Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހާދަ ލޯބިންނޭ.. (5)

Ryn 100 Stories10 Stories1K Comments500 Comments100 Comments100 Login
December 31, 2015 5 Mins Read
31 Comments

“އަނެއްކާ ކޮންކަމެއްބާ.. ބުނެބަލަ އޭރުންނު އުފާވާން އިނގޭނީ..” ނީރާ ކުޑަކޮށް ސީރިއަސް ވިއެއެވެ. “އިހަށް ބުނެބަލަ ރާބިއްތަ ދިޔައީ ކޮންތާކަށް؟” ޝާއިން އެހެން އަހާލީ ނީރާގެ މަންމަ ރާބިޔަތި ދިޔަތަނެއް އޮޅުން ފިލުވާލާށެވެ. “ޑޮކް އަށް ދައްކަން މިއަދު މީ 17 އެއްނު. އަހަރެން ހަނދާނެއްވެސް ނެތް.. ރޭގައޭ މަންމަ ބުނީ.. ޝައިން އިނގޭތަ.. އައި އެމް ސޯ އެކްސައިޓެޑް.. ވިސްނާލަބަލަ އަހަރެންނާއި ކުޑަ ކޮއްކޮ އާއި ވާއު.. ދެން އިނީ އެންމެ ދެ މަސް.. އިރާދަ ކުރެއްވިއްޔާ.. އެއަށް ފަހު އަހަރެން ދޮންތިއަކަށް… ދެން ފެމެލީވެސް ކޮމްޕްލީޓް.. ޔޭ.. ހެހެހެ” ނީރާ ވާހަކަދައްކަމުން ދިޔައީ ހިޔާލަކަށް ގެއްލި އިނދެއެވެ. އޭނާ މިހާރު އެންމެ އިންތިޒާރު ކުރާ ދުވަހަކީ ރާބިޔަތު ވިހާނެ ދުވަހެވެ. އަދި އޭނާއަށް ދޮންތަ އޭ ކިޔާ މުހާތަބު ކުރާނެ ކުޑަ މެހެމާނަށެވެ. މިހާރު ރާބިޔާތުގެ ބަނޑަށް 7 މަހެވެ. “ހަހަހަ ނީ ތީ އަބަދުވެސް ހަނދާން ބަލި ކުއްޖެއްނު.. ހެހެހެ.. އަހަރެންވެސް ދެން ހިމަނާ ތި ފެމިލީގަ.” ޝާއިން އެހެން ބުނެލީ ނީރާގެ ކޮލުގައި ހިފާލަމުންނެވެ. “ހުމްމް ވަޓްއެވަރ ކޮބާ ހެޕީ ނިއުސް އަކީ؟؟؟”

“ހުމްމް.. ރަޔާން އިނގޭ ދޯ. ހެހެ މިބުނީ ފިލްމުގައި އުޅެ އެއްނޫން އިނގޭ އަނެއްކާ ހެހެހެ ނީ ގެ ލޯބިވާ ރަޔާން…” ޝާއިން ކޮންމެ ބަހެއްވެސް ކިޔަމުން ދިޔައީ ލަސްލަހުންނެވެ. ނީރާއަށް ވަމުން ދާ ގޮތް ބަލަން އޭނާ އިނެވެ. ނީރާ ދެލޯ ބޮޑުކޮށްލިއެވެ. “ރަޔާން…………..!” ނީރާ އެހެން ބުނެލީ ދެން އޮތްބައި ފުރިހަމަކޮށްލާށޭ ބުނާފަދަ ގޮތަކަށެވެ. “އޭނަ އެހީ އަހަރެން ކައިރި ނީ ގެ ނަމް ދޭށޭ ބުނެބަލާށޯ.. ދެން ބުނީ ބޭނުމިއްޔާއޯ ދޭނީ…” ނީރާގެ ބޮޑު ދެލޯ އަދި އެއަށް ވުރެވެސް ބޮޑުކޮށްލިއެވެ. އެސްފިޔަޖަހާލަންވެސް ނޭނގިފާ އިންކަހަލައެވެ. ޝާއިން އާއި ދިމާލަށް ބަލަން އިން އިރު ޝާއިން ވެސް އިނީ ނީރާ އާއި ދިމާ ބަލާށެވެ. ލަސް ހަރަކާތަކާއި އެކު ހިފަހައްޓައިގެން އިން މަގް އުނދޯލީގެ އެއްފަޅީގައި ބޭންދިއެވެ. އަދި ކުއްލިއަކަށް ޝާއިންގެ ގައިގާ ބައްދައިގަތެވެ. އޭނާ ހަޅޭލަވައިގަންނަން ކިތަންމެހާވެސް ބޭނުމެވެ. ނަމަވެސް އަޑެއް ނުނިކުމެއެވެ. ޝާއިން އަތުން ކޮފީތަށިވެސް ނުވެރުނީ ކިރިޔާއެވެ. ނީރާގެ ކުއްލި އެ ހަރަކާތުން އޭނާގެ ހިތް އަވަސްވިއެވެ. ވިންދު ޖަހާލެއް އަވަސް ވާންފެށިއެވެ. “ހޭއި.. ނީ.. ދެން ތިހާ އުފާ ނުވެބަލަ.. ހޭ.. މި…” ޝާއިން ނީރާ އާއި ކުޑަކޮށް ދުރަށް ޖެހިލިއެވެ. ނީރާއަށް ވާހަކަވެސް ނުދެއްކުނެވެ. އޭނާ ކުރެވުނު ކަމާއި މެދު ލަދުގަތްކަން އިނގުނީ މޫނުމައްޗަށް އެރި ކުލައިންނެވެ. ޝާއިންއަށް އެ މޫނުމައްޗަށް ބަލާލެވުނީ އެ މޫނުމައްޗަށް އެރި ކުލައިން އެ މޫނުމަތީގެ ރީތިކަން އިތުރުވީމައެވެ. މާތްﷲގެ ކުޅަދުންވަންތަކަމާއެވެ. ހާދަހާވެސް ރީއްޗެވެ.

“ޔޭ… އޯ..އެމް..ޖީ… އޯ ގޯޑް.. ޝައިން.. އޭނަ.. ޔޭ… ޔޭ……………” ނީރާ ގެ އަޑު އެންމެ ފަހުން ބޭރުވިއެވެ. އަނގަމަތީ އަތް އަޅައިގެން އިން ނީރާ ދިޔައީ ދެފައި ވެސް ތަޅުވަމުންނެވެ.

“ސުބުހާނައްﷲ.. ނީ.. ކާމް ޑައުން.. ނީ..” ޝާއިން ނީރާގެ ކޮނޑުގައި ހިފަހައްޓާާ އޭނާ ހަމައަކަށް އަޅުވަން މަސައްކަތް ކުރިއެވެ.

“ސޮ.. ސޮރީ.. ޝައިން.. އަސްލު މާ ހެޕީ ވެވުނީމަ އެގޮތަށް ހަގް ކޮށްލެވުނީ.. ސޮރީ އިނގޭ..” އެންމެ ފުުރަތަމަވެސް ނީރާ މާފަށް އެދުނެވެ. “ހެހެހެ ދެން އެއީ ސޮރީ ބުނާވަރު ކަމެއް ނޫނޭ…” ޝާއިން ލުއި ހިނިތުން ވުމަކާއި އެކު އެހެން ބުނެލިއެވެ.

“އެކަމު ނީ… އަސްލުވެސް ރަޔާންދެކެ ލޯބިވޭތަ؟؟؟” ޝާއިން ނީރާއާއި ދިމާ ބަލާލަމުން އެހެން އަހާލިއެވެ. ނީރާ ކުޑަކޮށް ވިސްނާލިއެވެ. އެ ހިނދު އޭނާ ހިތް ބުނަމުން ދިޔައީ ނޫނެކޭ އެވެ. ސަބަބެއް ނީރާއަކަށް ނޭނގުނެވެ. ނަމަވެސް ކުޑަކޮށް ހިނިތުންވެލިއެވެ. “ޔެސް.. ރަޔާން އަކީ އަބަދުވެސް އަހަންނަށް ވަރަށް ރީތި ކުއްޖެއް.. އައި ތިންކް އައި ލްވް ހިމް…” ނީރާ އެހެން ބުނެލިއެވެ. އެވަގުތު އޭނާގެ ހިތް މާ ނުބައި ގޮތަކަށް ތެޅިލިހެން ހީވިއެވެ. ހިތާއި އިދިކޮޅަށް އެއްޗެއް ބުނިކަން ދޭހަކޮށްދިން ފަދައެވެ. “އޯ… ހެހެ.. ސޯ ދޭންވީ ތަ؟” ޝާއިން އެެހެން ބުނެލީ ނީރާއާއި ދިމާ ބަލައިވެސް ނުލައެވެ. ނީރާ ދަތް ކޮޅު ދައްކާލަމުން ބޯ ޖަހާލީ އާއެކޭ ބުނުމުގެ ގޮތުންނެވެ.

——————————————————

1 މަސް ފަސް

“ހޭ.. ޔާން ހަނދާން ނެތުނީ އޭ އަހަން… މުބާރާތުގައި ނަން ނޯޓް ކުރަން ވީ ދޯ؟؟” ނީރާ ވާހަކަ ދައްކަމުން ދިޔައީ ރަޔާން އާއެވެ. “ކޮން މުބާރާާތެއް..” ރަޔާން އާދައިގެ ގޮތަކަށް އެހެން އަހާލިއެވެ. ހީވަނީ ގަދަކަމުން ވާހަކަ ދައްކަން ޖެހޭ މީހެއްހެންނެވެ. “ސާބަސް.. އެއްކަލަ ލަވަ މުބާރާތެއްނު.. ޔާން ވެސް ކިހާ ސަޅިތަ ލަވަ ކިޔާލެއް.. އަހަރެމެން ހަމަ މޮޅުވެސް ވާނީ އިން ޝާ ﷲ.. ނޯޓް ކުރަން ވީ ދޯ އަހަރެންގެ ޕާޓްނަރ އަށް.. މަމް ނީ ބައިވެރި ކުރުވައިފި.. ދެން މަމް ބުނީ އަހަރެން ބޭނުމިއްޔާ ޔާން އާއި އެކު އަރާށޭ… ޔާން ބުނީމެއްނު ދޯ ބައިވެރިވާނަމޭ” ނީރާ ބުނެލިއެވެ. ހިޔާލަކަށް ގެއްލި އޮވެއެވެ. “ދެން އަހަރެންނަކަށް ނުވާނެ.. ނީރާ އެކަނިން ބައިވެރިވޭ..” ފަރުވާކުޑަ ރާގަކަށް ރަޔާން އެހެން ބުނެލިއެވެ. ނީރާ ވަރަށް ދެރަވިއެވެ. “އެކަމު ޔާން… އަހަރެން ބޭނުމީ ޔާން އާއި އެކު އޭ ބައިވެރިވާން.. ޔާން ބުނީމެއްނު ވާނަމޭ އަހަންނާއި އެކު. އެހެންވެއޭ ޝައި.. ޝާއިން އެހީމަވެސް އަހަރެން ނޫނެކޭ ބުނީ… ހަހް..  ޔާންއަށް ކީއްވެތަ އަހަރެން ބުނާ ކަމެއް ނުކުރެވެނީ.. އަހަރެން ވަރަށް ދެރަވޭ ޔާން..” ދުވަހަކުވެސް ޝަކުވާ ނުކުރާ ނީރާ މިއަދު ޝަކުވާ ކޮށްލިއެވެ. އޭނާގެ ހިތް ވަނީ ކުދި ކުދި ވެފައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ކުދި ކުދި ޒަހަމް ތަކުން ހިތުގައި އެޅެމުންދާ ކޫރު ދިޔައީ ބޮޑުވަމުންނެވެ. އެދެމީހުންގެ ގުޅުން ހީނަރުވަމުން ދިޔައެވެ. އެއްބައިފަހަރު ރަޔާން އޭނާދެކެ ލޯބި ނުވެއޭވެސް ހިތަށް އަރައެވެ. “ދެން ނީރާގެ އަބަދު ކަމަކީ ޝަކުވާ ޝަކުވާ.. ދެން ކީއްތަ ވާނީ ދުވަހަކުވެސް މަޑުން އިނިއްޔާ..” ރަޔާން އެހެން ބުނެލީ ރުންކުރު ގޮތަކަށެވެ. ނީރާ ކުށްވެރިކުރާ ފަދަ ގޮތަކަށެވެ.

“އަހަރެން ޝަކުވާއެއް ނުކުރަމޭ ޔާން… އަހަރެންވެސް ބޭނުމޭ އުފަލުގައި އުޅެން.. ޔާން އާއި އެކު.. ޔާންއަށް އިނގެއެއްނު އަހަރެން ލޯބިވާވަރު ޔާން ދެކެ…” ނީރާ އޭނާގެ ހަތިޔާރު ބެހެއްޓި ކަހަލައެވެ. އިތުރަށް މައްސަލަ ބޮޑުކުރާކަށް އޭނާ ބޭނުމެއްނުވެއެވެ. “ދެން އެއްކަލަ ފަތިވަރު.. ނީރާ.. ދެން ތި ނޫން ވާހަކައެއް ދައްކަންވެއްޖެ އެއްނު..” ރަޔާން ބުނެލިއެވެ.  “ޔާން ހަމަ އަސްލުވެސް ބައިވެރި އެއް ނުވާނަންތަ؟” ނީރާ އަނެއްކާވެސް އުއްމީދުން ފުރިފައި ވާ ގޮތަކަށް އަހާލީ ރަޔާންއާއި އެކު އޭނާ ލަވަކިޔަން ބޭނުންވާ މިންވަރު ހާމަކޮށްލަމުންނެވެ. “އަނެއްކާ؟ އަޖައިބެއް.. ބުނެފީމެއްނު ނުވާނަމޭ..” ރަޔާންގެ އަޑު ކުރިއަށް ވުރެ ބާރުވިއެވެ. “ދެން އެހެންވިއްޔާ އަހަރެންވެސް ނުވާނަން ހަހް..” ނީރާއަށް ތަންކޮޅެއް ބާރަށް އެހެން ބުނެވުނީ އިހްތިޔާރަކާއިނުލައެވެ. ދެން ވާނެ ގޮތް ހިތަށް އެރުމާއި އެކު ހިތުގެ ހިނގުން ބާރުވެގެންދިޔައެވެ. “އަހަންނަށް ހެޔޮ” ރަޔާން އެހެން ބުނެލުމާއި އެކު ފޯނު ކަނޑާލިއެވެ. ނީރާގެ ލޮލުން ހޯސްލާފައި ކަރުނަތަށް ފައިބައިގެން ދިޔައެވެ. މިހުރިހާ އިރު ހިފަހައްޓައިގެން ހުރި ކަރުނަތަށް އޭގެ މަންޒިލަށް ދާން ނީރާ ދޫކޮށްލީއެވެ. ހިތުގައި އަތް އަޅާލެވުނީ އަޅަމުން ދިޔަ ވޭން ކުޑަވޭތޯއެވެ.

ކަންފަތުގައި ޖައްސާލައިގެން އިން ފޯނު އަތުގެ ކޮޅަށް ހޫރާލިއެވެ. ފޯނު ދިޔަ ދިމާލެއްވެސް ނޭނގުނެވެ. ނީރާ އެނދުމަތީ ބަންޑުން އޮވެ ރޯންފެށިއެވެ. އެ ހިތަށް ކުޑަވެސް ލުއި ކަމެއް ލިބޭތޯއެވެ. ޝާއިން ނީރާގެ ކޮޓަރިއަށް ވަނީ އެވަގުތުއެވެ. ޝާއިން އަށް އެތަނަށް އެވަގުތު އާދެވުނުކަން އެއީ ނީރާގެ ނަސީބެވެ. އެހެންނޫންނަމަ އެ ފަކީރު ރޮއެ ރޮއެ ހަލާކުވީސްކަންނޭނގެއެވެ. ޝާއިން އަށް އޭނާގެ ފައި ކައިރި ދެފަޅިވެފައި އޮތް ފޯނު ފެނުނެވެ. އެއާއި އެކު އޭނާއަށް ވީ ގޮތް ނަގައިގަނެވުނެވެ. އަދި މިއުޅެނީ އެދެމީހުން ގުޅުނުތާ ތިން މަސްވެސް ނުވެއެވެ. ކޮންމެ ދުވަހަކު ކޮންމެވެސް މައްސަލައެއް އޮންނާނީ ޖެހިފައެވެ. ކިތަންމެ ކުޑަ ކަމެއްވެސް ބޮޑު ކޮށްލާފައެވެ. ރަޔާންއަށް ނީރާގެ ނަމްބަރ ނުދެވުނު ނަމައޭ ޝާއިން ހިތަށް އެރިއެވެ. ކޮންމެ ދުވަހަކު އެހާލުގައި ނީރާ އޮންނަތަން ދެކެން އޭނާއަކަށް ކުޅަދާނައެއް ނުވާނެއެވެ. އޭނާ ކުށްވެރިކުރީ އަމިއްލަ ނަފްސެވެ.

ޝާއިން ގޮސް ނީރާ ގެ މަގަތުގައި އިށީނދެލިއެވެ. އަދި އިރުކަޅަކު ނީރާއާއި ދިމާލަށް ބަލަން އިނެވެ. ނީރާ ރޯ ކޮންމެފަހަރަކު އޭނާގެ ހިތަށް ޒަހަމްތަކެއްލިބެއެވެ. “ނީ…” ޝާއިން ނީރާގެ ހޭވިފައިވާ އިސްތަށިގަނޑުގައި އަތް ހާކާލިއެވެ. އަދި އޯގާތެރިކަމާއި އެކު ގޮވާލިއެވެ. ނީރާ ކުއްލިއަކަށް ރުއިން ހުއްޓާލިއެވެ. އަދި ކުއްލި ހަރަކާތަކާއި އެކު ތެދުވެ ޝާއިންގެ ގައިގައި ބައްދާލިއެވެ. “ޝައިން…. ޔާން..” ނީރާއަށް ގިސްލެވެން ފެށުނެވެ. އޭނާގެ އަޑެއް ނުނިކުތެވެ. ޝާއިން ހަރަކާތެއްވެސް ކޮށްނުލާ އިންގޮތަށް އިރުކޮޅަކު އިނެވެ. އެއަށްފަހު ދެއަތުން ނީރާގެ ހަށިގަނޑު ވަށާލިއެވެ. ލޯ މަރާލެވުނީ އިހްތިޔާރަކާނުލައެވެ. ނީރާ ރޯ އަޑު ކެނޑުނެއްކަމަކު އޭނާއަށް ގިސްލެވެމުން ދިޔައެވެ. އަދި ލޮލުން ކަރުނަތަށް ހުއްޓުމެއްނެތި ފައިބަމުން ދިޔައެވެ. ޝާއިން ފަދަ ރައްޓެއްސެއް ހުރިކަން އެއީ ނަސީބެވެ. މިފަދަ ދަނޑިވަޅުތަކުގައި އެހީވެދީ ހިތަށް ލުއި ކަމެއްވެސް ލިބެއެވެ. ޝާއިން ތަންކޮޅެއް ބާރަށް ނީރާގެ ހަށިގަނޑުގައި ބައްދާލިއެވެ. ނީރާވެސް ޝާއިންގެ ކަރުގައި އަޅާލައިފައި އޮތް އޭނާގެ އަތް ބާރުކޮށްލިއެވެ. ޝާއިންގެ ހިތުގެ ވިންދު އަވަސްވެފައި ހުއްޓެވެ. އަދި ހިތް ތެޅެމުންދިޔައީވެސް ނުލާހިކު ބާރަށެވެ. ނީރާގެ ހާލަކީވެސް އެއީއެވެ. ހިތަށް ލިބިފައިވާ ޒަހަމްތަކުގައި މަލަން އެޅުނުފަދައެވެ. ހިތަށް ލުއިކަމެއް ލިބުނެއްކަމަކު ރުއިމަކަށް ބަދަލއެއް ނާދެއެވެ. ނީރާގެ ލޮލުން ފޭބި ކަރުނަތަށް ޝާއިންގެ ގަމިސް ފޯ ކުރަމުން ދިޔައެވެ.

ނީރާގެ ކޮޓަރި ދޮރުމަތީ އެ ހުރިހާ އެއްޗެއް ބަލަން ރާބިޔަތު ހުއްޓެވެ. ޝާއިންފަދަ އެކުވެރިއެއް ހުރިކަން އެއީ ނީރާގެ ނަސީބޭ އޭނާ ހިތަށް އަރަމުން ދިޔައެވެ. އޭނާ ހުރީ ނީރާއާއި ރަޔާން ގުޅުމުން ކުޑަކޮށް ހިތްހަމަނުޖެހިފައެވެ. އެކަމަކުވެސް އެކަން އޭނާ ނުދައްކަވޭތޯ މަސައްކަތް ކުރީ ނީރާގެ އުފަލަށްޓަކައެވެ. ޝާއިންއާއި ނީރާ ގުޅުނުނަމަ ކިހާ ރަނގަޅުވިސް ހެއްޔެވެ؟ ޝާއިން އަކީ އެހާ އަހްލާޤް ރަނގަޅު ކުއްޖެކެވެ. ހަމައެއާއި އެކު ރާބިޔަތުގެ ދުވަސްވީ ގާތް އެކުވެރިޔާ އާޝިޔާގެ ހުރި ހަމައެކަނި ކުއްޖާއެވެ. ރާބިޔަތު އޭނާގެ އަށްމަހުގެ ބަނޑުގައި ހިނިތުންވުމަކާއި އެކު އަތް ހާކާލީ އޭނާއަށް ބަނޑުން ކުޑަ ހަރަކާތެއް ވުމުންނެވެ. ރާބިޔަތު ހިތަށް އަރާ  އެއްޗާއި މެދު އެ ކުޑަ ކުޑަ ފުރާނަވެސް އެއްބަސްވާފަދައެވެ. ރާބިޔަތު ނީރާމެންގެ ކޮޓަރީގެ ދޮރު މަޑުމަޑުން ލައްޕާލުމަށްފަހު އޭނާގެ ކޮޓަރިއަށް ދާން ހިނގައިގަތެވެ.

5 މިނެޓަށް ދިގު ދެމިގެން ދިޔަ އެ ވަގުތުކޮޅުން ދެމީހުންގެ ހިތަށްވެސް ފިނިކަމެއް ގެނައެވެ. ނީރާ މަޑުމަޑުން ޝާއިންގެ ކޮނޑުމަތިން ބޯ ނެގިއެވެ. ޝާއިންވެސް އޭނާގެ އަތް ނަގާ ދުރަށް ޖައްސާލިއެވެ. ނީރާ ޝާއިންއާއި އެއްފަޅިއަށް ވާ ގޮތަށް އިށީނދެލިއެވެ. އޭނާ އިސްޖަހާލައިގެން އިނެވެ. ރޮއެ ރޮއެ އެ ދެލޯ އިނީ ރަތްވެފައެވެ. އެސްފިޔަތަށް ފޯވެފައި ހުރިއިރު ނޭފަތް ކައިރި ރަތްވެފައި ހުއްޓެވެ. ޝާއިންވެސް ބުނާނެ އެއްޗެއް ނޭނގިފައި އިސްޖަހާލައިގެން އިނެވެ. އަނެއްކާ ނީރާ ހިތްހަމަނުޖެހުނީބާއެވެ. ޝާއިން ނީރާއާއި ގާތްވިވަގުތު އަމިއްލަ ހިއްސުތަށް ކޮންޓްރޯލް ނުކުރެވުމުން އޭނާ ލަދުގަތެވެ. ނީރާއަށް ޝާއިންގެ ކުރަމުން ދިޔަ އިހްސާސްތަށް އިނގުނީ ހެއްޔެވެ؟ އޭނާއަށް ރަނގަޅަށްވެސް ނީރާ ރަޔާންދެކެ ވަމުން އައި ލޯބި އިނގެއެވެ. އޭނާގެ ސަބަބުން އެ ދެމީހުން ދުރުވާކަށް އޭނާ ނޭދެއެވެ. ހަމައެއާއި އެކު މިވަގުތު އެދެމީހުންގެ މެދުގައި އޮތް އެކުވެރިކަންވެސް ނިމިގެން ދާކަށް ބޭނުމެއްނޫނެވެ. ދެންމެ ކުރެވުނުކަމުގެ ސަބަބުން އޭނާގެ ހިތް އަވަސްވެ އެތަކެއް ސުވާލުތަކެއް ސިކުނޑީގައި އެނބުރެމުން ދިޔައެވެ. ނީރާއަށް ޝާއިންގެ އިހްސާސްތަށް އިނގިއްޖެއްޔާ ވާނެގޮތަކާއި މެދު ހިތަށް އަރުވާލިޔަސް ޝާއިންގެ ގައިން ހީބިހި ނަގައިގެންދެއެވެ.

 

-ނުނިމޭ-

Share Article

Follow Me Written By

Ryn

100 Stories10 Stories1K Comments500 Comments100 Comments100 Login

Hello! I love reading stories and writing obv. I hope my stories will make you happy. Don't forget that reading is what gives you more knowledge about the world. Don't stop reading. Visit my facebook page RYN'S stories. Thankyou

Other Articles

Previous

މިއީ ތަޤްދީރު ހޭ؟ (ތޭރަވަނަ ބައި)

Next

ދުކު

Next
December 31, 2015

ދުކު

Previews
December 30, 2015

މިއީ ތަޤްދީރު ހޭ؟ (ތޭރަވަނަ ބައި)

31 Comments!

  1. Ryn says:
    December 31, 2015 at 12:03 am

    hey ppl.. hre is the nxt prt of the stry… hwp u al wil lyk it.. n Advcne kh Happy New Year. hehehe.. thnks fr readin.. enjoy 😉

  2. nukko says:
    December 31, 2015 at 12:09 am

    Wowwwwww… v lwbi ingey… alheyyy poor poor nee..I hate yaan… huh btw thankolheh kuru.. dhn oii bai dhigu kohllaacheyyy… v v rythi ingey… cant wait…. aneh bayah..Miss u n tc….

    1. Ryn says:
      December 31, 2015 at 12:10 am

      hehhe thnks nukko.. yrh i knw mi prt kuru vaane kn bt i cnt chng it..kurin liyefa huri prts v ma sry ingey…. hehhe dhw.. yaan gandu.. 😛 thnks nukko.. enjoy 😉 tc mis u mre

  3. Anonymous says:
    December 31, 2015 at 12:10 am

    Ryn vx Mihaaru thikiyaniii kamudha kahala gothakah nun. Thiah vureh rychah mashah vx liyeveyne. Ryn visnaign liyun edhenn

    1. Ryn says:
      December 31, 2015 at 12:13 am

      owh sry fr tht.. thnks fr readin… 🙂

  4. SARA says:
    December 31, 2015 at 12:54 am

    Rynn.. v salhi mi bai vx.. dhn oiybai vx avahah upkohdhehcchey

    1. Ryn says:
      December 31, 2015 at 9:02 am

      thnks sarah… hehe yrh 3 days fahun .. thnks fr readin.. 😉

  5. misty says:
    December 31, 2015 at 1:39 am

    Haadha kuree.. Thankolheh dhigukoh dhyba…BTW story is nice. ?

    1. Ryn says:
      December 31, 2015 at 9:03 am

      thnks misty. yrh nxt prt dhigu vaane miah vure.. mi prt chng nukurevuny liyefa in prt eh v ma kurin vx.. sry fr tht.. n thnks alt 😉

  6. shabee says:
    December 31, 2015 at 2:06 am

    Ehvx salhi eh noon …dhn kudakudin liya gothah story liyefa … v foohivey ..

    1. Ryn says:
      December 31, 2015 at 9:04 am

      thnks fr readin it.. 🙂

  7. ina says:
    December 31, 2015 at 6:58 am

    V v v nice mi part vx…..mi stry haadha nice ey……….hurihaa part eh vx v nice……..alhe kyvetha nee rayaan aa rattehivy…?kn irakunbaa shain proprse kuraany……next part kn irakunthrrr???miss u rynnnnnnnnnn☺?☺?

    1. Ryn says:
      December 31, 2015 at 9:05 am

      heheh thnks ina… yrh dhw.. ny vx visnaeh nulaey… hehe nxt prt 3 days fahun.. thnks alt ina.. miss u mree 😉 😉

  8. Anonymous says:
    December 31, 2015 at 8:11 am

    Ryn kon raunaa eh ge vaahaka eyni..rauna aki new carecter eh tha..i think its mistake dhw. Bt vaahaka vr nyc..kon irakun up kohdheyni..ryn ah ves happy new year..n vr miss vey ryn ge vaahaka takuge matin..u ar the best story writer in ths site.thanx mikahala salhi vaahaka tah genes dheyti..mi dhaairaain ufaaveri mustagubaleh minvaru kurah vaashi aameeen

    1. Ryn says:
      December 31, 2015 at 9:12 am

      oops sry it ws by mistake.. its raabiyath.. nw rangalhu khlaifin.. ryn ah vx hyvi ey rauna eh liyevunu hn 3 than chng vx kurin bt e than eyny nufenifa. thnks alt fr shwin it.. nxt prt 3 days fahun in sha allah… heheh thnks alt… awwww thts so swyt of u.. n it ws my plsur darl… n same to u with ur career. 😉 thnks alt

  9. saf says:
    December 31, 2015 at 8:12 am

    WWoww v nice bt thankolheh kury vaahaka up kohfa kohdheyleh i hate rayaan shain haadha loabivey nyraa dheke dw woooww

    1. Ryn says:
      December 31, 2015 at 9:14 am

      thnks saf.. yrh mi prt shrt khlevuny sry..dhn huri prts dhigu vaane.. 😉 hehhehe me too 😛 yrh dhw…. hehehe thnks ingey. enjoy 😉 😉

  10. mice says:
    December 31, 2015 at 9:01 am

    Ryn stry varah varah reethi but too short.. Plx nxt part thankolhe dhigu koladheathi

    1. Ryn says:
      December 31, 2015 at 9:14 am

      thnks mice.. yrh i knw sry fr tht. nxt prt dhigu vaane.. thnks fr readin.. enjoy 😉 😉

  11. rau says:
    December 31, 2015 at 10:20 am

    alhey ryn.maa avahah shey thi nimmaalee eoh kiyaahithun huhtta.. alhey nxt prt v avx kohlahchey.
    whn ix the nxt prt???

    1. Ryn says:
      December 31, 2015 at 11:31 am

      heheh thnks rau… sry fr tht.. ekm it ws writtn shrt kurin vx ehnve chng nukury.. m so sry.. 😉 thnks fr readin. n as usual 3 days fahun in sha allah 😉

  12. saf says:
    December 31, 2015 at 12:33 pm

    Abadhu eh vaahaka thakeh vihya up kohfa hunnany mivaahaka thankolheh dhigu koh up kohdhybela thankolheh avahah plx plx plx plx plx plx plx plx plx plx plx plx plx vvvvvvvvvvvvvvv nice vaahaka

    1. Ryn says:
      December 31, 2015 at 2:48 pm

      owh sry fr tht.. nxt prt dhigu kh ihnaany thnks fr readin

  13. lai says:
    December 31, 2015 at 12:49 pm

    owhhhhhhhhh rayaan hehehehe .. ryn yaan haadha goas thi kohly? .. lai stry ga yaan rangalhu vymatha? 😛 …anywayss vvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvv salhi .. love it .. awsome .. kon irakun next part? .. alheyy nee vess dhw sikundi eh nehtha? hehehe nee n shain glheyne nama dhw .. so yaan dhw e ee nee ge past? i mean nee ehaa varakah dhera vegen e ulheny yaan aa hedhi dhw? .. hehehe i hate yaan .. bt love shain hehehe .. v rythi ingey ryn .. gud luck .. kyp up the gudwork .. n yah HAPPY NEW YEAR TO U TOO 😉 😉 🙂 🙂 😉 😀 😀 😀

    1. Ryn says:
      December 31, 2015 at 2:12 pm

      heheheh omg yrhhhh lai ge vaahakaiga vx rayaan ey omg.. m sryy ryn vrh kurin liyefa huri prts v ma i really dnt knw abt it.. n eyru lai stry vx up nukure ehnve tht rayaan thingy heehhehe.. sry ingey.. anyways thnks alt n i hate rayaan too n i luv shine vrh bwdah.. ehehe <3 thnks lai… miss u 😉

  14. Immy says:
    December 31, 2015 at 4:39 pm

    heyyy rynn….. keevvethr ehaa gina dhuvx naganee up krn….. 🙁
    immy ah vrhhh reehcheyy mi vaahaka…. thnkolheh dhigu adhi thankolheh avahah nxt prt up kohdheynee….. ookk???
    anywayx stry hama bxt… m missin u sooooo much swyty….. n HAPPY NW YR….. gud luk inn ur wrk……. kyp up the gud wrk…..
    tvvvvvvvvvvvvvgc……. 😉 😉 😉 😉 :P:P:P

    1. Ryn says:
      December 31, 2015 at 4:47 pm

      hey immu.. hheheh gina dhuvaheh nunehnu 3 days ehnu… sry ingey. yrh dhn in prt dhigu kh ihnaany ekm hama 3 days fahun 😛 😉 thnks ingey….. hehehe miss u mre darl… same to u n family ah vx.. 😉 tc 😉

  15. ree says:
    January 1, 2016 at 3:52 pm

    Ryn v rythi mi vaahaka .. I lyk it ….

    1. Ryn says:
      January 1, 2016 at 4:09 pm

      thnks 😉 😉 enjoy 😉

  16. shine says:
    January 2, 2016 at 4:02 pm

    Love this story:)

    1. Ryn says:
      January 2, 2016 at 4:03 pm

      thnks 😉 😉

Comments are closed.


All Right Reserved!