Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހަޤީޤީހިތާމަލޯބި

މިއީ ތަޤްދީރު ހޭ؟ (ސާދަވަނަ ބައި)

Ahmed Ammu
January 5, 2016
7 Mins Read
17 Comments

 

“ސަނާ” ސަނާގެ ބޮލުގައި ފަލާހް ފިރުމައިލައި ސަނާއަށް ގޮވައިލުމުން ބޯހިއްލައި ލުމަށްފަހު ކަރުނުން ފުރިގެންވާ ދެލޮލުން ފަލާހްގެ މޫނަށް ބަލައިލިއެވެ. “ފަލާހް އަހަންނަށް ތިހެން ނުހަދާ އަހަރެންދެކެ ލޯބި ނުވަންޏާ އަހަރެން ވަރިކޮށްލާފަ ރަށަށް ފޮނުވަދީ” ފަލާހްގެ އަތުގައި ހިފާ އާދޭހާއި އެކު ސަނާ އެހެންބުނިއިރު ހުރީ ގިސްލެވިފައެވެ. “ކަލެއަށްތަ އެނގެނީ ވަރިކުރަންވީމަ؟، ހިނގާ ކޮޓަރިއަށް ދާން، އަހަރެން މިއައީ ކަލޭ ކުރާ އާދޭސް އަޑު އަހާ ކަލޭގެ ކަރުނަ ފުހެދޭކަށް ނޫން، އަނތްބެއްގެ ފަރާތުން އަހަރެން ބޭނުންވާ ކަންތަކަށްބޭނުން ވެގެން، ކަލޭ ބޭނުންވިޔަސް ނުވިޔަސް ކަލޭ އަހަރެންގެ އަނތްބެއްގެ ގޮތުގައި ހުރިހާ ދުވަހަކު ކަލޭ ޖެހޭނީ އަހަރެންގެ އެދުންތަށް ފުއްދަދޭން” ފަލާހް އެހެންބުނެ ސަނާގެ އަތުގައި ހިފައި ދަމަމުން ކޮޓަރިއަށް ވެއްދުމަށްފަހު ސަނާ އެނދުމަށްޗަށް ވައްޓައިލިއެވެ.

*** *** ***

ހެނދުނު 6 ޖެހުމާއި އެކު ޝާމިން ހޭލައި ފެންވަރައި ތައްޔާރު ވެލުމަށްފަހު ކޮޓަރިން ނުކުމެ ޝާމިން މަސައްކަތް ކުރަން ހަމަޖެހިފައިވާ ޑިޕާޓްމެންޓްގެ އޮފީހާ ދިމާއަށް ދިއުމަށް ހިނގައިގަތެވެ. “ޝާމިން”  ޝާމިންގެ ކޮނޑުގައި ހަސަނު އަތްއަޅާލައި ގޮވައިލިވަގުތު ޝާމިނަށް ސިއްސައިގެން ގޮސް ތެޅިގަނެވުނެވެ. “ކިހިނެތް ތި ވަނީ؟ އަބަދު ސިއްސައިގެން ގޮސް ތިހުންނަނީ، ކޮންކަމަކާ ބިރުން ތިއުޅެނީ؟” ޝާމިންއަށްވީގޮތުން ހިނިއައިސް ހުރެ ހަސަނު އެހެންބުނެ ޝާމިންގެ ގައިގައި މަޑުމަޑުން ޖަހައިލުމުން ކަމެއްނުވާކަމަށްބުނެ ހީލިއެވެ.

“މީ އަހަރެމެންގެ ނިއު ސްޓާފް ޝާމިން، އެންމެންވެސް ޝާމިން އާ ގުޅިގެން އުޅޭތި” އޮފީސްތެރޭގައި ތިބި ހައުސްކީޕިންގެ ހުރިހާ މުއައްޒަފުންނަށް ޝާމިން ތައާރަފް ކޮށްދީ އެހެންބުނެ އެންމެންގެ ކުރު ތައާރަފެއް ދިނުމަށް ބުންޏެވެ.  އަދި މިއަދު ކުރަން ހަމަ ޖެހިފައިވާ މަސައްކަތްތަށް އެންމެންނަށް ކިޔައިދީ ހެނދުނު ގަޑީގައި ގެސްޓުންނަށް ދޭން ޖެހޭ ހިދުމަތްތަށް ދޭން ދިއުމަށް ބުނެ ބްރީފިން ނިންމާލީ ޝާމިން ކައިރީ މަޑުކުރުމަށް ބުންޏެވެ.

“ޝާމިން،  މީ ޔަޒީދު މިތަނުގެ ހައުސްކީޕިން ސްޕަވައިޒަރ، ދެންމެވެސް ބުންޏެއްނު ދޯ؟ ޝާމިން މަސައްކަތް ކުރަން ހަމަޖެހިފައިވާ ތަންތަން ޔަޒީދު ދައްކާނެ” ނާޒިމް އެހެންބުނެ ޔަޒީދު އާއި އެކު ޝާމިން ފޮނުވައިލިއެވެ.

“އަދްނާންވެސް މި ޑިޕާޓްމެންޓް؟ ކަންތަކާ ޖެހުނީ އޭނަގެ އުނދަގޫ ބޮޑުވާނެ ވަރަށް” ޔަޒީދު އެކި ވާހަކަ ދައްކަމުން ދިޔައިރު ޝާމިންގެ ހިތަށް އަރަމުންދިޔަ އެއްޗެހިން ޔަޒީދު ދެއްކި ވާހަކަ ތަކަށް މާބޮޑު ސަމާލުކަމެއް ނުދެވުނެވެ.

“މިތަނުގަ ޝާމިން ސާފުކުރަން ޖެހޭނީ ރިސެޕްޝަން އޭރިއާ، ސްޕާ، ދެން ތަނުގެ ބޮޑެތި މީހުންގެ ކޮޓަރިތަށް، މިބުނީ މެނޭޖަރުންގެ ކޮޓަރިތަށް” ޝާމިން މަސައްކަތް ކުރަންޖެހޭ ސަރަހަށްދުތަށް ކިޔައިދިނުމަށްފަހު މަސައްކަތާއި ހަވާލުކޮށް ޔަޒީދު މަޑުކޮށްލީ ޝާމިންގެ މަސައްކަތް ކުރިއަށްދާ ނުދާގޮތް ބެލުމަށެވެ.

*** *** ***

“މަރީނާ، އެގޭގެ މައުލޫމާތާ ފަލާހްގެ ފޯން ނަންބަރު ލިބިއްޖެ” މަރީނާމެންގެ ގެއަށް ޝިފާނާ ވަދެ ބަދިގެ ތެރޭގައި މޮޅިވެފައި ހުރި މަރީނާއަށް އެހަބަރު ލިބުމުން ދަތްޕިލަ އަތަށް ލައިގެންހުރެ ބަދިގެއިން ނުކުމެ ޝިފާނާ ކައިރިން ގުޅައިދިނުމަށް ބުންޏެވެ.

“ނުނަގާ ފޯނެއް” ހަތަރު ފަހަރު ފަލާހްގެ ނަންބަރަށް ޝިފާނާ ގުޅުމުންވެސް ފޯން ނުނެގުމުން މަރީނާ ދެރަވިއެވެ. “ހީވަނީ އަދި ހޭނުލަނީހެން، ހޭލެވުނީމަ ގުޅާނެ، ދެން ހިތްހަމަ ޖައްސާލާ” ޝިފާނާ އެހެންބުނެ މަރީނާގެ ކައިރީގައި އިރުކޮޅަކު މަޑުކުރުމަށް ނިންމީ ފަލާހް ގުޅާނެ ކަމުގެ އުންމީދުގައެވެ.

*** *** ***
ހެނދުނު ހޭލެވުމުން ފެންވަރާލައި ނިމިގެން ފަލާހް ފުރަތަމަވެސް ބަލާލީ ފޯނެވެ. “މީ ކާކު؟ މިހާ ހެނދުނާ؟” ނުދަންނަ ނަންބަރަކުން ގުޅާފަ އޮތުމުން ދެބުމަ ގޮއްޖަހައިގެން ހުރެ ފަލާހް އެހެންބުނެ އެނަންބަރަށް ގުޅާލިއެވެ.

ފަލާހް:- “ހަލޯ!! ކާކު؟”

ޝިފާނާ:- މީ ޝިފާނާ، ސަނާގެ ހަބަރެއް ބަލާލަން މިގުޅީ އޭނާގެ މަންމަ ބުނެގެން، ރަނގަޅުތަ ދެކުދިން؟

ފަލާހް:- “އާނ ރަނގަޅު، މަޑުކޮށްލައްޗޭ ސަނާ އަތަށް ފޯނު ދޭނަން.”

“ސަނާ، ސަނާ ފޯނެއް. ނަމަނަމަ އަހަރެމެންގެ ވާހަކަ ނުދައްކާތި އިނގޭ، ދައްކައިފިއްޔާ ކަލެއަށް ދެދުނިޔެ ދައްކާލާނަން” ސަނާއަށް ގޮވައިލުމަށްފަހު ބަދިގޭގައި ހުރި ސަނާގެ ކަންފަތް ބުޑުގައި ވައިއަޑުން އެހެންބުނެ ސަނާގެ އަތަށް ފޯނު ދިނުމަށްފަހު ފަލާހް މަޑުކޮށްލިއެވެ.

ސަނާ:- “މަންމާ ކިހިނެތް؟ އަދި ނުގުޅިގެން މިއުޅެނީ ފަލާހް އަތުގަ އެކަނި ފޯނު އޮންނަނީ، މިފެށޭ ހަފްތާ އޮފީހަށް ނުކުންނަން ޖެހޭތީ އަބަދުވެސް ކޮންމެސް ކަމެއްގަ ގޭން ބޭރުގަ އުޅެނީ ”

މަރީނާ:- މަންމަ ރަނގަޅު، އެކަމަކު ދަރިފުޅު މަތިން ވަރަށް ހަނދާންވޭ…..

މަރީނާއަށް އެހިސާބަށް ބުނެވުނުތަނާ ފޯނު ކެނޑުމުން ސަނާ ކަންފަތުން ފޯނު ނައްޓައިލައި ފޯނަށް ބަލައިލިއެވެ. އެވަގުތު ފަލާހް، ސަނާގެ އަތުން  ފޯނު ޖަހައިގަނެ ކޮޓަރިއާއި ދިމާއަށް ހިނގައިގަތްއިރު އަނެއްކާވެސް ފަލާހްގެ ފޯނު ރިންގްވާން ފެށިއެވެ. ނަމަވެސް ފަހުން ގުޅާނެ ކަމަށްބުނެ ފޯނު ކަޑައިލީ ވަރަށް މުހިންމު ކަމެއްގައި ބޭރަށް ދަނީ ކަމުގައި ބުނެއެވެ.

މަރީނާގެ އަޑު ޖެހުމުން ސަނާ އުފާވިއެއްކަމަކު ހަމަ އެވަގުތު ރޮވެން ފެށުނީ މީންދުވަހަކު މަރީނާގެ ގާތަށް ނުދެވޭނެކަން އެނގި ވީދެރައެއްގެ ބޮޑުކަމުންނެވެ.

*** *** ***

“އޭ ތިހެން މަޑުންނޯވެ ހިނގާބަލަ މިފެށޭމަހު  އޮފް ނަގައިގެން އަހަރެންގެ ރަށަށް ޖައްސާލަން، އަހަރެމެން ރަށުގަ އުޅޭނެ ވަރަށް ސަޅި ބިޓުން” ހުސްވަގުތެއް ލިބުމުން ހަސަނާއި އެކު މެންދުރު ވަގުތު ވުމުން ކާލައިގެން އެތާ ކައިރީގައިހުރި ޖޯލިފަތިން ޖޯއްޔެއްގައި ޖައްސައިލި ގޮތަށް ޝާމިން އެއްޗެއް ނުބުނެ މަޑުން އޮތުމުން ހަސަނު ވާހަކަ ދައްކަން ފެށިއެވެ. ޝާމިން ކިތަންމެ ދާން ބޭނުން ނުވިކަމުގައި ވީނަމަވެސް ހަސަނު އެހެންބުނުމުން އެކަމަށް އެއްބަސްވިއެވެ.

 

ހަލުވިކަމާއި އެކު ދުވަސްތަށް ފާއިތުވަމުން ދިޔައެވެ. ސަނާއަށް ޒަރީނާ އާއި ފަލާހްގެ ފަރާތުން ލިބެމުންދިޔަ އަނިޔާތަކަށް ހުއްޓުމެއްނާދެއެވެ. ޝާމިން، ޒަރީނާގެ ކިބައިން ސަލާމަތްކޮށް ޒަރީނާއަށް އަދަބު ލިބުމުން އެކަމުގެ ބަދަލު ހިފަމުން ދަނީއެވެ. މަރީނާ ގުޅުމުންވެސް އެދެމީހުން ސަނާގެ ކައިރީގައި ހުންނާތީ އެއިން އެއްވެސް ވާހަކައެއް އަދިއަދަށް ދާންދެންވެސް ބުނެވިފައި ނުވާތީ ސަނާ އިންތިހާއަށް ދެރަވިއެވެ.

 

މިވޭތުވެދިޔަ ދުވަސްތަކުގައި ވަޒީފާގެ ތެރޭގައި ތަފާތު ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހުނު ކަމުގައި ވީނަމަވެސް ޝާމިން މަސައްކަތް ކުރަމުން އެދަނީ ޝާމިންގެ މުސްތަގްބަލު އުޖާލާކޮށް މިހާރު ހުރި ފެންވަރަށް ވުރެ ރަނގަޅަށް ގެވެސް ހަދާލެވޭތޯއެވެ. މަރީނާ އާއި ސަނާއަށް ތަނަވަސް ދިރިއުޅުމެއް ހޯދައިދިނުން އެއީ ޝާމިންގެ އަބަދުގެވެސް ހުވަފެނެކެވެ. ވަޒީފާއަށް އައިތާ ކުރީކޮޅުގައި ޝާމިން މަޑުން ހުރިކަމުގައި ވީނަމަވެސް އެކަންވެސް މަޑުމަޑުން ހަމައަކަށް އެޅެންފެށިއެވެ. އަދްނާން ދިމާކޮށް ހެދުން އެއީ މާބޮޑުކަމަށް ނަހަދަނީ އެކަމާ އަޅައި ނުލުމަށް ހަސަނު އަބަދުވެސް ބުނަމުން ދާތީއެވެ. އަދި ޝާމިންއަށް މިލިބުނު ހިތްވަރުގެ އަސްލު ސަބަބަކީ ހަސަނު ކަމުގައި ވުމުން ހަސަނުއާއި ޝާމިންގެ އެކުވެރިކަން ކުރިއަށްވުރެ ބޮޑަށް ބަދަހިވެ ހަސަނަކީ މިހާރު ޝާމިން އެންމެ އިތުބާރުކުރާ ރައްޓެހިމީހާ ކަމުގައިވެސް ވަނީ ވެފައެވެ. އަދްނާންގެ ފަރާތުން ތަފާތު ވާހަކަތަށް ޝާމިންއާއި ޒަރީނާއޭ ކިޔައިގެން އިވުނުކަމުގައި ވީނަމަވެސް ހަސަނަކީ މީހުން ދައްކާހާ ވާހަކައެއް ގަބޫލު ކުރާމީހަކަށް ނުވާތީ އަދިވެސް ޝާމިން ކައިރިން އެވާހަކަ ތަކުރާރުކޮށް އަހަމުން ދެއެވެ. ނަމަވެސް ޒަރީނާގެ ވާހަކަ އަދިވެސް ހަސަނާ ހިއްސާކުރަން ބޭނުން ނުވާތީ އެވާހަކަ އަދިވެސް ވަނީ ސިއްރުކުރެވިފައެވެ.

 

“އޭ ދެންހިނގާ އޮފް ނަގައިގެން އަހަރެންގެ ރަށަށް ދާން، އަހަރެންގެ މަންމަވެސް ޝާމިން ގެންނަ ވާހަކަ ބުނީމަ ވަރަށް އުފަލުން ހުރީ، މަންމަ ވަރަށް ރަނގަޅުވާނެ” ދުވަހުގެ މަސައްކަތް ނިންމާލައި ކޮޓަރިތެރޭގައި ހަސަނާއި ޝާމިން ތިބެ ދައްކަންފެށި ވާހަކައިގެ ތެރެއިން ހަސަނުގެ މަންމަގެ ވާހަކަ ބުނުމުން ޝާމިން ހިތުގައިޖެހުނެވެ. އަދި ލޮލުތެރެއަށް ޖަމާވަމުން އައި ކަރުނަތަށް ހިފެހެއްޓުމެއްނެތި ފައިބައިގަތެވެ.

 

“ކިހިނެތްވީ؟ ކީއްވެތި ރޮނީ؟ ވެގެން އުޅޭގޮތެއްބުނީމަ މަށަށްވެސް އެނގޭނީ ތިކަމަށް ހައްލެއް ހޯދަދޭން، ހިތުތެރޭގަ ނުބަހައްޓާ މަށަށް ކިޔައިދީބަލަ ” ޝާމިން ރޯތަންފެނި ހަސަނު ސުވާލުކޮށް އެހެންބުނުމުން ޝާމިންގެ ހިތި މާޒީ ކިޔައިދިނުމަށް ނިންމިއެވެ. ވަރަށް ހިތްވަރުކޮށްފައި ހަސަނަށް ހުރިހާ ވާހަކަތަކެއް ކިޔައިދީ ނިންމައިލި އިރު ޝާމިންއަށް ހަމަ ރަނގަޅަށްވެސް ރޮވިއްޖެއެވެ. ޝާމިންގެ ވާހަކަތަށް އަޑުއަހާފައި ހަސަނުވެސް ވަރަށް ދެރަވިއެވެ. އަދި ޝާމިންއަށް ހިތްވަރުދީ އަބަދުވެސް އެންމެ ގާތް އެކުވެރިއެއްގެ ގޮތުގައި ހުރެދޭނެކަމަށް ބުނެ ޝާމިންގެ ބުރަކަށީގައި ފިރުމައިލިއެވެ.

 

މަރީނާގެ އަތުގައި ފޯނެއްނެތުމުން ޝިފާނާ، ޝިމާން ކައިރީ ބުނެ މަރީނާއަށް ފޯނެއް ގަނެދީފައި އޮތުމުން ސަނާއަށް ގުޅައި ވާހަކަދައްކައި ލެވޭތީ މިވޭތުވެދިޔަ ދުވަސްތަކުގައި މަރީނާ ހުންނަނީ ހިތްހަމަޖެހިގެންނެވެ. ނަމަވެސް ޝާމިންގެ ހާލު ބަލައިލުލައި ތާނގައި އެންމެ ކުޑަމިނުން ޝާމިން ކިޔާ ދަރިއަކު މަރީނާގެ ހުރެއޭވެސް ހިތަކަށް ނާރައެވެ. ޝިފާނާ ދޭތެރެއަކުން ޝާމިންގެ ވާހަކަ ދެއްކިކަމުގައި ވީނަމަވެސް މަރީނާ މާބޮޑު ސަމާލުކަމެއް ނުދޭކަން ފާހަގަ ކުރެވެއެވެ. އެކަމާ ސުވާލު ކުރުމުން އެއީ ފިރިހެންކުއްޖެކޭ  ޝާމިންއަކަށް އެއީ މާބޮޑު ކަމަކަށް ނުވާނެއޭ ބުނެ ފަރުޖައްސައިލައެވެ.

 

ޝާމިން ހީކުރިވަރަށްވުރެ ބޮޑު މުސާރަ އަކާއި ސާރވިސް ޗާރޖެއް ލިބުމުން ޝާމިން ބޭނުންވާގޮތަށް ފޯނެއްގަތީ މަރީނާ އާއި ސަނާގެ ހާލު ބަލަން ބޭނުންވާތީއެވެ. އެގޮތުން ޝިމާން ކައިރީ ބުނެގެން ޝިފާނާގެ ނަންބަރު ހޯދައި އެދެމީހުންގެ ހާލުބަލަމުން ގެންދިޔައެވެ.

 

މެންދުރުގެ ވަގުތެވެ. ހަސަނާއި އެއްދުވަހެއްގައި އޮފް ނަގައި ހަސަނުގެ ރަށަށް ދިއުމަށް ކުޑަދަބަހަކަށް ގަމީހަކާއި ފަޓުލޫނެއްލުމަށްފަހު ދެމީހުން އެއްކޮށް ހިނގައިގަތީ ޖެޓީއާއި ދިމާއަށެވެ. ރިޒޯޓުން ފަތުރުވެރިން ގޮވައިގެން ފުރަން ހަމަޖެހިފައިވާ ލޯންޗް ފަތުރުވެރިން ގޮވައިގެން ދާނީ ހަނިމާދޫއަށް ކަމަށް ވުމުން ހަސަނު ވަނީ ރަށަށްދާ ވާހަކަ ހަސަނުގެ މަންމަ ކައިރީގައި ބުނެފައެވެ. އަދި އެމީހުން ބަލާ ރަށުން ހަސަނުމެންގޭ ލޯންޗް އައިސް އޮންނާނެ ވާހަކަ ޝާމިން ކައިރީ ހަސަނު ވަނީ މާކުރިންބުނެފައެވެ.

 

ޖެޓީއަށްދިޔަ މަގުމަތީގައި ރިޒޯޓުން ބޭރުވުމަށް ފުރާފައިވާ ޗިޓްކޮޅު ސެކިއުރިޓީ ގޮޅީގައި އިން އާދަނާއި ހަވާލުކޮށް ޖެޓީކޮޅަށް ނަޒަރު ހިންގައިލިއެވެ. ޗުއްޓީ ހޭދަކޮށްލުމަށްފަހު އެމީހެއްގެ އަމިއްލަ ގައުމަށް ދިއުމަށްޓަކައި ޖެޓީ މަތީގައި ފަނަރަވަރަކަށް ފަތުރުވެރިން ތިބިއިރު އެމީހުންގެ ފޮށިތަކާއި ދަބަސްތަށް ލޯންޗަށް އެރުވުމަށްޓަކައި ލޯންޗްގެ ދެ ކުރޫއަކު އަވަދިނެތި ހަރަކާތްތެރިވަމުން ދިޔައެވެ. އަދި ބާކީތިބި ދެ ކުރޫއިންވެގެން ފުރަން އައިސްތިބި އެންމެންގެ ސަލާމަތަށްޓަކައި ލައިފް ޖެކެޓްތަށް އެޅުވުމަށް އެހީތެރިވަމުން ދިޔައެވެ.

 

ބާރުހިނގުމުގައި ގޮސް ޖެޓީއަށް އެރުމާއި އެކު އެތަނުން ލައިފް ޖެކެޓެއް ޝާމިން އާއި ހަސަނުގެ ގައިގައި އެޅުވުމަށްފަހު ފުރަން އައިސްތިބި އެންމެން ކައިރީ ބޯޓަށް އެރުމަށް ބުންޏެވެ. ލޯންޗަށް އަރައި ހަމަޖެހުމާއި އެކު ހަނިމާދޫ އެއާރ ޕޯޓަށް ދިއުމަށް މިސްރާބު ޖެހިއެވެ. ރިޒޯޓުން ފުރައިގެން ހަނިމާދޫއާއި ހަމައަށް ދެވޭނީ ގަޑިއެއްހާއިރު ދުއްވުމަށްފަހުގައި ކަމަށްވާތީ ފޫހިފިލުވައިލުމަށްޓަކައި ހަސަނުގެ ފޯނުގައިހުރި ލަވަކޮޅެއް ޝާމިންގެ ފޯނަށް އަޅައި ހެޑްސެޓްޖަހައިލިއެވެ.

 

ގަޑިއެއްހާއިރުގެ އަމާން އޮމާން ދަތުރަކަށްފަހު ހަނިމާދޫ ފަޅުތެރެއަށް ލޯންޗް ވަދެގެން ގޮސް ޖެޓީއާއި ގާތްކޮށްލިއެވެ. އަދި ލޯންޗް އަޅައި ހަމަޖެހުމުން ލޯންޗުން ފައިބައި ގަހެއްގެ ހިޔަލުގައި މަޑުކޮށްލީ އެމީހުން ބަލާ އަންނާނެކަމަށް ބުނި ލޯންޗް ނެތުމުންނެވެ.

 

އޭގެ އިރުކޮޅެއްގެ ތެރޭގައި ލޯންޗް އައިސް ޖެޓީއާއި ކައިރިކޮށްލުމުން ލޯންޗަށް އަރައި ހަމަޖެހިލައި އަނެއްކައިވެސް ދަތުރަށް ފެށީމެވެ. އުތީމުގެ ރީތިވާހަކަ އަބަދުވެސް ޝާމިން ކައިރީ ހަސަނު ދައްކާތީ ކުރިން އެރަށަށް ދާހިތްނުވިކަމުގައި ވީނަމަވެސް މިހާރު އެރަށަށް ޝާމިން އެދަނީ ދާހިތުންނެވެ. ލޯންޗް އައިސް ބަނދަރާއި ގާތްކުރުމުން ލޯންޗުން ފައިބައި ހަސަނާއި އެކު ޝާމިން ގެއާއި ދިމާއަށް ދިއުމަށް ހިނގައިގަތެވެ. ހަސަނުގެ ހުންނަނީ ހަމައެކަނި މަންމައާއި ބޭބޭ އެއްކަން ކުރިން ޝާމިން ކައިރީ ހަސަނު ވަނީ ބުނެފައެވެ. ހަސަނުގެ އުމުރުން 10 އަހަރުގައި ހަސަނުގެ ބައްޕަ ބޯޓްދަތުރު ކުރަން އުޅުނުއިރު ދިމާވި އަލިފާނުގެ ހާދިސާއެއްގައި ވަނީ ނިޔާވެފައެވެ. އޭގެ ފަހުން ހަސަނުގެ މަންމަ މީހަކާ ނީނދެއެވެ.

 

ހަސަނުގެ ގެއާއި އަރާއި ހަމަވުމުން ގޭގެ ދޮރުހުޅުވައިލުމަށްފަހު އެތެރެއަށް ވަނެވެ. ބޭރުދޮރުން ފެށިގެން ގޭގެ ފެންޑާއާއި ހަމައަށް ގާ އަތުރާފައިވެއެވެ. ގޯތި ތެރޭގައި އެކި ވައްތަރުގެ މާގަސްތަށް ހައްދާފައި ވާއިރު ގިނައީ ފިނިފެންމަލެވެ. ގޭގެ މޫނުމަތީގައި ދަނބު ކުލައެއް ލާފައިވާއިރު ހަރުކޮށްފައިވާ ކުޑަދޮރުތަކުގެ ކައިރީގައި ހުދުކުލަ ލާފައިހުރި އެ ދޮރުތަކުގައި ޖަހާފައިވާ ކަޅު ބިއްލޫރިން ގޭގެ މޫނުމަތި އިތުރަށް ފުރިހަމަ ކޮށްދެއެވެ.

 

“މަންމާ، މިއާދެވުނީ” ގެއަށް ވަދެވުމާއި އެކު ފެންޑާގައިހުރި އުނދޯލި ހެއްލާލަ ހެއްލާލަ އިން ހަސަނުގެ މަންމަ ހަރީރާ ފެނުމުން އެހެންބުނެ ހަސަނު ހިނިތުންވެލިއެވެ. “މީދޯ ޝާމިން އަކީ؟، ހަސަނު އަބަދުވެސް ދައްކާނެ ޝާމިންގެ ވާހަކަ” އެހެންވެ ހަރީރާއްތަ ބުނީ މިފަހަރު އަންނަމުން ޝާމިން ގޮވައިގެން އަންނާށޭ” ހިތްހެޔޮކަމާއި އެކު ހަރީނާ އެހެންބުނެ ޝާމިންމެން ގޮވައިގެން ސައިބުއިމަށްޓަކައި ކާގެއާއި ދިމާއަށް ހިނގައިގަތެވެ.

 

*** *** ***

 

މުށިގަނޑުމަތީ އޮތް ސަނާ ނޭވާނުލެވިފައި އޮތީ ފަލާހް ކޮޅުފައިން އޭނާގެ ބަނޑުކޮޅުގައި ޖެހިލެއްބާރު ކަމުންނެވެ. އޭރު ކައިރީގައި ހުރި ޒަރީނާ ނުލަފާ ވައްތަރަކަށް ހެމުން ފަލާހްއަށް ހިތްވަރުދެމުން ދިޔައެވެ. “ނުޖެހޭ ޕީރިއަޑް ވެފައޭ ކިޔާފަ ގޭތެރޭގެ ކަންތައްތައް ނުކޮށް އިންނާކަށް، ތެދުވޭ ހަމަ މިހާރު” ފަލާހް ރުޅިއައިސްފައި ހުރެ އެއްޗެހި ކިޔަމުން ދިޔައިރު ނޭވާނުލެވި ބަނޑުކޮޅުގައި އަތް އަޅައިގެން އޮތް ސަނާއަށް އަޅަމުންދާ ވޭން އިހްސާސްވެސް ނުވާކަހަލައެވެ. ސަނާ އެހެން އިރުކޮޅަކު އޮތުމަށްފަހު ވަރަށް ހިތްވަރު ކޮށްފައި ތެދުވެ ކޮރުޖަހަމުން ބަދިގެއާއި ދިމާއަށް ދިޔައެވެ.

 

ސައި ހެދުމަށްޓަކައި ކުރައަށް ފެންއަޅައި އުދުންމައްޗަށް އުދުމަށްފަހު އެތާހުރި ގޮނޑިއެއްގައި ސަނާ އިށީނެވެ. އޭރުވެސް ސަނާގެ ބަނޑުކޮޅުގައި އަޅަމުންދާ ވޭނަށް ކުޑަވެސް ލުޔެއް ނުލިބެއެވެ. ފެން ކެކުމުން އުނދުން ނިއްވާލައި ސައި ހެދުމަށްފަހު ކޮޓަރިއާއި ދިމާއަށް ސަނާ ހިނގައިގަތްއިރު ފަލާހްއާއި ޒަރީނާ ކޮޓަރިން ނުކުމެ ބަލަން ހުއްޓެވެ. “ހުސް އެކްޓް، ތިމާވަރުގެ ބަލިމީހަކު ނެތްކަމަށް ހެދިގެން” ޒަރީނާ އެހެންބުނެ ކާމޭޒު ކައިރިއަށް ދިޔަވަގުތު ފަލާހްވެސް ޒަރީނާގެ ފަހަތުން ގޮސް މޭޒުކައިރީ އިށީންއިރު ކަރުނުން ފުރިގެންވާ ދެލޮލުން ފަލާހްއާއި ދިމާއަށް ސަނާ ބަލަންހުއްޓެވެ.

 

ކޮޓަރިއަށް ވަދެވުމާއި އެކު ސަނާ ލައިގެންހުރި އެއްޗެއްސާއި އެކު ފާހާނައަށް ވަދެ ބޮލަށް ފެންއަޅައި މުޅިހަށިގަނޑު ފިނިކޮށްލީ އަޅަމުންދާ ވޭނަށް ކުޑަނަމަވެސް ލުޔެއްލިބޭތޯއެވެ. ފާހާނަ ތެރޭގައިހުރެ ރޮމުން ގިސްލެވެމުން ގޮސް ސަނާގެ ގައިން ވަރުދޫވެގެން ހުރިތަނަށް ވެއްޓުނެވެ.

 

*** *** ***

 

ރޭގަނޑުގެ ކެއުން ނިމިގެން ހަސަނާއި އެކު ޝާމިން ނުކުތީ ރަށުތެރެ ބަލާލުމަށެވެ. “ބޮލަށް ފަސޭހަދޯ ރަށުތެރޭގަ މީހުން މަދުވީމަ؟، މަށަށް ވަރަށް އުނދަގޫވާނެ މީހުން ގިނައްޔާ” ކުޑައިރުއްސުރެއް އެކަނި އުޅުމަށް އާދަވެފައި ހުރުމުގެ ސަބަބުން ޝާމިންއަށް ރަށުތެރޭގެ ހަމަހިމޭންކަން ވަރަށް ކަމުދިޔައެވެ. އިރުގަނޑަކު ހިނގުމަށްފަހު ވަރުބަލިވެގެން އެތާހުރި ގެއެއްގެ ތިރި ފާރުބުރިއެއްމަތީ ދެމީހުން އިށީދެ ޝާމިން އެގޭގެ ގޯތިތެރެއަށް ބަލައިލިއެވެ. ގޯތިތެރެ އަނދިރިވެފައި އޮތުމުގެ ސަބަބުން ތަނެއްދޮރެއް ވަކިވާވަރެއް ނޫނެވެ. އިރުކޮޅަކު އެހެން ބަލަން ހުއްޓާ ގޭގެ ދޮރު ހުޅުވައިލައިފައި ނުކުތް އަންހެން ކުއްޖާއަށް ޝާމިންގެ ނަޒަރު ހުއްޓިގެން ދިޔައެވެ. އެކުއްޖާއަށްވެސް ޝާމިންމެން ފެނި އެމީހުންނާއި ދިމާލަށް ބަލަން ހުއްޓުންއަރާފައި ހުރެވުނެވެ. ގޭތެރެއިން އެޅިފައި ހުރި އަލީގެ ސަބަބުން އެކުއްޖާގެ މޫނު ޝާމިންއަށް ވަރަށް ރީތިކޮށް ފެނުނެވެ. އެވަގުތު ގެއަށް ދިއުމަށްޓަކައި ހަސަނު ފާރުބުރިމަތިން ތެދުވެ ޝާމިންގެ ކޮނޑުގައި ކޮއްޓައިލުމުން ޝާމިންވެސް ފާރުބުރިމަތިން ތެދުވިއެވެ. އަދި ހިނގައިގަތުމުގެ ކުރިން ގޯތިތެރެއަށް ބަލައިލިއިރު އެކުއްޖާ ފެންނަން ނެތުމުން އެތެރެއަށް ވަނީ ކަމުގައިބަލައި ގެއާއި ދިމާއަށް ހިނގައިގަތެވެ.

 

“ކޯއްޗެއް ތިބަލަނީ؟” ޝާމިން މާވަރަކަށް އެގޭތެރެއަށް ބަލާތީ ހަސަނު ސުވާލުކޮށްލިއެވެ. “މަށަށް އެގޭތެރެއިން ފެނިއްޖެ ވަރަށްރީތި ކުއްޖެއް، ހަސަނު ދަންނަ ކުއްޖަކު އުޅޭނެތަ އެގޭގަ؟” ހަސަނު ކުރި ސުވާލަށް ޖަވާބު ދިނުމަށްފަހު ޝާމިންވެސް ސުވާލެއް ކޮށްލިއެވެ. “އާނ އުޅޭނެ، ލަމްޔާ ކިޔާނީ، އެއީ އަހަރެންގެ ކޮއްކޮއެއް ކަހަލަ ކުއްޖެއް، އެގޭގަ އުޅޭނީވެސް ލަމްޔާއާ އޭނާގެ މަންމަ، ވަރަށް ނިކަމެތި ބައެއް އެއީ، އަހަރެމެން އަބަދުވެސް އެދެމައިންނަށް އެހީވަނީ، އެކަމަކު އަހަރެމެންގެ ގެއަށް ބަދަލުވާކަށް އެއްބަހެއްނުވި، އެކަމާ ސުވާލު ކުރީމަވެސް މިގޭގަ މަޑުކުރާނީ ކަމަށް ބުނީ” ހަސަނު ދެއްކި ވާހަކަ ތަކުން ޝާމިންއަށް އެކުއްޖާގެ މައުލޫމާތު އެނގުނެވެ. އަދި އެކަހަލަ ނިކަމެތި ބަޔަކާ ހަސަނުގެ އާއިލާއިން އެހީވަމުން ދާތީ ޝާމިން ހަސަނުގެ އާއިލާއަށް ތައުރީފްކުރިއެވެ.

 

ލަމްޔާ!!! ހާދަ ރީތިނަމަކޭ، އެނާގެ ނަމާ އެއްވަރަށް އެ ސޫރަވެސް… އެ މައުސޫމު ދޮންދޮން ރީތި މޫނެވެ. އެ ބަނިޔާދަން ރީތި އަންހެންވަންތަ ހަށިގަނޑެވެ. ލަމްޔާގެ އެ ބުޅިދިގު އިސްތަށިގަނޑު މިނިވަންކަމާއި އެކު ފަހަތަށް ދޫކޮށްލާފައިވާއިރު އެރީތި ސޫރައާއި ވަރަށްވެސް ގުޅެއެވެ. ގުދުރަތުން ލިބިފައިވާ އެރީތި ބޮޑު ދެލޮލުން ޝާމިންއާއި ދިމާއަށް ބަލަންހުރި ގޮތުން ޝާމިންގެ ހިތް ހަމަ ރަނގަޅަށްވެސް މޮޔަކޮށްލައިފިއެވެ. އެނދުމަތީގައި ޝާމިން އޮވެ ލަމްޔާ އާއި ދޭތެރޭ ވިސްނަންއޮވެ އޭނާގެ ރީތިކަމަށް ހިތާހިތުން ތައުރީފުކުރަމުން ދިޔައެވެ. އަދި ފޯނުނަގައި ހެޑްސެޓް ގުޅައިލުމަށްފަހު ކަންފަތުގައި ހެޑްސެޓް ޖަހައި ރީތި ދިވެހިލަވައެއް ޖަހައިލިއެވެ.

 

“ފެނުނީ ހާދަ ބޭނުންވާ ތަސްވީރެކޭ،

އަދި ހޯދަން ލޯއެދޭނެ ރީތި މޫނެކޭ،

މީ ތަޤްދީރުހޭ، މީ ތަޤްދީރުހޭ”

 

(ނުނިމޭ)

13
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Ahmed Ammu

Other Articles

Previous

އިތުބާރު ގެއްލުވާ ނުލާ…5

Next

އަނިޔާ.. 27 ވަނަ ބައި

Next
January 5, 2016

އަނިޔާ.. 27 ވަނަ ބައި

Previews
January 4, 2016

އިތުބާރު ގެއްލުވާ ނުލާ…5

17 Comments

  1. Eyesh says:
    January 5, 2016 at 2:00 am

    V v v v reethi mi baives ? alhe falaahu aa zareenaa aa haadha goahey dhw.. v dheravey sana ah ehen hadhaathy ?
    Best of luck ammu ?

    1. Ahmed Ammu says:
      January 5, 2016 at 2:05 am

      Thank You Eyesh 😀

  2. Ahmed Ammu says:
    January 5, 2016 at 2:07 am

    Mi part lahun up kohdhevunu kamahtakai kiyuntheringe arihun maafah edhen 🙂

  3. vily says:
    January 5, 2016 at 2:35 am

    Ammu haadha kurukohhh

  4. vily says:
    January 5, 2016 at 2:37 am

    Bt the stry habeyssss vvvvvv nice love to read…. vvv kiyaahiyveyyyh

    1. Ahmed Ammu says:
      January 5, 2016 at 4:53 am

      Thank You Vily:) Dhen faharakun iraadha kurehviyyaa dhigukoh genesdheynan. 🙂

  5. shine says:
    January 5, 2016 at 6:33 am

    Alhey, haadha goahey dhww falaah.. Hyvx nukuraa gothakah mi v…
    Anyways, storyge this partvx hama habeys.. whn nxt partt???

    1. Ahmed Ammu says:
      January 5, 2016 at 4:30 pm

      Thank you shine. In shaa allah. V avahah up kohdheynan

  6. saf says:
    January 5, 2016 at 8:36 am

    Xareena r falaah a ulheny moya vegen tha a dhemyhun noony neh balivegen vaakah dw alhe sanaa ah jahsaa haalu dw vv dhera hyvany shaamin lamya dheke loabivany hen rangalhu kuhjeh vehjehya shaaminvx avahah lamya r ehkn dhiriulhumeh fashan v ekm sanaage hih dhathi dhiriulhumah vaa hen nuvaane vegen vvv rythi next part v dhigu kohdhehche

    1. Ahmed Ammu says:
      January 5, 2016 at 4:58 pm

      Thank You Saf. Iraadha kurehviyya v avahah dhigukoh genesdhynan

  7. Sandy says:
    January 5, 2016 at 9:39 am

    Ammu avahah up kohbaaa…..vrh salhieyy….masha Allah

    1. Ahmed Ammu says:
      January 5, 2016 at 4:59 pm

      Thank You Sandy. Iraadha kurehviyya v avahah up kohdheynan ingey

  8. misty says:
    January 5, 2016 at 11:56 am

    Varah salhi.. Thankolheh avahah up kodhyba… Plz plz plz

    1. Ahmed Ammu says:
      January 5, 2016 at 5:00 pm

      Thank you misty. Iraadha kurehviyya v avahah up kohdheynan

  9. ina says:
    January 5, 2016 at 6:23 pm

    Wowwwwww v nice mi part vx as other parts…..falah n xaryna haadha goaheydhw…..shaamin ah dhn dhera gotheh nahadhachchey…..when is nxt part????

    1. Ahmed Ammu says:
      January 5, 2016 at 8:08 pm

      Thank You Ina. Next part iraadha kurehviyya varah avahah up kohdheynan ingey

  10. Salman says:
    April 6, 2016 at 3:07 pm

    V fakka mi vaahaka ekamaku kiyaa hitheh neh dhen ithutakah

Comments are closed.

All Right Reserved!