” މަންމަގެ ލިއު ” ރޮމުން ރޮމުން މާހީން ގެ އަނގައިން ނުކުން ދެބަހުގައިވި ހިތްދަތިކަން ކިތަންމެހާ ވެސް ރަނގަޅަކަށް ފާހަގަވިއެވެ. ************************************** ” މަންމާ ” އަޔާން ގެއަށް ދިއުމުން މަންމަ ގެ ހާލެއް ބަލާލަން އެ ކޮޓަރިއަށް ވައިން މީޝާއަށް އިޙްތިޔާރަކާ ނުލާ މާހީން އަށް ގޮވާލެވުނީ މަންމަގެ އަނގައިން ނުކުން ލަފްޒުންނެވެ. ފޮޓޯ ފޮރޭމްއަކަށް ބަލަހައްޓައިގެން ހުރެ މާހީން އެހާ ވަރަށް ރޯން ޖެހުނު ސަބަބެއް މީޝާ އަކަށް ނޭނގުނެވެ. މީޝާގެ އަޑު […]
އިރުކޮޅަކުން ޔައިޝް ކޮއްލިކަމަކުން އަހަރެން ހަޅޭއްލަވައިގަނެވުނެވެ. މިފަހަރުވެސް ކަންތައްވީ ކުރީ ފަހަރުވެސް ވީ ގޮތަށެވެ.އަހަރެން ހަޅޭއްލަވައިގަތް އަޑައް ދޮންތަމެން ދުވަމުން ދުވަމުންއައެވެ.އެވެސް ތަކުންތާކު ނުޖެހޭކަމަކައިގެންނެވެ.ދޮންތަމެން އައިއިރު ޔައިޝް އޮތީ ހެމުން ހެމުންގޮސް ބިމަށްދެމިފައެވެ.ދޮންތަމެންވެސް އައިސް ފެށީ ހޭށެވެ. ހެހެ..އަމް.. ސާބަސް ކިހިނެއްވެފަތަ ތި ހުރީ ހުދާއްކޯ ދޮންތަމެން ހީކުރީ ތަނެއްގަރޯވެގެން އުޅެނީ ކަމައް…. ކީއްކުރަނަތަ މުޅި ބޮލައް ފިނިފެ އަޅައިން ތިއުޅެނީ އަނެއްކަ ބޮލުގަތި ހޫނުސަމްސާ ޖެއްސީތަ….. ދޮންތަ ހީބިދިބިދި ހުރިހާލުގައި އަހަރެންކައިރީ އެއްސެވެ. ކީއްކުރަން އަހަރެން […]
އެންމެން އެއްކޮށް ފިލްމު ބަލަމުން މަޖާ ބައިތަކައް ހެމުން ދިޔައީމެވެ.އަދި ހިތާމަވެރި ބައިތަކުގައި ނުރުއެއްކަމަކު ފުރިހަމަޔައް އެހިތާމަ ތަކުގައި ބައިވެރި ވީމައެވެ.ފިލްމްގެ މެދަހަމަޔައް ދިޔަތާނާ މުޅި ސިޓިން ރޫމްގައި މީޙަކު ގިސްލަގިސްލާފައި ރޯއަޑު އިވެން ފެށިއެވެ. ޕިސްޕިސް…. އެއްކަލަ ހުދާއްކޮ… އިމޯޝަނަލް ފލްމެއް ނުބެލެނެހުދާގަނޑު ލައިގެން…އެފެށީ މިހާރުވެސް ރޯން.. ދޮންތަ މިހެން ބުނުމުން އެޮޝަނަލް ންމެން ހޭން ފެށިއެވެ.އެކަމަކުވެސް އަހަރެންގާތަކައް އެއްވެސް ހިންޔެއްނާދެއެވެ. އިމޯޝަނަލް ގާލް… ހެހެ.. ތިވަރަށް ރޮއެއްކަމަކު ގާއިމު ޓައިގާއަކައް ނޭގޭނެދޯ އޭނަގެ ހިތާމައިގައި […]
އާނ ދަރިފުޅާ އަޒްހާން މިދުނިޔެ ދޫކޮއްފި..” އެއާއެކު ނަފީސާއަށް އޭނަގެ ކަރުނަތައް ހިފަހައްޓަން އުނދަގޫވިއެވެ. ނަފީސާގެ މޫނަށް ބަލަހައްޓައިގެން މަލްދާ އިނީ ހުއްޓުން އަރާފައެވެ. ނަފީސާ ދެއްކި އެއްވެސް ވާހަކައެއް މަލްދާ ޤަބޫލުކުރާކަށް ބޭނުމެއް ނުވިއެވެ. ” މަންމަ ތި ހަދަނީ ދޮގު… ހުސް ދޮގު” އިސްޖަހާލައިގެން އިން މަލްދާގެ ބަޑިގަޑު ފަޅައިގެން ދިޔައީ ހަމަ ކުއްލިއަކަށެވެ. ނަފީސާ ރޮމުން މަލްދާ އަށް ވިސްނައިދޭން މަސައްކަތް ކުރަމުން ދިޔަ ނަމަވެސް މަލްދާ އިނީ އެކަކުވެސް ދައްކާ ވާހަކައެއް […]
ހުމް..އަހަރެން ހުމް އެއް އަޅުވާލީމެވެ.އަދި ފާހަނަޔަށް ވަނީމެވެ.ވަނީ މޫނުދޮވެ ހަދާލާށެވެ.އެކަމަކުވެސް ފާހަނަޔަށް ވަނުމުން ފެންވަރާ ހިތްވިއެވެ.ހެދުނުން ފެށިގެން ފެންނަ ނުވަރާ ހުރުމުންނެވެ.ދޮންތަބެމެން އަވަސް ކުރަން ބުނެފައި ވުމުން އަވަސްއަވަހަށް ބޯ ދޮވެގެންފެންވެރީމެވެ. ފެންވަރައިގެން އަހަރެން ނުކުތީ އަތްކެޑި ޓީޝާޓެއްލައިގެން ފުޅާ ހިސާބުން ތުވަލިއަދެގެންނެވެ.ތެމިފައިވާއިސްތަށިގަނޑުގައި ދޫކޮށް ފުޅިއެއް ޖަހާލުމަށްފަހު ކޮޓަރިއަށް ބަލާލީމެވެ.އަދި ދެވަނަ ސިކުންތުގައި ހަލޭއްލަވައިގަތީމެވެ.ލެވުނުހާ އެންމެ ބަރަށެވެ.މިފަދަހާލަތެއްގައި މިހެން ހަޅޭއްލެވުމުން ދޮންތަމެން ގަނާނެ ބިރަކަށްވެސް ވިސްނާލުމެއްވެސް ނެތިއެވެ. ވާނީވެސް އެހެން ތާއެވެ.އަހަރެން މިހުރީ އަތްކުރު ޓީޝާޓްއަކާއި ތުވަލިއަދެގެނެވެ.އަނެއްކޮޅުން […]
“ކޮންވާހަކައެއް.. އަވަހަށް ފަށާ” ވިޝާމް ކޮޓަރި ދޮރު ކައިރި ކޮއްލާފައި އައިސް އެނދުގައި އިށީނެވެ. ލަމްހާ އިށީންނަން ގޮނޑި ދައްކާލުމުން ލަމްހާ ބޯހޫރާލާފައި ގޮސް ހުއްޓުނީ ހުޅުވާފައިވާ ކުޑަދޮރު ކައިރީގައެވެ. ” އަ.. އަހަރެން.. ވިޝާމް.. އައިމް ޕުރެގުނެންޓު” ވިޝާމްއާ ދުރަށް އެނބުރެމުން ލަމްހާ އިއްވާލިއެވެ. **** އެދެމެދަށް ވެރިވީ ގޮތްނޭނގޭ ހަމަހިމޭން ކަމެކެވެ. އިރުކޮޅެއްފަހުން އެ ހަމަހިމޭން ކަން ނަގާލީ ވިޝާމްގެ ހުނުމުގެ އަޑެވެ. “ލަމް.. މިއީ އޭޕްރިލް ފޫލް ޑޭ އެއް ނޫނޭ.. ތި އުޅެނީ […]
އެއީ ކާކު ކަމެއް އަހަރެންނަކަށް ނޭނގެއެވެ. އެމީހަކު ހުއްޓިގެން ހުރީ ލޯގަނޑެއްގެ ކުރިމަތީގައެވެ. މާހައުލަށް ވެރިވެފައިވާ އަނދިރިކަމުގެ ތެރޭގައި އެމީހަކު ހުއްޓިގެން ހުރިއިރު، އަލިކަމެއް ހޯދަމުން ގެންދިޔައީ އަތުގައިވާ އާދައިގެ ބައްތިއަކުންނެވެ. އެމީހާގެ މޫނު ލޯގަނޑުން ފެނުނު ހިނދު އަހަރެންނަށް ލިބިގެން ދިޔައީ ހައިރާންކަމެވެ. އެއީ އަހަރެމެން އޮފީހުގައި މަސައްކަތްކުރާ މަސައްކަތު މީހެކެވެ. އޭނާގެ މޫނުމަތީގައި ވަނީ ލާނެތް ހިނިތުންވުމެކެވެ. އޭރު އޭނާ ޗުއިންގަމެއް ފަދަ އެއްޗެއް ހަފަމުން ގެންދިޔައެވެ. ކުއްލިއަކަށް ލޯގަނޑުގައިވާ އެމީހާގެ […]
” އަނ! އަހަރެމެންނަށް ނަމާދެއް ދޫކޮށްލެވުނަސް އެހާވަރު ކުރާނެ… އެކަމަކު އިއްޔެވެސް އަސުރުގަޑި ޖެހުނު އިރުވެސް ލޮލަކަށް ދައްކާ ނުލާ…އަނެއްކޮޅުން ހަސަންބެ ދޭ ނަޞޭހަތުގައި އަޑުއަހާލަންވެސް މަޑެއްކޮށް ނުލަން…ހަސަންބެއާ އެއްކޮށް ޤުރުއާން ކިޔަވާލަން ތިބެވުނީމާވެސް ހިތްހަމަޖެހޭ ވާހަކަ އެންމެ ގިނައިން ދައްކާނީވެސް ސަމީރު… މިއަދު ހަސަންބެއަށްވެސް މިކަންތައް ފާހަގަ ވެގެން ދައްކައިފި..” އުމައިރު ބުންޏެވެ. ********************************************* ” ހަސަންބެ ކިޔައިދެނީ އަބަދު ކިޔައިދޭ އެއްވާހަކަތަކެއް… އާވަހަކައެއް ކިޔާދޭކަށް ނޫޅޭ..” އަހަރެން ބުނެލީމެވެ. ” ބަލަ.. ސަމީރުއެއްނޫންތަ ބުނީ […]
ޒޯޔާއަށް އައިވިން ބުނި ވާހަކަ ފަޙުމް ވާގޮތެއް ނުވިއެވެ. އައިވިން އާ ދިމާއަށް ބަލަހައްޓައިގެން އިނދެވުނީ އެފަދަ ގޮތަކަށެވެ. “އަހަރެން ޒޯޔާ އާއި ޒޯޔާގެ ދަރިފުޅު ބަލަހައްޓާނަން.. ތިދެމައިންނަށް ދެރަގޮތެއް ވިޔަކަ ނުދޭނަން..” އައިވިންގެ ދެލޮލުންވެސް އޭނާގެ ބަހުގައިވާ އިތުބާރު ފާޅުވަމުން ދިޔައެވެ. އަމިއްލަ ހިތުގެ ހާލަތު ޒޯޔާގެ ކުރިމަތީ ސާފު ސީދާކޮށް ބަންޑުންކޮށް ނުކުޅެދުނު ނަމަވެސް އެހިތުގެ އެދުން އައިވިން ހާމަކުރެއެވެ. ޒޯޔާއާ މެދު ހިތުގައި އުފެދިފައިވާ އިޙްސާސްތައް ބުނަން އައިވިން ޖެހިލުންވަނީ ޒޯޔާގެ ހިތުގައި […]