyyyy me first…..ekm mirey hama cmnt mikury stry ekkoh kiyaafa..hehehe…v v v nice ingey….kyp it up laiii….

    1. lai says:
      January 10, 2016 at 1:22 pm

      thank u so muchh ina 🙂 ..ehe ehentha .. hmm very soon they will meet each other .. hehehe .. thanks once again … love u n miss u too .. inaaaaaaaaa 😉 😀 .. hehehe yah frst dhw congratss .. hehehehe .. 😉

  4. nukko says:
    January 5, 2016 at 9:01 pm

    Wowwwwwww…hama v booootiful… hehehe luvin it….. wen nxt part….??? Cant wait… n miss bodu bodu koh… tc 🙂 🙂 🙂 🙂

    1. lai says:
      January 10, 2016 at 1:23 pm

      thank u so much nukkoooo .. hehe .. nxt part miadhu up kuran mi ulheny .. miss u too bodu bodu koh .. hehe tc 😉 😀

  5. maalu says:
    January 6, 2016 at 12:04 am

    Wowwwwwwwww story vrh vrh vrh reethi?????? when is the next part?????? Waiting….???????

    1. lai says:
      January 10, 2016 at 1:24 pm

      thanks alott malll … next part mi ulheny up kuran ..once again thanksss 🙂 😉 😀

  6. Munko says:
    January 6, 2016 at 12:28 pm

    Nice

    1. lai says:
      January 10, 2016 at 1:25 pm

      thankss munko 🙂 😀

  7. Waan says:
    January 6, 2016 at 4:12 pm

    Mi site ga in mihaar vaahaka thakuge therein 2nd i ah rythi vaahaka..

    1. lai says:
      January 10, 2016 at 1:26 pm

      owh aslutha? hehe thanks u so much waan 😉 🙂 😀

  8. Luyoona says:
    January 6, 2016 at 7:17 pm

    reethi dhen

    1. lai says:
      January 10, 2016 at 1:26 pm

      thanks luyoona 🙂

  9. kitty says:
    January 9, 2016 at 11:56 pm

    V nice … When next part????

    1. lai says:
      January 10, 2016 at 1:27 pm

      thanks alot kitty .. nxt part miadhu 😉 🙂

Comments are closed.

Next Episodeލޯބިން އެކީގަ ވާނަމޭ.. (7)←


All Right Reserved!