އަޅުގަނޑު ލިޔަން ފަށައިފައިވާ ވާހަކަ ‘ޓެކްސީ’ ވަކި ހިސާބަކުން މެދުކަނޑާލަން ޖެހުނު ކަމަށް ޓަކައި ކިޔުންތެރިން ގެ ކިބައިން ނިހާޔަތަށް މާފަށް އެދެމެވެ. އަޅުގަނޑުގެ ކިޔެވުމުގެ ކަންތައް ހުންނަ ގޮތުން ވާހަކަ ލިޔުމަށް ހުރަސްތަކެއް ކުރިމަތިވުމުން ވާހަކަ މެދު ކަނޑާލުމަށް ގަސްދު ކުރީ އެވެ. ﷲ ގެ އިރާދަފުޅާއި އެކު ވަރަށް އަވަހަށް މި ވާހަކަ ކިޔުންތެރިންނާއި ހަމަޔަށް އަލުން ގެނެސް ދޭނެ ވާހަކަ ދަންނަވަމެވެ. އިންތިޒާރު ކޮށްލައްވާ!
ލައިފްލައިން ކްލިނިކްގެ ގޮނޑިއެއްގައި ސާރާ އިނީ އޭނާގެ ކިޔު ނަމްބަރާއި ޖެހެންދެން އިންތިޒާރުގައެވެ. ނަފްސާނީ ބަލިތަކުގެ ހާއްސަ ޑޮކްޓަރު ރީމާ ހަސަންގެ ކޮޓަރީގެ ކުރިމަތީގައި އިންއިރު ބާރުބާރަށް ހިތްތެޅެނީ ބިރަކާއި ކުރިމަތިލާން އުޅެވޭ ހަނދާންވުމުންނެވެ. ސާރާގެ ނަމްބަރާ ޖެހުމުން ފުންނޭވާއެއް ދޫކޮށްލުމަށްފަހު ތެދުވެ ޑޮކްޓަރުގެ ކޮޓަރިއަށް ވަނެވެ. އެތައްދުވަހެއްފަހުން ސާރާ ފެނުމުން ލިބުނު އުފަލުން ބޭއިޚްތިޔާރުގައި ޑޮކްޓަރު ރީމާއަށް ހިނިތުންވުމެއް ހަދިޔާ ކޮށްލެވުނެވެ. އުފަލުން ސާރާގެ ގައިގައި ބައްދާލަން ހިތްއެދުނެވެ. ނަމަވެސް ސާރާގެ މޫނުމަތިން އެފެންނަމުންދާ ހާސްކަން […]
ފޯނު ހިފައިގެން އަރުޝީ ދެކޮޅަށް ހިނގާލަ ހިނގާލަ ހުރީ ލޯބިވާ ފިރިމީހާ ކައިސަން ގެ އިންތިޒާރުގައެވެ. ކައިސަން އަށް ޕްރޮމޯޝަން ލިބުމާ ގުޅިގެން އެކަމުގެ އުފަލުގައި އަރުޝީ ވަނީ ގޭގައި މިއަދު ވަރަށް ރަނގަޅަށް ކައްކާލާފައެވެ. ކައިސަންއަށް އެންމެ މީރު ކަނޑުކުކުޅުގެ މީރުވަސް ވަނީ މުޅިތަނުގައި ހިފާލާފައެވެ. އޭގެ އިތުރުން ބަނބުކޭލީ ބަތާއި ރިހާކުރާއި ތެލުލި ފަތުގެ އިތުރުން ލޮނުމިރުސް ތައްޓެއްވެސް ހުއްޓެވެ. މީގެ އިތުރުންވެސް މޭޒުމަތީގައި ކައިސަންއަށް މިރުވާނެހެން ހީވާ އެއްޗެއް ހުއްޓެވެ. އަރުޝީ ލައިގެންވެސް […]
މުޅިން އާ ދުވަހެކެވެ. އިރުގެ ރަންކުލައިގެ ދޯދިތައް މަޑުމަޑުން މުޅި ހިސާބު އަލިކުރަމުން ދިޔައީ ބަލާމީހަކަށް އުފާވެރިކަން ގެނެސްދޭހާ ފުރިހަމަ ގޮތަކަށެވެ. ހަމަހިމޭންކަން މުޅި އަވަށުގައި ވާހިނދު، ހީވަނީ އެންމެންވެސް ގަދަ ނިންޖަކުން ނިދާފައިވާ ހެނެވެ. ނަމަވެސް ސަމާރާ އޮތީ ދެލޯ ބޮޑުކޮށްގެން އިރާއި ދިމާއަށް ބަލަހައްޓައިގެން ފުން ވިސްނުމަކަށް ގެއްލިފައެވެ. މޫނުމަތިން ހިތާމަވެރިކަން ފާޅުވަމުން ދިޔަހިނދު އިރުއިރުކޮޅާއި ލޯ ފޮހެލަނީ ފައިބަމުން އަންނަ ކަރުނަތައް ހުއްޓުވޭތޯއެވެ. އެ ކަރުނަތަކަށް ނިމުން އަންނާނޭ ދުވަހެއް ދެކިލަން ހިތާއި […]
ފަހަރު ތަޢުބާ ވެވުނު ޖިހާދު1000 މުސައްނިފާ ރޯޒީ ކޮންމެ އަންހެއްކުއްޖެއްގެ ހަޔާތަކީ ފަލްސަފާއެކެވެ. އޮޅުން ބޮޅުން ގިނަ ހާދިސާ ތަކެކެވެ. ރައިހާނާގެ ހަޔާތުގެ ހާދިސާތަކަކީވެސް ހަމަ މިކަހަލަ ހާދިސާ ތަކުން ފުރިފައިވާ ހަޔާތުގެ ސޮފްހާތަކެކެވެ. ރައިހާނާ ބޭނުންވަނީ އޭނާގެ ހަޔާތުގެ މިހާދިސާތަށް މިފޮތުން ކިޔާލާފަ ކޮންމެ މީހަކުވެސް ރަނގަޅު ފިލާވަޅެއް ދަސް ކުރުމަށެވެ. އަހަރެންނަށް މިފޮތް ލިބުނީ އަހަރެން ދަތުރު ކުރަމުން ދިޔައިރު ދަތުރުގަ ދިމާވި އަރަބި ކުއްޖެއްގެ އަތުންނެވެ. ލަންކާގެ ޓާމިނަލް ތެރޭގައި އަހަރެން އިނީ […]
“އަހަރެން އެވާހަކަތައް ޒިޔާއަށް ކިޔައިނުދިނީ އަހަރެން ތައުބާވެފައިވާ ކަމެއްގެ ވާހަކަ ދައްކަން ބޭނުން ނުވާތީ” ކުރިމަތީގައި އަހަރެންގެ އަންހެނުން ޒިޔާދާއަށް ވިސްނައިދެވޭތޯ ބަލަމުން ބުނީމެވެ. “އެކަމަކުވެސް ނާއިޒްގެ ފަރާތުން އެކަން ނޭނގި ދުރުމީހެއްގެ ފަރާތުން އެނގުމުން އަގަރެން ވަރަށް ބޮޑަށް ދެރަވެއްޖެ.. އެނގޭ ތައުބާ ވެފައިވާ ކަމެއްގެ ވާހަކަ ދައްކަން ނުޖެހޭނެކަން.. އެކަމަކު ކަންތައްވީގޮތުން ރުޅިއާދެވުނީ… ސޮރީ” ޒިޔާދާ އަހަރެންގެ ކައިރީގައި އިށީންދެ އަހަރެން ކޮންޑުމަތީގައި ބޯއަޅާލިއެވެ. އެވަގުތު އަހަރެން ހަނދާނަށް އަންނަމުން ދިޔައީ އަހަރެންގެ ހިތި […]
” ކޮބާ އާދަނާ ޙާލު އަޙުވާލު ކިހިނެއްތަ؟ ” އިބްރާހީމްބެ އައިސް ހޮޅުއަށީގައި އިށީންނަމުން ބުންޏެވެ. ” ﷲ އިރާދަކުރެއްވީތީ މިވަގުތު ވަރަށް ރަނގަޅު. އިބްރާހީމްބެ ކިހިނެއްތަ؟ މާލޭގައި އުޅެލާފަ ރޯދައަށް ރަށަށް ޖައްސާލީދޯ؟” އާދަނު އަހާލިއެވެ. ” ރަނގަޅު! އާނ! މިފަހަރު ހިތަށްއެރީ ރޯދައަށް ރަށަށޭ އަންނާނީ. ރަށަށްވެސް އަންނަންވާނެއެއްނު. މިހާރު ފަނަރަވަރަކަށް އަހަރު ވެދާނެ ރަށަށް ނާންނަނީ. އާދަނު ވަރަށް ބަލިވި ވާހަކަ އަޑުއެހިން. އެކަންތައް ކިހިނެއްތަވީ؟ ގައިމު ނުލާހިކު ލޯބިން ގުޅިގެން އުޅުނު […]
މެދުގައި ހުރި އަލިފާންގަނޑަށް އަހަރެން ބަލަންހުރީ ވާނުވާ ނޭނގޭތީއެއް ނޫނެވެ. އެކަމުން ރެކެވެން ނެތީމައެވެ. މަޖުބޫރީ ހާލަތުގައި ހެދޭނެ އެހެން ގޮތެއް ނެތީމައެވެ. އަލިފާންގަނޑު ވަށާ ޖަހަމުންދިޔަ ހަތްވަނަ ބުރާއެކު އެމީހުން އެކުރަންޖެހޭ ކަމެއްކޮށް ނިންމީ އަހަރެންގެ ކައިވެނިވެސް ކުރެވިގެންނެވެ. އެއީ އަހަރެމެން މުސްލިމުން ކުރާ ކައިވެއްޏާ ތަފާތު ގޮތަކަށް ކުރެވޭ ކައިވެއްޏެކެވެ. އާނއެކެވެ. އަހަރެން ފަދަ މުސްލިމް އަންހެންކުއްޖެއްގެ އަލަތު ކައިވެނި ނިމިގެން އެދިޔައީ ހިނދޫ މީހަކާ އެކުގައެވެ. ރުހުމާނުލައި ގަދަބާރުންނެވެ. އަހަރެންގެ މަންމައަކީވެސް އަހަރެން […]
ކާލާ މަންނަ މޭޒު މަށްޗައް ވައްޓާލަމުން، ކޮބާ ތަރާވީހެއް ނެތްހޭ ކިޔައި، އަހަރެން ސަމާސާ ރާގަކަށް އެކުވެރިންނަށް ސުވާލުކޮށްލީމެވެ. ތާސްކުޅުމުގެ ގަދަ ފޯރީގައި އަހަންނާއި އަހަރެންގެ އެކުވެރި އަމްޖަދު، ދާނިޝް އަދި ޒާޖިލް ތިބީ ކުޅުމުގެ ތެރައަށް ގެއްލިފައެވެ. ރޯދަ ކުރުކޮށްލުމަށް ތާސްކުޅުމަކީ އަހަރެމެން އަބަދުވެސް ކުރާކަމެކެވެ. މެންދުރު ނަމާދު ވަގުތުގައި އެންމެދަނީ ދާނިޝްމެން ގެޔަށެވެ. ކޮންމެޔަކަސް އަސްރު ނަމާދުގެ ވަގުތަށް އަހަރެމެން ތާސްކުޅުން ހުއްޓާލީ އަމްޖަދުމެން ގެޔަށް މިރޭ ތަރާވީހަކަށް ދިޔުމަށް ނިންމައިގެނެވެ. ” އަފްރާހު… […]